Share

ކޭ.ޑީ.ޒެޑް.ޑީ 4 އޮން 4 ކަޕް (ދުވަސް 3)

ކޭ.ޑީ.ޒެޑް.ޑީ 4 އޮން 4 ކަޕް (ދުވަސް 3)

މިމުބާރާތުގައި ރޭވެސް ވަނީ ވަރަށް ފޯރިގަދަ 2 މެޗުކުޅެފައެވެ. މިގޮތުން ރޭގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ޒިގްޒެގް ރިވެންޖް އަދި ނޮކްއައުޓެވެ. މިމެޗު ނިމިފައިވަނީ 2 ލަނޑު 2 ލަނޑުން އެއްވަރުވެގެންނެވެ. މިމެޗުގައި ޒިގްޒެގް ރިވެންޖަށް ލަނޑުޖަހައިދީފައިވަނީ އެޓީމް ގެ ޖާޒީ ނަންބަރ 2 އިބްރާހިމް މުހައްމަދު އާއި ޖާޒީ ނަންބަރ 11 އަލީ އާދަމްއެވެ. ޓީމް ނޮކް އައުޓްގެ 2 ލަނޑުވެސް ޖަހައިދީފައިވަނީ އެޓީމްގެ ޖާޒީ ނަންބަރ 11 އަހުމަދު ނަދީމްއެވެ. މި މެޗުގެ މޭން އޮފްދަ މެޗަކަށް ހޮވިފައިވަނީ ނޮކްއައުޓް ޓީމަށް 2 ލަނޑުކާމިޔާބުކޮށްދިން އެޓީމްގެ ޖާޒީނަންބަރ 11 އަހުމަދު ނަދީމްއެވެ.

ރޭކުޅެވުނު 2 ވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ ނިއުއޭޖް އަދި ލެސިކްސްއެވެ. މިމެޗު ނިމިފައި ވަނީ 2 ލަނޑު 0 ލަނޑުން ލެސިކްސް މޮޅުވެގެންނެވެ. މިމެޗުގައި ޓީމް ލެސިކްސްއަށް ލަނޑުޖަހައިދިނީ އެޓީމްގެ ޖާޒީ ނަންބަރ 12 އާދަމް މުހައްމަދު އާއި ޖާޒީ ނަންބަރ 9 އަބްދުﷲ މުހައްމަދުއެވެ. އަދި މިމެޗުގެ މޭން އޮފް ދަމެޗަކަށް ހޮވިފައިވަނީ ލެސިކްސްގެ ޖާޒީ ނަންބަރ 7 އިބްރާހިމް އައްބާސްއެވެ.

މިމުބާރާތުގެ 4 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވަނީ ގްރޫޕް އޭގެ 2 މެޗެވެ. އެގޮތުން ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މިނީ ޒިގް ޒެގް އާއި ނިއުއޭޖް އިންވިސިބަލްއެވެ. 2 ވަނަ މެޗުގައި ބައްދަލުކުރާނީ އަލް ފަޓަސް އެފް.ސީ އާއި ޒިގްޒެގް އަންލިމިޓެޑްއެވެ. މިދެމެޗުވެސް ކުޅެވޭނީ މިރެއެވެ.

,

‮ ‬5‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ކަލެނޭ‮ ‬ވިދާޅުވީ


    ތާރީޚް:10/09/2009

    މީގަ ފެށިތަން ކޮބައިބާ ދޯ؟

  2. ދިވެހި‮ ‬ވިދާޅުވީ


    ތާރީޚް:10/09/2009

    ހީކުރިވަރަށްވުރެ މުބާރާތުގެ އިންތިޒާމް ރަގަޅުވެފައި ފޯރިގަދަ

  3. އިންޓެލް‮ ‬ވިދާޅުވީ


    ތާރީޚް:10/09/2009

    އަމިއްލަޔަށް ލައިޓްލައިގެން ތިހާ ހާލުގައިވެސް ތިކަންކުރާތީ ހަމަ ސާބަސް

  4. ކައިލް‮ ‬ވިދާޅުވީ


    ތާރީޚް:10/09/2009

    އަސްލު މަށެއްވެސް ހިއެއް ނުކުރަން 4 އޮން 4 ވީމަ އެހާ ފޯރިގަދަ ވާނެކަމަކަށް. ވ. ފައްކާހަމަ މުބާރާތް ކުރިއަށްދާގޮތް.
    ތިޔަ ޖަމިއްޔާގެ އަޑު ނޫނީ މިހާރުދޯ މިރަށުން ނުވެސް އިވެންޏާ…!!
    ތިޔަގޮތައް ކުރިއަށް ދާކަމުގައި ވަންޏާ ތިޔަ ޖަމިއްޔާގެ ކުރިމަގު ވަރަށް އުޖާލާއޭ ބުނެވޭނީ.
    މަ ހިތައްއަރާ މަވެސްދޯ އެއްމެ މެޗަކަށް ނަމަވެސް ސަރަފްވެރި މެހެމާނަކަށް ގެންދާނެނަމައޭ…

  5. އަހުމަދު‮ ‬ވިދާޅުވީ


    ތާރީޚް:10/09/2009

    ފެށިތަންވެސް އެބޮތް ހަމަ ގެނެސްދީފަ