ބައިނަލް އަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ކުޅުދުއްފުށީގައި ފާހަގަކޮށްފިއެވެ. ހދ ފެމިލީ އެންޑް ޗިލްޑްރެންޑް ސާރިވސް ސެންޓަރާއި ކުޅުދުއްފުށީގެ އަމިއްލަ ދެ ޖަމިއްޔާ އަކާއި ގުޅިގެން ހުކުރު ދުވަހު ހަވީރު ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި މި ހަވީރަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެސެންޓަރުން ހާމަކުރެއެވެ.
ހުކުރު ދުވަހު ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި މިހަވީރުގައި ފުރަތަމަ އޮތީ ކުޅުދުއްފުށީގެ އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްފައިވާ ކޭކެއް ފެޅުމެވެ. މިކޭކު ފަޅައި ދިނީ ކުޅުދުއްފުށީ އަލަމާގެ ހުސެން މޫސާ (98 އަހަރު) އެވެ. މިއީ އެހަވީރުގައި ބައިވެރިވި އެންމެ އުމުރުން ދުވަސްވީ ފަރާތެވެ. މިވަގުތު ކުޅުދުއްފުށީގައި ހުރި އެންމެ ދުވަސްވީ މީހާގެ ބަލިހާލަތު ހުރި ގޮތުން އެ ހަވީރުގައި ބައިވެރި ވެފައެއް ނުވެއެވެ.
ހދ ފެމިލީ އެންޑް ޗިލްޑްރެން ސާރވިސް ސެންޓަރުން އިސްނަގައިގެން އަދި ކުޅުދުއްފުށީ މަގުލަސް ކުލަބާއި ކުޅުދުއްފުށީ ދެކުނު އަވަށު ޒުވާނުންގެ ދިރުމާއި ގުޅިގެން ބޭއްވި މިހަވީރުގައި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ކޮށްގެން ތަފާތު ހަރަކާތްތަކެއް ވަނީ ހިންގާފައެވެ. އެގޮތުން ރޯނުވެށުމުގެ މުބާރާތަކާއި ރައިވަރާއި ޅެންކިޔުންފަދަ އަދަބީ ހަރަކާތްތަކެއްވެސް ވަނީ ހިންގާފައެވެ. އޭގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ފަރާތުން އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ސިއްހީ މައުލޫމާތު ދިނުންވެސް އޮތެވެ.
އެ ހަވީރުގައި ބޭއްވި ރޯނު ވެށުމުގެ މުބާރާތުން އެއްވަނަ ހޯދައިފައިވަނީ ކުޅުދުއްފުށީ ބޮޑުދުނބުރިގެ ހައްވާ ޢަލީ އެވެ. ދެވަނަ ކުޅުދުއްފުށީ މަޚްމާގެ އާމިނަތު ޤާސިމް ހޯދި އިރު ތިންވަނަ ހޯދައިފައި ވަނީ ކުޅުދުއްފުށީ ހިމާލިޔާގެ ޢާއިޝަތު ޢުމަރެވެ. ހުކުރު ދުވަހު ހަވީރު ބޭއްވި މިހަވީރުގައި ބައިވެރިވި ފަރާތްތަކަށް ހަނދާނީ ލިޔުމާއި ވަނަވަނަ އަށް އައި ފަރާތްތަކަށް އިނާމު ދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމްއެފެއާޒްގެ ނައިބު އަލްފާޟިލް ފުއާދު ޤާސިމް އެވެ.
އުމުރުން ދުވަސްވީ މީހުންނަކީވެސް މުޖުތަމައަށް ފައިދާ ހުރި ބައެއް ކަމަށާއި، އެމީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވާނެކަން އަންގައިދިނުމުގެ މަޤްޞަދުގައި ބޭއްވި ހަވީރު ވަރަށް ކާމިޔާބު ކަމަށް ފެމިލީ އެންޑް ޗިލްޑްރެން ސާރވިސް ސެންޓަރުން ހާމަކުރެއެވެ. އުމުރުން ދުވަސްވީ މީހުންގެ ދުވަހަކީ އޮކްޓޯބަރު މަހުގެ 01 ވަނަ ދުވަހެއެވެ.









ފައުޒީ ވިދާޅުވީ
ތާރީޚް:04/10/2009
އުމުރުން ދުވަސް ވީމީހުންގެ ދުވަސް މިހާ ކުލަގޮތަކަށް ފާހަގަ ކުރިއިރު މިކަމުން މީހުންނަށް އިބްރަތެއްލިބުންބާއޭ ހިތައްއަރާ؟؟؟؟؟؟ މިކުގެ އަސްލު މަޤުސްދު ހާސިލްވިބާއޭ؟؟؟؟؟
މިކަން މިހާކުލަގަދަކޮށް ފާހަގަ ކުރީތި ހދ. ފެމިލި އެންޑް ޗިލްޑުރަން ސާރވިސް ސެންޓަރަށް ސާބަސް…
އަޙްމަދު ވިދާޅުވީ
ތާރީޚް:04/10/2009
ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުން ކުރާ މަސައްކަތަކީ މުޖުތަމައަށް ވަރަށް ބޭނުންތެރި މަސައްކަތްތަކެއް…އެގޮތުން މީވެސް އެފަދަ މަސައްކަތެއް… ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ ހީވާގި މުވައްޒަފުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ..
ޕިސްޕިސް ވިދާޅުވީ
ތާރީޚް:04/10/2009
މަހަމަ އަޖައިބުވެ އަންތަރީސް ވާވަރުވޭ މަށަކީ ވެސް އުމުރުންދުވަސް ވެފައި ހުރި މީހެއް.ވިހާތާ އެއްދުވަސްވީމަ އެވީ ދުވަސްވީމީހަކަށް .ނޫނިއްޔާ މިބަސް ބޭނުންކުރެވޭނީ ދެވަނަ ކަމަކާ ގުޅުވައިގެން .މިސާލަކަށް އުމުރުން ދުވަސްވެ ގައިބާރުދޫވެ.ނޫނިއްޔާ މުސްކުޅިންނަށް މިބަސް މިގޮތަށް ބޭނުންކުރުން މަށަށް ފެންނަގޮތުގައި ދެން އެހާ…..ނާދެން ބުނެބަލަ އުމުރުން ގިނަ ދުވަސްވީ މީހުންތަ ދުވަސްވީމީހުންތަ. މިހާރުދެން މިކިޔާނަންނަމުން ތާދޯ.މުސްކުޅިންނޭކީމަ ދޮއްތޮ އިންސާނީ ހައްގެއް އެ ގެއްލުނީ.
އަތަރު ބިލިގާ ވިދާޅުވީ
ތާރީޚް:04/10/2009
ކުޅުދުއްފުށީ މުސްކުޅިން ދެން ހާދަ ހާއޭ ދޯ އިނގިރޭސިކަން ގަދައީ! ނޫނީ ޒުވާން ސޮރުމެނާއި މަންޖެ މެންނަށް ކުޅުދުއްފުށީ މުސްކުޅިންނަކީ މައް، ފިސާރި ދިވެހިންކަން ނޭނގެނީ ބާ؟ ޖީ ސީ ހެދީމަ ވީގޮތެއްކަންނޭނގެ.
މުސްކުޅިންނަށް ތައްޔާރުކޮށްފައި އޮތް ކޭކުގައިވެސް އެޔޮތީ ރޯ އިނގިރޭސިބަހުން ފަތިވަރެއް ލިޔެފައި. މަ ގާތަށް އަންނަނީ ނުބައި ފާޑެއްގެ ހިންޏެއް!
ޔޫނުސް ހާދީ ވިދާޅުވީ
ތާރީޚް:04/10/2009
ކޭކު ތައްޔާރުކުރި ކުދިންގެ ވިސްނުމަށް ބޭބެގެ ސަލާން.
ފައުޒީ ވިދާޅުވީ
ތާރީޚް:04/10/2009
ސާބަހޭ އަހަރެން ހިތައްއެރީ މިރަށުމީހުންނަކީ ވަރަށް ވިސްނުންތުނު ބައެއްކަމަށް ނަމަވެސް އެހެނެއް ނުވިތާ، މިހެން މިބުނީ އެކޭކުގައިން އިގިރޭސިން ލިޔެފައިން ތަންކޮޅަކީ ޒުވާން ކުދިންނަށް ވިސްނައި ދިނުމުގެ ގޮތުން ލިޔެފައި އިން ތަންކޮޅެކެ…… ސާބަހެ ދެންތިހާ ގަމާރުނުވިޔަސް……
ހިތިހަބަރު ވިދާޅުވީ
ތާރީޚް:04/10/2009
ވަރަށް ރަނގަޅު ކަމެއް ތިޔަ ހިންގާލީ. މައްސަލައަކީ ތިފަދަ ކަންކަން ހިންގި ނަމަވެސް ދާއިމީ ގޮތެއްގައި ޖަމިއްޔާ ތަކުން އިސްނަގައިގެން އެފަދަ ކަންކަން ނުހިންގުން. ދެން އަލަށް ހަދާ ޖަމިއްޔާ ތަކުން އަދި ހަދާނެ އެއްޗެއް ނޭގޭ. އެއްބަޔަކު އަނެއްބަޔަކަށް ބުރެ މޮޅު ވާން އުޅުމަކީ މައްސަލައެއް ނޫން.
އަތަރު ބިލިގާ ވިދާޅުވީ
ތާރީޚް:05/10/2009
ފައުޒީއަށް:
އަދިވެސް އަހަރެންނާއި ޔޫނުސް ހާދީ އާއި ދެމީހުން މިވީ ގަމާރުންނަށް!! އެ ކޭކުގައި އިނގިރޭސިން އެލިޔުނު ބަޔެއް މިވީ ވަރަށް ވިސްނުންތޫނު ބަޔަކަށް!!؟
ފައުޒީ! ގަމާރު ބަޔަކީ އެބައެއްގެ މާދަރީ ބަހުން ލިޔުނީމާ ނުވިސްނޭ މީހުން. ލިޔަންކިޔާށާއި ދޭހަކުރަން ނޭނގޭ ހަގީގީ މީހުންނަކީ އެއީ.
ޢަބުދުﷲ ވިދާޅުވީ
ތާރީޚް:05/10/2009
އަންނަނީ ހަމަ ހިނި . ދެރަވެސްވޭ . ފަރަންޖީން ވައްތަރަށް އަހަރުމެންގެ ކާފަމެން މާމަމެން ނައްޓުވަން އުޅޭތީ . އެވެރިން މިއަދު އެންމެ ސަމާލުކަން ދޭންވީ އެފަދަކަންތައްތަކުން ދުރުވެ އެވެރިންގެ ވެރި އިލާހުއާއި ހެޔޮގޮތުގައި ބައްދަލުވުމަށް ތައްޔާރުވުމަށް . އެގޮތުގައި ބައްދަލުވެވުނީމައެއްނޫންތަ އުފަލަކީ!!!!
ދެންނޭގެ ވިދާޅުވީ
ތާރީޚް:05/10/2009
ބަޔަކު މީހަކަށް ހެޔޮކޮށް ކަމަށް ކަމެއް ކޮއްދިނަސް ކަލެމެން ތިބޭ ތިކަހަލަ އަނގަތަޅަން. ތިޔަކަހަލަ މީހުނާ ހެދި މިރަށަށް ކުރިއެރުމެއް ނުލިބިގެން މިއުޅެނީ. މަހީކުރީ މިކަހަލަ ހަރަކާތް ތަކުގެ ސަބަބުން ވަރަށް ފުރިހަމަ ތާއީދެއް މިރަށުގެ ޒުވާނުންގެ ފަރާތުން ލިބޭނެކަމަށް.
ތިކަހަލަ މީހުނާ ޖެހޭކަހަލަ ވާހަކަ ނުދައްކަ ގުޅިގެން އެންމމެންވެސް ރަށުގެ ކަންތަކުގާ މިހާރުމިއޮތީ އުޅެންޖެހިފަ.
އަހަރެމެން އަހުރެމެންގެ ރަށަށް ނުކުރި ލޮތްބެއް އެހެންބަޔަކު މިރަށަކަށް ނުކުރާނެ.
ވިސްނާ….. ވިސްނާ ….
އަރުޝަދު ވިދާޅުވީ
ތާރީޚް:05/10/2009
މިފެންވަރުގެ ތަހުޒީބު ކަމެއް އަދި މީގެ ކުރިއަކުން ކުޅުދުއްފުށީގައި ނުކުރޭ. އެހެނަސް ދެރައީ ގޯސް ކުރެހި ކޭކެއް ވީމަ.
ދޮންތު ވިދާޅުވީ
ތާރީޚް:05/10/2009
ފައުޒީ އަށް
އަސްލު ޒުވާނުންނަށް އެ މެސެޖް ދިނުން އެއީ ވަރަށް ރަގަޅު ކަމެއް ކަމަށް ފެނޭ! އެއީ މިހާރުގެ ޒުވާނުން އުމުރުން ދުވަސްވީ މީހުންނާއި ދޭތެރޭގައި ދެކޭ ގޮތް ބަދަލު ކުރަން ޖެހޭ.އެމީހުންގެ ސިއްހަތައް ފައިދާ ހުރި އެތައް މަލޫމާތެއްވެސް ލިބުން ކަމަށް އަޅުގަނޑުގެ މާމަ ބުނި.އެހެންވީމަ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ އިން ކުރި މަސައްކަތަށް ޝުކުރިއްޔާ
ދޮންކަލޯ ވިދާޅުވީ
ތާރީޚް:05/10/2009
އުމުރުން ދުވަސްވީ މީހުންނަކީ ގިނަ ވަގުތު އަޅުކަމުގައި ހޭދަ ކުރާ ބައެއް.ނަމަވެސް އެމީހުންގެ ރައްޓެހިންނާއި ބައްދަލުކޮށް ވާހަކަ ދައްކާލާ އެމީހުންގެ ޝުއޫރުތައް ފާޅު ކުރުމަށް އެފަދަ ކަމެއް ފާހަގަ ކުރުން އެއީ މުހިއްމު ކަމެއް.އަބުދުﷲ ގެ ކޮމެންޓް ގައި ފާހަގަ ކޮއްފައިވާ “ފަރަންޖީ ވައްތަރަށް ނެށުއްވުން” މީ ކިހިނެއް ވިސްނަވާފައި ބުނި ބާވައޭ ހިތައް އަރާ!ފޮޓޯ ތަކަށް ބަލާއިރު ފެންނަނީ ބޮޑުބެރު ޖަހަނިކޮށް.އެއީ ޒަނާނުއްސުރެ އެވެރިން ކުރާކަމެއްދޯ.އަނެއްކާ ފަރަންޖީ ލަވަ ޖަހައިގެން މާމަ ، ކާފަ މެން ލައްވާ ނެށުވީބާ! އެހެންޏާ ފަހެ މުސްކުޅި ވީމަ ދޮއްތޮ ތިބެންޖެހެނީ ގޭގައި ހިތްހަމަ ޖައްސާލުމުގެ ގޮތުން ލަވަ އެއްކިޔާލުމުގެ ހައްގެއް ދޮއްތޮ ނޯންނާނެ.
އަބޫ އަމާރު ވިދާޅުވީ
ތާރީޚް:05/10/2009
ކީކޭ ދެން ބުނާނީ..
ޢަބުދުﷲ ވިދާޅުވީ
ތާރީޚް:05/10/2009
ފަރަންޖީ ވައްތަރަށް ނެއްޓުވުމޭ މިބުނީ ނަށާ ލަވަކިޔާ ވާހަކައަކަށް ނޫނެވެ. ކޭކު އަޅާ އެފަޅާ މިފަދަ ތާކުން ތާކުނުޖެހޭ ކަންތަކަށެވެ. އިޖުތިމާޢީ ޙަފުލާ ދިވެހި އަދީ ދީނީ އުސޫލުތަކާއި ގުޅުން ކުޑަކަމުންނެވެ.
ޕިސްޕިސް ވިދާޅުވީ
ތާރީޚް:05/10/2009
އެބުނާހެން ދޮގެއްވާނޫން، ތަންކޮޅެއް ރީތި ވީސް ދިވެހިން ލިއުނުނަމަދޯ.
ދޮންކަލޯ ވިދާޅުވީ
ތާރީޚް:05/10/2009
މިރަށު މީހުންނަށް ވިސްނައިދެވެނީ ކިހިނެއް ކަންތައް ކުރީމަ ބާއެ އަދި ކޮންގޮތަކށް މަސައްކަތް ކުރީމަ ބާއޭ އަހަރެން ހިތައްއަރާ މިހާ ބޯގޮސް ބައެއް ކުރިން ދުވަހަކުވެސް މަށެއްނުދެކެން….
ދޮއްތޮ ވިދާޅުވީ
ތާރީޚް:05/10/2009
މަށަށް ހީވަނީ އެހާވަރަށް ކޭކުގެ ވާހަކަ ދައްކަނީ ދަހިވީމާހެން
ދޮއްތޮ ވިދާޅުވީ
ތާރީޚް:05/10/2009
އުމުރުން ދުވަސްވީ މީހުންގެ ދުވަސް ބަޔަކު އިސްނަގައިގެން ފާހަގަކުރީމަ އެކަމަށް ހަޖޫ ޖެހުމުގެ ބަދަލުގައި އެކަމަށް ޝުކުރުވެރި ވުން ރަނގަޅުދޯ؟،އެކަން ފާހަގަކުރަން އުޅޭކަން ރަށުތެރޭ ދަމާފައިހުރި ބެނާތަކުންވެސް ފެންނާނެ،، މަގޭހިތަށްއަރަނީ މި ހަޖޫޖަހާ މީހުން ކީޢްވެބާއޭ މި ބެނާތަކަށް ކިޔާފަ ދުވަސް ފާހަގަކުރަން އުޅޭކަން އެނގުމުން މި މީހުންގެ މޮޅެތި ހިޔާލުތައް ނުދިނީ،. ހަމަގައިމުވެސް މަށަށް ފެނުނު ބެނާތަކުގައި ލިޔެފަ ހުރީ “މާދަރީ ބަސް” ދިވެހި ބަހުން. މިރަށު މީހުން ވަރަށް އުޅޭ މޮޅުވެގެން ނަމެއްގައި ފަރަންޖީބަސް ދަންނަކަމަށް ހެދިގެން،ކޭކެއްގައި އޮތް ލިޔުމެއް ކިޔަންވީމަ މިމީހުން މޮޅުކަން ކޮބާ ބާވައޭހިތަށްއަރާ..