Share

30 ހާސް މުވައްޒަފުން…

30 ހާސް މުވައްޒަފުން…
އިބްނު މޫސާ

އަޅުގަނޑު މި ރިޕޯޓު ލިޔަން މިފެށީ ރޭ ރައީސުލް ޖުމުހޫރިއްޔާ އދ ގެ އާއްމު ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށްފަހު އެނބުރި މާލެއައިސް “އާ ކުކުޅަކަށް ގާ ބިހެއް އެޅިގެން” އޫޅޭހެން ނޫސްވެރިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންނެވެ. މި ޖުމްލަ ހަމަ ނުޖެހުނު ކަމުގައި ވިޔަސް ދެން އަޅުގަނޑު ދައްކަން މިއުޅެނީ ހަމަ ޖެހޭ ވާހަކައެކެވެ.

ރައީސުލް ޖުމުހޫރިއްޔާ މިދެންނެވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވިދާޅުވެފައިވަނީ، ދިވެހިރާއްޖެއަށް ލިބޭ 7 ބިލިއަން ރުފިޔާގެ ތެރެއިން 5 ބިލިއަން ރުފިޔާ ‘ހަމައެކަނި’ ސަރުކާރުގައި އުޅޭ 30 ހަކަށް ހާސް މުވައްޒަފުންނަށް ދީފައި ދެން ބާކީ ތިބި މީހުން ބިކަހާލުގައި އުޅޭވާހަކައެވެ. ރައީސްގެ މި ވާހަކަފުޅަށް ފުންކޮށް ވިސްނާލުމުން އަޅުގަނޑުގެ ހިތަށް ވަރަށް ގިނަ ތަފާތު ޝުއޫރުތަކެއް ވެރިވެގެން ދިޔައެވެ. އެހެނީ، ސަރުކާރުގައި އުޅޭ 30 ހަކަށް ހާސް މުވައްޒަފުން ނަށް ލިބޭ މުސާރަ ހަރަދު ކުރަނީ ހަމައެކަނި އެ 30 ހަކަށް ހާސް މުވައްޒަފުންގެ އަމިއްލަ ބޭނުމަކު އެކަންޏެއް ނޫނެވެ. އެވިދާޅުވި 30 ހަކަށް ހާސް މުވައްޒަފުންނަށް ލިބިގެންދާ މުސާރަ އަކީ އޭގެ ތިންގުނަ އިތުރު ބަޔަކަށް އެފައިސާއިން ހަރަދު ކުރާ އެއްޗެކެވެ.

ރައީސުލް ޖުމުހޫރިއްޔާ ވޯލްޑް ބޭންކާއި އައިއެމްއެފް އާ ބައްދަލު ކުރެއްވީ ސަރުކާރާ ހަވާލުވުމުގެ ކުރިން ރައްޔިތުންނަށް ވެފައިވާ ވަޢުދު ތައް ފުއްދުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ބޭނުމުގައެވެ. މިކަމުގައި އެއްވެސް މައްސަލައެއް ނެތެވެ. އެހެންނަމަވެސް މިހާރު ކަންކަން ވަމުން މިދާ ގޮތަށް ބަލާއިރު، ރައީސްގެ ފަސް ވަޢުދު ފުއްދަން މިޖެހެނީ އެވިދާޅުވާ 30 ހަކަށް ހާސް މުވައްޒަފުންގެ މުސާރަ ގުރުބާން ކުރުމަށް ފަހުގައެވެ.

އެވިދާޅުވާ 30 ހަކަށް ހާސް މުވައްޒަފުންނަކީ ވެސް ހަމަ ދިވެހި ރައްޔިތުންނެވެ. އެވިދާޅުވާ 30 ހަކަށް ހާސް މުވައްޒަފުންނަކީ، ދިވެހި އެތައް ރައްޔިތުންނަކަށް ހަރަދު ކުރުމުގެ މަސްއޫލިއްޔަތު އުފުލަމުންދާ ބަޔެކެވެ. ގައުމުގެ އާމްދަނީ އަކީ 7 ބިލިއަން ކަމަށް ވިދާޅުވާއިރު އަހަރުގެ މެދުތެރެއިން ދައުލަތުގެ އާމްދަނީ އަކީ 5 ބިލިއަން ކަމަށް ބުނެ ކިތައް އޮފީހުގެ ބަޖެޓުން މިލިއަނުން ރުފިޔާ އުނިކުރީމު ހެއްޔެވެ. އަދިވެސް އެވަރުން ފޫނުބެދެނީ ހެއްޔެވެ. ތިޔަ ވިދާޅުވާ 5 ބިލިއަން ރުފިޔާ އަކީ ގަނޑުކޮށް ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު 30 ހަކަށް ހާސް މުވައްޒަފުންނަށް ދޭ އެއްޗެއް ހެއްޔެވެ؟ އެހެން ކަމަށް ނުވާނަމަ މިވީ 9 ވަރަކަށް މަސް ދުވަހުގެ ތެރޭ އެމިންވަރަށް ދައުލަތަށް ފައިސާ ނުހޯދުނީ ކީއްވެހެއްޔެވެ؟ ސަބަބަކީ ކައުންސިލަރުންނަށް މާގިނައިން ދޭން ޖެހުންތޯއެވެ. ނޫނީ ސްޕެޝަލް އެންވޯއީ އަށާއި ޕޮލިޓިކަލް އެޑްވައިޒަރަށް މާގިނައިން ހަރަދު ވަނީ ބާވައެވެ. ނޫނީ ފަސް ވަޢުދު ފުއްދުމަށް ލާރިކޮޅު ފޮރުވަނީ ކީ ނޫންބާވައެވެ.

ކޮންމެ އަކަސް މިއަދު އަޅުގަނޑު ވަރަށް ދެރަވެއްޖެއެވެ. އެއީ 30 ހަކަށް ހާސް މުވައްޒަފުންނަށް ދައުލަތަށް ލިބޭ ހުރިހާ އެއްޗެއް ދިނުމަށް ފަހު ދެން ބާކީ ތިބި އެންމެން ބިކަހާލުގައި އުޅޭކަމަށް ވިދާޅުވީތީއެވެ. ހަމަ ޔަގީނުންވެސް އަޅުގަނޑަށް ލިބޭ މަހު އެތިކޮޅުން ދިވެހި ރައްޔިތުންގެ ތެރެއިން ތިން ރައްޔިތަކަށް ސީދާ ގޮތުން ހަރަދު ކުރަމެވެ. އަޅުގަނޑުގެ އަދަދަކީ 3 ކަމުގައި ވީނަމަވެސް ބައެއް ފަރާތްތަކުގެ އަދަދު ތައް އުޅޭނީ 7 ން 10 ން ނެވެ. ދެން އެވިދާޅުވާ “ބާކީ ތިބި މީހުން” އެހާ ބިކަހާލުގައި އުޅޭނަމަ އިސްލާމިކް މިނިސްޓްރީން ޒަކާތް ނެގުމަށް ފަހު އަވަހަށް ބިކަހާލުގައި އުޅޭ ރައްޔިތުންނަށް ދެއްވާށެވެ. އެއް މިނިސްޓަރަކު ފަގީރުން މަދުކަމަށް ވިދާޅުވާއިރު މަނިކުފާނު ތިޔަ ވިދާޅުވަނީ 270000 މީހުން އުޅެނީ ބިކަހާލުގައިކަމަށެވެ. އދ ގެ އާއްމު މަޖިލީހުގައި އަޑަށް ބާރުލާފައި އަހަރެމެންނަށް އެހީ ވުމަށް ގައުމުތަކަށް ގޮވާ ނުލީ ކީއްވެހެއްޔެވެ؟ އިޒްރޭލާ “ރަށްޓެހިވާ” ވާހަކަ ވިދާޅުވި ގޮތަށް އާދޭހުގެ ރާގަކަށް ދެރަވެ ހިތާމަކުރާ ހާލު މުޅި ދުނިޔެއަށް އަޅުގަނޑުމެންނަށް އެހީ ވުމަށް ގޮވާނުލީ ކީއްވެހެއްޔެވެ؟

‮ ‬18‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ޖާދޫ‮ ‬ވިދާޅުވީ


    ތާރީޚް:30/09/2009

    މި ލިޔުމުގައި މިވަނީ ހަމަ އަސްލުވެސް އަޅުގަނޑުވެސް ހިތަށްއެރި ގޮތަށް. އާބާދީގެ ނިސްބަތުން 30 ހާސް މީހުން ސިވިލްސަރވިސް އަށް ގިނަ ވާހަކަ ދައްކާއިރު، އާބާދީ ބެހިގެން ވަނީ ކިހިނެއްތޯ ސުވާލު ނޫފެދޭ ހެއްޔެވެ. އާބާދީ ބެހިފައި ވަނީ ޖަޒީރާ ރަށްތަކަކަށް ވީހިނދު ކޮންމެ ރަށަކަށް ވެސް ސިވިލް ސާރވިސް މުވައްޒަފުން ބޭނުންވާނެ ވާހަކަ ނުދައްކަނީ ކީއްވެހެއްޔެވެ. އެއްފަސްގަޑަކަށް އޮންނަ ގައުމުތަކާއި މި ގައުމު އަޅުވާނުކިޔަމާހެއްޔެވެ.

  2. މުހައްމަދު‮ ‬ވިދާޅުވީ


    ތާރީޚް:30/09/2009

    ސަރުކާރުން ގިނަ މުވައްޒަފުން ތަކެއް ކަނޑަން ގަސްތު ކޮށްފައިވާއިރު، އަދި މުވަށްޒަފުންތަކެއް ކެނޑި އަސް ކޮންމެ މީހަކުވެސް ކޮންމެވެސް މަސައްކަތެއް ކުރަންޖެހޭ،އެހުރިހާ މީހުން ސަރުކާރުން މަދުކުރަން ވިސްނާއިރު އަޅުގަނޑު ހިތައްއަރާ ސުވާލަކީ ދެން އެހުރި ހާމީހުން އަދާކުރާނީ ކޮންވަޒީފާތަކެއްބާ؟ އަދި އޭގެސަބަބުން ރާއްޖޭގެ އިގްތިސޯދް ކުރި އަރާނެބާ؟

  3. މަޖުބޫރު‮ ‬ވިދާޅުވީ


    ތާރީޚް:30/09/2009

    އަސްލުވެގެން އުޅޭގޮތަކީ ތިއެއްވެސް ނޫން މިހާރުގެ ސަރުކާރަށް ހީވަނީ ހަމަ ސިވިލްސާވީސްގައިމިއުޅޭމީހުން މިސަރުކާރަކަށް ނޫނޭމިމަސަކަތްކޮށްދެނީހީވަނީހަމަ އެމީހުނަށް(ސަރުކާރަށް) ހީވަނީ އަދިވެސް ސިވިލްސާރވިސް މުވައްޒަފުން މިމަސކަތްކޮށްދެނީ މައުމޫނަށޭ (މުސާރަކުޑަކުރީމަ ދެނަސިވިލް ސާވީސް މުވައްޒަފުން އަމިއްލަޔަށް ކެނޑެންވީ) ސަރުކާރަކުން ނެއް މިހާރު ސިވިލްސާވީސް މުވައްޒަފުން ކެނޑުމުގެ ބާރެއް އެއީމިވާގޮތަކީ މައުމޫންގެ ވިރިކަން ނިމުމުގެކުރިން ސިވިލްސާވީސް ކޮމިސަނެއްއުފެދި އެ ކޮމިސަން ގެ ދަށައް ހުރިހާ މުވައްޒަފުންދިއަކަން އެއީ މިހާރު މިހުރިހާމުވައްޒަފުން ނަށް ލިބުނުވަރަށްބޮޑު ހިމާޔަތެއް!!!!!!!

  4. ހަލީމް‮ ‬ވިދާޅުވީ


    ތާރީޚް:30/09/2009

    ސާބަސް ލުންތެރިޔާއަށް! އަންނިއަށް ހަމަ ހީވަނީ ސިވިލްސާވެންޓުން އޭނަޔަށް ކޮންޓްރޯލް ނުކުރެވިދާނެޔޭ.ހާދަ އުއްމީދަކާ އެކުއޭ އަންނިއަށް ވޯޓްލީ!

  5. ސިތުރީން‮ ‬ވިދާޅުވީ


    ތާރީޚް:01/10/2009

    ގަދަ ކަލޭ!!!! މިލިޔުން ލިޔުން ކުއްޖާއަށް

  6. ބޮޑުބޭބެ‮ ‬ވިދާޅުވީ


    ތާރީޚް:01/10/2009

    މި ހުރިހާމީހުން ވަޒީފާއިން ވަކިކުރުމުން ރާއްޖޭގެ ހައްތާ ފަގީރުން ގިނަވާނީއެއް ނޫންތަ؟
    މިހާރު އަންނިއަށް ވޯޓް ލެވުނު މޮޔަހީވޭ … އަންނި އިސަތިއުފާ…..

  7. ބޭބޭ‮ ‬ވިދާޅުވީ


    ތާރީޚް:01/10/2009

    މުވައްޒަފުން މަދުކުރުމަކީ ތަޢިދު ކުރާކަމެއް. މިހާރުވެސް ބަލާލަބަލަ މިރަށުގައި ހުރި އޮފީސްތަކުގައި އެއްވެސް މަސައްކަތެއް ނެތިފައިތިބި ކިތައް މީހުންތިބިތޯ. ހެނދުނު ސޮއި ކޮށްލުމާއެކު އިންޓަރނެޓަށް ވަންނަމިޙާ އެކަމުން ސަލާމަތްވަނީ އޮފީހުން ނުކުންނަންވީމައެވެ. މިކަހަލަ ކިތަންމެ ބަޔަކު ދަންނަމެވެ. އަދި ކުރަންހަވާލުކުރާ މސއްކަތް ނުކުރެވޭ ނާގާބިލު މީހުންވެސް ތިބީ އިންތިހާއަށެވެ. އެމީހުންވެސް ވަކިކުރަންޖެހެއެވެ. ކުރަންމިއުޅޭ ކަންތައް ކުރެވޭނެ ކަމާމެދު ޝައްކެވެ. ނަމަވެސް އެއީ ކުރަންވެއްޖެ ކަމެކެވެ.

  8. ދޮއްތޮ‮ ‬ވިދާޅުވީ


    ތާރީޚް:01/10/2009

    މަސައްކަތް ނެތުން އެއީ މުވައްޒަފުންގެ މައްސަލައެއް ނޫން…ހަވާލުވާކަމެއް ނުނިމިފަ އޮވެއްޖެނަމަ އެއީ މުވައްޒަފުންގެ މައްސަލައެއް.ބޭކާރު ވިސްނުން ދޫކޮށް ރައްޔިތުން ނަށް ފައިދާވާ ގޮތައް ވިސްނާ…

  9. މުވައްޒަފުން‮ ‬ވިދާޅުވީ


    ތާރީޚް:01/10/2009

    އަންނި އިސަތިއުފާ…..މުވައްޒަފުން މަދުކުރުމަކީ ތަޢިދު ކުރާކަމެއް ނޫން…

  10. ފާޅުކުރައްވާ‮ ‬ވިދާޅުވީ


    ތާރީޚް:01/10/2009

    މަސައްކަތް ނެތުން އެއީ މުވައްޒަފުންގެ މައްސަލައެއް ނޫން
    މި ހުރިހާމީހުން ވަޒީފާއިން ވަކިކުރުމުން ރާއްޖޭގެ ހައްތާ ފަގީރުން ގިނަވާނީއެއް ނޫންތަ؟
    މި ލިޔުމުގައި މިވަނީ ހަމަ އަސްލުވެސް

  11. އާދަންފުޅު‮ ‬ވިދާޅުވީ


    ތާރީޚް:01/10/2009

    ކޮބާތަ ތިގެނެސްދިން ސުވާލު މުބާރާތުގެ ނަތީޖާ؟
    ކޮން ގޮލަޔަކަށްތަ ރުފިޔާ ބޮނޑީ ލިބުނީ؟
    ކޮންމެވެސ ކުއްޖަކު ބޭބެއަށް އަންގާލަދީބަލަ!

  12. އަށްޑަބިޔާ‮ ‬ވިދާޅުވީ


    ތާރީޚް:02/10/2009

    ސިވިލް ސާވސް އުފެއްދީމަ މާސަކަރާތޭނުން އަންނިބޭނުން ވަނީ ސަރުކާރުގަ އޭނަ އެކަނި ހުންނަން ކަންނޭގެ ހިހި

  13. އަތަރު ބިލިގާ‮ ‬ވިދާޅުވީ


    ތާރީޚް:02/10/2009

    ވަރަށް ފީކަޅާވެއްޖެ މި ސައިޓް. ފެންވަރު ރަނގަޅު ކިޔާ ހިތްވާކަހަލަ ލިޔުމެއްވެސް މިޔަކު ނުހުރޭ މިހާރު. އަޕްޑޭޓް ވަނީވެސް ހާލަކުން ފަހަރަކު. ކުރީގައި ހުރި ފޯރިއެއްވެސް މިޔަކުނެތް.

    ކުރިން ލިޔުނު ލިޔުންތަކުގެ ސްޓައިލަށް ހުންނަ ލިޔުމެއްވެސް ނުފެނޭ. އެ މީހުން ވީ ތަނެއްވެސް އެނގެނިއްޔެއް ނޫން.

  14. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:02/10/2009

    މީވަރަށް ތާކުންތާކު ނުޖެހޭ ވަރަށް ޒާތީ ގޮތްބޮޑު ލިއުމެއް.މިލިއުން ލިއުނު ފަރާތަށް ނޭގެނީބާ ރާއްޖެއަށް އެހީވުމަށް އދ ގެ ޖަލްސާގައި ރައީސް މުޅިދުނިއެއަށް ގޮވާލެއްވިކަމެއް. ސަރުކާރު ދެކެރުޅިއެރިއަސް ތަންފުކެއްބޮޑުވަރުތީ. އަތަރުބިލިގާ ތިޔަ ބުނީ ހަމަ ރަނގަޅަށް ދެފުށް ފެންނަ ބެލެންސް ލިއުމެއް މިހާރަކު ނުފެނޭ މިސައިޓަކުން. ސިވިލް ސަރވިސް މުއައްޒަފުން ކަޑައިގެންވެސް މިގައުމު ކޮޅަށް ޖަހަންވެއްޖެ .މިގައުމު އަބަދާ އަބަދު ދަރަނިން ސަލާމަތް ނުވެގެން އެހެންނޫނިއްޔާ އުޅެންޖެހޭނީ.މަށަށް ހެޔޮ މަކަޑާލިއަކަސް މަށަށް ރިޒުގު ދެއްވަނީ ﷲ.އެއީ އެހެންމީހަކަށް ބަންދުކުރެވޭނެ އެއްޗެއްނޫން.ކޮންސިވިލްސަރވިސް އެއްތަ.

  15. mihA‮ ‬ވިދާޅުވީ


    ތާރީޚް:02/10/2009

    ކުޑަބެއާ ބުނީކަން އަހަރެމެން ނަށް މައުމޫނު ގެނެސްދެއްވި ޑިމޮކްރަސީ ނޫނީ ދިމާކުރާތީ އަކީ ތީ.އެކަން އެނގޭނެ މިހާރު ރައްޔިތުންގެ މަޖުލީހުގެ ހާއްސަކޮށް ޑީއާރުޕީގެ މެންބަރުން އެއުޅޭގޮތުން. މަގާތަށް ވަރަށް ހިނިއައި ރައްޔިތުންގެ މަޖުލީހަށް ލާންޖެހޭ ބިލެއް ރައީސް އޮފީހުގެ ގޭޓުދަށުން އެއޮފީހަށް ލާން އުޅުނީމަ. އަދި އުމަރުނަސީރު މީހެއްގެ ކުރިމަތި ފަރާތަށް ހަމަލާއެއް ދޫކޮށްލީވެސް ތިޔަބުނާ ޑިމޮކުރަސީގެ ދަށުން.

  16. އޭ އާރ‮ ‬ވިދާޅުވީ


    ތާރީޚް:03/10/2009

    ގާތްގަނޑަކަށް 4 ލައްކަ މީހުންގެ އާބާދީއެއްގަ ނުޖެހޭ 30000(ތިރީސް ހާސް) ސިވިލްސާރވިސް މުވައްޒިފުން ތިބޭކަށެއް. ޓެކްނޮލޮޖީ ޒަމާނެއްގަ ލުއި ފަސޭހަކޮއް މަސައްކަތް ކުވެން ހުންނައިރު… އަމިއްލަ އެދުމުން އެއްކިބާވެހުރެ ވިސްނާލއްވާ. ގޭގަ ތިހުރީ އިންޓަރ ނެޓް ދުނިޔޭގަ މީހުން އުޅޭނޫޅޭގޮތް ބއްލަވާލައްވާ. މިކަހަލަ ކުޑަ ރާއްޖެއެއްގަ ދިރިއުޅޭއިރު ތިމާގެ އަމިއްލަ ސިކުނޑި ހުޅުވާ ައުލޫމާތު ހޯދުމަކީ ވަރައް މުހިންމުކަމެއް.ތަރައްޤީވެފައިވާ ޤައުމުތައް އެއުސްމިނަށް އަރަން މަސައްކަތް ކުރީކިހެނެއްތޯ ބަލަންޖެހޭ. 60 ގެ އަހަރުތަކުގައަ އަހަރެމެން މަސައްކަތް ކުރިގޮތާ ހުރިވަސީލަތާ މިހާރު މަސައްކަތްކުރާގޮތާ ހުރިވަސީލަތައްބަލާ ވިސްނާލެއްވުންކީތްތޯ.

  17. ދޮން އާދަނު‮ ‬ވިދާޅުވީ


    ތާރީޚް:03/10/2009

    ބަލަގަ ކަލޯމެނޭ!! ކޮބާތަ އެއްކަލަ ދެހާސް ރުފިޔާ؟ ކާކަށްތަ އެ ލިބުނީ؟ ކޮން އިރަކުންތަ އެޔެއް އިޢުލާން ކުރަނީ؟

  18. މަޖުބޫރު‮ ‬ވިދާޅުވީ


    ތާރީޚް:03/10/2009

    މިސައިޓު ރަނގަޅުކަމަށް މިވަނީ، ހަވީރު ނޫހާ ޖަޒީރާ ނޫހާ އާފަތިހާ މިއަދު ނޫހާ އެހެން ގޮސް ރާއްޖޭގައި ނެރޭ ދުވަހު ނޫސްތަކުގައި ހުންނަ ހަބަރުތައް ހަމަ އެހުންނަ ގޮތަށް ލިޔުނީމާތަ. ނޫނީ، ރިޕޯޓެއް ނުވަތަ މަޒުމޫނެއް ބަހުގެ އެއްވެސް ހަމައަކަށް ބެލުމެއްނެތި ލިޔެ، އެއްޕެރެގްރާފަކަށް ލިޔެ ނިންމާލީމާތަ. މިކިޔާއެއްޗެއް އެބައެނގޭތަ؟؟