Share

ކޭ.ޑީ.ޒެޑް.ޑީ ފޯރ އޮން ފޯރ ކަޕް 2009 ފެށިއްޖެ

ކޭ.ޑީ.ޒެޑް.ޑީ ފޯރ އޮން ފޯރ ކަޕް 2009 ފެށިއްޖެ

ކުޅުދުއްފުށީ ދެކުނު އަވަށު ޒުވާނުންގެ ދިރުމުން އިންތިޒާމްކޮށްގެން ބާއްވާ ކޭ.ޑީ.ޒެޑް.ޑީ ފޯރ އޮން ފޯރ ކަޕް 2009 ރޭ 10:00 ޖެހިއިރު ވަނީ ފަށާފައެވެ. މިމުބާރާތް ހުޅުވައިދެއްވާ ވާހަކަފުޅުދެއްކެވީ ކުޅުދުއްފުށީ ކައުންސިލަރ އާދަމް ވަހީދުއެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން ކުޅެވުނު ފުރަތަމަ މެޗްގައި ބައްދަލުކޮށްފައިވަނީ ޒިގްޒެގް އަންލިމިޓެޑް އާއި ކުއަޑްސް އެވެ. މިމެޗު 2 ލަނޑު 1 ލަނޑުން ކާމިޔާބު ކޮށްފާވަނީ ކުއަޑްސްއެވެ. މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ކުއަޑްސްގެ ޖާޒީ ނަންބަރު 13 މުހައްމަދު ހަސަންއެވެ.

މިގޮތުން ހަމަ މިރޭ ކުޅެވުނު ދެވަނަ މެޗުގައި ބައްދަލު ކުރީ މިނީ ޒިގްޒެގް އަދި އަލް ފަޓަސް އެފް.ސީއެވެ. މި މެޗް ފަސްލަނޑު ސުންލަނޑުން ކާމިޔާބު ކޮށްފައިވަނީ މިނީ ޒިގްޒެގްއެވެ. އަދި މެޗުގެ މޭން އޮފްދަމެޗް ގެ މަގާމް ހޯދާފައިވަނީ ހަމަ މިޓީމްގެ ޖާޒީ ނަންބަރ 7 ހަސަން މުހައްމަދުއެވެ.

މިމުބާރާތުގެ 2 މެޗް މިރޭވެސް އޮންނާނެއެވެ. މިގޮތުން ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ޒިގްޒެގް އަދި ބާނި ޔުނައިޓެޑްއެވެ. މިމެޗު ފެށޭނީ ރޭގަނޑު 10:15 ގައެވެ. ދެވަނަ މެޗުގައި މިރޭ 11:00 ޖަހާއިރު ބައްދަލު ކުރާނީ އަންމު އަދި ކްލަބް ނަފާއެވެ.

,

‮ ‬4‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ޖާދޫ‮ ‬ވިދާޅުވީ


    ތާރީޚް:08/09/2009

    މީޑިއާ ޕާރޓްނަރގެ ގޮތުގައި ފޮޓޯތަކާއެކުޚަބަރު ގެނެސްދިނުން ވަރަށް ފުރިހަމަ. މުބާރާތް ނިމެންދެން މިގޮތުގައި ޚަބަރުގެނެސްދޭނެ ކަމަށް އުއްމީދުކުރެވޭ. މުބާރާތުގެ ފޯރި ކުރިއަށްއޮތްތާގައި ގަދަވާނެ ކަމަށް ބެލެވޭ.

  2. އަހުމަދު‮ ‬ވިދާޅުވީ


    ތާރީޚް:08/09/2009

    މުބާރާތް ނިމެންދެން އަޕްޑޭޓް ގެނެސްދޭނެ ކަމަށް އުއްމީދު ކުރަން

  3. ހުސޭނު‮ ‬ވިދާޅުވީ


    ތާރީޚް:09/09/2009

    ފޮޓޯ ކޮލެޓީ ރަގަޅު ވާނެނަމަ ދޯ!

  4. ހުސައިން‮ ‬ވިދާޅުވީ


    ތާރީޚް:09/09/2009

    ހާދަ ހެއްވައޭ. ބޭނުންވީމާ ހަމަ ކޮމެންޓް ނަގަންވީދޯ! ބަލަ ދެވަނަ މެޗްގެ ނަތީޖާ ސާފުކޮށްފައި ޖަހާބަލަ!