Share

ކޭ.ޑީ.ޒެޑް.ޑީ 4 އޮން 4 ކަޕް (ދުވަސް 10)

ކޭ.ޑީ.ޒެޑް.ޑީ 4 އޮން 4 ކަޕް (ދުވަސް 10)

މިމުބާރާތުގެ ކުޅުން 1 ދުވަހަށް މެދު ކަނޑާލުމަށްފަހު ރޭ ވަނީ ގްރޫޕް އޭގެ 2 މެޗު ކުޅެފައެވެ. އެގޮތުން ކުޅެވުނު ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ އަލް ފަޓަސް އެފް.ސީ އާއި ކުއަޑްސްއެވެ. މިމެޗު ނިމިގެން ދިޔައީ އެއްވެސް ޓީމްއަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މިމުބާރާތުގެ މިހާހިސާބަށް އައި އިރު އެއްވެސް ކޮޅަކަށް ލަނޑެއްނުޖެހި ނިމުނު ފުރަތަމަ މެޗުގެ މޭން އޮފްދަ މެޗަކަށް ހޮވިފައިވަނީ ކުއަޑްސް ގެ ޖާޒީ ނަންބަރ 13 މުހައްމަދު ހަސަންއެވެ.

ރޭކުޅެވުނު ދެވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ ނިއުއޭޖް އިންވިސިބަލް އާއި ޒިގްޒެގް އަންލިމިޓެޑް އެވެ. މިމެޗު ނިމިފައިވަނީ 1 ލަނޑު 1 ލަނޑުން އެއްވަރުވެގެންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައިދިނީ ނިއުއޭޖް އިންވިސިބަލްގެ ޖާޒީ ނަންބަރ 11 މުހައްމަދު އަލީއެވެ. މީނާއަށްވަނީ މެޗުގައި ރީނދޫ ކާޑެއްވެސް ދައްކާފައެވެ. ޒިގްޒެގް އަންލިމިޓެޑަށް އެއްވަރު ކޮށްދިން ލަނޑު ޖަހައިދީފައިވަނީ އެޓީމްގެ ޖަޒީ ނަންބަރ 18 އިބްރާހިމް އާސިފްއެވެ.

މުބާރާތުގެ 2 މެޗު މިރޭވެސް ކުޅެވޭނެއެވެ. އެގޮތުން ކުޅެވޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކްލަބަ ނަފާއާއި ބާނި ޔުނައިޓެޑްއެވެ. 2 ވަނަ މެޗުގައި ބައްދަލުކުރާނީ ޒިގްޒެގް ކީޕަރސް އާއި ޒިގްޒެގްއެވެ.



,

‮ ‬2‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ޢަބުދުﷲ‮ ‬ވިދާޅުވީ


    ތާރީޚް:18/09/2009

    ރޯދަމަސް ފެށުނު ފަހުން މީގަ އޮންނަނީ ހުސްކުޅިވަރުގެ ވާހަކައެވެ.

  2. އަލީ‮ ‬ވިދާޅުވީ


    ތާރީޚް:18/09/2009

    ހޯހޯ އިބްރާހިމާ. މީގެން މަދެކެން ވަރަށް ގިނައިން ދީނީ ނސޭހަތްވެސް. ރަމަޟާން މަހާ ބަލާފަ ނަސޭހަތް ގެނެސްދިނީތީ ޝުކުރުވެރިވަން. ވަރަށް މުހިއްމު ވަރަށް ކިޔާހިތްވާ ގޮތަށް ކުރުކޮށް ލިޔެފަ ހުރި ނަސޭހަތް ތަކެއް އެއީވެސް. ދެން މަވެސް ވަރަށް ބުރަކޮށް މިރޯދަ މަހު އުޅޭތީ އެއްޗެއް ނުލިޔެވިގެން މިއުޅެނީ. އެހެންނޫނީ މަވެސް ވަރަށް ލިޔަމޭ މިސައިޓަށް. ދެން އެކަމަކު ތަންކޮޅެއް މަދު މިދުވަސް ކޮޅު ބައެއް ކަހަލަ ލިޔުންތައް، ހާއްސަކޮށް ސިޔާސީ ލިޔުންތައް،