ކޭ.ޑީ.ޒެޑް.ޑީ 4 އޮން 4 ކަޕްގައި ރޭކުޅެވުނު 2 މެޗުގެ ތެރެއިން ފުރަތަމަ ކުޅެވުނު މެޗުގައި ބައްދަލުކޮށްފައިވަނީ ކްލަބް ނަފާއާއި ބާނިޔުނައިޓެޑެވެ. މިމެޗު ނިމިފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ. މިމެޗުގައި 2 ޓީމަށްވެސް ލަނޑުޖަހާނެ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. މިމެޗުގެ މޭން އޮފްދަ މެޗަކަށް ހޮވިފައިވަނީ ބާނި ޔުނައިޓެޑްގެ ޖާޒީ ނަންބަރ 6 އަންވަރު މުހައްމަދެވެ.
ރޭކުޅެވުނު ދެވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ ޒިގްޒެގް ކީޕަރސް އާއި ޒިގްޒެގްއެވެ. މިމެޗު 8 ލަނޑު 1 ލަނޑުން ކާމިޔާބުކުރީ ޒިގްޒެގް ކީޕަރސްއެވެ. ޒިގްޒެގް ކީޕަރސްގެ ލަނޑުތައް ޖަހައިދިނީ އެޓީމްގެ ޖާޒީ ނަންބަރ 17 މުހައްމަދު އިބްރާހިމް (2 ގޯލް)، ޖާޒީ ނަންބަރ 18 އަބްދުލް މަޖީދް (4 ގޯލް) އަދި 2 ލަނޑުޖަހައިދިން ޖާޒީ ނަންބަރ 19 މުހައްމަދު އަލީއެވެ. ޒިގްޒެގަށް ޖަހައިދިން ހަމައެކަނި ލަނޑުޖަހައިދިނީ އެޓީމްގެ ޖާޒީ ނަންބަރ 6 އަހުމަދު އަބްދުއް ރަހީމްއެވެ. މިމެޗުގެ މޭން އޮފްދަ މެޗަކަށް ހޮވިފައިވަނީ ޒިގްޒެގް ކީޕަރސްގެ ޖާޒީ ނަންބަރ 18 އަބްދުލް މަޖީދެވެ.
މިމުބާރާތުގެ ގްރޫޕް އޭގެ ފަހު 2 މެޗު މިރޭކުޅެވޭނެއެވެ. އެގޮތުން ކުޅެވޭ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ނިއުއޭޖް އިންވިސިބަލްއާއި އަލް ފަޓަސް އެފްސީއެވެ. ދެވަނަ މެޗުގައި ބައްދަލު ކުރާނީ ކުއަޑްސް އާއި މިނީ ޒިގްޒެގްއެވެ.











ޕިސްޕިސް ވިދާޅުވީ
ތާރީޚް:20/09/2009
ހުރިހާ ބޭފުޅުންނަށް ފިތުރު ޢީދުގެ ތަހުނިޔާ އަރިސްކުރަން. ސައިޓުގެ ޚަބަރު ތައް އަޕްޑޭޓު ވާނީ ކޮންއިރަކުން.