ކުޅުދުއްފުށީ ދެކުނު އަވަށު ޒުވާނުންގެ ދިރުމުން އިންތިޒާމު ކޮއްގެން ބާއްވާ “ކޭޑީޒީޑީ 4 އޮން 4 ކަޕް” މިރޭ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ފެށޭނެއެވެ. މިމުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ 2215 ގައި ބައްދަލުކުރާނީ ޒިގްޒެގް އަންލިމިޓެޑް އާއި ކްއޮޑްސް އެވެ. އަދި ދެވަނަ މެޗުގައި މިރޭ 2300 ގައި ބައްދަލުކުރާނީ މިނީ ޒިގްޒެގް އާއި އަލް ފަޓާސް އެފްސީއެވެ.
މި މުބާރާތުގެ ގުރުއަތުލުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ، އެޖަމިއްޔާގެ ފަރާތުން ބޭއްވިއެވެ. ސްޓޭޑިއަމްގައި ބޭއްވި މިރަސްމިއްޔާތުގައި، މުބާރާތުގައި ބައިވެރިވި ކޮންމެ ޓީމެއްގެ ފަރާތުން މަންދޫބެއް ހާޒިރުވިއެވެ. މި ގުރުއަތުލުމުގެ ރަސްމިއްޔާތުގައި އެޖަމިއްޔާގެ ރައީސް އަހުމަދު އާތިފް، ހާޒިރީންނާއި މުޚާތަބްކޮށް ވާހަކަ ދެއްކިއެވެ. އެއަށްފަހު، ގުރުއަތުލުން ކުރިޔަށްދިޔައީ، ބައިވެރިވި ޓީމްތަކުގެ ނަންތައް އެލްފަބެޓިކް ތަރުތީބުން އަތުރާލައިގެންނެވެ.
މިމުބާރާތް ކުޅެވޭނީ ބައިވެރިވި 14 ޓީމް ތިން ގުރޫޕަކަށް ބަހާލައިގެން، ކޮންމެ ގުރޫޕެއްގެ ޓީމްތައް، ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް، އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމުތައް ކުއާޓަރ ފައިނަލަށްދާ އުސޫލުންނެވެ. ގުރޫޕު އޭ އާއި ބީ އިން ކުއާޓަރ އަށް ތިންޓީމު ދާއިރު ގުރޫޕު ސީ އިން ދާނީ ދެޓީމެވެ.
މުބާރާތުގެ އޭ ގުރޫޕުގައި ހިމެނުނީ ޒިގްޒެގް އަންލިމިޓެޑް، ކްއޮޑްސް، މިނީ ޒިގްޒެގް، އަލް ފަޓާސް އެފްސީ، އަދި ނިއު އޭޖް އިންވިސިބަލްއެވެ. ގްރޫޕް ބީގައި ހިމެނިފައިވަނީ ޒިގްޒެގް، ބާނީ ޔުނައިޓެޑް، އަންމު، ކްލަބް ނަފާ، އަދި ޒިގްޒެގް ކީޕާރސްއެވެ. ގުރޫޕް ސީގައި ހިމެނުނީ ޒިގްޒެގް ރިވެންޖް، ނޮކްއައުޓް، ނިއު އޭޖް، އަދި ލެ ސިކްސް އެވެ.
މިމުބާރާތް ސްޕޮންސަރ ކޮށްފައިވަނީ ސޭމް ސްޕޯޓްސް، އާޕޮއިންޓް، ޖީބީ ޓްރޭޑަރސް، ސެއިލަރސް ޓިމްބަރ އަދި ނަފާ ޕްލަސްއިންނެވެ. މުބާރާތުގެ މީޑިއަރ ޕާރޓްނަރއަކީ ކުޅުދުއްފުށި ޑޮޓްކޮމް އެވެ.
މުބާރާތުގެ ޝެޑިއުލް ޑައުންލޯޑް ކުރައްވާ
- ގުރުއަތުލުމުގެ ރަސްމިއްޔާތުގެ ތެރެއިން






ހަސަންދީ ވިދާޅުވީ
ތާރީޚް:07/09/2009
ކަލޭނޭ. މިހާރު ކުޅުދުއްފުށީ ޒުވާނުން ހާދަ އިނގިރޭސިވެއްޖޭ! ޒިގްޒެގު އެއީ އެމީހުނަށް އެންމެ ރީތި ނަން. ހެހެހެ. ކުރިން ކިޔާފައި ހުރި ނަންތައްވެސް މިހާރު އިނގިރޭސިކޮށްފި. ވިހަލަގޮނޑި ދަނޑަށް، ކޮރަލް ދަނޑު ( މިދެން ކޯޗެއް؟) ހިރަފުސް ދަނޑަށް ވެސް އަދި ކިޔާނެ ކަންނޭގެ ޑަސްޓް ބަވްލް ހަހަހާ!
ގޯޅި ގޯޅި ކަންމަތީގަޔާއި މަގު މެދުގައިވެސް ސްޕްރޭ ދަވާދުން އިނގިރޭސިން ލިޔެލިޔެފައި ވަރަށް އިނގިރޭސިވެފައި މި ސޮރުމެން މިތިބެނީ!
ސޭކޭ ވިދާޅުވީ
ތާރީޚް:07/09/2009
ހަމަ އިނގިރޭސި ކުރަންވީ އިންގޭ. ކީއްކުރަން ކިޔާ ޒުވާނުންގެ ޖަމިއްޔާ އަކާ މަސްވެރިން ގެ ދިރުމެއް. އަދި އެވަރުން ނުވެގެން ކޮން ޖަމާއަތުގެ ގުޅުމަކާ ޖަމާތްތެރިންގެ ގުޅުމެއް ކިޔާކަށް. މާރީތި އިނގިރޭސިން ނަންކިޔާލީމަ. މަށަށް އެންމެ ސަޅީ ނިއު އޭޖް އިންވިސިބަލް. ދެން އެއޮތް ފްރެންޗް ނަންވެސް ސަޅި . ލެ ސިކްސް.
ބައޯ ހުސޭނު ވިދާޅުވީ
ތާރީޚް:07/09/2009
މަށަށް ތީގަ މައްސަލައެއް އެބަ ދިމާވޭ އެއީ އަހަރެމެން ދުވަސް ވަރުމީޙުން ތިޔަ އިގިރޭސި ނަންތަކެއް ކިޔަން އުޅެނިކޮށް ގިނަފަހަރަ މިކިޔެނީ އަވަގުރާނައެއް ، މިރޯދަމަހު އަހަންމަދާ ކަލޯ ތިޔަކަހަ ފޑުފާޑު ނަންނަން ނުކިޔާ ހައެއްކަ ޓީމު ނެރެ ތިޔަކަން ކޮށްލަދީ ، ހެޔޮ އެއްޓީމަކަށް ބައޯޓީމު ކިޔަސް މަފަންޑު ދޭނަން
ކޮރަލް ވިދާޅުވީ
ތާރީޚް:07/09/2009
މޮޔަނުގޮވަ ހުރޭ ހަސަންދީ ކޮރަލް ދަނޑު ބިންސާފުކޮށްފަ އައްވަލަށްވަސް ކީނަމަކީ އެ.މިހާރުއިނގިރޭސި ވިއްޔެއްނޫން.އަދި ބިންސާފުކުރިތާ 5 މަސްދުވަސް ފަހުން ދަނޑު ރަޖިސްޓުރީ ކުރީވަސް ހަމަ ކޮރަލް ދަނޑުނަމުގަ. ހޭދެބެވެފަތަ ތިޔަހުރީ.
އިނގިރޭސި ރިހަގަނޑު ވިދާޅުވީ
ތާރީޚް:07/09/2009
މިޔޮއް ބައެއް ދޯ ދެން މާ އިނގިރޭސި ރީތިވެގެން. ލަދުން ބޯ ހަލާކު. ކަލޯ ތީ މި ދެކުނު އޭސިޔާ މޯލުންގެ ކަމެއް. އަމިއްލަ ނަފްސަށް އިހްތިރާމްކުރާ އެއްވެސް ގައުމެއްގަ ބަޔަކު ނުހޭކޭނެ ތިޔަ ވައްތަރަކަށް.