ދުވަހުގެ ނަސޭޙަތް: ޒަކާތާއި މެދު ފަރުވާތެރިވާށެވެ.
ޒަކާތަކީ، އިސްލާމްކަމުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ އެއް ރުކުނެވެ. ނަމާދާއި ރޯދަ ފަރުޟު ކުރެއްވި ފަދައިން ޒަކާތަކީ ވެސް އަޅުގަނޑުމެންގެ މައްޗަށް ފަރުޟު ކުރައްވާފައިވާ އަޅުކަމެކެވެ. މިއަދުގެ މުޖުތަމައަށް ނަޒަރު ހިންގާލާއިރު، ޒަކާތާއި މެދު އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން އިހުމާލު ވެފައި ވާކަން އެނގެއެވެ. ފަރުޟު ކުރައްވާފައިވާ އަޅުކަމެއްކަން ގަބޫލު ކުރާ ހާލު ޒަކާތް ނުދެއްކުމަކީ ކަނޑައެޅިގެން ހަރާމް ކަމެކެވެ.
މުދަލަކީ، މާތް ﷲ އަޅުގަނޑުމެން ނަށް ހަވާލު ކުރައްވާފައިވާ އަމާނާތެކެވެ. ހުރިހާ އެއްޗެއް މިލްކުވެ ވޮޑިގެންވަނީ މާތް ﷲ އަށެވެ. އެކަލާނގެ އަޅުގަނޑު މެންނަށް މުދާ ދެއްވުމަށް ފަހު އެމުދަލުގެ ތެރެއިން ކުޑަ އެއްޗެއް ޒަކާތުގެ ގޮތުގައި ހޭދަ ކުރުމަށް ވަނީ އަންގަވާފައެވެ. އިޖްތިމާއީ ނަޒަރަކުން ބެލި ކަމުގައި ވިޔަސް ޒަކާތަކީ މުޖުތަމައަށް ފައިދާ ކުރާ އަޅުކަމެކެވެ.
ނަމާދު، ރޯދަ އަދި ހައްޖުގެ އަޅުކަންތައް ކުރުމަށް އަޅުގަނޑުމެން ސަމާލުކަންދޭ ބީދައިން މުދާ ވެރިން ޒަކާތް ދެއްކުމަށްވެސް ސަމާލުކަން ދޭންޖެހެއެވެ. ޒަކާތާއި ބެހޭ މައުލޫމާތު އިލްމުވެރިންގެ ކިބައިން ހޯދައި، ތިމާގެ މައްޗަށް އޮތް ހައްޤު އަދާ ކުރުމަށް އަވަސްވެ ގަންނާށެވެ. މުދަލުގެ ބަރަކާތް ކެނޑި އެމުދާ ދެއްވި ފަރާތުން ގެންދެވުމުގެ ކުރިން ހޭއަރާ ވިސްނާށެވެ. ބަރަކާތް ތެރި ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުވެ ހިނގަމުން މިދާ ދުވަސްތަކުގައި ފިތުރު ޒަކާތް ދެއްކުމަށް އަވަސްވެ ގަންނަމާ ހިނގާށެވެ.
ރަމަޟާން ދީނީ ސުވާލު މުބާރާތް (ސުވާލު 17)
# “މަޛްޔު” ބޭރުވުމުން ހިނައިގަންނަން ޖެހޭނެތަ؟

ދީނާއި ދުނިޔެ