ކޮރަލްސް ފުޓްސަލް ކަޕް 2009 ގެ ނަމުގައި ފުޓްސަލް މުބާރާތެއް ފަށައިފިއެވެ. ކުޅުދުއްފުށީ ކޮރަލް ދަނޑުގައި ފުޓުބޯޅަ ކުޅޭ ފަރާތްތަކުން އިންތިޒާމުކޮށްގެން އިއްޔެ ހަވީރު ކޮރަލް ދަނޑުގައި ފެށި މި މުބާރާތް ޝަރަފްވެރި ކޮށްދެއްވަނީ އަޕާރ ނޯތު ޔޫޓިލިޓީޒް ކޮމްޕެނީގެ ޗެއަރމަން އަލްފާޟިލް އަބްދުއްލަތީފް ޤާސިމެވެ. މީގެ ތިން އަހަރު ކުރިން ފެށިގެން ކޮރަލްސް ކަޕްގެ ނަމުގައި ބާއްވަމުން އައި މުބާރާތުގެ ނަން މިފަހަރު މިވަނީ ކޮރަލްސް ފުޓްސަލް ކަޕްގެ ނަމަށް ބަދަލު ކުރެވިފައެވެ. މިއީ ފުޓްސަލް މުބާރާތެއް ކުޅުދުއްފުށީގައި ބޭއްވޭ ފުރަތަމަ ފަހަރެވެ.
މުބާރާތް އިންތިޒާމް ކުރި ފަރާތުން މިސައިޓަށް މައުލޫމާތު ދީފައިވާ ގޮތުގައި ޖުމްލަ 11 ޓީމް ބައިވެރިވި މި މުބާރާތް 12 ފަރާތަކުން ސްޕޮންސަރ ކޮށްފައިވެއެވެ. އަދި މުބާރާތް ކުރިއަށްދަނީ 11 ޓީމް ތިން ގުރޫޕަކަށް ބަހާލައިގެން ކަމަށް ވެސް އެފަރާތުން މައުލޫމާތު ދެއެވެ. ކުޅުދުއްފުއްޓަށް އަލަށް ފުޓްސަލް ތައާރަފު ކުރުމުގެ މަގްޞަދުގައި ބޭއްވޭ މިމުބާރާތް ކުރިޔަށް ދާނީ މިމަހުގެ 22 ން އޮކްޓޯބަރ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ. މިމުބާރާތް ބޭއްވުމުގެ އިތުރު ބޭނުންތަކުގެ ތެރޭގައި “ކޮރަލްސް”ގެ ކުދިންގެ މެދުގައި އެކުވެރިކަން އާލާ ކުރުމާއި، ކޮރަލްސް ދަނޑުގައި ކުޅޭ ކުޅުންތެރިންނަށް ވާދަވެރި މެޗްތަކެއް ކުޅުމުގެ ފުރުޞަތު ދިނުން ކަމަށް އެ މައުލޫމާތު ދެއްވިއެވެ. އަދި އެންމެ މުހިއްމު އެއް މަޤްޞަދަކީ، ފެންވަރު ރަނގަޅު މުބާރާތްތަކެއް ބޭއްވުމަށް އެހެން ފަރާތްތަކަށްވެސް ހިތްވަރު ދިނުން ކަމުގައި މި މުބާރާތް އިންތިޒާމް ކުރި ފަރާތުން ހާމަކުރެއެވެ.
މި މުބާރާތުގައި ކުޅެމުންދަނީ ހަމައެކަނި “ކޮރަލްސް” ދަނޑަށް ނިސްބަތްވާ ކުޅުންތެރިންނެވެ. މި މުބާރާތުގައި އިއްޔެ ވަނީ ދެ މެޗް ކުޅެފައެވެ. ފުރަތަމަ މެޗްގައި ބައްދަލު ކޮށްފައިވަނީ ހަތްތުރާ އާއި ކްއާޒާރ އެވެ. ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ޝަރަފްވެރި ކޮށްދެއްވި މިމެޗް 2-7 ން ކާމިޔާބު ކޮށްފައިވަނީ ހަތްތުރާ ޓީމެވެ. މި މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހަތްތުރާގެ ޖާޒީ ނަންބަރު 99 ސައުދު ހަސަނެވެ.
އިއްޔެ ހަވީރު ކުޅެވުނު ދެވަނަ މެޗްގައި ބައްދަލު ކޮށްފައިވަނީ ފިފްޓީ ފިފްޓީ އާއި ޒީރޯ ގްރެވިޓީ އެވެ. މިމެޗް ތަފާތު ބޮޑު ނަތީޖާ އަކާއި އެކު ކާމިޔާބު ކޮށްފައިވަނީ ޒީރޯ ގްރެވިޓީ އެވެ. 2 – 11 ން ޒީރޯ ގްރެވިޓީ މިމެޗް ކާމިޔާބު ކުރިއިރު މި މެޗްގެ އެންމެ މޮޅުކުޅުންތެރިއަކަށް ވެސް ހޮވިފައިވަނީ އެޓީމުގެ ޖާޒީ ނަންބަރ 21 ޒައިދު މުޙައްމަދެވެ. މިމެޗު ޝަރަފްވެރި ކޮށްދެއްވީ ދިރާގު ކޭ.އޯ.ސީ ގެ މާކެޓިން އެންޑް ސޭލްސް އޮފިސަރ އަލްފާޟިލް މުޙައްމަދު އަބްދުﷲ އެވެ.
ކޮރަލްސް ފުޓްސަލް ކަޕް 2009 ގައި މިއަދު ހަވީރު ވެސް ދެމެޗު ކުޅެފައިވެއެވެ. ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރު ވަގުތީ ގޮތުން ހިންގުމާއި ޙަވާލުވެ ހުންނެވި އަލްފާޟިލް އަހުމަދު އާތިފް ޝަރަފްވެރި ކޮށްދެއްވި މިމެޗުގައި ބައްދަލު ކޮށްފައިވަނީ ޕިންކް ޕޭންތަރ އާއި ވީ-އޭބަލް އެވެ. 6-2 އިން ޕިންކް ޕޭންތަރ މޮޅުވި މިމެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ ޕިންކް ޕޭންތަރ ގެ އަހުމަދު ދާއޫދެވެ.
މަތިއުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ހުނައިފް ޝަރަފްވެރި ކޮށްދެއްވި މިއަދު ކުޅެވުނު ދެވަނަ މެޗުގައި ރިއަލް އާއި ޑެސިބަލް ބައްދަލުކޮށް 6-5 އިން މެޗު ކާމިޔާބު ކުރީ ރިއަލްއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެޓީމުގެ އަސްވަދު ރަޝީދެވެ.
މިމުބާރާތުގައި މާދަމާ ކުޅެވޭ ފުރަތަމަ މެޗުގައި 16:15 ގައި ބައްދަލުކުރާނީ ޑިސިޕްލިން އާއި ފާސްޓް ފީޓެވެ. އަދި 17:10 ގައި ފެށޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ހަތްތުރާއާއި ފިފްޓީ ފިފްޓީއެވެ.
ކޮރަލްސް ފުޓްސަލް ކަޕް 2009 ގެ ޝެޑިއުލް ޑައުންލޯޑް ކުރައްވާ
- ކޮރަލްސް ފުޓްސަލް ކަޕް 2009
- ކޮރަލްސް ފުޓްސަލް ކަޕް 2009
- ކޮރަލްސް ފުޓްސަލް ކަޕް 2009
- ކޮރަލްސް ފުޓްސަލް ކަޕް 2009
- ކޮރަލްސް ފުޓްސަލް ކަޕް 2009







ދިރާސާ ވިދާޅުވީ
ތާރީޚް:24/09/2009
ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރު ވަގުތީ ގޮތުން ހިންގުމާއި ޙަވާލުވެ ހުންނެވި އަލްފާޟިލް އަހުމަދު އާތިފް
ދިރާސާ ވިދާޅުވީ
ތާރީޚް:24/09/2009
މިއީ ނުބައި ގޮތެއް ”ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރު ވަގުތީ ގޮތުން ހިންގުމާއި ޙަވާލުވެ ހުންނެވި އަލްފާޟިލް އަހުމަދު އާތިފް”
ރަގަޅުގޮތަކީ”ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުގެ މެނޭޖަރ އަލްފާޟިލް އަހުމަދު އާތިފް”
ޖާދޫ ވިދާޅުވީ
ތާރީޚް:24/09/2009
ކޮރަލްގެ ފަރާތުން މި ތައާރަފް ކުރީ ވަރަށް ރަގަޅު ކުޅިވަރެއް. މިހާރު ކުޅުދުއްފުށީގައި އާންމުގޮތެއްގައި ކުޅޭ 6 އަސައިޑް ފުޓްބޯޅަ މިހާހިސާބުން ދޫކޮށްލަންވީ. 6 އަސައިޑަކީ ދުނިޔޭގައި ރަސްމީކޮށް އެއްވެސްތާކު ކުޅޭ ކުޅިވަރެއްނޫން. ނަމަވެސް ފުޓްސެލް އަކީ އިންޓަރނޭޝަނަލް ގޭމެއް. މިހާހިސާބުން ފުޓްސެލް ތައާރަފް ކުރެވުނީ ކަމަށްބަލާ، ވީއެންމެއަވަސް ފުރުޞަތެއްގައި (ބޮޑުއީދު ބަންދުގައި ނަމަވެސް) މުޅިރަށަށް ހުޅުވާލައިގެން ފުޓްސެލް މުބާރާތެއް ބޭއްވުމަށް ގޮވާލަން. އޭރުން މުޅިރަށް ފުޓްސެލް ތައާރަފް ކޮށްދެވުންކަމަށްވާނީ. ކޮރަލްގެ ޒުވާނުންގެ އެކުވެރިކަމާއި އެއްބާރުލުން ވަރަށް ފުރިހަމަކަން ފާހަގަކުރެވޭ.
އިމްނާ ވިދާޅުވީ
ތާރީޚް:24/09/2009
ކޮންމެއަކަސް މިދެން ވަރަށްށް ރަނގަޅުކަމެއް މިހާތަނަށް ކުޅޅުދުއްފުށިން މިހާފޭރާން ރަނގަޅު މުބާރާތެއް ނުފެނޭ ،މިފަހަރު ކޮރަލް އިން މުޅި ބޮޑު ތިލަދުންމަތި ފުޓްސްލްގެ ސަމާލުކަމަށް ގެނެސްފި.މިހާބޮޑުކަމެއް ކުރެވޭނީ ވަރަށް އެކުވެރިވެގެން ކޮރަލް އިން ތިކުރިކަންތަކަށް ސުކުރުދަންނަވަން.އުންމީދަކީ މުޅިރަށަށް މުބާރާތް ހުޅުވާލުން.
ޑެސިބަލްގެ ކުޅުންތެރިއެއް ވިދާޅުވީ
ތާރީޚް:24/09/2009
ޑެސިބަލް އާއި ރިއާލް ބައްދަލު ކުރި މެޗްގައި މޮޅުވެފައިވަނީ ޑެސިބަލް… އެއީ 6-5 ގެ ނަތީޖާއަކުން
އިސްބެ ވިދާޅުވީ
ތާރީޚް:25/09/2009
ފުޓްސަލް ގަވައިދު އިގޭ ރެފްރީންވެސް މިކަމުގެ ސަބަބުން އިތުރު ވާނެ.
އެމް ވިދާޅުވީ
ތާރީޚް:26/09/2009
ލައްކަ ދުވަސް ވެއްޖެ މިކަން ކުރަން ވެފަ އޮންނަތާ….ކޮން 6 އަ ސައިޑެއްތަ؟ ..،،މި ފެށުމަކީ ރަގަޅު ފެށުމެއް،ތި ގެނައީ ފުޓުބޯޅައިގެ އައު އިންގިލާބެއް މި ރަށައް،ކޮރަލް ގެ ހުރިހާ ކުދިންނަށް،މި ކަމަމައްޓަކާ..ތެންކސް،
ލަވް ޔު ވިދާޅުވީ
ތާރީޚް:26/09/2009
ކޮރަލް ކުރާ މި ކަހަލަ ކަން ކަމުން..ރަށު ގެ ފުޓް ބޯޅަ އަށް ވަރައް ބޮޑެތި ކުރި އެރުން ތައް ލިބޭ.ތި އެކުވެރި ކަމަށް ހަމަ ސާބަސް
ފައްތާހު ވިދާޅުވީ
ތާރީޚް:26/09/2009
މިކަންކުރާ ކުދިންނަށް އައްސަރިބަހާއި ސާބަސް. އަދި މުޅި ރަށަށް ހުޅުވާލައިގެން މިފަދަ މުބާރާތެއް މިފެންވަރުގައި ބާއްވާ ރަށުގެ އެހެން ސަރަހައްދުތަކަށް ގޮންޖަހާލުމަކީ ދެކޭހިތްވާ ކަމެއް. ދެކުނު އަވަށު ޖަމިއްޔާއިން ފާޑެއްގެ މުބާރާތެއް ނިންމައިފި. އެކުދިންނަށްވެސް ސާބަސް ދޭންޖެހޭ. އެއީ އެބާރާތް ވަކިބަޔަކަށް އަމާޒުނުކޮށް މުޅިރަށަށް ހުޅުވާލުމުން. ކޮރަލް ކަޕަކީ ހަމަނަމޫނާ ކަޕެއް