Share

ޓީމް ލެސިކްސް އާއި ނިއުއޭޖް މޮޅުވެއްޖެ

ޓީމް ލެސިކްސް އާއި ނިއުއޭޖް މޮޅުވެއްޖެ

ކޭ.ޑީ.ޒެޑް.ޑީ 4 އޮން 4 ކަޕްގެ 6 ވަނަ ދުވަސް ނިމިގެން ހިނގައްޖެއެވެ. އެގޮތުން ރޭވެސް ވަނީ މިމުބާރާތުގެ ވަރަށް ފޯރިގަދަ 2 މެޗު ކުޅުނެވެ. އެގޮތުން ކުޅެވުނު ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ނޮކްއައުޓް އާއި ލެސިކްސްއެވެ. މިމެޗުނިމިފައިވަނީ 2 ލަނޑު 1 ލަނޑުން ލެސިކްސް މެޗް ކާމިޔާބުކޮށްގެންނެވެ. މިމެޗުގައި ލެސިކްސް އަށް ފުރަތަމަ ލަނޑުޖަހައިދިނީ އެޓީމްގެ ޖާޒީ ނަންބަރ 12 އާދަމް މުހައްމަދުއެވެ. އެޓީމްގެ 2 ވަނަ ލަނޑުވަނީ ނޮކްއައުޓްގެ ޖާޒީ ނަންބަރ 14 ، ބޯޅަ ސާފުކޮށްލަން އުޅުމުގެ ތެރޭގައި ބައިކޮޅަށެވެ. ނޮކްއައުޓް ޓީމަށް ޖެހުނު ހަމައެކަނި ލަނޑު ޖަހައިދިނީ އެޓީމްގެ ޖާޒީ ނަންބަރ 11 އަހުމަދު ނަދީމްއެވެ. މިމެޗުގެ މޭން އޮފްދަ މެޗަކަށް ހޮވިފައިވަނީ ލެސިކްސް ގެ ޖާޒީ ނަންބަރ 12 އާދަމް މުހައްމަދެވެ.

ރޭކުޅެވުނު 2 ވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ ޒިގްޒެގް ރިވެންޖް އާއި ނިއުއޭޖްއެވެ. މިމެޗު ނިމިފައިވަނީ 1 ލަނޑު 0 ލަނޑުން ނިއު އޭޖް މޮޅުވެގެންނެވެ. މިމެޗުގައި ނިއު އޭޖް އަށް ޖަހައިދިން ހަމައެކަނި ލަނޑުޖަހައިދިނީ އެޓީމްގެ ޖާޒީ ނަންބަރ 23 އަކްރަމް މުހައްމަދުއެވެ. މިމެޗުގެ މޭން އޮފް ދަމެޗަކަށް ހޮވިފައިވަނީ ނިއުއޭޖްގެ ޖާޒީ ނަންބަރ 21 ޒައިދް މުހައްމަދެވެ.

މިރޭވެސް މިމުބާރާތުގެ 2 މެޗް ކުޅެވޭނެއެވެ. އެގޮތުން ކުޅެވޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މިނީ ޒިގްޒެގް އަދި ޒިގްޒެގް އަންލިމިޓެޑްއެވެ. 2 ވަނަ މެޗުގައި ބައްދަލު ކުރާނީ ނިއުއޭޖް އިންވިސިބަލް އަދި ކުއަޑްސްއެވެ.

,

‮ ‬1‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ބިންމާ‮ ‬ވިދާޅުވީ


    ތާރީޚް:14/09/2009

    މިފޮތޯތަކުގައިމިވާ ޓީމުތަކުގެ ނަންޖަހާލައިގެން ފޮޓޯޖަހާލާނެ ނަމަ މިއަށްވުރެ ފުރިހަމަވީސް. މިކަމަށް ވިސްނާލާތި