ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ދިވެހި ރައްޔިތުން ރުހުމުގެ ލޮލަކުން ބަލާލީ ކީއްވެގެން ބާވައެވެ؟ އެޕާޓީގެ ވާހަކަތަކަށް ކަންފަތް ދިނީ ކީއްވެގެން ބާވައެވެ؟ އެޕާޓީއަށް އިތުބާރު ކުރީ ކީއްވެގެން ބާވައެވެ؟ އަދި އެންމެ ފަހުން، ދިވެހިރާއްޖޭގައި 30 އަހަރު ވަންދެން ވެރިކަން ކުރި ސަރުކާރުގެ ކަންފަތުގައި ހިފާ ވެރިކަމުން ދުރުކޮށް ފުޅަށް ބުޑަށް ޖަހާފައި، އެޕާޓީއަށް ވެރިކަން ޙަވާލު ކުރީ ކީއްވެގެން ބާވައެވެ؟ މިސުވާލުތަކުގެ ޖަވާބުކަމުގައި އަޅުގަނޑުގެ ސިކުނޑިއަށް އަންނަނީ ޞުރުޚީގައިވާ “ވަޢުދެއް މިރޭ ވާނަން… މިތެދުކަން އަންގައިދޭނަން… ހަނދާއޭ ހެކިވެދޭށޭ…” މިލަވައެވެ.
ތެދެކެވެ. ދިވެހި ރައްޔިތުންގެ ކުރިމަތީގައި އެމްޑީޕީއިން ވަޢުދުވިއެވެ. އެންމެ ވަޢުދެއް ނޫނެވެ. ދިވެހިން ބޭނުންވާ ކަންތައްތަކަކީ ކޮބައިތޯ ބަލައި، އެކަންކަން 5 ބަޔަކަށް ބަހައި، އެ 5 ކަންތައް ކޮށްދިނުމަށް ވަޢުދުވިއެވެ. އެ ވަޢުދުތައް ރައްޔިތުންނަށް އިއްވިއެވެ. ރައްޔިތުންނަށް އިވެންދެން އިއްވިއެވެ. ރައްޔިތުން އަހަންދެން އިއްވިއެވެ. އަދި އެ ތަކުރާރު ވެސް ކުރިއެވެ. ރައްޔިތުންގެ ކުރިމަތީގައި ރައްޔިތުންގެ އިތުބާރު ހޯދެންދެން ވަޢުދުތައް ކެނޑިނޭޅި ތަކުރާރުކުރިއެވެ. ކުރީގައި އޮތް މައުމޫނުގެ ސަރުކާރުން ވަޢުދުތަކެއްވެފައި، އެ ވަޢުދުތައް ނުފުއްދުމުގައި “އޯވަޑޯޒް” ވެފައިވާކަން ބަޔާންކޮށްދިނެވެ. އެވާހަކަތައް ދިވެހިން ޤަބޫލުކުރިއެވެ. އެކަމަށް ހެކިވެގެންނެވެ. އެއީ ދެއުޅިއެއްނުވާ، ވިޔާނުދާ ސަރުކާރެއް ކަމަށް ވެސް ހެކިވެގެންނެވެ.
މިއަދު ދިވެހިން ދެކެމުން މިދަނީ ދިވެހިން އެމްޑީޕީއަށް ކުރި އިތުބާރުގެ ފޮނި ނަތީޖާއެވެ. އެމްޑީޕީއާ އެކީ ވެހެމުންދިޔަ ބޯވާރޭގައި ދިވެހިން މާތް ރަސްކަލާނގެއަށް ކުރި ދުޢާ އިޖާބަވެ، އެއިން އެކަލާނގެ އިރާދަކުރެއްވި އުފާވެރި ދުވަހެވެ. އެމްޑީޕީއާ އެކު، އެހެން ޕާޓީތަކުގެ މެމްބަރުން ވެސް ކުރި ބުރަ މަސައްކަތުގެ ހެޔޮ ޖަޒާއެވެ. އެއީތޯއެވެ؟ ވެރިކަމަށް އައިތާ 1 އަހަރު ވެސް ނުވަނީސް، އެމްޑީޕީއިން ވެފައިވާ ވަޢުދުތައް ޙަޤީޤަތަކަށް ވަމުން އަންނަ މަންޒަރެވެ. އެރޭ އެމްޑީޕީއިން ވި ވަޢުދުތަކަކީ “މީ ތެދުކަން އަންގައިދޭނަން” އޭ ބުނެ ޢަމަލީ ސިފަ ޖައްސަމުންދާ ތަނެވެ. އަދި “ހަނދާއޭ ހެކިވެދޭށޭ…” ކިޔައި އެކަން މުޅި ރާއްޖެއަށް އިޢުލާން ކުރަމުންދާ ތަސްވީރު ވެސް މެއެވެ.
ދިވެހިންގެ ކުރިމަތީގައި އެމްޑީޕީއިން ވީ އެއް ވަޢުދަކީ ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމުގެ ވަޢުދެވެ. އެގޮތުން ކޮޅުމަޑުލާއި ހައްދުންމަތި ހިމެނޭ ޕްރޮވިންސްގައި މިހާރުވަނީ މިކަން ފަށައިގަނެ، ވޭތުވެ ދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އެތައް ހާސް ބަޔަކަށް އެއިން ފައިދާ ޙާޞިލްކޮށްދީފައެވެ. އަދި އިތުރު ޕްރޮވިންސްތަކުގައި މިޚިދުމަތް ފެށުމަށް ކުންފުނިތަކަކާއެކު ސޮއިކޮށްފައެވެ. ދާދި އަވަހަށް އެ ޕްރޮވިންސްތަކުގައި މިޚިދުމަތް ފެށި ދާނެއެވެ. އެކަމަށްޓަކައި ސަރުކާރާއި އެކުންފުނިތަކުން އެގެންދަނީ ރެއާއި ދުވާލު ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. ޚުދު އިދިކޮޅު ޕާޓީގެ ނުފޫޒުން ސަލާމަތް ނުވާ “ހަވީރު” ނޫހުގެ ބުރާސްފަތި ދުވަހުގެ ޢަދަދުގެ ފަލަ ސުރުޚީގައި އެއޮތީ ރާއްޖޭގެ އާބާދީގެ 50 އިން ސައްތަ މީހުންނަށް މިހާރު މިޚިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ ކަރުދާހު މަސައްކަތް ނިމުނީ ކަމަށެވެ. އަދި އަމާޒަކީ، މިއަހަރު ނިމުމުގެ ކުރިން މުޅި ރާއްޖޭގެ ހުރިހާ ރަށްތަކެއް މިވިޔުގައިން ގުޅާލުން ކަމަށެވެ. މިއީ އިންސާނަކު، ވަކިން ޚާއްޞަކޮށް މިދިޔަ ސަރުކާރުން ފަތުރާފައިވާ ހިތްވަރާއި ހިތް މަރާލުމުގެ ސިޔާސަތުގެ ދަށުގައި އުފަންވެ، ބޮޑުވެ ތަޞައްރަފު ފުދިފައިވާ ކޮންމެ މީހަކުމެ، ޙައިރާންވެ އަންތަރީސްވާހާ ބޮޑު ކާމިޔާބެކެވެ.
އެމްޑީޕީގެ އަނެއް ވަޢުދުކަމުގައިވާ ބޭސްފަރުވާއަށް ސަލާން ޖެހުން ހުއްޓުވުމަށްޓަކައި، ރާއްޖޭގެ ސިވިލް ސަރވިސްގައި ހިމެނޭ އެންމެން ހެލްތު އިންޝުއަރެންސެއްގައި ބައިވެރިކޮށް، 65 އަހަރުން މަތީގެ މީހުންނަށް ކޮންމެ މަހަކު 2000 ރުފިޔާގެ އިނާޔަތެއްދީ، އެމީހުން ވެސް ހަމައެކަނި އައިޑެންޓިޓީ ކާޑު ދައްކާލުމުން ބޭސްފަރުވާގެ ކަންތައްތައް ނިމޭ ގޮތަށް ހަދާދީފައެވެ. އަދި މިހާރު އެގެންދަނީ، ރާއްޖޭގެ ދެން ތިބި ހުރިހާ ރައްޔިތުން އެއިންޝުއަރެންސްގައި ބައިވެރިކުރުމުގެ މަސައްކަތްކުރަމުންނެވެ. މިހާރު އެކަމާ ބެހޭ އިޢުލާންކޮށް، ހޭލުންތެރިކުރުވުމުގެ މަސައްކަތްތައް އެދަނީ ކުރިއަށެވެ. މިއަދު ބޭސް ފަރުވާއަށް ސަލާން ޖަހާ މީހުން ކުރިއަށް ވުރެ ވަރަށް ބޮޑުތަން މަދުވާނެއެވެ. މިއީ ސިކުނޑީގައި “ނިއުރޯން” ހަމައަށް ހުރި އެކަކަށް ވެސް ދެބަސްވެވޭނެ ކަމެއް ނޫނެވެ. މިނޫނަސް، ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ފްލެޓް އެޅުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތަކާއި، އަތްފޯރާ ފަށަށް ތަކެތީގެ އަގުތައް ގެނައުމަށާއި، ދިރިއުޅުމުގެ އަގުތައް ތިރިކުރުމަށްޓަކައި ސަރުކާރުން އެދަނީ ނުހަނު ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.
އާދޭހެވެ! މިސަރުކާރަކީ ވަޢުދުވާން ކެރޭ ސަރުކާރެކެވެ. އަދި އެއަށްވުރެ ބޮޑަށް އެވަޢުދު ފުއްދަން ކެރޭ ސަރުކާރެކެވެ. މިކަމަށް މިއަދު ދިވެހި ރައްޔިތުން އެދަނީ ހެކިވަމުންނެވެ. މިސަރުކާރު އިޚްތިޔާރު ކުރެވުނީތީ އުފަލުން ނަށަމުންނެވެ. ދިވެހި ރައްޔިތުން ނުކުމެ ވެރިކަމުން ބާލާ ނަގާ ހޫރާލީމާ ވެސް އަދި ވެސް “ދިވެހި ރައްޔިތުންގެ” މިހެން ކުރިއަށްލައިގެން އުޅޭ ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ކަރަންޓީނު ކުރަމުންނެވެ. ނުރައްކާތެރި ގައިންގަޔަށް އަރާ ބައްޔެއް ޖެހިފައިވާ މީހަކު ކަރަންޓީނުކުރާ ބީދައިންނެވެ. އަދި އެމްޑީޕީއިން ކީ “ވަޢުދެއް މިރޭ ވާނަން… މީ ތެދުކަން އަންގައިދޭނަން… ހަނދާއޭ ހެކިވެދޭށޭ…” ގެ ޖަވާބުގައި “ހުއްޓާ މޭގާ ދިރުމާ އަދި ނޭވާ… ނިންމަނީ ވަކިނުވާށޭ…. ހަނދާއޭ ހެކިވެދޭށޭ…” އޭ ބުނެ އެއަޑު ވަޔާއި ހަވައާއި، ޖައްވާއި ފަޒާގައި ގުގުމަމުންނެވެ.

މަންގަނޑުމަތި ވިދާޅުވީ
ތާރީޚް:10/10/2009
ވަރަށް ފުރިހަމަ ހާޝިމް. ހާޝިމްގެ ތިހުރި ބަސްމޮށުން ތެރިކަމަށް ތައުރީފް ހައްގު. އެސްފީނާގެ ބާކީ ބަޔަށް އިންތިޒާރު ކުރާވާހަކަ މިފުރުސަތުގައި ދަންނަވާލަން.
ޕިސްޕިސް ވިދާޅުވީ
ތާރީޚް:10/10/2009
ސާބަހޭޅިޔަނާ!ވަރަށް ފުރިހަމަ ލިއުމެއް.އަދި ޑީއާރުޕީ އަށް ބުނެލަންބޭނުންވަނީ ހަނދަކީ ކަލާ ކަމުގައިވިއަސް އަލަކުން މަށެއްނުބަލާނަމޭ. އެމްޑީޕީއަށް ބުނާނީ ބުލްބުލް އެހީ ދޭނުހޭ އުފަލުން ފުރަން ހިތްމަގޭ.
ދޮން އާދަނު ވިދާޅުވީ
ތާރީޚް:10/10/2009
އޭ ކޮބާތަ ސުވާލުމުބާރާތުގެ ނަތީޖާ؟ މިހާރު ކިރިޔަ ކިޔާ އޭ މިހުރެވެނީ…
އަރުޝަދު ވިދާޅުވީ
ތާރީޚް:10/10/2009
65 އަހަރުން މަތީ މީހުނަށް އެކޮށްލަދިން ކަންތަކުންވެސް ފުދޭހާވޭ، ރާއްޖެ މިހާ ބޮޑަށް އިނދަޖެހިފަ އޮތް ދަޑިވަޅެއްގައި. ރާއްޖޭގައި އޮތް، “ޝާހީ” ވެރިކަން ވައްޓާލާ ރައްޔިތުން ޝާހީ ކޮށްދިނީ މިސަރުކާރުން. ނަޝީދުގެ ބަސްމަގުގައިވެސް އެހުންނަ ގޮތް ފޮތަކީ ރައްޔިތުންނާއި ރައްޓެހި، އެންމެ އާދައިގެ މީހެއްގެ ހިތައްވެސް ވަންނަ ގޮތަށް ހުންނަ ބަސްމަގެއް. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގޮސްގެން ދައްކާ ވާހަކަ ތަކުގައި، ދިވެހިންނާއި މެދު އޭނަގެ ހިތުގައި ވަރަށް ބޮޑު އުންމީދެއް އޮންނަ ކަން އެނގިގެންދޭ. 2008 އޮކޮޓޯބަރު 28 ގައި ދިވެހިން ކޮށްދިން ކަންތައް އޭނަގެ ހިތުން ފިލައި ނުދާކަންވެސް އެނގޭ.
ޕްރޮމިސް ވިދާޅުވީ
ތާރީޚް:10/10/2009
ތިކަހަލަ ކިތައް 5 ވައުދުތޯ ވީ އަހާލާހިތް ވޭ. ކަރަންޓު ޔުނިޓެއްގެ އަގު މައްޗަށް ނުދާނެޔޭވެސް ވިދާޅުވި ދެއްތޯ. އެއީ ފަހަރެއްގައި ވައުދަކަށް ނުވަނީ ތޯއްޗެ. އަނެއް ކޮޅުން އަޅުގަނޑުގެ ބައްޕަ އެއޮތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި. މިއަދު ބޭސްނަގަން ޖެހުނީ އަމިއްލަ ޖީބުން. މަޢުލޫމާތު ސާފުކޮށްލުމުން ލިބުނު ޖަވާބަކީ ހިލޭ ބޭސްވަރުވާ ކުރެވޭ ވަރަށްވުރެ ގިނަދުވަހު އެޑްމިޓް ކުރެވިފައިވާތީ، މަދަނަ އިން ކެނޑުނީ ކަމަށް. ތިރައީސްގެ ވައުދުތަކަށް، ހަނދެއް ނޫން އިރުވެސް އެހެރީ ހެކިވެ ދީފައި. ފައިދާއެއް މަންފާއެއް ވާނަމަ، ވާނީ ރައްޔިތުންގެ ނަމުގައި ވަކި ބަޔަކަށް.
ސައުދުﷲ ކަމާލް ވިދާޅުވީ
ތާރީޚް:10/10/2009
ވައުދާ ހުވާ ކުރާނެޔޭ، އެހަނދާން ފަހުން ނެތޭނެޔޭ، މިހާރު މިފެންނަނީ ޝާއިރު ވިދާޅުވި ފަދައިން އެވައުދުތަކުގެ މަތިން ހަނދުމަނޭތޭތަން.
DOg ވިދާޅުވީ
ތާރީޚް:10/10/2009
ހާޝިމާ މިސަރުކާރު ދިފާއުކުރުމަށް ކަލޭ ނުހަނު މަސައްކަތް ކުރާކަން އެނގޭ، އެހާމެ ގިނަފައިސާ ދައުލަތުން ކަލެއަށް ދޭކަންވެސް އެނގޭ، ބުނެލަން ބޭނުންވަނީ މިސަރުކާރު ވެރިކަމަށް އާދެވުނީކީ MDP މީހުންގެ އެކަނި މަސައްކަތަކުންނެތް ނޫނޭ އަދި އަންނި އަށް ރައްޔިތުންގެ ގިނަބަޔަކު އިތުބާރު ކުރާތީ ކީވެސް ނޫނޭ، އެކަން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އެނގިގެން ދާނެ، އަދިވެސް ބަލާލުމުން އަލުން ހަނދާންވާނެ، އެކަމަކު އެކަން ވެފައިވާ ގޮތަކީ މިއަދުގެ ޒުވާން ޖީލު ބޭނުންވަނީ އެހެން މީހަކު ވެރިކަން ކުރާތަން ދެކެން، ހަމަ އެއާއި އެކު ގާސިމާއި ހަސަން ސައީދަށް އިތުބާރުކޮށް ގިނަ ބަޔަކު އަންނި އަށް ވޯޓްލީ، އަންނިގެ ތެދުވެރިކަމާއި ހިތްހެޔޮ ކަމުން ހެޔޮކަމެއް ތިމާ އަށް ކޮއްދިން ދެމީހުން އެވަނީ ކަފުން ކޮށް ވަޅުލާފައި، އެހެން ނޫންނަމަ މިސަރުކާރު އައުމާދެމެދު ހުދު ހާޝިމްވެސް ޝައްކުކުރީސް، އެހެނީ ފުރަތަމަ ބުރުގައި ލިބުނު ވޯޓުން މައުމޫނާއި އަޅާކިޔާވެސް ނުލެވޭ.
DOg ވިދާޅުވީ
ތާރީޚް:10/10/2009
މިބަދަލަށް ވޯޓް ލެވުނީތީ މިއަދު ގިނަ ޒުވާނުން މިތިބީ މާޔޫސް ކަންމަތީގައި ހަމަ އެފަދައިން ގިނަ އާއިލާތަށްވެސްމެ، އެހެން ނުވާނެ ސަބަބެއް ވެސް ނެތް، މިއަދުގެ ސަރުކާރަކީ އިތުބާރެތްނެތް ހުންގާނެތްނެތް ދާނެ މަންޒިލެތް ނެތް އަނެއް ރާއްޖެ އޮތްތަނެއް ނުދަންނަ މާލިމީ އަކު އެރާއްޖެ ހޯދަން ދުއްވަމުން ކުރާދަތުރެއްފަދަ ވެރިކަމެއް، ޒުވާނުން ވަޒީފާތަކުން ވަކިކުރަމުންދަނީ އިންތިހާއަށް، ވަޒީފާ ނެތިގެން އުޅޭ މީހުން ދުވަހެއް ދުވަހަކަށް ދަނީ ގިނަވަމުން، ވައްކަމާއި މާރާމާރީ އާއި މަސްތުވާތަކެއްޗާއި ދީނީ މައްސަލަތައް ދަނީ ކުރިއަށް، ފައިސާ ލިބޭނެގޮތްތައް ދަނީ ބަންދުވަމުން، ތަކެތީގެ އަގު ދަނީ ބޮޑުވަމުން، މިއަދުގެ ހަވީރު ނޫސް ބަލާލަބަލަ މޯލްޑިވިއަންގެ ޓިކްޓް އެވަނީ ބޮޑުކޮށްފައި، މިމަހުގެ މުސާރަ މިވަނީ ކުޑަކޮށްފައި، މިއީތޯ ތިބުނާ ހެޔޮވެރިކަމާއި ވެރިކަމަށް އައުމަށް ވަމުންދިޔަ ވައުދަކީ.
DOg ވިދާޅުވީ
ތާރީޚް:11/10/2009
ދެން ތިބުނަނީ ދަތުރު ފަތުރާއި ބޭސްފަރުވާގެ ކަންތައްތައް، ނޭނގޭ އަދި ލޯ އަނދިރި މީހުން ތިކަމަށް އެއްބަސް ވެދާނެ، ސަރުކާރު މުވައްޒަފުންނަކީ މީގެ ކުރިންވެސް މެޑިކަލް އެލަވަންސް ލިބެމުން ދިޔަ ބައެއް. އެއިން ބޭސްފަރުވާ ކުރެވޭނެ އެކޭނޫން މުބުނީކީ، ބުނަން މުއުޅެނީ ތިބުނާ އިންސިއުރެންސް ލިބެން ފެށުމުން މުވައްޒަފުންނަށް ލިބޭ އެފައިސާ ނުލިބޭނޭ އޭގެ އިތުރުން އިންސިއުރެންސް ފީއެއްގެ ގޮތުން މަހަކަށް ވަކި އަދަދެއް މުވައްޒަފުންގެ މުސާރައިން އެދަނީ ކަނޑަމުންނޭ އޭރުން މިވީ ކޯޗަކަށްތޯ، ވެނުމަސް ވެނަށް ކާންދިނުމޭވެސް މިފަދަކަންތައްތައ ކުރުމަށް ކިޔާ އުޅޭ، މީގެ ކުރިން ސިފައިންނާއި ފުލުހުންނަށް އެމީހުންގެ މައިން ބަފައިންނާއި ދަރިންނަށް ހިލޭ ބޭސްފަރުވާ ކުރެވޭ އެކަމަކު މިހާރު ހިލޭ ބޭސް ކުރެވެނީ ހަމައެކަނި ސިފައިންގެ މީހާ އަށާއި ފުލުސް މީހާ އަށް އެކަނި އަނބިދަރިންނަށް ކުރަންޏާ ޖެހެނީ ވެނުމަސް ވެނަށް ކާންދިނުންފަދަ ގޮތަކަށް މަހަކު ވަކިވަރަކަށް ފައިސާ ދައްކަން، އެއީ އެބުނާ އިންސިއުރެންސް ކުރުމަށް ދައްކާ ފައިސާ. ދެން ތިބުނާ ބޭސްފަރުވާ މަދަނަ އަކީ މިދިޔަ ސަރުކާރުން ފަށާފައިވާ ކަމެއް އެކަންވެސް ތިޔަ އުޅެނީ އަންނި ކޮށްދިން ކަމަކަށް ހަދަންދޯ،
DOg ވިދާޅުވީ
ތާރީޚް:11/10/2009
އަންނި އަށް ކޮއްދެވުން ކަންތައްތަކުން ބައެއް ބުނެލަދޭނަން އަޑުއަހާތި ވެލާނާގެ އިބްރާހީމް ނާޝިރުގެ ގަބުރު މިގައުމަށް ގެނެސްފި، އިސްލާމް ދީނުގެ ކަންތައްތައް ކޮންޓްރެކްޓްކޮށް އަދާލަތާއި ހަވާލުކޮށްފި، ތިމާ އަށް ނޭނގޭތި ކަމަށްވެސް ވެދާނެ، ރާއްޖޭން ބޭރު ގައުމުތަކަށް އެކުވެރިންނާއި އެކު އެތަކެއް ފަހަރު ގޮސް ނާޗަރަނގީ ކުޅެފި، ދިވެހިދައުލަތަށް ހިޔާނާތް ތެރިވެފައިވާ މީހުންނޭ ބުނެ ސާބިތު ހެއްކެއް އަތުނުޖެހެނީސް ރުޅިއަންނަ ބަޔަކާއި ދިމާކޮށް ހަދަސަދަވެރިކަމުންގެ ގޮތުން ބަދަލު ހިފަން އުޅެފި، ތިމާ އަށް ހެޔޮއެދިގެން އައިސް ހެޔޮކަމެއް ކޮއްދިން ދެމީހުން ކަފުންކޮށް ވަޅުލައިފި، މީޑިއާ މިނިވަން ކުރަނީ ކަމަށް ބުނެ TVM އަތްދަށަށް ލައިފި، ނޫސްވެރިންނަށް ދުއްޕާންކުރުމަށްޓަކައި އެމީހުންނަށް ދެމުންދިޔަ އިސްތިހާރުތައް ދިނުން ހުއްޓާލާ އަމިއްލަ ގޮތަކަށް ފޮޅިއެއް ހަދާ އޭގައި މިތަކެތި ލިޔަން ފަށައިފި، އެތަކެއް ޚަރަދުކޮށްގެން އަލުން މުލިއާގެ މަރާމާތުކޮށްފި، އެއީ ތީމު ގޭގައި މައުމޫން ވަސްދުވާތީކަމަށް ބުނެފައި.
DOg ވިދާޅުވީ
ތާރީޚް:11/10/2009
ހުރިހާ ރަށެއްގެ ރަށު ކައުންސިލުންނަށް އަންނިގެ އައުވާނުން ލައިގެން މުޅި ހުރިހާ ރަށެއް ހަލާކުކޮށްފި، ދައުލަތަށް ފައިސާ ލިބޭނެހެން ހީވާ ހުރިހާ ތަނެއް (އިންޖީނުގެ، ހޮސްޕިޓަލް،ސްކޫލްތައް، އެއާރ ޕޯޜޓް) ޕްރެވެޓައިޒް ކުރުމުގެ ނަމުގައި ކުންފުއްޔެއް ހަދަ އައުވާނުންނަށް އެތަންތައްދީފި، ދެން ތިބުނާ ދަތުރު ފަތުރުގެ ނިޒާމުން ރާއްޖެ ގުޅުވަނީކަމަށް ބުނެވެސް އެކުރާ ކަމަކީ އަވާނުންނަށް ލާރި ލިބޭނެ މަގުތަކެއް ކޮށައިދެނީ އެކަން އެދަނީ ކުރަމުން، ޖަލުގައި ގެންގުޅޭ މީހުން ކޮންޓީނާތަކަށް އަޅާފައި ބައިތިއްބައިފި، ޔަހޫދީންގެ ދޮންދަރި އާއި ގުޅުން ބަދަހިކޮށްފި، ފައިސާގެ ދަހިވެތިކަމުގައި އިންޑިއާއަށް ރާއްޖޭން ބައެއް ވިއްކާލައިފި، ސަރުކާރުގައި ދެމިހުރުމުގެ ބޭނުމުގައި ސިފައިން އަތްދަށުލުމަށްޓަކައި އެތަނުގެ އެންމެންނަށް ރޭންކުތައް ބަހާލައިފި، ސިވިލްސާރވިސް ގަނެލައިގެން އެތަނުގެ ދަށުގައި ތިބި މުވައްޒަފުން ވަޒީފާއިން ވަކިކޮށް މުސާރައިން ބޮޑުބައެއް ކަނޑާލާ އަމިއްލަ ޖީބައް ލައިފި، މިސަކަރާތް ޖަހާފައި ތިމާމެން ރިކޯރޑް ފޮތަށް އަރަންވެގެން އެތަކެއް ޚަރަދުކޮށް ކަނޑު އަޑީގައި ޖަލުސާ ކުރަން ނިންމައިފި، މީގެ އިތުރުން ފުލުހުންގެ މުސާރައިންވެސް ބޮޑުބައެއް އެވަނީ ކަނޑާލާފައި، ޕްރޮވިޑެންސް ފަންޑަށް އެތަކެއް ދުވަހުން ޖަމާކުރި ފައިސާކޮޅު ކާލުމަށް އެވަނީ ކަރުހިތްކައިގަނެފަ، އަދި ކާލިއެކޭނޫން އެކަން ކުރުމަށް އެވަނީ ތައްޔާރުވެފައި،އެތަކެއް ދުވަހުން ކިޔަވާ ތަމްރީނުތަކެއް ހެދުމުން ލިބޭ ސެޓްފިކެޓްގެ އަގު އެވަނީ ވައްޓާލާފައި (ޓެކްނިކަލް އެލަވަންސް ކަނޑާލާފައި)، އެތަކެއް ދުވަހު އިހްލާސްތެރިކަމާއި މަސައްކަތްކުރުމުން އެކަން އެވަނީ ހަނދުމަނައްތާލާފައި (ލޯންގް ޓާރމް އެލަވަންސް ކަނޑާލާފައި) ތީމުގޭގައި އުޅުނު މަސައްކަތު މީހުންނާއި އެހެނިހެން މަސައްކަތްކުރާ މީހުން އަންނި ޕާރޓީއަށް ވަންނަން ބުނެ ނުވަނުމުން އެމީހުން ވަކިކޮށް ރަށަށް ފޮނުވާލައިފި، ރާއްޖޭގައި އަތްފުނާ އަޅައިގެން ޖާހިލު ހަޔާތްކުޑަ މީހުން ހޮވައިގެން ތިމާމެންގެ ޕާލްމެންޓްރީ ގްރޫޕްގެ މެމްބަރުންކަމުގައި އެވަނީ ހަމަޖައްސާފައި، އެމީހުންގެ މަސައްތަކީ އެތަނުގައި ހަޅޭލެވުމާއި ކަރުދާސް ވީދުމާއި މާރާމާރީ ހިންގުން، އަދި މައުމޫންގެ 30 އަހަރުގެ ވެރިކަމޭ ގޮވުން.
DOg ވިދާޅުވީ
ތާރީޚް:11/10/2009
މިހާރު ވިސްނަމުން އެދަނީ މީހުން އުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމަށް އެކަންވެސް އަންނި ކުރާނެ، އޭނާ އަކީ ޖާހިލު ޖަނަވާރު ގާނޫނެތް ނުހިނގާ މީހެއް، އެފަދަ މީހުންގެ ބަސްމަގު ހުންނަ ގޮތަށް އޭނާގެ ބަސްމަގުވެސް ހުންނަނީ. އޭނާ އިގްތިސާދު ހީނަރުވެފައިކަމަށް ބުނެ ރައްޔިތުން ފެލަމުން ދާއިރު އޭނާގެ އައުވާނުންނަށް އެދަނީ މުސާރ ބޮޑުކުރަމުން (އަފޫފު އާއި ޒަކީ އާއި ދެމީހުންގެ މުސާރަ އެވަނީ ދެގުނަ ބޮޑުކޮށްފަ) މިއީ ހެޔޮކަމުގެ ލާމަސީލް ނަމޫނާއެއްދޯ، ވައުދުވެފައިވަނީ އޭނާގެ އައުވާނުންނަށް ވެރިކަންކޮށްދިނުމަށްތޯ ؟ ވައުދުވެފައިވަނީ ދިވެހިދައުލަތް އިނދަޖައްސާލުމަށްތޯ ؟ ކޮބައިތޯ ހަރު އަޑުން ބުނަމުންދިޔަ މިޑް ޓާރމް އިންތިހާބު؟ ކޮބައިތޯ ބުނެފައިވާ ތަކެތީގެ އަގު ؟ މަސްތުވާތަކެތި މިގައުމުން އެއްގޮތަކަށްވެސް ނުފެނޭތޯ ؟ ވައުދެއް ނުވަމުދޯ އެތަކެތި އެތެރެ ކުރުން ހުއްޓުވުމަކަށް ؟ ވައުދެއް ނުވަމުތޯ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަކަށް ؟ މިފަދަ އެތައްކަމެއް ވިސްނާލުން ރަގަޅުވާނެ. 65 ފަސް އަހަރު ވީ މީހުންނަށް ފައިސާ ދިނުމަށް ނިންމާފައިވަނީ އަންނި އެއްވެސް ނޫން އުވިދިޔަ ރައްޔިތުން މަޖިލީހުން އެމަޖިލީހަށް އޭރު ޏ.އަތޮޅުގެ މެމްބަރ ހުށަހަޅާފައިވާކަމެއް މަޖީލީހުން އެކަން އޮގޮތަށް ކުރަން ނިންމީ. އަންނި އަކީ ދޮގުވެރިއެއް އޭނާ އެކު އުޅެނީވެސް މުޅި ދޮގޮވެރިން ރާބޯ ޒަކީ އާއި އަފީފު އާއި ބޯދިގު ޒިޔާދު ކަހަލަ. މި އަހަރުވެސް އަފީފުގެ ދޮގެއް އެވަނީ ސަރީއަތަށްވެސް ސާބިތވެފައި، އަންނި ރާވައިގެން އެހުރީ ދައުރު ނިމިގެން އިނގިރޭސި ވިލާތަށް ހިޖުރަކުރަން، ދައުލަތް ހުސްކޮށްލައިގެން ފިލަން، އެހާ އިރަށް އެކީ އުޅޭ އަވާނުން މުއްސަނިދކުރުމަށް ތަފާތު ކަންތައްތައް އެދަނީ ދެމުން، މިއީ ދޮގެއްތޯ ރައްޔިތުން ތިބޭ ބަލަން.
ސީސީޓީވީ ވިދާޅުވީ
ތާރީޚް:11/10/2009
ޑޯގް ހާދަ ފުރިހަމައޭ.. އިތުރަށް ބުނާނެ އެއްޗެއް ނެތް.. ހިނގާ އާރޓިކަލް އެއް ލިޔަން…
ރުޅި އައިސްފައި ވިދާޅުވީ
ތާރީޚް:11/10/2009
ހާޝިމް ކަލޭ ކޮންމެހެން އަނެއްކާ އަހަރެމެންގެ ލޮލުގައި އަނދުން އަޅުވަން އުޅޭނެ ކަމެއް ނެތް… އަންނި ބޭޒާރުވެ އެތެރެގަނޑު އެނގެން ފެށީމަ ތިކަހަލަ ގުންޑާއިން ލައްވާ މިކަހަލަ މަކަރުން ފުރިގެންވާ ލިޔުންތައްވެސް ލިޔާނެކަން އަހަރެމެންނަށް އެނގޭ… ޑޯގް އަށް ހަމަ ފަށްފަށުން ޝުކުރިއްޔާ ތިކޮށްދިން މަސައްކަތަށް….
Hellow ވިދާޅުވީ
ތާރީޚް:11/10/2009
ޑޯގް ވައްވަ ޖަހައިގަތީދޯ؟ އެހާސިމް އެއުޅެނީ ކަލޯގޮށްވައްވެގެން. ހަމަކޮއްޓާލާއިރަށް ގޮވަންފެށީދޯ؟ އެކަމަކުވާ ޑޯގުގެ ހިތްސުތަކާމެދު ސުވާލުއުފެދޭ. އަނެއްކާ ތިޔައީ ނުކުޅެދޭ ޑޯގެއްތަ؟ ލޮލާއި، ކަންފަތާއި ސަލާމަތުންބާ؟ ތިކަހަލަ ހޮޅިވާހަކަތަކަކުން ރައްޔިތުން ހެއްލޭދުވަސްވަރުހިގައްޖެއް. ހާސިމްހެ ލިޔުން 100 ހަމަ.
އިސްބެ ވިދާޅުވީ
ތާރީޚް:11/10/2009
މިސަރުކާރަކުން ނޫން މީހުން އުލޭ ރަށްރަށުގަ ބަގުރާވިއްކަން ހުއްދަ ދިނީކީ! އެކަން ކުރީ މައުމޫނު. އެކަން ކުރޭ މައުމޫނު ވެރިކަމުގަ.
އަންނި ޖީބަކުން ނޫން ރައްޔިތުންނަށް ބޭސްފަރުވާ ކުރަނީކީ. އަދި ކުރަން ޖެހޭނީކީވެސް. މިރާއްޖޭ އަށް ލިބޭ އެއްޗަކުން ހަރަދު ކުރެވޭނީ. އަދި ބޭސްފަރުވާ ކުރަނީވެސް، އެއީ ވެންމަސް ކަނީކީނޫން.
ފުރަތަމަ ބުރޭ ދެވަނަ ބުރޭ ކިޔަނީ ކީއްކުރަން، ރައްޔިތުން ބޭނުން މީހަކު އެހުރީ ހޮވާފަ، މައުމޫނު ހޮވަން ބޭނުންވިނަމަ ރައްޔިތުން ހޮވާނީ މައުމޫން. އެކަން އެގޮތަށް ނުވީ ރައްޔިތުންގެ ގިނަ ބަޔަކު މައުމޫނު ބޭނުންނުވީމަ.
މީހުންނަށް ވަޒީފާއާއި މަގާމު ހަވާލު ކުރަނީ އެމީހުންނަށް ލިބިފަހުންނަ ހުނަރާއި ތައުލީމީ ފެންވަރަށް ބަލާފަ، އެކި މަގާމުތަކުގަ ލިބޭނި އެކި މުސާރަ، ދުނިޔޭގެ މީހުން ކަންތައްތައް ކުރާ އުސޫލުން ކަންތައްތައް ކުރަންވާނީ.
އަންނިއެއްނޫން މިރާއްޖޭގައި ޤާނޫނައި ޤަވައިދުތައް ހަދަނީ، އެކަމަށް ރައްޔިތުން ބަޔަކު އިންތިހާބުކުރޭ، ވީމާ 65 ފަސް އަހަރު ވީ މީހުންނަށް ފައިސާ ދިނުމަށް ނިންމާފައިވަނީވެސް ހަމަ މަޖިލީހުން.
އިސްބެ ވިދާޅުވީ
ތާރީޚް:11/10/2009
މައުމޫނު ކަމެއްކުރަން ވައުދުވެފަ ދެން 5 އަހަރު ފަހުން އަޅާނީ ބިންގާ، ދެން އަކަން ފަށާނީ އަނެއް 5 އަހަރު ފަހުން.
މިސާލަކަށް ކުޅުދުއްފުށީގަ މިހާރު ހަދާފަ ހުރި ހޮސްޕިޓާ، ޖަލާލުއްދީން ސްކޫލު މިއިން ކޮންމެ ތަނަކީވެސް މިއުސޫލުން ހަދާފަ ހުރި ތަންތަން،
އެހެން ވީމަ މައުމޫނު ވެރިޔަކަށް ހޮވަންޔާ 3 ދައުރަށް އެކީ ހޮވަން ޖެހޭނީ، ނޫނީ ކަމެއް ކުރެވޭނެ ހެނެއް ހިޔެއްނުވޭ..
DOg ވިދާޅުވީ
ތާރީޚް:11/10/2009
އިސްބޭ! މިއާޓިކަލުގައި ލިޔެފައިވާ ލިޔުން ކިޔާލިންތަ؟ އެލިޔުމުގައި ލިޔުންތެރިޔާ ލިޔެފައިވާ ގޮތުން އުމުރުން ދުވަސް މީހުންނަށް ބޭސްފަރުވާ އާއި އިނާޔަތު ފައިސާ ދޭންނިންމާފައިވަނީ އަންނި އޭ ބުނެފައިވޭ، އެހެންވެ ހަޤީޤަތް ހާމަކޮށްދިނީ، މައުމޫން ވެރިކަމުގައި މީހުން އުޅޭ ރަށަކުން ބަނގުރާ ވިއްކަން ހުއްދަ ދިފައިވާ ނަމަ މިއަދު އެހުއްދަ ހޯދުމަށް ބޔަކު އުޅޭކަމަށް ބުނަމުން އެދަނީ ކީއްވެބާ؟ މިއިން އެނގެނީ އެކަން ކުރަން އުޅެނީ އަންނިކަން ދޮގެއްތޯ؟ ދެން ތިބުނަނީ މީހުންނަށް ވަޒީފާ އާއި މަގާމް ހަވާލުކުރަނީ އެމީހުންނަށް ލިބިފައިވާ ހުނަރާއ ތައުލީމީ ފެންވަރުންނޭ، ހުނަރާއި ތައުލީމީ ފެންވަރު ލިބިގެން ރީޖަނަލް ފަޔާރ ސާވިސްގައި ޒުވާނުންތަކެއް މަސައްކަތްކުރަމުން ދަނިކޮށް ވަކިކުރީ އެހުނަރު ނެތި ދިއުމުންތޯ؟ މިރަށު ކައުންސިލަރ އަކަށް އާދަމް ވަހީދު އެހުރީ މިރަށުގައި އޯލެވެލް ހަދައިގެން ހުރީ އޭނާކަމަށް ވާތީތޯ؟ ނޫނީ އޭނާ ފަދަ ގާބިލު މީހެއް އެމަގާމަށް ނެތީތޯ؟ ނޫނީ އެއީ ރައްޔިތުންގެ ރުހުން ލިބިފައިވާ މީހަކަށް ވާތީތޯ؟ ރައްޔތުންގެ ރުހުން އޭނާ އަށް ލިބިފައި އޮތްނަމަ މިރަށުގެ ދެކުނު ދާއިރާ މެމްބަރަކަށް އޭނާ ނުހޮވުނީސްތޯ؟
DOg ވިދާޅުވީ
ތާރީޚް:11/10/2009
ދެން ބުނަންތަ؟ ވެން މަސް ވެނަށް ކާންދެނީ ކަމަށް ބުނީ އިންސިއުރެންސް ކުރުމަކީ ފައިސާ ބަޔަކަށްދީގެން ކުރެވޭކަމެއް ވައްތަރެއްގެ ވިޔަފާރިއެއް އެކަމަށް އެކަން ކުރާ ބައެއްގެ އަތުން ފައިސާ ނަގާނެ، އެގޮތުން ބޭސް ފަރުވާކުރުމަށް އިންސިއުރެންސް ކޮއްފިނަމަ ބޭސްކުރިއަސް ނުކުރިއަސް މަހުންމަހަށް ދައްކަން ޖެހޭ ފައިސާ ނަގަމުންގެންދާނެ، މީގެ ކުރިން ސިފައިންނާއި ފުލުހުންގެ އާއިލާތަކަށް ބޭސްފަރުވާކޮށްފައިވަނީ އެއްވެސް ފައިސާއެއް ދީގެންނެތް ނޫން، އެކަމަކު މިއަދު ފުލުހުން އެމީހުންގެ އާއިލާއަށް ބޭސްފުރާވާކުރުމަށް ފައިސާ ދައްކަން ޖެހޭނެކަމަށް އެވަނީ ބުނެފައި، ދުވަސް މީހުންނަށް ބޭސްފަރުވާކުރަމުންގެންދަނީ އަންނިގެ ޖީބުންކަމަށް ނުވަތަ އޭނާގެ ހެޔޮފުޅުކަމުންކަމަށް މިއާޓިކަލުގައި ހާޝިމް ބުނެފައިވޭ، އެކަމަކު އެކަންވެސް ވެގެންދާ ގޮތް އަޅުގަނޑު ބުނެދިނީ، އެއްގޮތަކަށްވެސް އަންނިގެ ޖީބުން ނުވަތަ މައުމޫންގެ ޖީބުން ކޮއްދޭން ޖެހޭކަމެއް ކަމެއްކަމަށް އަޅުގަނޑު ނުދެކެން.
DOg ވިދާޅުވީ
ތާރީޚް:11/10/2009
މައުމޫންނަށްވާ ތިން ދައުރަށް އެކީ ހޮވައިގެންވެސް ކަމެއް ކުރެވިއްޖެދޯ، އެއްވެސް ދައުރެއްގައި ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކޮށް މީހުން މަދުކޮށްފައެއް ނެތްދޯ؟ ސުނަމީ ފަދަ ކާރިޝާއެއ އައިއިރުވެސް މިފަދަކަމެއް ކޮއްފައިނެތްކަމީ ހުނަރުވެރިކަމާއި އެކު ގައުމު ހިންގަން އެނގުނު ކަމުގެ ލާމަސީލް ނަމޫނާއެއް، ދުނނިޔޭގެ އިގްތިސާދު ކުރިއރަމުން ދާއިރުވެސް އަންނި އަށް މިއުޅެނީ މިކަނޑުގައި ނައުގެ ހުންގާނު ހިފަހައްޓާ ނުލެވިގެނ އެވެސް އަދި ކުރިން ނުހުންނަ އެހީތެރިއަކާއި އެކުގައި. މިސަރުކާރުން 05 އަހަރު ނިމިގެންދާނެ އެމީހުން ކުރާނެކަންތައްތައް އަޅުގަނޑު ވަރަސް ތަފްސީލްކޮށް ލިޔެފައި އެވަނީ ކިޔާފަ މިހާރު ކުރާ ކަންތައްތަކާއި މެދު ވިސްނާލުމުން އެނގިގެންދާނެ،
އިސްބެ ވިދާޅުވީ
ތާރީޚް:11/10/2009
މިބުނީ ކަންކުރަން ޖެހޭ އުސޫލު، “ކަންކުރުމުގެ” ބާރު އޮތިޔާމުން ކޮންމެކަމެއްވެސް ކުރަނީ، ސިޔާސީ މަގާމު ތަކަކީ ސިވިލް ސާރވިސްގެ މަގާމު ތަކާއި ތަފާތު މަގާމު ތަކެށް، އަންނިޔަށް ވުރެ މޮޅެތި މީހުންވެސް މިރާއްޖޭގަ އެބައުޅޭ..ކީއްވެ އޭނަ އެންމެ އިސްވެރިޔަކަށް ހޮވީ.
މިރަށު ކައުންސިލަރ އަކަށް އާދަމް ވަހީދު އަށް ވުރެ މާރަގަޅު ޤާބިލް މީހުން އުޅޭނެ،
އިޤުބާލް،މޫސާ އަލީ، ފަރުހޫދު މިކަހަލަ މީހުންވެސް ވަނީ ހަމަ މިރަށށުގަ ވެރިކަން ކޮށްފަ، ނަމަވެސް މިހުރިހާ މީހުންނަށް ވުރެވެސް ޤާބިލް މީހުން މިރަށުގަ އަބަދުވެސް އުޅޭ..
DOg ވިދާޅުވީ
ތާރީޚް:11/10/2009
ދުނިޔޭގެ ގައުމުތަކުން ކަންތައް ކުރާ އުސޫލުން ކުރަނީކަމަސް ބުނާއިރު ދުނިޔޭގައި މިސާލަކަށް ތިބަލާ ސިންގަޕޫރު އެމެރިކާ އަކީ ހިކިފަސް ގައުމުތަކެއް، އެކަމަކު އެހެންތަ މިގައުމު، މިއަތޮޅުގައި އެންމެ ޑޮކްޓަރަކާއި ސިއްހީ ހިދުމަތްދޭ އެންމެ މަރުކަޒެއް ހުރެގެން ރައްޔިތުންނަށް ޚިދުމަތްދެވިދާނެތޯ؟ ތައުލީމްދޭ އެންމެ މރުކަޒެއް ހުރެގެން އެކަންކުރެވޭނެތޯ؟ ކަރަންޓްދޭ އެންމެ އިންޖީނުގެއެއް ހުރެގެން އެކަންކުރެވޭނެތޯ؟ އެހެން މިބުނިގޮތަށް ތަންތަން މަދުކޮށްގެން ނޫނީ މުވައްޒަފުން މަދުކުރެވެން އެބައޮތްތޯ؟ މިއީ މިކަންކުރެވިދާނެ ގޮތެއްތޯ؟ ރަގަޅު ކުރެވިދާނެ އެކަމަކު އެހިދުމަތްތަކުން އެތައް ރައްޔިތުންނެތް މަހުރޫމް ވެގެން، ދެން އެފަދަ ތަނެއް ކޮންމެ ރަށެއްގައި ހަދައިނަމަ އެތަނަކަށް މީހުން ބޭނުންވާނެ ތަކެތި ބޭނުންވާނެ، މިކަންތައްތައް އެބަ ކުރޭތޯ؟ މިރަށު ހޮސްޕިޓަލަށް ވިސްނާލަބަލަ އެއްމަސްދުވަސްވެގެން ދިޔައީ ކުޑަކުދިންގެ ހާއްޝަ ޑޮކްޓަރެއް ނެތް؟ ކުރިން ހަދަމުންގެންދިޔަ އެތަކެއް ޓެސްޓްތައް އެވަނީ ހުއްޓީފައި ، މިއީތޯ ތިބުނާ ރައްޔިތުންނަށް ޚިދުމަތްދިނުމަކީ ނޫންދޯ؟
DOg ވިދާޅުވީ
ތާރީޚް:11/10/2009
އިޖްތިސާދު ނިކަމެތިވެފައޭ ފައިސާއެއް ނެތޭ ބުނެ ސަރުކާރުން އެކަމަށް ކަމެއް ކުރޭތޯ؟ ނުކުރާކަމުގެ ހެއްކެއް އެތަކެއް ފައިސާ ހަރަދުކޮށްފައި ކަނޑުއަޑިއަށް ވަޒީރުންގެ މަޖިލިސް ގެންދަން އެއުޅެނީ، އަދި އެއިން އެނގެނީ މުސާރަ ކަނޑާފައިވަނީވެސް އެފަދަކަމެއް ވެގެން ނޫންކަން. ރައްޔިތުން އޭނާ އާއި އިދިކޮޅު ހަދާމިންވަރެއް ބެލުމަށާއި ފައިސާތަކެއް އައުވާނުންނަށާއި އިގިރޭސިވިލާތުން އެހީވެދިން މީހުންނަށް ދިނުމަށް. މިވާހަކަތައް mdp މީހުންނަށްވެސް އެނގޭ އެކަމަކު ގަބޫލު ކުރަން ބޭނުންނުވަނީ އެމީހުންނަށް ފައިދާތަކެއް ވަމުންދާތީ، މިއީ ދޮގެއް ނޫންކަމުގެ ހަޤީޤަތް މިރަށު ގުދުބެރި ގެން ފެންނާނެ، ކަރަންޓް ބިލްވެސް ކުރިން ނުދެއްކުނު މީހެއް މީހާރު ބޮޑުގެއެއް އަޅަން އެވަނީ ފަށާފައި، މިމީހުންނަށް މިސަރުކާރު ކޮންމެ ކަމެއް ކުރިއަސް ގޯހެއް ނުވާނެ، ހަކުރު ދެންޏާ ބޮޑުބޭބެ ކިޔަނީވެސް މިހެންވެދޯ.
އިސްބެ ވިދާޅުވީ
ތާރީޚް:11/10/2009
ދުނިޔެ އަށް މިހާރު ދިމާވެފަ މިވާ އިޤްތިސޯދީ ލޮޅުމަކީ ނުވަތަ ވެއްޓުމަކީ، ދެވަނަ ބޮޑުހަގުރާމައިގެ ފަހުން މިހާތަނަށް ދިމާވި އެންމެ ބޮޑު އިޤްތިސޯދީ ދަތިކަން. މިކަމަކީ ސުނާމީއާއި އަޅާ ކިޔާވަރުގެ ކަމެއްނޫން، ސުނާމީގަ ވީގެއްލުމަށް ވުރެ ގިނަ ފައިސާއާއި ތަކެތި ވަނީ އެހީގެ ގޮތުގައި ރާއްޖެއަށް ލިބުން.
ދުނިޔޭގެ ބޮޑެތި މުއްސަދި ގައުމު ތަކުން ފެށިގެންގޮސް ކުދި ފަގީރު ގައުމު ތަކުންވެސް ވަނީ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަޒީފާއިން ވަކިކޮށްފަ، އަދި މުސާރަވެސް ކޮޑަކޮށްފަ.
ވީއިރު ރާއްޖެ ކަހަލަ އުފެއްދުން ތެރިކަން ކުޑަގައުމަކުން ކިހިނެށް މުސާރަ ކުޑަ ނުކޮށް ފަރު ޖައްސާނީ، މީކޮންމެހެން މައުމޫނާއި އަންނި ވެގެން ވީކަމެއްނޫން، ދުނިޔޭގެ އިޤްތިޝޯދު ކޮންޓްލޯލް ކުރުމުގަ ރާއްޖެ އަށް ކުރެވޭނެ ކަމެއްނެއް..
DOg ވިދާޅުވީ
ތާރީޚް:11/10/2009
ރީޖަނަލް ފަޔާރ ސަރވިސް އަކީ ސިޔާސީ މަގާމެއްތޯ؟ ނޫނީ ސިވިލސް ސާރވިސްގެ މަގާމެއްތޯ؟ ތިބުނާ މޫސާ އަލީ އިގުބާލަކީ މިއަދުގެ މީހުންނެތްނޫންދޯ އޭރު އެމީހުންގެ ބޭނުން ހިފާފައިވަނީ ކިހިނެތްކަން ވިސްނާލަބަ؟ މިއަދުވެސް މޫސާ އަލީގެ ބޭނުން ހިފަމުންއެދަނީ. ސިޔާސީ މަގާމެއް ކަމަށް ބުނާއިރު ކައުންސިލުންނަކީ ރައީސް އަޔަންކުރާގޮތަށް ގާނޫނުގައި ހަމަޖެހިފައިވާ މަގާމެއް ނޫން. ރަގަޅަށް ގާނޫނު ބަލާ. އަދި އެމީހުންގެ ނަން ގާނޫނުގައި ލިޔެވިފައިވެސް ނެތް. ދެން ރާއްޖޭގެ ވެރިއަކަށް ކުރިމަތިލާ މީހަކު ގާނޫނުގައި ބަޔާންކުރާއިރު މަތީ ތައުލީމް ހާޝިލް ކޮށްފައި ހުންނާކަށް ނުޖެހޭ. އެހެންނަމަ ދރ. ޙަސަން ސައީދު މިއަދުގެ ރައީސް އަކީ. އިސްބެ ބުނީ ވަޒީފާ ދެނީ ކަމަށް ގާބިލް ތައުލީމީ ފެންވަރު ހުރި މީހުންނަށްކަމަށް ވާތީ މިސާލެއް ދައްކާލުމުގެ ގޮތުން އާދަމް ވަހީދުގެ ވާހަކަ މިބުނީ.
Hellow ވިދާޅުވީ
ތާރީޚް:11/10/2009
އިސްބެ ގެވާހަކަޔައް މަތާޢީދު، މައުމޫން މިރަށުގެ މަގުމަތީގައި ތާރުއަޅާދިންދިނީނުން ތާރުގަޑު ބޯވެގެންގޮސް އެއްޗެއް ދުއްވާލެވޭވަރެއްނޫން. ބަދަރުވެސް ފެއްޓީ މީހުންނައް އޭގެބޭނުންނުކުރެވޭގޮތައް، އެއީ 3 މީޓަރައްވުރެއް ފުންނުވާނެގޮތައް. މިސަރުކާރު އައުމާއެކީ 5 މީޓަރައްފުންކުރާގޮތައް ހަމަޖެހިއްޖެ، އަދި ނަރުދަމާގެ ކަންތަކޯ؟ އެހެންވީމަ އަހަރެނަން ބުނެވެނީ ޑޯގް ފަހެތިހިރީ ހަމަހޭގަހޭ؟
DOg ވިދާޅުވީ
ތާރީޚް:11/10/2009
ކުރީގައި ރަށްރަށުގެ ވެރިންނަށް ތިބެނީ ކަތީބު ކަމުގެ ސަނަދު އޮތް، ހުކުރު ކުރުމާއި މީހުން ވަޅުލުމުގެ ހުއްދަ ލިބިފައިތިބި، އެކަމުގެ ދާއިރާއިން ކޯސްތައް ހަދާފައިވާ މީހުންގެ ތެރެއިން އެވަގުތު އެއޮފީހެއްގައި ހުރި އެކަމަށް އެންމެ ގާބިލް މީހުން. އެގޮތުން ތިބުނާ މީހުންވެސް މިރަށުގައި ވެރިކަންކޮށްފައިވަނީ.
DOg ވިދާޅުވީ
ތާރީޚް:11/10/2009
މިހެން ބުނީމައި ފަރުހޫދުގެ ވާހަކަ ބުނާނެކަން އެނގޭ އޭނާއަށް ވެރިކަން ލިބިފައިވަނީ މިރާއްޖޭގައި ބޭއްވުނު ކަތީބު ކަމުގެ ކޯހެއްގެ ތެރެއިން ފަރުހޫދު ބައިވެރި ކޯހުން އެއްވަނަ ލިބުމާއި އެކު ރަށު އޮފީހުން ވަޒީފާ ދެއްވާ އަދި އެވަގުތު ރަށު އޮފީހުގައި ތިބި މީހުންގެ ތެރެއިން އެންމެ ގިނަ ކޯސްތައް ފުރިހަމަކޮށް ތައުލީމީ ގޮތުން އެވަގުތު އެކަމަށް އެންމެ ގާބިލު މީހާކަމަށް ވުމާއި އެކު ރައްޔިތުންގެ ތެރެއިން ބަޔަކު އޭނާ އަކީ ރައްޔިތުން ގާބޫލްކުރާ ވެރިއެއްކަމަށް ބުނެ ސިޓީތަކެއް މައުމޫނަށް ފޮނުވުމުން.
DOg ވިދާޅުވީ
ތާރީޚް:11/10/2009
މިރަށުގައި ކުރިއަށް އޮތް 20 އަހަރުދުވަހުވެސް ތާރެއް ނާޅާނެ. ދެން ތިބުނާ ބަނދަރު ތިންފަހަރަށް އެހަދައިދެނީ އަންނިތަ ނޫނީ މައުމޫންތަ؟ 03 މީޓަރޭ 05 މީޓަރޭ ކިޔާނެކަމެއްނެތް، އެކަމަކީ ބަޔަކަށް ކޮންޓްރެކްޓް ކޮށްފައިވާކަމެއް ކޮންޓްރެކްޓް ކޮށްފައިވާ ގޮތަށް އެތަން ހަދައިދޭނެ، ތިން މީޓާރ ކަމުނުދަންޏާ އެކަން ރަނގަޅު ކުރުމަކީ ރަށު އޮފީހުގެ ކަމެއް. މައުމޫނު ނޫނީ އަންނި އަށް އެކަންތައްތައް އަންގައިދޭނީ އެތަނުން. ނަރުދަމާ ފައްޓައިދިނީ އަންނި އެކަމަކު އެކަމަށް ފަންޑްލިބި ބަޔަކަށް ކޮންޓްރެކްޓް ކޮށްފައިވަނީ މައުމޫން، އެއީ މައުމޫން އިންތިހާބަށް ކުރިކަމެއް ނަމަވެސް އެކަންކުރީ މައުމޫން. އެކަމަކު އެއިން އެއްވެސް ކަމެއް އަންނި ކޮއްދީފިތަ. ހަމަހޭގައި ތިބީމައި އަންނި ކަމެއް ނުކޮށްދޭކަން މިފެންނަނީވެސް.
DOg ވިދާޅުވީ
ތާރީޚް:11/10/2009
މިރަށުގައި ނަރުދަމާ އެޅުމަށް މައުމޫން ބަޔަކަށް ކޮންޓްރެކްޓް ނުކޮށް އޮތްނަމަ އަދިވެސް އެކަންއޮތީހީ “ނަނާ ހުވަފެންދެކެން” އަދި އަންނި އަށް ކަމެއް ކޮއްދެވޭނީ ކިހިނެއް ހުރިހާ ކަމެއް ހަވާލުކުރަން ބޭނުންވަނީ އަންނިގެ އައުވާނުންނާއި އެފަދަ ކަމެއް ކުރުމުގެ ގާބިލް ބަޔަކު އަންނިގެ އައުވާނުންގެ ތެރޭގައި އަދިއެއް އުފެދިފައެއް ނެތް.
އިސްބެ ވިދާޅުވީ
ތާރީޚް:11/10/2009
ފަރުހޫދުވެސް ހަމަ ރަގަޅޭ އޭނާގެ ގޮތުގަ، ދެން މިރަށަށް ހެޔޮއެދޭ ރަށުކުދިން ކިޔަވަގެން ރަށުގެ ވެރިކަން ވެސް ކުރަންވީ، މިރަށު މީހުން ވަރަށް މަދުން ފެންނަނީ ސިޔާސީ ދާއިރާގަ އުޅޭތީ، ރަށު ކޮންމެވެސް ބަޔަކު އެކަންވެސް ކިޔަވައިގެން ނޫނީ ރަށެއް ތަރައްޤީއެއް ނުކުރެވޭނެ.
ރަށުމީހުން ނޫޅޭ ވަރަކުން އެހެންބަޔަކު ނޫޅޭނެކަން ޔަޤީން. މިރަށު ސުކޫލުގެ ހިންގުންވެސް ހަރުދަނާ ކުރަންވީ، މިރަށު މީހުން ތައުލީމަށް ދޭ ސަމާލުކަން މިޔަށް ވުރެ ބޮޑު ކުރަންވީ!
ރަށު ކައުންސިލަރ ނުކިޔަވާ ހުއްޓަކަސް ރަށު އެހެން މީހުންނަށް ކިޔެވިދާނެ، ރަށު ކައުންސިލަރ އެއްނޫން ހުރިހާ ކަމެށްގަ ޒިންމާ ކުރާނީކީ!!
އިސްބެ ވިދާޅުވީ
ތާރީޚް:11/10/2009
ޑޯގު ހާދަ ވަރެއް ތިވަނީ! މައުމޫނު އާއިލާ ކުއްޖެއްތަތީ އަނެއްކާ!
މިރަށުގަ ނަރުދަމާ އެޅަނީ މައުމޫނުއެށްނޫން، ކޮންމެ ވެރިޔަކު އެކަން ކުރިޔަސް ކުރަނީ ހަމަ ދިވެހި ރައްޔިތުންގެ ފައިސާއިން..
DOg ވިދާޅުވީ
ތާރީޚް:11/10/2009
އިސްބެ އެންމެ ފަހުން ތިބުނީ ރަގަޅު ވާހަކައެއް؟ އެކަމަކު އެތަނެއްގެ ވެރިއަކީ އެހެން މީހުންނަށް އެރަށް ތަމްސީލްކޮށް ރަށަށް ކުރިއެރުން ގެނައުމަށް އެންމެ ބޮޑަށް މަސައްކަތްކުރެވޭނެ މީހަކީ އެފަދަ މީހަކަށް ނުކިޔަވާ ތަނެއް ދޮރެއް ނުދަން މީހެއް ހުރެގެން ރަށުގައި ދެންތިބި މީހުން ކިޔެވުމަށް އުފުލަންޖެހޭ ތަކްލީފް ބޮޑުވާނެ، ރަށަށް ތަރައްގީ ގެންނާނީ ކިހިނެއް ކޮން ދާއިރާއަކުން ކަމެއް ނޭނގޭނަމަ އެކަން ކުރާނީ ކިހިނެއް، ދެން ބުނަންތަ، ދެވަނަ ބޮޑު ހަގުރާމައަށް ފަހު އެންމެ ބޮޑަށް އިގްތިސާދު ދަށަށް ދިޔައީ މިފަހަރަކު ނޫން އީރާން އިރާގް ހަނގުރާމައިގާވެސް އެމެރިކާއިން އިރާގް ހަލާކުކޮށްލުމާއި ކުވޭތަށް އިރާގް އެރުމުންވެސް މިއަށް ވުރެ ބޮޑަށް ކުއްލިއަކަށް ދުނިޔޭގެ އިގްތިސާދު ވެއްޓުނު، ތެލުގެ އަގު އިންތިހާއަށް ބޮޑުވި، އެކަން އެނގޭނެ މިރަށު މިތުރު މުޙައްމަދުވެސް އޭނާ މުވައްޒަފުން މަދުކުރީ އެމެރިކާ އިރާގް ހަގުރާމައިގެ ދުވަސް ވަރު. ދެން ދުނިޔޭގެ އެއްވެސް ގައުމަކަށް މިފަހރު ދިމާވި އިގްތިސާދުގެ ސަބަބުން އެއިން އެއްވެސް ސަރުކާރެއްގެ މުވައްޒަފަކު ކަނޑާފައެއް ނެތް، އެކަމަކު ކުންފުނިތަކުން މުވައްޒަފުން މަދުކޮށްފައިވޭ، އެކަމަކު މިރާއްޖޭގައި މިވީ އެއާއި އިދިކޮޅަށް އެއްވެސް ކުންފުންޏަކުން މުވައްޒަފުން މަދުކޮށްފައި ނުވާ ހިނދު، ސަރުކާރުން މިދަނީ އެކަން ކުރަމުން، ރާއްޖޭގެ އިގްތިސާދު ބިނާވެފައި މިއޮންނަނީ ޓޫރިޒަމަށް ކަމަށް ވީހިނދުވެސް އެއްވެސް ރިސޯޓަކުން މުވައްޒަފުން މަދުކުރުމުގެ ޕްރޮގްރާމެއް ހިންގާފައެއް ނެތް، ހަމަ އެހެންމެ މުސާރަ ކުޑަކޮށްފައެއްވެސް ނުމެނެންމެ.
DOg ވިދާޅުވީ
ތާރީޚް:11/10/2009
ރަގަޅު ތިކަން ގަބޫލް ނުކުރަނީ އަޅުގަނޑެއް ނޫން، މިރަށުގައި ނަރުދަމާ އަޅަނީ އަންނި ކަމަށް ބަޔަކު ބުނާތީ، އެކަމުގެ ތެދު ހާމަކޮށްދިނީ، އެއްވެސް ވެރިއަކު އެމީހެއްގެ ޖީބުން އެފަދަ ކަމެއް ނުކުރާނެ، ފުރަތަމަ ވެރިކަމަށް އަންނަނީ ތިމާގެ އަމިއްލަ އެދުން ބޮޑުވެ ފައިސާއަށް ދަހިވެގެން ވީއިރު އަތުން އެންމެ ލޯލާރިއެއް އެއިން މީހަކު ދޫކޮށްލާނެތޯ؟ އަޅުގަނޑާކީ މައުމޫނާއި ބެހޭ މީހެއްވެސް ނޫން އެކަމަކު އަންނި ކަންތައްތައް ކުރާ ގޮތުން މިހާރު ނުހުރެވިގެން މިތަކެތި ބޭރު މިކުރެވެނީ.
ޑޯގަށް ވިދާޅުވީ
ތާރީޚް:11/10/2009
ޑޯގޫ ކަލެޔަށް ހަމަ ސާބަސް
އަތަރު ބިލިގާ ވިދާޅުވީ
ތާރީޚް:11/10/2009
މިތާ އުޅެނީ ކުއްތާއަކާއި އިސްބެޔޭ ކިޔާ އެއްޗަކާއި،ދެން ހެލޮވް ކިޔާއެއްޗެއް. އަދި މިހެން ބުންޏަސް ސީސީޓީވީ ކިޔާއެއްޗެއް ހުރޭ ހަރުކޮށްފައި. ދެން ވަރަށް ރުޅި އައިފައި މިއެއްޗެއް ބަލާ އެބަ.
މިޔަށް ކޮމެންޓްކުރަން އެހެން ބަޔަކު މިތަނަށް މިހާރު ނާންނަނީތަ ފަހެ؟
އިސްބެ ވިދާޅުވީ
ތާރީޚް:12/10/2009
އަތަރު ބިލިގާ ވެސް ހަމަ ކޮމެންޓް ކުރަންވީ.. ކީއްވެ ނުކުރަނީ؟
Hellow ވިދާޅުވީ
ތާރީޚް:12/10/2009
ޑޯގް، ކޮންޓުރެކްޓަކީ ބަޔަކުހަދާ އެއްޗެކޭ އެއީ މަތިން ބާވާލައްވާ އެއްޗެއްނޫނޭ. ބަލަމަމީ ކުރީސަރުކާރުގެދުވަސްވަރު މިރަށުގެ ފަޅުހަދާކޮމެޓީގައި އުޅުނުމީހެކޭ، މިދައްކަނީ ބުންޔޭ ބުންޔޭއެއްނޫ، ސީދާ މަގޭދެކިހުރިތަން، ފަޅުހަދާ ކޮމެޓީއިން މައުމޫނުގެ ސަރުކާރައް ބަދަލުކޮށްދިނުމަށްހުސައެޅީ 3 މީޓަރުން 5 މީޓަރައް ފުންކޮދިނުމާއި، ފަޅުގެއެއްމެ ހަނިދިމާލުގައިވެސް 400 ފޫޓުބެހެއްޓުމާއި، ފަޅުގެ ބޭރުތޮށީގެ ކައިރީގައި ދޯނިފަހަރުއެޅޭގޮތައް ހަދައިދިނުން. ނަމަވެސް މީގެތެރެއި އެއްވެސްކަމެއްނުކޮއްދިން، މަސައްކަތްހަވާލުކޮފައި ވާފަރާތުންބުނީ ކުރިންބުނެވުނު ކަންތަކުގެތެރެއި ފުންކުރުން އެއްވެސް އިތުރުހަރަދަކާނުލާ ކޮށްދީފާނެކަމަށް ނަމަވެސް، މައުމޫން އެއްބަހެއްނުވި. އަދިވެސް ވަރައް މަޖާކަމެއްދިމާވި އެދުވަހަކު ރަށުއޮފީހުން ފަޅުކޮމެޓީގެ ބައްދަލުވުމެއްގައި ފަޅުގެ އެންވާރމަންޓު ރިޕޯޓުހުށައެޅި. މާލެއިން އައިހުރިމީހެއް، އޭނާ ތަހާތު މައްސަލަތަކެއްފާހަގަކުރި، އެއަފަހުގައި ދެކެވުނު ވާހަކައިގެތެރޭގައި ބޮޑުސައި އަލީ މިބުނާރިޕޯޓުހެދިމީހާގެކުރެއްއެހީ.
އަލީ : ތިބޭފުޅާ މިހާރު ތކަހަލަ ކިތައްރިޕޯޓުހައްދަވައިފިންތޯ؟
އެކަލޭކެ : 150 ހައްވުރެއްގިނައި
އަލީ : ސަރުކާރައް ކިތައް ރިޕޯޓުހެދިއްޖެތަ؟
އެކަލޭގެ : ގައިއްގަޑަކަށް 75
އަލީ : ރިޕޯޓަކަށް ކިހާވަރެއް ހަރަދުވޭތަ؟
އެކަލޭގެ : އެވެރެޖްކޮން 250000ރ
އަލީ :މިހާތަނައް ރިޕޯޓައް ބަލާފަ ސަރުކާރުގެ ޕުލޭން ކިތައްފަހަރު ބަދަކުރެވުނުބާ؟
އެކަލޭގެ : އަދިމިހާތަނަކަށް ބަދަލެއް ގެންނަވާފަކައި ނުވޭ.
މިހާތަނުން ހުރިހާ އެއްމެންގެ ހިނިގަޑުފަޅައިގެން ހިގައްޖެއެވެ. މިހަރީ މައުމޫން ޖަހާސަކަރާތް ދޯ؟
އިސްބެ ވިދާޅުވީ
ތާރީޚް:12/10/2009
ތިކަހަލަ 100 ކަވެސް ކީދާނެ ހަމަ.. މިރަށުގެވެސް އެތައްކަމެށް ވަނީ މައުމޫނު ސަރުކާރުން ބޮއްސުން ދުށްވާލާފަ..
ބޯސޮރު ވިދާޅުވީ
ތާރީޚް:12/10/2009
ދެން ވީ ވަންތަކާ ވާކަންތަކާ ނުވީ ކަންތަކާ ނުވާކަންތަކާ ކިޔާނެކަމެއް ނެތް. ހާޝިމް ކިތަންމެ ބޮޑުކުރިޔަސް މިސަރުކާރަކުންވެސް ވަޢުދެއް ނުފުއްދުނު. އެންމެން ގޮވަނީ ގުދޯގުދޯ.
އިސްބެ ވިދާޅުވީ
ތާރީޚް:12/10/2009
30 އަހަރާ 1 އަހަރާ އަޅާ ކިޔޭނެ ކަމަކަށް މަ ނުދެނެހުރިން…
DOg ވިދާޅުވީ
ތާރީޚް:13/10/2009
30 އަހަރުދުވަހު މައުމޫން ވެރކަންކުރި އިރު މިރަށަށް ކޮށްދެއްވިކަންތައްތައް ނުފެނޭތޯ. އެއްއަހަރު ނުވެގެން މިއުޅޭ އަންނި ވެރިކަމުގައި ކޮށްދެއްވި ކަމެއް މިރަށުން މިގައުމުން ފެންނަން އެބަހުރިތޯ؟ ނޫން !މިފަދަ ކަމެއް ނުކުރެވޭތަނުގައި އެއްއަހަރުވެސް ނުވަނީސް މުވައްޒަފުން މަދުކޮށް ފުލުހުންނާއި ސިވިލްސާރވަންޓުންގެ މުސާރަ އާއި އިނާޔަތުން ބޮޑުބައެއް މިކަނޑާލީ ހެޔޮފުޅުކަމުންތޯ؟ ނޫން! އެގޮތް ރައްޔިތުން ބޭނުންވެގެންތޯ؟ ނޫން! ކުރިއަތް އޮތްތަނުގައި ފެންވަރު ރަގަޅު ޓީޗަރުން ޑޮކްޓަރުން މިރާއްޖެ އަންނާނެތޯ؟ ނޫން! އެހެންކަމަށްވަނީ ނަމަ ރަގަޅު ޚިދުމަތެއް ރައްޔިތުންނަށް ލިބޭނެތޯ؟ ނޫން !އަންނި އާއި އޭނާގެ އައުވާނުން ދައުލަތުގެ ފައިސާއިން ބޭރުގައުމުތަކަށް ގޮސް ބޭސް ފަރުވާކުރާ ފަދައިން ނިކަމެތި ރައްޔިތުންނަށް އެކަންކުރެވިދާނެތޯ؟ ނޫން! މިހުރި ސުވާލުތަކަށް އަޅުގަނޑު އެއްޗެއް ނުބުނިނަމަވެސް ސިކުނޑިސަލާމަތުން 24 ގަޑިއިރު ހުންނަ އެކަކުވެސް މިކަމާއި ދެކޮޅެއް ނުވާނެ،
DOg ވިދާޅުވީ
ތާރީޚް:13/10/2009
MDP މީހުން މިއުޅެނީ ކިހިނެއް ވެގެންތަ؟ 24 ގަޑިއިރު ހަމައިގާ ނުތިބޭ އިރު އެކަމުން އެހެން މީހުންނަށްވެސް މިދަނީ އުނދަގޫ ވަމުން، މަޖިލީހަކުން ކަމެއް ކުރެވެން އޮތީކީ ނޫން، އެހެން ތަނަކުން ކަމެއް ކުރެވެން އޮތީކީ ނޫން، މިމީހުން ވެރިކަންކުރާ ޕާޓީ ގޮތުގައި އޮތުމުންވެސް އެހެން މީހުންނަށް ނޭވާލެވެން އޮތީކީ ނޫން، މިއީ ދެން ކިހާ ބޮޑުކަމެއް، މިމީހުންގެ ހާދަހާ ހަޔާތްވެސް ކުޑައޭދޯ، އެކި ރަށަށް ރަށާއި އަތޮޅު ތަކުގައި ކައުންސިލުންނާއި ނައިބުންނާއި މިނިސްޓަރުންވެސް މިއުޅެނީ ޕާޓޭންނަށް ވުރެ ދަށު ދަރަޖައިގައި އެކަމަކު މިމީހުންނަށް ބޯލަބައިގެން އަޅުގަނޑުމެން 24 ގަޑިއިރު ހަމައިގާ ތިބޭ މީހުން މިއުޅެންޖެހެނީ، ކައުންސިލުންތައް ރަށުން ފުރައިގެން އައިސް ފުލުހުންނާއި ދިމާކޮށް މަގުތަކަށް މީހުން އެއްކޮށް ފުލުހުންގެ ގައިގާ ތަޅާ އަނިޔާ ކުރަމުންގެންދާއިރު އަންނި ބޮޑުގޮނޑީގައި އިނދެގެން ފައިސާތައް ގުނާ ރައްކާކުރަމުންގެންދަނީ، ނުވިތާކަށް ފުލުހުންނަށް ދެމުންގެންދާ މުސާރަކޮޅުވެސް އެމީހުންނަށް ދޭން މިވަނީ ބޮޑޫ މުސީބާތަކަށްވެފައި، އެކަމަކު މިމީހުން ޖަހާ ހުރިހާ ބެރަކަށް ނަށަން ނިކަމެތި ފުލުހުންނަށް މިވަނީ ޖެހިފައި، އަދި ކީއްތަ އެތަކެއް ބުރަ މަސައްކަތްކޮށްގެން މީހަކަށް ހުކުމެއް ކުރެވުނީމާ އެމީހުން ބަންދުގައި ގެންގުޅެވޭނެ ގޮތެއްވެސް އަންނި އަށް މިއުޅެނީ ހަދަން ނޭނގިގެން. އަނެއްކާ އަނެއް ކާރިސާ މިއޮތީ އައިސްފަ މިފަހަރު މުސާރަ އެއްކޮން ކަނޑާލާނެކަން ނޭނގެ. އަދިވެސް ތަނެއްގައި ބަޔަކު ރީއްޗަށް އުޅެންޏާ މިކަހަލަ މީހުންނަށް ހާދަ އުނދަގޫވެޔޭދޯ.
ކުރީގެ ނޫސްވެރިއެއް ވިދާޅުވީ
ތާރީޚް:13/10/2009
ހަވީރަކީ ވަކިއަތަކަށް ޖެހިފައިވާ ނޫހެއްކަމަށް ހާޟިމް ލިޔެފައިވުމުން ދޭހަވަނީ ޒާތީކަމެއް އޮށްހެން ހަވީރުގައި ތިބިނޫސްވެރިން ނަކީ މިވަގުތު ރާއްޖޭގައި ތިބި އެންމެ ޕްރޮފެސަނަލް މިހުން އަދި އެނޫހުގެ އަހުމަދު ހަމްދޫނު އިސްމާއިލް ރަސީދު އްހުމަދު ސައީދު އަދިވެސް ނަން ނުލިޔުނަސް ސަރުކާރުވާހަކަތަށް ލިޔެހަދާ މީހުން ހާސިމް ތިއީ އަދި އިއްޔެ ލިނުން ތެރިންގެ ސަފަށް އެންމެ ފުލުން ގުޅުނު ލިޔުންތެރިއެއް އަދިކިއެއްތަ ތިލިޔަ ނީވެސް ފިލާހުރެދޯ ޕޮރޮފެސނަލް ލިނުންތެރިން ލިޔާނީ ފުރިހަމަނަން ޖަހައިގެން ހަވީރުވެސް އަދިއެހެން ދުވަހުނޫސް ތަށްވެސް ލިޔާލިޔުން ތެރިންގެ އޮންނާނެ ކޯޑުއޮ އެތިކްސް އެއް ހާސިމް ފަދަ މަގުމަތިލިޔުން ތެރިންގެ ނޯވޭދޯ މިލިޔުން ރަނގަލު ހާސިމު