Share

ކޭ.ޑީ.ޒެޑް.ޑީ 4 އޮން 4 ކަޕް (ދުވަސް 4)

ކޭ.ޑީ.ޒެޑް.ޑީ 4 އޮން 4 ކަޕް (ދުވަސް 4)

ކޭ.ޑީ.ޒެޑް.ޑީ 4 އޮން 4 ކަޕް ގެ ހަތަރުވަނަ ދުވަސް ނިމުނުއިރު މިވަނީ މުޅިޔަކު 8 މެޗް ކުޅެވިފައެވެ. އެގޮތުން މިމުބާރާތުގައި ރޭގައި ކުޅެވުނީ 7 ވަނަ މެޗާއި 8 ވަނަ މެޗެވެ. 7 ވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ މިނީޒިގްޒެގް އަދި ނިއުއޭޖް އިންވިސިބަލްއެވެ. މިމެޗުނިމުނީ 3 ލަނޑު 0 ލަނޑުން މިނީޒިގްޒެގް މޮޅުވެގެންނެވެ.

މިމެޗުގައި މިނީ ޒިގްޒެގްއަށް 2 ޕެނަލްޓީ ލިބިވަނީ ކާމިޔާބު ނުކުރެވިފައެވެ. ނަމަވެސް މިނީޒިގްޒެގް ވަނީ ވަރަށް މޮޅު ކުޅުމެއްދައްކާފައެވެ. އަދި މިމެޗުގައި ނިއުއޭޖް އިންވިސިބަލްއަށްވެސްވަނީ ހުސްފުރުސަތުތަށްލިބި ބޭކާރުވެފައެވެ. މިމެޗުގައި މިނީ ޒިގްޒެގްއަށް ލަނޑުތައްޖަހައިދީފައިވަނީ އެޓީމް ގެ ޖާޒީ ނަންބަރ 7 ހަސަން މުހައްމަދު، ޖާޒީ ނަންބަރ 9 އަބޫބަކުރު މުހައްމަދު އަދި ޖާޒީ ނަންބަރ 20 އަލީ އާދަމް އެވެ. މިމެޗުގެ މޭން އޮފް ދަމެޗަކަށް ހޮވިފައިވަނީ މިނީ ޒިގްޒެގްގެ ޖާޒީ ނަންބަރ 7 ހަސަން މުހައްމަދުއެވެ. މިނީޒިގްޒެގް ވަނީ ކުޅުނު 2 މެޗުން މޮޅުވެ 6 ޕޮއިންޓް ހޯދާ މިވަގުތަށް ގްރޫޕް އޭގެ 1 ވަނަޔަށް އަރާފައެވެ.

މިމުބާރާތުގެ 8 ވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ އަލް ފަޓަސް އެފް.ސީ އާއި ޒިގްޒެގް އަންލިމިޓެޑްއެވެ. މިމެޗު ނިމިފައިވަނީ 2 ލަނޑު 2 ލަނޑުން އެއްވަރުވެގެންނެވެ. މިމެޗުގައި އަލް ފަޓަސް އެފް.ސީ ގެ 2 ލަނޑު ޖަހައިދިނީ ޖާޒީ ނަންބަރ 7 ހަސަން އަލީ އާއި ޖާޒީ ނަންބަރ 8 ހުސައިން އަހުމަދުއެވެ. ޒިގްޒެގް އަންލިމިޓެޑްއަށް 2 ލަނޑުވެސް ޖަހައިދީފައިވަނީ މެޗުގެ މޭން އޮފް ދަމެޗްކަން ހޯދާފައިވާ އެޓީމްގެ ޖާޒީ ނަންބަރ 18 އިބްރާހިމް އާސިފްއެވެ.

މިރޭވަސް މިމުބާރާތުގެ 2 މެޗް ކުޅެވޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ އަންމު އާއި ޒިގްޒެގް ކީޕަރސްއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ކްލަބް ނަފާއާއި ޒިގްޒެގްއެވެ. މިދެމެޗަކީވެސް ގްރޫޕް ބީގެ ދެމެޗެވެ.

,

‮ ‬6‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:11/09/2009

    މިނޫންކަމެއް މިރަށުގަ ނުހިގަނީތަ. މިސައިޓަކީ މިރަށަށް ހުތުރު އަރުވާ ސައިޓެއް މހާރު. ހަދައޭ ފެންވަރުދަށީ.މިއަށްވުރެ ރަނގަޅަށް މިސައިޓު ހިންގި މިއަހަރު ކުރީކޮޅުވެސް މިހާރު މިހާ ކަޑަވެގެން މިއުޅެނީ ކިއެއްވެބާ.އެކިމީހުނަށް ކަމުދާނެކަހަލަ ލިއުންތަކާއި ވާހަކަ ތަށް ނިކަން ހިމަނާލައިގެން މިސައިޓު ފައްކާ ކޮށްލަން އުޅިބަލަ.މިހާރުނުކިއާނެ މީ ސައިޓެކޭ.

  2. ޖައިލަމް‮ ‬ވިދާޅުވީ


    ތާރީޚް:11/09/2009

    މަށަކީވެސް ކޮމެންޓުނުލިޔުނަކަސް ބަރާބަރަށް މިސައިޓު ކިޔާމީހެއް މިހާރު އެއްގޮތަކަށްވެސްކަމަކުނުދޭ ސައިޓް ހިންގާކުދިންގެސަމާލުކަމަށް މިކަންގެނެސް އަވަހަށްރަނގަޅުކޮށްލާ

  3. މޫސާ‮ ‬ވިދާޅުވީ


    ތާރީޚް:11/09/2009

    މި ދެން ވެބްސައިޓެއްތަ؟ ބޮޑު ރަށެއްގެ ނަމުގައި ހިންގަން މީދެން ކޯޗެއް؟ ހާދަ، ވަނދު ސައިޓެކޭ މިއީ. މީގެ ކޮންޓެންޓް މިހާރު ވަރަށް ފީކަޅާ ވެއްޖެ.

  4. ދިވެހި‮ ‬ވިދާޅުވީ


    ތާރީޚް:11/09/2009

    މިމުބާރާތް ހިންގާތީ ޖޭވަނީ ދޯ

  5. އަހަރެން‮ ‬ވިދާޅުވީ


    ތާރީޚް:11/09/2009

    މިސައިޓެއްނޫން ކަޑައީކީ…..! މިރަށުގަ ހިނގާ ކަމެއްގެ ވާހަކަ ތާ ޖެހޭނީ…. ރަނގަޅު ކަމެއް ޖައްސަންވީނު

  6. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:11/09/2009

    {ކޭ.ޑީ.ޒެޑް.ޑީ 4 އޮން 4 ކަޕް ގެ ހަތަރުވަނަ ދުވަސް ނިމުނުއިރު މިވަނީ މުޅިޔަކު 8 މެޗް ކުޅެވިފައެވެ} މިއީ މިޚަބަރުގެ ފުރަތަމަ ޖުމުލައެވެ. މިޖުމުލައިގައި އެވާ މުޅިޔަކު ގެ މާނައަކީ ކޮބައިބާ!. އެއީ ކޮންކަހަލަ މުޅިއެއްގައި 8 މެޗު ކުޅުންވާހަކައެއްތަ؟ ކުކުޅުމުޅި ތަ؟ ނޫނީ .މުޅިއެކު .މުޅިއަކު .މުޅިޔަކު. މިތަނުން ކޯޗެއްގެ ވާހަކައެއް.