Qauntum

Share

ރަމަޟާން ދީނީ ސުވާލު މުބާރާތް

ރަމަޟާން ދީނީ ސުވާލު މުބާރާތް

ރޯދައިގެ މަތިވެރި އަޅުކަމަށްފަހު އަޅުގަނޑުމެންނާ ބައްދަލުކުރި އުފާވެރި ފިޠުރު ޢީދު ދުވަހުގެ ތަހްނިޔާ އާއި މުބާރިކްބާދީ ކުޅުދުއްފުށީގެ ލޮބުވެތި ރައްޔިތުންނަށާއި އެންމެހާ މުސްލިމުންނަށް އަރިސްކުރަމެވެ. ރޯދަ މަހު އަޅުގަނޑުމެން ހިފި ރޯދަތައް މާތް ﷲ ގެ ހަޟްރަތުގައި ގަބޫލުކުރަނިވި އަޅުކަމަކަށް ވުމަކީ ކޮންމެ މުސްލިމަކުވެސް އެދޭނެ އެދުމެކެވެ. ރޯދަ މަހު އަޅުގަނޑުމެން އަޅުކަމުގައި މުރާލިކަމާއި އެކު ވަގުތުތައް ހޭދަ ކުރި ފަދައިން ރަމަޟާން މަސް ނިމުމުންވެސް އެފަދައިން އަމަލުތައް ކުރުމުގެ ހެޔޮ ތައުފީޤް ދެއްވާށި.

ބަރަކާތްތެރި ރަމަޟާން މަހުގެ މުނާސަބަތުގައި މިސައިޓުގެ ފަރާތުން ހުޅުވާލި ދީނީ ސުވާލު މުބާރާތުގައި މިހާތަނަށް 24 ސުވާލެއް ވާނީ ގެނެސްދީފައެވެ. މިއަދު މިގެނެސްދެނީ މިހާތަނަށް ގެނެސްދިން ހުރިހާ ސުވާލުތަކަކާއި އެކު ބާކީ ސުވާލުތަކެވެ. އެއްވަނަ އަށް ދާ ފަރާތަކަށް 2000 ރުފިޔާ އަދި ދެވަނަ އަށްދާ ފަރާތަކަށް 1000 ރުފިޔާ އަދި ތިންވަނަ އަށްދާ ފަރާތަކަށް އަގުހުރި އިނާމެއް ލިބޭ މި ސުވާލު މުބާރާތުގައި މިހާތަނަށް ނުގެނެސްދެވިވާ 6 ސުވާލު ތިރީގައި އެވަނީއެވެ. ސުވާލު ތަކުގެ ޖަވާބު މިހިނގާ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން މި ސައިޓަށް ފޮނުއްވުން އެދެމެވެ. ޖަވާބު ފޮނުއްވާއިރު ނަމާއި އެޑްރެސް، އުމުރު އަދި ގުޅޭނެ ނަންބަރެއް ޖެއްސެވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.

އަދިވެސް އެއްފަހަރު ޢީދު ދުވަހުގެ ތަހުނިޔާ ތިޔަ އެންމެހާ ކިޔުންތެރިންނަށް އަރިސްކުރަމެވެ.

ރަމަޟާން ދީނީ ސުވާލު މުބާރާތް

1. އަލް މުއުމިނޫން ސޫރަތުގައި މުއުމިނުންގެ ސިފަތައް ބަޔާން ކުރަށްވާ މާތް ﷲ ވަޙީ ކުރައްވާފައިވާ ސިފަތަކުގެ ތެރެއިން 4 ސިފައެއް ބަޔާންކުރޭ؟
2. މުޠުލަޤު ވަރިއަކީ ކޮބާ؟
3. ޢަރަފާތުގައި މަޑުކުރުމަކާއި ނުލައި ޙައްޖު ޞައްޙަ ވާނެތަ؟
4. ކީރިތި ޤުރުއާނުގައި މުޅި ޖުމްލަ ވަނީ ކިތައް ސޫރަތް؟
5. ކުށު ސަޖިދަކުރާއިރު ކުރަންޖެހޭނީ ކިތައް ސަޖިދަ؟
6. ޠަވާފް ކުރާއިރު ހިޖުރު އިސްމާއީލްގެ ތެރެއިން ޠަވާފް ކޮށްފިނަމަ އެ ޠަވާފް ޞައްޙަވާނެތަ؟
7. އެންމެ ފުރަތަމަ ބަންގި ގޮވީ ކޮންބޭކަލެއް؟
8. ޒިނޭގެ ހައްދު ޖަހާއިރު މީހުންނަށް ފެންނަ ގޮތަށް ހައްދު ޖެހުމަކީ ކޮންކަހަލަ ކަމެއް؟
9. ކޭތަ ނަމާދުގައި އޮންނަނީ ކިތައް ރަކުޢަތް؟
10. ބަލިވެ އިންނަ އަންހެނާގެ އިއްދައަކީ ކޮބާ؟
11. އެންމެ ފުރަތަމަ މާތް ﷲ އަށް ނުކިޔަމަންތެރިވީ ކާކު؟
12. މަރުވެފައި ތިބޭ މީހުން މުއުޖިޒާތެއްގެ ގޮތުގައި، މާތް ﷲ ގެ ވާގިފުޅާއި އެކު ދިރުއްވުމުގެ ކުޅަދާނަކަން މާތް ﷲ ދެއްވީ ކޮން ނަބީބޭކަލަކަށް؟
13. ޒިނޭ ފިޔަވާ އެހެން ހުރިހާ ކަމެއްގައި ބޭނުންވަނީ ކިތައް މީހުންގެ ހެކިބަސް؟
14. ރަސޫލު ޞައްލައްﷲ އަލައިހި ވަސައްލަމްގެ އަޖަލު ކުއްތަންވެއްޖެކަމަށް އިޝާރަތްކުރި ޤުރުއާނުގެ ސޫރަތަކީ ކޮބާ؟
15. ކައިވެނީގެ ރަނަކީ އަންހެން ކުއްޖާގެ ހައްޤެއްތަ؟ ނޫނީ އަންހެން ކުއްޖާގެ ބައްޕަގެ ހައްޤެއްތަ؟
16. މުދަލުން ޒަކާތް ނެރެން ޖެހެނީ ކިތައްބައިކުޅަ ކިތައްބައި؟
17. “މަޛްޔު” ބޭރުވުމުން ހިނައިގަންނަން ޖެހޭނެތަ؟
18. ބަދުރު ހަނގުރާމަ ހިނގީ ރަމަޟާންމަހުގެ ކޮންދުވަހެއްގައި؟
19. ނަމާދު ކުރާ މީހާގެ އައުރަ ނިވާ ކުރުމަކީ ނަމާދު ޞައްހަ ވުމުގެ ޝަރުތެއްތަ؟
20. ޖުނުބުވެރި ވެފައިވާ މީހާއަށް ނަމާދު ކުރެވިދާނެތަ؟
21. ނިޔަތް ގަތުމަކީ އަޅުކަންތައް ޞައްޙަ ވުމުގެ ޝަރުތެއް ހެއްޔެވެ؟
22. ޤުރުއާނުގައިވާ އެންމެ ކުރު ސޫރަތަކީ ކޮބާ؟
23. ޤަޛްފު ކުރުމުގެ ހުކުމަކީ ކޮބާ؟
24. ހައިޟު ވެފައި ހުއްޓާ ކައިވެނި ކުރުމުން ހުއްދަވާނެތަ؟
25. ސުވަރުގެ ވަންތަވެރިންނަށް ސުވަރުގެއިން ލިބޭ އެންމެ ބޮޑު ނިޢުމަތަކީ ކޮބާ؟
26. ތައުބާވުމުގެ ޝަރުތު ތަކުގެ ތެރެއިން ދެ ޝަރުތެއް ބަޔާން ކުރޭ!
27. ﷲ ހަޟްރަތުގައި އެންމެ ނުބައިކަމާއި ފާހިޝްކަން ބޮޑު ފާފައަކީ ކޮބާ؟
28. އިރާއި ހަނދު އަދި އެގާރަ ތަރި އެބޭކަލަކަށް ސަޖިދަކުރާތީ ހުވަފެންފުޅުގައި ފެނިވަޑައިގަތީ ކޮން ނަބީބޭކަލަކަށް؟
29. އާދަމްގެފާނު ހެއްދެވުނީ ކޮންދުވަހަކު؟
30. ގެއެއްގައި ގުރުއާނުގެ އެ ސޫރަތެއް ކިޔެވުމުން އެގެއަކަށް ޝައިޠާނާ ނުވަންނަ ސޫރަތަކީ ކޮބާ؟

(ސުވާލުތަކުގެ ޖަވާބު ފޮނުވާނީ ސެޕްޓެމްބަރ މަހުގެ 30 ގެ ކުރިން admin@kulhudhuffushi.com އަށެވެ.)
ނޯޓް: ރަމަޟާން މަހު ގެނެސްދިން ދުވަހުގެ ނަސޭޙަތްތައް ލިޔުނީ މުޙައްމަދު އިސްމާއިލް.

‮ ‬6‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ޖާދު‮ ‬ވިދާޅުވީ


    ތާރީޚް:20/09/2009

    މުޙައްމަދު އިސްމާލަކީ ގަދަ ގޮލައެއް……………. ގަދަކަލޭ!

  2. އުކްތު‮ ‬ވިދާޅުވީ


    ތާރީޚް:20/09/2009

    އީދު މުބާރިކް. ހުރިހާ ސުވާލެއް އެއްކޮށް އެއްތަނަކުން ފެންނަގޮތަށް ހެދީތީ ވަރަށް ބޮޑަށް ޝުކުރުވެރިވަން. ވަރަށް ފަސޭހަވާނެ ތިގޮތަށް ހުރިހާ ސުވާލެއް އެއްފަހަރާ ފެންނަގޮތަށް އިނީމަ. މަވެސް ޖަވާބު ފޮނުވާން. މީގަ އެންމެ އިންސާފުވެރި ވާނީ މިހުރިހާ ސުވާލެއްގެ ޖަވާބު ހަމަ މިގޮތަށް ގެނެސްދިނީމަ. އޭރުން ޖަވާބު ފޮނުވާ ފަރާތްތަކަށް ނަތީޖާ ފާޅު ކުރީމަ އެނގޭނެ އެމީހަކަށް ގޯސްކޮށް ހެދުނީ ކޮން ސުވާލެއްގަ ކަން.

  3. ދޮންފުތު‮ ‬ވިދާޅުވީ


    ތާރީޚް:20/09/2009

    އުކްތުގެ ހިޔާލަށް މަވެސް ތާއީދު ކުރަން. މަށަށް ފެންނަނީ ފޮތެއްގެ ސިފައިގައި މި ހުރިހާ ސުވާލަކާ އެ ހުރިހާ ސުވާލެއްގެ ޖަވާބު ގެނެސްދިނުން. ދެން މި ސައިޓަށް ނުވަންނަ ބައިވަރު މީހުން އުޅޭނެ މިރަށުގައި ވެސް. އެހެންވީމަ މި ސުވާލުތައް ޕުރިންޓް ކޮށްގެން ގޭގެ އަށް ބަހާލީމަ ގިނަ ބަޔަކަށް މީތި ފެންނާނެ. ދެން އީދު ދުވަހުގެ މުނާސަބަރތުގައި ހުރިހާ މީހުންނަށް “އީދު މުބާރިކް”

  4. ދޮން އިބްރާހިމް ހަސަނު‮ ‬ވިދާޅުވީ


    ތާރީޚް:20/09/2009

    ދޮންފުތު އެބުނީ ތެދެއް. މި ސުވާލުތައް ޕުރިންޓް ކޮށްގެން ގޭގެ އަށް ބަހާލީމަ ގިނަ ބަޔަކަށް މީތި ފެންނާނެ. އެހއން ހަދަންވީ! އަދި މުހަންމަދު އިސްމާލުގެ ނަސޭހަތުގެ ބަސްކޮޅުތައްވެސް އެއް ފޮތަކަށް ޖަމާކޮށްލާފައި، ގޭގެއަށް ބަހަން ފެނޭ. ހާދަ ރަނގަޅުވެފައި، ކިޔާލަށް ދުލަށް ލުޔޭ އެ ނަސޭހަތްކޮޅުތައް. މުހަންމަދު އިސްމާލަކީ ހަމަ ރަނެއް މަލެއް ފަދަ ކުއްޖެއް.

    އީދް މުނާރސަރބާރތުގައި ތަހްނިޔާރ ކިޔަން!

  5. ޒުލްފިގާރު‮ ‬ވިދާޅުވީ


    ތާރީޚް:21/09/2009

    ސުވަރުގެ ވަންތަވެރިންނަށް ސުވަރުގެއިން ލިބޭ އެންމެ ބޮޑު ނިޢުމަތަކީ ކޮބާ؟ މި ސުވާލުގެ ޖަވާބު ބުނެދީބަލަ ކޮންމެވެސް ކުއްޖަކު. މިހާރު އެ 2000 ރުފިޔާ އާއި ދެމެދު މިއޮތީ މިސުވާލު އެކަނިޔޭ.

  6. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:21/09/2009

    ވާހާ ފޮނިފޮނި މި ނަޝީދުންނޭ ޢީދު މުބާރިކް ދަންނަވަނީ – ޖޭމް ދޮންކަމަނަ