Share

ދެކުނު އަވަށު ޒުވާނުންގެ ދިރުމުގެ ކުޅިވަރު ކޮމެޓީ އިފްތިތާޙުކޮށްފި

ދެކުނު އަވަށު ޒުވާނުންގެ ދިރުމުގެ ކުޅިވަރު ކޮމެޓީ އިފްތިތާޙުކޮށްފި

ކުޅުދުއްފުށި ދެކުނު އަވަށު ޒުވާނުންގެ ދިރުމުގެ ކުޅިވަރު ކޮމިޓީ އިފްތިތާހު ކޮށްފިއެވެ. މިއަހަރުގެ މާރޗް މަހު ރަޖިސްޓްރީކޮށް، މިވީ ކުޑަދުވަސްކޮޅު ތެރޭގައި ތަފާތު ޕްރޮގްރާމްތައް ހިންގަމުން އަންނަ، މިޖަމިއްޔާގެ ކުޅިވަރު ކޮމިޓީ އިފްތިތާހު ކުރުން މިއީ މިޖަމިއްޔާގެ މަގުޞަދުތައް ހާސިލް ކުރުމަށް ވަރަށް މުހިއްމު ފިޔަވަޅެއް ކަމުގައި ވާނެއެވެ.

އިފްތިތާހު ކުރެވުނު ކުޅިވަރު ކޮމިޓީގައި ހިމެނެނީ ކުޅުދުއްފުށީ އެރޯވިލާ އުމަރު ޔަހުޔާ، މަޑިވަރު އަހުމަދު މުޙައްމަދު، އޮޅަހަލި އަމްޖަދު މޫސާ، އަދި ކަނޑޫދޫގޭ މުޙައްމަދު އ. ކަރީމެވެ.

އެ ޖަމިއްޔާގެ ފަރާތުން ވަނީ އިއްޔެ ހަވީރު އެ ޖަމިއްޔާގެ ކުޅިވަރު ކޮމެޓީ އިފްތިތާހްކުރުމުގެ ގޮތުންނާއި ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނޮޅިވަރަމުގެ ކުލަބް ހުވާސް އާއިއެކު ފުޓުބޯޅަ މެޗެއްވެސް ކުޅެފައެވެ. ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅެވުނު މި މެޗް 6 ލަނޑު 4 ލަނޑުން ކާމިޔާބު ކުރީ ކުޅުދުއްފުށީ ޒުވާނުންގެ ދިރުމުގެ ޓީމެވެ.

މިމެޗު ނިމުމުން ނޮޅިވަރަމްގެ ހުވާސް ޓީމް މިމެޗުގައި ބައިވެރިވީތީ، ހަނދާނީ ތައްޓެއްވަނީ އެޓީމަށް ހަދިޔާކޮށްފައެވެ. ތަށި ހަވާލުކޮށްދެއްވީ ދެކުނު އަވަށު ޒުވާނުންގެ ދިރުމުގެ ނައިބު ރައީސް އަބްދުއްރަޙީމް ޢަލީއެވެ.

މީގެއިތުރުން މެޗަށް ފަހު އެ ޖަމިއްޔާގެ ފަރާތުން ވަނީ، ސްޓޭޑިއަމްގައި ކުޅޭ ކުދިންނަށް 2 ފުޓުބޯޅަ ހަދިޔާކޮށްފައެވެ. މިއީ އެތަނުގައި ފުޓުބޯޅަ ކުޅެންދާ ކުދިންނަށް ބޯޅަ ލިބުމުގައި ދިމާވާ ދަތިތަށް މަދުކުރުމަށް ކުރިކަމެއްކަމުގައި އެޖަމިއްޔާ ފަރާތުން މައުލޫމާތު ދެއްވި ޖަމިއްޔާގެ ސެކްރެޓަރީ އަހުމަދު އަބްދުއްރަޙީމް ހާމަކުރެއްވިއެވެ.

,

‮ ‬11‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ޚަބަރު‮ ‬ވިދާޅުވީ


    ތާރީޚް:16/08/2009

    ސާބަސް ތި ޖަމިއްޔާއަށް

  2. އަލިބެ‮ ‬ވިދާޅުވީ


    ތާރީޚް:16/08/2009

    ކޮށކޮމެނޭ ކޮންމެސް ކޮންމެސް މަގުލަސް ނޫނީ ޒުވާނުންގެ ޖަމިއިއްޔާގެ މީހަކު ތިޖަމިއިއްޔާއާ ވައިއެޅުނަނުދޭތި

  3. ޒުވާނާ‮ ‬ވިދާޅުވީ


    ތާރީޚް:16/08/2009

    ސްޓޭޑިއަމްގެ ބައެއްކަންތައްތައް ތިޖަމިއްޔާގެ މަސައްކަތުން ރަގަޅުވެއްޖެ މިސާލަކަށް އުވާލި ވޮލީކޯޓް އަލުން ތައްޔާރުކުރުން ދަނޑުގެ ވިނަގަނޑަށް ފެންޖެހުން، ބޯޅަ ދޫކުރާއިރު ސޮއިކުރުވާފަ ދޫކުރުންފަދަ

  4. ޗޯރު‮ ‬ވިދާޅުވީ


    ތާރީޚް:17/08/2009

    މަވެސް ހަމަބުނާނީ ސާބަހޭ! ކުރިޔަށް ދާށޭ ތިގޮތުގަ! މާބޮޑަށް ސިޔާސަ ނުވާތި ކުދިންނޭ! އެކުވެރިކަން އާލާކުރޭ!

  5. ކުޅުދުއްފުށީ ދެކުނުދާއިރާ‮ ‬ވިދާޅުވީ


    ތާރީޚް:17/08/2009

    އަހަރެމެން ދާއިރާއަށް ހޮވުނު ސޮރުވެސް ކޮމެޓީއެއް ހެދިއަޑު އެހިން.އެއީ ކޮން ކޮމެޓީއެއް ކަމާ،ކީއްކުރާ ކޮމެޓިއެއް ކަމާ، ތިޔާ ކޮމެޓީއަކަށް ހޮވެނު ބަޔަކު އެނގޭނީ ކޮން ދުވަހަކުން ބާ؟؟

  6. ކޮމެޓީ‮ ‬ވިދާޅުވީ


    ތާރީޚް:17/08/2009

    މިރަށުގައި މީގެ ކުރިން އެއްވެސް ޖަމިއްޔާއެއް،ނޫނީ ކުލަބެއް ނެތް ބޯޅަމުބާރާތެއް ޖެހުމުން ނޫނީ ފެނިފަކާ މީއަނެއްކާ ކޮންފަދަ ޖަމިއްޔާ ޔާއެއްތަ؟ މިރަށް މަސައްކަތް ތެރި ޖަމިއްޔާ އެއް ވަރަށް ބޭނުންވެފަ މިހާރު މިއޮތީ..ހިއްވަރާ އެކު މަސައްކަތް ކޮށް ރައްޔިތުންގެ ތާއިދާ ލޯބި ލިބިގެން ކުރިމަގެ އޮތީ..

  7. ރައްޔިތު‮ ‬ވިދާޅުވީ


    ތާރީޚް:17/08/2009

    ނަޝީދު ހެދީ އޭނާ އަށް ލަފާ ދޭ ކޮމެޓިއެކޯ .މަވަސް އެކޮމެޓިއަށް ހޮވުނެ ބަޔަކު ބަލަން ބޭނުން. އެޑްމިން އިން މިކަމުގެ މައުލޫމާތު ވީހާއަވަހަށް މިސައިޓުގައި ޖަހައި ދިނުން އެދެން!!

  8. މަ‮ ‬ވިދާޅުވީ


    ތާރީޚް:17/08/2009

    ކުއްޓޮހެދި ކޮމެޓީގެ ރައީސަކީ މުޙައްމަދު ފުޅޭ ބުނާއަޑު އެހިން.

  9. ގޮލައެއް‮ ‬ވިދާޅުވީ


    ތާރީޚް:17/08/2009

    ކުޅިވަރު ކޮމެޓީއަށް މަރުހަބާ. އަދި ތިޔަ ކޮމެޓީން ތަފާތު ކުޅިވަރު ޙަރަކާތްތައް ހިންގާނެކަމުގެ ޔަގީންކަން އެބައޮތް. މީގެ ކުރިން މިރަށުގެ މަގުލަސް ކުލަބުން ބާއްވަމުން އައި ފުޓްބޯޅަ މުބާރާތްވެސް މިހާރަކު ނުބޭއްވޭ. އެފަދަ މުބާރާތަކަށް ބޭނުންވެފައިތިބި އެތައް ކުދިންނެއް ތިބޭނެކަން ޔަގީން.

  10. އިސްމާޢިލްބޭބެ‮ ‬ވިދާޅުވީ


    ތާރީޚް:17/08/2009

    ސާބަހޭ ކުދިންނޭ. ބޭބޭ މިހާރު މިއިންތިޒާރުކުރަނީ ޖަމިއްޔާގެ ކުޅިވަރު ކޮމެޓީގެ ފަރާތުން ހިންގާނެ ޙަރަކާތަކަށް. ބޭބެއަކީ ކުޅީވަރަށް ލޯބިކުރާމީހަކަށްވާތީ ވަރަށްދެރަވޭ ކުރިން މަގުލަސްކުލަބުން ބާއްވަމުން އައި ފުޓްބޯޅަ މުބާރާތް މިހާރު ނުބާއްވާތީ. އޭރަށް ބަލާއިރު އެވެސް ރަނގަޅު . އެކަމަކު ތިޔަކުދިންނަށް އެއަށްވުރެ މާފުރިހަމައަށް އެކަން ކުރެވޭނެކަން ބޭބެއަށް ޔަގީން.

  11. އިސްދަރިވަރެއް‮ ‬ވިދާޅުވީ


    ތާރީޚް:18/08/2009

    މަގުލަހާއި ޒުވާނުންގެ ޖަމިއްޔާގެ އަޑެއްބަޑެއް ނީވެނީކީއްވެބާ؟ އެދެޖަމިއްޔާގެ މައްސަލަތަކަކީ ކޮބައިބާ؟ ދިވެހި މަސަކަތްތެރިންގެ ޖަމިއްޔާގެ ހަބަރެއްނުވަނީ ކީއްވެބާ؟ މިސުވާލުތަކަށް ޖަވާބެއް ލިބޭނެބާ؟