ރަށްރަށުން މީހުން ބަދަލުކުރުމުގެ ސިޔާސަތެއް މިސަރުކާރުން ނުގެންގުޅޭ ކަމަށާއި އެމީހަކު އުޅެން ބޭނުން ރަށެއްގައި ދިރިއުޅުމުގެ ފުރުޞަތު ކޮންމެ މީހަކަށްވެސް އޮންނާނެ ކަމަށް މިސަރުކާރުން ވަނީ ބުނެފައެވެ.
ރައީސް ނަޝީދުގެ ފަސްވަނަ ރޭޑިޔޯ ތަގްރީރުގައި ވިދާޅުވީ “އަޅުގަނޑު މި އުންމީދު ކުރަނީ، އެހެންވީމާ، އިރާދަކުރެއްވިއްޔާ، މުލަރޯދަހާ ތަނަށް ކޮންމެވެސް ވަރަކަށް މިކަމުގެ ޢަމަލީ ސިފަތަކެއް ފެނިގެންދާނެ ކަމަށް. އަޅުގަނޑަށް މިއަދު ޔަޤީންވަނީ، އަޅުގަނޑުމެން މި ރާވާފައި އޮތްގޮތަށް، އަޅުގަނޑުމެން އެ ސިފަކުރި ގޮތަށް، ރާއްޖޭގެ ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ޤާއިމު ކުރެވޭނެކަމާއި، ހަމަ ކަނޑައެޅިގެން ރާއްޖޭގެ ރަށްތަކަކީ ދަތުރުފަތުރު ކުރުމުގެ ނިޒާމުން ލާމެހި ގުޅިފައިވާ ރަށްތަކަކަށް އިރާދަކުރެއްވިއްޔާ ހެދޭނެކަން.” ނަޝީދު ވިދާޅުވި އެވެ. “އަޅުގަނޑުމެން އޭރުގައިވެސް ފާހަގަކުރަމުން ދިޔައީމު އަދި މިހާރުވެސް އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރާނަން، ޤައުމެއް ތަރައްޤީވެ މިދަނީ، ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިއިރެއްގައި ވަކިގޮތަކަށް ކުރެވުނީމާކަން. އޭގެތެރޭގައި، ފުރިހަމަ އިތުބާރު ހުރި ގޮތެއްގައި އެއްރަށުން އަނެއް ރަށަށް، އެއްތަނުން އަނެއް ތަނަށް ދަތުރުކުރެވޭ ގޮތަށް ކަންކަން ރޭވިފައި އޮތުން ވަރަށް މުހިންމު. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މިކަން ކާމިޔާބުގެ އައްސޭރިއަކަށް ގެންދެވޭނެ.”
ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމުން ގުޅާލެއްވުމަކީ، ސަރުކާރުގެ ފަސް ވަޢުދު ތެރެއިން އެއްވަޢުދު ކަމަށްވުމާއެކު، މިވަޢުދު ފުއްދެވުމަށްޓަކައި ކުރައްވަންޖެހޭ މަސައްކަތްތަކާއި އަޅުއްވަންޖެހޭ ފިޔަވަޅުތައް ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުން މިހާރުދަނީ އަޅުއްވަމުންނެވެ. މިގޮތުން މެދު ދެކުނު ޕްރޮވިންސްގައި ހިމެނޭ ތ. އާއި ލ. ގުޅުވާލުމަށް މޯލްޑިވްސް ދޯނި ސަރވިސްއާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.
މިދެންނެވުނީ މިހާރު މިކަމުގެ އަމަލީސިފަ ޖެހިފައިވާ މިންވަރެވެ. ކުޅުދުއްފުށި ހިމެނެނީ މާލެ ފިޔަވާ ރާއްޖޭގެ އެންމެ މީހުންގިނަ ސަރަހައްދުގައި އެވެ. މިސަރަހައްދަކީ ރާއްގޭގައި މިހާރު އެންމެ ގިނަމީހުން ކަނޑުމަގުން އެއްރަށުން އަނެއް ރަށަށް ދަތުރުކުރާ ސަރަހައްދެވެ. ދަތުރުފަތުރުގެ ނިޔާމެއް މިސަރަހައްދުގައި ޤާއިމް ކުރާނަމަ، ހއ، ހދ، އަދި ށ މިތިން އަތޮޅުގެ މީހުން ދިރިއުޅޭ 41 ރަށް އެބައޮތެވެ. މިތިން އަތޮޅުގައި 58500 މީހުން ނަށްވުރެ ބޮޑު އާބާދީއެއް އެބައޮތެވެ.
މިތިން އަތޮޅުގެ ހުރިހާ ރަށަކުން ކަހަލަ ގޮތަކަށް އެކިއެކި ބޭނުން ތަކުގައި އެންމެ ގިނަމީހުން ދަތުރުކޮށް އުޅޭ ރަށަކީ ކުޅުދުއްފުށްޓެވެ. އެކި މީހުން އަންނަނީ އެކި ބޭނުންތަކަށެވެ. މާލެ އާއި އެއްފެންވަރެއްގެ ހިދުމަތްތަކެއް މިރަށުން ލިބެން ނުހުރި ކަމުގައި ވީނަމަވެސް ވަރަށް ގިނަ ހިދުމަތްތަކެއް ލިބެން ހުރުމާއިއެކު، މާލެ ދިޔުން އެއީ ކޮންމެ މީހަކަށް ކުރެވެން އޮންނަ ކަމަކަށް ނުވާތީ މިރަށަށް އަންނަން މަޖުބޫރު ވަނީ އެވެ. ގިނަ ރަށްރަށުން މިރަށަށް މީހުން އަންނަނީ ވަރަށްވެސް ބޮޑު ހަރަދު ކޮށްފައި ދޯންޏެއް ނުވަތަ ސްޕީޑް ލޯންޗެއް ކުއްޔަށް ހިފައިގެންނެވެ. މިސާލަކަށް ހއ.އިހަވަންދޫއިން ކުޅުދުއްފުއްޓަށް ސްޕީޑް ލޯންޗް އެއްގައި އަންނަން ބޭންނުންނަމަ 2500 ނުވަތަ 3000 ރުފިޔާ ހަރަދު ކުރަން ޖެހޭނެ އެވެ. މިއީ ތެލުގެ އަގާއެކު އަބަދުވެސް ބަދަލު ވާނެ އަގެކެވެ.
ސަރުކާރުން ދަތުރުފަތުރުގެ ނިޒާމް ގާއިމް ކުރުމުގެ ބޭނުމަކީ ހެޔޮ އަގެއްގައި މީހުން އެއްރަށުން އަނެއް ރަށަށް ދެވޭނެ ގޮތެއް ހަމަޖައްސައިދިނުމެވެ. މިބުނެވުނު “ހެޔޮ އަގު” އެއީ ކިހާ ވަރެއްބާއެވެ. ކުޅުދުއްފުށިން ހަނިމާދޫ އެއަރޕޯޓަށް ދާން ހެޔޮ އަގަކީ ކޮބާ ބާއެވެ! 100 ރުފިޔާ މީހަކަށް ބޮޑު ހެއްޔެވެ. މިހާރު މިހޭދަކުރާ 1000 ރުފިޔާއަށް ވުރެ ކުޑައެވެ. އެކަމަކު ކޮންމެ ދުވަހަކު ހަނިމާދޫއަށް ދާން ޖެހޭ މީހަކަށް 100 ރުފިޔާވެސް ބޮޑެވެ. ބާރަށު މީހަކު ހެނދުނު ކުޅުދުއްފުއްޓަށް އައިސް ވިޔަފާރި ކޮށްލައިގެން ހަވީރު ރަށަށް ދާން ސާޅީހަކަށް ރުފިޔާގެ ޓިކެޓަކުން ދެކޮޅު ޗަލާނެ ނަމަ އެއީ އެކަށޭނެ އަގެކެވެ.
ސަރުކާރުން މެދު ދެކުނު ޕްރޮވިންސްގައި ހިމެނޭ ތ. އާއި ލ. ގުޅުވާލުމަށް މޯލްޑިވްސް ދޯނި ސަރވިސްއާއި އެކު ވީއެއްބަސް ވުމަށް ފަހު ރައީސް ނަޝީދު ވިދާޅުވީ ދޯނީގެ ޓިކެޓްގެ އަގަކަށް ވާނީ 30 ރުފިޔާ ނުވަތަ 40 ރުފިޔާ ކަމުގައެވެ. މިއަކީ ގަބޫލުކުރެވޭ ފަދަ އަގަކެވެ. މިގޮތުން މިނިޒާމު ތިލަދުންމަތީގައި ގާއިމް ކުރެވިގެންދިއުމަކީ ތިލަދުންމަތީގެ ހުރިހާ ރަށަކަށް މިކަމުން ފައިދާތަކެއް ކުރާނެ ކަމެކެވެ. ހާއްސަކޮށް ކުޅުދުއްފުށީގެ ވިޔަފާރި މިހާރަށްވުރެ ކުރިޔަށްޖެހިލާނެ ކަމެކެވެ.

ޤާދިރު ވިދާޅުވީ
ތާރީޚް:09/08/2009
40 ރުފިޔާވެސް އަގު ބޮޑު! 10 ރުފިޔާ ރަގަޅު
މޯޑު ވިދާޅުވީ
ތާރީޚް:09/08/2009
40 ރުފިޔާ އަކަށް މިކަމެށް ނުވާނެ. ވަރަށް ހީނުވާ ކަމެއްތީ، ފެށީމަ ދެން އިގޭނީވެސް.
މޯޑު ވިދާޅުވީ
ތާރީޚް:09/08/2009
ކޮން އިރަކުން މިކޮޅުގަ މިކަން ފެށުން އޮތީ. ވާނެ ކަމެށްބާ!!
ގޮބޮޅި ވިދާޅުވީ
ތާރީޚް:10/08/2009
އައްޗި.40 ރުފިޔާ މާބޮޑު .މައުމޫނުނަމަ އެއަގު 10 ރުފިޔާ އަށް ހަދާދޭނެ.އަންނިއަށް ވުރެ ހެޔޮކޮށް ކަންތައް ކުރަން އެނގޭނީ ހަމައެކަނި މައުމޫނަށް. އިރާދަ ކުރެއްވިއްޔާ ތިޔަ ކުރަންއުޅޭ ކަންތައް ވެސް ނުވާނެ.އައްނި އަކަށް.
މޯޑު ބޭބެ ވިދާޅުވީ
ތާރީޚް:10/08/2009
ކުމުންދުއަށް ދާން 10 ރުފިޔާ. ހަނިމާދޫއަށް ދާން 50 އޯކޭ. ނޮޅިވަރަމް ފަރަށް ދާން 30. ދެން ނޮޅިވަރަމް އަށް ދާން 10. ދެން ވައިކަރަދުއަށް ދާން 30. މަކުނުދުއަށް 100. ދެން އިހަވަންދުއަށްވެސް 80 ވަރު.
އެސޮރެއް ވިދާޅުވީ
ތާރީޚް:12/08/2009
ކިޔެއް ވެގެންތަ ތިޔާ އުޅެނީ…
މައިތިރިވެގެން ތިބެބަލަ އެކަން ކުރެވޭދެން…