ޢީދު ކުޅިވަރުތައް ނެތެމުން އުވެމުންދާކަމީ މިއަދު ވިސްނަންޖެހިފައިވާ އިޖްތިމާއީ މައްސަލައެކެވެ. ކުޅިވަރެއް ނެތިދިއުން ނުވަތަ އުވިދިއުން އިޖްތިމާއީ މައްސަލައެއްގެ ގޮތުގައި މާނަކުރެވިދާނެ ހެއްޔެވެ؟ އާއެކެވެ. ޢީދު ދުވަހަކީ ދީނީ ގޮތުންނާއި އިޖްތިމާއީ ގޮތުން އަޅުގަނޑުމެން ފާހަގަ ކުރަމުން އައި އުފާވެރި ކަމުގެ ދުވަހެކެވެ. މުސްލިމަކަށް އަންނާނެ އެންމެ އުފާވެރި އެއް ދުވަހަކަށް ވާނީ ޢީދު ދުވަހެވެ. ޢީދު ދުވަހުގެ މުނާސަބަތުގައި ތަފާތު ގިނަ ކުޅިވަރުތައް ކުޅުދުއްފުށީގައި ވެސް ކުރިން ވަނީ ބާއްވާފައެވެ. ދީނީ ގޮތުން ބެލިކަމުގައި ވިޔަސް ޢީދު ދުވަހު ކުޅިވަރުތައް ކުޅެ އުފާކުރުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް އިސްލާމީ އުޞޫލުތައް ފަހަނަ އަޅައި ދިއުމެއް ނެތެވެ.
ކުޅުދުއްފުށީގައި ޢީދު ދުވަހު ކުޅެމުންދާ ކުޅިވަރު ތަކުގެ ތެރޭގައި ދަފި ނެގުން، ބޮޑުބެރު ޖެހުން، ސްޓޭޖް ޝޯތައް ބޭއްވުން ފަދަ ގިނަ ކުޅިވަރުތައް ހިމެނެއެވެ. އަދި ދުރު މާޒީ އަކަށް ނަޒަރު ހިންގާލާއިރު މިއަށްވުރެ ގިނަ ސަގާފީ ކުޅިވަރުތައް ކުޅެމުން އައެވެ. މިފަދަ ކުޅިވަރުތައް ކުޅުމުން ނުވަތަ ތަފާތު މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ބޭއްވުމަކީ އިޖްތިމާއީ ގުޅުން ވަރުގަދަވާ ކަމެކެވެ. އެއްބަޔަކު އަނެއްބަޔަކާ ބައްދަލުވެ އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލެވޭ ކަމެކެވެ. އާއިލާގެ ހުރިހާ މެމްބަރުން އެކުއެކީ ބައްދަލުވެ އާއިލާ ތެރޭ ޖެހިފައިވާ ކުދިކުދި ކުނިތައް ސާފު ކުރެވޭ ކަމެކެވެ. ކުޑަކުދިންނަށް އެކުދިންގެ ކާބަފައިންގެ ސަގާފަތް ފެނުމުގެ ފުރުޞަތު ލިބޭ ކަމެއް ވެސް މެއެވެ.
މިހާރަކަށް އައިސް މިފަދަ އިޖްތިމާއީ ގުޅުން ފެންނަ ފަދަ ކުޅިވަރުތައް ނުފެންނަކަމީ އިޖްތިމާއީ ގުޅުންތައް ހީނަރު ވެފައިވާ ކަން ދައްކުވައިދޭ އަލިގަދަ ހެއްކެކެވެ. މިފަދަ އިޖްތިމާއީ ހަރަކާތްތައް މީގެ ކުރިން ބާއްވާފައިވަނީ ހަމައެކަނި ކްލަބް ޖަމިއްޔާ ތަކުން އިސްނަގައިގެންނެއްނޫނެވެ. އެއް ހިސާބެއްގައި ދިރިއުޅެމުންދާ މީހުން އެކުވެ ތަފާތު ކުޅިވަރުތައް އިންތިޒާމް ކުރެއެވެ. ރަށުގެ ވެރިން އިސްނަގައިގެންވެސް ކުޅިވަރުތައް ބާއްވާފައިވެއެވެ. އަދި ހަމައެހެންމެ އަވަށްތަކުގެ “ބޮޑުން” ވެސް މިފަދަ ކުޅިވަރުތައް ބޭއްވުމުގައި ކުރިން ހަރަކާތްތެރި ވެފައި ވެއެވެ. މާޒީގައި ކުލަބް ޖަމިއްޔާ ތަކުންވެސް ކުޅިވަރުތައް ބޭއްވުމުގައި އިސްނަގައިގެން މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.
ކުޅުދުއްފުށީގައި ޢީދުގެ ފޯރި މިހާރު މިވަނީ ކުޑަވެފައެވެ. މިކަމުގައި ވަރަށް ގިނަ ސަބަބުތަކެއް ވެއެވެ. އިޖްތިމާއީ ގުޅުންތައް ހީނަރު ވުމާއި، ކުޅިވަރުތައް ބޭއްވުމުގައި އިސްނަގައިގެން މަސައްކަތް ކުރާނެ ފަރާތްތައް މަދުކަމާއި، ސިޔާސީ ދެކޮޅުވެރިކަމުގެ ސަބަބުން މުޖްތަމައުގެ ތެރޭގައި އޮންނަ ގުޅުން ކުޑަވުމާއި، ކްލަބް ޖަމިއްޔާތަކުން ކަމުގައި ހުރި މުހިއްމުކަން ހަނދާން ނައްތާލުމާއި، މިފަދަ ކުޅިވަރުތައް ބޭއްވުމަށް އެކަށޭނެ މާހައުލެއް ގާއިމުވެފައި ނެތުމާއި، މާލީ ތަނަވަސްކަން ނެތުން ހިމެނެއެވެ. މިއީ، މިކަމުގައި ބޮޑު ދިރާސާއެއް ކޮށްގެން ހޯދާފައިވާ ސަބަބުތަކަކަށް ނުވި ނަމަވެސް މިއީވެސް މިކަމުގެ ފަހަތުގައި ހުރި ސަބަބުތަކެއްކަން ކަށަވަރެވެ.
ކުރިއަތް އޮތް “ބޮޑު” ޢީދުގައި ތަފާތު ގިނަ މުނިފޫހި ފިލުވުމުގެ ހަރަކާތްތަކެއް ފެނިގެން ދިޔުމަކީ ކުޅުދުއްފުށީގެ ގިނަ ބަޔަކު އެދޭނެ ކަމެކެވެ. މިކަމުގައި މުހިއްމީ ކޮންމެވެސް އެއްބަޔަކު އިސްނަގައިގެން މަސައްކަތް ކުރުމެވެ. ކޮންމެ ކަމެއް ކުރުމުގައި ސަރުކާރުން އިސްނަގާކަށް ނުޖެހެއެވެ. ކުލަބް ޖަމިއްޔާތަކުން އަޅުގަނޑުމެންގެ ސަގާފީ ކުޅިވަރުތައް ދިރުވާ އާލާކުރަންޖެހެއެވެ. އަޅުގަނޑުމެންގެ އިޖްތިމާއީ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރަންޖެހެއެވެ. އާބާދީ ބޮޑުވެ ތަރައްޤީ ވުމަކީ އިޖްތިމާއީ ގުޅުންތައް ހީނަރު ވުމަށް އޮތް ހުއްޖަތެއް ނޫނެވެ. ޖަޕާނު ފަދަ ތަރައްޤީ ވެފައިވާ މުޖުތަމައު ތަކުގެ ތެރޭގައި އެ އޮންނަ އިޖްތިމާއީ ގުޅުންތަކަށް ނަޒަރު ހިންގާލުމުން އެކަން އެނގިގެންދެއެވެ. މިލިޔުމަށް ހިޔާލު ފާޅުކުރައްވާ ބޭފުޅުންގެ ފަރާތުން ބިނާކުރަނިވި ހިޔާލުތަކަކަށް އިންތިޒާރުކުރާ ހާލު ލިޔުން ކުރުކޮށްލީމެވެ.

ޖާދޫ ވިދާޅުވީ
ތާރީޚް:23/09/2009
މިއީ އަޅުގަނޑުވެސް ވަރަށް ވިސްނާ ކަމެއް. މިކަން ނެތި މިދަނީ ކީއްވެ ބާއޭ. ކުޅުދުއްފުއްޓަކީ އެކުވެރި، މަޖާ ޖުރޫޕްމާރާމާރީ ނެތް ރަށަކަށް ވީހިނދު މިއީ ވަރަށް ފަސާހައިން އިންތިޒާމް ކުރެވިދާނެކަމެއް ކަމަށް ފެނެއެވެ. ބޭނުންވަނީ ކަންކަމަށް އިސްނަގާނެ ފަރާތްތަކެވެ. ޔަގީނުންވެސް މިފަދަ ކަންކަމަށް މިރަށުގެ ޒުވާނުން ތަރުހީބު ދޭނެ އެވެ. އެހެންނޫނީ ނެތެމުންދާ ސަގާފީ ކުޅިވަރުތައް ދިރުވަން މާލަސްވެދާނެ، އެހެންނޫން ތޯއެވެ.؟
މަޖުބޫރު ވިދާޅުވީ
ތާރީޚް:23/09/2009
ހަމައެކަނި ފުޓްބޯޅަ މުބާރާތެއް އަމިއްލަ އަމިއްލައަށް ބާއްވާލިއަކަސް ކަމަކު ނުދާނެ. މިސާލަކަށް އަތޮޅު މުބާރާތެއް ޖައްސާލަބަލަ. ދެން އީދުގައި މިހާރު މިރަށުގަ ހުންނަހިތެއް ނުވޭ. މި ލިޔުމުން ހަމަ ވަރަށް ފައްކާ. ކުޅިވަރުތައް ހާއްސަ ކޮށް ސްޓޭޖް ޝޯ އެއް ނުބާއްވާތީ ވަރަށް ކަޑަ.
ސިތުރީން ވިދާޅުވީ
ތާރީޚް:23/09/2009
ހަމައެކަނި ކުޅިވަރުތަކެއްނުން ކުޅެންވީ، މިރަށުގައި އަދިވެސް އެހެނިހެން ކަންތައްވެސް ކުރެވިދާނެ…. މިރަށުގައި ގިނަޖަމުއިއްޔާ ތަކެއްވެސް އެބައޮތް، އެގޮތުން ހުރިހާ ޖަމުއިއްޔާ ތަކުން އެއްބައިވެން ކީއްވާނީ މިރަށަށް މާލޭގެ ރަނގަޅު މިއުޒިކް ގްރޫޕެއްވެސް ގެނެސް ބާވާލީއްޔާ…. މިއޮށްބޮޑު އިދު މިދިޔައީ އެއްވެސް ކަމެއްނެތި………. ވަރަށް ފޫހި އީދެއް… ހިތައްއެރި މިރަށުގަ ނުހުރެވުން ނަމައޭ……
ޕިސްޕިސް ވިދާޅުވީ
ތާރީޚް:23/09/2009
ކަލޯމެން އަނގައޭ ކިޔަގަ .އެލޯބިން އިނގޭ. އީދޭ ކިއާފަ ހެއްދެވިހާ ނާޗަރަންގީއެއް ކުޅުނަކަސް ކަމަކުނުދާނެ. އީދު ފޯރި ނެތެމުންދަނީ މައުމޫނު ފޭބީމަހެން މަށަށް ހީވަނީ.މިއުޅޭ އިސްލާމީ ކަންތައްތަކާ ބެހޭ މީހުން މިކަމަކާ ނުވިސްނާބާ.އީދުފޯރި ގަދަ ކުރަން އެމީހުން އިސްނަގަން ކީއްތަ.
ޕިސްޕިސް ވިދާޅުވީ
ތާރީޚް:23/09/2009
ކުރީގަ އެބާއްވާ އަންހެނުންނާ ފިރިހެނުން އެއްވެގެން އެޖަހާލަނގިރި ތަކާއި ވަހުސީ ނެށުން ތައް މިރާއްޖެއިން މަދުވަމުން މަދުވަމުން ގޮސް އެއްކޮށް ނެތޭނެނަމަ ހާދަރަނގަޅޭ މަހިތަށް އަރާ. އިސްލާމުން ކުޅޭ ޒާތުގެ ކުޅިވަރުތައް މިރާއްޖެއަށް ފަތުރަންވީ.
ދެން ބަބަބަބަ ވިދާޅުވީ
ތާރީޚް:23/09/2009
ޕިސްޕިސް އަށް އެވީދޯ ދަނޑިކޮޅަކުން ދަތްއުނގުޅާފަ، ކަކުލުން ތިރިން ކިރިޔާ ނެއްޓޭ ވަރަށް ފަޓުލޫނު ބުރިކޮށްލެވުނީމަ. ދެން ޖާރިޔާއިން ގެންގުޅެންވީނު ކަލޭ އީދު ފާހަގަ ކުރަން. ދެން ބަބަބަބަ.
ސިތުރީންގެ ހިޔާލަށް މަ ތާއީދު. ކޮބާ އެއްކަލަ ފެންކުޅިވެސް ކުޅުން އޮވެޔެއްނު ކުރީގަ. އެއީ އަދި މާމަޖާ ކަމެއް.
ބަލާމީހާ ވިދާޅުވީ
ތާރީޚް:24/09/2009
ފައިކުރި ބުރިނުކުރިޔަކަސް ދީނަށް ލޯބިކުރިމުރުމާއި ލާދީނީކަންތައްތަކަށް ހިއްވަރުނު ދިގަޑުނުންއެއީ އަޅުގަޑުމެންގެ ތެރެއިން އާދެ އިސްލާމީ މުޖުތަމައެއެއްގެ ތެރެއިން ފެންނަންޖެހޭނެ ރިވެތި އާދަތައް. ރަގަޅުވާހަކައެއްބުނާއިރަށް ފައިކުރިޔޭ، ޖާރިޔާއޭކިޔައި އެވާހަކަޔާއިދޭތެރޭ ނުވިސްނާ ޖާހިލުމީހެއްކަން ދޭހަވާކަމުގެ ހެއްކެއް. ސިތުރީންފަދަ ޖާހިލު ލާދީނީކަންކަމަށްލޯބިކުރާ މީހިން މިގައުމުން ނެތި ހަމަމަގަށް އެބުރޭނެދުވަހެއްﷲ މިންވަރު ކުރަށްވާށީ. އާމީން
ބަލާމީހާ ވިދާޅުވީ
ތާރީޚް:24/09/2009
ފައިކުރި ބުރިނުކުރިޔަކަސް ދީނަށް ލޯބިކުރުމާއި ލާދީނީކަންތައްތަކަށް ހިއްވަރުނުދިނުންއެއީ އަޅުގަޑުމެންގެ ތެރެއިން އާދެ އިސްލާމީ މުޖުތަމައެއެއްގެ ތެރެއިން ފެންނަންޖެހޭނެ ރިވެތި އާދަތައް. ރަގަޅުވާހަކައެއްބުނާއިރަށް ފައިކުރިޔޭކިޔައި ހަޖޫޖެހުން ވަނީ އެވާހަކަޔާއިދޭތެރޭ ނުވިސްނާ ޖާހިލުމީހެއްކަން ދޭހަވާކަމުގެ ހެއްކެއް. ސިތުރީންފަދަ ޖާހިލު ލާދީނީކަންކަމަށްލޯބިކުރާ މީހިން މިގައުމުން ނެތި ހަމަމަގަށް އެބުރޭނެދުވަހެއްﷲ މިންވަރު ކުރަށްވާށީ. އާމީން
ހާޖަރާ މެދު ގޯތި ކުނިކަހަން އޮވެ ބަނބުކެޔޮފަތެއް ނަގަމުން ވިދާޅުވީ
ތާރީޚް:25/09/2009
އެ ބުނާހެން ރަނގަޅު ވާހަކައެއް ބުނާއިރަށް ޖާރިޔާއެކޭ ދަނޑިކޮޅެކޭ ކިޔާފަ ފަށައިގަންނަން ޖެހޭތަ؟ ދީނުގެ ނަމުގައި ބަޔަކު ހަޑި ހޭވިޔަކަސް ނުޖެހެޔޭ ހަމަ ދީނޭ ބުނެލާއިރަށް އެމީހުން ކުރާކަންތައް ކިޔާކަށް. ތަންދޮރު ނުދަނެ ތިބެ ބަޔަކު ކުރާ ކަމެއް ނަގައިގެން ދީނަށް ލޯބިކުރާ މީހުންނަށް މަލާމަތް ކުރުމަކީ ފަހެ ކިހާ ބޮޑު ބޭއިންސާފެއްތަ؟
ޢަބުދުﷲ ވިދާޅުވީ
ތާރީޚް:26/09/2009
ދެންބަބަބަބަ އަކީ ދިން އެއްވެސް ވަރަކަށް ނުދަންނަ ގަމާރަކީ ބާވައެވެ؟
މުހައްމަދު ވިދާޅުވީ
ތާރީޚް:26/09/2009
މިއުޒިކު ސޯވް ބޭއްވުމަކީ އިސްލާމް ދީނުގެ ހުރިހާ އިލްމުވެރިން ވެސް ހަރާމް ކުރާކަމެއް އެއީ އިސްލާމް ދިނުގައި މިއުޒިކްއަކީ ހަރާމް އެއްޗަކަށް ވާތީވެ.އެހެން ވީމައި އީދުގެ އުފަލުގައި ވެސް އެފަދަކަން ތައްތައް ނުކުރުމަށް ނަސޭހަތް ތެރިވަން
މުހައްމަދު ވިދާޅުވީ
ތާރީޚް:26/09/2009
ޤިޔާމަތް ދުވަހުން އެމީހަކާއި މާތްﷲ ބަސްވަހީ ނުކުރައްވާނެ 3ބާވަތެއްގެ މީހުންވޭ އޭގެ ތެރެއި 1ބާވަތަކީ އެމިހެއް ލައިފައި ހުނަނައެއްޗެއް ފަޓުލޫނެއް ނުވަތަ މުންޑެއް ވިއަސް އެމީހާގެ ތަނބިކަށީން ތިރިއަށް ބަހަށްޓައި ގެން ދުނިޔޭގައި ހިނގާމީހާވެއެވެ.މީހަކު ނަސޭހަތެއް ދިނަސް ފައިކުރިއޭ ތުނބުޅިއޭ ކިޔާއިރު ފުރަތަމަ ދީނުގައި އެކަންކަން އޮތްގޮތްބެލުން ރަނގަޅުވާނެ.އެފަދަވާހަކައެއް ދައްކާއި ތިމާއަށް މާތްﷲ ހުގެ ލައުނަތާއި އާސްދާނެ ކޯފާއަކަށް ބިރުވެތިވެ އެކަމަށް ތައުބާވުން ރަންގަޅުވާނެ
މުހައްމަދު ވިދާޅުވީ
ތާރީޚް:26/09/2009
މިއުޒިކަކީ އިސްލާމް ދީނުގައި ހަރާމް އެއްޗެއް މިކަން ރަންގަޅަށް އެނގޭނެ ލުގުމާން ސޫރަތުގެ 6ވަނަ އާޔަތުގެ ތަފްސީރަށް ބަލާލުމުން ވީމާ އީދުގެ އުފަލުގައިވެސް މިފަދަ ސްޓޭޖް ސޯތައް ނުބޭއްވުމަށް ގޮވާލަން އަދި މާތްﷲ އަށް ބިރުވެތިވުމަށް ގޮވާލަން