Share

ކުޅުދުއްފުށި ދެކުނު އަވަށު ޒުވާނުންގެ ދިރުމުން ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

ކުޅުދުއްފުށި ދެކުނު އަވަށު ޒުވާނުންގެ ދިރުމުން ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

ކުޅުދުއްފުށި ދެކުނު އަވަށު ޒުވާނުންގެ ދިރުމުން އިންތިޒާމު ކޮށްގެން ފުޓުބޯޅަ މުބާރާތެއް ބާއްވަން ހަމަޖައްސައިފި ކަމުގައި އެޖަމިއްޔާއިން ހާމަކޮށްފިއެވެ. މި މުބާރާތަކީ “ކޭ.ޑީ.ޒެޑް.ޑީ ފޯރ އޮން ފޯރ ކަޕް – “1 ގެނަމުގައި (ފަރާތެއްގައި 4 ކުޅުންތެރިން ކުޅޭގޮތަށް) ބާއްވާ މުބާރާތެއް ކަމުގައި އެފަރާތުން ހާމަކުރައްވައެވެ.

އެ ޖަމިއްޔާގެ ފަރާތުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިމުބާރާތް ފެށޭނީ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ. މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު އާއްމުކޮށްވަނީ އިއްޔެ ހުޅުވާލާފައެވެ.

މިމުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅަންޖެހޭ ފޯމާއި މުބާރާތުގެ ޤަވާއިދު ”ހެތުރު” ފިހާރައިން ލިބެން ހުންނާނެ ކަމުގައި އެފަރާތުން މަޢުލޫމާތު ދެއްވިއެވެ. ފޯމެއްގެ އަގަކީ -/100ރ އެވެ. ޗެމްޕިއަށް ޓީމަށް 1000 ރުފިޔާ, ރަނަރަޕް ޓީމަށް -/500ރ އަދި ފެއަރޕްލޭ ޓީމަށް -/300ރ ހުށަހެޅިފައިވާ މިމުބާރާތުގައި ހޮވަން ހަމަޖެހިފައިވާ މަޤާމްތަކަކީ ޗެމްޕިއަން ޓީމް، ރަނަރަޕް ޓީމް، ޕެއަރޕްލޭ ޓީމް، އެންމެމޮޅު ކުޅުންތެރިޔާ، އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމެވެ. މީގެ އިތުރުން ކޮންމެ މެޗެއްގެ މޮޅު ކުޅުންތެރިޔާވެސް ހޮވޭނެ ކަމުގައި އެފަރާތުން މަޢުލޫމާތު ދެއްވިއެވެ.

މިމުބާރާތުގައި ބައިވެރިވާން އެދޭފަރާތްތަކުން، މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅަންޖެހޭ ފޯމް ފުރިހަމަކުރުމަށްފަހު 4 ސެޕްޓެމްބަރ 2009 ވަނަ ދުވަހުގެ 16:00ގެ ކުރިން ”ހެތުރު” ފިހާރައަށް ހުށަހަޅަން ޖެހެއެވެ.

އަދި މިމުބާރާތަށް އިނާމް ހުށަހެޅުމުގެ ފުރުޞަތު އާންމުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ. މުބާރާތާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7441445 ،9650303 އަދި 7796360 އާ ގުޅުއްވުން މަޢުލޫމާތު ސާފުކޮށްދެވޭނެ ކަމުގައިވެސް އެޖަމިއްޔާއިން ހާމަކުރެއްވިއެވެ.

ގަވައިދު ޑައުންލޯޑް ކުރައްވާ

,

‮ ‬12‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ބޭބޭ‮ ‬ވިދާޅުވީ


    ތާރީޚް:30/08/2009

    ވަރަށް ރަނގަޅުކަމެއް. އެކަމަކު ފޯ އޮން ފޯގެ ބަދަލުގައި ފައިވް އޮން ފައިވް (ފުޓްސަލް) މުބާރާތެއް މާފޯރިގަދަ ވާނެހެން ހީވޭ.

  2. ޗޯރު‮ ‬ވިދާޅުވީ


    ތާރީޚް:30/08/2009

    ރަގަޅު ކަމެއް. ފޯ އޮން ފޯ މީ ކޯޗެއް. މީދެން މިހުން ކުޅޭ ކުޅިވަރުތަ! ފުޓްސަލް ނުނީ 11 ސައިޑް ފުޓް ބޯޅަ ކުޅޭނަމަ ދޯ!

  3. ކޭޑީ‮ ‬ވިދާޅުވީ


    ތާރީޚް:30/08/2009

    މިސައިޓުގެ ރަމަޟާން ރޯދަ އާއި ސުވާލު މުބާރާތުގެ އެއްވަނަ އަށް އެބަ ލިބޭ 2000 ރުފިޔާ. ދެން މަވެސް ތާއީދު ކުރަނީ ފުޓްސަލް މުބާރާތެއް ކުޅެން.

  4. އަހަރެން‮ ‬ވިދާޅުވީ


    ތާރީޚް:30/08/2009

    ޗޯރު ދައްކާ ވާހަކައިން އަހަރެން ހަމަ ހައިރާންވެ އަންތަރީސް ވެއްޖެ.! ފުޓްސެލް ކުޅެންނޭގޭ ބައެއްގެ ކައިރީގަ މުބާރާތެއް ބޭއްވިދާނެހެން ޗޯރުއަށް ހީވޭތަ؟

  5. މަހާޗޯރު‮ ‬ވިދާޅުވީ


    ތާރީޚް:30/08/2009

    ބާއްވާނީ ކޮންކަހަލަ ކިތައްމީހުންކުޅޭ މުބާރާތެއްކަން ނިންމާނީ އިންތިޒާމުކުރާ ފަރާތުން، ޗޯރަކަށް ނޫންއެގޭނީ

  6. ބައޯ ހުސޭނު‮ ‬ވިދާޅުވީ


    ތާރީޚް:30/08/2009

    ތިމުބާރަތް އިންތިޒާމުކުރިފާރާތަށް ހަމަ ޝުކުރިއްޔާ އެއްވެސް ތަނެއްގައި އަދި 4 އޮން 4 އަކަށް ނުކުޅޭ އެހެންވީ އާކަމެއްގެ ގޮތުން ވެސް ތިކަން ރަގަޅު އަޅުގަނޑު ތިކަމަށް ތާޢިދު ކޮންމެހެން ނުޖެހޭ އަބަދު 11 އަދި 06 އަދި ފުޓްސެލް ކުޅޭކަށް ތިޔަށް ވެސް އައު ގޮތްގޮތް ހަދާ އާކަންތަށްތަށް ތަޢާރަފްކުރަން ވާނެ ، ރަށުއޮފީހުގައި މަހުރިއްޔާ ތިކަމަށް އެއްބާރުލުން ދޭނަން

  7. ދުރުގައިހުރި މީހެއް‮ ‬ވިދާޅުވީ


    ތާރީޚް:30/08/2009

    މުބާރާތުގެ ތަޒާ މަޢުލޫމާތު މިސައިޓުން ލިބެމުންދާނެ ކަމަށް އުއްމީދު ކުރަން. މިހާރުވެސް މުބާރާތުގެ ގަވައިދު ބަލާލާހިތްވޭ. ގަވައިދު މިސައިޓް މެދުވެރިކޮށް ބަލާލެވޭގޮތް ހައްދަވައިދެއްވުން ޖަމިއްޔާގެ ހިންގުންތެރިންގެ ކިބައިން އެދެން

  8. ކުޅުންތެރިއެއް‮ ‬ވިދާޅުވީ


    ތާރީޚް:31/08/2009

    މީދެން ފުޓްބޯޅަތަ.. މިކަހަލަ މުބާރާތްތަކުގެ ސަބަބުން ކުޅުދުއްފުށީގެ ފުޓްބޯޅަ ދަށަށް ދާކަމަށް ފާހަގަ ކުރެވޭ.. މިހާރު މިވެއްޓުނީ ވަރަށް ފަހަތަށް. 9 އަސައިޑް މުބާރާތެއް ބާއްވަން މާ ތާއިދުކުރެވޭ. އޭރުން ބޮޑެތިމުބާރާތް ތަކަށް ފައިދާ ވާނީ. 4 އޮން 4 މުބާރާތް ތަކުން ކުޅުންތެރިންނަށް މެޗުތަޖުރިބާ ވެސް ހިޔެއްނުވޭ ލިބޭނެހެނެއް. މިފަދަ ކަންކަމަށް ވިސްނާ މުބާރާތްތައް ބޭއްވުމަށް އެ ޖަމިއްޔާއަށް ގޮވާލަން. ދެން މިރަށަށް ފުޓްސެލް ތައާރަފް ކުރުމަށް (ފުޓްސެލް ކޯޗެއް ހޯދައިގެން) އެދެން. ޖަމިއްޔާގެ ފަރާތުން ހިންގާ ކަންކަމަށް މަރުހަބާކިޔަން.

  9. ޕޮއް‮ ‬ވިދާޅުވީ


    ތާރީޚް:31/08/2009

    އަމިއްލަޔަށް ރާވައިގެން 9 އަސައިޑް ކުޅެނިކޮށް ވީނުން

  10. މަހާޗޯރު‮ ‬ވިދާޅުވީ


    ތާރީޚް:31/08/2009

    4 އޮން 4 އަށް ތަރުހީބެއް ނުލިބިއްޖެނަމަ 6 އަސައިޑެއް ޖައްސާކަމަށްވަނީ

  11. އަހަރެން‮ ‬ވިދާޅުވީ


    ތާރީޚް:31/08/2009

    މިރަށުގަ އެއްވެސް މުބާރާތެއް ބޭއްވުމުގެ ކުރިންވީ، މިރަށުގަ އެހުރި ސުޓޭޑިއަމް ރަނގަޅު ކުރަން މަސައްކަތް ކުރަންވީ. އެތަނުގަ ހުރި ސިކްސް އަ ސައިޑް ދަނޑަށް އަލި ކޮއްލެވޭނެ ވަރު އެތާ ތިބި މީހުންނަކަށް ނުވި. އަބަދު ޓީވީ އަޅުވައިގެން އެތާ ތިބުންނޫން ކަމެއް އެމިހުން ނުކުރޭ. އަދި އެވަރުން ނުވެގެން މިހާރު އެތާ އެންމެ އިސްކޮށްތިބި ދެމިހުން ތިބީ ޗުއްޓީގައި. މަށަށް ހަމަޔަގީން ބަޔަކު މިރޯދަމަހު ކަމެއް ކޮށްދާނެތީވެ އެމީހުން ކުރި ކަމެއްކަން އެ!

    މި ޖަމިއްޔާއަށް މަ ވަރަށް ތާއީދު އެމީހުން ރާވައިގެން އެއުޅޭ މުބާރާތަށް. އެއްކަމަކީ މި ރޯދަމަހު ދުވާލު އެހާ ބޮޑު މުބާރާތެއް ކުޅެވޭނެ ހެން މަށަށް ވެސް ހަމަ ހީނުވާތީ. އަނެއްކަމަކީ ސުޓޭޑިއަމްގަ ނެއް ރޭގަނޑު މެޗެއް ކުޅެވޭކަށް ލައިޓްގަނޑެއް ޖަހާލާނެ ފެންވަރު ނެތުމުން.

  12. އެޑްމިން‮ ‬ވިދާޅުވީ


    ތާރީޚް:31/08/2009

    ކޭ.ޑީ.ޒެޑް.ޑީ ފޯރ އޮން ފޯރ ކަޕް – 1 ގެ ގަވައިދު މިސައިޓުން މިހާރު ޑައުންލޯޑް ކުރެވޭނެއެވެ. ޑައުންލޯޑް ކުރުމަށްޓަކައިޚަބަރުގެ ތިރީގައި އެއިން ލިންކަށް ކްލިކް ކޮށްލައްވާށެވެ.