Share

ރަމަޟާން ދީނީ ސުވާލު މުބާރާތް (ސުވާލު 18)

ރަމަޟާން ދީނީ ސުވާލު މުބާރާތް (ސުވާލު 18)

ދުވަހުގެ ނަސޭޙަތް: ކީރީތި ގުރުއާން ކިޔެވުން

ކީރީތި ގުރުއާނަކީ މާތް ރަސޫލު ޞައްލަﷲ އަލައިހި ވަސައްލަމް އަށް މާތް ﷲ ދެއްވި މުއުޖިޒާތް ތަކުގެ ތެރެއިން އެންމެ ބޮޑު އެއް މުއުޖިޒާތެވެ. ހައްޤާ ބާތިލް ވަކި ކޮށްދެނިވި އެއްޗެއް ކަމުގައި އެ ގުރުއާން ވެއެވެ. އިސްލާމީ ޝަރީއަތުގެ ދުސްތޫރަކީ ކީރީތި ގުރުއާނެވެ. އެ ގުރުއާން ބާވާލެއްވި މައްސަރަކީ ބަރަކާތް ތެރި ރަމަޟާން މަހެވެ. މި މަހުގައި ކީރީތި ގުރުއާން ކިޔެވުން އިތުރު ކުރަންޖެހެއެވެ.

ކީރީތި ގުރުއާން ކިޔެވުން އިތުރުކުރުމަކީ ވަރަށް ގިނަގުނަ ފައިދާ ތަކެއް ލިބިދޭ ކަމެކެވެ. މާތް ﷲ އަށް ބިރުވެތި ވާން ދަސްވެ، ހިތް ހަމަ ޖެހުން ލިބި، ނަފްސާނީ އެތައް ބައްޔަކަށް ޝިފާ ލިބޭ ކަމެކެވެ. އެންމެ މުހިއްމު އެއް ފައިދާ އަކީ، އަޅުކަމެއްގެ ގޮތުގައި ދަރުމަ އާއި ޘަވާބު ލިބުމަށް އެދި ހުރެ އެ ގުރުއާން ކިޔަވައިފި މީހަކަށް ގިނަގުނަ ސަވާބު ލިބޭ ކަމެވެ. ގުރުއާނުގެ އާޔަތް ތަކުގެ މާނަ ނޭގުނު ކަމުގައި ވިޔަސް އެ ގުރުއާން ކިޔަވައިފިނަމަ ޘަވާބު ލިބޭ ކަމެވެ. ގުރުއާން ކިޔަވާއިރު ކޮންމެ އަކުރަކަށް ޘަވާބު ލިބޭނެ ކަމަށް ހަދީޘް ތަކުން ސާބިތުވެއެވެ.

ރަމަޟާން މަހަކީ އެމަހެއްގައި ކީރީތި ގުރުއާން ބާވާލެއްވުނު މައްސަރު ކަމުން އެ މަހުގައި ގިނަގިނައިން ގުރުއާން ކިޔެވުމަކީ އިތުރުވެގެންވާ އަޅުކަމެކެވެ. ގުރުއާނުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ޓަކައި އަރަބި ބަސް ދަސްކޮށް ކީރީތި ގުރުއާނުގެ ތަފްސީރު ދަސްކުރުމަކީ މުހިއްމު ކަމެކެވެ.

ރަމަޟާން ދީނީ ސުވާލު މުބާރާތް (ސުވާލު 18)

# ބަދުރު ހަނގުރާމަ ހިނގީ ރަމަޟާންމަހުގެ ކޮންދުވަހެއްގައި؟

ޝުޢޫރު‮ ‬‮ ‬ފާޅުކުރެއްވުން‮ ‬ބަންދުވެފަ