ސޮސައިޓީ ފޯރ ކުޅުދުއްފުށީ ޔޫތުގެ ނަމުގައި އާ ޖަމިއްޔާ އެއް އުފައްދައިފި
ސޮސައިޓީ ފޯރ ކުޅުދުއްފުށީ ޔޫތު (ސްކައި) ގެ ނަމުގައި ކުޅުދުއްފުށީގައި މުޅިން އާ ޖަމިއްޔާއެއް އުފައްދައިފިއެވެ. ޖަމިއްޔާ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތަކުން ކުޅުދުއްފުށީ ޑޮޓް ކޮމް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، މި ޖަމިއްޔާގެ މަގްޞަދަކީ ކުޅުދުއްފުށީގެ ތަރައްޤީ އަށް މަސައްކަތް ކުރުން ކަމަށެވެ. އަދި މި ޖަމިއްޔާ އަކީ ކުޅުދުއްފުށީގެ ވަކި ބަޔަކަށް ނުވަތަ ވަކި އަވަށަކަށް ނިސްބަތްވާ ޖަމިއްޔާ އެއް ނޫން ކަމަށާއި ޖަމިއްޔާގައި ބައިވެރި ވުމުގެ ފުރުޞަތު ހުރިހާ ފަރާތަކަށް ވެސް ހުޅުވިފައިވާ ކަމުގައެވެ.
ސެޕްޓަމްބަރު މަހުގެ 15 ވަނަ ދުވަހު ހޯމް މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވުނު މިޖަމިއްޔާ އަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި މަގްޞަދަކީ 200 މެމްބަރުން ހަމަވުމުން ޖަމިއްޔާ އިފްތިތާހުކޮށް ހިންގާ ކޮމިޓީ އެކުލަވާލުން ކަމަށް ސޮސައިޓީ ފޯރ ކުޅުދުއްފުށީ ޔޫތު އިން ހާމަކުރެއްވިއެވެ. މިޖަމިއްޔާގެ މުއައްސިސުންނަކީ، އަބްދުއްރަޙްމާނު ހަސަން މޫސުމް ހދ ކުޅުދުއްފުށި، މުޙައްމަދު އިބްރާހިމް އުއްދަނޑިމާގެ ހދ ކުޅުދުއްފުށި، ހުސެން ޢަލީ ނެދުންގެ ހދ ކުޅުދުއްފުށި އަދި ޢަބްދުއްސަލާމް އިބްރާހީމް ޖަވާހިރުވާދީގެ ހދ ކުޅުދުއްފުށި އެވެ. މިޖަމިއްޔާގެ އިދާރާ އަކީ ކުޅުދުއްފުށީ ޖަވާހިރުވާދީގެއެވެ.

ކަންނެއްސޮރު ވިދާޅުވީ
ތާރީޚް:29/09/2009
މަރުހަބާ ސްކައި އަށް. ވަރަށް އުފާވެއްޖެ އަވަށަކަށް ނިސްބަތް ނުވީތީ. ފާގަތި މުސްތަގުބަލަކަށް އެދެން.
އުންމީދު ވިދާޅުވީ
ތާރީޚް:29/09/2009
ސަޅި ތީވެސް ރަށުގެ ތަރަށްޤީއަށް މަސައްކަތް ކުރާނެ ޖަމިއްޔާ އަކަށް ވާނެކަމަށް އުންމީދުކުރަން.
ދިރާސާ ވިދާޅުވީ
ތާރީޚް:29/09/2009
އަވަށަކަށް ނިސްބަތްވުމަކީ މައްސަލައެއެއް ނޫން، ކޮންމެ ކަމެއް އަދި ކޮންމެ އެއްޗަކީވެސް ކޮންމެވެސް ފަރާތަކަށް ނިސްބަތްވަނެ އެއްޗެއް
ބޮޑު ސޮރު ވިދާޅުވީ
ތާރީޚް:29/09/2009
ދިރާސާ ތިބުނީ ތެދެއް، ހަޤީގަތުގައި މިލިޔުމުގައި ވަކިއަވަށަކަށް ނިސްބަތްވާ ޖަމިއްޔާއެކޭ ލިޔެފައި އެއޮތީ ދެކުނު އަވަށު ޒުވާނުންގެ ދިރުން މިނަމުގައި ދެކުނު އަވަށް ރެޕްރެޒެންޓްކުރާތީ، އެކަމަކު ހަޤީގަތަކީ ސްކައި އުފެދުނީ ދެކުނުއަވަށު ޒުވާނުންގެ ދިރުން ވަކިއަވަށަކަށް ނިސްބަތްކުރީތީކަން، ދެކުނުއަވަށު ޒުވާނުންގެ ދިރުން ރަޖިސްޓްރީކުރުމަށްފަހު އާއްމުންނަށް މަޢުލޫމާތު ދޭންބޭއްވި ބައްދަލުވުމަށް އަހަރެން ދިޔައިން ، އެބައްދަލުވުމުގައި ދެކުނު އަވަށު ޒުވާނުންގެ ދިރުމުގެ މިހާރުގެ ރައިސް ބުނި ދެކުނު މިލަފްޒް ބޭނުންކުރީ އެހެން އަވަށްތަކުންވެސް މިފަދަ ޖަމިއްޔާ އުފެއްދުމަށް ބާރަކަށްކަމަށް އަދި އެމަގްސަދު ވަރަށް އަވަހަށް ހާސިލްވާނެކަމަށް އުއްމީދުކުރާކަމަށް، އެމަގްސަދު ހާސިލް ވީތާ، މަރުހަބާ ދެކުނުއަވަށު ޒުވާނުންގެ ދިރުން، މަރުހަބާ ސްކައި
ހަލީމް ވިދާޅުވީ
ތާރީޚް:29/09/2009
ކިތައްމެ ޖަމިއްޔާއެއްވެސް އުފެއްދިދާނެ، އެކަމަކު ކުޅުދުއްފުށީގެ ތައުލީމަށް އެއްވެސް ސަމާލްކަމެއް ރައްޔިތުންދޭބާ؟ މިކަމުގައި ޖަމިއްޔާތަކުގެ އެއްވެސް ރޯލެއްވޭބާ؟ ޖަވާހިރުވާދީގެ އަކީ މީހަކު ނޫޅޭ “ފަޅު” ގެއެއް! އެހެންކަމުން ތިޖަމިއްޔާއާމެދު ސުވާލު އުފެދޭ!
ޖާދޫ ވިދާޅުވީ
ތާރީޚް:29/09/2009
މިޖަމިއްޔާއަށް މަރުހަބާ ދަންނަވަން. ޖަމިއްޔާއެއްގެ ގޮތުގައި ކުރިއަށްގެންދާނެ ކަމަށް އުއްމީދުކުރަން. މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމައެކަނި ކުޅިވަރަށް އުފެއްދި ޖަމިއްޔާއެއް ނޫން މިއީ. މިޖަމިއްޔާގެ ކަންތައްތަކުގައި ހަރަކާތްތެރިވާތީ ފެންނަނީ ހަމަ ތައުލީމީ ޒުވާނުން. ކުރިމަގު ވަރަށް އުޖާލާ ވާނެ ކަމަށް ފެންނަނީ. އަވަށަކަށް ނިސްބަތްނުވެ އުފެއްދީތީ އުފާކުރަން. މަގުލަސް ކުލަބާއި ޒުވާނުންގެ ޖަމިއްޔާގެ ހަރަކާތްތައް މިހާރު ނުފެންނަނީ ކީއްވެބާ..؟
mee kaaku ވިދާޅުވީ
ތާރީޚް:29/09/2009
މިފަހަރު ޙިޔާލެއް ނޫން..! ސުވާލެއް…ތިޔަ ޖަމިއްޔާއަށް ރަޖިސްޓްރީވާން ހަދާނީ ކިހެނެއް….؟
ބޭބޭ ވިދާޅުވީ
ތާރީޚް:29/09/2009
ސްކައި ކިޔާ ޖަމިއްޔާއެއް އޮވޭ ކޮލަމާފުށީގައި. ސޮސައިޓީ ފޯ ކޮލަމާފުށީ ޔޫތު
SKY ވިދާޅުވީ
ތާރީޚް:29/09/2009
މިއީ ٍސްކައި އެއް ނޫން މިއީގެ އަސްލުނަމަކީ ސޮސައިޓީ ފޯރ ކުޅުދުއްފުށީ ޔޫތު ހެންހީވަނީ ކުރުގޮތެއްނޫން ބޭނުންކުރަންވީ
މަންގަނޑުމަތި ވިދާޅުވީ
ތާރީޚް:29/09/2009
ޖަމިއްޔާއަށް މަރުހަބާ. ފާގަތި މުސްތަގްބަލަކަށް އެދެން. ނަމޫނާ ޖަމިއްޔާއެއްގެ ގޮތުގައި ކުރިޔަށް ދާނެކަމަށް ހީކުރަން. ދެން ކޭޑީޒެޑްޑީ ކުދިންނާ ތަޅާނުފޮޅު ބަސްއަހައިގެން ކުރިޔަށްދޭ. އަދި ވޭތުވެ ދިޔަ 3 އަހަރު ޖަމިއްޔާތައް އިސްލާހުކޮށް ތަރައްގީ ކުރަން މިސައިޓުން ކުރި މަސައްކަތުގެ ނަތީޖާ މިއަދު މިފެންނަން ފެށީ. ސައިޓަށްވެސް ޝުކުރިއްޔާ.
sky ވިދާޅުވީ
ތާރީޚް:29/09/2009
ޖަމިއްޔާގެ ފޯމް ލިބޭނެ މުހައްމަދު ހަސަން ނިއުޕޯޓް އާގުޅުއްވުމުން
ވީހާގިނަ މެމްބަރުން ޖަމިއްޔާ އަށް ވަނުން ވަރަށް ބޮޑަށް އެދެން،އެހެން ޖަމިއްޔާއެއްގައި އުޅުއްވާ މެމްބަރަކަށްވެސް މިޖަމިއްޔާގެ މެމްބަރަކަށް ވެވިދާނެ
އަވަސް ކުރައްވާ މެމްބަރަކަށް ވުމުގެ ޝަރަފާއި ހަކްރު ހޯއްދަވާ
އިސްދަރިވަރެއް ވިދާޅުވީ
ތާރީޚް:29/09/2009
މިޖަމިއްޔާއަކި އެހެނުހެން ޖަމިއްޔާތަކަށް ލާމަސީލު ޖަމިއްޔާއަކަށް ވާނެކަމުގެ ފުރިހަމަ އިތުބާރުއެބައޮތް، މަރްހަބާ
sa ވިދާޅުވީ
ތާރީޚް:29/09/2009
ކުޑައިރުކޮޅެއްގެތެރޭގައި އެޕްލިކޭސަން ފޯމް މިސައިޓުން ޑައުންލޯކުރެވޭނެ.
އަށްޑަބިޔާ ވިދާޅުވީ
ތާރީޚް:29/09/2009
ބޭނުމީ ރީތިނަމެއް ޖަމިއްޔާއަށް ކިޔާކަސެއްނޫން ރަށަށާ ޖަމިއްޔާ އަށް ރީތިނަމެއް ހޯދައިދޭން އުތުރެއް ދެކުނެއް މިހާރަކު ކިޔާނެކަމެއްނެތް އަހަރެމެން އެކަތިގަނޑަކަށް ވެބަލަ..
Hellow ވިދާޅުވީ
ތާރީޚް:29/09/2009
މިހާރު މިސައިޓުން އެޕްލިކޭޝަން ފޯމް ޑައުންލޯޑްކުރެވެއް ހުންނާނެ.
ޢަބުދުﷲ ވިދާޅުވީ
ތާރީޚް:29/09/2009
ތިޔަފަދަޖަމިއްޔާތަކުން އާޚިރަތުގެ ގޮވަތި ފަހިކުރުމަށް އެއްބަޔަކު އަނެއްބަޔަކާއި ވާދަކުރާނޭނަމަ ހާދަހާވާރަނގަޅުވާނެއޭ ހިތްބުނެއެވެ.
އޭ އާރ ވިދާޅުވީ
ތާރީޚް:30/09/2009
ސްކައި ޖަމިއްޔާ އަކީ ވަކި އަވަށަކަށް ވަކިބައެއް ވަކިރަށެއް ހާއްސަކުރެވިގެން އުފައްދާފައިވާ ޖަމިއްޔާއެއްނޫން. މިޖަމިއްޔާގަ ކޮންމެމީހަކައްވެސް ބައިވެރިވުމުގެ ފުރުސަތުއޮވޭ… އަވަސްކުރއްވާ..ފޯމް ފުރުއްވާ..
މުހައްމަދު ވިދާޅުވީ
ތާރީޚް:30/09/2009
ދެރައީ ކޮންމެ ޖަމިއްޔާ އަކުންވެސް ބޮޑަށް ސަމާލު ކަންދެވިފައި އޮންނަނީ ކުޅިވަރަށްކަމަށް ވާތީ..
Hellow ވިދާޅުވީ
ތާރީޚް:30/09/2009
މިޖަމިއްޔާގެ މަގްސަދުތަކާއި އެއްގޮތަށް ގެންދެވޭނެކަމުގެ ފުރިހަމަ އިތުބާރުއެބައޮތް، އަދި ޖަމިއްޔާގެ މައިގަޑު މަގަސަދުތަކަކީ އިޖްތިމާއީ ތަފާތު ބޭނުންތަކުގެ މައްޗަބިނާކުރެވިފައިވާ މަގްސަދުތަކެއް. މިޖަމިއްޔާއަކީ ތިބޭފުޅުގެ އިތުބާރާއި ލޯބިލިބިގެންވާ ޖަމިއްޔާއަކަށްވާނެކަމުގެ ފުރިހަމަ ޔަގީއްކަން ދެން. އަޅުގަޑުއެދެނީ ވީހާގިނަ ބޭފުޅުއް މިޖަމިއްޔާގެ މެންބަރުއްނަށްވުން.
ޔެސް ވިދާޅުވީ
ތާރީޚް:01/10/2009
admin plzzz
ވަކި މީހަކައް ނުވަތަ ނަން ފާޅޫވާ ގޮތަށް ހުންން ކޮމެންޓު ޝާއިއު ނުކުރުން އެދެން…