Share

ކުޅުދުއްފުއްޓަށް އަދަބު ދެނީތަ؟

ކުޅުދުއްފުއްޓަށް އަދަބު ދެނީތަ؟

ކުރީގެ ސަރުކާރުން ގެންގުޅުއްވި ސިޔާސަތެއް އޮތެވެ. އެއީ ރާއްޖޭގެ މިނިވަން ދުވަސް އެއް އަހަރު މާލެއިން ދެކުނުގައި ފާހަގަ ކުރައްވައިފިނަމަ، ޖެހިގެން އަންނަ އަހަރު އެދުވަސް މާލެއިން އުތުރުގައި ފާހަގަކުރުމެވެ. އާދެ، އެއީ މާލޭގައި މިނިވަން ދުވަސް ފާހަގަކުރެއްވުމަށް ބާއްވަވާ އިޙްތިފާލްތަކުގެ އިތުރުންނެވެ.

ފައިބެ އަހަރު، މިނިވަން ދުވަސް ފާހަގަކުރެއްވީ މާލެއިން ދެކުނުން، ދ. ކުޑަހުވަދޫގައެވެ. ކުޑަހުވަދޫގައި އޮތް އިޙްތިފާލުތައް ނިމުމާއެކު މި ހިނގާ 2009 ވަނަ އަހަރު މިނިވަން ދުވަސް ފާހަގަކުރުން އޮންނާނީ، މާލެއިން އުތުރުން ހދ. ކުޅުދުއްފުށީގައި ކަމުގައި އިޢުލާންކުރެއްވިއެވެ. ކުޅުދުއްފުއްޓަކީ، މާލެއިން އުތުރުގައި އޮތް އެންމެ އާބާދީ ބޮޑު ރަށެވެ. އަދި އަހަރެން ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރާ ދާއިރާ ވެސް މެއެވެ.

ކުރީގެ ސަރުކާރުގެ މި ނިންމެވުން ވަނީ ލިޔުމުން ރަށުއޮފީހަށް އަންގަވާފައެވެ. އައު ސަރުކާރެއް އައީ ފައިބެ އަހަރުގެ ނޮވެމްބަރު މަހުއެވެ. އައު ސަރުކާރުންވެސް ކުރީގެ ސަރަކާރުގެ ނިންމެވުމަށް އަމަލުކުރެއްވުމަށް ނިންމެވިއެވެ.

މިހާރުގެ ސަރުކާރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް ސޮއިކުރައްވައި، ކުޅުދުއްފުށީ ރަށުއޮފީހަށް އެޑްރެސްކުރައްވައި 2009 ފެބްރުއަރީ 2 ގައި ފޮނުއްވާފައިވާ ސިޓީފުޅެއްގައި ވަނީ، މިނިވަން ދުވަސް ގައުމީފެންވަރުގައި މާލެ ފިޔަވައި، ފާހަގަކުރެއްވުމަށް ރައީސް އޮފީހުން ހަމަޖައްސަވާފައިވަނީ، ކުޅުދުއްފުށީގައި ކަމަށެވެ.

ސްޓޭޓް މިނިސްޓަރ އަހްމަދު މުޖުތަބާ ސޮއިކުރައްވާފައިވާ މި ސިޓީފުޅުގައި، މިނިވަން ދުވަސް ކުޅުދުއްފުށީގައި ފާހަގަކުރައްވަން ނިންމަވާފައިވާތީ، ދުވަހާއި ގުޅިގެން ކުރަންޖެހޭ ތައްޔާރީތައް ކުރައްވަމުން ގެންދެވުމަށް ކުޅުދުއްފުށީ ރަށު އޮފީހުގައި އެދިލައްވާފައިވެއެވެ.

ރައްޔިތުންގެ މަޖީލީހަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބް އޮތީ 2009 މެއި 9 ވަނަ ދުވަހުއެވެ. މިހާރު ވެރިކަންކުރަމުންދާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކުޅުދުއްފުށީގެ ދެ ގޮނޑިންކުރެ އެއްވެސް ގޮނޑިއެއް ކާމިޔާބެއް ނުކުރެއްވުނެވެ.

އިންތިޚާބް ނިމުމުން، އިންތިޚާބުގައި ސަރުކާރުގެ ފަރާތުން ކުރިމަތިލެއްވި ކެންޑިޑޭޓުންނަށް ނާކާމިޔާބުވެ، ނަތީޖާ ނުކުތް ގޮތާއިމެދު ހިތްހަމަޖެހި ނުލައްވައި، ތަފާތު ބައްދަލުވުންތަކުގަޔާއި އަދި ބައްދަލުވުންތަކުން ބޭރުގައި، ކުޅުދުއްފުއްޓާއި ގުޅޭ ކަންކަމުގައި ސަރުކާރުން އަޅާލެއްވުމުގެ ބޭނުމެއް ނެތްކަމަށް، ރަށުގެ ކައުންސިލަރު ބުނުއްވަމުން ގެންދެވިއެވެ. ރަށު ކައުންސިލަރަކީ އިންތިޚާބުގައި އަހަރެންނާއި ވާދަކުރައްވައި ނާކާމިޔާބުވެލެއްވި ކެންޑިޑޭޓެވެ.

ކައުންސިލަރު މި ދެންނެވި މޭރުމުން ދެއްކެވި ވާހަކަތައް އެއީ، އިންތިޚާބުގެ ނަތީޖާ ނުކުތްގޮތުން ފާޅުކުރި ޝުޢޫރުތަކެއް ކަމަށް ބަލައި އެއްވެސް ރައްޔިތަކު އެކަމާއި ސީރިއަސްކޮށް ދެކިފައެއް ނުވެއެވެ.

ފާހަގަކުރެވޭ ފަދަ ކަމެއް ނުހިނގައި ދުވަސްތައް ހޭދަވެއްޖެއެވެ. ހޭދަވަމުންދިޔަ ވަގުތާއިއެކު، ރަށު ކައުންސިލަރު ފާޅުކުރެއްވި ޝުޢޫރުވެސް ހަނދާނުން ކެހިއްޖެއެވެ.

ކުއްލިއަކަށް ޚަބަރުތަކުން އެނގުނީ، މިނިވަންދުވަސް ފާހަގަކުރުމުގެ އިޙްފާލްތައް މާލެއިން އުތުރުގެ ރަށެއްކަމަށްވާ ހއ. ހުވަރަފުށީގައި ކުރިއަށް ގެންދެވުމުގެ ތައްޔާރިތައް ކުރައްވަމުން ގެންދަވާކަމެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުވަރަފުށީ ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވާފައިވަނީ، އެމްޑީޕީގެ ކެންޑިޑޭޓެވެ.

ކުއްލިއަކަށް ސަރުކާރުން، މިގެންނެވި ބަދަލާއި، ގުޅޭ ގޮތުން ކުޅުދުއްފުށީގެ ރައްޔިތުންނާއި އެއްވެސް ވަރަކަށް ސަރުކާރުން މަޝްވަރާކުރައްވާފައެއް ނުވެއެވެ. އަދި މިނިވަން ދުވަސް ފާހަކުރެއްވުން އެހެން ރަށަކަށް ބަދަލުކުރެއްވި ސަބަބެއްވެސް ކުޅުދުއްފުށީގެ ރައްޔިތުންނަށް ބުނެދެއްވާފައެއް ނުވެއެވެ.

އަހަރެންގެ ދާއިރާ، ކުޅުދުއްފުށީގެ ރައްޔިތުންނަށް މި މައްސަލައިގައި ކަންކުރެވިދާނެ އިތުރު ގޮތެއްނެތި، މަޖުބޫރުވީ، (އިންތިޚާބަށްފަހު) ދެކެވުނު ވާހަކަތައް ހަނދާނަށް ގެނެސް، ރަށު ކައުންސިލަރު، ވާނޭކަމަށް އިޝާރަތްކުރެއްވި ކަންކަން އެއީ ހަގީގަތެއްކަމުގައި ގަބޫލުކޮށް، އެމީހުންގެ ރަށާއިމެދު އެއްވެސް ފަރުވާލެއް ސަރުކާރުން ނުބަހައްޓަވާނެކަމަށް ގަބޫލްކުރާށެވެ.

ސަރުކާރުން މިނިވަން ދުވަސް ފާހަގަކުރުން އެހެން ރަށަކަށް ބަދަލުކުރެއްވުން އެއީ މައްސަލައެއް ކަމަށް ދެކި، އަހަރެންގެ ދާއިރާ، ކުޅުދުއްފުށީގެ ރައްޔިތުން، އެކަމާ ދެކޮޅެއް ނަހަދައެވެ.

ކުޅުދުއްފުށީ ރައްޔިތުންނަށް، ހިތާމަޔާއިއެކު އިޙްސާސްކުރެވެނީ ކަން ހިންގާފައިވަނީ ރަނގަޅަށް ނޫންކަމަށެވެ. އިޙްސާސްކުރެވެނީ، ސަރުކާރުން އަޅައިނުލައްވާ ކަމުގެ އިޙްސާސެވެ. ސަބަބަކީ، ސަރުކާރުގެ ޒިންމާއެއް އޮތްކަމަށް ސަރުކާރަށް އިޙްސާސް ނުކުރެވުމާއި، މިނިވަން ދުވަސް ފާހަގަކުރުން އެހެން ރަށަކަށް ބަދަލުކުރެއްވިކަން، އަދަބު އިހްތިރާމް އަދާކުރެއްވުމުގެ ގޮތުންކަމަށްވިޔަސް، ކުޅުދުއްފުށީ ރައްޔިތުންނަށް ސަރުކާރުން އަންގަވާފައި ނުވާތީއެވެ.

ކުޅުދުއްފުށީ ރައްޔިތުން، ވަރަށް ސާފުކޮށް ޞަރީޙަކޮށް އެނގެންބޭނުންވަނީ، ޑިމޮކްރެޓީކް ހަރަކާތެއްގައި ( އިންތިޚާބެއްގައި) ބައިވެރިވެ، އެމީހުނަށް ލިބިފައިވާ ޑިމޮކްރެޓިކް ޙައްގެއް ތަންފީޒްކުރުމުން ( އެމީހުން ރުހޭ ކެންޑިޑޭޓަކަށް ވޯޓްލުމުން)، އަދަބު ލިބެނީތޯ ނުވަތަ ނޫންތޯ އެވެ.
———————————————————————————————–
ނޯޓް: މިއީ ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުހަންމަދު ނަޝީދު އޭނާގެ ބްލޮގުގައި އިނގިރޭސިބަހުން ލިޔުއްވާފައިވާ ލިޔުމެއްގެ ތަރުޖަމާއެވެ. ލިޔުން ތަރުޖަމާކުރިއިރު، ފަހު ދެ ފެރެގިރާފް އެވަނީ އުނިކޮށްފައެވެ. ލިޔުން އެއްކޮށް ކިޔުއްވަން ބޭނުންވެލައްވާނަމަ، ނަޝީދުގެ ބްލޮގަށް ޒިޔާރަތްކުރައްވާށެވެ.

‮ ‬30‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ބިލް އޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:02/08/2009

    ހާދަ ނުބައި މީހެކޭ ދޯ ކައުންސިލަރަކީ. ސަރުކާރު ދަށުވެފައި ހުރި މީހެއް އެއީ. މިނިވަންދުވަސް ފާހަގަ ނުކުރުން އެއީ މައްސަލައެއް ނޫން. އެކަމަކު އަންނި މިރަށަށް “ކެއަރ” ނުކުރުން އެއީ ވަރަށް ދެރަކަމެއް.

  2. ޔާމީން‮ ‬ވިދާޅުވީ


    ތާރީޚް:02/08/2009

    ރައްޔިތުން ސަރުކާރަށް ކެއަރ ނުކުރަންޏާ ސަރުކާރުން ރައްޔިތުންނަށް ކެއަރ ކުރާކަށް ނުޖެހޭ

  3. ކުނބުރުދޫ އަލީ‮ ‬ވިދާޅުވީ


    ތާރީޚް:02/08/2009

    “ކުޅުދުއްފުށީ ރައްޔިތުން، ވަރަށް ސާފުކޮށް ޞަރީޙަކޮށް އެނގެންބޭނުންވަނީ، ޑިމޮކްރެޓީކް ހަރަކާތެއްގައި ( އިންތިޚާބެއްގައި) ބައިވެރިވެ، އެމީހުނަށް ލިބިފައިވާ ޑިމޮކްރެޓިކް ޙައްގެއް ތަންފީޒްކުރުމުން ( އެމީހުން ރުހޭ ކެންޑިޑޭޓަކަށް ވޯޓްލުމުން)، އަދަބު ލިބެނީތޯ ނުވަތަ ނޫންތޯ އެވެ.” މިހެންނެއް ނޫން، ކުޅުދުއްފުށީގެ ހޭލުންތެރި ރައްޔިތުންނަށް ވެސް އެނގޭ އޭރަށް އަދަބު ލިބިގެން ނުވާނެކަން، ކުޅުދުއްފުށީ ރައްޔިތުން ސުވާޅުކުރަން ބޭނުންވަނީ ހެޔޮވެރިކަމޭ ކިޔައިގެން ދެޔޯވެރިކަން ކުރިއަށް ނެރޭއިރު، ޑިމޮކްރަސީ އެ އައި ތާކަށް އައި ގޮތަށް ނު ގޮސް ހުންނާނެބާވައޭ؟ މއީއަކީ އަސްލު އަންނި ގެ މައްސަލައެއް ކަމަކަށް ވެސް ނުފެނޭ، ހީވަނީ އެމްޑީޕީގައި އެ އުޅޭ ސިޔާސަތު ނުދަންނަ ބަގައިގެ ކަންތައް ގަނޑުހެން، އެހެންޏާ އަންނިއަކީ ހަމަ މައުމޫނުގެ ކިބައިން ވެސް ބަދަލުހިއްޕެވުމެއް ނެތި މާފުދިނުމުގެ ގޮތްތައް އިސްކުރައްވައިގެން ހުންނެވި ހިތް ޠާހިރުވެގެންވާ ބޭކަލެއް.

  4. ޖާދޫ‮ ‬ވިދާޅުވީ


    ތާރީޚް:02/08/2009

    މިއީދެން މިސަރުކާރުގެ ހިތްހަމަ ނުޖެހޭތަންކޮޅެއް. ކުރިންރޭވިފައި ހުންނަ ކަންތައްތައް ކުއްލިއަކަށް ބަދަލުކޮށްލުން. ދުނިޔޭގެ ބޮޑެތި ގައުމުތަކުގައިވެސް ސަރުކާރު ބަދަލުވިޔަސް ކުރީގެ ސަރުކާރުން ނިންމާފައިހުންނަ ކަންކަމަށް އިހުތިރާމްކުރޭ. މީގެ މާނައަކީ އަނެއްކާ ކުރިއަށް އޮތް 5 އަހަރު މިރަށަށް އެއްވެސް ކަމެއް ނުވާނެ ވާހަކަބާއެވެ. ފަށަން ހަމަޖެހިފައިވާ ޕްރޮޖެކްޓްތައްވެސް ހުއްޓުވާނެ ބާވައެވެ. ނަރުދަމާ، މަގުހެދުން، ފެންހޮޅިއެޅުން މިކަންކަން ކުރިއަށް ދާނެކަމާމެދު ވެސް މިހާރުސައްކުވާން ފަށައިފި. މިއީހަމަ މިކަން ހިނގާދިޔަގޮތް ބާއޭހަމަ ހިތައްއަރަނީ.

  5. DOG‮ ‬ވިދާޅުވީ


    ތާރީޚް:02/08/2009

    އަންނިގެ ސަރުކާރެއްގައި އަޅުގަނޑުމެންނާއި މެދު ނުވިސްނާނެކަން އެނގޭ، އެހެންނަމަ އިންޖީނުގޭގެ ހާލަތު ރަގަޅުކޮށްދީފީހޭނުން، މިނިވަންދުވަސް އޭގެ ފަހުކަމެއް އެއީ، އަޅުގަނޑުމެންނާއި މެދު އެއްގޮތަކަށް އަންނި އަޅާނުލިޔަސް މައްސަލައެއް ނެތް، އަޅުގަނޑުމެން ހޮވާނީ އަޅުގަނޑުމެންނަށް ކަމުދާ ގަބޫލު މީހެއް، އެކަމަކު ބުނަންތަ އަންނި ދެން މިރަށަށް އަޅުގަނޑުމެންނާއި ބައްދަލުކުރަން ނާރާތި، ތިއީ އަޅުގަނޑުމެންގެ ރަށަށް އަރުވަން ބޭނުން މީހެއް ނޫން، ތިމާގެ ޕާޓީ އަށްވެސް މިރަށުގައި ތާއީދު ކުރަނީ ތަނެއް ދޮރެއް އުޑެއް ބުޑެއް ނުދަންނަ ކައުންސިލަރ ކަހަލަ މީހުން އެމީހުން މަޖިލީހަށް ނުހޮވީމާ ރުޅިއައިސްގެން އަޅުގަނޑުމެންނާއި މެދު އަޅާނުލުމުން އެއީ އަޅުގަނޑުމެން ދެރަވާކަމެއް ނޫން، އަޅުގަނޑުމެން ހެއްދެވީ މާތް ﷲ، އަޅުގަނޑުމެން ވަކީލްކުރަނީ މާތްﷲ އަށް،

  6. އިބްރާހީމް މޫސާ‮ ‬ވިދާޅުވީ


    ތާރީޚް:02/08/2009

    ރަށު ކައުން ސިލަރު ހަމަ މިހާރު، މާފަށް އެދި އޮފީހުން ނުކުތުމަށް އަހަރެން ގޮވާލަން! ރަށުކައުން ސިލަރު އިސްތިއުފާ! ހޯމް މިނިސްޓަރު މަގާމުން އަޒުލްކުރަންވެއްޖެ!

    މިކަމުގައި އެންމެ ހެއްވާ، ދެރަވާ ތަންކޮޅަކީ، ކުޅުދުއްފުށީގައި އުޅޭ އެމްޑީޕީ އެކްޓިވިސްޓުން ވެސް، ކުޅުދުއްފުއްޓަށް ސަރުކާރުން އަޅާލަން ނުޖެހޭނެ ކަމަށް ގަބޫލުކުރާތީ! ތަނެއް ދޮރެއް ނޭނގުނަސް ފުކެއް ބޮޑުވަރު މިއީ.

    ޑިމޮކްރެސީއެއްގައި ކޮންމެ ގޮތަކަށް ރައްޔިތުން ވޯޓްލިޔަސް، ދައުލަތް ހިންގަން އޮންނަ ސަރުކާރަކަށް ރައްޔިތެއް އެކަހެރި ކޮށް ނުލެވޭނެކަން މީތިންނަށް ނުވިސްނޭތީ، މަ ހަމަ، ކޮސްވަނީ!

  7. ޙަސަންޑީ‮ ‬ވިދާޅުވީ


    ތާރީޚް:02/08/2009

    ބައެއް މީހުން މި ބުނަނީ ކުރީގެ ސަރުކާރުންވެސް ވޯޓްދޭގޮތުގެ ސަބަބުން ރައްޔިތުންނަށް މިހެން ހެދި ވާހަކަ. އަދި އެމެރިކާގައި މިހެން ހަދާވާހަކަ. އެމެރިކާގައި މިގޮތަށް ކަންހިގިޔަސް، އަދި ކުރީގެ ސަރުކާރުން މިގޮތަށް ކަންތައްކުރިޔަސް، މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަކީ ރަނގަޅު، އިންސާފުވެރި ގޮތެއް ކަމަކަށް ނުބެލެވޭނެ.

    ކުޅުދުއްފުށީގެ ރައްޔިތުންނަށް އޮތީ ސަރުކާރާއި މި މައސަލާގައި ސުވާލުކުރުން!

  8. މުހަންމަދު‮ ‬ވިދާޅުވީ


    ތާރީޚް:02/08/2009

    އަންނި އަކީ ބަދަލު ހިއްޕަވާ ޒާތު ބޭފުޅެއް ނޫނޭ ބުނާތީ އަޑުއަހަން. އެހެންވީމާ އަންނީގެ ތަސައްވުރު ގިލަނބުއަރުވަނީ ރަށު ކައުންސިލަރުތާ! އޭނާ މަގާމުން ވަކި ކުރަން އެންމެން ނުކުންނަން ވެއްޖެ!

  9. އަހުމަދު ހަސަން‮ ‬ވިދާޅުވީ


    ތާރީޚް:02/08/2009

    މައްސަލަޔަކީ، މިނިވަން ދުވަސް ފާހަގަކުރާ ރަށް ބަދަލުކުރުމެއް ނޫން. މައްސަލަޔަކީ އެކަށީގެންވާ ސަބަބެއް ދެއްކުމެއްނެތި މިނިވަންދުވަސް ފާހަގަކުރުން އެހެން ރަށަކަށް ބަދަލު ކުރީތީ.

    މިކަމުން އެނގެނީ އަލިފުށީގައި އަންނި ބުނިގޮތަށް، އޭނާ ނުލަފާކަން ދައްކާނެކަން. އޭނާ އޮޔޮތީ ނުލަފާކަން ދައްކާފައި. ދެން އޮތީ ރައްޔިތުން އެއާއި އެްވަރު ރައްދެއް ދިނުން.

  10. އިސްބެ‮ ‬ވިދާޅުވީ


    ތާރީޚް:02/08/2009

    މިސައިޓްގެ ކުރީގެ ލިޔުމެއްގެ ކޮންމެންޓް ތަކުން ދޭހަވި ގޮތުން މިކަން މިހެންވާން ދިމާވި ސަބަބަކީ، ކައުންސިލަރ އެންޤީއޯ ސަރުކާރަށް، ފައިސާނެތީސް ނުވަތަ މިކަމައްހޭދަވާ ފައިސާ ނުލިބެނީސް މިރަށުގަ މިފަދަ ކަމެއް އިންތިޒާމް ކުރެވެން ނެއްވާހަކަ. އެހެންވެ ސަރުކާރުން މިކަން ކުރަން ބޭނުންވެފަ ތިބި ބަޔަކު ލައްވާ ކުރުވީ ކަމަށް ވަނީ.

  11. އިސްބެ‮ ‬ވިދާޅުވީ


    ތާރީޚް:02/08/2009

    ރަށު ރައްޔިތުން މަޑުން ތިބެގެން މިޒަމާނުގަ ކަމެއްނުކުރެވޭނެ، ކައުންސިލަރު ރަށުން ބޭލީމަ އަދި އެއީ މާމޮޅު ކަމެއްކުރެވުނީކީނޫން. އެކަމަކު މިކަމުގަ ސަރުކާރާއި ސުވާލު ކުރެވެން ޖެހޭނެ، ކައުންސިލަރު ކުރެން އަހަންވާނެ މިކަން ހިގަން ދިމާވި ގޮތް ރައްޔިތުން ނަށް އޮޅުން ފިލުވައި ދޭށޭ.. ނުދީފިނަމަތާ އަދި ކައުންސިލަރު ވަޒީފާއިން ވަކިކުރެވޭނީ.

  12. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:02/08/2009

    ކުޅުދުއްފުށީގައި މިނިވަން ދުވަސް ފާހަގަކުރުމަށް ނިންމާ، ސަބަބު ވެސް ނާންގާ އެކަން އެހެން ރަށަކަށް ބަދަލު ކުރުމަކީ ވަރަށް ބޮޑު މައްސަލައެއް. އަޅުގަނޑަށް ޔަޤީން ނުވެގެން މިއުޅެނީ، ސަބަބެއް ދެއްކެވިތޯ ނުވަތަ ނޫންތޯ؟ ނަޝީދުގެ ލިޔުއްވުމުން އެބަ އެނގޭ ސަބަބެއް ނުދެއްކާ އޮތް ކަން. އެހެންކަމަށްވަންޏާ އަޅުގަނޑު ހިތަށް އަރާ ކީއްވެބާއޭ ނަޝީދު މަޖިލީހުގައި އެކަމާ ބެހޭ ސުވާލެއް ނުކުރީ. ހަމައެކަނި އެބޭފުޅާގެ ބްލޮގްގައި ލިޔުއްވުމަކުން އަދި ނުފުދޭ. ދެން ހުރީ ކައުންސިލަރ. އަޅުގަނޑަށް ޔަޤީން އޭނާއަށް ގުޅޭނަން މިސައިޓްގެ ފަރާތުން. އެހެން އެކަން ނުކުރެއްވި ސަބަބު ވެސް ހޯދަން ޖެހޭ. މިއީ ކުޅުދުއްފުށްޓާ ބެހޭ ސައިޓެއް، ކުޅުދުއްފުށީގެ ޚަބަރު ދަބަރު މިސައިޓުން ނޭނގެންޏާ، ނޫނީ މިސައިޓްގެ އެޑްމިން އެ ނުހޯއްދަވަންޏާ، މިސައިޓްގެ ބޭނުމަކީ ކޮބާބާ؟ މިއީ ހަމައެކަނި އަޅުގަނޑުމެން ފަދަ މީހުން ލިޔެލާ ލިޔުންތައް އަރުވައި އެގޮތަށް ހިންގާ ސައިޓަކަށް ވަންޏާ ކޮންމެހެން މިސައިޓަށް ކުޅުދުއްފުށި.ކޮމް ކިޔާނެ ކަމެއް ނެތް. މިނިވަން ދުވަސް އައުމުގެ މާކުރިން ވެސް މިސައިޓްގެ ތެރޭގައި ދެއްކުނު، މިނިވަން ދުވަހުގެ ރަސްމިއްޔާތު ހޯރަފުށްޓަށް ބަދަލު ކުރި ވާހަކަ. އެކަން ކުޅުދުއްފުށީ ދެ މެމްބަރުންނަށް ވެސް އެނގިވަޑައިގަންނަވާ. ދެން ކީއްވެބާ ކަމެއް ނުކުރެއްވީ؟ ކީއްވެބާ ސައިޓްގެ އެޑްމިން އެކަމާ ބެހޭ ޚަބަރު ނުޙޯއްދެވީ؟ އެބޭފުޅުންގެ އެބައޮތް ހައިސިއްޔަތެއް އެމައުލޫމާތަށް ޑިމާންޑް ކުރުމުގެ. އެކަމަކު އޭގެ ބަދަލުގައި މިފެންނަނީ މެމްބަރު ނަޝީދު ވެސް މިކަމާ ހުސް ވާހަކަ ދައްކަވާތަން. އެޑްމިން ވެސް ކަމެއް ނުކުރައްވާތަން. ދެން މީގަ ބުނަން އޮތީ އިތުރަށް ކީކޭތޯ؟

  13. ވިދާޅުވީ‮ ‬ވިދާޅުވީ


    ތާރީޚް:02/08/2009

    ހެހެހެހެހެހެހެހހެ.ތިހެންކިޔަ ކިޔަތިއްބަކަސް ނުވާނެ. އުޅޭ މުޒާހަރާ ކުރަންނިކުންނަން. ކައުންސިލަރު ބާލަން ނިކުންނަން. އަންނި ވެރިކަމުން ބާލަން ނިކުނަންނަން. ހެހެހެހެހެހެހެހެހެހެހހެހެ

  14. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:02/08/2009

    އަޅުގަނޑު އަދި ވެސް އެޑްމިންއަށް ދަންނަވަން ބޭނުން މިސައިޓަށް ޚަބަރެއްގެ ސިފާގައި އެމަޢުލޫމާތު ހޯއްދަވައިގެން ގެނެސްދެއްވާށޭ. ޚަބަރުގެ ބައި ވެސް މިސައިޓްގައި ރަނގަޅު ކުރައްވާށޭ. އެކަމަކީ އެޑްމިންއަށް ފައިސާ އާއި ވަގުތު ނަގާ ކަމެއް ވަންޏާ ދަންނަވާލަފާނަން އަދިވެސް ޚިޔާލެއް. މިސައިޓަށް ފޮނުވާ ލިޔުންތައް ފޮޅިއެއްގެ ގޮތަށް ޗާޕްކޮށްގެން އެވިއްކި ވެސް ދާނެ. އެވިދާޅުވާނެ ބޭފުޅުން ވެސް ތިއްބަވާނެ. ހަމައެކަނި ކޮށްލަން ވީ ކަމަކީ މީގެ ކޮންޓެންޓް އިތުރަށް ރަނގަޅުކޮށްލުން. ކުޅުދުއްފުށްޓަށް ޚާއްޞަ ޚަބަރު ސައިޓަކަށް މިސައިޓް ނުހެދޭނެ އެއްވެސް ސަބަބެއް ނެތް. އަދި މީގައި ޝާއިޢުކުރާ ލިޔުންތައް ހަފްތާ ފޮޅިއެއްގެ ގޮތުގައި ޗާޕްކޮށް ނުވިއްކޭނެ ސަބަބެއް ވެސް ނެތް. އެކަން ކުރައްވަން އެޑްމިންއަށް ވަގުތު ނުވަންޏާ، އެކަމާ ވޮލަންޓިއަރ ކުރައްވާނެ ފަރާތްތަކެއް ހޯއްދަވަން މިތަނުގައި އިއުލާނެއް ޖައްސަވާ. ނިކަން މިގޮތަށް ގޭސްގަނޑެއް އަނބުރާލަބަލަ އެޑްމިނޫ.

  15. އެމްޑީޕީ ގެ ހަގީގީ ވިންދު‮ ‬ވިދާޅުވީ


    ތާރީޚް:02/08/2009

    ކިހާ ދެރަކަމެއް! އަހަރެމެން ޕާޓީގެ ދުޝްމަނުންނަށް އަނގަތަޅާނެ ޗާންސު މި ލިބެނީ މިކަހަލަ ސިޔާސަތެއް އެއްޗެއް ނުދަންނަ މީހުން އުޅޭއްޗޭ! އަހަރެމެން ކޮންމެ ބަޔަކަށް ވޯޓުލިޔަސް، މިރަށު ކައުންސިލަރު އެހެން ބުނެގެން ނުވާނެ. މިރަށަށް އަޅާލުމަކީ ކުރަން ޖެހޭ ކަމެއްކަމަށް ނުފެންނަ މީހަކު މިރަށު ކަންކަމުގަ ބަސް ބުނަން ބަހައްޓައިގެން ނުވާނެ. ދެން އަދި މިރަށު މީހުން ވެސް ދެކިގެން ނުވާނެ ސަރުކާރަށް ވޯޓު ދިނީމަކަމަށް ސަރުކާރުން މިރަށަށް ކަމެއް ކޮށްދޭން ޖެހޭނިއްޔެއް.
    ދެން އާނ.. ބައެއް ބޭފުޅުން އެ ވިދާޅުވާ ހެން މި ސައިޓުން ވެސް އެ ހަބަރުތައް ޖެހުމަކީ ނެތްކަމެއް ނޫން. މެންބަރު ނަޝީދު ވެސް އެވާހަކަ މަޖިލީހުގަ ނުދެއްކުމަކީ ވެސް ނެތްކަމެއް ނޫން. އެކަމަކު މި ސައިޓުގައި ކޮންމެވެސް ވަރެއް ވެއްޖެތާ! މެންބަރު ނަޝީދު ބުލޮގުގައި ވެސް ކަމެއް ކޮށްފިތާ! އެކަމަކު މިރަށު ކައުންސިލަރާ މިރާއްޖޭގެ ސަރުކާރުން ގޯސްކޮން ކުރާ ކަމެއްގައި އަނެއްކާ މި ސައިޓުންތަ ކުށްދައްކަންވީ؟ ހަމަ ފިސާރި ތެދެއް އެހެން ހައްދަވާ ބޭފުޅަކު އެ އުޅެނީ، ކައުންސިލަރު އެ ހިންގެވި ޖަރީމާއިން މީސްތަކުންގެ ސަލާލުކަން އެހެން ކޮޅަކަށް އަނބުރާލައްވަން. އެއީ ހަމަ ޖަރީމާއެއް. ކައުންސިލަރަކު އެހެން ވިދާޅުވެގެން ނުވާނެ.

  16. ގަޅިބެ‮ ‬ވިދާޅުވީ


    ތާރީޚް:02/08/2009

    މީހަކު ދޮގުވާހަކައެއްލިއުނަކަސް ނުޖެހޭނެ މިސައިޓުގައި ޖަހާކަށް ،އެޚަބަރުގެ ތެދުދޮގުނުބަލައެއް. އަޅުަނޑު ކައުންސިލަރަށް ގުޅިން މިހަބަރު ތެދު ދޮގު އޮޅުންފިލުވަން.ބުނީ ދޮގެކޭ އެއީ. މިފަހަރު ހޯރަފުށީ ގައި މިނިވަންދުވަސް ފާހަގަ ކުރީ ކުޅުދުއްފުށީގައި މިކަންކުރާނެ ބަޖެޓު ނެތިގެންނޭ. ސަރުކާރުން މިނިވަންދުވަސް ފާހަގަ ކުރާއުސޫލަކުން ނޫނޭ މިހާރު އެކަން ކުރނީ، ރައްޔިތުން އެދުވަސް ފާހަގަ ކުރާ ގޮތަށޭ މިހާރު އޮންނަނީ. މިރަށުގައި އޮތްކަމެއް އެހެންރަށަކަށް ބަދަލެއްނުކުރެއޭ. މިހުންނަނީ ޑީއާރުޕީ މީހުން އަރުވާ އަޑުއަޑު.

  17. އެޑަމް‮ ‬ވިދާޅުވީ


    ތާރީޚް:02/08/2009

    މީގައި އެޑްމިންގެ އެއްވެސް މައްސަލައެއްނެތް.އެކަމަކު އެމްޑީޕީ ގެ ހަގީގީ ވިންދު‮ ބުނިފަދައިން މީގައި އެހަބަރު ގެނެސް ދިންނަމަ ރަނގަޅުވީސް. މި ސައިޓުން މިރަށުގެ ހަބަރުތައް ގެނެސްދިނުމަކީ މުހިއްމުކަމެއް. އެކަމަކު އެކަންއެގޮތަށް ކުރުމަކީ އެޑްމިންގެ މަސްއޫލިއްޔަތެއްނޫން. އެކަން އެގޮތަށް ކުރުމަކަށް އެޑްމިންއަށް މަޖުބޫރެއްވެސްނޫން. އެކަމަކު ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ އެދެވޭކަމެއް. ހާޝިމްތިހާ ހަބަރު ޖަހާހިތުން އުޅޭ އިރު ކީއްތަވާނީ، ވޮލެންޓިއައކޮށް ހަބަރު ޙޮދައިގެން މިޔަށް ފޮނުވިއްޔާ. ގައިމުން އެޑްމިންވެސް ހަމަ ދެއަތް އުރާލައިގެން ތިބެނިއްޔެއްނޫން. މިކަމުގައި އިސްކޮށްއުޅެނީވެސް ކިޔަވާ ސޮރެކޭ ކިޔާއަޑު އިވޭވިއްޔަ. އެހެންވީމަ މަށަށް ފެންނަނީ ހާޝިމް ވޮލެންޓިއައ ކޮށް އެސޮރަށް އެހީތެރި ވެލަދިނުން. އަދި ތިޔަބުނާ ހަފުތާ ފޮޅި ޕްރިންޓްކޮށް ވިއްކުމުގެ މަސައްކަތްވެސް ހާޝިމް ‘ވޮލެންޓިއައ ކޮށް’ ފަށަން. އަހަރެމެން ތިބޭނަން ގަންނަން. މިހެންބުނާއިރު އެނގޭ މިކަން ކޮނމެހެން ކަލޭ ކުރަން ނުޖެހޭނެ ކަންވެސް. އެކަމަކު ކަލޭވެސް ހަމަ ހުސް ވައިއަނގަތަޅާތީ ބުނެލީ.

  18. ޗަތުރަ‮ ‬ވިދާޅުވީ


    ތާރީޚް:02/08/2009

    އާދަން ވަހީދު އިސްތިއުފާ ދެއްވާފާ މަހަށް ނިކުންނަވާ!

  19. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:02/08/2009

    ނޫނޭ ޚަބަރު ގެނެސްދޭށޭ މިބުނަނީ މިހާރު ހަމަ އެއްގޮތަކަށް ވެސް މިސައިޓުން ޚަބަރު ނުފެންނާތީ. މުޅިންހެން މިފެންނަނީ އެކި ބޭފުޅުންގެ އާޓިކަލްސް މިސައިޓުން. އެހެންގޮސް މިސައިޓް މިހާރު މިއޮތީ އެއްގޯސްވެފައި. މިހެން އަދި ކަމަކު ނުދާނެ. ސައިޓްގެ ފޯރިވެސް ކެނޑޭނެ. ދެން އަޅުގަނޑަކަށް ކުޅުދުއްފުށީގެ ޚަބަރެއް ނުލިބޭނެ. އަޅުގަނޑުގެ ރަށެއް ނޫން. ދިޔަ ރަށެއް ވެސް ނޫން ކުޅުދުއްފުށްޓަކީ. އެކަމަކު އެޑްމިންމެންގެ ތިބޭނެ ދެއްތޯ އެކުވެރިންނާ ދަންނަ ބޭފުޅުން. އެހެންވީމާ، އެބޭފުޅުންނަށް މާބޮޑަށް އެކަން ފަސޭހަވާނެ. އެހެން ނޫނަސް، ކުޅުދުއްފުށްޓަކީ 8000 މީހުންގެ އާބާދީއެއް. ކަންކަން ހިނގާނެ. އެއިން ޚަބަރު ވެސް އުފެދޭނެ. ޚަބަރު އުފެދޭ ވަރުގެ އާބާދީއެއް އެއީ. އެހެންވެ އަޅުގަނޑު އެހެން ދެންނެވީ.

  20. ކުޅުދުއްފުށިން މީހަކު‮ ‬ވިދާޅުވީ


    ތާރީޚް:02/08/2009

    ކައުން ސިލަރު އެކުރެއްވިކަހަލަކަންތައްއެކުރައްވަނީ އާންމުއިންތިހާބަކީ އުމުރުން އެންމެފަހަރަކު އަންނަކަމެއްކަމައްހީކުރއްވައިގެންތޯ؟ އަދި ހަމަ ރައީސުލްޖުމްހޫރިއްޔާވެސް އަދިސަރުކާރުގެ މުހިންމު އިސްވެރިންވެސް މިގޮތައްތޯއޭދެކިލައްވަނީ؟ އެހެންކަމަށްވާނަމަ އެ އުއްކެވުނީ ކުޅަނދުރު ހަތަޔަގައުކަން ހަނދުމަފުޅުކުރައްވައިގެން ކުރިއަށް އޮތް އިންތިހާބައްތައްޔާރުވެ ވަޑައިގަންނަވާށޭ!!!!!!!!!!!!!!!!

  21. ބޯސޮރު‮ ‬ވިދާޅުވީ


    ތާރީޚް:02/08/2009

    ފުރިފައި ހުންނަ އެއްޗެހި ގުޑުގުޑެއް ނާޅާނެ! އިރާދަ ކުރެއްވީތީ ކުޅުދުއްފުށި މީހުން މިތިބެނީ ﷲ މިންވަރު ކުރެއްވި ގޮތަށް ފުދިގެން. ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާން ނުވާނަމަ އީމާންކަން ފުރިހަމަ ނުވާނެކަން ޔަޤީން.

  22. ބަނދިވަރު ޖިންނި‮ ‬ވިދާޅުވީ


    ތާރީޚް:02/08/2009

    އައްލަ ގުޓަރު ވާލާ
    ކަންސެލަރުން ބާލާ
    ރަށު މީހުން ހޭލާ
    މީހެއްތާ ގަމީހެކޭ؟
    ހިތްވަރުގަދަ މީހެއް

  23. ކުޅުދުއްފުށި ހަޑިކުރީ...‮ ‬ވިދާޅުވީ


    ތާރީޚް:02/08/2009

    ކުޅުދުއްފުށި ހަޑި ކުރީ، އަދި ކުޅުދުއްފުށީގައި ހަޑި ހޭވީވެސް ވޭތުވެ ދިޔަ ހުދުމުހުތާރު ސަރުކާރުގެ ވެރިންކަމުގައިވި ބޮޑެތި ހިޔާނާތް ތެރިންނެވެ. ކުއްޑި ނަޝީދުއަކީ އަދި އިއްޖެ މެންދުރު ކުޅުދުއްފުށި ފެނިގެން އުޅޭ ބޭފުޅެއް، ތެދުތެދަށް ދަންނަވާނަމަ ކުޅުދުއްފުށީ ތަރައްޤީ ކުރީ މައުމޫނުގެ ވެރިކަމުގެ ވަކިތަކުގައި ބަނދެފައި ބޭއްވުމުގެ ސުންޕާ ނިޔަތުގައެވެ. އެކަން މިހާރު އެފެންނަނީއެވެ. ހާޝިމު އެދައްކަނީ ހަމަ ރަނގަޅު ވާހަކައެކެވެ.
    ކަތީބު ކަލޭފާނު

  24. އިސްބެ‮ ‬ވިދާޅުވީ


    ތާރީޚް:02/08/2009

    ކުއްޑި ނަޝީދުއެއް ކުއްޓި ނަސީދުއެއް ކިޔާނެ ކަމެއްނެއް، މިރަށު މީހުން މިރަށު މެންބަރުކަން ނުކުރާހާ ދުވަހަކު މިކަން ކަން ރަނގަޅެއް ނުވާނެ.
    މިހުރިހާ ވާހަކަ ނުދައްކާ ކައުންސިލަރު ގާތު ރަށުގަ ހުރި ކޮންމެވެސް މީހާކު އަހާލަބަލަ މިވާގޮތެއް، މިހާރު ތަނެއް ދޮރެއް މިޔަކުން ނޭގުނު. އެކި މީހުން އެކި އެތި މިކިޔަނީ ތިބެގެން. ކައުންސިލަރު ނަންބަރު ދީބަލަ އޭރުން މަވެސް ގުޅާފަ އަހާފާނަމޭ..

  25. ޤާދިރު‮ ‬ވިދާޅުވީ


    ތާރީޚް:02/08/2009

    އޭ ހަމަހޭގައިތިބޭ ކުޅުއްދުއްފުށި ދެކުނުދާއިރާގެ މެންބަރު އެހުށައަޅާކަހަލަ މުޅިޤައުމަށް ފައިދާހުރި ބިލެއް ނޫނީ ބިލުތަކެއްހުށަހަޅަން އެންގޭކަހަލަ މީހަކު މިރަށުން މަޖްލީހަށް ކުރިމަތިލީތަ ނޫނީ އެބަހުރިތަ އެމަޖްލީހުގައިވެސް އެފެންވަރުގެ އިއްޒަތްތެރި މެންބަރަކުވެސްހުރިކަމަކަށް ޤާދިރު ޤަބޫލެއްނުކުރަމޭ@@@@@@@@@

  26. އިސްބެ‮ ‬ވިދާޅުވީ


    ތާރީޚް:02/08/2009

    ރަނގަޅު، ޤަބޫލު ކުރަން އެއީ އިލްމީ ގޮތުން އެކަމަށް އެންމެ ގާބިލް މީހާކަންވެސް. އިލްމާ އިހުލާސްތެރިކަމާ މިހުރިހާ ކަމަކީވެސް ހަމަ މުހިންމު ކަންކަން.. ނަސީދު ވަރުގެ މީހުން ރަށުން ނެރުމަކީ ވެސް ހަމަ ކުރަންޖެހިފަވާ ކަމެއް..

  27. އިސްބެ‮ ‬ވިދާޅުވީ


    ތާރީޚް:02/08/2009

    މިރަށުގެ މީހުން ނަކީވެސް ހަމަ އެވަރަށް ދޫހެލޭނެ ބައެއް.. ކިޔަވައިގެ އެކަމާ ކުރިމަތި ލާންވީ..

  28. DOG‮ ‬ވިދާޅުވީ


    ތާރީޚް:03/08/2009

    ހާޝިމްގެ ކޮމެންޓު ކިޔާލުމުން އަހަރެން ހަމަ ކޮސްވެއްޖެ، އެހެންޏާފަހެ ހާޝިމަކީ މިސަރުކާރުކުރާ ހުރިހާ ނުބައިކަމެއް އެނގޭ މީހާކަމަށްވެގެން މިސައިޓްގައި ލިޔެފައިވަނިކޮށްފެނުނު، އަނެއްކާ ހާޝިމަށް ނޭނގޭ އެއްކަމެއްވެސް އޭނާގެ ވާހަކަހުންނަ ގޮތުން ނޯވޭ، އެކަމަކު މިރަށު އެންމެންނަށް މިފަހަރު އޮޅުވާނުލެވޭވަރުކަމެއް ކުރިމަތިވީ ހިނދު މިސައިޓްގެ އެޑްމިން އާއި 8000 މީހުން މިކަމުގެ ހަގީގަތް ހޯދުމަށް ބުނެ ހާޝިމްގެ ކޮމެންޓް ނިންމާލާފައި މިވަނީ، މިއީ މިމީހުންގެ ފެންވަރު، ދެން ބައެއް ކުދިން އެބަބުނޭ މިރަށު މީހަކު މެމްބަރ ކަމުގައި ނެތީމަވާގޮތޭ، ބަލަގާ ކައުންސިލަރ އަކީ މިރަށު މީހެއް ނޫންތޯ އޭނާއަށް މިކަމުގެ ހަބަރު އޮޅުންފިލުވެންޖެހޭނެ ރައްޔިތުންނަށް އެހަބަރު ދޭންވެސް ޖެހޭނެ، ދެން އަނެއް ބަޔަކު ބުނެފި ހުވަރަފުށީގައި އެދުވަސް ފާހަގަކުރީ ރަށު ބަޖެޓަކުންނޭ، އެނގޭ އެއްކަމެއް ފާހަގަކޮށްލާނަށް މަގުމަތީ ފާރުގައި ސިމެންތިޖަހަން ގޭގެއަށް ސިމެންތި ބަހާފައިވަނީ ސަރުކާރުން، އަދި ބުނަންތަ އާދަމް ވަހީދު އާއި MDP ގެ ވިސްނުންހުރީ ރަށުކައުންސިލަރ އިންތިހާބަށް މިގޮތަށް ހަދައިގެން ނުފޫޒް ފޯރުވާ އެމީހުން ބޭނުންވާ މީހެއް ހޮވުން، އަޅުގަނޑު ބުނާނީ މިސަރުކާރުގެ މެމްބަރަކަށް އަޅުގަނޑު ދޭނެ ވޯޓެއް ނެތެވެ. އަންނި ހަދާނެ އެއްޗެއް ހަދަންވީ، މަރުވާނީ އެއްފަހަރު އެހެންކަމުން ކުރަންޖެހިއްޖެ ކޮންމެކަމެއް ކުރުމަށް އަޅުގަނޑު ނުކުންނާނީ ނުހަނު ކެރިގެން ސާބިތުކަމާއިއެކު،

  29. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:03/08/2009

    ޑޯގޫ ޑޯގޫ މީހަކު ނޫޅޭ ޑޯގާ ހަނގުރާމަ އިޢުލާންކޮށްގެންނެއް. އެހެންވީމާ ކޮންމެހެން ސާބިތުކަމާއެކު ނުކުންނަވާކަށް ޖެހިވަޑައެއް ނުގަންނަވާނެ. ޖަޒުބާތުތައް ނުހިފެހެއްޓޭވަރުވަންޏާ ހުންނާނެ އެއަށް ބޭސް ވެސް. އަޅުގަނޑު އޭގެ ނަން ދަންނަވައިގެން، އެ ޑޯގު ބޭނުން ކުރައްވައިގެން ކަމެއް ވެއްޖެއްޔާ އަޅުގަނޑަށް ދަޢުވާ ކުރައްވާނެކަން ކަށަވަރު. އެހެންވީމާ، ޑޯގުގެ ޖަޒުބާތުތައް މައިތިރިކުރައްވަން އަވަހަށް ޑޮކްޓަރަކަށް ދައްކަވަން އަޅުގަނޑު ނަސޭހަތް އަރުވަން. ތިޔަހެން އަބަދާ އަބަދު ހިތްހަމަޖެހިވަޑައި ނުގެން، އެއްކަމެއްގެ ފިކުރުގައި މުޅި ދުވާލާ ރޭގަނޑުގެ ހަތަރު ދަމު އިންނަވަންޏާ ނިކަން އަވަހަށް ނުރަވެސް ޖަހާނެ. ޑޮކްޓަރުން ވިދާޅުވޭ ހިތުގެ ބަލި ވެސް ޖެހޭނޭ. އެހެންވެ ތިޔަހެން ނޫޅުއްވާ. ކަމަކާ ގޮސް ހުސްވާކަށް ނުވާނެ އެއްގޮތަކަށް ވެސް.

    ދެން އަޅުގަނޑު ދެންނެވީ، ސަރުކާރުން ކުޅުދުއްފުށްޓަށް ތިޔަހެން ހެއްދެވިއްޔާ އެއީ ގޯސްކަމެކޭ. އެހެން ހައްދަވައިގެން ނުވާނޭ. އެވަރުން ޑޯގަށް ފުދޭތޯ؟ އަދި ދަންނަވާފާނަން. އެއީ ސަރުކާރުން ސީދާ ކުޅުދުއްފުށީ ރައްޔިތުންނަށް އޮޅުވާލެއްވި އޮޅުވާލުމެކޭ ވެސް ދަންނަވަން އަޅުގަނޑު ފަހެއް ނުޖެހޭނަށް ތިޔައީ ހަޤީޤަތުގައި ވެސް ހިނގިކަމެއް ވިއްޔާ. އަޅުގަނޑެއް ރައީސް ނަޝީދަކަށް މަލާއިކަތެއްގެ ދަރަޖައެއް ނުދޭނަން. ސިޔާސީ ގޮތުން ހުންނާނެ އެބޭފުޅާ ވެސް ކުރައްވާނެ ކަންކަން. އެއީ ސިޔާސަތަކީ. ދެން އަޅުގަނޑު ވެސް މިކަމުގައި ރައީސް ނަޝީދު ކަންތައް ކުރެއްވި ގޮތަށް ފާޑުކިޔަން. އަދި އޭގެ އެކްސްޕްލެނޭޝަނެއް ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވެސް އަޅުގަނޑު ދެކެން. އަޅުގަނޑަށް ތިޔަކަން ހަމަ ނެތޭ އެނގިފައެއް. އަޅުގަނޑު ހުރިހާ ކަމެއް ދަންނަކަމަށް ހެދިގެން އުޅެނީއެއް ނޫން. މިތަނުގައި ގިނައިން ދެއްކޭ ވާހަކަތަކަކީ އިއްތިފާޤުން އަޅުގަނޑަށް އެނގޭ ކަންކަން. އެކަމަކު ހުރެދާނެތާ ދެއްތޯ އަޅުގަނޑަށް ނޭނގޭ ކަންތައްތައް ވެސް. ދެން ކޮންމެވެސް ބޭފުޅަކު އޮތް މެމްބަރު ނަޝީދުގެ ބްލޮގަށް ކޮމެންޓްކުރައްވާފައި ނިންމުންތައް ނިންމިދާނޭ. އެބަދަލުވެސް ކުރެވޭނޭ. އެއުސޫލުން އެކަން އެކުރީ. ދެން އެހެން ނޫނަސް އަޅުގަނޑަކަށް ލިބޭ މޮޅެއް ނޯވޭ ވަކި ހޯރަފުށީގައި ނޫނީ ކުޅުދުއްފުށީގައި މިނިވަން ދުވަސް ފާހަގަކޮށްގެންނެއް. އެހެންނަމަވެސް، އަނެއްކާ ވެސް، ހަމަ ޑޯގަށްޓަކައި ތަކުރާރުކޮށް މިދަންނަވަނީ، މިފަހަރު ސަރުކާރުން ތިޔަގޮތަށް ކަންތައްކުރެއްވީމާ، އެކަމާ އަޅުގަނޑު ވެސް ސަރުކާރު ދެކެ ހިތްހަމަ ނުޖެހިއްޖޭ. ދެން ހަމަ އެނޭވާގައި ދަންނަވަން ޖެހެނީ ސަރުކާރުން ކުރައްވާ ހުރިހާ ކަމަކީ އެންމެން ހިތްހަމަޖެހޭ ގޮތަކަށް ކުރެވޭނެ ކަންކަމެއް ވެސް ނޫނޭ. އެކަމަކު ކުޅުދުއްފުށީ ރައްޔިތުންގެ މި “ހިތާމަ” އިގައި އަޅުގަނޑު ވެސް ބައިވެރިވަން.

  30. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:03/08/2009

    ދެން ޑޯގު އަޅުގަނޑު ދެންނެވި ވާހަކަ ޓްވިސްޓް ކުރައްވާފައި ތިޔައޮތީ. އަޅުގަނޑު ދެންނެވީ ކަމުގެ ހަޤީޤަތް ހޯދަން ސައިޓްގެ އެޑްމިން އާ ކުޅުދުއްފުށީގެ 8000 ރައްޔިތުން ނުކުންނާށެކޭ ނޫން. އަޅުގަނޑު ދެންނެވީ، 8000 މީހުން އުޅޭ ރަށެއްގައި ޚަބަރު ވެސް އުފެދޭނެއޭ. ކަންކަން ވެސް ހިނގާނެއޭ. އޭގެ ޚަބަރު ހުންނާނެއޭ. ސައިޓްގެ އެޑްމިންއަށް އަޅުގަނޑު ދެންނެވީ، މިސައިޓްގައި މުޅިން ވެސް މިހާރު މިފެންނަނީ ބޭބޭފުޅުންގެ އާޓިކަލްތަކޭ. ޚަބަރެއް ނުހުރެއޭ ކުޅުދުއްފުށްޓާބެހޭ. އެހެންވީމާ، މިސައިޓަށް ކޮންމެހެން ކުޅުދުއްފުށި.ކޮމް ކިޔުމުގެ މާނައަކީ ކޮބާހޭ؟ ދެން އަޅުގަނޑު ދެންނެވީ ސައިޓްގެ އެޑްމިން އަކީ ކުޅުދުއްފުށީ ބޭފުޅެއް ކަމަށްވާތީ، އެބޭފުޅާއަށް ފަސޭހަފުޅުވާނޭ ކަންކަން ހޯއްދަވައިގެން ޚަބަރެއްގެ ސިފައިގައި ޖައްސަވަން މިސައިޓްގައި. ކުރިން ޖެއްސެވި، މިހާރު އެކަމެއް ނުފެނޭ. އަޅުގަނޑަކީ ކުޅުދުއްފުށީ މީހެއް ނަމަ، ތިޔަކަންކަމުގެ ޙަޤީޤަތް ހޯދާނަން. ކޮންމެހެން ޑޯގުހެން، ކުއްޓި ނަޝީދުހެން އެވާހަކަ ދައްކާލަ ދައްކާލައެއް ނުހުންނާނަން. އެހެންނަމަވެސް އަޅުގަނޑަކީ ކުޅުދުއްފުށީ މީހަކަށް ނުވާތީ، އެމަޢުލޫމާތު ހޯދަން އަޅުގަނޑަށް އުނދަގޫވާނެ. އެއީ، ކުޅުދުއްފުށީގައި އަޅުގަނޑު ދަންނަ މާގިނަ މީހުންނެއް ނޫޅޭނެ. އަދި އެއީ އަޅުގަނޑު ދުވަހަކު ވެސް ދިޔަ ރަށެއް ވެސް ނޫން. އެހެންވީމާ. ނަމަވެސް އަޅުގަނޑު މިސައިޓްގައި މިއުޅެނީ، ކުޅުދުއްފުށި ދެކެ ހުންނަ ކުލުނަކުން. އަދި މިސައިޓަށް ލިޔުއްވާ ލިޔުއްވުންތައް ޢާންމުކޮށް އެހެން ސައިޓްތަކާ އަޅާބަލާއިރު ރަނގަޅުވީމާ. އަދި ސައިޓްގެ އެޑްމިންގެ އެއްބޭފުޅަކީ އަޅުގަނޑާ އެކުވެރި ބޭފުޅެއް ވީމާ. ކުޅުދުއްފުށީގައި ތިއްބަވައިގެން، ޑޯގު ފަދަ ކުޅުދުއްފުށީ ބޭފުޅުން ތިޔަ ހައްދަވަނީ އެނިމަލް ފާމްގައި “ޓޫ ލެގްސް ބޭޑް، ފޯ ލެގްސް ގުޑް” ގޮތަށް. ތިޔަހެން ނުހައްދަވާ ޑޯގު. ޑޯގަކީ ވެސް އަޅުގަނޑު ދަންނަ ގޮތުން މެލޭޝިޔާއިން ރަނގަޅަށް ކިޔަވާ ވިދާޅުވެގެން ހުންނެވި ބޭފުޅެއް. ޕަރސަނަލް އެޖެންޑާއެއް ނުގެންގުޅުއްވާ ގައުމީ މަސްލަހަތަށް އިސްކަން ދެއްވާ. އަޅުގަނޑު ކުރިން ވެސް ދެންނެވީމެއް ނޫންތޯ ޑޯގު އުޅުއްވާ ގޮތުން އަޅުގަނޑުގެ ހިތަށް އަންނަނީ “ތިޔަހެން ސަފުން ބާކީވެގެން، މުޅި ގުލްޝަނުން ހިތް ދޫވެގެން، ތިޔަހެން އުޅޭ ދިރިއުޅުމަކުން، ދުވަހަކު މަލެއް ނުފޮޅޭނެއޭ” މިބައިތޭ.