ކޭ.ޑީ.ޒެޑް.ޑީ ފޯރ އޮން ފޯރ ކަޕްގައި ރޭކުޅެވުނު ދެމެޗާއިއެކު ގްރޫޕް ސީ ގެ ހުރިހާ މެޗެއްކުޅެނިމިއްޖެއެވެ. ރޭކުޅެވުނު ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ޒިގްޒެގް ރިވެންޖާއި ލެސިކްސްއެވެ. މިމެޗު ނިމިފައިވަނީ 1 ލަނޑު 0 ލަނޑުން ލެސިކްސް މޮޅުވެގެންނެވެ. މިމެޗުގައި ލެސިކްސްއަށް ޖަހައިދިން ހަމައެކަނި ލަނޑުޖަހައިދީފައިވަނީ މެޗުގެ 2 ވަނަ ހާފުގައި އެޓީމްގެ ޖާޒީ ނަންބަރ 12 އާދަމް މުހައްމަދުއެވެ. މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ލެސިކްސްގެ ޖާޒީ ނަންބަރ 9 އަބްދުﷲ މުހައްމަދެވެ.
މިމެޗުން ލެސިކްސް މޮޅުވުމުން ލެސިކްސް ވަނީ ކުޅުނު 3 މެޗުން މޮޅުވެ 9 ޕޮއިންޓާއިއެކު ގްރޫޕް ސީގެ 1 ވަނަ ޓީމެއްގެގޮތުގައި ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. މިޓީމް ކުއާޓާ ފައިނަލްގައި ބައްދަލުކުރާނީ ގްރޫޕް އޭއިން 2 ވަނައަށް ދާ ޓީމްއާއެވެ.
ރޭކުޅެވުނު 2 ވަނަ މެޗުގައި ބައްދަލުކުރީ ނޮކްއައުޓް އާއި ނިއުއޭޖެވެ. މިމެޗު 4 ލަނޑު 0 ލަނޑުގެ ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައިވަނީ ނިއުއޭޖެވެ. މިމެޗުގައި ނުއުއޭޖަށް ޖަހައިދިން 4 ލަނޑުވެސް ޖަހައިދީފައިވަނީ އެޓީމްގެ ޖާޒީ ނަންބަރ 21 ޒައިދް މުހައްމަދެވެ. މީނާވަނީ މިމެޗުގެ މޭން އޮފްދަ މެޗަކަށްވެސް ހޮވިފައެވެ. މިމެޗުން ނިއުއޭޖް މުޅޮވުމުން ނިއުއޭޖަށްވަނީ 6 ޕޮއިންޓްލިބި ގްރޫޕް ސީގެ 2 ވަނަ ޔަގީންކޮށްފައެވެ. އެގޮތުން އެޓީމްވަނީ ކުއާޓަރ ފައިނަލަށް ދަތުރު ކޮށްފައެވެ. ކުއާޓަރ ފައިނަލްގައި ބައްދަލުކުރާނީ ގްރޫޕް ބީގެ 1 ވަނަ ޓީމްއާއެވެ.
މިރޭ މިމުބާރާތުގެ ކުޅުމެއް ނޯންނާނެއެވެ. ދެން މިމުބާރާތުގެ ކުޅުމެއް އޮންނާނީ މާދަމާރެއެވެ. އެގޮތުން އެރޭ ކުޅެވޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އަލް ފަޓަސް އެފްސީ އާއި ކުއަޑްސްއެވެ. 2 ވަނަމެޗުގައި ބައްދަލުކުރާނީ ނިއުއޭޖް އިންވިސިބަލްއާއި ޒިގްޒެގް އަންލިމިޓެޑްއެވެ.









ދޮންސޮރު ވިދާޅުވީ
ތާރީޚް:17/09/2009
މުބާރާތުގެ ވަކި ހިސާބަކުން ޓީމްގެ ސްކޮޑަށް ބަދަލް ގެނެވޭކަންމީ ވަރަށް ދޯދިޔާކޮށް ވާކަމެއް ކުރިޔަށް އޮތްތާ މުބާރާތެއް ބާއްވާއިރު މިކަމަށް ވިސްނާލާނެކަމަށް އުންމީދުކުރަން.