Share

ކްލަބް ނަފާ އަދި ކުއަޑްސް ފައިނަލްގައި

ކްލަބް ނަފާ އަދި ކުއަޑްސް ފައިނަލްގައި

ރޭކުޅެވުނީ ކޭ.ޑީ.ޒެޑް.ޑީ 4 އޮން 4 ކަޕްގެ ސެމީ ފައިނަލްގެ 2 މެޗެވެ. އެތަނުން ރޭބައްދަލުކުރި ފުރަތަމަ މެޗުގައި ކުޅުނީ މިނީ ޒިގްޒެގް އަދި ކްލަބަ ނަފާއެވެ. މިމެޗުގައި ޖަހައިދިން ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ކްލަބް ނަފާގެ ޖާޒީ ނަންބަރ 8 ހާފިޒް އައްސަދުއެވެ. މެޗުގެ 2 ވަނަ ހާފުފެށި މިނީ ޒިގްޒެގް ކުރިހިއްވަރުގެ ނަތީޖާއަކަށްވީ އެޓީމަށް ލަނޑެއްޖަހައި އެއްވަރުކުރުމެވެ. މިލަނޑު ޖަހައިދިނީ އެޓީމްގެ ޖަޒީ ނަންބަރ 7 ހަސަން މުހައްމަދުއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވަރުވުމުގެ ސަބަބުން މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗު ނިމިގެންދިޔައީ 3 ލަނޑު 2 ލަނޑުން ކްލަބް ނަފާ ކާމިޔާބުކޮށްގެންނެވެ. މިމެޗުގެ މޭން އޮފް ދަމެޗަކަށް ހޮވިފައިވަނީ ކްލަބް ނަފާގެ ޖާޒީ ނަންބަރ 8 ހާފިޒް އައްސަދެވެ.

ރޭކުޅެވުނު ސެމީފައިނަލްގެ 2 ވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ ކުއަޑްސް އަދި ބާނި ޔުނައިޓެޑްއެވެ. މި މެޗު 1 ލަނޑު 0 ލަނޑުން ކާމިޔާބުކޮށް ފައިނަލްގައި ކްލަބް ނަފާއާއި ބައްދަލުކުރާނީ ކުއަޑްސްއެވެ. މިމެޗުގައި ކުއަޑްސްއަށް ޖަހައިދިން ހަމައެކަނި ލަނޑު ޖަހައިދިނީ ކުއަޑްސްގެ ޖާޒީ ނަންބަރ 13 މުހައްމަދު ހަސަންއެވެ. މިމެޗުގެ މޭން އޮފް ދަމެޗަކަށްވެސް ހޮވިފައިވަނީ ހަމަ މީނާއެވެ.

މިމުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 25 ސެޕްޓެމްބަރ ވާ ހުކުރު ދުވަހުގެ ރޭ 9 ޖަހާއިރުއެވެ. ފައިނަލް މެޗުގައި ބައްދަލުކުރާނީ ކްލަބް ނަފާ އަދި ކުއަޑްސްއެވެ.

,

ޝުޢޫރު‮ ‬‮ ‬ފާޅުކުރެއްވުން‮ ‬ބަންދުވެފަ