ކުޅުދުއްފުށީ ދެކުނު އަވަށު ޒުވާނުންގެ ދިރުމުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދިޔަ ކޭ.ޑީ.ޒެޑް.ޑީ 4 އޮން 4 ކަޕް 1 ރޭ ނިމިއްޖެއެވެ. މި މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލު ކޮށްފައިވަނީ ކްލަބް ނަފާ އަދި ކުއަޑްސް އެވެ. މިމެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ލަނޑެއްޖެހިފައި ނެތުމުގެ ސަބަބުން މެޗުގެ ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޖަހައިގެން 2 ލަނޑު 1 ލަނޑުން މެޗު ކާމިޔާބުކުރީ ކްލަބަ ނަފާއެވެ. ކްލަބް ނަފާއަށް ކާމިޔާބުކޮށްދިން 2 ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެޓީމްގެ ޖާޒީ ނަންބަރ 11 ހުސެއިން އަބްދުލް ރަޝީދު އާއި ޖާޒީ ނަންބަރ 20 މުހައްމަދު ހަސަނެވެ. ކުއަޑްސް އަށް ކާމިޔާބު ކޮށްދިން ހަމައެކަނި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ކުއަޑްސް ގެ ޖާޒީ ނަންބަރ 13 މުހައްމަދު ހަސަނެވެ. މި މެޗުގެ މޭން އޮފް ދަމެޗަކަށް ހޮވިފައިވަނީ ކްލަބް ނަފާގެ ޖާޒީ ނަންބަރ 20 މުހައްމަދު ހަސަނެވެ.
މެޗު ނިމުމުން މުބާރާތުގެ އެކިވަނަތަކަށާއި މުބާރާތުގައި އެހީތެރިވެދެއްވި ބޭފުޅުންނަށް އިނާމާއި ހަނދާނީ ލިޔުން ބައްސަވައިދެއްވީ މެޗުގެ ޝަރަފުވެރި މެހެމާން ކުޅުދުއްފުށީ ކައުންސިލަރ އާދަމް ވަހީދުއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ބާނި ޔުނައިޓެޑްގެ ޖާޒީ ނަންބަރ 8 އަހުމަދު ޤާސިމްއެވެ. މުބާރާތުގަ އެންމެ ގިނަ ލަނޑުޖަހި ކުޅުންތެރިޔަކަށް ހޮވިފައިވަނީ މިނީ ޒިގްޒެގްގެ ޖާޒީ ނަންބަރ 7 މުހައްމަދު ހަސަނެވެ. ފެއާޕްލޭ ޓީމަކަށް ހޮވުނީ އަންމުއެވެ. މުބާރާތުގެ ރަނާއަޕް ޓީމަކީ ކުއަޑްސްއެވެ. ޗެމްޕިއަންޓީމަކީ ކްލަބް ނަފާއެވެ.
ރޭ ކުޅެވުނު ފައިނަލް މެޗު ފެށުމުގެ ކުރިންވަނީ ކުޅުދުއްފުށީ ދެކުނު އަވަށު ޒުވާނުންގެ ދިރުމުގެ ވެބްސައިޓް ލޯންޗް ކޮށްފައެވެ. މިސައިޓްގެ އެޑްރެހަކީ www.zuvaanungedhirun.com އެވެ.













ހުސޭނު ވިދާޅުވީ
ތާރީޚް:26/09/2009
ސައިޓްގެ ފޮޓޯތައް ކޮލިޓީ ރަގަޅު ކުރަން ޖެހޭ އެބަ.
ބޯއްޓޭ ވިދާޅުވީ
ތާރީޚް:27/09/2009
ކަނުއަނދިރީގަ ކުޅެފަ އިނާމު ދީފަ، މިކަންކަން ކުރަންޏާ ފޮޓޯވެސް ކަނުވާނެ. އެތަނުގެ ލައިޓްތައް ރަނގަޅު ކުރަން އުޅެގަ. މުބާރާތްވެސް މި ބޭއްވުނީ ޖަމިއްޔާއިން އަމިއްލައަށް ލައިޓްލައިގެން ވިއްޔާ.
ގަމާރު ވިދާޅުވީ
ތާރީޚް:27/09/2009
އެ ބުނާ ޒުވާނުންގެ ދިރުން ސައިޓް ސަޅި! އެކަމަކު ފޮންތް ބޮޑުކުރާކަށް ނޭނގުނު. އެނުވެސް ކިޔުނު. ކޮނޗމެވެސް ކުއްޖަކު އެ ރަނގަޅު ކުރާނެގޮތް ބުނެދީބަލަ! މިއިންނަނީ އެސައިޓް ކިޔާހިތުން!
ހޯރަ ސޮރު ވިދާޅުވީ
ތާރީޚް:27/09/2009
ޢަބުދުﷲ ތީ ފިރިހެނެއްތަ.ހެހެ. މިރަށު ގިނަމީހުން ކުރާކަމެއްގެ ހަބަރު މިސައިޓްގަ ހުންނާނީ!