Share

ކޭ.ޑީ.ޒެޑް.ޑީ 4 އޮން 4 ކަޕްގެ ގްރޫޕް އޭގެ މެޗުތައް ނިމިއްޖެ

ކޭ.ޑީ.ޒެޑް.ޑީ 4 އޮން 4 ކަޕްގެ ގްރޫޕް އޭގެ މެޗުތައް ނިމިއްޖެ

ރޭކުޅެވުނު 2 މެޗާއިއެކު ކޭ.ޑީ.ޒެޑް.ޑީ 4 އޮން 4 ކަޕްގެ ގްރޫޕް އޭގެ މެޗުތައް ނިމިއްޖެއެވެ. މިމިބާރާތުގައި ރޭ ކުޅެވުނު ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ނިއުއޭޖް އިންވިސިބަލް އާއި އަލް ފަޓަސް އެފްސީއެވެ. މިމެޗު ނިމިފައިވަނީ 1 ލަނޑު 1 ލަނޑުން އެއްވަރުވެގެންނެވެ. ނިއުއޭޖް އިންވިސިބަލްއަށް ޖަހައިދިން ހަމައެކަނި ލަނޑު ޖަހައިދީފައިވަނީ އެޓީމްގެ ޖާޒީ ނަންބަރ 14 އަހުމަދު އިބްރާހިމްއެވެ. އަލްފަޓަސް އެފްސީއަށް ޖަހައިދިން ހަމައެކަނި ލަނޑުޖަހައިދީފައިވަނީ އެޓީމްގެ ޖާޒީ ނަންބަރ 9 މުހައްމަދު ހަސަންއެވެ. މީނާވަނީ މެޗުގެ މޭންއޮފް ދަމެޗުކަންވެސް ހޯދާފައެވެ. މިމެޗުގައި އަލްފަޓަސް އެފްސީގެ ޖާޒީ ނަންބަރ 7 ހަސަން އަލީއަށްވަނީ ރީނދޫ ކާޑެއްދައްކާފައެވެ.

ރޭކުޅެވުނު 2 ވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ ކުއަޑްސް އާއި މިނީ ޒިގްޒެގްއެވެ. މިމެޗުނިމިފައިވަނީ 1 ލަނޑު 0 ލަނޑުން މިނީޒިގްޒެގް މޮޅުވެގެންނެވެ. މިނީޒިގްޒެގަށް މިލަނޑު ކާމިޔާބުކޮށްދީފައިވަނީ އެޓީމްގެ ޖާޒީނަންބަރ 9 އަބޫބަކުރު އާދަމްއެވެ. މިމެޗުގެ މޭންއޮފް ދަމެޗަކަށް ހޮވިފައިވަނީ ކުއަޑްސްގެ ޖާޒީ ނަންބަރ 7 މުހައްމަދު އަބޫބަކުރުއެވެ.

މިދެމެޗު ނިމުމުން މިގްރޫޕްއިން 1 ވަނަ، 2 ވަނަ އަދި 3 ވަނައަށް ދިޔަޓީމްތައްވަނީ އެނގިފައެވެ. އެގޮތުން ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 12 ޕޮއިންޓާއިއެކު މިގްރޫޕްގެ 1 ވަނަ ޓީމަކަށް ހޮވިފައިވަނީ މިނީޒިގްޒެގެވެ. 7 ޕޮއިންޓާއިއެކު 2 ވަނަ ޓީމަކަށް ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވަނީ ކުއަޑްސްއެވެ. މިޓީމް ކުއާޓާ ފައިނަލްގައި ބައްދަލުކުރާނީ ގްރޫޕް ސީގެ އެއްވަނައަށް ގޮސްފައިވާ ލެސިކްސްއާއެވެ. ގްރޫޕް އޭގެ 3 ވަނަ ޓީމެއް ގޮތުގައި ކުއާޓާއަށް ދަތުރުކޮށްފައިވަނީ 3 ޕޮއިންޓާއިއެކު އަލްފަޓަސް އެފްސީއެވެ. މިޓީމް އާއި މިނީޒިގްޒެގް، ކުއާޓާ ފައިނަލްގައި ބައްދަލުކުރާނެ ޓީމެއް އިނގޭނީ މިރޭ ކުޅެވޭ ގްރޫޕް ބީގެ ފަހުދެމެޗުކުޅެނިމުމުންނެވެ.

މިރޭކުޅެވޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޒިގްޒެގް ކީޕަރސްއާއި ކްލަބް ނަފާއެވެ. 2 ވަނަ މެޗުގައި ބައްދަލުކުރާނީ ބާނި ޔުނައިޓެޑްއާއި އަންމުއެވެ. މިދެމެޗުކުޅުމުން ކުއާޓާ ފައިނަލަށް ދަތުރުކުރާނެ ހުރިހާ ޓީމްތައް އެނގިގެންދާނެއެވެ. މިރޭ ކުޅެވޭ ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ގަޑިން 9:00 ގައެވެ.



,

ޝުޢޫރު‮ ‬‮ ‬ފާޅުކުރެއްވުން‮ ‬ބަންދުވެފަ