Share

މާލެއާއި އެއް ފެންވަރަށް، ރަށް ގެންދިއުން!

މާލެއާއި އެއް ފެންވަރަށް، ރަށް ގެންދިއުން!
އެބޮނދި

މިއަދު ދުނިޔޭގެ އެކި ކަން ކޮޅުތަކުގައި އެންމެ ގަދައަށް ދެކެވޭ ވާހަކައެއް އޮވެއެވެ. ދުނިޔެ ހިމާޔަތް ކުރާ، ނުވަތަ “ސޭވް ދަ ޕްލެނެޓްގެ” ވާހަކައެވެ. މިކަމަށްޓަކައި ގުދުރަތީ ވެށި ހިމާޔަތް ކުރުމަކީ ކޮންމެހެންވެސް ބޭނުން ކަމެކެވެ. މިއަދުގެ ގަހަކަކީ، މާދަމާގެ އިންސާނުން ކަމަށް ވެސް ބުނެވެނީ މަދެއްކޮށެއް ނޫނެވެ. ރައީސް ނަޝީދު ވިދާޅުވި ބަހެއްގެ ހުލާސާ އެއްގައި ވާފަދައިން މިއަދުގެ އަހަރެމެނަކީ މާދަމާ ކަލޭމެނެވެ.

ކުޅުދުއްފުށްޓަކީ ބޮޑު ވެގެންވާ ގުދުރަތީ މާހައުލެއް، ކުރިން ވެސް އަދި މިހާރުވެސް އޮތް ތަނެކެވެ. އެ ވަލަކަށް ވަދެއްޖެންޏާ ދުވާލެއް ރޭގަޑެއް ވަކި ނުވާހާވާ ބޯ ވަލެއްގެ ވާހަކަ މުސްކުޅިން ދައްކާތީ އަހަމެވެ. ނަމަވެސް މިއަދު އެވަރެއް ނޫނެވެ. އެހެނަސް މިއަދުވެސް ބިމެކޭ އެއްފަދައިން ކުޅިއާއި، ފެންގަޑު ތަކާއި އެތަނުގެ ތެރެއިން އުޑު ނުފެންނަ ބޯ ވާތަށްވެސް އެބަ އޮތެވެ.

މިފަދަ ވެށްޓެއް ހިމާޔަތް ކުރުމަކީ ހަމަ އެކަނި ތިމާވެށީގެ ނަމުގައިވެސް ކުރަން ޖެހޭނެ ކަމެއް ނޫނެވެ. ނަމަވެސް ހިތްގައިމު މާހައުލެއް ނެތުމަކީ، ކުރިމަގުގައި އޭގެ ހިތި ފެންނާނެ ކަމެއް ކަމާމެދު ޝައްކެއްނެތެވެ.

މިއަދު އެންމެ ބޮޑުވެގެން އުޅޭ އެއްމައްސަލައަކީ ގޯތީގެ މައްސަލައެވެ. އެހެންނަމަވެސް އަހަރެމެންގެ މައްޗަށް މިއަދު ހިކްމަތްތެރި ބުއްދިވެރި ވިސްނުމެއް ކުރިއަށް ނެރުމަށް ކޮންމެހެންވެސް އެބަ ބޭނުންވެއެވެ. ރަށުގެ ކަންތައްތަކާއި ހަވާލުގެން މިއަދުވެސް އިއްޔެވެސް ތިބީ އަޅުގަނޑުގެ ނަޒަރުގައި ބޯދާ ވިސްނުމެއްގެ ބައެކެވެ. މިހެން މިދެންނެވީ ފިނިފެންމާ ގަހަކީ “ކާ އެއްޗެއް” އަޅާ ގަހެއް ނޫނޭ އެގަސް ހެއްދުމުގެ ބޭނުމަކީ ކޮބައިހޭ ބުނެ ސުވާލު ކުރާ ވައްތަރުގެ މީހުންނެވެ.

އަޅުގަނޑުމެން މާލެ އަށް ބަލާލަމާ ހިންގަވާށެވެ. އެތާކު މިއަދު ހައްދަވައިގެން އެކައްޗެއްވެސް ނެތް ކަހަލަ އެވެ. އެތަނަކީ ބިމުގެ ދަތިކަން، ގޯތި ގެދޮރު ނުވަތަ ބޯ ހިވާކަމާއި ފަސޭހައިން ސާފް ފެންލިބުމާއި އަދި މިހެންގޮސް ކިތަންމެ ކަމަކުން މަހުރޫމް ވެފައިވާތަނެކެވެ. ގުދުރަތީ ވެށި ގެއްލުވާލާ، ކާޅާއި ވާލަށް ދާންދެން މަރާ ހުސްކުރީ “ތީމާގެ ދުނިޔޭގައި” އުޅެންށެވެ. އެހެންވީމާ މާލެއާއި އެއްފެންވަރަށް މިރޮނގުން ދުވަހަކުވެސް އަޅުގަނޑުމެން އެރަށެއްގައި އުޅިބޮޑުވި ރަށް ނުގެންދަމާތޯއެވެ.

ކުޅުދުއްފުށީގެ އާދަރިން މިއަދު ހޭލަން ވެއްޖެއެވެ. މިފަދަ ކަންތަކުން އިބްރަތް ހޯދަން ވެއްޖެއެވެ. އިއްޔެ ވީކަންތަކަކީ ތަޖުރިބާއެވެ. ނަމަވެސް “ނެޗުރަލް އެންވައިރޮމެންޓް” ދަމަހަށްޓަން އަދި ލަހެއް ނުވެއެވެ. އެހެންނަމަވެސް ދެން މާ ގިނަ ދުވަހެއްވެސް ނެތެވެ. ބޭނުންވަނީ އާ ޒުވާނުން މިކަމުގައި ކުރިއަށް ނުކުތުމެވެ. އަޅުގަނޑުމެން ކުޅިވަރާއި އެހެނިހެން ކަންތައްތަކުގައި ހަމަ އެކަނި ޖަމިއްޔާތައް ހެދިއަކަސް ނުފުދޭނެއެވެ. އެހެންނަމަވެސް ތަހުޒީބީ ވިސްނުމަކަށް ރުޖޫޢަވެ މިދެންނެވި ކަމައިގެންވެސް ތެދުވަން ވެއްޖެއެވެ.

‮ ‬9‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ބިލޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:26/07/2009

    އެބޮނދީގެ ތިޔަ ލިޔުމަށް ވަރަށް ބޮޑަށް ތާއީދު. ރައީސް ނަޝީދުގެ ވާހަކަ ގެނެސްފައި އިނީމާ ހަމަ އެއްޗެއް ހިތައް އަރައިފި. އަޅުގަނޑުމެން ކުޑަ އިރު ސްކޫލުގައި އުޅުން އިރު ޓީޗަރުން އައިސް ސުވާލު ކުރާނެ، ރާއްޖޭގެ ރައީސަކީ ކާކު ތޯ ވެސް. އަދި ފިލާވަޅުތަކުގައިވެސް ރައީސް މައުމޫނުގެ ވާހަކަ ހުރޭ.
    ނަމަވެސް މިހާރުގެ ރައީސް ނަޝީދޭ ޓީޗަރުން ވަރަށް ނުބުނާނެ، ސަބަބަކީ ގައުމެއްގެ ރައީސަކަށް ވުރެ އޭނަ ބޮޑަށް ވައްތަރީ ސިޔާސީ މެޝިނަކާއި.
    އެބޮނދީގެ ލިޔުމުންވެސް ސިޔާސީ ކުލަ ޖެހިފައި ހުރިކަމަށް އަޅުގަނޑުމެނަށް މިސިފަވަނީ. އެހެންނަމަވެސް ނަޝީދު އެއީ ރާއްޖޭގެ ރައީސް ކަމަށް ވީތީވެ، އޭނަގެ ވާހަކަ އަންނަ ކޮންމެ ލިޔުމެއް ސިޔާސީ ލިއުމެއް ގޮތަށް ދެކޭކަށްވެސް ނުވާނެ. އެހެންވެއްޖެނަމަ، ގްރޭޑް 5ގެ އީއެސް ފިލާވަޅުތަކުގައި އެހުންނަ، މައުމޫނުގެ މިލިއަންގަސް ޕްރޮގްރާމްގެ ވާހަކަވެސް ސިޔާސީވާނެ. އަދި އެފޮތްވެސް ސިޔާސީ ވާނެ.

  2. DOG‮ ‬ވިދާޅުވީ


    ތާރީޚް:26/07/2009

    ވަރަށް ކަމުދާ ލިޔުމެއް، އެކަމަކު މިކަން ދެމިއޮންނާނީ ވަރަށް މަދު ހިދުކޮޅެއްގައި ކަމުގައި ދަންނަވާލަން، އެއީ ކުރިމަގުގައި ލާމަރުކަޒީ އުސޫލުން ތަރައްގީކުރާއިރު މިރަށުގައި ހޮޓަލެއް ނާޅައެއް މިރަށަށް އާމްދަނީއެއް ނުލިބޭނެ، އެ ޕްރޮވިންސް އަކުން ލިބޭ އެއްޗަކުން އެތަނެއް ހިންގަން ވިސްނާއިރު އަތޮޅުގައި ރިސޯޓްތައް ވަރަށް މަދު، ދެން ކުރިއަށް ދަންޏާ ޖެހީނީ ގަސްތައްކަނޑައިގެން ލާރި ހޯދޭނެ ގޮތެއް ހޯދަން.

  3. min‮ ‬ވިދާޅުވީ


    ތާރީޚް:26/07/2009

    މާބޮޑު ބޭނުމެންނެތް މިހާރު ކުޅުދުއްފުސީގައި ޕްރޮވިންސް އޮފީސް ހުރުމުގެ ސަބަބަކީ ބޭކާރު ސްޓޭޓް މިނިސްޓަރުން ހެހެހެހެހ…………………

  4. މެއްޔަ ދައިތަ‮ ‬ވިދާޅުވީ


    ތާރީޚް:26/07/2009

    ދައިތަ ބުނާނެ ވާހަކައެއް ނެތް. ކަލޯމެން ދެން ވީ ވަރަކުން މި ރަށުގަ ތަނެއް އޮތިއްޔާ ފޮޓޯ ނަގާ ޓީވީއަށް ނަގާ ހަދާ. ކަލޯމެން ދަރިންނަށް ރަށުގަ ތިޔާ ބުނާ ގުދުރަތީ ވެއްޓެކޭ ތިޔާ ކިޔާ އެއްޗެއް ދެއްކޭނީ ދެން އެގޮތަށް. ދައިތަމެން ވާ ނުތިބޭނެ އޭރަކަށް.

  5. ފަންއަރި‮ ‬ވިދާޅުވީ


    ތާރީޚް:26/07/2009

    އެ ބޮނދި ލިޔުއްވާފައި އެ ވަނީ ވަރަށް ސީރިއަސް މައްސަލައަކާ މެދު. އަޅުގަނޑުގެ ޚިޔާލެއް ދަންނަވާލަފާނަން. މިހާރު މިރަށު ތަރި ސަހަރޭ މި ކިޔޭ ސަރަހައްދުގައި އަލަށް އާބާދުވާ މުވާތިނުން އެއްބާރުލައިގެން، ކުޅީގެ އައްސޭރިފަށުގައި ހުރި ކުނި ގޮނޑު ނަގާ އަދި ކުޅި ތެރޭގައި ހުރި ކުނިބުނިތައް ވެސް ނަގައި، އެތާގެ ގުދުރަތީ ޠަބީޢަތު ނުގެއްލޭނެހެން ރީތިކޮށްލުން. އެއިރުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ވެސް ވަރަށް ހިތްފަސޭހަ ތަނަކަށް ވާނެ ހަމަ ޔަގީނުން ވެސް އެތަން.
    ދެން މިނިވަން ދުވަހުގެ ތަހްނިޔާ ހުރިހާ ބޭފުޅުންނަށް ވެސް. މިނިވަން ދުވަހާ މި ލިޔުމާ ވެސް ވަރަށް ގުޅޭ އެބަ.

  6. DOG‮ ‬ވިދާޅުވީ


    ތާރީޚް:26/07/2009

    ޑޯގުގެ ނަމުގައި މަތީގައި ކޮމެންޓްކޮށްފައިވާ ފަރާތަކީ އާއްމުކޮށް މިސައިޓަށް އެނަމުގައި ކޮމެންޓްކުރާ ފަރާތެއްނޫން، އަޅުގަނޑު ބޭނުންކުރާ ނަމުގައި އެގޮތަށް ކޮމެންޓްކުރިފަރާތުގައި އެހެން ނަމެއް ބޭނުންކުރުން އެދެން، އެހެން ނޫނީ އެކުރެވެނީ ވަރަށް ބޭއިންސާފު ކަމެއް، އެމީހަކު ބޭނުން ނަމެއްގައި ކޮމެންޓް ކުރެވިދާނެ އެކަމަކު DOG މިނަށް އާއްމުކޮށް ބޭނުން ކުރަމުންދަނީ އަޅުގަނޑު ކަމުން އެހެން މީހުންނަށް އޮޅޭގޮތަށް އެކަން ނުކުރުން ވަރަށް އެދެން. މިނިވަންދުވަހުގެ ތަހްނިޔާ ހުރިހާ ދިވެހިރައްޔިތުންނަށް، އަދި ފާހަގަކޮށްލަން މިހާރުގެ ރައީސް އަކީ ވަރަށް މުރާލި މީހެއްކަން މިއަދު ހެނދުނުގެ ހަރަކާތުން ފާހަގަކޮށްލަން، އެހެނީ ކުރީގެ ރައީސް މުއުމޫން އެއްވެސް ކަމެއް ހެނދުނު 9 ގެ ކުދިން ކުރާތަނެއް ނުފެނޭ އާއްމުކޮށް މިފަދަ ދުވަސްތައް ފާހަގަކުރުމުގައި ރައީސް ނަޝީދު ގެންގުޅުވާ ގޮތްތައް ވަރަށް ކަމުދޭ،

  7. DOG‮ ‬ވިދާޅުވީ


    ތާރީޚް:26/07/2009

    ހާޝިމަށް،
    އަސްލު އަޅުގަނޑު ސުވާލުތަކެއް ކޮށްފައިވަނީ ހާޝިމް ބުނެފައިވަނީ އޮޅުން ފިލުވަން ބޭނުންނަމަ އަހާށޭ އޭރުން އެކަމާއި ބެހޭ ފަރާތަކާއި ގުޅައިގެން އެކަންކޮށްދޭނަމޭ، ޝުކުރިއްޔާ، ދެން ހޮސްޕިޓަލް މީހެއްގެ ގޮތުގައި ކޮމެންޓްކޮށްފައިވާ ފަރާތަށް ދަންނަވާލަން ބޭނުންވަނީ އެފަރާތް ހެއްދެވީ ދޮގުކަން އެތަނުގައި މަސައްކަތްކުރާ މީހުންނަށް އެނގޭނޭ އެތަނުގައި އަޅުގަނޑުގެ މަންމަ އުޅޭތީ އެކަން އަޅުގަނޑަށް އެނގިފައިވާ ކަމެއްކަން ބުނެލަދޭން ބޭނުންވޭ.

  8. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:26/07/2009

    އަޅުގަނޑު އެޑްމިނަށް ތަކުރާރުކޮށް ދަންނަވަމުން އަންނަ ކަމެއް އެއީ، މިސައިޓްގެ ސެކިއުރިޓީ ވަރުގަދަކޮށްދޭށޭ. އަޅުގަނޑުގެ ނަން ވެސް އެގޮތަށް ވަގަށް ނަންގަވައިގެން ކޮމެންޓް ކުރެއްވި ބޭފުޅުންގެ ސަބަބުން މިސައިޓާ ދުރުގައި ހުރެފައި އަނެއްކާ ވެސް ސައިޓަށް އައީ، އެޔަގީންކަން އެޑްމިން ދެއްވުމުން. އެޑްމިން ވިދާޅުވި އެމަސައްކަތް އެބަކުރަމޭ ވެސް.

    ދެން ޑޯގުގެ ނަން ހަމަ އެގޮތަށް ނަންގަވައިގެން އެކަން ކުރެއްވި ބޭފުޅާއަށް އަޅުގަނޑު ދަންނަވާނީ، ތިޔައީ ވަރަށް ފިނޑި، ހުތުރު ކަމެކޭ. ބަޔަކު އަމިއްލަ މަސައްކަތުން ނަމެއް ދިރުވީމާ، ނަމެއް ނަމަކަށް ހަދައި، އެއަށް ސަމާލުކަން ހޯދީމާ، އެނަން ނަންގަވައިގެން ކިޔުންތެރިންނަށް އޮޅޭ ގޮތަށް އެކަން ކުރެއްވުން އަޅުގަނޑު ދެކޭނީ ހަމަ ވައްކަމެއްގެ ގޮތުގައި. އެހެން ހައްދަވައިގެން ނުވާނެ ހަމަ އެއްގޮތަކަށް ވެސް.

    ޑޯގު އަޅުގަނޑާ ކުރެއްވި ސުވާލުތަކުގެ ޖަވާބު އަޅުގަނޑު ހޯދާނަން އިރާދަކުރެއްވިއްޔާ. އެކަމަކު، ކުރިން ވެސް ދެންނެވިހެން، އެނުވާނެ ބައްލަވައިގެން ސަރުކާރުގެ ރަސްމީ ޖަވާބުތަކެއް ކަމުގައި.

    ޑޯގާ އަޅުގަނޑު ވެސް އެއްބަސްވާން އެބަޖެހޭ، މިފަދަ ގައުމީ ދުވަސްތައް ފާހަގަކުރުމުގައި މިސަރުކާރުން ގެންގުޅުއްވާ ހަމަތައް އަޅުގަނޑަށް ވެސް ވަރަށް ފުރިހަމައޭ. އެގޮތުން ގައުމީ ދުވަހާއި ޢީދު ދުވަސް އަދި މިމިނިވަން ދުވަސް ފާހަގަ ކުރުމުގައި، އަޅުގަނޑުގެ ހަޔާތުގައި ވެސް މާލެއިން ނުދެކޭ ފަދަ ކަންތައްތަކެއް މިފެންނަނީ. އެންމެ އުފާވަނީ، މިދުވަސްތައް އިޖްތިމާއީ އެއްބައިވަންތަކަމަށް އަމާޒު ކުރައްވައި ފާހަގަކުރައްވާތީ. މީގެ ކުރިން މިފަދަ ދުވަސްތަކުގައި މާލޭގައި އޮންނަހާ ވެސް ކަމަކީ މެންދުރުފަހު ދައްކާ ދިވެހި ފިލްމު. އެނިމުނީ. އެހެނެއް ނޫން ރޭގައި. މާލޭގެ އެތައް ސަރަހައްދުތަކެއްގައި މިއުޒިކު ކުޅުމާއި ބޮނޑިބަތް ކެއުން ވެސް އޮތް. އަޅުގަނޑަށް ވަރަށް ކަމުދިޔަ އެމެހެފިލްތައް.

  9. DOG‮ ‬ވިދާޅުވީ


    ތާރީޚް:26/07/2009

    ޙާޝިމަށް ޝުކުރުދައްނަވަން،އަދި ދަންނަވާލަން ބޭނުން ރައީސް ނަޝީދުގެ ބަސްމަގު ތަނަވަސްވެ ހަރުދަނާ މަސައްކަތްތަކެއް މިގައުމަށް ލިބޭނެ ދުވަހަކަށް އަޅުގަނޑު އުންމީދުކުރަމެވެ. މިފަދަ ދުވަސް ފާހަގަކުރާއިރު ސިޔާސީ ފިކުރުން އެއްކިބާވެ ގައުމުގެ ކުރިއެރުމަށް ހާއްސަ ސަމާލުކަމެއް ދައްކާ ވާހަކަ އާއި އަމަލުން ދެއްކުން ވަރަށް މުހިންމެވެ. ދެން ބުނެލަން އޮތީ މައުމޫނަށް ވުރެން އަންނި މުރާލިކަން ކޮންމެ ހުކުރު ދުވަހެއްގައި އަދި މިފަދަ ދުވަސް ދުވަސް ފާހަގަކުރާ އިރުވަރަށް ވަރަށް ބޮޑަށް ވިސްނެއެވެ. އެގޮތުން އެންމެ ފަހުން އަންނި ހދ އަށް ކުރެއްވި ދަތުރު ފުޅުގައި ވައިކަރަދޫ ނޮޅިވަރަން ހަނިމާދޫ ކުޅުދުއްފުށި ނޭކުރެންދުއަށް ދިއުމުގެ ފުރުސަތު ލިބުނެވެ، އެ ދަތުރުގައިވެސް އެމަނިކުފާނުގެ ވާހަކަ ފުޅު ފިޔަވާ ދެންހުރި ކަންތައްތަކަކީ ރައްޔިތުން ވަރަށް ބަލައިގަންނާނެ ކަންތައްތަކެވެ. ރައްޔިތުންނާއި ވަރަށް ގާތްގުޅުމެއް ބޭއްވުމަށް މަސައްކަތްކުރާކަން ފާހަގަކުރަމެވެ. މައްސަލަ އަކީ ބަހާއި އަމަލު ދިމާނުވުމާއި ބަސްމަގު ހުންނަ ގޮތެވެ.