ކުޅުދުއްފުށީގައި އިތުރު ޖަމިއްޔާ ތަކެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތައް މިދުވަސްވަރު ވަނީ އިތުރު ވެފައެވެ. ކުޅުދުއްފުށީގެ ދެކުނު އަވަށު ޒުވާނުން އިސްނަގައިގެން ޖަމިއްޔާ އެއް އުފެއްދުމާއި ގުޅިގެން އިރުމަތީ އަވަށުންނާއި އުތުރު އަވަށުންވެސް އާ ޖަމިއްޔާތަކެއް ހަދަން އުޅޭކަމުގެ ހަބަރު ނުރަސްމީ ސިފައެއްގައި ދަނީ ފެތުރެމުންނެވެ. އެންމެ ފަހުން އުފެދުނު ޖަމިއްޔާގެ ނަން ހަމައެކަނި ކުޅުދުއްފުށީގެ ދެކުނު އަވަށުގެ ޒުވާނުންނަށް ނިސްބަތްވާތީ އިތުރު އަވަށްތަކުން ޖަމިއްޔާތައް ހެދުމުގެ ފޯރި ގަދަވަނީކީ ނޫންބާވައެވެ؟
ކޮންމެ އަކަސް ތުންތުން މަތިން ލިބެމުންދާ ހަބަރުތައް މިހެން ހުރުމުން، ކުޅުދުއްފުއްޓަށް އިތުރު ޖަމިއްޔާތަކެއް އުފަންވުމުގެ ވަގުތު ކައިރި ވާން ފަށައިފި ކަމުގެ އިހްސާސް ކުރެވެން ފަށައިފިއެވެ. ގިނަ ޖަމިއްޔާތަކެއް އުފެދިގެން އައުމަކީ، އޭގެ ޒާތުގައި މައްސަލައެއް ނޫނެވެ. ކޮންމެ އަވަށަކުން، ކޮންމެ ގެއަކުންވެސް ޖަމިއްޔާ އެއް ހެދިދާނެއެވެ. އެހެނީ، ޖަމިއްޔާ ޖަމާއަތްތައް ހެދުމާއި އެފަދަ ޖަމިއްޔާތަކުގައި ބައިވެރި ވުމުގެ ހައްޤު ދިވެހި ކޮންމެ ރައްޔިތަކަށްވެސް ގާނޫނު އަސާސީން ވަނީ ލިބިދީފައެވެ.
ކުޅުދުއްފުށީގައި މިހާރުވެސް އެތައް ޖަމިއްޔާއެއް ވަނީ އުފައްދާފައެވެ. އޭގެތެރޭގައި ކުޅުދުއްފުށީ ޒުވާޏުންގެ ޖަމިއްޔާ، މަގުލަސް ކުލަބް އަދި ކުޅުދުއްފުށީ ދެކުނު އަވަށު ޒުވާނުންގެ ދިރުން ހިމެނެއެވެ. ކުޅުދުއްފުއްޓަށް އެންމެ ފަހުން އުފަންވި ޖަމިއްޔާގެ ނަން ކުޅުދުއްފުށީގެ ވަކި އަވަށަކަށް ނިސްބަތް ވުމަކުން މައްސަލައެއް އޮތް ކަމަކަށް ނުފެނެއެވެ. އަދި ހަމަ އެހެންމެ ދެން އުފައްދާ ޖަމިއްޔާތައް ވެސް ވަކި ބަޔަކަށް ނިސްބަތްކޮށް އުފެއްދުމަކީ އޭގެ ޒާތުގައި މައްސަލައެއް އޮތް ކަމެއްވެސް ނުމެ ނޫންމެއެވެ.
ކޮންމެ ބަޔަކު ކޮންމެ ނަމެއް ކިޔައިގެން ޖަމިއްޔާއެއް ހެދި ކަމުގައި ވީނަމަވެސް ކޮންމެ ޖަމިއްޔާއެއްގެ މަޤްޞަދަކަށް ވާނީ، އެއިރަކު އޮތް ހާލަތައް ވުރެ ރަނގަޅު ހާލަތެއް ހޯދުމެވެ. ތަރައްޤީ ގެ ރޮނގުގައި ވިޔަސް، ކުޅިވަރުގެ ރޮނގުގައި ވިޔަސް އަދި އެނޫންވެސް ރޮނގަގުން އެއިރަކު އޮތް ހާލަތަށް ވުރެ ރަނގަޅު ހާލަތަކަށް ބަދަލު ކުރުމެވެ.
ކުޅުދުއްފުށީގައި ކިތައްމެ ޖަމިއްޔާއެއް އޮތްކަމުގައި ވީނަމަވެސް، އެޖަމިއްޔާތަކުގެ ސަބަބުން ރައްޔިތުންނަށް ފައިދާއެއް ލިބޭނީ ޖަމިއްޔާ ތަކުން މިހާރު ގެންގުޅޭ ވިސްނުން ބަދަލުކޮށް، ޖަމިއްޔާތައް ތަޞައްރަފު ފުދިގެންނެވެ. ޖަމިއްޔާތައް ގިނަވުމުގެ ނަތީޖާ އަކަށް ވާންޖެހޭނީ ރައްޔިތުންނަށް އަދި މުޅި އާއްމު މުޖުތަމައަށް ލިބޭ ފައިދާ އިތުރުވުމެވެ. ބައިބައި ވުމާއި ދެކޮޅުވެރިކަމާއި މުޖުތަމައުގެ އަފުރާދުންގެ މެދުގައި ނަފްރަތު އުފެދިގެންދާ ފަދަ އެއްވެސް ކަމެއް އެއްވެސް ޖަމިއްޔާ އަކުން ކުރުމަކީ ކޮށްގެން ވާނެކަމެއް ނޫނެވެ. އެހެން ޖަމިއްޔާއަކުން ރައްޔިތުންނަށް ފައިދާވާފަދަ ކަމެއް ކުރުމުން އެކަމާ ހަސަދަ ވެރި ވުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެކެވެ. އޭގެ ބަދަލުގައި ތިމާ އެޖަމިއްޔާ އަކަށް ނިސްބަތްވާ ޖަމިއްޔާއިން އެއަށްވުރެ ރަނގަޅު މޮޅު ކަމެއް ކުރުމަށް ވިސްނުން މާ ރަނގަޅުވާނެއެވެ.
ކުޅުދުއްފުށީ ޒުވާނުންގެ ޖަމިއްޔާ އާއި މަގުލަސް ކުލަބްގެ ދިގު މާޒީގައި ގުނާ އަދަދު ނުކުރެވޭހާ ގިނަ ކަންތައްތަކެއް ކުޅުދުއްފުއްޓަށް ވަނީ ކޮއްދީފައެވެ. އެކަންތައްތަކަކީ އަޅުގަނޑުމެން އެއްވެސް އިރެއްގައި ހަނދާން ނައްތާލައިގެން ވާނޭ ކަންތައްތަކެއް ނޫނެވެ. އަލަށް އުފައްދާ ޖަމިއްޔާތަކުންވެސް މިކަންތައް ދަންނަންޖެހޭނެއެވެ. އަދި ކޮށްދީފައިވާ ކަންތައްތަކުގެ އަގުވަޒަންވެސް ކުރަންޖެހޭނެއެވެ.
އަލަށް އުފެއްދި ޖަމިއްޔާއިން މިވީ މަދު ދުވަސްކޮޅުގައި ގިނަ ހަރަކާތްތަކެއް ހިންގި ނަމަވެސް، ދާއިމީ ގޮތެއްގައި ފޭރާން ރަނގަޅު މަސައްކަތްތަކެއް ކުރުމަށް ވިސްނަންޖެހެއެވެ. ބައެއް ފަރާތްތަކަށް ޖަމިއްޔާ އެކޭ ބުނުމުން މާނަ ކުރެވެނީ، އެއީ ހަމައެކަނި ކުޅިވަރު ތައް ކުޅުމަށް އޮންނަ ބައެއްގެ ގޮތުގައެވެ. އަނެއް ބަޔަކު ގަބޫލު ކުރާ ގޮތުގައި ޖަމިއްޔާ ތަކުން މުޅިންވެސް ކުރަން ޖެހޭނީ ރަށު ތެރެ ސާފު ކުރުމާއި މަސައްކަތު ދުވަސް ފާހަގަ ކުރުންފަދަ ކަންކަމެވެ. މިއަށްވުރެ އަޅުގަނޑުމެންގެ ވިސްނުން އެހެން ހަރުފަތަކަށް ގެންދަން ޖެހެއެވެ. އަޅުގަނޑުމެންގެ ލޯ މިއަށްވުރެ ބޮޑަށް ހުޅުވަންޖެހެއެވެ.
ތަފާތު ޖަމިއްޔާތަކުގެ މަޤްޞަދުތައް ވެސް ތަފާތު ވާނެއެވެ. ކުޅުދުއްފުށީގައި މިހާރު އުފެދިފައި ހުރި ޖަމިއްޔާ ތަކުންނާއި އަދި ކުރިއަތް އޮތް ތަނުގައި އުފެދިގެން އަންނަ ޖަމިއްޔާ ތަކުންވެސް ވިސްނުން ގެންގުޅެންޖެހޭނެ ދެތިން ކަމެއް ފާހަގަ ކޮށްލަމެވެ. އެގޮތުން ގިނަ ޖަމިއްޔާ ތަކެއް އޮތުމަކީ، ރަނގަޅު ކަމެއްކަމަށް ބަލައި، ޖަމިއްޔާތަކުގެ މެދުގައި ގުޅުން ބަދަހި ކުރުމަކީ މުހިއްމު ކަމެކެވެ. ކުޅުދުއްފުށީގެ ތަރައްޤީ އަށް މަސައްކަތް ކުރުމަކީ ކުޅުދުއްފުށީގެ ޖަމިއްޔާ ތަކުން ކުރަންޖެހޭނެ ކަމެއްކަން ގަބޫލު ކުރުމާއި، ރަށުގައި ހުރި ތަފާތު އިޖްތިމާއީ ބަލިތައް ނައްތާލުމަށް ހުރިހާ ޖަމިއްޔާތަކެއް އެކު އެކީ މަސައްކަތް ކުރަންޖެހެއެވެ. ދޭދޭ ޖަމިއްޔާތަކުގެ މެދުގައި ވާދަވެރިކަން އޮތް ނަމަވެސް ރަށުގެ ފައިދާ އަށް ކުރާ ކަންކަމުގައި އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވާން ޖެހޭނެއެވެ. ޖަމިއްޔާތަކުން ކުރާ ހަމައެކަނި ކަމަކީ ފުޓުބޯޅަ ކުޅުން ކަމަށް ބުނާ ގިނަ ބަޔަކު ކުޅުދުއްފުށީގައި އެބަތިއްބެވެ. އެފަދައިން އެމީހުން ބުނަމުން އެގެންދަނީ، ކޮންމެވެސް ސަބަބުތަކެއް އެކަމުގެ ފަހަތުގައި ވާތީއެވެ.
ކުޅުދުއްފުއްޓަށް ނަޒަރު ހިންގާލާއިރު މުހިއްމުކަން ދޭން ޖެހިފައިވާ ކަންކަން ފެންނަން އެބަހުއްޓެވެ. އެގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރުމާއި، ހަކުރު ބަލި ފަދަ ބަލިތަކުގައި އުޅޭ ފަރާތްތަކަށް ޖަމިއްޔާގެ ފަރާތުން އެހީތެރިކަން ފޯރު ކޮށްދިނުމާއި، ރައްޔިތުންގެ އާއްމު ސިއްހަތަށް ބުރޫ އަރާފަދަ ކަންކަން ހުށްޓުވަން މަސައްކަތް ކުރުމާއި، ތަފާތު ދާއިރާތަކަށް ކުޅުދުއްފުށީގެ ރައްޔިތުން ހޭލުންތެރި ކުރުވުމާއި، ކުޑަކުދިންނަށް ކުޅިވަރު ކުޅެ ހިތްހަމަ ޖައްސާލާނެ ވެއްޓެއް ގާއިމު ކޮށްދިނުމާއި، ދީނީ ކަންކަމަށް ރައްޔިތުން ހޭލުންތެރި ކުރުވުންފަދަ ކަންކަން ކުރެވިދާނެއެވެ. އަދި ހަމަ އެހެންމެ ފުޓުބޯޅަ ނޫން އެހެން ކުޅިވަރުތައް ރަށަށް ތައާރަފް ކޮށް އެކުޅިވަރުތައް ތަރައްގީ ކުރުމަކީ، މިހާރުވެސް ކުރެވިދާނެ ކަންތައް ތަކެވެ. އުމުރާނީ ގޮތުން ތަރައްޤީ ވަމުން އަންނަ “ކުޅުދުއްފުށި” ތަހުޒީބު މުޖުތަމައެއް އޮތް ރަށަކަށް ހެދުމަށް މިހާރު އުފެދިފައިވާ ޖަމިއްޔާތަކުންނާއި އަލަށް އުފެއްދުމުގެ މަރުހަލާގައިވާ ޖަމިއްޔާތަކުންވެސް މަސައްކަތް ކުރަންޖެހެއެވެ. ކުޅުދުއްފުއްޓަކީ މިހާރަށް ވުރެ “މީހުން” ވެސް ތަރައްޤީ ވެފައިވާ ރަށަކަށް ހަދަން ޖެހެއެވެ.

ކަންނެއްސޮރު ވިދާޅުވީ
ތާރީޚް:29/09/2009
ތެދު ވާހަކައެއް. ހުރިހާ ޖަމިއްޔާތައް ގުޅިގެން ކަންތައްތައް ރޭވުމަކީ ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް. އެއްވެސް ކުއްޖަކު ނުތޮޅޭތި.
ކުޑަސޮރު ވިދާޅުވީ
ތާރީޚް:29/09/2009
މިހާރު މީގާވާނެގޮތަކީ ޖަމިއްޔާތައް ރަޖިސްޓްރީކުރެވިދާނެ. ކޮއްކޮމެންނޭ ބުނާކަށް މިހާރުވެސް މިރަށުގަ ރަޖިސްޓަރީ ވެފަ 10 ވަރަކަށް ޖަމިއްޔާ އެބައޮތް.
ސުކައިވެސް އަވަހައް ހިންގާކޮމެޓީއެއް އެކުލަވާލާ ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރަން ފަށަންވީ.
ކޮންމެތަނަކަށް ނިސްބަތްވިޔަސް ރައްޔިތުންނަށް ވާނީ އެއްގޮތް. މަށަށް އެނގިފަ އޮތް ގޮތުން ނަމަކުން ރިހައެއް ނުކެއްކޭނެ.
mohamed ވިދާޅުވީ
ތާރީޚް:29/09/2009
އަދި އޮވޭ ކުޅުދުއްފުށީ މަސައްކަތްތެރިންގެ ޖަމިއްޔާއޭ ކިޔާ ބައެއްވެސް އެޖަމިއްޔާ އޮންނަކަމެއް ނޭގޭދޯ ހަހާ؟
އަލިބެ ވިދާޅުވީ
ތާރީޚް:29/09/2009
މުހައްމަދުގެ ތިޔަ ވާހަކައަށް މަ ކަންފަތާ ބޮލުންވެސް ތާއިދު ކުރަން. ދެން މިހާރު މިއުޅޭ ދެކުނު އަވަށު ޖަމިއްޔާ އިން ހީކުރަނީ ކަންނޭގެ އެމީހުންނަށް ވަރަށް ގިނަ ކަންތައްތައް ކުރެއްވި ކަމަށް. ހަގީގަތުގައި މަގުލަސް ކުލަބުންނާއި ޖަމިއްޔާ އިން ކުރި ވަރާ ގާތަށްވެސް އމީހުންނަށް މަސައްކަތް ކުރުމަށް މަދުވެގެން 30 އަހަރު ނަގާނެ.
ދެން ޖަމިއްޔާތަކުގެ ލޯ ހުޅުވެން ޖެހޭނެ ކަމަށް މަވެސް ގަބޫލު ކުރަން. އަދި ޖަމިއްޔާއެއް ހެދުމަށް ފަހު ދެތިން މަސް ވާއިރަށް އެހާ ފޮނިވެގެން އުޅޭކަށް ނުވާނެ. މަގުލަހަށާއި ޒުވާނުންގެ ޖަމިއްޔާ އަށް އިހުތިރާމު ކުރަންޖެހޭނެ.
ބޮޑު ސޮރު ވިދާޅުވީ
ތާރީޚް:30/09/2009
މަގުލަހާއި ޒުވާނުންގެ ޖަމިއްޔާއިން ކުޅިވަރުކުޅުން ނޫންކަމެއްނުކުރޭ، ޒުވާނުންގެ ޖަމިއްޔާއިން އެންމެފަހުން ބޭއްވި ސްކްރީން ޕްރިންޓިން ކޯހުގެ ސެޓފިކެޓް ގަނޑު އަދިއަދަށް ދާދެންވެސް ނުލިބޭ މިހާރު 2އަހަރު ވަނީ މިއޮށްގެން، މަ ކިޔާއަޑު އެހިން މަގްލަހާއި ޒުވާނުންގެ ޖަމިއްޔާ އުވިއްޖޭ ވެސް
ސިތުރީން ވިދާޅުވީ
ތާރީޚް:30/09/2009
މިރަށުގެ ޖަމުއިއްޔާ ތަކުން ވަރަށް އެއްބާރުލުން ލިބޭކަން ފާހަގަ ކުރަން….. ނަމަވެސް ބައެއް ޖަމުއިއްޔާތައް އޮށްނަކަންވެސް ވަނީ ނޭގިފައި. މިކަންމިހެން ވަނީ ޖަމުއިއްޔާ ތަކުން ކުރާ މަސައްކަތް ތައް ކުޑަކޮށް މަދުވުންނާ އަދި ޖަމުއިއްޔާ ތަކުގެ އިސްތިހާރުތައް ނުކުރެވޭތީ…..
ކުޑަސޮރު ވިދާޅުވީ
ތާރީޚް:30/09/2009
އަލިބެތީ އަނެއްކާ މަގުލަހުން ބޮނޑިވަރުތަކެއް ލިބިގެން އުޅޭ މީހެއްތަ؟ ހާދާ ވަރެއްވެފައޭ ތިހިރީ
ޑަބޯ ވިދާޅުވީ
ތާރީޚް:30/09/2009
ތި މަގުލަސް އަށް ލިބޭހާ ލާރިއެއްކާލައިގެން ތިބެނީ މުހައިމިނު މެން. އެއްވެސް އިޖްތިމާއީ ހަރަކާތެއް އެމިހުން ނުހިންގާ ފުޓުބޯޅަ ކުޅުމުގެ އިތުރުން.
ބިސް ވިދާޅުވީ
ތާރީޚް:30/09/2009
މަގުލަހޭ އަބަދު ތިކިޔަނީ މަގުލަހަކީ ބަލަ ކުލަބެކޭ…. ޖަމިއްޔާއާއި ކުލަބު ވަރައް ތަފާތުވާނެ. އެ ތެދެއް މަގުލަހުން ފުޓްބޯޅަ މުބާރާތް ތަކެއް ބޭއްވި… އެހެން ކަމެއް ނުކުރޭ.
ދެންއޮތީ ޒުވާނުންގެ ޖަމިއްޔާ… އެމިހުން އެންމެފަހުން ކަރުދާސްކޮތަޅު ބެހިޔޯ. ހަމަ ގައިމުވެސް އެބުނާ ކޮތަޅެއް އަހަރެން ލޮލުން ނުވެސް ދެކެން.
ފައްތާހު ވިދާޅުވީ
ތާރީޚް:30/09/2009
އަސްލު މަގުލަހޭ ޖަމިއްޔާއޭ އަބަދު ކިޔެނީ އެމީހުން ހޯދާފައިވާ މަގުބޫލު ކަމެއްގެ ސަބަބުން. މިހާރު ކޮންމެ ހާލެއްގައި އޮތަސް
fefwefdf ވިދާޅުވީ
ތާރީޚް:30/09/2009
މަގްލަހާއި ޒުވާނުންގެ ޖަމިއްޔާގެ މަގްބޫލްކަމެއް އެބައޮތްތަ، ލިބޭހާލާރި ބޮޑެތި މީހުން ކާލަނީ، އެގޮތުން އެމީހުން މަޝްހޫރު