މިމުބާރާތުގެ 2 މެޗް ރޭގައިވެސްވަނީ ކުޅެވިފައެވެ. އެގޮތުން ރޭކުޅެވުނު ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ އަންމު އާއި ޒިގްޒެގް ކީޕާރސްއެވެ. ޒިގްޒެގް ކީޕަރސްއަކީ އަދި މުބާރާތުގައި އަލަށް ފެނުނު ޓީމެކެވެ. ޓީމް އަންމު ކުޅުނު ފުރަތަމަ މެޗުގައިވަނީ ކްލަބް ނަފާއާއި ކުޅެގެން 1 ލަނޑު 0 ލަނޑުން މޮޅުވެފައެވެ. ކޮންމެއަކަސް ރޭ ކުޅެވުނު މެޗު ނިމިފައިވަނީ 1 ލަނޑު 1 ލަނޑުން އެއްވަރުވެގެންނެވެ. މިމެޗުގައި އަންމު އަށް ލަނޑުޖަހައިދީފައިވަނީ އެޓީމްގެ ޖާޒީ ނަންބަރ 11 އަސްވަދު ރަޝީދުއެވެ. ޒިގްޒެގް ކީޕަރސްއަށް ލަނޑުޖަހައިދިނީ މެޗުގެ މޭން އޮފް ދަމެޗްކަން ހޯޑި އެޓީމްގެ ޖާޒީ ނަންބަރ 18 އަބްދުލްމަޖީދެވެ.
ރޭގެ 2 ވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ ޒިގްޒެގް އާއި ކްލަބް ނަފާއެވެ. މިމެޗު 1 ލަނޑު 0 ލަނޑުން ކާމިޔާބުކޮށްފައިވަނީ ކްލަބް ނަފާއެވެ. މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ޖަހައިދީފައިވަނީ މެޗުގެ މޭން އޮފް ދަމެޗްކަން ހޯދި ކްލަބް ނަފާގެ ޖާޒީ ނަންބަރ 20 މުހައްމަދު ހަސަނެވެ.
މިމުބާރާތުގެ 2 މެޗު މިރޭވެސް ކުޅެވޭނެއެވެ. ކުޅެވޭނީ ގްރޫޕް ސީގެ 2 މެޗެވެ. މިރޭކުޅެވޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ނޮކްއައުޓް އާއި ލެސިކްސްއެވެ. މިމެޗުފެށޭނީ ރޭގަނޑު 10:15 ގައެވެ. 2 ވަނަ މެޗުގައި ބައްދަލުކުރާނީ ޒިގްޒެގް ރިވެންޖް އާއި ނިއު އޭޖްއެވެ. މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ ގަޑިން ރޭގަނޑު 11:00 ޖަހާއިރުއެވެ.











ޕިސްޕިސް ވިދާޅުވީ
ތާރީޚް:12/09/2009
މިފަހަރު އަނެއްކަ ކުޅުނީ މުޅި އެއްގަތަ. ކުރީ 8 މެޗު ކުޅުނީ މުޅިޔަކު އޭ ބުނޭ. އޭ! ތިއެއްނޫނޭ ޤުރުއާން މުބާރާތެއްވެސް މިރޯދަމަހު ފެށިގެންގޮސް މިއަދު ނިމިއްޖެ.މިރަށުގައި ހިނގާ މިކަހަލަ ކަންތަކުގެ ޚަބަރު މިސައިޓުން ގެނެސް ނުދެވޭނަމަ.”ކުޅުދުއްފުށީ ޑޮޓް ކޮމް “.އަކަށް ވާނީ ކިހިނެއް.ކޮބައިތަ ޖާނަލިސްޓުން އަދި މިސައިޓުގެ ވެބް ހޯސްޓަރ،އަދި ސައިޓު އެޑިޓަރ .އަދި ކުރިއޭޓަރ.މިހުރިހާމީހުންގެ ސަމާލުކަމަށް މިކަން ގެންނަން.
ދޮން އިބްރާހީމް ހަސަނު ވިދާޅުވީ
ތާރީޚް:12/09/2009
ޢަފީފުއްދީނާއި، އޭއީސީގެ ޤުރްއާން މުބާރާތް ވެސް ނިމިއްޖެ. އެ ހަބަރުތައް ނުޖެހީ އެ މުބާރާތްތަކުގެ މީޑިއާ ޕާޓްނަރަކީ، މި ސައިޓް ނޫންވީމަ ކަމަށްވާނީ.
ތުއްތު ވިދާޅުވީ
ތާރީޚް:12/09/2009
މުބާރާތުގެ ހަބަރު ސާފުކޮށްގެނެސްދޭތީ ވަރަށް ބޮޑަށް ތޭންކްސް
އަހަރެން ވިދާޅުވީ
ތާރީޚް:12/09/2009
ބަޔަކުމީހުން ހަމަ ތިބެފަ ހުކުރު ދުވަހު ހެދުނުހެދުނާ ސިއްރު ސިއްރުން ގުރުއާން މުބާރާތެއް ނިންމިޔަކަސް ކިހިނެއް އެނގޭނީ. ޒުވާނުންގެ ދިރުމުންވެސް މިހަބަރުތައް ޖަހަން ހާދަމަސައްކަތެއް ކުރާތަން އަހަރެމެންނަށް ފެނެޔޭ އެހެން ކުޅި ބަލަން ތިއްބެތް ކަމަކު.
ޕިސްޕިސްއަށް ވެސް ތިކަން އެގިފަ އޮންނާނީ ތިގޭ ކުއްޖަކު އެމުބާރާތުގަ އުޅުނީމަ…. ޔަގީން ކަށަވަރު މަށަށް.
މުބާރާތާބެހޭ މައުލޫމާތުތައް މީޑިއާއަށް ދިނުމަކީ އެމުބާރާތް އިންތިޒާމްކުރާ ފަރާތުގެ މަސްއޫލިއްޔަތެއް ކަމުގައި އަހަރެން ދެކެން
އަހަރެން ވިދާޅުވީ
ތާރީޚް:12/09/2009
އަމީރުއަމީން ކުއްޖަކު ނޫޅޭދޯ ދޮންއިބުރާހިމް ގޭގަ……
ޕިސްޕިސް ވިދާޅުވީ
ތާރީޚް:12/09/2009
ބަލަ މައުލޫމާތު ހޯދާ ލިބިގަތުމުގެ ޒަމާނުގައި “އަހަރެން”ތިޔަބުނީ ހާދަ ނާތަހުޒީބު ވާހަކައެކޭ.މުބާރާތް ހިންގާފަރާތަށް މައުލޫމާތު ދެވޭނީ މައުލޫމާތު ހޯދަން އުޅިގެންދޯ. މުބާރާތް ބާއްވާކަން މިރަށުގައި އުޅޭމީހަކަށް ވިއްޔާ އެނގޭނެ. އިސްކޫލު ނޯޓިސްބޯޑުގަޔާއި އޮފީސް ތަކުގެ ނޯތިސް ބޯޑުތަކުން އެ އިއުލާނު ފެންނާނެ. މިހާރު މިސައިޓުގައި މިވާގޮތަކީ އޭ! ކަލެއާ > މިހަބަރު ޖަހާލަދީބަލަ.މިލިއުންޖަހާލަދީބަލަ. މިނޫންގޮތަކަށް މިކަމެއްނުވޭ. މސައިޓުގެ ޖާނަލިސްޓުން ވަރަށްފީކަޅާ.ޒިންމާއެއްނުނަގާ.މީ މިބުނާވާހަކަ. މިކަން ތއް ރަނގަޅު ކުރަން ވެއްޖެ.ޒިންމާދާރު ނޫސްވެރިކަމެއް ބޭނުން.
ބައޯ ހުސޭނު ވިދާޅުވީ
ތާރީޚް:12/09/2009
މިސައިޓަށް ކަލޭމެން ހާދަހުތުރު އެއްޗެހި ތިޔާ ކިޔަނީ ކަލޯމެން ސައިޓޭއް ހަދަން ވީނުން ތިބުނާ ހަބަރުތަށް ޖަހަން ، މީގަހަމަ ރަނގަޅު ހަބަރު ހުރޭ ދުނިޔޭގަ ވާހާކަމެއް މީގަ ޖެހޭތަ ، ކަލޯމެން އުފާކޮށްބަލަ ސައިޓެއް މިރަށުގެ ނަންމަތީ ބަޔަކު ހެދީތީ ، އަރާ ހޮޅުއަށްޓަށް ތިއްބަކަސް ނުވާނެޔޭ ، އާ ކޮސް ނުގޮވަ މަޑުންތިބޭ މިސައިޓު ހަދާކުދިން ނަށް ސާބަސް މިރޭ ތަރާވިސް ބޯން އަންނާތި
ޕިސްޕިސް ވިދާޅުވީ
ތާރީޚް:12/09/2009
ބައޯހުސޭނުމެނަށް ތިއޮށް ވާ ގޮތެއްދޯ މީހަކު އެއްޗެކޭ ބުނާއިރަށް. މިރަށުގެ ނަންމަތީގަ މިކަހަލަ ހަޑިއެއްހާވާތީ މިއަނގަ މިތެޅެނީ.އެއްޗެހި ކިއަނީއެއްނޫން.މިސައިޓު ރަނގަޅު ސައިޓަކަށް ހަދަން އަހަރެމެންބޭނުން.އެކުދިން ގެ ސަމާލުކަމަށް ކަންކން ގެނައުންބޭނުމަކީ. އަހަރެމެނަށް ވެސް އަދި މިރަށުގެ ވަރަށް ގިނަ ކުދިންނަށް ވެސް ނަމެއްގައި ސައިޓެއްހެދިދާނެ. އެކަމަކު ކަމަކަށް ކަމެއްކުރުމުން ނިކުންނަ ނަތޖާ މިއޮތީފެންނަން.އެހެންވެ މިސައިޓު ރަނގަޅު ކުރެވޭތޯ މިބަލަނީ. ދެންސައިޓު ހަދާކުދިން ނަށް ވެސްލިބޭ ހިތްވަރަކަށް ވާނެތީ.
ހޯރަ ސޮރު ވިދާޅުވީ
ތާރީޚް:13/09/2009
ސައިޓް ބަރާބަރު. ޕިސްޕިސް ފެއްސޭ!!!
މަންގަނޑުމަތި ވިދާޅުވީ
ތާރީޚް:13/09/2009
މިވަރު ކަމެއް ހިންގާނެ ބަޔެއް ވިކަމަށް އަހަރެން ޝުކުރު އަދާކުރަން. އެކަމަކު އެ ވެސް ހިންގޭނީ އެހެން ބަޔަކުވެސް އެހީތެރިވެގެންދޯ. އަހަންނަށް އެނގިފަ އޮތްގޮތުން ސައިޓަށް އެހީތެރިވެދޭނެ ޖާނަލިސްޓުން ހޯދަން އެތައް ފަހަރަކު މިހާރު ސައިޓުގަ އިއުލާނު ކޮށްފި. ނަމަވެސް ހިލޭސާބަހަށް އެކަހަލަ ކަންތައް ކޮށްދޭނެ އެއްވެސް ފަރާތެއް ނުލިބުނުކަމަށް ސައިޓް ހިންގާ މީހުން ބުނީ. ކޮންމެ މީހަކުވެސް ގުޅާފަ ކިހާވަރެއް ދޭނަންތޯ، ނޫނީ ވަޒީފާއެއް އޮތްތޯ އެހާ ކަމަށް ވަނީ. ބަޔަކު ހިލޭސާބަހަށް ކުރާ ކަމަކަށް ހިލޭސާބަހަށް އެހީތެރިވެދޭނެ ބަޔެއް ނުލިބުން އެއީ ދެރަކަމެއް.
ދެން ފުރަތަމަ ކޮޅު ގުރޫޕެއް ނަގައިގެން އުޅުން އެކަމަށް. އެކަމަކު އެކުދިން ވައި ވެއްޖެ ތިންމަސް ތެރޭ. ދެން ފަހުން އެއްވެސް ބަޔަކު އެހީތެރިވާން ނުލިބުން ކަމަށް ވަނީ.
ޒިގްޒެގް ވިދާޅުވީ
ތާރީޚް:13/09/2009
މިރަށުން ލިބޭ ސަޕޯޓެއްނު ތިޔޮއްފެންނަނީ. ރަމަޟާން ކުއިޒް ސްޕޮންސަރ އަށް ހުޅުވާލީމަ އެއްވެސް ބަޔަކު ގަޔާވާ ކަމަކަށް ނުވި. ސަވާބެއް ލިބިދާނެތިން ތީޗެ. އެކަމަކު ފުޓުބޯޅަ މުބާރާތް 5 ތަނުން ކޮށްލާފަ އެބައޮތް.
އަހަރެން ވިދާޅުވީ
ތާރީޚް:13/09/2009
އަނގައިން ނުބުނަން ކަމަށް މިއިންނަނީ…. އެކަމު ކިހިނެއް އިންނާނީ “ޒިގްޒެގް” މެންގެ ވާހަކަ ހުރި ގޮތުން ….
މިޖަމްއިއްޔާއިން ސްޕޮންސަރ ހޯދަން ކުރިމަސައްކަތް އެގޭނަމަ ތިކަހަލަ އަނގަ ނުތަޅާނެކަން ޔަގީން…
ޕިސްޕިސް ވިދާޅުވީ
ތާރީޚް:13/09/2009
މަށަށް އެނގޭ މީހަކު ހެޔޮހިތުން އެއްޗެއް ބުނެފިއްޔާ ކަލެމެނަށް ކަމަކު ނުދާނެކަން. ކަލެމެން ކައިރީ ބުނަންވީ ގުއިބުރިއެއް ދެއްކައިފައި ވެސް އެއީ ރަންބުރިއެކޭ. އެހެނެއްދެން ނުވާނޭނުން. ޖާނަލިސްޓުންވެސް ލިބޭނީ ހޯދަން އެނގިގެންނޭނުން.މިސައިޓަށް ފަނޑު ހޯދާނެ އިތުރު ގޮތްތަށް ތައާރަފުކޮށްގެން ނޫނީ މިކަމެއްނުވާނެ. ޓެކުނިކަލީ ވަރަށް ބައިވަރު މަސައްކަތް ކުރަންއެބަޖެހޭ. މިކަހަލަ ކަންތައް ރަނގަޅު ކުރާށޭ ބުނީމަ އެބުނާމީހަކު މިގޯސްވަނީ. މަހަމަ ގައިމުވެސް މިހިރީ އެހީތެރިވެދޭން.މަނޫނަސް ތިބޭނެކަން ޔަގީން.
ޕުސްޕުސް ވިދާޅުވީ
ތާރީޚް:13/09/2009
ޕިސްޕިސް ވެސް އެހީތެރިވެދޭނަމޭ ބުނެފަ ހުއްޓަކަސް ކަމަކު ނުދާނެ. މީގަ ތިރީގަ އެބައިން މޯބައިލް ނަންބަރެއްވެސް. އެއަށް ގުޅާފަ އެހީ ވާނެ ގޮތެއް ބުނެދީބަލަ އެސޮރުމެންނަށް. މަށަށް އެނގިފަ އޮންނަ ގޮތުގަ މި ސައިޓު ހިންގަން އުޅޭ ދެ ސޮރުވެސް އުޅެނީ މާލޭގަ. ދެން މިސައިޓަކީ އަހަރެމެން އެންމެންގެ ސައިޓެއް. ހަމަ ލިޔުން ލިޔެފަ ފޮނުވަންވީ. ޖަހާދޭނެ. މީ އޮންލައިން ނޫހެއް ނޫން. އަދި ވެބްސައިޓެއް ފެންނައިރަށް ހީނުކުރާތި އެއީ އޮންލައިން ނިއުސް އެއް ކަމަށް. އެކަމަކު މަވެސް ތާއީދު ކުރަން މިސައިޓު މިރަށުގެ އޮންލައިން ނިޔުސް އަކަށް ބަދަލު ވުމަށް.
ޕިސްޕިސް ވިދާޅުވީ
ތާރީޚް:14/09/2009
އޮންލައިން ތިޔަ މާނަކުރާ ގޮތެއްމަށަކަށް ނޭނގެ. މަށަށް ހީވާގޮތުން މީގަ ހުންނަ ޚަބަރުތައް މިކިއެނީ އޮންލައިން ކޮށް.މަށަކީ މިސައިޓު ފުރަތަމަ މިސައިޓު ހެދުމުގައިވެސް އެހީތެރިވެދިން މީހެއް.ވީމާ މަށައް އެނގި ފައި އޮތީ ފުރަތަމަ މިސައިޓު ހެދިމަގުސަދު. އެހެންނަމަވެސް މިހާރު މުޅިން އެހެން ގޮތަކަށް މަގުސަދުބަދަލުވީބާ. އޮންލައިން ނޫހެކޭ.ވެބްސައިޓޭ ތިކިއަނީ. ދެންތިޔަބުނާ ނަންބަރަކަށް ވެސް ގުޅައިފިން ހައެއްކަފަހަރު. މިދައްކާ ވާހަކަ ހަމަ އެއްގޮތަކަށް ވެސް ނޭގެނީތަ. މިބުނަނީ އަބަދު މީހުން ފޮނުވާ ލިއުން ތައްޖަހާލަ ޖަހާލަ ތިބުމުގެ ގޮތްބަދަލު ކުރަންފެނެޔޭ.