Share

ޑީއާރުޕީއާ ހުރެ އަންނަނީ ނުބައި ޒާތެއްގެ ހިންޏެކެވެ.

ޑީއާރުޕީއާ ހުރެ އަންނަނީ ނުބައި ޒާތެއްގެ ހިންޏެކެވެ.
ހާޝިމް

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ތޮއްޑޫ ދާއިރާގެ މެމްބަރު ޢަލީ ވަޙީދު ހުށަހެޅުއްވި ކުއްލި މައްސަލަ، އެމަޖިލީހުގެ ރިޔާސަތުން އެޖެންޑާ ނުކުރައްވައި ބޭރުކޮށްލެއްވުމާ ގުޅިގެން އެބޭފުޅާ ނިސްބަތްވެ ވަޑައިގަންނަވާ ދިވެހި ރައްޔިތުންގެ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ޕާޓީގެ އެކްޓިވިސްޓުން ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ދޮށުގައި މުޒާހަރާއެއް ވަނީ ކުރައްވާފައެވެ. ނަމަވެސް، މިމުޒާހަރާއާއި، އެބޭފުޅުންގެ ޢަމަލުތައް ފެނިފައި އަޅުގަނޑުގެ ގާތަށް އަންނަނީ ނުބައި ޒާތެއްގެ ހިންޏެކެވެ. އޭގެ ސަބަބު ދަންނަވާނަމެވެ.

އެންމެ ފުރަތަމަ ކަމެއްގެ ގޮތުން، މިކަމުގެ ފެށުމަށް ބަލާލަމާތޯއެވެ؟ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވި ޢަލީ ވަޙީދަކީ ޑީއާރުޕީގެ އެންމެ ޒުވާން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެވެ. އެމެމްބަރުގެ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލެވީ މަޖިލީހުގެ ރިޔާސަތުންނެވެ. މަޖިލީހުގެ ރައީސަކީ ޑީއާރުޕީގެ ޢަބްދު ﷲ ޝާހިދެވެ. ނައިބު ރައީސަކީ ޑީއާރުޕީގެ ކޯލިޝަންގެ ޕާޓީއެއްކަމަށްވާ، އަދި ޑީއާރުޕީގެ ޒަޢީމްގެ ކޮއްކޯފުޅު ޢަބްދު ﷲ ޔާމީންގެ ރިޔާސަތުގެ ދަށުގައި އޮތް ޕީޕަލްސް އެލަޔަންސްގެ އަޙުމަދު ނާޒިމެވެ. މި ދެ ބޭފުޅުން ވެސް ހޮއްވެވީ އެ ދެ ޕާޓީއަށް އޮތް މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުންކޮށްގެންނެވެ. އެހެންވީމާ، “ޑީއާރުޕީއޭ” ގެ ރިޔާސަތުން، ޑީއާރުޕީގެ މެމްބަރަކު ހުށަހެޅުއްވި މައްސަލައެއް މަޖިލީހުގެ އެޖެންޑާއަށް ނުގެންނެވީއެވެ. އަދި މިކަމާ ގުޅިގެން ޑީއާރުޕީގެ މެމްބަރުން ތަކުރާރުކޮށް ނަންގަވަމުން ގެންދެވި ނިޒާމީ ނުކުތާތަކަށް ވެސް ފުރުސަތެއް ނުދެއްވީއެވެ. މާނައަކީ ޑީއާރުޕީ އަށް “ޑީއާރުޕީއޭ” ގެ ރިޔާސަތުން އެއްބާރުލުން ނުދެއްވީއެވެ.

ދެވަނަ ކަމަކީ، ރިޔާސަތުން ޑީއާރުޕީގެ މެމްބަރަށް ޖަވާބު ދެއްވީ މައްސަލަ ހުށަހަޅުއްވާފައިވާ ގޮތުގައި ގޯހެއް އުޅޭކަމަށެވެ. އެކަން އިޞްލާޙުކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. ހަމައެހެންމެ، މިކުއްލި މައްސަލައަކީ، ނުވަތަ ސިވިލް ސަރވިސްގެ މުވައްޒަފުން ވަކިކުރުމާއި މުސާރައާއި އިނާޔަތްތައް ކަނޑާލުމަށް ނިންމެވި ނިންމެވުމަކީ، ސިވިލް ސަރވިސް ކޮމިޝަންގެ ޤާނޫނީ ބާރުގެ ތެރެއިން ކުރައްވާފައިވާ ކަމެއް ކަމަށެވެ. އަދި އެކަމާ މަޖިލީހުން ކުރާނެ މާބޮޑު ބަޙުސެއް ނޯންނާނެ ކަމަށެވެ. މިސިވިލް ސަރވިސް ކޮމިޝަނަށް ޑީއާރުޕީގެ ބޭފުޅުން ވަނީ އިހަކަށް ދުވަހު މިމައްސަލައިގައި ސިޓީއެއް ވެސް ފޮނުއްވައި، މުސާރައާއި އިނާޔަތް ކުޑަ ނުކުރުމަށް އިލްތިމާސް ކުރައްވާފައެވެ. ސިޓީ ރައްދު ކުރައްވަން ވެސް ވަޑައިގަތީ “ޑީއާރުޕީއޭ” ގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެވެ. އަނެއް ކޮޅުން ސިވިލް ސަރވިސް ކޮމިޝަނަކީ ޑީއާރުޕީގެ ޒަޢީމް ޢައްޔަން ކުރައްވާ، ޑީއާރުޕީގެ އަޣުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހަކުން ފާސްކުރައްވާފައިވާ ކޮމިޝަނެކެވެ. އެކޮމިޝަނުގެ ރައީސަކީ މައުމޫންގެ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ނައިބު ރައީސަކީ ނައިބު އެޑިއުކޭޝަން މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މިބޭފުޅުން ވެސް ނިންމެވީ މުސާރައާއި އިނާޔަތް ކުޑަކުރުމާއިގެން ކުރިއަށް ވަޑައިގަތުމެވެ. މާނައަކީ، ޑީއާރުޕީގެ ސިވިސް ސަރވިސް ކޮމިޝަނުން ވެސް ޑީއާރުޕީއަށް އިޖާބަ ނުދެއްވީއެވެ.

ތިންވަނަ ކަމަކީ، މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ދޮށަށް އެއްވެ ޑީއާރުޕީގެ މެމްބަރުން މިކުރެއްވި މުޒާހަރާއަކީ ޑީއާރުޕީގެ މަޖިލީސް ރިޔާސަތަކުންނާއި، ޑީއާރުޕީގެ ސިވިލް ސަރވިސް ކޮމިޝަނަކުން ޑީއާރުޕީއަށް އެއްބާރުލުން ނުދީ ޑީއާރުޕީ “ގާދޫކޮލުން ބޭރުކޮށްލުމުން” އެކަމުގެ ރުޅި ރައީސުލްޖުމްހޫރިއްޔާއަށް ބޭލުމަށް ކުރި މުޒާހަރާއެއް ކަމެވެ. މިކަމުގައި ރައީސުލްޖުމްހޫރިއްޔާ ކުރައްވާނީ ކޮންކަމެއް ބާވައެވެ؟ އަނެއް ކޮޅުން، ރައީސްގެ ޕޮލިޓިކަލް އެޑްވައިޒަރާއި، އެމްޑީޕީގެ ޗެއަރޕަރސަން ވެސް ވަޑައިގެން، ޢަލީ ވަޙީދުގެ ކުއްލި މައްސަލައަށް ބަޙުސް ކުރައްވަން ބޭނުންފުޅުވާކަން ވަނީ ހާމަކުރައްވާފައެވެ. އެކަން ކުރެއްވޭނީ މަޖިލީހުގެ ރިޔާސަތުން އެކަން ބަލައިގަތީމާ ކަމުގައި ވެސް ދެންނެވިއެވެ. އެހެންވީއިރު، ޑީއާރުޕީއިން މިކުރި މުޒާހަރާއަކީ ޙަޤީޤަތުގައި ޑީއާރުޕީއިން ޑީއާރުޕީއާ ދެކޮޅަށް ކުރަން ޖެހޭ މުޒާހަރާއެއް ނޫންބާވައެވެ؟ ސަބަބަކީ ސަރުކާރަށް ކަމެއް ކުރެވެން ނެތް ކަމެއްގައި، އަދި އެމްޑީޕީގެ މަޖިލީހުގެ މެމްބަރުން ޑީއާރުޕީއާ އެއްބާރުލުން ދެއްވުމަށް ތައްޔާރަށް ތިއްބެވި ކަމެއްގައި، “ޑީއާރުޕީއޭ” ގެ ރިޔާސަތުންނާއި ޑީއާރުޕީގެ ސިވިލް ސަރވިސް ކޮމިޝަނުން އެޕާޓީއަކީ އެއްވެސް ބައެއް ނޫންކަމަށް ހެދީމާ އެމުޒާހަރާ ރައީސުލްޖުމްހޫރިއްޔާއަށް އަމާޒުކުރުމަކީ ދެއުޅިއެއްވާ ކަމެއް ނޫނެވެ.

އަޅުގަނޑު ހިތުން މިމުޒާހަރާ ކުރަން އެންމެ ރަނގަޅުވާނީ މަޖިލީހުގެ ރައީސް ނުވަތަ ޑީއާރުޕީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޢަބްދު ﷲ ޝާހިދުގެ ގޭ ދޮށުގައެވެ. ނުވަތަ މަޖިލީހުގެ ނައިބު ރައީސް އަދި ޑީއާރުޕީގެ އެއްބަނޑު އެއްބަފާ ޕާޓީ ޕީއޭގެ ނައިބު ރައީސް ގެ ގޭ ދޮށުގައެވެ. ސަބަބަކީ ޑީއާރުޕީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މިލަދުގައި ބެދެން ޖެހުނީ މިބޭފުޅުންގެ ސަބަބުން ކަމަށް ވާތީއެވެ. އެހެންވެ. ޑީއާރުޕީއަށް މިވަރު ނޭނގުނީތީ، އަދި، ކޮންޓްރެކްޓް އުސޫލުން މުޒާހަރާ ކުރައްވާ ޢުމަރު ނަޞީރަށް މިތަންކޮޅު ވިސްނި ވަޑައިނުގަތީމާ، ދެން މިބޭފުޅުންގެ ސިޔާސީ އުރަތްޕެއް ނެތް ތަނާއި، ތަސައްރަފު ނުފުދޭ ތަން ފެނިފައި އަޅުގަނޑުގެ ގާތަށް އަންނަނީ ހަމަ ނުބައި ޒާތެއްގެ ހިންޏެކެވެ.

‮ ‬51‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ބަލާމީހާ‮ ‬ވިދާޅުވީ


    ތާރީޚް:05/10/2009

    ހާޝިމް ފެއްޓެވި ވާހަކައިގެ އަނެއްބައި ކޮބައިތޯއެވެ

  2. ޢަބުދުﷲ‮ ‬ވިދާޅުވީ


    ތާރީޚް:05/10/2009

    ރަނގަޅު ވާހަކައެކެވެ.

  3. ކުޅުދުއްފުށި‮ ‬ވިދާޅުވީ


    ތާރީޚް:05/10/2009

    ތިކަހަލަ 24ގަޑިއިރު ހަމައިގަ ނުތިބޭ މީހުންލިޔާ މިކަހަލަ އެއްޗެހި ފެނުނީމަ ލަވައިގަންނަނީ ހޮޑު، އަތްޗީޑި މީކޯއްޗެއް

  4. ކުޅުދުއްފުށި‮ ‬ވިދާޅުވީ


    ތާރީޚް:05/10/2009

    މިސަރުކާރުންކުރި ކަމުނުދާ ބައެއްކަންތައް(އެމްޑީޕީ އެކްޓިވިސްޓުން އެހެން ނޫންހުރިހާ މީހުން ގަބޫލުކުރާ):
    1.ރައްޔިތުންނަށް ނުލަފާ ކަންދެއްކުން
    2.ސިވިލް ސާރވަންޓުންގެ މުސާރަ ކުޑަކުރުމަށްފަހު އަފީފު އާއި ޒަކީގެ މުސާރަ ބޮޑުކުރުން
    3. ހިޔާލީ ފުލެޓްތަކެއް އެޅުން
    4. 1000ޓީޗަރުން އިގިރޭސިވިލާތުން ގެނައުން
    5. މާލޭގަ ރާވިއްކަން ހުއްދަ ލިބޭތޯ އުޅުން
    6. އިސްރާއިލް އާއެކު ގުޅުން ބަދެހިކޮށް ފަލަސްތީން އިތުރަށް ނިކަމެތި ކުރުން
    7.

  5. ކުޅުދުއްފުށި‮ ‬ވިދާޅުވީ


    ތާރީޚް:05/10/2009

    މިފުރުސަތުގަ ރައްޔިތުން އެދެނީ މިހާރުގެ ރައީސް އިސްތިއުފާ ދެއްވުމެވެ. މަނިކުފާނަށް އަޅުގަޑުމެންގެ ގައުމު ބައިބައި ކުރުން ފިޔަވާ އިތުރު ކަމެއް ނުކުރެވުނެވެ. މަނިކުފާނު ވެރިކަމުގަ ހުރެއްޖެނަމަ މިރާއްޖޭގަ އިތުރުދީންތަކަށް ފުރުސަތު ވަރަށް ބޮޑެވެ.އެއީ އަޅުގަނޑުމެން ބޭނުންވާ ކަމެއް ނޫން

  6. Hellow‮ ‬ވިދާޅުވީ


    ތާރީޚް:05/10/2009

    ހާސިމްއަށް ހަމަސާބަސް، އަހުރެންގެ ހިތުގައިވާ ހުރިހާ ވާހަކައެއް ލިއުމުގައި އެބަހިމެނޭ. ނަމަވެސް އިތުރުކޮށްލަންބޭނުމީ، އެދުވަހު މުޒާހަރާގައި ބައިވެރިވިމީހުން އަލިވާގޭދޮށުގައި މުޒާހަރާކުރި އެމް،ޑީ،ޕީގެ މީހުންނާއިއެކު ބައިވެރިވިނަމަ މާރަގަޅުވީސްކަށްނޭގެ.

  7. ހަނދުމަ‮ ‬ވިދާޅުވީ


    ތާރީޚް:05/10/2009

    ހާޝިމްގެ ވާހަކައިގެ އަނެއްބައި ކިޔާހިތުން މިހާރު އުޅޭތާ ވަރަށް ދުވަސްވެއްޖެ. ކޮންއިރަކުން އަނެއްބައި ނެރެނީ.މިލިޔުން ހަމަ ވ. ބެސްޓް. ހާޝިމްގެ ގިނަލިޔުންތަކަށް އިންތިޒާރުކުރަން.

  8. ޖާދޫ‮ ‬ވިދާޅުވީ


    ތާރީޚް:05/10/2009

    އަޅުގަނޑަކީ ވަކިފަރާތަކަށް ތާއިދު ކުރާމީހެއްނޫން ނަމަވެސް ކަންކަން ވަރަށް ކައިރިން ބަލަމުންދާމީހެއް. އެގޮތުން އަޅުގަނޑުދަންނަވާނީ މިލިޔުމުގައި މިވަނީ ހަމަ ތެދު ހަގީގަތް. ޑީ.އާރ.ޕީ މެންބަރުން އެދުވަހު މުޒާހަރާއަށް ނުކުންނަންވީ ރިޔާސަތުގައި އިންނެވި ބޭފުޅާގެ ގޭދޮށަށް. އަދި ޑީ.އާރ.ޕީއަށް ގޮވާލާނީ މިހާރު ރިޔާސަތުގައި ތިއްބެވި ބޭފުޅުން އެކަމުން ވަކިކުރުމަށް ޕެޓިޝަނެއް ހެދުމަށް. ސަބަބަކީ ޕާޓީގެ ކަންކަން ކުރެވޭނީ އޭރުން ކަމަށް ގަބޫލުކުރާތީ. ހާޝިމްގެ ލިޔުމަށް ޖުމްލަގޮތެއްގައި ތާއިދުކުރަން.

  9. އަލީ‮ ‬ވިދާޅުވީ


    ތާރީޚް:05/10/2009

    އަސްލު ހާޝިމް ތިބުނީ ތިކަން ހިނގާފައިވާ ގޮތަށް، އެކަމަކު އެކަންކުރެވޭނެގޮތަށް އެމީހުން ކޮށްފައިއެވަނީ ސަބަބަކީ އެކަމާއި އިދިކޮޅުކަން ރާއްޖޭގެ ރައްޔިތުންނަށް ދެއްކުން، އިދިކޮޅު މީހުން އެކަން އެގޮތަށް ކުރަންވެސް ޖެހޭނެ، ދެން ހާޝިމް އަކީ މިސަރުކާރުގެ ހިއްސާދާރެއްކަމުން އަބަދުފެންނާނީ މިސަރުކާރުގެ ރަގަޅު ސިފަ، ދިވެހިދަރިންނަށް މިފެންނަނީ ހެޔޮވެރިކަން، މީހުން ވަޒީފާއިން ވަކިކުރުމާއި މުސާރަ ނުދިނުމާއި ކުޑަކުރުމާއި ރައްޔިތުންގެ އަޑު ނުވިކުމާއި ތަކެތީގެ އަގުބޮޑުވުމާއި ކަރަންޓް ފީބޮޑުކުރުން އެއާއި އެކު MDP މީހުންނަށް ކަރަންޓް ބިލް ހިލޭދައްކައިދިނުން، އަސްލުވެސް މިސަރުކާރަށް އެނގޭ މިމީހުންނަށް އޮތީ 05 އަހަރުގެ މުއްދަތެއްކަން ވީމާ ދައުލަތަށް ލިބޭ 07 ބިލިއަން ރުފިޔާއިން ބޮޑުއެއްޗެއް ކެވޭނީ މިފަދަގޮތަކަށް ކަންތައްތައް ކޮއްގެންކަމަށް ވާތީ އެގޮތަށް ހަދަނީ، DRP އަކީވެސް މިފަދަ ކަންތައް ހުއްޓުވާ ސަރުކާރު ހަމަމަގަށް އެޅުވޭނެފަދަ ބައެއްކަމަކަށް ގަބޫލެއް ނުކުރެވޭ ހެޔޮގޮތެއް ބޭނުންނަމަ ރައްޔިތުން ނިކުމެގެން ނޫނީ ރަގަޅެއް ނުވާނެ، އެހެނީ MDP މީހުން ގާތު މިފަދަކަންތައްތަކުގެ ވާހަކަ ބުނުމުން ބުނަނީ ބާރު އޮތީ އެމީހުން އަތުގައި ކަމަށާއި ހަދާނީ ހަދާނެ އެއްޗެއްކަމަށް.

  10. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:05/10/2009

    ޑީއާރުޕީން ބުނެފިއޭނުން 3 މަސްދުވަހުދެތެރޭގައި މިސަރުކާރު ވައްޓާލާނަމޭ. ދެންމިތިބީ ރާކަނިމަސް ކެވިފަ. އެހެންވީމަ އަލީ ތިޔަބުނާހެން 5 އަހަރުވެރިކަމުގައި ތިބެވޭކަށް ނެތޭނުން. އަހަރެމެން މިތިބީބަލަން. މައުމޫނު ކުރިންވެސް ބުނިތާ 3 މަސްދުވަހުގެ ތެރޭގައި މަސްތުވާތަކެތިވެސް ނައްތާލާނަމޭ.މިހާރުއެވެސް ރާއްޖޭން ފިލީބާ. ދެކޮޅު ނުޖެހޭވާހަކަޔާ ކންތައް އަބަދުވެސް ތިޔަބުނާ ޑީއާރުޕީ އަކުން ކުރާނީ.

  11. އަތަރު ބިލިގާ‮ ‬ވިދާޅުވީ


    ތާރީޚް:05/10/2009

    ހާޝިމާ ކަލޯ ކޮންތާކު ތެޅި ބާލާފައި ތިޔާ ވައްޓާލީ. ވަރަށް ފައްކާ ލިޔުމެއް އަލުން ފަށައިގަނޭ. ކޮބައިތަ؟ ކުރިން ލިޔާ އައްބާހާއި ޔޫސުބާއި މި ގުރޫޕް ގަނޑު.

    ކޮބައިތަ؟ ކޮމެންޓްކުރި ކުދިންތައް؟

  12. އަލީ‮ ‬ވިދާޅުވީ


    ތާރީޚް:05/10/2009

    މައުމޫނަށް އެކަން ނުވެގެންތާ އަންނި އަރުވާފައި މިހިރީ މިރަށުން އަދިވެސް ތިބުނާ ޑްރަގް ކުޅި މަދެއްނުވޭ ބުނާނެ ބޮޑު ފަސްމީހަކާއި ހަމީހަކާއި ވާހަކަ ހަމަ އެއްކަހަލަ ރަންނަމާރިން، ދެރައީ މީހުންނަށް ލިބޭފައިސާ ކޮޅު ކާލަން އުޅޭތީ، މީހުން ބިކަހާލުގައިނ ޖައްސަން މަސައްކަތްކުރާތީ، މައުމޫނުވެސް ލާރިކެއްޔާމުން ކާއިރު އެހެން މީހުންނަށް ދޭއެއްޗެއް މަދެއްނުކުރޭ، އެއީ ހެޔޮލަފާ ވެރިންނަކީ، އަނެއްކާ މިއީ ތަނެއްގެ ވެރިއަކަށް ލާވަރުގެ މީހެއްވެސް ނޫންކަންނޭނގެ އަބަދު ހުންނާނީ މަސްގަންނަން ގޮސް ދެއަތް ފުރަގަހަށް ލައިގެން ދެކަވައިން ސޮނދި އައިސްފަ، ބޭރުގައުމު ތަކުގެ މީހުން ބުނެއުޅެއޯ މިއީ އަނެއްކާ ރާއްޖޭގެ ރައީސްހެއްޔޭ ނޫނީ ފޭކް މީހެއްހޭ، ހެހެހެހެހެ

  13. ސައުދުﷲ ކަމާލް‮ ‬ވިދާޅުވީ


    ތާރީޚް:05/10/2009

    ހާޝިމް ދެން ސިޔާސީ ވާހަކަ ދެއްކުމަށް ވުރެ ރަނގަޅު ވާނެ އެއްކަލަ އެސްފީނާ ވާހަކަ ގެނެސްދިނިއްޔާ. މަ ހާދަ ކިޔާހިތުން ކިޔާ ވާހަކަ އެކޭ އެއީ. މަ މިހާރު މިސައިޓުގެ އެޑްމިނަށްވެސް މެއިލް ކޮށްފިން އެސްފީނަ ނުޖެހިގެން. މި ބުނީ އެވާހަކަ ނުގެނެސްދީގެން. މަށަށް ރިޕްލައި ކޮށްފައި އޮތީ ވަރަށް އަވަހަށް ގެނެސްދޭނެ ކަމަށް އުއްމީދު ކުރާ ކަމަށް. އެކަމަކު އަދިވެސް ނުގެނެސްދޭ. ހާޝިމް ކޮންތާކަށް ވަދެ ތިޔަ އުޅެނީ
    ހާޝިމު ނިކަން ލިޔެދީބަ މިމައުޟޫއަށް. “ރައީސް ނަޝީދުގެ ފަސް ވަޢުދު”. މިމައުޟޫއަށް އެއްޗެއް ލިޔެދީބަލަ. ނާފަހެ އެވައުދުތަކަށް ވާގޮތެއް އެބަޖެހޭ ބަލަން.

  14. އަޙުމަދު ސައީދު‮ ‬ވިދާޅުވީ


    ތާރީޚް:06/10/2009

    ވަރަށް ފައްކާ ލިޔުމެކެވެ. ހަގީގީ ވާހަކަތަކެކެވެ.

  15. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:06/10/2009

    އައްޔާކަލެއަށް ތިޔަހުރީ ދުނިޔެދަސްވެ ނިމިފަ .ދުނިޔޭގަ އުޅިނިމުނީމަ އެވީދޮއްތޮ. އަހަރެމެން ލޯކުރިމަތީގަ،ކުދިބަޔަކު މައުމޫނަށް ސަލާންޖައްސުވާފަ،އެވަރުންނުވެގެން ޔަހޫދީންގެ އެންމެބޮޑުފާދިރީގެ ލަގަބު ބޮޑޮސޮލީބުރާއްޖެ ގެނެސް ،އަދިހަމަ އެހެންމެ ރާއްޖެއަށް ބުދުއެތެރެކޮށް އޭގެކައިރީގައި އޮރިޔާމުން ނަށާ .ޅިޔަނުސޮރާ،ދޮންބޭބެ އަދި ތުއްތުނާކުރާ ވައްކަންތައް ހަމަ ފާޅުގައި އެނގިހުރެމެ އެމީހުންނަށް ބޮޑެތިހެންހީވާ ވަޒީފާތައް ދިނީމަ، އެއީދޯ ތިޔަބުނާ ހެޔޮލަފާވެރިންނަކީ، މަހިތށް އަރާ މިމީހުން ލޮލަށް މިހިރީ މިރުސްފެން އެޅިފަނޫންބާވައޭ. އާއެހެންޏާ އެއުޅޭ އަފުރާޝީމުވެސް ބުންޏޭ އަންހެނުން ބުރުގާ އަޅާ އައުރަނިވާކުރާކަށް ނުޖެހޭނޭ.މައުމޫނު ބުނިގޮތަށް ބުނަންޖެހޭތި ބުނެފާނެ ޒިނޭވެސްކުރެވިދާނޭ،ކުރަންވިއްޔޭ މިވަރުބައެއްގެވާހަކަ ތިޔަދައްކަނީ.

  16. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:06/10/2009

    އައްޔާކަލެއަށް ތިޔަހުރީ ދުނިޔެދަސްވެ ނިމިފަ .ދުނިޔޭގަ އުޅިނިމުނީމަ އެވީދޮއްތޮ. އަހަރެމެން ލޯކުރިމަތީގަ،ކުދިބަޔަކު މައުމޫނަށް ސަދިޖަ ޖައްސުވާފަ،އެވަރުންނުވެގެން ޔަހޫދީންގެ އެންމެބޮޑުފާދިރީގެ ލަގަބު ބޮޑޮސޮލީބުރާއްޖެ ގެނެސް ،އަދިހަމަ އެހެންމެ ރާއްޖެއަށް ބުދުއެތެރެކޮށް އޭގެކައިރީގައި އޮރިޔާމުން ނަށާ .ޅިޔަނުސޮރާ،ދޮންބޭބެ އަދި ތުއްތުނާކުރާ ވައްކަންތައް ހަމަ ފާޅުގައި އެނގިހުރެމެ އެމީހުންނަށް ބޮޑެތިހެންހީވާ ވަޒީފާތައް ދިނީމަ، އެއީދޯ ތިޔަބުނާ ހެޔޮލަފާވެރިންނަކީ، މަހިތށް އަރާ މިމީހުން ލޮލަށް މިހިރީ މިރުސްފެން އެޅިފަނޫންބާވައޭ. އާއެހެންޏާ އެއުޅޭ އަފުރާޝީމުވެސް ބުންޏޭ އަންހެނުން ބުރުގާ އަޅާ އައުރަނިވާކުރާކަށް ނުޖެހޭނޭ.މައުމޫނު ބުނިގޮތަށް ބުނަންޖެހޭތި ބުނެފާނެ ޒިނޭވެސްކުރެވިދާނޭ،ކުރަންވިއްޔޭ މިވަރުބައެއްގެވާހަކަ ތިޔަދައްކަނީ. {އިސްލާހުކުރެވިފައި}

  17. ކިޔުންތެރިޔާ‮ ‬ވިދާޅުވީ


    ތާރީޚް:06/10/2009

    ހާޝިމް މީ ބޮޑު ކަނޑު ކޮހެއް

  18. ކިޔުންތެރިޔާ‮ ‬ވިދާޅުވީ


    ތާރީޚް:06/10/2009

    ހާޝިމްގެ ލިޔުމަށް ތާއީދު ކުރާނޭ މީހަކު އިރަކު ވިޔަސް މިހާރަކު ނުވާނެ. އިސްތިއުފާދީފަ ރީތިގޮތުގަ ގެޔަށް ވަޑައިގަންނަވާ. ނޫނިއްޔާ ސައިސަށް ކަނޑާލަ ފާނަން. މާ ނުފުއްޕައްޗޭ

  19. އިސްބެ‮ ‬ވިދާޅުވީ


    ތާރީޚް:06/10/2009

    ވަރަށް ފައްކާ ލިޔުމެއް، މީހަމަ މިކަން ވީގޮތަކީ..

  20. ފައްތަ ގޮބޮޅި‮ ‬ވިދާޅުވީ


    ތާރީޚް:06/10/2009

    ތިޔަ ވިދާޅުވަނީ ހަމަ ތެދު، ހާޝިމު ހާދަ ނުފެނެޔޭ، އެ އުޅޭ އާދަން ފާއިޒު މެން އަރުސަދު މެން ނަބީލުމެން ވެސް މިހާރު ހާދައޭ ނުފެންނަނީ، މިހެން ކިޔާއިރު އަތޮޅު ދުންޏެއް ވެސް ވަރަށް ކަމެއް ނުވާ ކަމަށް މައެއްބަސް، ދެން ބުންޒީލަ ގޮއްވާ އަޑުވެސް ހަމަ ނީވެޔޭ މިހާރު

  21. ހޮ ހޮށް‮ ‬ވިދާޅުވީ


    ތާރީޚް:06/10/2009

    ހާޝިމެއް ކަމަކު މާ ލަދުނުގަނެގެން ނޫޅި އަވަހަށް އިސްތިއުފާދީފަ އެހެން ނޫނީ ބޮލާ ފޮށާ އޮޅައިގެން ގޭގަ އޮވޭ.. ހަޤީޤަތް ހާމަވެ އެމްޑީޕީ ގުންޑާއިންގެ މުންޑު ބޭލުނީމަ ދެން ދިފާއުކުރަން އުޅުނަސް ތިކަމެއް ނުވާނޭ ދޮންމަނިކާ.. އަލީ އަހީދުމެން ވަރެއް ހަމަ ނެތް.. ލޮލުން ބޮލުން ތާއީދު.. ކުޅުދުއްފުށީގެ ގިނަ ރައްޔިތުން ތިބީ ޑީއާރުޕީ އާއި އެކު.. ހަމަ ޔަގީނުންވެސް މިރަށުގެ 90% ރައްޔިތުން ތިބީ މި ސރުކާރާ ދެކޮޅަށް..

  22. އިސްބެ‮ ‬ވިދާޅުވީ


    ތާރީޚް:06/10/2009

    ކުޅުދުއްފުށީގެ ގިނަމީހުން ތިބީ ޑީއާރުޕީ އެކުގައޭ ތިބުނަނީ ކޯޗެއް އިގޭތީ، ރިޔާސީ އިންތިހާބުގަވެސް ތިޔަބުނާ މީހުން މައުމޫނު ނުހޮވީ ދެން ކީއްވެބާ!

  23. އިސްބެ‮ ‬ވިދާޅުވީ


    ތާރީޚް:06/10/2009

    ތިކަހަލަ ކަޑުކޮސް މީހުން ތާއީދު ކުރާނީވެސް ހަމަ ކަޑު ކޮހުންނަށް..

  24. އިސްބެ‮ ‬ވިދާޅުވީ


    ތާރީޚް:06/10/2009

    މައުމޫނު 30 އަހަރު ހޭވި ހަޑި ނޭގޭ މީހަކަށް ދެން ކޯޗެއް އިގޭނީ!

  25. ހައްޕު‮ ‬ވިދާޅުވީ


    ތާރީޚް:07/10/2009

    އިސްބެ އަށް ތިވަނީ ކޮންވަރެއް؟ ބަލަ ކުޅުދުއްފުށީ މީހުން އެކަނި ވޯޓު ލައިގެން މައުމޫނު ހޮވޭތަ؟ އެކަމަކު ކުޅުދުއްފުށީގަ އެމޮޑީޕީ ތާއީދު ނެތްކަން އެނގިއްޖެ އެންމެ ފަހުން ބޭއްވި އިންތިޚާބުގަވެސް.. އެހެންވެ ނަޝީދާ ޤަފޫރާ ހޮވުނީ.. ތިބުނާ އެމްޑީޕީ އަށް ތާއީދު އޮތް ނަމަ ކީއްވެ އާދަމް ވަހީދާ އާދިލާ ނުހޮވެންވީ… ކިރިޔާ ނުހޮވުނީތަ؟ ވާދަކޮށްލެވޭ ވަރަށޤވެސް ވޯޓެއް ނުލިބުނު.. މިހރު ދެން ގަފޫރު އަނެއްކޮޅަށް ޖެހުން އަދި އެއީ އެހެން ކަމެއްތާ…

  26. ސީސީޓީވީ‮ ‬ވިދާޅުވީ


    ތާރީޚް:07/10/2009

    ހައްޕު އަށް ތާއީދު…

  27. Hellow‮ ‬ވިދާޅުވީ


    ތާރީޚް:07/10/2009

    ޑީ،އާރ،ޕީގެ އެވެސް ހައިސިއްޔަތެއް ނެއްކަން މިލިއުނުން ފުރިހަމަޔައް ސާބިތުވާހެއްކަކީ، މިލިއުމުގައި ވާއެއްވެސް ވާހަކަޔަކަށް ކޮމެންޓުކުރައްވާފައިވާ ޑީ،އާރ،ޕީގެ ސަޕޯޓަރެއްވިއަސް ދެކޮޅުހައްދަވާފައި ނެތުމުންނެވެ. އެބޭފުޅުން ގަބޫލްކުރައްވާ މިމުޒާހަރާއަކީ މުޅިންވެސް ދެއުޅިއަށްނުވާ ގަމާރުންތަކެއް ޖަހާފައިވާ ސަކަރާތެއްކަން، ބަޔަކުމުޒާހަރާކުރިޔަކަސް ވަލުކަބިޔަކަށް މުޒާހަރާކުރާކަށް ނުވެސްއެގޭނެ.ތިބުނާ އަލިވަހީދު،އުމަރު،ނިހާނު ތިހާމޮޅުބައެއްނަމަ މިހާރުތިބީހީ ވެރިކަމުގައި ނޫންބާ؟ އަދިވެސް އެތިބެނީ އެބޭބެގެ ފުށްނާބުގައި ތަޅައްވިއްޔާ.

  28. އިސްބެ‮ ‬ވިދާޅުވީ


    ތާރީޚް:07/10/2009

    ނަޝީދާ ޤަފޫރު ހޮވީ ޑީއާރުޕީ ސަޕޯޓް އޮވެގެން، ޑީއާރުޕީ ކަމެއް ނޭގޭ އަދި. އަދި ކިރިޔާ މިއިގުނީ، ނަސީދު އާއި ޤަފޫރު ހޮވީ ޑީއާރުޕީ މީހުންކަން.

    ރިޔާސީ އިންތިހާބުގަ ކުޅުދުއްފުށިން މައުމޫނަށްވުރެ ގިނައިން ވޯޓް ލިބުނީ އަންނިއަށް. އެއީ މައުމޫނު އަށް ތާއީދު ކުރާމީހުން ކުޅުދުއްފުށީގަ މަދުވީމަ. އެއީ ހަޤީގަތަކީ..

  29. އިސްބެ‮ ‬ވިދާޅުވީ


    ތާރީޚް:07/10/2009

    މިހާރު ވެރިކަން ކުރަނީ ވެސް ރައްޔިތުންގެ ތެރެއިން އެންމެ ގިނަމީހުން އެދޭމީހާ، މައުމޫނުވެސް އެކަން ގަބޫލު ކުރޭ..

    ވޯޓްލައިގެން ހޮވީމަ ދެން ގަބޫލު ކުރުން ނޫން ގޮތެއް ނޯންނާނެ.. ކުޅުދުއްފުށި ގިނަމީހުން ގަބޫލު ކުރޭ..

  30. އިސްބެ‮ ‬ވިދާޅުވީ


    ތާރީޚް:07/10/2009

    “ހެލޯ” ވެސްޖެހޭނި ހަމަ ގަބޫލު ކުރަން… ދެން ފަސް އަހަރު ވަންދެން ކެއްކޮށްލާ

  31. Hellow‮ ‬ވިދާޅުވީ


    ތާރީޚް:07/10/2009

    އިސްބޭ މަގޭކޮމެންޓުރަގަޅައްކިޔާބަލަ. އަހަރެން ގަބޫލަކުރަމޭ. މަސަރުކާރުގަބޫލުނުކުރާނީ މޮޔައިން

  32. އިސްބެ‮ ‬ވިދާޅުވީ


    ތާރީޚް:07/10/2009

    “ހެލޯ” އަށް ކޮންމެންޓް ކުރެވުނީ އޮޅިގެން. އެކަމަށް ހެލޯ އަރިހުން މާފަށް އެދެން.

    ހައްޕު ކައިރީ އެވާހަކަ ބުނެލަން އުޅުނީ..

  33. ކުރީގެ ނޫސްވެރިއެއް‮ ‬ވިދާޅުވީ


    ތާރީޚް:07/10/2009

    ސާބަސް ހާސިމް ވަރަށް ފުރިހަމަ . މިލިޔުމުން އަޅުގަޑަށް ވެސް މިހާރު ޑީއާރުޕީއޭ މިމީހުންގެ ފެން ވަރު ވަޒަން ކުރެވިއްޖެ، އުމަރަކީ ހައްލެއްނޫން އުމަރަކީ ހަލާކު.

  34. ކުރީގެ ނޫސްވެރިއެއް‮ ‬ވިދާޅުވީ


    ތާރީޚް:07/10/2009

    އަދިވެސް މައުމޫނާއި އޭނާގެ އައުވާންގެ ބޯލަބައިގެން ވާނުވާނޭގޭ މީހުން އުޅޭނެދޯ، އުމަރު އިބައުޅޭ ކުޅުދުއްފުށިގައި މުޒާހަރާއެއް ބާއްވަން ވެގެން ،ހޭލާތިބޭތި އުމަރަކީ ދެބޯގެރިއެއް.

  35. ކުރީގެ ނޫސްވެރިއެއް‮ ‬ވިދާޅުވީ


    ތާރީޚް:07/10/2009

    މިއީ މައުމޫނާއި ޔާމީނުގެ އެދުމުގެ މަތިން އާބާދީ ބޮޑެތި ރަށްތަކުގައި ބާއްވާ މުޒާހަރާތަކެކޮ. އަހަރެން ބުނަންތަ ހަގީގައް މަވޯޓާ އަކީވެސް

  36. ކުރީގެ ނޫސްވެރިއެއް‮ ‬ވިދާޅުވީ


    ތާރީޚް:07/10/2009

    މިއީ މައުމޫނާއި ޔާމީނުގެ އެދުމުގެ މަތިން އާބާދީ ބޮޑެތި ރަށްތަކުގައި ބާއްވާ މުޒާހަރާތަކެކޮ. އަހަރެން ބުނަންތަ ހަގީގައް މަވޯޓާ އަކީވެސްދެބޯގެރިއެއް އޭނާ ފުރަތަމް މައުމޫނު ކައިރިގަހުރެފަ އަންއަށް ބަވާފަ އުޅުނު އަދި ރަށްޔިތުން ނަށް އޮޅުވާލި އަނެއްކަ އންނިއަށް ދޯކާދީފަ މައުމޫނު ކއިރިއަށް ގޮސްހުރެދެން ކިޔަނީ މަކުރިން ހެދީ ދޮގޭ މިހާރުމިހަދަނީ ތެދޭ. ކިހިނެއް ގަބޫލް ކުރާނީ. ވިސްނާތި މަވޯޓާއާއިދޭތެރޭ ދެބޯގެރިއެއް

  37. އަނީސް‮ ‬ވިދާޅުވީ


    ތާރީޚް:08/10/2009

    ފުލުހުން ވަކިފަރާތަކަށް ޖެހުމަކީ ވަރަށް ދެރަކަމެއް، ކުރީގެ ނޫސްވެރިއެއްގެ ނަމުގައި ކޮމެންޓްކޮށްފައި އެވަނީ ކުޅުދުއްފުށީގައި ކުރިން ހަވީރު ނޫސް ރިޕޯރޓަރ މިހާރު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ މީހެއް، މިއީ ވަރަށް ދެރަކަމެއް، ފުލުހުން އަދި ސިފައިން ސިޔާސީ ފިކުރުން އެއްކިބާވެގެން ތިބޭބަޔަކަށް ވާންޖެހޭ އެހެން ނޫނީ މިގައުމުގެ ކުރިމަގެއް ނޯންނާނެ، އަދި ލިޔެފައިވާ ކޮމެންޓް ތަކަކީވެސް ވަކިކަމަކަށް ހިއްވަރުދީގެން ވަކިމަގުސަދެއްގައި ލިޔެފައިވާ އެއްޗެއްކަން ދޭހަވެގެން ދޭ، އުމަރު މިރަށަށް އަންނަ އުޅޭކަން އެނގޭނީ ވަރަށް މަދުބަޔަކަށް އޭނާ އެއަންނަނީ ކީއްކުރަންކަމެއް އަދި އެއްވެސް މީހަކަށް ނޭނގޭނެ ބުނެދޭކަށް އުމަރަކީ މިދުވަސްކޮޅު މުޒާހަރާ ކުރުމުގައި އުޅޭ މީހެއްވެ އެންމެންވެސް އޮގަތަށް ދެކޭނީ ފަހަރެއްގައި އެއީ މަގުސަދުކަމުގައިވެސް ވެދާނެ، އެހެން ވާނީވެސް އިޒުރޭލުންނާއި މިސަރުކާރުގެ ރާބޯ ވެރިން ގުޅޭއިރު މުސްލިމުންކަމުގައި މިގައުމުގައި ތިބި މީހުން އެކަމަށް ނުރުހުން ފާޅުކުރެވެން އޮތްގޮތަކަށް އެކަންކުރާނެ، ކަމެއް ވިއަސް ނުވިއަސް، އެކަމަކު ވަކިބަޔަކާހެދި ހޭބަލިވީމާ ތިމާގެ ދީނަށް ވުރެންވެސް އެކަންތައްތައް ބޭނުންވާނެ، އެކަން މިނޫސްވެރިޔާގެ ކޮމެންޓުން އެނގިގެންދޭ އެއީ ފުލުހުންގެ ހުވާގައި އޮންނީކީ އެމްޑީޕީ ދިފާއުކުރުމެއް ނޫން ފުރަތަމަވެސް އޮންނާނީ ދިވެހިރައްޔިތުންނާއި އެބައިމީހުންގެ މުދާ ރައްކާކުރުމުގައި ހަށިގަނޑާއި ފުރާނައިން ގުރުބާވުމަށް، އެއީ ޑީރާޕީ ވިޔަސް އެމްޑިޕީ ވިޔަސްމެ. މިނޫވެރިޔާ ނުވަތަ ފުލުސް މީހާ މިގޮތުގައި އުޅޭނަމަ އަވަހަށް ބޭރުކުރުމަށް ގޮވާލަން.

  38. ހުސްނޫ‮ ‬ވިދާޅުވީ


    ތާރީޚް:08/10/2009

    އަސްލުވެސްތަ؟ ނޫނޭ ރަގަޅު ދެން ކިހިނެއް ވާނީ ގައުމަށް.

  39. Hellow‮ ‬ވިދާޅުވީ


    ތާރީޚް:08/10/2009

    އަނީސް. ފުލުހެއްވިއަސް މަސްވެރިއެވިއަސް އެމީހެއްގެ ވިސްނުމުގައި ސިޔާސީވެވިދާނެ، ބަލަ ފުލުހަކާއި އެހެންސިވިލްސާވަންޓަކާ މިހާރުހުރީކޮންތަފާތެއްބާ، ފުލުހުންނައްވެސް ވޯޓުލެވޭ، މީގައި ހަމައެކަނިވިސްނާލަން ޖެހޭތަންކޮޅަކީ އެމީހެއްގެ މަގާމުގެ ބޭނުން ނުވަތަ ނުފޫޒު ސިޔާސީބޭނުމަކަށް ނުކުރުން.
    އަނިސް. ފުލުހުންގެ ނާޖާއިޒް ފައިދާނަގާފައި ވަނީ ކޮންސަރުކާރަކުންބާ؟ އަދި އުމަރު ނަސީރުމެން އައިސްގެން ކޮންމެހެން މިރަށުގައި މުޒާހަރާކުރާ ކުރާކަށްނުވެސްޖެހޭ އޭނާޖަހާލަގިރިއެއްޖަހާނީ މާލޭހައި، މިރަށުގައިތިބިމީހުން މުޒާހަރާކުރުމަކުން މައްސަލައެއްނެއް.

  40. އަނީސް‮ ‬ވިދާޅުވީ


    ތާރީޚް:08/10/2009

    ފުލުހުން ވަކި ގޮތަކަށް ސިޔާސީ ވާހަކަ ދެއްކުމަކީ ފުލުހުންގެ ގާނޫނުގައި މަނާކޮށްފައިވާ ކަމެއް، ފުލުހުންނަށް ވޯޓް ލުމުގެ ހައްޤު އޮތެއްކަމަކު ސިޔާސީ އެއްވެސް ކަމެއްގައި އެމީހާގެ ފިކުރު ނެވޭނީ ފުލުހުންގެ ވަޒީފާއިން ވަކިވެގެން. އެހެންވެ އަބްދުﷲ އަށް އެވަޒީފާ ދޫކޮށްލުމަށް ނުވަތަ އެކަންތައްތައް އިސްލާޙްކުރުމަށް ގޮވާލަން.

  41. Hellow‮ ‬ވިދާޅުވީ


    ތާރީޚް:08/10/2009

    އަރީސް. އަޅެމިލިއުމުގައި އެއްވެސް ދޮގުވާހަކައެއް އެކުލެވިފައިވޭތަ؟ އާދޭސް ކޮށްފައިބުނަނީ މިސުވާލުގެ ޖަވާބުދެއްވުން އެދެން. ނުދެއްވައިފިނަމަ ބަލާނީ މިއީތެދުކަމަށް.

  42. އަނީސް‮ ‬ވިދާޅުވީ


    ތާރީޚް:08/10/2009

    މުޅިން ތެދެއް ނޫން އެކަމަކު ކޮންމެވެސް ވަރަކަށް ތެދު ހިމެނޭކަން ފާހަގަ ކޮށްލަން، މިރާއްޖޭގެ ރައްޔިތުން ހައްގު ހޯދަން މަގުމައްޗަށް ނިކުންނަން ދަސްކޮށްދިނީ މިސަރުކާރުން

  43. އިސްބެ‮ ‬ވިދާޅުވީ


    ތާރީޚް:08/10/2009

    ހައްގު ހޯދަން މަގުމައްޗަށް ނިކުތުމުކީ ރަގަޅު ކަމެއް، އެއީ ދަސްކުރަން ޖެހޭކަމެއް. ޑީއާރު ޕީ މީހުން ނަކަށް ނޭގޭ އަދި މިކަން ކުރާކަށް. މީ މިވާގޮތަކީ..

  44. އިސްބެ‮ ‬ވިދާޅުވީ


    ތާރީޚް:08/10/2009

    އުމަރު ނަސީރުމެން މީދެން މިހާރު އެއްވެސް ތާކުން ތާކު ނުޖޭބަޔެއް، ޕާޓީ ހަދާނެ އުވާލާނެ، ކޮށްފަ ނުކުރާނެ ކަމެއް ނޭގިގެން ބޮލަށް ތެޔޮއަރައިގެން އުޅޭ ކާޅެއްހެން އެއުޅެނީ..

  45. އަނީސް‮ ‬ވިދާޅުވީ


    ތާރީޚް:09/10/2009

    ރަގަޅު ވާހަކައެއް ތިބުނީ MDP މީހުން މަގުމައްޗަށް ނިކުމެ މީހުންގައިގާ މާރާމާރީން ހިންގާ ތަންތަނުގައި އަލިފާން ރޯކޮށް ރައްޔިތުންގެ މުދާ ހަލާކުކޮށް ފުލުހުންނާއި ސިފައިންނަށް ހަމާދީ ހަދަމަކުން DRP މީހުންނެތް އަދިއެއް ނޫޅޭ، އެއީތޯ ތިބުނާ ހައްގު ހޯދުމަށް މަގުމައްޗަށް ނުކުތުމަކީ، އެއީ ދަގަޑުގެ މީހުން ނޫންނަމަ ތަނެއް ދޮރެއް ނުދަނެ، ހަމައިގާ ނުތިބޭ މީހުން އުޅޭ ގޮތް، MDP ގެ ރައީސް އަންނި މަގުމައްޗަށް ހައްގު ހޯދުމުގެ ނަމުގައި ނިކުންނަނީ ރާފޮދު ބޯލައިގެން ބޯދިގު މީހާ ގޮވައިގެން، ނުކުމެގެން ކުރެވޭ ނުކުރެވޭ ކަމެއް ނުމެއެނގޭ، މިހާރު އެހޯދައިދެނީ ހައްގު ދެއްތޯ؟ އެކީ އުޅޭ މީހުންނަށް 50 އަހަރަށް ގައުމުގެ ތަންތަން ކުއްޔަށް ދެމީހުން އެދަނީ އެހެން މީހުން ނިކަމެތި ކުރަމުން، ރައްޔިތުންގެ ފައިސާ MDP ގެ އައުވާނުންނަށް ބަހަމުން، މިއިން އެނގެނީ އޭނާ އުޅުނީ ހައްގު ހޯދަން ނޫންކަން މިގައުމުގެ މުއްސަނދި ކަން ފެނިގެން އޭގެ ދަހިވެތިކަމުގައިކަން، އެއްތައްވަރކުން މިގައުމު ކޮޅަށް ޖެހުމުން ގައުމުގެ އިފަތްތެރިކަން ނަގާލާ މުޅި ގައުމު ބަގުރޫޓް ކުރާނެ ގޮތެއް ނޭނގިގެން، އޭނާގެ މެމްބަރުންވެސް ސަރުކާރު ދިފާއު ކުރަމުންދަނީ އެމިހުންވެސް މިފަސް އަހަރު ތެރޭ މުއްސަނދި މަހުޖަނުންނަށް ވާން ބޭނުންވާތީ. ސާފުވެއްޖަކަމަށް ބެލެވޭ. ދެން ބުނާނެ މައުމޫނު ލާރިކޭ ވާހަކަ 30 އަހރު ދުވަހު ހުންނަ އިރު ލާރިވެސް ކާނެ، އެކަމަކު އެކަން ކޮށްފައިވީނަމަވެސް ދިވެހި ރައްޔިތުންނަށް ދަތިތައް ކުރަމަކުން ނުދޭ މުސާރ ކުޑައެއް ނުކުރޭ، ވަޒީފާ މަދެއް ނުކުރޭ، ތަރައްގީ ދުވަހެއް ދުވަހަކަށް ދިޔައީ ކުރިއަށް، އެކަމަކު މިހާރު އެހެންތަ، އެނގޭ 30 އަހަރު އަންނި އަކަށް ނުހުރެވޭނެކަން އޮތީ އެންމެ 05 އަހަރުކަން ފަސް އަހަރުވަހުގެ ތެރޭގައި 30 އަހަރު މައުމޫނު ކޭކަމަށް އަންނި ބުނަމުން ދިޔަ ވަރަށް ލާރިކާން ބޭނުންވެގެން މިހާރު އެއުޅެނީ އަދި ފަސްއަހަރު ފަހުން ގައުމުން ފިލައިގެންދާނެ ކުރިންވެސް އުޅުނު ގޮތަށް UK އަށް، މައުމޫން އަދިވެސް އެހުރީ މރާއްޖޭގައި މިއިން އެނގެނީ ދިވެހިން ދެކެ ލޯބިވަނީ މައުމޫނުކަން އަންނި އެއް ނޫންކަން. އެންމެފަހުން އިނގިރޭސި ވިލާތަށް ގޮސް އެތަނުގައި ތިބި ދިވެހި ކިޔަވާކުދިންނާއި ބައްދަލުކޮށްލަންވެސް އަންނި އަށް ނުކެރުނުނު ކިހާ ހެޔޮފުޅުދޯ.

  46. އަނީސް‮ ‬ވިދާޅުވީ


    ތާރީޚް:09/10/2009

    އަދި ބުނެލަންތަ ރަށުކައުންސިލުންގެ ގޮތުގައި އައުވާނުންލައްވައި މުސާރައަށް މަގަކު -/15000ރ ބަޖެޓުން ހޭދަކުރާއިރު ކައުންސިލުންގެ އަތަށް ލިބެމުންދަނީ -/10000ރ ކަމަށް ކުނބުރުދޫ ކައުން ސިލަކަށް އުޅޭ ހުސޭނު ބުނި، އަނެއް -/5000ރ ނަގަނީ MDP ގެ ޕާޓީ ފަންޑަށޯލަ. މިއީ ހިޔާނާތެއް ނޫންތަ. ކުނބުރުދޫ ހުސޭނަކީ މިރަށުގައި ދެތިން ފިހާރަ ހުޅުވައިގެން ވިޔަފާރިކުރަމުންގެންދާ މީހެއް މުޅިހެން އުޅެނީ މިރަށުގައި އެކަމަކު ކައުންސިލުކަމޯ އެކުރަނީވެސް، އޭނާއަށް ރަގަޅުތާދޯ ރައްޔިތު ފައިސާ އިން ދެކޮޅު ދަތުރު މިހާރުކުރެވޭ އިތުރަށް ދިހަ ހާސް ރުފިޔާ ލިބޭ، ރަށު އޮފީހުގައި މޭޒަކާއި ކޮމްޕިއުޓރެއް ހުރޭ ވިޔަފާރި ބަލަހައްޓަން، ވަރަށްވެސް ފައްކާދޯ. ކޮންމެ ކައުންސިލެއްގެ އަތުން މަހަކު -/5000ރ ނެގީމާ މިއަތޮޅުން އެކަނިވެސް MDP ފަންޑަށް މަހަކު -/80000ރ ލިބޭނެ ދެން ނިކަން ވިސްނާލާ ސިވިލްސާރވިސްގެ މުވައްޒަފުންގެ މުސާރަ ކުޑަނުކޮށް މީހުން ވަޒީފާއިން ނުކަނޑާ ކިހިނެތް ވާނީ.

  47. އިސްބެ‮ ‬ވިދާޅުވީ


    ތާރީޚް:09/10/2009

    އަނީސް ބުނަންތަ ވާހަކަ އެއް، އަހަރެމެން ނޫޅެން މާރާމާރީ ހިންގި ބަޔަކާ، އަލިފާން ބޯޅަ އުކި ބަޔަކާ، ސުލްހަ ވެރިޒުވާނުން އެއީ ކޮންބަޔެއްކަން ނޭގި ގެނެށް. އެއީ ކޮންބަޔެއްކަން ނޭގިގެން ތިއުޅެނި އަނީސް އަށް.

    ކައުން ސިލަރުންގެ މުސާރަ އަށް ލިބޭވަރުވެސް އަނީސް އަކަށް ނޭގުނު، އެވެސް ތިއެގުނި ކުބުރުދޫ ކައުން ސިލަކަށް އުޅޭ ހުސޭނު ބުނީމަ. ދެން އެއީ ދޭން ޖެހޭ މަގާމެއްތޯ ނުވަތަ ނޫންތޯ އަދި ކިހިނެށް އަނީސް އަށް އިގޭނީ…

    މައުމޫނު ވެރިކަމުގެ އެންމެ ފަހު ދުވަސް ކޮޅު، ސީނިޔާ މިނިސްޓަރުންގެ ނަމުގަ، ސަރުކާރަށް އެއްވެސް ފައިދާއެއްނުކުރާނެ ބަޔަކަށް ބޮޑު މުސާރަ ދޭންފެށި، އަދި އަބަދުވެސް މައުމުނު ސަރުކާރުގަ ތިބޭ އޮފީހަށް ހާޒިރުނުވެ މުސާރަ ލިބޭބަޔަކުވެސް.. މީކީނޫންބާ އިސްރާފަކީ، އަނިސް އަށް ފެނިގެން ތިއުޅެނީ ކުބުރުދޫ ހުސޭނު… ހެހެހެ

  48. އިސްބެ‮ ‬ވިދާޅުވީ


    ތާރީޚް:09/10/2009

    އަދި ބުނެފިޔެއްނު 30 އަހަރު ދުވަހު ހުންނަ އިރު ލާރިވެސް ކާނެ އޭ.. މައުމުނު އަށް ހީވިކަހަލަ މިރާއްޖެ އޮތީ އޭނައަށް ހިބަކޮށްފައޭ!!

  49. އަނީސް‮ ‬ވިދާޅުވީ


    ތާރީޚް:09/10/2009

    އިސްބެ އަށް، މިރާއްޖެއިން އަދިވެސް ފެންނަނީ މައުމޫން ސަރުކާރުން ކޮށްދީފައި ހުރި ކަންތައްތައް، އަންނި އަށް އަދިވެސް އެއުޅެނީ ކަމެއް ކުރެވޭ ވަރުނުވެގެން ދެން ތިގޮތަށް އަނގަ ތެޅިމާ ގަބޫލުކުރާނެ މީހުން އުޅޭނީ mdp އެކަނި. ކއުންސިލަރުންނާއި ބެހޭ އެއްވެސް ގާނޫނެއް އަދި އެއް ހެދިފައެއް ނެތް، އެއީ އަންނި ގެ އަޅުން، ދިވެހިދައުލަތުގެ ފައިސާ އިސްރާފްކުރާ ބައެއް، އަންނި އަކަށް 30 އަހަރު ދުވަހަކު ނުހުރެވޭނެ، ލަފާކުރެވޭ ގޮތުގައި މިއަންނަ އަހަރާއި ހަމައަށް ހުރެވޭނީވެސް ރީތި ނިމުމެއް މިވެރިކަމަށް އަންނަ ތަން ބަލަން އިސްބެ ހުންނާތި، އަނގައިން ކުޅުހިކި ދެކަނަވާއި ސޮނިފައިބާފަ.

  50. DOg‮ ‬ވިދާޅުވީ


    ތާރީޚް:09/10/2009

    ހާޝިމަށް، އަބަދުވެސް ރައްޔިތުންނަށް ދެރަގޮތް ހަދާފަ MDP މީހުން ގާތަށް އަންނާނީ މިލިޔުމުގެ ސުރުހީގައި ތިވާފަދަ ނުބައި ޒާތެއްގެ ހިންޏެއް، MDP މީހުންނަކީ މަކަރާއި ހީލަތް ހަދަމުންގެންދާ ނުލަފާ ނުބައި ޖއްބަރުންތަކެއް.

  51. އިސްބެ‮ ‬ވިދާޅުވީ


    ތާރީޚް:09/10/2009

    ޑީއާރުޕީ މީހުން ވެރިކަން ވައްޓަން ނުކުތަކަސް އެކަމެއްނުވާނެ، 5 އަހަރަށްވެރިޔަކު ހޮވީ 30 އަހަރަކަށްނުން. އެހެން ވީމަ ފަސްއަހަރު ފުރިހަމަ ކުރާނީ ހަމަ ފަސްއަހަރަށް ހޮވާފަ ހުރި ވެރިޔަކު.

    މައުމޫނު ވެރިކަމުން ބޭލީމަ ތިއުޅެނީ އެކަން ހަޖަމު ނުކުރެވިގެން، އަނގައިން ކުޅުހިކި ދެކަނަވާއި ސޮނިފައިބާފަ ތިބެނީވެސް ހަމަ މައުމޫނު ވެރިކަމުން ބޭލީމަ އެކަމުގަ ހިތާމައިގަ.

    ވެރިކަން ވައްޓާވާހަކަ ނުކިޔަ ވައްޓާލާ! އޭރުން އެންމެންނަށްވެސް އިގޭނެ މިވެރިކަން ވެއްޓޭވަރު ބަޔަކު ޑީއާރުޕީގަ އެބައުޅޭކަން.