ކޭ.ޑީ.ޒެޑް.ޑީ 4 އޮން 4 ކަޕްގެ ކުއާޓަރ ފައިނަލްގެ މެޗުތައްރޭފެށިއްޖެއެވެ. އެގޮތުން ރޭވަނީ 2 މެޗު ކުޅެވިފައެވެ. ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ މިނީޒިގްޒެގް އާއި އަންމުއެވެ. މިމެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިނެތުމުގެ ސަބަބުން މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. މިގޮތުން ކޮންމެޓީމަކުން 3 ޕެނަލްޓީޖެހިއެވެ. ޕެނަލްޓީ ޖަހައިގެން 1 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ މިނީޒިގްޒެގްއެވެ. މި ޕެނަލްޓީ އެޓީމްއަށް ކާމިޔާބު ކޮށްދިނީ އެޓީމްގެ ޖަޒީ ނަންބަރ 20 އަލީ އާދަމްއެވެ. މިމެޗުގެ މޭންއޮފް ދަމެޗަކަށް ހޮވިފައިވަނީ އަންމުގެ ޖާޒީ ނަންބަރ 3 އާދަމް މުހައްމަދު (ދަނޭ) އެވެ.
ރޭކުޅެވުނު ކުއާޓަރ ފައިނަލްގެ 2 ވަނަ މެޗުގައި ބައްދަލުކުރީ ކްލަބް ނަފާއާއި އަލް ފަޓަސް އެފްސީއެވެ. މިމެޗު 1 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ ކްލަބަ ނަފާއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމްގެ ޖާޒީ ނަންބަރ 9 އަސްޖައު މޫސާއެވެ. މެޗުގެ މޭން އޮފް ދަމެޗަކަށް ހޮވިފައިވަނީ އަލް ފަޓަސް އެފްސީގެ ޖާޒީ ނަންބަރ 9 މުހައްމަދު ހަސަން (ޕޯޓޭ) އެވެ.
މިދެމެޗު ނިމުމުން ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނެ 2 ޓީމްވަނީ ޔަގީންކުރެވިފައެވެ. އެގޮތުން ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މިނީ ޒިގްޒެގް އާއި ކްލަބް ނަފާއެވެ. މިމެޗު ކުޅެވޭނީ 23 ސެޕްޓެމްބަރ 2009 ވާ ބުދަދުވަހުގެ ރޭ 09:00 ޖަހާއިރުއެވެ.
މިމުބާރާތުގެ ކުއާޓަރ ފައިނަލްގެ ފަހު 2 މެޗު މިރޭ ކުޅެވޭނެއެވެ. މިރޭ ކުޅެވޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ލެސިކްސްއާއި ކުއަޑްސްއެވެ. 2 ވަނަ މެޗުގައި ބައްދަލުކުރާނީ ބާނި ޔުނައިޓެޑްއާއި ނިއުއޭޖްއެވެ.








ބައޯ ހުސޭނު ވިދާޅުވީ
ތާރީޚް:22/09/2009
މިދެން ނިންމަންވެއްޖެ ކަމެއްދޯ ކަލޯމެންދެން ތި ފައިނަލްކުެފަ ނިންމާ