އަމިއްލަ އަށް މަރުވުމަކީ ނުވަތަ މަރުވަން މަސައްކަތް ކުރުމަކީ ވަރަށް ނުބައި އަދި އެހާމެ ބޮޑު ފާފަ އެކެވެ. ރާއްޖޭގައި މިދިޔަ އަހަރު އެކަނިވެސް ސަތޭކަ އަށްވުރެ ގިނަ މިފަދަ މައްސަލަތައް ވަނީ ރިކޯޑް ކުރެވިފައެވެ. އަމިއްލަ އަށް މަރުވާ މީހުން މަދުކުރުމަށްޓަކައި ދުނިޔޭގައި ވަކި ދުވަހެއް ފާހަގަ ކުރެއެވެ. އެދުވަސް ރާއްޖޭގައި ފުރަތަމަ ފަހަރަށް މިއަހަރު ވަނީ ފާހަގަ ކޮށްފައެވެ. ސަތޭކައަށްވުރެ ގިނަ މައްސަލަ ހަމައެކަނި މިދިޔަ އަހަރުވެސް ގިނަ ވެފައިވަނީ މިދުވަސް ރާއްޖޭގައި ފާހަގަ ނުކުރާތީ ބާވާއެވެ؟ ޖަވާބަކީ ނޫނެކެވެ. އާދެ، މީގެ އެތަށް ސަތޭކަ އަހަރު ކުރިން ބާވާލެއްވި އިސްލާމް ދީނުގައި އަމިއްލަ އަށް މަރުވުން ވަނީ ހަރާމް ކުރައްވާފައެވެ. ހަމައެކަނި އަމިއްލަ އަށް މަރުވުމެއް ނޫނެވެ. އެ ގޮތަށް މަރުވުމަށް މަސައްކަތް ކުރުމާއި، އެއްވެސް މީހެއްގެ ނަފުސަށް ގެއްލުމެއް ލިބޭ ކޮންމެ ކަމެއް ދީނުގައި ވަނީ މަނާ ކުރައްވާފައެވެ.
ކޮންމެ ފުރާނަ އަކީވެސް ﷲ ހުރުމަތްތެރި ކުރައްވާފައިވާ އެއްޗެކެވެ. އަމިއްލަ އަށް މަރުވާ މީހުން އެ ގޮތަށް އަމަލު އެކުރަނީ އެއް ގޮތަކަށްވެސް ﷲ މަތިން ހަނދުމަ ނުކުރާތީއެވެ. އާޚިރަތް ދުވަހަށް އީމާން ނުވާތީއެވެ. ހެޔޮ މިންވަރާ ނުބައި މިންވަރަށް އީމާން ނުވާތީއެވެ. މާތް ﷲ އެ ސިފައެއް ދެކެ ލޯބިވެވޮޑިގަންނަވާ ސިފައެއް ކަމުގައިވާ ކެތްތެރިކަން ވެސް ނެތަތީއެވެ.
ދުނިޔޭގައި އުޅެމުންދާ ދުވަސްތަކުގައި އުފަލާ ހިތާމާ ތަޖުރިބާ ކުރަންޖެހޭނެއެވެ. ތަނަވަސް ކަމާއި އުފާވެރިކަން އިހްސާސް ކުރާ ފަދައިން ދަތިކަމާއި ހިތްދަތިކަންވެސް އިހްސާސް ކުރަންޖެހޭ ފަހަރުވެސް އަންނާނެވެ. ބުއްދިވެރިއަކީ، ކޮންމެ ކަމެއް ދިމާވިކަމުގައި ވިޔަސް، ﷲ އަށް ބިރުވެތިވެ އެކަމަކާއި ކުރިމަތި ލުމެވެ. ﷲ އަށް ބިރުވެތިވެ އެކަލާނގެ އަށް ޛިކުރު ކުރާ ހާލު އެކަމަކާއި ކުރިމަތި ލުމެވެ. ކެތްތެރި ކަމާއި އެކު ސަބަބު ތަކުގައި ހިފައިގެން އެއަށް ވުރެ ރަނގަޅު ގޮތެއް ފެނޭތޯ މަސައްކަތް ކުރުމެވެ. އުއްމީދު ކަނޑާލުމަކީ މުއުމިނުންގެ ސިފައެއް ނޫނެވެ.
ރަމަޟާން ދީނީ ސުވާލު މުބާރާތް (ސުވާލު 21، 22، 23، 24)
# ނިޔަތް ގަތުމަކީ އަޅުކަންތައް ޞައްޙަ ވުމުގެ ޝަރުތެއް ހެއްޔެވެ؟
#ޤުރުއާނުގައިވާ އެންމެ ކުރު ސޫރަތަކީ ކޮބާ؟
#ޤަޛްފު ކުރުމުގެ ހުކުމަކީ ކޮބާ؟
# ހައިޟު ވެފައި ހުއްޓާ ކައިވެނި ކުރުމުން ހުއްދަވާނެތަ؟


ދީނާއި ދުނިޔެ