Share

އެޑިޓޯރިއަލް (ދީނީ ސުވާލު މުބާރާތުގެ ނަތީޖާ)

އެޑިޓޯރިއަލް (ދީނީ ސުވާލު މުބާރާތުގެ ނަތީޖާ)

މިއަހަރުގެ ރަމަޟާން މަހު މި ސައިޓުގެ ފަރާތުން ބޭއްވި ދީނީ ސުވާލު މުބާރާތުގެ ސުވާލު ތަކުގެ ޖަވާބާއި ވަނަވަނަ އަށް ހޮވުނު ފަރާތްތަކުގެ ނަންތައް މިމަހުގެ 10 ވަނަ ދުވަހު މިސައިޓުގައި ޝާއިޢު ކުރެވޭނެ ކަން ކިޔުންތެރިންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ. ސެޕްޓެމްބަރު މަހުގެ ނިޔަލަށް ބޭއްވި މި މުބާރުތުގައި މުއްދަތު ހަމަވިއިރު 41 ފަރާތަކުން ވަނީ ޖަވާބު ފޮނުވާފައެވެ. ނަން އަދި ގުޅޭނެ ނަންބަރެއް ނެތް ޖަވާބުތައް ފޮނުވި އީ މެއިލް ތަކަށް ސައިޓުގެ ފަރާތުން ވާނީ އެކަން ހަނދާން ކޮށްދިނުމުގެ ގޮތުން މެއިލް އެއް ފޮނުވާފައެވެ. އެކަންކަން ރަނގަޅު ކުރުމަށް ފަހު އަލުން ފޮނުވުމަށް ތިން ދުވަހުގެ ފުރުޞަތެއް އެފަރާތްތަކަށް ވާނީ ދެވިފައެވެ. އެ ފުރުޞަތު ހަމަވިއިރު 6 ފަރާތެއްގެ ނަން އަދި ގުޅޭނެ ނަންބަރެއް ނެތުމުގެ ސަބަބުން އެބޭފުޅުންގެ ޖަވާބުތައް ވަނީ ކެންސަލް ކުރެވިފައެވެ.

މުބާރާތުގައި ބައިވެރިވި ގިނަ ބޭފުޅުންނަކީ ކުޅުދުއްފުށީގެ ބޭފުޅުން ކަމަށްވާތީ އިނާމު ދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް ޤަޞްދު ކުރެވިފައި ވަނީ ކުޅުދުއްފުށީ ގައެވެ. މިކަމުގައި ތިޔަ ކިޔުންތެރިންގެ ހިޔާލު ފާޅުކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

‮ ‬3‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. އިސްމާއިލް‮ ‬ވިދާޅުވީ


    ތާރީޚް:04/10/2009

    ރަގަޅު، އިނާމު ދިނުން ބާއްވަން ޖެހޭނީ ކުޅުދުއްފުށީ ގައި. އަދި އިނާމު ލިބުން މިހުންގެ ނަމާ ފޮޓޯ ފަހުން ގެނެސްދޭތި ސައިޓް މެދުވެރި ކޮށް.

  2. އަބޫ އާމާރު‮ ‬ވިދާޅުވީ


    ތާރީޚް:05/10/2009

    ވަރަށް ޝުކުރިއްޔާ ދެން

  3. ހިތިހަބަރު‮ ‬ވިދާޅުވީ


    ތާރީޚް:05/10/2009

    ނަތީޖާ ފާޅުކޮށް އިނާމު ދިނުމުގެ ޖަލްސާވެސް ބާއްވަން ވާނީ މިރަށުގަ. އަޅުގަނޑަށް ވެސް އެނގޭ މިސައިޓަކީ ކުޅުދުއްފުށީގެ ސައިޓަކަސް މިސައިޓުގެ މުގޫ އިންނަނީ މާލޭގައި ކަން. އެކަމަކު ވެސް އެފަދަ މުބާރާތްތަކުގެ ނިންމުން އޮންނަން ޖެހޭނީ މިރަށުގަ.
    ދެން އަދިވެސް އެއްފަހަރު މިފަދަ މުބާރާތެއް މި ސައިޓުން އިންތިޒާމް ކުރީތީ ޝުކުރު ދަންނަވަން. މީ ދެވަނަ މުބާރާތް އަޅުގަނޑު ބައިވެރިވި. ދީނީ ސުވާލު މުބާރާތް ނޫނަސް ކޮންމެ މަހަކުވެސް ކޮންމެވެސް ކަހަލަ މުބާރާތެއް ޖައްސަން އަޅުގަނޑު ވަރަށް ތާއީދު ކުރަން.
    މި ސައިޓުން ފެންނަ ރިޕޯޓު ތަކަކީ ވަރަށް އޮށްޓަރު ހުރި ވަރަށް ސާދާ ރިޕޯޓު ތަކެއް. ހަމަ އެއްޗަކަށް އެއްޗެއް ލިޔެލާފަ ހުންނަނީކީ ނޫން. އެކަމަކު އަދިވެސް ހަބަރުތައް ތަންކޮޅެއް މަދު. އެނގޭ ތިޔަ ކުދިން ތިބެނީ މާލޭގައި ކަންވެސް. އެކަމަކު މިރަށުން ބަޔަކު ހޯދައިގެންވެސް އެކަން ކުރަންވެއްޖެ މިހާރު.