Share

ޢީދު މުބާރިކް

ޢީދު މުބާރިކް

“ހިތް އުފާވާނޭ، ފޯރި ގަދަވާމި ޢީދު ކުޅިވަރު މަޖާ، މާލި ނަށަނީ އެ، ކޯޑި ނަގަނީއެ، ފެންކުޅިން ފޯވެލާ” އާދެ، ޢީދު އަންނަނީ ހިތްތައް އުފާކުރަމުންނެވެ. ރޯދަމަހުގެ އަޅުކަމަށް ފަހު ޢީދު ދުވަހަކީ މުސްލިމުން އުފާކޮށް މަޖާ ކުރުމަށްޓަކައި ހަމަޖެހިފައިވާ ދުވަހެކެވެ. ޢީދު ދުވަހުގެ ހެނދުނު އޮންނަ ޢީދު ނަމާދަށް ފަހު ޢީދު ސަލާމުން އެކަކު އަނެކަކާއި ސަލާމް ކޮށް ދުވަހުގެ ތަހްނިޔާ ފޮނުވަން ފަށައެވެ. އެއަށް ފަހު ތަފާތު ކުޅިވަރުތައް ފެށިގެން މިދާ ޢީދު ދުވަހުގެ ތަހްނިޔާ އާއި މުބާރިކްބާދީ ކުޅުދުއްފުށީގެ ލޮބުވެތި ރައްޔިތުންނަށާއި އެންމެހާ މުސްލިމުންނަށް އަރިސްކުރަމެވެ.

ނޯޓް: ފޮޓޯ ހަދިޔާ ކުރެއްވީ މުޙައްމަދު ވާފިރު (ދ.ކުޑަހުވަދޫ)

‮ ‬10‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ސިކަންދަރުން މުދާބާލާ ކުދިން‮ ‬ވިދާޅުވީ


    ތާރީޚް:20/09/2009

    ޢިދު ދުވަހުގެ ތަހުނިޔާ ހުރިހާ ދަތުރުވެރިންނަށް އަރިސްކުރަން.

  2. 12B ގެ ދަރިވަރު‮ ‬ވިދާޅުވީ


    ތާރީޚް:20/09/2009

    ޖަލާލުއްދީން ސްކޫލުގެ ހުރިހާ ކުދިންނަށް ވަކިން ހާއްސަކޮށް 12 ބީ ކުލާހުގެ ހުރިހާ ކުދިންނަށް ޢީދު މުބާރިކް.

  3. އިއްބެ‮ ‬ވިދާޅުވީ


    ތާރީޚް:20/09/2009

    ބަރަކާތްތެރި ފިތުރު ޢީދުގެ ތަހުނިޔާ އާއި މުބާރިކް ބާދީ ކުޅުދުއްފުށީ ދެރަހަ ހުރިހާ ކުދިންނަށް ފޮނުވަމެވެ.

  4. ޖަންބެ‮ ‬ވިދާޅުވީ


    ތާރީޚް:20/09/2009

    ކުޅުދުއްފުށީ ސަރަހައްދީ ބަނދަރު ގެ ހުރިހާ މުވައްޒަފުންނަށް ޢީދު މުބާރިކް.

  5. ގޯލްޑޭ‮ ‬ވިދާޅުވީ


    ތާރީޚް:20/09/2009

    ކުޅުދުއްފުށީ ޖަލާލުއްދީން ސުކޫލް ގެ ހުރިހާ މުވައްޒަފުންނަށް ފިތުރު ޢީދުގެ ތަހުނިޔާ އާއި މުބާރިކް ބާދީ އަރިސް ކުރަން

  6. އަތަރު ބިލިގާ‮ ‬ވިދާޅުވީ


    ތާރީޚް:20/09/2009

    ކުޅުދުއްފުށީ ޑޮޓްކޮމްގެ ހުރިހާފަރާތަކަށް އީދުތަހުނިޔާ. މިޔަށް ލިޔާ އެންމެންނަށް އީދު މުބާރިކު. ހޮސްޕިޓަލުގައި، ރަސްމީގަޑީގައި، މި ސައިޓަށް ވަންނަ ހުރިހާ، މުވައްޒަފުންނަށް އީދުމުބާރިކް. ޚާއްސަކޮށް ދަކްޓަރުންނަށް ތަރުޖަމާކޮށްދޭ ކުދިންނަށާއި، ބަޖެޓް ބައިގެ ބޭފުޅާއަށާއި ހަސަނަށް ހާއްސަ އީދުމުބާރިކް.

    މަތި އުތުރު އޮފީހުން ރަސްމީގަޑީގައި މަސައްކަތްނުކޮށް، ބޯދަމައިގަނެގެން އިނދެ، މި ސައިޓަށް ވަންނަ ހުރިހާ މީހުނަށް އީދު މުބާރިކް. މުހަންމަދު ހުނައިފަށް ޚާއްސަ އީދު މުބާރިކެއް.

    ކުލާސްތަކަށް ކިޔަވައިދޭން ނުގޮސްތިބެ ސްޓާފުރޫމުގައި ތިބެގެން މިސައިޓް ބަލާ ހުރިހާ މީހުންނަށް އީދުމުބާރިކް.

    އިންޖީނުގޭ އޮފީހުގައި ހައްދަވައިގެން އެއްވެސް ކަމެއް ނުކޮށް ތިބެގެން މި ސައިޓް ކިޔާ ހުރިހާ މީހުނަށް އީދް މުބާރިކް.

    ބަނދަރުގައި، ވައިވެގެން އުޅޭއިރު، މި ސައިޓް ކިޔަމުންގެންދާ ހުރިހާ މީހުނަށް އީދު މުބާރިކް.

  7. ގޯލްޑޭ‮ ‬ވިދާޅުވީ


    ތާރީޚް:20/09/2009

    ކުލާސްތަކަށް ކިޔަވައިދޭން ނުގޮސްތިބެ ސްޓާފުރޫމުގައި ތިބެގެން މިސައިޓް ބަލާ ހުރިހާ މީހުން.
    މީ އަތަރު ބިލިގާ ހެދި ރޯބުހުތާން ދޮގެއް، މިކަހަލަ ދޮގުހަދާތި އަތަރު ބިލިގާ އަށް އީދުމުބާރިކް

  8. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:21/09/2009

    މިސައިޓްގެ އެޑްމިންއަށާއި، އެންމެހާ ކިޔުންތެރިންނަށާއި އެކުވެރިންނަށް އުފާވެރި ޢީދަކަށް އެދެން. ޢީދު މުބާރިކް!

  9. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:21/09/2009

    ވާހާ ފޮނިފޮނި މި ނަޝީދުންނޭ ޢީދު މުބާރިކް ދަންނަވަނީ – ޖޭމް ދޮންކަމަނަ

  10. ހުރިހާ ސިވސިލް ސާރވަންޓުން‮ ‬ވިދާޅުވީ


    ތާރީޚް:21/09/2009

    ކުރީގެ ރައީސް އަށް ފިތުރު ޢީދުގެ ތަހުނިޔާ އާއި މުބާރިކް ދަންނަވަން، އަދި މިހާރުގެ ރައީސް އަހަރެމެންގެ “މަހުއެތިކޮޅު” މަދުކޮށް އަހަރެމެން ވަޒީފާއިން ވަކިކުރަން މަސައްކަތް ކުރިޔަސް އޭނާޔަށް ވެސް ފިތުރު ޢީދުގެ ތަހުނިޔާ އާއި މުބާރިކް ދަންނަވަން