ކުޅުދުއްފުށީ ދެކުނުއަވަށު ޒުވާނުންގެ ދިރުމުން އިންތިޒާމްކޮށްގެން މިމަހުގެ 7 ވަނަ ދުވަހު ފެށުނު ކޭ.ޑީ.ޒެޑް.ޑީ 4 އޮން 4 ކަޕްގެ ދެވަނަރޭވެސް ވަނީ ވަރަށް ފޯރިގަދަ ކުޅުމެއްފެނިފައެވެ.
އެގޮތުން ރޭގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ޒިގްޒެގް އަދި ބާނި ޔުނައިޓެޑްއެވެ. މި މެޗް ނިމިފައިވަނީ 2 ލަނޑު 2 ލަނޑުން އެއްވަރު ވެގެންނެވެ. މިމެޗުގައި ޒިގްޒެގް އަށް ލަނޑުޖަހައިދީފައި ވަނީ އެޓީމްގެ ޖާޒީ ނަންބަރ 21 އަހުމަދު މުހައްމަދު އާއި ޖާޒީ ނަންބަރ 23 އަހްމަދު އާދަމްއެވެ. މި މެޗުގެ މޭން އޮފް ދަމެޗަކަށް ހޮވުނު ބާނި ޔުނައިޓެޑްގެ ޖާޒީ ނަންބަރ 8 އަހުމަދު ގާސިމް ވަނީ މިމެޗުގައި ބާނި ޔުނައިޓެޑަށް 2 ލަނޑުޖަހައިދީފައެވެ.
ރޭކުޅެވުނު ދެވަނަ މެޗުގައި ބައްދަލުކުރީ އަންމު އާއި ކްލަބް ނަފާއެވެ. މިމެޗު ނިމެންވަރަށް ކައިރިވެފައި ވަނިކޮށް އަންމުގެ ޖަޒީ ނަންބަރ 11 އަސްވަދު ރަޝީދު ވަނީ ލަނޑެއްޖަހާ އަންމު އަށް މެޗު ކާމިޔާބު ކޮށްދީފައެވެ. ފޯރިގަދަ ކުޅުމެއް ފެނުނު މިމެޗުގެ މޭން އޮފް ދަމެޗުކަން ލިބިފައިވަނީވެސް އަންމު ޓީމްގެ އަސްވަދު ރަޝީދުއަށެވެ.
މިމުބާރާތުގެ 2 މެޗް މިރޭވެސް ކުޅުމަށްވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ޒިގްޒެގް ރިވެންޖް އަދި ނޮކްއައުޓެވެ. މިރޭގެ 2 ވަނަ މެޗުގައި ބައްދަލުކުރާނީ ނިއުއޭޖް އާއި ލެސިކްސް އެވެ. ފޯރިގަދަ ކުޅުމެއް މިރޭވެސް ފެންނާނެ ކަމަށް އުންމީދުކުރެވެއެވެ.











ކުޅިވަރު