Share

ކޭ.ޑީ.ޒެޑް.ޑީ 4 އޮން 4 ކަޕްގެ ކުއާޓަރފައިނަލް މިރޭ ފެށޭނެ

ކޭ.ޑީ.ޒެޑް.ޑީ 4 އޮން 4 ކަޕްގެ ކުއާޓަރފައިނަލް މިރޭ ފެށޭނެ

މިހާރު ކުޅެވެމުންދާ ކޭ.ޑީ.ޒެޑް.ޑީ 4 އޮން 4 ކަޕްގެ ކުއާޓަރފައިނަލްގެ މެޗްތައް މިރޭފެށޭނެއެވެ. ރޭކުޅެވުނު ގްރޫޕް ބީގެ ފަހު 2 މެޗާއިއެކު ވަނީ ކުއާޓަރ ފައިނަލަށް ދަތުރުކުރާ ހުރިހާ ޓީމްތައް އެނގިފައެވެ. ރޭކުޅެވުނު ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ޒިގްޒެގް ކީޕަރސް އާއި ކްލަބް ނަފާއެވެ. މެޗު ނިމިފައިވަނީ 1 ލަނޑު 0 ލަނޑުން ކްލަބް ނަފާ ކާމިޔާބުކޮށްގެންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޖާޒީ ނަންބަރ 11 މުހައްމަދު އަބްދުއް ރަޝީދެވެ. މިމެޗުގެ މޭން އޮފް ދަމެޗަކަށް ހޮވިފައިވަނީ ކްލަބް ނަފާގެ ޖާޒީ ނަންބަރ 20 މުހައްމަދު ހަސަނެވެ.

ރޭކުޅެވުނު ގްރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗުގައި ބައްދަލުކޮށްފައިވަނީ ބާނި ޔުނައިޓެޑްއާއި އަންމުއެވެ. މިމެޗު 4 ލަނޑު 0 ލަނޑުން ކާމިޔާބު ކުރީ ބާނި ޔުނައިޓެޑްއެވެ. މިމެޗުގައި ޖަހައިދިން 4 ލަނޑުގެ ތެރެއިން 3 ލަނޑު ޖަހާފައިވަނީ މެޗްގެ މޭން އޮފްދަމެޗުކަންވެސް ހޯދި އެޓީމްގެ ޖާޒީ ނަންބަރ 8 އަހުމަދު ޤާސިމެވެ. އަނެއް ލަނޑު ޖަހައިދީފައި ވަނީ ޖާޒީ ނަންބަރ 6 އަންވަރު މުހައްމަދުއެވެ.

ރޭކުޅެވުނު 2 މެޗާއިއެކު ގްރޫޕް ސްޓޭޖް ނިމިނުއިރު ގްރޫޕް އޭއިން ކުއާޓާ ފައިނަލަށް ބަލާލާއިރު އެއްވަނަ ޓީމެއްގެ ގޮތުގައި ގޮސްފައިވަނީ 9 ޕޮއިންޓާއި އެކު މިނީ ޒިގްޒެގްއެވެ. 2 ވަނަ އަށް 7 ޕޮއިންޓާއިއެކު ކުއަޑްސް ގޮސްފައިވާއިރު 3 ވަނަ އަށް 3 ޕޮއިންޓާއިއެކު ގޮސްފައިވަނީ އަލް ފަޓަސް އެފްސީއެވެ.

ގްރޫޕް ބީ އިން ކުއާޓަރފައިނަލަށް ދަތުރުކޮށްފައިވަނީ 1 ވަނަ ޓީމްއެއްގޮތުގައި 8 ޕޮއިންޓާއިއެކު ބާނިޔުނައިޓެޑްއެވެ. 2 ވަނަ އަށް ގޮސްފައިވަނީ 7 ޕޮއިންޓާއިއެކު ކްލަބަ ނަފާއެވެ. އަދި 3 ވަނަ ޓީމަކަށް ގޮސްފައިވަނީ 7 ޕޮއިންޓާއިއެކު އަންމުއެވެ.

ގްރޫޕް ސީއިން 1 ވަނަ ޓީމަކަށް ކުއާޓަރފައިނަލަށް ދަތުރުކުރީ 9 ޕޮއިންޓާއިއެކު ލެސިކްއެވެ. 2 ވަނަ ޓީމްއަކަށް ދިޔައީ 6 ޕޮއިންޓާއިއެކު ނިއުއޭޖް އެވެ.

ކުއާޓަރފައިނަލްގައި މިރޭ ބައްދަލުކުރާ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މިނީ ޒިގްޒެގްއާއި އަންމުއެވެ. 2 ވަނަ މެޗުގައި ބައްދަލު ކުރާނީ ކްލަބަ ނަފާއާއި އަލް ފަޓަސް އެފްސީއެވެ. މާދަމާ ރޭ ކުޅެވޭ 2 މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ލެސިކްސް އާއި ކުއަޑްސްއެވެ. 2 ވަނަ މެޗުގައި ބައްދަލުކުރާނީ ބާނި ޔުނައިޓެޑް އާއި ނިއުއޭޖްއެވެ.

,

‮ ‬4‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ޑީޖޭ‮ ‬ވިދާޅުވީ


    ތާރީޚް:21/09/2009

    ފޮޓޯތަކުގެ ކެޕްޝަންތައް ހުރިނަމަ ވަރަށް ރަނގަޅުވީސް.

  2. އަތަރު ބިލިގާ‮ ‬ވިދާޅުވީ


    ތާރީޚް:21/09/2009

    ތިޔަހެންޏާ ނިކަން ބުނެބަލަ! މިއީ ދެކުނު އަވަށު ޒުވާނުންގެ ދިރުމުގެ ވެބްސައިޓްތަ؟ މީގައި މިހާރު އެ ނޫން އެއްޗެއް ލިޔެފައި އޮއްވާ ފެންނަނިއްޔެއް ނޫން. ވަރަށް ކިޔާހިތްނުވާ ވެބްސައިޓަކަށް މި ސައިޓް މިހާރު ބަދަލުވެއްޖެ.

  3. އަތަރު‮ ‬ވިދާޅުވީ


    ތާރީޚް:21/09/2009

    އަތަރުބިލިގާ އަށް ތަންދޮރު ނޭގޭތީ ދެރަވަން. މީކީ ހަވީރު ނޫހެއް ނޫނޭ ރާއްޖޭގެ ހުރިހާ ހަބަރެއް ގެނެސްދޭކަށް. ދެން އަނެއްކޮޅުން މި މުބާރާތުގެ މީޑިޔާ ޕާރޓްނަރަކީވެސް މި ސައިޓޭ. ދެން ހުސް މި މުބާރާތުގެ ވާހަކައެއް ނޫން މީގަ ހުރީކީ. ދެލޯ ސާފު ކޮށްލަބަ. ކޮންމެ ދުވަހަކު މެޗެއް ކުޅެންޏާ ކޮންމެ ދުވަހަކު އެ ހަބަރު އިންނާނެ ދޯ.

  4. ޒުލްފިގާރު‮ ‬ވިދާޅުވީ


    ތާރީޚް:22/09/2009

    ވަރަށް ސަޅި އިނގޭ ޕޮއިންޓްސް ޓޭބަލްއާއި ކުރިޔަށް ހުރި މެޗުތަކުގެ ފިކްސްޗަރސް ގެނެސް ދިނީތީ. ކުރިން ނޭނގޭ ފޮޓޯއަށް ކްލިކް ކުރީމަ ފޮޓޯ ބޮޑު ކުރެވޭ ކަމެއް. ދެންމެ މިއެނގުނީ. ތޭންކްސް ފޯ ދަ ކަވަރޭޖް