Share

އިސްލާމްދީނުގެ އަޞްލަކާއި ޚިލާފަށް ޤާނޫނު ހެދުމުގެ ބާރެއް ރައްޔިތުންގެ މަޖިލީހަކަށް ލިބިގެނެއްނުވެއެވެ.

އިސްލާމްދީނުގެ އަޞްލަކާއި ޚިލާފަށް ޤާނޫނު ހެދުމުގެ ބާރެއް ރައްޔިތުންގެ މަޖިލީހަކަށް ލިބިގެނެއްނުވެއެވެ.
މުހައްމަދު އިސްމާއިލް

ރަސޫލު ޒަމާނުގައި ކަންކުރި ގޮތަށް މިހާރު ކަންކަން ނުކުރެވުމަކީ، އިސްލާމީ ޝަރީޢަތާއި ޚިލާފު ވުމަށް ދެއްކޭނެ އުޒުރެއް ނޫނެވެ. ވައްކަން ކުރާ މީހުންގެ އަތް ކެނޑުމާއި، މީހުން މަރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް އަންގަވާފައިވަނީ ހަމައެކަނި ވަކި ޒަމާނެއްގެ ބަޔަކަށް ނޫނެވެ. އިސްލާމީ ޝަރީޢަތް ނުވަތަ މުސްލިމުންގެ މައްޗަށް ބާވާލެއްވި ޤާނޫނަކީ މިބިންމަތީ ﷲ ގެ އެއްކައުވަންތަކަން ޤަބޫލު ކުރާ އަދި މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމް އަކީ ﷲ ގެ ރަސޫލާކަމަށް ޤަބޫލު ކުރާ ކޮންމެ އިންސާނަކަށް ކޮންމެ ޒަމާނެއްގައި ވެސް އެއެއްޗެއްގެ މައްޗަށް އަމަލު ކުރުން ލާޒިމު ކުރައްވާފައިވާ އެއްޗެކެވެ.

ރައީސް ނަޝީދުގެ ރޭޑިޔޯ ތަގްރީރުގައި ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމަށް ފާޑު ކިޔުމުގެ އިތުރުން އިސްލާމީ ޝަރީޢަތާއި ދެކޮޅު ހެއްދެވި ކަމީ ދެރަވެ ހިތާމަކުރާ ކަމެކެވެ. ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ރައީސަކު ހަތް އުޑު މަތިން ﷲ ބާވާލެއްވި ގާނޫނު ވަކި ޒަމާނަކާ މަތި ކުރުވާ އެޝަރީޢަތުގެ ހައްދުތަކާއި ޚިލާފަށް ވާހަކަ ދެއްކެވުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތު އިސްލާހު ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި ކުރެވެމުންދާ މިދަނޑިވަޅުގައި ރައީސް ނަޝީދު ދިވެހި ރައްޔިތުންނަށް އެދެއްވީ ވަރަށް ނުރައްކާތެރި މެސެޖެކެވެ.

އިސްލާމް ދީން މިބިންމަތިން ފުހެލުމަށްޓަކައި ޔަހޫދީން އެކި ދުވަސްވަރު ކުރަމުންދަނީ ތަފާތު ކަންތައްތަކެވެ. ކަނޑި އާއި ބަޑިން ހަނގުރާމަ ކޮށްގެން މުސްލިމުން ބަލި ނުކުރެވޭނެކަން އެނގުމުން އެޔަހޫދީން ބޭނުން ކުރަން ފެށީ އެއަށްވުރެ ވަރުގަދަ ހަތިޔާރެކެވެ. އާދެ، މުސްލިމުންގެ މެދުގައި ދީނާއި މެދު ޝައްކު އުފެއްދުމުގެ ހަނގުރާމައެކެވެ. ފިކުރީ ގޮތުން ކުރެވޭ މިހަނގުރާމައިގައި އެންމެ ފުރަތަމަ ވެސް އެބައިމީހުން ކުރަމުންދާ ކަމަކީ އިސްލާމީ ޝަރީއަތާއި މެދު މުސްލިމުން ތަކުގެ މެދުގައި ޝައްކު އުފެއްދުމެވެ.

ރައީސް ނަޝީދުގެ އަމިއްލަ ޚިޔާލު ދިވެހިރައްޔިތުންނާއި ހިއްސާ ކުރުމަކީ މައްސަލައެއް ނޫނެވެ. އެހެންނަމަވެސް ތިމާއަށް ފެންނަ ގޮތަކީ މިއީ އޭ ބުނެ ﷲ ޝަރީޢަތަކާއި ދެކޮޅެއް ނުހެދޭނެއެވެ. ﷲ ކަނޑައަޅާފައިވާ ޙުކުމަކަށް ފާޑުކިޔާ އެކަމާއި ދެކޮޅު ހެދުމުގެ ގޮތުން ވާހަކަ ދެއްކުމުގެ ހައްޤެއް އެއްވެސް މީހަކަށް ނުވެއެވެ.

ދިވެހި ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގައި ވަނީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށެވެ. އަދި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރުކަމަށެވެ. އެމާއްދާގެ ށ ގައި ވަނީ ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަޞްލަކާއި ޚިލާފަށް އެއްވެސް ޤާނޫނެއް ނުހެދޭނެ ކަމަށެވެ. އިސްލާމްދީނުގެ އަޞްލު ތަކަކީ ކޮބައިކަން ވެސް އެޤާނޫނު އަސާސީގައި ވަނީ ބަޔާން ކޮށްފައެވެ. ދިވެހި ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގައި “އިސްލާމްދީނުގެ އަޞްލު” ކަމުގައި ބުނެފައިވަނީ ކީރީތި ޤުރުއާނާއި، މާތް ރަސޫލާގެ ސުންނަތުގައިވާ ކަންކަމުގެ ތެރެއިން، އެކަމެއްގެ ޞައްޙަކަމާމެދު ޚިލާފު އުފެދިފައިނުވާ ޝަރުޢީ އުޞޫލުތަކާއި މިދެއަޞްލުން ދޭހަކޮށްދޭ އުޞޫލުތަކަށެވެ. އަދި “އިސްލާމީ ޝަރީޢަތް” ކަމަށް ބުނެފައިވަނީ ކީރީތި ޤުރުއާނާއި، ސުންނަތުގައިވާ ޖިނާއީ، މަދަނީ، އަލްއަޙްވާލުއްޝަޚްޞިއްޔާ އާއި މިނޫންވެސް ކަންތައްތަކާ ގުޅިފައިވާ އަހްލުއްސުއްނަތި ވަލް ޖަމާޢަތުގެ ޢިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތަށެވެ. ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ނ) ގައި ވަނީ އިސްލާމްދީނުގެ އަޞްލަކާ ޚިލާފުވާ އެއްވެސް ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮސްގެން ނުވާނެކަމަށެވެ. ކަންމިހެން އޮތްއިރު ރައީސް ނަޝީދު އެދިވަޑައިގަންނަވާ ގޮތަށް ޢަމަލު ކުރުމުގެ އެއްވެސް އިޚްތިޔާރެއް، ޤާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހަކަށް ލިބިގެނެއް ނުވެއެވެ.

‮ ‬45‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ސައުދުﷲ ކަމާލް‮ ‬ވިދާޅުވީ


    ތާރީޚް:17/10/2009

    ވަރަށް ވަރަށް ފުރިހަމަ ލިޔުމެއް. މުހައްމަދާ މިކަހަލަ އެއްޗެހި ލިޔަންޏާ އަނެއްކާ ރީދޫ ޕާޓީ މީހުން ކަޅުތެޔޮ ޖަހާފާނެ. އަތްކެނޑުމާ މަރަށް މަރު ހިފުމާ ޒިނޭކުރާ މީހުން ރަޖަމު ކުރުން ފަދަ ކަންތައްތަކަކީ އަހަރެމެން އުފެއްދެވި އިލާހު އަންގަވާފައިވާ ކަންތައްތައް. އެކަމުގައި އަޅުގަނޑު ދެކޭ ގޮތޭ ކިޔައިގެން ވާހަކައެއް ނުދެއްކޭނެ. އިދިކޮޅު ފަރާތްތަކުން އަބަދުވެސް ބުނަމުންދަނީ މިސަރުކާރަކީ ވަރަށް ޔަހޫދީން ނާއި ގުޅުން ބޮޑު ސަރުކާރެކޭ. އެކަމުގެ ހަގީގަތް މިހާރު އެބަފެނޭ.
    ޑރ މަޖީދާ ޑރ ޝަހީމް އަވަހަށް އިސްތިއުފާ ދެއްވާ. އެހެންނޫނީ ރައީސްގެ އަރިހުގައި ދަންނަވާ އެބަސް އަނބުރާ ގެނެސް ތައުބާވާން.

  2. އަރުޝަދު‮ ‬ވިދާޅުވީ


    ތާރީޚް:17/10/2009

    ވައްކަން އެއީ ރީތި ކަމެއް ނޫން، އެހެންވީމާ އެމީހުނަށް ދެވޭ އަދަބުތައްވެސް ރީތިވާކަށް ނުޖެހޭ، ސިވިލައިޒްޑް އަދަބަކަށްވެސް ވާކަށް ނުޖެހޭ. އަތް ކެނޑުން އެއީ އެމީހުނަށް އެންމެ ފިޓް ވާނެ އަދަބު. ކައިވެނިކޮށްގެން ހުރެ، އެވަރުން ނުފުދިގެން އެހެން މީހަކަށް ޒިނޭ ކުރަނިކޮށް، މުޖްތަމަޢު އެއީ ތެދުވެރި ރަނގަޅު މީހުން ކަމުގައި ބަލައިގަންނަ، 4 މީހުނަށް އެމަންޒަރު ހަމަ ލޮލުން (ދެޖިންސުގެ ގުނަވަން، ކޮންޓެކްޓްވަނިކޮށް) ފެނިއްޖެ ނަމަ، އެތަނުން ކައިވެނި ކޮށްގެން ހުރި މީހާ މަރާލުން އެއީ ހަމަ އާންމު އިންސާނީ ބުއްދި އަށް ބަލައިގަނެވޭނެ ކަމެއް. ނަޝީދުގެ ބަސްމަގު ދެން އެހާ ގޯހެއް ނޫނޭވެސް ބުނެވިދާނެ. އެހެންނަމަވެސް އެމްނެސްޓީ އިންޓަނޭޝަނަލް ބަޔާނެއް ނެރުނީމަ ދީނަށް އެއްޗެހި ގޮވާ މީހުންވެސް އުޅޭ. ޔޫނުސް ޢަލައިހިއްސަލާމް ނަވުން ބޭރުކޮށް އެއްލައިލެވުމުން ބޮޑުމަހެއް އެކަލޭގެފާނު ދިރުވާލި ކަމަށް ފޮތްތަކުން އެނގެން އޮވޭ. ނަމަވެސް އެކަލޭގެފާނު އެމީހުނަށް ލައުނަތް ނުދެއްވާ. ބޮޑު މަހަށްވެސް ލައުނަތް ނުދެއްވާ. ނަމަވެސް ﷲ އަށް ފުރިހަމަ ޔަގީންކަމެއް ދެއްވާފައި އެކަލާންގެ ޒިކުރުގެ މަތީގައި ދެމި ހުންނެވި. މިއަދު އިސްލާމީ އުންމަތް މިވަނީ ހަމަ މިކަހަލަ ބޮޑު މަހެއްގެ ބަނޑުތެރޭގައި. މިއީކީ ދީނަށް އެއްޗެހި ގޮވަންވީ ވަގުތެއް ނޫން. މިއީ ﷲ އާއި އެކަލާންގެ ބާވާލެއްވި ޝަރީއަތަށް ފުރިހަމަ ޔަގީންކަމެއް ދޭންވީ ވަގުތު. މިއީ އިމްތިހާނަކީވެސް..

  3. ސައްޕް‮ ‬ވިދާޅުވީ


    ތާރީޚް:17/10/2009

    މިލިޔުން ވަރަށް ފުރިހަމަ. އެހެންނަމަވެސް، ހިތައްއަރަނީ މިލިޔުން ލިޔުނު ކުއްޖާ އަނެއްކާ 2 ގަޑިއިރު ތެރޭގައި އޮފިހުން ނެރެލާނެ ބާއޭ!! މިކަހަލަ ލިޔުމެއްވެސް ލިޔެވޭކަށް މިހާރު ނޯވެ… މިއީބާ ނޫސްވެރިކަމަށް އާއި ހެޔޮބަދަލަކީ؟؟؟؟

  4. ރޮސީ ބާޓިކަލް‮ ‬ވިދާޅުވީ


    ތާރީޚް:17/10/2009

    އިސްލާމްދީނުގެ ހުކުމްތައް މިޒަމާނަށް ނުފެތޭ ކަމަށް ބުނެފި މީހާ ނުވަތަ، އެގޮތަށް ގަބޫލް ކުރާ މީހާ، ނުވަތަ އިސްލާމީ ޝަރީޢަތާއި ޚިލާފް ވާ ގޮތަށް ހުކުމް ކުރާ މީހާ ނުވަތަ ޤުރުއާނާއި ސުންނަތައް އިޙްތިރާމް ނުކުރާ މީހާ މުރުތައްދު ވާނެ ކަމަށް ގްރޭޑް 12ގެ އިސްލާމް ފޮތުގައި އޮވޭ. އެހެންވީމާ، ރައީސް ނަޝީދް މުރުތައްދު ވީކަމަށް ބެލެވި ދާނެބާ؟؟؟؟؟

  5. ރޮސީ ބާޓިކަލް‮ ‬ވިދާޅުވީ


    ތާރީޚް:17/10/2009

    އެހެން ކަމަށް ވާނަމަ ރައީސް ނަޝީދު އެއް ކަމަކު، އޭނާގެ މައްޗަށް ހައްދު ގާއިމް ކުރެވެން ޖެހޭނެއެވެ.

  6. އޮތަސް ނެތަސް‮ ‬ވިދާޅުވީ


    ތާރީޚް:17/10/2009

    ޔަހޫދީންގެ ވާހަކަ ލިޔެފައި އެއޮތީ ކީއްކުރަން؟ ޔަހޫދީންނާއި އަހަރެމެން ރައްޓެހި ކުރުވަން ހާދަ މަސައްކަތެއް މިއަދުގެ ސަރުކާރުންނާއި އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވުން އެބަ ކުރެޔޭ. އެހެންވީމަ އެހެން ނުލިޔާތި.
    ގާނޫނު އަސާސީ ގައި އޮންނަ ގޮތެއް ބަލާކަށް ނުޖެހޭނެ ރައީސަކަށް. އެއީ ގާނޫނެއް އޮތަސް ނެތަސް ހިތްޕުޅަށް އަރައިވަޑައިގެންނެވި ގޮތަކަށް ކަންތައްތައް ކުރާނެ ކުރާނެ ބޭފުޅެއް. އޮތަސް ނެތަސް ވަރިހަމަ. ވަރިހަމަ ނުވަތަ “ހެޔޮ” ވެރިކަމެއް މިއޮތީ މިހާރު.
    މުހައްމަދުގެ ލިޔުންތަކަކީ އަޅުގަނޑު ވަރަށް ތާއީދު ކުރާ ލިޔުންތަކެއް. ވަރަށް ފުރިހަމަ.

  7. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:17/10/2009

    މިލިއުމަކީ މީހުންނަށް އޮޅުންއަރާގޮތަށް ހަގީގަތާ ހިލާފުވާހަކަ ތަކެއްހުރި ލިއުމެއް.މިލިއުމުގައި ބުނެފައި އެބައޮތް ރައީސް ނަޝީދުގެ ރޭޑިޔޯ ތަގްރީރުގައި ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމަށް ފާޑު ކިޔުމުގެ އިތުރުން އިސްލާމީ ޝަރީޢަތާއި ދެކޮޅުހެއްދެވިކަމަށް އެހެންނަމަވެސް މިއީ ކަޑައެޅިގެން މުހައްމަދު އިސްމާއީލް ހެދި ދޮގެއް. ވެދާނެ މުހައްމަދުގެ ޕާޓީ ޕުރޮމޯޓުކުރަން ކުރިކަމަކަށްވެސް،އެކަމަކު ކޮންމެގޮތެއްވިއަސް މީހަކު ދެއްކިވާހަކައެއް އަނެއްކޮޅަށް ފުރޮޅައލައިގެން ދައްކާއިރު އެވެވެނީ އިސްލާމްދީނުގެ އަސްލާހިލާފު.ރައީސް ވިދާޅުވިބސްކޮޅު އަކުރުން އަކުރަށް މިލިއަނީ ވިދާޅުވީ ” އަޅުގަނޑަށް ފެންނަ ފެނުމުގައި، އިންސާނެއްގެ ފުރާނަ ހިފެންޖެހޭނީ، އިންޞާފުވެރި، ވަރަށް އިންޞާފުވެރި، އަޅުގަނޑުގެ ނަޒަރުގައި ރަސޫލު ޒަމާނުގެ އިންޞާފުން ކަންކަން ޝަރީޢަތް ކުރެވިގެން، ދެން ތަންފީޒު ކުރެވޭ ޙުކުމެއްގެ ތެރޭގައި. އަޅުގަނޑެއް ނުދެކެން، މި ރާއްޖޭގައި ޝަރްޢީ ނިޒާމު އެއީ އިންޞާފުވެރި، އެހާ އިންޞާފުވެރި ގޮތުގައި ހުރިހާ ކަމެއް ނިންމޭނެފަދަ ޤާބިލުކަން ލިބިފައި ހުރި ޝަރީޢަތުގެ ނިޒާމެއް ކަމަކަށް. އެހެންވީމާ، މަރުގެ ޙުކުމާއެކުގައި އަންނަ ކޮންމެ ރައްޔިތެއްގެ ޙުކުމް މަޢާފް ކުރުމުގެ ބުރަ ނުވަތަ އެ ޙުކުމް ތަންފީޒު ކުރުމުގެ ބުރަ، އައިސް އެންމެފަހުން މި ދިމާވާނީ ހުއްޓޭނީ ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި. އަޅުގަނޑުގެ ނަޒަރުގައި ބުއްދިވެރި ގޮތަކީ، މީހުންގެ ފުރާނަ ހިފުން އެއީ، ޤާނޫނުލްޢުޤޫބާތުގައި އޮންނަ ޢުޤޫބާތަކަށްނުވުން. މީހުން މެރުން އެއީ ޤާނޫނީގޮތުން، ޤާނޫނުލްޢުޤޫބާތުގައި ކަނޑައަޅައި، އެކަން ކުރާގޮތަށް ނެތުން. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، މަޖިލީހުން މި ފިކުރާއެކުގައި މިބިލް ފާސްވެގެން ހިނގައިދާނެ ކަމަށް.” ދެންކޮބާ މިތާ ރައީސްމިކަމާ ދެކޮޅުހަދާފަ އަދި މީކޮށްގެން ވާނެ ކަމެއްނޫންކަމަށް ވެސް ނުބުނޭ. އަދި ބާރު އަޅާފައިވަނީ ގާނޫނުލް އުގޫބާތުގައި ހިމަނަންޖެހޭނީ ވަރަށް އިންސާފުވެރި ކޮށް މިގާނޫނު ތަންފީޒުކުރެވޭ ގޮތަށް ކަމަށް މާނައަކީ ޖިނާއީ އަދުލުގެ ނިޒާމު ވާންޖެހޭނީ ވަރަށް ހަރުދަނާ އިންސާފުވެރި ތަނަކަށް ކަމަށް .މިބިލުގައި މިބައި ހިމެނުމަށް ބާރުލިބޭ ރައީސްގެވާހަކަ ކޮޅުން.

  8. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:17/10/2009

    ކޮންމެގޮތެއްވިއަސް މީހަކު ދެއްކިވާހަކައެއް އަނެއްކޮޅަށް ފުރޮޅައލައިގެން ދައްކާއިރު އެވެވެނީ އިސްލާމް ދީނާ ހިލާފް. އެހެންވީމާ މިފަދަ ލިއުންތަށް ލިއެ މީހުންނަށް އޮޅުވާލަން މަސައްކަތް ނުކުރުމަށް މުހައްމަދަށް ނަސޭހަތްތެރިވަން.އެހެންނޫނީ ގާނޫނީ ގޮޅިއަކަށްފެތި މަޅިއެޅިދާނެ. ރަޢސް ވިދާޅުވީ ތެދުފުޅެއްކަން ކޮންމެ ހެޔޮވިސްނޭ މުސްލިމަކު ގަބޫލުކުރަންޖެހޭނެ. އެހެނީ އަޅުގަނޑުމެންކަން ކުރަންޖެހޭނީ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމް އަކީ ﷲ ގެ ރަސޫލާ ދަސްކޮށް ދެއްވި ގޮތަށް މިހާރުގެ މިޒަމާނުގެ ހުޅަގުގެ ގޮތަކަށް ނޫން. މިނޫން ގޮތަކަށް މިބައި ގާނޫނުލް އުގޫބާތުގައި ހިމެނުން ރައީސެކޭ އެއްފަދައިން މަވެސް ދެކޮޅު.އަދި ކީރިތި ގުރުއާނުގައިވެސް ކަޑައެޅިގެން މިނޫންގޮތަކަށް މިކަންނުކުރުމަށް އަންގަވައިފައިވޭ.އަދި އިންސާފުން އެއްކިބައިވެ ބާތިލު ހުކުމްކުރާ މީހުނަށް ގަދަވެގެންވާ އަޒާބު ދެއްވާނެކަމަށް ﷲ އަންގަވައިފައިވޭ. މުހައްމަދު އަށް މިކަން ހަމަ ރަނގަޅަށް އެނގޭނެ.

  9. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:17/10/2009

    މުހައްމަދުގެ ލިއުމުގައިވާ ދޮގުމައުލޫމާތު ހިމެނޭ އެއްޕެރެގުރާފް : :ރައީސް ނަޝީދުގެ ރޭޑިޔޯ ތަގްރީރުގައި ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމަށް ފާޑު ކިޔުމުގެ އިތުރުން އިސްލާމީ ޝަރީޢަތާއި ދެކޮޅު ހެއްދެވި ކަމީ ދެރަވެ ހިތާމަކުރާ ކަމެކެވެ. ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ރައީސަކު ހަތް އުޑު މަތިން ﷲ ބާވާލެއްވި ގާނޫނު ވަކި ޒަމާނަކާ މަތި ކުރުވާ އެޝަރީޢަތުގެ ހައްދުތަކާއި ޚިލާފަށް ވާހަކަ ދެއްކެވުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތު އިސްލާހު ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި ކުރެވެމުންދާ މިދަނޑިވަޅުގައި ރައީސް ނަޝީދު ދިވެހި ރައްޔިތުންނަށް އެދެއްވީ ވަރަށް ނުރައްކާތެރި މެސެޖެކެވެ.:؛؛؛؛؛ އަދި ރައީސްގެ ރޭޑިއޯ ހިތާބް ؛ http://www.presidencymaldives.gov.mv/4/?ref=14,19,2211

  10. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:17/10/2009

    މުހައްމަދުގެ ލިއުމުން ދޭހަވަނީ ރައީސް މަރަށް މަރު ހިފުމުގެ ހުކުމާ ދެކޮޅުމީހެއްކަމަށް އަދި ދެކޮޅުހަދަނީ މިޒަމާނާ ނުގުޅޭތީ ކަމަށް. ނޫނޭ ކަލޭމެން ކަންކަން އޮޅުވާލުމުގެ ހުނަރު ވަރަށް ރަނގަޅަށް އެބަހުރި. އެކަމަކު ތިކަމެއްނުވާނެ މިހާރު ތިޔަގޮތަށް އޮޅުވާލަން އުޅޭތީ އެހުންނަނީ އަކުރުން އަކުރަށްލިއެފަ. މޮހޮންމަދު ނިކަން ރަޢިސް އޮފީހުގެ ވެބްސައިޓު ބަލާލަބަލަ.

  11. ހަންޑިގަނޑާރަ‮ ‬ވިދާޅުވީ


    ތާރީޚް:18/10/2009

    ޕިސްޕިސް ތިޔަ ސާބިތު ކޮށްދޭން އުޅުނު އެއްޗެއް ނުވަތަ ވިދާޅުވާން ބޭނުންވި އެއްޗެއް އަޅުގަނޑަކަށް ނުވިސްނުނު. ކޮންމެ ގޮތެއް ވިޔަސް، ރައީސް ގޮވާލައްވާފައި އެވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގައި އިސްލާމީ ޝަރީޢަތުގައި ބަޔާންވެގެންވާ އުޤޫބާތް ނުހިމެނުމަށް. އަދި އެކަމަށް ދައްކާފައި އެވާ ހުއްޖަތަކީ، ޝަރުޢީ ނިޒާމު އިންސާފުވެރި ނުވުމާއި، މާޒީގައި ނުކުތް ނޭދެވޭ ކަމަކާއި، ރައީސްގެ ބޮލުގައި އެޅޭ ބުރައެއްގެ ވާހާކަ. މިއީ، ތާކުން ތާކު ޖެހޭ ވާހަކައެއް ނޫން. ރާއްޖޭގައި ހިނގަނީ އިސްލާމީ ދައުލަތެއް ކަމަށްވާނަމަ، އަދި ރާއްޖޭގެ ވަޒަންވެރިންނަކީ މުސްލިމުން ކަމުގައި ވާނަމަ، އިސްލާމީ ޝަރީޢަތް މިތަނުގައި ހިނގަން ޖެހޭނެ. ރައީސް ކަމަށްވިޔަސް، ޢާންމު ފަރުދަކު ކަމުގައި ވިޔަސް އިލާހީ ޤާނޫނަށް ބޯލަނބައި، އިސްލާމީ އުޤޫބަތް ތަންފީޒު ކުރުމަށް އެއްވެސް ޙުއްޖަތެއް ނޯންނާނެ. އިސްލާމީ ޢުޤޫބާތް ރާއްޖޭގެ ޤާނޫނުގައި ނުހިމެނުމަށް ވިދާޅުވި ރައީސެއްގެ ބޮލުގައި އެޅޭނެ ފާފައާ ޒިންމާ ދެނެވޮޑިގަންނަވާނީ ﷲ. މިތަނުގައި ރައީސް ވިދާޅުވި އެއްޗެއް ނޭގިގެން އުޅުއްވަނީ މުހަންމަދު އިސްމާޢީލެއް، އަޅުގަނޑެއް ނޫން އެކަމަކު ޕިސްޕިސް.

  12. އިސްބެ‮ ‬ވިދާޅުވީ


    ތާރީޚް:18/10/2009

    ލިޔުން އެހާ ފުރިހަމަ އެއްނޫން، ރާއީސް ނަސީދު ދެއްކި ވާހަކަ އަޑުއެހި މީހުންނަށް އެގޭ ރާއީސް ނަސީދު ދެއްކި ވާހަކަ.

  13. އިސްބެ‮ ‬ވިދާޅުވީ


    ތާރީޚް:18/10/2009

    ރައީސް ނަސީދު ކޮންމެ ގޮތަކަށް މިކަން ކުރަން ބޭނުން ވިޔަސް މިކަމަކީ ރައީސްނަސީދުގެ ބާރުގެ ދަށުގައިވާ ކަމެއްނޫން..

  14. ހަމީދު‮ ‬ވިދާޅުވީ


    ތާރީޚް:18/10/2009

    ޕިސްޕިސް އަށް ބުނެލަން އޮތީ އިސްލާމީ ޝަރީޢަތާއި ދެކޮޅަށް މަސައްކަތްކުރާމީހަކަށް ވާގިވެރިވުމަކީ ކޮށްގެންވާނެކަމެއްނޫން، ރައީސް ނަޝީދުގެ ރޭޑިޔޯ ޚިތާބު ރަނގަޅަށް އަޑުއަހާ، އިސްމާއީލްގެ އާޓިކަލްއާއި ރައީސްގެ ވާހަކަ ކޮޅާއި މިދެކަމުގައި ހުރި ޚިލާފްތައް ބުނެދޭން ތިޔަ އުޅެނީ އިސްލާމީ ޝަރީޢަތް ފަނޑުކުރަން ހެއްޔެވެ؟ މިއާޓިކަލްގައި އެހުރީ ހަމަ ތެދުވާހަކަ، މިމުޖުތަމަޢު ހަލާކުވެގެން މިދަނީ ޝަރީޢާ ތަންފީޒުނުކުރެވޭތީ، އިސްލާމީ ޤާނޫނު ނުހިންގޭތީ، ނ.ހެނބަދޫގައި އަންހެން ކުއްޖަކު މަރާލި މީހާ އުމުރަށް ޖަލަށްލި، އެއީ ތަޢްޒީރެއްގެ ގޮތުން ވާރިޘުން ދިޔަ ބޭނުންވީމާ، އަޒުލީނާ ނަފީސް މަރާލި ހާދިސާގައިވެސް، އިވާން ނަސީމް މަރާލި މީހުންނަށް ޙުކުމްކުރީ މަރަން، ހަމަ މިރާއްޖޭގައި ކުރި ޙުކުމްތައް މިއީ، ޖިނާއީ ކޯޓުގައި ތިބީ ރައީސްނަޝީދު ގަޔާވާ ޤާޟީންނަށް ނުވީމާ އެމީހުންނަށް އެއްޗެއްނޭގެނެ ކަމަށް ރައީސް ހީފުޅުކުރައްވަނީ، އެތިއްބެވ ޤާޟީން ރެޔާދުވާލު ކުރާ ބުރަ މަސައްކަތުން ޙުކުމެއްކުރީމާ މުޖުތަޢުގެ ބިރުވެރިން އިތުރުކުރަނީ ދިވެހި ސަރުކާރުން، ޖަލުގައި މީހުން ގިނަވަނީ، ކުށްމަދުކުރެވޭނެ ގޮތެއް ބުނެދޭކަށް ނޭގެ އެމްޑީޕީ ސަރުކާރަކަށް، މާލޭގައި ހުރިހާ ޖަރީމާއެއް އާއްމުވެއްޖެ، ކޮބައިތޯ ވަލިއްޔުލް އަމްރު، ކޮބައިތޯ ރައީސް ނަޝީދު، ކަނޑުއަޑީގައި އޮތަކަސްނުވާނެ، ޝަރުޢީ ނިޒާމުގެ ޤާބިލްކަން ނެތް ބަހުރުވައިން ރައީސް ވާހަކަފުޅު ދެއްކެވުމުން އެބެހެވުނީ ޝަރުޢީ ނިޒާމާ، އެއީ ކޯޓުގެ ހުރުމަތް ކަނޑާލުން،އަޅުގަނޑު ގޮވާލަން ރައީސް ނަޝީދު ޖިނާޢީ ކޯޓަށް ހާޟިރުކޮށް ކޮންޓެމްޕްޓް އޮފް ކޯޓްގެދަށުން ޖޫރިމަނާކުރަން، ނޫނީ ޖަލަށްލާން، އަދި ޝަރީޢާގެ ޙުކުމެއް ފަނޑުކުރަން މަސައްތަކުރީތީ އެއީ އިސްލާމީ ޝަޙްސިއްޔަތު ގެއްލުވާލުންކަން ބަލާ ރައީސް ކަމުގެ ޝަރުތު ނެތްކަން ކަނޑަޅާ ސްޕްރީމް ކޯޓުން ރޫލިންއެއް ނެރެން ދިވެހި ސިފައިންނަށް އޭނާ އެތަނުން ދުރުކުރަން

  15. ބްރިންސް ކުއަންޑަމް‮ ‬ވިދާޅުވީ


    ތާރީޚް:18/10/2009

    އަހަރެންނަށްވެސް އެނގިފަ އޮތް ގޮތުން އިސްލާމީ ޝަރީޢަތުގެ އެއްވެސް ޙުކުމަކީ ވަކި ތާކަށް ނުވަތަ ވަކި ޒަމާނަކަށް އެންމެ އެކަށޭނެ ޙުކުމެއް ނޫނޭ ބުނާ މީހަޔަށް އެބުނެވެނީ ކުފުރުގެ ބަހެއް.

  16. ހަސަން އަލީ‮ ‬ވިދާޅުވީ


    ތާރީޚް:18/10/2009

    އިސްލާމީ ޝަރީއަތުގެ ބައެއްކަންކަން މިގައުމުގައި ހިންގަން ނުފެންނަ ކަމަށް ރައީސް ނަޝީދު ބުނިކަމަށްވިޔަސް އަދި އެއީ އިސްލާމުދީނުގެ އަސްލަކަށް އަރައިގަނެވެނީކީއެއް ނޫންދޯ. މުހައްމަދަށް ވެސް ދެން އެކަން އެނގޭނެ. މިދުނިޔޭގަ އެބޮތްބާ ފުރިހަމަ އިސްލާމީ ޝަރީއަތް އޮތް ގައުމެއް. އާދެން އަނެއްކާވެސް ރިކޯޑެއް ހަދަންޏާ މިހާރުއޮތް އެކަހަލަ ފުރަތަމަ ގައުމަކަށް ރާއްޖެވާންވީ. އެހެންކަމަށް ވާނަމަ، ބޭރުގެ ގައުމުތަކުގެ އެހީ ކަނޑާލާނީ. ދިވެހިންނަކީ ނިހާޔަތަށް އިންޕޯޓުކޮށްގެން ފަރުޖެއްސޭ ގައުމަކަށް ވާއިރު މިއީ އެންމެ އެދެވޭ ގޮތެއްވެސް ނޫންކަންނޭގެ. ތިކަމާ އަޅާނުލައިފިނަމަ، އަހަރެމެން ރައްޔިތުން އަތުން ގެއްލޭނެ އެއްޗެއްނެތް. އެކަމަށް ފާފައެއްވާނަމަ، އެކަންވެސް ބޮލުގައަޅަން ބަޔަކު އެބަތިބި.

  17. ސާކް‮ ‬ވިދާޅުވީ


    ތާރީޚް:18/10/2009

    ދެންތިވަރު ނުކުރިޔަސް ވަރިހަމަ ޕިސް ޕިސް….. ދެންތީ ބޮޑުވަރު، ސަރުކާރާ އެއްކޮޅަށް ވިޔަސް…. ޕިސް ޕިސް އެކަނިތަ ސުރުކަރާ އެއްކޮޅަށް ހުންނަނީ މިލިޔުމުގާއި އެއްވެސް ކަހަލަ ދޮގުކަމެއްނެތް މުހައްމަދު އިސްމާއީލް ބެނެފަކާއެއް….

  18. ހަބަރުތާޒާ‮ ‬ވިދާޅުވީ


    ތާރީޚް:18/10/2009

    ބޭރުގެ އެހީ ލިބޭތީތަ އަހަރެމެންނަށް ދުނިޔޭގައި މިއުޅެވެނީ. ﷲ ރޯދި ބަރަކާތް ދެއްވާތީ ދުނިޔޭގައި މިއުޅެވެނީ.
    ދެން ރޭޑިޔޯ ހިތާބު ރަނގަޅަށް އަޑުއަހައިފިއްޔާ އެނގޭނެ ރައީސް ނަޝީދު ބޭނުން ނުވާކަން އިސްލާމީ ޝަރީއަތް ފުރިހަމަ ގޮތުގައި މިތާ އިމްޕްލިމެންޓް ކުރާކަށް. އެއީ ހަމައެކަނި މުހައްމަދު ދައްކާ ވާހަކައެއް ނޫން. މިއަދު މުޅި ރާއްޖޭގެ އެންމެން އެދައްކަނީ އެވާހަކަ. މާދަމާ ރައީސްގެ ތަރުޖަމާނު އަރާފަ ބުނާނެ އަސްލު ރައީސް ވިދާޅުވި އެއްޗެއް އޮޅިވަޑައިގަތީ އޭ ރައްޔިތުންނަށް. ދުވަހަކުވެސް ނޯޅޭ ގޮތަކަށް ރައީސަކަށް ބަސްފުޅެއް ވިދާޅެއް ނުވެވޭނެ.

  19. No one is above the law BUT Someone is above the nation‮ ‬ވިދާޅުވީ


    ތާރީޚް:18/10/2009

    ޖުމްލަކޮން މިލިއުން ރަގަޅު. ރައިސްނަސީރެއްކަމަކު އެފަދަ ވާހަކަދެއްކީމަ ކަމަކުނުދާނެ، ނަމަވެސް މަތީގައިއެވާ ކޮމެންޓްތަކުން ހީވަނީ ވޭތުވެދިޔަ ދިގު ތިރީސްއަހަރުތެރޭގައި ސަރީއަތާއި އަދަބުދެވިފައިވަނީ އިސްލާމްދީނުގައިވާ ހައްދުތަކާއެއްގޮތައްހެން. މީގައި އަހުރެންނަށް ބުނެވޭނީ ހުރިތަފާތަކީ ރައީސްނަސީދު އެކަންފާޅުގައި ރައްޔިތުންގެ ކުރިމަތީގައި ހާމަކުރެއްވިކަން. މައުމޫނަކީ އެހާ ގަޓްސް ހުރިމީހަކަނުވާތި އޭނާޔައް ނުކެރެނީ ނުވަތަ ރައްޔިތުންނަށް އޮޅުވާލަނީ. އަދިބުނެލަންބެނުންވަނީ މައުމޫނަކީ ދުނިޔޭގައިނެއްވަރުގެ ބޮޑުދީނީ އިލްމުވެރިއަކަށްވެގެން އުޅުނުމީހެއް، ނަމަވެސް ރައީސް ނަސީދައްވުރެން އޭނާގެ ޔަހޫދީކަން މާބޮޑު. މިސާލަކަށް މައުމޫން ބުނީ ދިވެހިރާއްޖޭގެ އަންހެނުން އައުރަނިވާކުރާކަށްވެސް ނުޖެހެނެޔޭ، ބަލަތިބުނާ މިހާރުގެ އިސްލާމލކް މިނިސްޓަރީގައި މިހާރުތިބި މީހުންގެ މަސަކަތުން މިހާގިނަމިހުން ބުރުގާއަޅާ އުޅެއްފެށީވެސް.

  20. Dog‮ ‬ވިދާޅުވީ


    ތާރީޚް:18/10/2009

    މުޙައްމަދުގެ ލިޔުން ވަރަށް ފުރިހަމަ! އެކަމަކު މިހެން ބުނާނީ އިސްލާމްދީން ދެކެ ލޯބިވާ އިސްލާމްދީނުގެ ހަމަތަކަށް ތަބާވާ އިސްލާމުން އެހެން މީހުންނަށް އެކަން ރަގަޅު ނުވެދާނެ، ބުނެލަން ބޭނުންވަނީ އަޅުންނަށް ރިޒްޤް ދެއްވަނީ ކާކުތޯއެވެ. އަޅުތަކުންގެ ވެރިފަރާތަކީ ކާކުތޯއެވެ؟ ކޮންމެ އިސްލާމަކުވެސް ގަބޫލްކުރާ ގޮތުން އަޅުގަނޑުމެން އިންސާނުންނާއި މިކާއިނާތުގައިވާ ހުރިހާ އެއްޗެއްގެ ވެރިފަރާތަކީ މާތް ﷲ، އަޅަމެންނަށް ރިޒްޤް ދެއްވަނީ އެކަލާންގެ، ވީއިރު އަޅުގަނޑުމެން ބިރުގަންނަންވީ އެކަލާންގެ އަށް، ހުޅަނގުގެ މިހުންނަކަށް ނޫން، އެމެރިކާ ދެކެ ނުވަތަ UN ދެކެއެއް ނޫން.

  21. Dog‮ ‬ވިދާޅުވީ


    ތާރީޚް:18/10/2009

    ރައީސް އަންނި މިފަހަރުމިވަނީ ސަރުއީ ނިޒާމަށް ފާޑުކިޔާ މިގައުމުގައި ހިނގާ ސަރިއަތްތަކަކީ އިންސާފުން އެހާ އިންސާފުން ހިނގާ ސަރީއަތްތަކެއް ނޫންކަމަށް އޭނާ ގަބޫލުކުރާކަމަށް ބުނެފައި، މިއިން އެނގެނީ ގައުމުގެ ރައީސް އެގޮތަށް ބުނުމުން މިގައުމުގައި ހިންގާ ސަރީއަތްތަކީ އެއްވެސް އިންސާފެއް ނެތް، ބަޔަކު ހިތުހުރި ގޮތަކަށް އެބަޔަކަށް ފެންނަ ބަޔަކަށް އަދަބު ދިނުމަށް ކުރަމުންގެންދާ ކަންތައްތަކެއްކަން، ގައުމުގެ ރައީސް އެހެން ބުނުމުން ސަރުކާރުން އެގޮތަށް ނިންމީކަމަށް ގައުމުގެ އެހެން ރައްޔިތުން ގަބޫލުކުރަންޖެހޭނެ، ވީމާ މިގައުމުގައި ސަރީއަތްކުރުމުގެ އެއްވެސް ބޭނުމެއްނެތްކަމަށް އަޅުގަނޑު ގަބޫލުކުރަނީ،

  22. Dog‮ ‬ވިދާޅުވީ


    ތާރީޚް:18/10/2009

    ރައީސް ނަޝީދުގެ ވާހަކައިން އެމަނިކުފާނު ބިރުފުޅު ގަނެފައިވާކަމަށް ފެނޭ، އެއީ އެމަނިކުފާނުގެ ބޮލުގައި ނުހައްގުން މީހެއްގެ ފުރާނަ ނުވަތަ އަތްކެނޑުން އެޅިދާނެތީ، އަޅުގަނޑަށް ދެންނެވޭނީ ރައީސްކަމަށް ކުރިމަތިލީ އިރު އެކަމަކީ ކިހާ ބުރަކަމެއްކަން ނުވިސްނަވަންތޯއޭ؟ ހަމަ އެކަނި ވިސްނެވީ ފައިސާ އާއި މުދަލަށްތޯއޭ؟ ރައީސެއްގެ ނުވަތަ ގައުމެއްގެ ވެރިއެއްގެ ބޮލުގައި މީހެއް މަރާލިކަމުގެ ޒިންމާ އުފުލަންޖެހޭނީ ހަމައެކަނި އަދުލްގެ ނިޒާމުން މީހަކު މަރަށް ޚުކުމްކުރީމައެއް ނޫން؟ މިގައުމުގައި ދިރިއުޅޭ ކޮންމެ ރައްޔިތެއްވެސް ގުދުރަތީ މަރަކުން ނޫންގޮތަކަށް މަރުވެއްޖެނަމަ އެކަމުގެ ޒިންމާ ކޮންމެވެސް ސިފައެއްގައި ރައީސްގެ ބޮލުގައި އެޅޭނެކަމަށް އަޅުގަނޑަކަށް ފެނޭ، މިހެން މިބުނީ ރަގަޅު ޝިއްހީފަރުވާ ދިނުމަކީ ވެރިއެއްގެ ޒިންމާއެއް، އެފަދަކަމުން މީހަކު މަރުވެއްޖެނަމަ އެކަމުގެ ޒންމާ އުފުލާނީ ކާކުތޯ؟ ތަޅާފޮޅުމުގެ ސަބަބުން މީހަކު މަރުވެއްޖެނަ އެކަމުގެ ޒިންމާވެސް ވެރިއެއްގެ ބޮލުގައި ނުއެޅިދާނެބާ؟ އެހެނީ ގައުމުގައި ސަލާމަތްކަންމަތީ މީހުން ދިރިއުޅެވޭނެ ގޮތް ހަދައިދިނުމަކީ ވެރިއެއްގެ ޒިންމާއެއް؟

  23. Dog‮ ‬ވިދާޅުވީ


    ތާރީޚް:18/10/2009

    މީހުން ވަޒީފާތަކުން ކަނޑާ އެމީހުންގެ އާމްދަނީ ފޭރިގަތުމުން ބަޔަކު ބަނޑަށް މަރުވެއްޖެނަމަ ނުވަތަ އެނޫންވެސް ފަރުވާއެއް ނުލިބިގެން މަރުވެއްޖެނަމަ އެކަމުގެ ޒިންމާވެސް އުފުލަންޖެހޭނީ އެފަދަ ހާލެއް އެބަޔަކަށް ޖެއްސި މީހަކު ނޫންތޯއެވެ؟ މިފަދަ އެއްވެސް ކަމަކާއި މެދު ވިސްނާލުމެއް ނެތި ކީރިތި ޤްރުއާނުންނާއި ރަޝޫލާގެ ޝުންނަތުން މުސްލިމުންގެ މައްޗަށް ކުރުން ލާޒިމްކޮށްފައިވާ ވާޖިބުތަކަކީ ތިންމަންނާއަށް އެހާކަމުދާކަމެއް ނޫންކަމަށް ބުނުމަކީ ސީދާ އެކަމާއި ދެކޮޅު ހެދުމަށް ނުވެއެއް ނުދާނެ.ސަރުޢީ ނިޒާމުގެ ބަލިކަށިކަމުން ކުށްކުރި މީހާ ދެނެގަނެވޭފަދަ ނެތްކަމަށް ބުނެ އިސްލާމީ ޝަރީއަތާއި ދެކޮޅު ހެދުމުކީ އެއްވެސް ހާލެއްގައި މުސްލިމަކު ކޮށްގެން ވާނޭކަމެއް ކަމުގައި އަޅުގަނޑު ނުދެކެމު، ޝަރުޢީ ނިޒާމް ބަލިކަށިނަމަ އެނިޒާމް ހަރުދަނާކުރުމަކީ ކާކުގެ ވާޖިއްބެތޯ؟ ޚުދު ތީމާ ވެރިއަކަށް ހުރެގެން ކަނޑުއަޑިއަށް ޕިކްނިކް ދިއުމާއި މީހުންގެ މުސާރައިން ބައެއް ކާލުމާއި ވަޒީފާތަކުން މީހުން ކަނޑާލުންފަދަ ކަންތައްތައް ކުރުމުގެ ބަދަލުގައި އެނިޒާމް ރަގަޅު ކުރުން މުހިއްމު ނުވަނީތޯއެވެ. ވެރިކަމަށް އައުމަށްޓަކައި ޚަވަރުން ހޯދުނުފަދައިން މިމުޖުތަމައުގައި ހިނގަމުންގެންދާ ނޭދެވޭ އަމަލުތައް ޙުއްޓުވުމަށް ބަޔަކު ނުހޯދިގެން ތިއުޅެނީ ކީއްވެތޯއެވެ. ގައުމުގެ ރައްޔިތުން ބިކަ ހާލުގައި ޖައްސެމަށް ތަކެތީގެ އަގާއި ކަރަންޓާއި އެހެނިހެންތަކެތި ބޮޑުކުރަމުން ތިގެންދަވަނީ ތިމާ މަރުނުވާނެކަމަށް ހީކޮށްނޫންތޯއެވެ. ވީއިރު މީހެއްގެ މަރު ނުހިފަންވީ ކޮންކަމަކާތޯއެވެ؟ އެންމެ ފުރަތަމަ މައުމޫންގެ މަރު ހިފާނެކަމުގައި އަޅުގަނޑު ހީކުރަމެވެ. އެއީ 30 އަހަރު ދުވަސްވަންދެން މީހުން މެރުމާއި ވައްކަންކުރުމުގައި މައުމޫނަކީ ހައްދުފަހަނަ އަޅާގޮސްފައިވާ މީހެއްކަމަށް ރައީސް ނަޝީދު އާއި މަނިކުފާނުގެ ހަވަރުން ބުނަމުންގެންދާތީއެވެ. ރައީސް ނަޝީދަކީ އިސްލާމެއްތޯއެވެ؟

  24. Dog‮ ‬ވިދާޅުވީ


    ތާރީޚް:18/10/2009

    މިލިޔުމަށް ފޮނުވާފައިވާ ކޮމެންޓްތަކުން މިގައުމަކީ އިސްލާމްދީނަށް ލޯބިކުރާ ބަޔަކު އުޅޭ ގައުމެއްކަން ޔަޤީންވެގެންދެއެވެ. ނަމަވެސް އިސްލާމް ދީނުގެ ހުކުމްތަކާއި ދެކޮޅު ހަދަމުންގެންދާ މަދު ބަޔަކުވެސް އުޅެމުންގެންދާ ގައުމެއް ކަންވެސް ފާހަގަވެގެންދެއެވެ. އެފަދަ މީހުން ރައީސް ނަޝީދު އާއި އެކު މިގައުމު ދޫކޮށް އެހެން ގައުމަކަށް ދިއުމަށް މިފުރުޞަތުގައި އެމީހުންނަށް އަޅޫގަނޑު ގޮވާލަމެވެ. އިސްލާމް ދީނަކީ ނުވަތަ އެނޫންވެސް ދީނަކީ ގަދަކަމުން ބަޔަކު ވެއްދޭނެ ދީނެއް ނޫނެވެ. ދީނަކީ އެބަޔަކު އަމިއްލަ އިޚްތިޔާރުގައި ޚިޔާރުކުރަންޖެހޭ ކަމެކެވެ. ކޮންމެހެން މިގައުމުގެ ވެރިކަން ބޭނުންވެގެން މުސްލިމުންގެ ލިބާސް ލާކަށް ނުޖެހެއެވެ.

  25. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:18/10/2009

    މަރުގެ ޙުކުމާއި، އަތްކެނޑުމާއި، ޙައްދު ޖެހުން މިރާއްޖޭގައި ތަންފީޒުކޮށްގެން ނުވާނެ. އެއީ ވަރަށް ނާތަހުޒީބީ، ހަރުކަށި އަދަބުތަކެއް. މިޒަމާނުގެ ފިޤުހުވެރިން ވެސް އެކަން ޒަމާނާއި އެއްގޮތަށް ބަދަލުކުރައްވަން މަސައްކަތްކުރައްވަން ޖެހިވަޑައިގަންނަވާނެ. ކިހިނެތްތޯ މީލާދީން 6 ވަނަ ޤަރުނުގެ ހުކުމްތަކެއް މިހާރު ތަންފީޒުކުރާނީ؟ އަޅުގަނޑަށް ހީވަނީ މައުމޫނަށް ވެސް މިކަން ވިސްނިވަޑައިގެންހެން އެކަން އެހެން ނުކުރެއްވީ. މިކަމުގައި އަޅުގަނޑު މައުމޫނާއި ރައީސް ނަޝީދާ ވެސް އެއްބަސް. މިރާއްޖޭގައި، މީހެއްގެ އަތް ކެނޑިގެން ނުވާނެ. އަންހެނެއްގެ ގައިގައި ހައްދުޖެހިގެން ނުވާނެ. މަރަށް މަރު ހިފައިގެން ނުވާނެ. އެގޮތަށް އަޅުގަނޑުމެންގެ ޤާނޫނުތައް ހެދިގެންނެއް ވެސް ނުވާނެ. މިއާ އިދިކޮޅަށް ވާހަކަ ދައްކާ ކޮންމެ މީހަކީ ވަރަށް ހަނި ބުއްދިއަކުން ވިސްނާ، ދެއުޅިއެއްނުވާ މަރުމޯލެއް. މިއީ ކުރަން އެއްގޮތަކަށް ވެސް ހެޔޮކަމެއް ނޫން. މިފަދަ ޙުކުމްތައް ތަންފީޒުކުރާނީ ސަޢޫދީ ޢަރަބިއްޔާ އަދި ތާލިބާން/އަފްޣާނިސްތާނު ފަދަ ލާޗާރު، ނާތަހުޒީބީ، ގޮތެއް ފޮތެއް ނެތް، އިންސާނީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ނުހިތާ، ލަދުކުޑަ، ތިމާމެންވަރެއް ނެތިގެން ދުނިޔޭގައި އުޅޭ، ދުނިޔެއިން ބޭޤަރާރުވެފައިވާ ޤައުމުތަކުން

  26. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:18/10/2009

    ހަންޑިގަނޑާރަ އަށް؛ ބަލަ ކޮންއިރަކުތަ ނަޝީދު ބުނުއްވީ ޤާނޫނުލް އުޤޫބާތުގަ މިމާއްދާ ހިމަނައިގެން ނުވާނޭ. މަ ވަރަށް ރަނގަޅަށް އަނޑުއެހިން ރައީސްގެ ޚިތާބު .ރއީސްބުނުއްވީ ” އަޅުގަނޑަށް ފެންނަ ފެނުމުގައި، އިންސާނެއްގެ ފުރާނަ ހިފެންޖެހޭނީ، އިންޞާފުވެރި، ވަރަށް އިންޞާފުވެރި، އަޅުގަނޑުގެ ނަޒަރުގައި ރަސޫލު ޒަމާނުގެ އިންޞާފުން ކަންކަން ޝަރީޢަތް ކުރެވިގެން، ދެން ތަންފީޒު ކުރެވޭ ޙުކުމެއްގެ ތެރޭގައި”. މިހެންބުނުއްވީ. ކަލޭމެން ތިޔަބުނާ ވާހަކައެއް މަށަކަށް ނުފެނުނު. ރަސޫލު ޒަމާނުގެ އިންޞާފުން ކަންކަން ޝަރީޢަތް ކުރެވިގެން، ނޫނިއްޔާ މިކަން މިގޮތަށް ކުރުމަކީ ރަނގަޅުކަމެއްނޫނޭ،ޔައުނީ އިސްލާމީ އެންމެރިވެތި އުސޫލުން ކަންނުކުރެވޭ ތަނެއްގައި ގާނޫނުގައި މިބައި ހިމެނިޔަސް ވާނެ އެއްވެސްފައިދާއެއްނޯންނާނޭ.މިކަމުންލިބޭނީ ގެއްލުމާހަލާކު.

  27. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:18/10/2009

    މުޙައްމަދު އިސްމާޢީލަކީ އަޅުގަނޑު ވަރަށް ޤަދަރުކުރާ ލިޔުންތެރިއެއް. އެހެންނަމަވެސް، މިފަހަރު ތިޔަ ލިޔުއްވީ، އަޅުގަނޑަށް ބަލައިގަންނަން ދަތި ލިޔުމެއް. އޭގެ ސަބަބުތައް ވެސް ދަންނަވާނަން. އެންމެ ފުރަތަމަ ރައީސް ވިދާޅެއް ނުވޭ އިސްލާމީ ޝަރީޢަތް ޤާޢިމު ނުކުރާށެކޭ. އެމަނިކުފާނު ވިދާޅުވީ، ރަސޫލު ޒަމާނުގެ އިންސާފުން ކަންކަން ކުރެވިގެން ނޫނީ އެޙުކުމްތައް ޤާއިމުކުުރުމަކީ ރަނގަޅު ކަމެއް ނޫނޭ. އަޅުގަނޑުމެންގެ ޝަރުޢީ ނިޒާމަކީ އެފަދަ ނިޒާމެއް ނޫނޭ. އެކަން އެނގޭނެ މަންޒަރު ބަލަން ތިބި ހުރިހާ އެންމެންނަށް ވެސް. މިރާއްޖޭގެ ދަށު ކޯޓުތަކުންނާއި، ހައިކޯޓާއި ސްޕްރީމް ކޯޓުން ޙުކުމްތައް ކުރައްވަމުން ގެންދަވަމުންދާ ގޮތުން އެކަމުގެ އިތުރު ހެއްކެއް ބޭނުމެއް ނުވޭ. ހަމަ އެހެންމެ، އެޙުކުމްތައް މިހާރު ތަންފީޒުކުރެވިދާނެތޯ ނޫންތޯ ވެސް އެއީ ސުވާލު އުފެދޭ ކަމެއް. ދުނިޔޭގެ އިންސާނީ ތަހުޒީބުކުރިއަށް ގޮސް މީހަކު މަރާލުން ވެސް އެވަނީ އެކި ކެޓަގަރީތަކަށް ބައިކޮށްފައި، އެހެންވީމާ، އެއުސޫލުން ކަންކުރުމަކީ މިހާރުން މިހާރަށް މާ ބުއްދިވެރި ގޮތެއް. ހަމައެހެންމެ، އަދަބުތަކުގެ ބޭނުމަކީ މީހުން އިސްލާޙުކުރުން ކަމަށްވާއިރު، މީހުން މަރައިގެން، މީހުން ގައިގައި ޙައްދު ޖަހައިގެން އެކަން ކުރެވިދާނެތޯ ސުވާލުކުރަންޖެހޭ. އަޅުގަނޑުމެން ފަހަރެއްގައި ވެސް ނުވާނެ ސަޢޫދީ ޢަރަބިއްޔާ ނޫނީ ތާލިބާނުން މިސާލެއް ކަމުގައި ބަލައިގެން. އެވަރުގެ ބައެއް ނޫން އެއީކީ. އަޅުގަނޑުމެންގެ ސިކުނޑިއާއި ޤުރުއާނާއި އިސްލާމީ ޝަރީޢަތާއި ގުޅުވީމާ އެކަން އެނިމުނީ.

    އަދި ދެން އަޅުގަނޑު ދެރަވޭ އިނގޭތޯ ޔަހޫދީންނާ މިކަމާ ގުޅުވީމާ ވެސް. އަޅުގަނޑެއް ހަމަ ކުޑަކޮށް ވެސް ޤަބޫލެއް ނުކުރަން ޔަހޫދީން އިސްލާމުން އިސްލާމްދީނާ ދުރުކުރަން މަސައްކަތް ކުރާކަމަކަށް. އިސްލާމުންނަށް ހަމަ ދެރަކަމެއް ވާއިރަށް ޔަހޫދީންގެ ބޮލުގައި އެކަން އަޅުވާކަށް ނުޖެހޭ. އެމީހުންނަށް އެކަމުގެ ފޫޅު ކަނޑާކަށް ނުޖެހޭ. އިންޑޮނީޝިޔާއަކީ މުސްލިމުންގެ އެންމެ ބޮޑު އާބާދީއަށް ވާއިރު އެތަނަށް ސުނާމީ އެރީ ވެސް ޔަހޫދީންގެ ސަބަބުން ކަމަށް ބުނެފާނެ، އީރާނުގެ ބާމް އަށް ބިން ހެލުން އައީ ވެސް ޔަހޫދީންގެ ސަބަބުން ކަމަށް ބުނެފާނެ. މަރިޔަމް ނިޝާމެން ޔޫއްޕެމެން ފިލްމުކުޅެނީ ވެސް ޔަހޫދީންގެ ސަބަބުން ކަމަށް ބުނެފާނެ. މިއަށް ވުރެ ތަންކޮލެއް ތަސައްރަފު ފުދެންވެއްޖެ އިނގޭތޯ އަޅުގަނޑުމެން.

  28. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:18/10/2009

    ރައީސްމުހައްމަދު އަމީންގެ ވެރިކަމުގައި ކުޑަސީދީ ކިޔާ މީހެއްގެ އަތްބުރިކުރެވުނު.އޭނަގެ އަތްބުރިކުރެވުނީ ނާއިންސާފުން،އަސްލުވަގުކަލޭގެ ހުރިގޮތަށް ހުރީ.ފަޑިޔާރުމަނިކުފާނުގެ އަރިސްބޭފުޅެއްވީމަ. އަތްބުރިކުރެވުނީ އެހެންމީހެއްގެ. މީއެންމެންނަށް އެނގޭ ބޮޑުސިއްރެއްގެ ގޮތުގައި އޭރު އޮތްކަމެއް. ދެން މިކަމާގުޅިގެން ނިކުތީ ވަރަށް ނުބައި ފިތުނަވެރިކަމެއް. އެންމެފަހުން މިކަންތައް އައިސްލައިގަތީ އަމީނުގެ ބޮލަށް. ދެންއަދިބަލާލަމާ ހިނގާ ހަލީފާ އުސްމާންގެ ފާނުގެ ވެރިކަމުގެ ދުވަސްވަރަށް ގާތްތިމާގެ ބޭފުޅެއްގެ މައްސަލައެއްގައި ނުބައިމީހެއްގަތުލުކުރެވި ، އެންމެފަހުން އެމީހާގެ މަރުގެ ދިޔަ ދެވުނު ގޮތަށް، އަދި މިކަމުން ނުކުތް ނޭދެވޭ ނުބައި ނަތީޖާ ތަކަށް. މިހުރިހާ ކަމަކުން އިބުރަތް ލިބިގަން ނަންޖެހޭ.

  29. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:18/10/2009

    މިކަން ކުރަންބޭނުންވިކަމަށް ވާނަމަ ރއީސް އެވިދާޅުވާހެން މިތަނުގައި އަދުލުއިންސާފުގެ ނިޒާމު ވަރަށް ހަރުދަނާ ކުރަންޖެހޭ.އިސްލާމީ ޝަރީއަތް ކުރުމުގެ ގާބިލު މީހުންތިބެންޖެހޭ،.ފުރަތަމަ ކުރަންޖެހޭ ކަންތައް ކުރިން ކުރޭ.އޭގެފަހުގައި އެހެންކަންތައް ތައް ކުރެވޭނީ މަހިތުން، ރައްޔިތުންގެ މަޖުލީހުގެ ވާޖިބު ތައްރަނގަޅަށް އަދާ ކުރައްވާ.،

  30. އިސްބެ‮ ‬ވިދާޅުވީ


    ތާރީޚް:18/10/2009

    ހާޝިމް‮ އަށް އަދި ހަމަ ނުވިސްނޭ މިކަމުގަ މިވާނުވާއެށް ރައީސް ނަސީދު ދެއްކި ވާހަކަ ހާޝިމް ވެސް އެބަޖެހޭ އަޑު އަހަން.

    ރައީސް ނަސީދު ކަމުގަ ވިޔަސް މައުމޫނު ކަމުގަ ވިޔަސް، އިސްލާމްދީނުގެ ހުކުމްތައް މިޒަމާނަށް ނުފެތޭ ކަމަށް ބުނެފި މީހާ އަކީ ހަމަ އެންމެ ގަމާރު، ތަނެއްދޮރެއް ނޭގޭ މީހާ!

    ރާއީސް ނަސީދު ނުބުނޭ އިސްލާމްދީނުގެ ހުކުމްތައް މިޒަމާނަށް ނުފެތޭ ވާހަކަ އެއް…

    މަތީގައި އެވާ ލިޔުމުގައި ވާފަދައިން، އިސްލާމީ ޝަރީޢަތް ނުވަތަ މުސްލިމުންގެ މައްޗަށް ބާވާލެއްވި ޤާނޫނަކީ މިބިންމަތީ ﷲ ގެ އެއްކައުވަންތަކަން ޤަބޫލު ކުރާ އަދި މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމް އަކީ ﷲ ގެ ރަސޫލާކަމަށް ޤަބޫލު ކުރާ ކޮންމެ އިންސާނަކަށް ކޮންމެ ޒަމާނެއްގައި ވެސް އެއެއްޗެއްގެ މައްޗަށް އަމަލު ކުރުން ލާޒިމު ކުރައްވާފައިވާ އެއްޗެކެވެ.

    ވީއިރު އެއްވެސް މީހަކަށް ނުބުނެ ވޭނެ އެއީ މުއްދަދު ހަމަވެފަ ހުރި ޤާނޫނު ތަކެކޭ!
    މިހާރު އަހަރެމެން ނަށް ކުރަން އުދަގު ވެގެން މިއުޅޭ ކަމަކީ އެކަން އިންސާފު ވެރިކަމާ އެކީ ތަންފީޒް ކުރުން..

  31. އިސްބެ‮ ‬ވިދާޅުވީ


    ތާރީޚް:18/10/2009

    އެވެސް މީހަކު ބޭނުމެށް ނުވާނެ މިހާ ނުހައްގުން ސަރިޔަތް ކުރާ ތަނަކު މިކަހަ ޤާނޫނު ހަދާކަށް.. މީމި ވެގެން އުޅޭ ގޮތަކީ…

  32. އިސްބެ‮ ‬ވިދާޅުވީ


    ތާރީޚް:18/10/2009

    ” ވެރިމީހާއަކަށްވެސް އަދި ރައްޔިތުންގެ މަޖިލިހަކަށްވެސް އިސްލާމީ ޝަރީޢަތާ ޚިލާފަށް ޤާނޫނުތަކާއި ޤަވާޢިދުތައް ހަދާ ރައްޔިތުންގެ މައްޗަށް ހިންގައި ތަންފީޒު ކުރުމުގެ އެއްވެސް އިޚްތިޔާރެއް ލިބިފައި ނޯންނާނެ ” ސަރުކާރުގެ އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ

  33. އިސްބެ‮ ‬ވިދާޅުވީ


    ތާރީޚް:18/10/2009

    ” އިސްލާމީ ޝަރީޢަތަކީ ޝަރީޢަތް. އެއަކުން އެއްޗެއް އުންޏެއް ނުކުރެވޭނެ. ކަނޑައެއްވެސް ނުލެވޭނެ. އިތުރު މީހެއްގެ ޚިޔާލެއް އެއަކަށް ބޭނުމެއް ނެތް ” ޝައިޚް ރަޝީދު

  34. އިސްލާމަކު‮ ‬ވިދާޅުވީ


    ތާރީޚް:18/10/2009

    ހާޝިމް ކަލޭ ތިޔަ ބުނި ހުރިހާ އެއްޗެއް ކަލެޔަށް އަދި ބުނަން ސައުދީ އަރަބިއްޔާ އަކި މާތް ވެގެން ވާ މައްކާ ހުރި ބިން އަދި އިސްލާމް ދީނުގެ ހުކުމަކާ ހިލާފަށް އެއްޗެއް ބުނާ މީހަކީ ކާފަރެއް ދެން އިންސާނީ ހައްގުތައް ނިގުޅަނީ ކޮންބަޔެއްތޯ ކަލޭ ބަލާބަލަ، އިރާގު އެމެރިކާ އިން ނުހައްގުން އަތުލިފަހުން 85000 މީހުން މަރާފި، އިސްރާއިލުން އެންމެ ފަހުން އިންސާނީ ހައްގު ތަކަށް ހުރުމަތްތެރިކޮށް ހިތީ ގާޒާގަ އެކަމުގެ ރިޕޯޓް ކަލޭ ބަލާލަބަލަ. އިސްލާމުން މާތްﷲ ގެ މަގުގަ ސާބިތުވެ ތިބޭނެ ގިޔާމަތާ ހަމަޔަށް، އަދި ކަލޭ އުޅޭނެ ދީނެއް އެގޭނީ ކަލެޔަށް އެކަމަކު ހެޔޮމަގަށް ގޮވާލުމަކީ މުއުމިނުންނަށް ވާޖިބެއް، އަދި ނަރަކައިގެ އަޒާބުން ސަލާމަތް ވާން ބޭނުންނަމަ ތިޔަކަހަލަ އެއްޗެހި ނުލިޔޭ، ތިޔައެއްޗެހި ލިޔުމަކުން އިސްލާމް ދީނަށް އެއް ވެސް އުނިކަމެއްނާންނާނެ. އަދި ކަލޭގެ މައުލޫމަތަށްޓަކާ ބުނެލަން އެމެރިކާ(ކަލޭ ގަބޫލުކުރާ އެންމެ ތަހުޒީބީ ގައުމު)ގަ މެރުމުގެ ހުކުން ތަންފީޒުކުރޭ

  35. ރޭބަން‮ ‬ވިދާޅުވީ


    ތާރީޚް:18/10/2009

    ހާޝިމް އާއި ޕިސްޕިސް އަކީ ކޮންބައެއްކަން މިސައިޓަށް ވަންނަ ކޮންމެ ބަޔަކަށް ވެސް އެނގޭނެ. އެމީހުންނަކީ މި ސަރުކާރުން ކުރާ ކަންތައްތައް ދިފާއު ކުރުމަށް ގަދައަޅާ މަސައްކަތް ކުރާ ބައެއް.
    އިސްލާމީ ޝަރީޢަތުގައި އޮތް ކަމެއް ކުރުމަކަށް ނުފެނެޔޭ ބުނާ ހިސާބުންވެސް އެ ގޯސްވީ. އަދި އޭގެ ފަހުން ކޮންމެ ސަބަބެއް އައި ކަމުގައިވިޔަސް. އަންނި ބުނީ ރަސޫލު ޒަމާނުގެ އަދުލު އިންސާފު މިހާރު ނެތީމައޭ އެކަން ނުކުރެވޭނީ. އެޒަމާނުގައި ކުރެއްވި ކަމެއް އެގޮތަށް މިޒަމާނުގެ މުސްލިމުންނަށް ކުރެވޭނެ ކަމަށް ގަބޫލު ކުރުމަކީ މޮޔަ ކަމެއް، އެބައިމީހުންނަކީ ވަރަށް ދީންވެރި ތަގްވާވެރި ބައެއް. އެކަމަކު އެއީކީ މިޒަމާނުގެ މީހުންގެ މައްޗަށް ﷲ ގެ ހުކުމް ނުހިނގަންވީ ސަބަބެއް ނޫން.

  36. Dog‮ ‬ވިދާޅުވީ


    ތާރީޚް:18/10/2009

    ޙާޝިމް އާއި ފިސްފިސް ނަމުގައި ކޮމެންޓްކުރާ މީހުންނަކީ މުސްލިމުންކަމާއި މެދު މިސައިޓަށް އެމިޙުން ނަމުގައި ލިޔެފައިވާ ލިޔުންތައްކިޔާލުމުން ވަރަށް ބޮޑަށް ޝައްކު އުފެދޭ، އެމީހުންނަކީ މުސްލިމުންނަމަ އަވަހަށް ތައުބާ ވުމަށް ގޮވާލަން، ހާއްޝަކޮށް ހާޝިމަށް، ސަރުކާރުން ކޮންމެ ކަމެއް ކުރިއަސް އެކަމުގެ ދިފާއުގައި ހާޝިމް ނިކުތުމަކީ މައްސަލައެއް ނޫން، އެކަމަކު ސަރުކާރު ދިފާއުކުރުމަށްޓަކައި އަމިއްލަ ފައިދާއަށް އިސްލާމްދީނަށް ދެކޮޅަށް ނިކުތުމަކީ އަޅުގަނޑުމެންނަށް ވަރަށް ބޮޑު މައްސަލއެއް، މިހެން މިބުނެލީ މާތްވެގެންވާ މައްކާ ހުރި ބިމަކީ އެއްވެސް ތަނެއް ނޫންކަމަށާއި އެބިމުގައި ދިރިއުޅޭ މީހުންނަށް ހާޝިމް ބުނެފައި ތިވާ އިހާނެތި ބަސްތަކުންނާއި ދީނުގެ ހުކުމްތަކަކީ އެއްވެސް ތަނަކުން ތަނަކު ޖެހޭއެއްޗެއް ނޫންކަމަށާއި އެކުމްތައް ތަންފީޒްކުރާ މީހުންނަކީ ހޭނުޖެހޭ ގަމާރުންތަކެއްކަމަށް ބުނެ ސީދާ ކައުއިތުރު ރަސޫލާއަށްވެސް ހާޝިމް ތިވަނީ ކާފަރުވެފައި، ވީއިރު މިސައިޓަށް ހާޝިމް ނުވަނުމަށްވެސް އަޅުގަނޑު ގޮވާލަން، އެއީ މިސައިޓަކީ 100 ޕަސަންޓް މުސްލިމު ގައުމެއްގައި އެގައުމުގައި ދިރިއުޅޭ މުސްލިމުން ހިންގާ ސައިޓެއް މިސައިޓަށް އިސްލާމްދީނާ ދެކޮޅު މީހުން ވަނުމަކީ އަޅުގަނޑު އެދޭކަމެއް ނޫން.

  37. Dog‮ ‬ވިދާޅުވީ


    ތާރީޚް:18/10/2009

    ކުދިންނޭ ހާޝިމް “ކަރަންޓީން” ކުރޭ، އޭނާ އެވަނީ ރަސޫލާއަށް ކާފިރުވެފައި، މިސަރުކާރު ދިފާއުކުރިއަސް ތިއީ ބޮޑުވަރެއް، ރައީސް ނަޝީދު ބުނިއެއްޗެއް ނޭނގިގެން މިއުޅެނީ ކޮންބައެއްކަން އަދާލަތު ޕާޓީގެ ބަހުންވެސް އެނގޭނެ، އެމީހުން އެވަނީ ރައީސް ނަޝީދު ގެ ރޭޑިއޯ ހިތާބަށް ރައްދުދީފައި، އަދާލަތަށް އަޅުގަނޑު ސުކުރުދަންނަވަން، އެކަމަކު ސަރުކާރާ ހެދިވެސް ހޭކެނޑިފައިވާ މީހުން މިދަނީ ފެންނަމުން، ދިވެހިރައްޔިތުން ބަދަލެއް ބޭނުންވެގެން ބޮޑު ސޮލީބެއް ނަގާ ބެހެއްޓުނުކަމުގެ އިހްސާސް އަޅުގަނޑަށް މިއަދު ކުރެވޭ، މިސޮލީބު އެނބުރި ގަނެ ގައުމު ފަސާދަ ނުކުރަނީ ބިންދާލެވޭތޯ އެންމެންވެގެން ތެދުވުމަށް ހުރިހާ މުސްލިމު އަހުންނަށް ގޮވާލަން.

  38. މަހުޖަނު‮ ‬ވިދާޅުވީ


    ތާރީޚް:18/10/2009

    ކުރީގެ ރައީސް ރިއާސީ ކޮމިޝަނަށް ގެންދަން އުޅުމާއި ފުލުސް އޮފީހަށް ގެންދިޔަ ގެންދިއުމަކީ ގާނޫނުގެ ހުދޫދުން ކުރިކަމެއް ނޫންކަން ސަރީއަތުން އެވަނީ މިއަދު ނިންމާފައި، މިހެން މިފަދަ ކަންތައްތައް ހައްގު ގޮތުގައި ނިމިގެންދާތީ މިސަރުކާރުން ހިތުހުރި ގޮތެއް އަދުލް އިންސާފުން ނުކުރެވުމުން، އަދުލްއިންސާފު ނިޒާމް ހަރުދަނާނޫންކަމަށް މިބުނަނީ، މިސަރުކާރުން ބޭނުންވަނީ ޖާހިލިއްޔަ ޒަމާނުގައި ރަސްކަލުން ވެރިކަންކުރި ފަދައިން ހަވަރުން ނެރެ ހުރިހާ ކަމެއް ކުރަން، އިސްލާމްދީނެއް އިސްލާމީ ސަރީއަތެއް ރައްޔިތުންގެ އަޑެއް، އަދި އެބަޔަކު ހިތްއެދޭ ގޮތަށް ހަދާފައިވާ ގާނޫނަށް ބޯލެބުމެއް، މިއިން އެއްވެސް ކަމެއް މިމީހުން ކުރުމެއް ނޯވޭ، މިއީ އަޅެ ކިހާދެރަކަމެއް. އަޅުގަނޑު ގޮވާލަން މައުމޫން އަލުން މިސަރުކާރާ ހަވާލުވުމަށް، އަޅުގަނޑުމެންނަށް ބަދަލުގެ ރަހަ ނުހަނު ރަގަޅަށް ފެނިއްޖެ. ދެން އިތުރަށް އެރަ ދެކޭކަށް ބޭނުމެއް ނޫން. އާދޭސްކޮށްފަ މިބުނީ މައުމޫނު އަލުން އާދޭ

  39. Dog‮ ‬ވިދާޅުވީ


    ތާރީޚް:18/10/2009

    ރިއާސީ ކޮމިސަނަށް މައުމޫން ގެންދަން އުޅުމާއި ފުލުސް އޮފީހަށް މައުމޫންނު ގެންދިޔަ ގެންދިއުމަކީ ދިވެހިރާއްޖޭގެ ގާނޫނާ ހިލާފަށް މިސަރުކާރުން ކޮށްފައިވާ ކަމެއް ކަމަށް ސަރީއަތުން އެވަނީ ހުކުމް ކޮށްފައި. މިއިން އެނގެނީ އިސްލާމީ ޝަރީއަތަށް މިމީހުން ބޯލަބާނީ ކިހިނެއްހޭ، މިމީހުން އަމިއްލަ އަށް ހިތް އެދޭގޮތަށް ހަދާއިގެން ހިންގަމުންގެންދާ ގޫނޫނު ތަކަށްވެސް މިހަދަނީ ހަދާނެ އެއްޗެއްކަމެއް،

  40. ރޭބަން‮ ‬ވިދާޅުވީ


    ތާރީޚް:18/10/2009

    ރައީސް ނަޝީދުގެ ރޭޑިއޯ ހިތާބާ ގުޅިގެން ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސްގެ ހައިސިއްޔަތުން މުޙައްމަދު ނައީމް ނެރުއްވާފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ، މަރުގެ ޙުކުމާ އެކު އަންނަ ކޮންމެ ރައްޔިތެއްގެ ޙުކުމް މަޢާފުކުރުމުގެ ބާރު ނުވަތަ އެ ޙުކުމް ތަންފީޒުކުރުމުގެ ބުރަ އައިސް، އެންމެފަހުން ހުއްޓޭނީ ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ކަމަށާއި އެމަނިކުފާނުގެ ނަޒަރުގައި ބުއްދިވެރިގޮތަކީ މީހުންގެ ފުރާނަހިފުން އެއީ ޤާނޫނުލް އުޤޫބާތުގައި އޮންނަ ބާރަކަށް ނުވުން ކަމަށް މިބީދައިން ވިދާޅުވެފައިވާ ވިދާޅުވުމަކީ އިސްލާމީ ޝަރީއަތުގައި ހައްދުތައް ޝަރުޢު ކުރައްވައި ޤިޞާޞް ހިފުމުގައި ދިރުން ލައްވާފައިވާކަން ކީރިތި ޤުރުއާނުގައި އެންގެވި މަތިވެރި ﷲގެ އަމުރުފުޅާއި، އިސްލާމީ ޝަރީއަތާ ދެކޮޅަށް ހުޅަނގުގެ ޖަމާތްތަކުންނާއި ޔަހޫދީ ބާރުތަކުން ފަތުރަމުންދާ ފިކުރުތަކަށް ކާމިޔާބު ލިބިދީފައިވާ ބަސްތަކެއް ކަމަށް ފެންނަ ކަމަށްވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ. އަދި މިއީ ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގައި ބުނެފައިވާ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި އިސްލާމްދީނަކީ ދިވެހި ރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރު ކަމަށް ބުނެފައިވާ ބުނުމާއި ރާއްޖޭގައި އިސްލާމްދީނުގެ އަސްލަކާ ހިލާފް އެއްވެސް ޤާނޫނެއް ނުހެދޭނެ ކަމަށް ބުނެފައިވާ ބުނުމާ ހިލާފް ވާހަކަތަކެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި މަރަށް މަރު ނުހިފުމަށާއި ވައްކަންކުރާ މީހުންގެ އަތްނުކެނޑުމަށް އެއްވެސް ފަރާތަކުން ގޮވާލާ ގޮވާލުމަށް އިޖާބަނުދެއްވައި، ޤާނޫނުލް އުޤޫބާތުގެ ބިލް ފާސްކުރެއްވުމަށް ދީނުގެ ހަމަތަކާ އުސޫލުތަކަށް ގަދަރުކުރައްވައި ކޯޓުގެ ފަނޑިޔާރުންނަށް މާތްވެގެންވާ އިސްލާމްދީނުގެ އުސޫލުތަކާ އެއްގޮތަށް އެންމެހާ ހުކުމްތައް ކުރެވޭނެ ގޮތަކަށް ޤާނޫނުލް އުގޫބާތުގެ ބިލް ފާސްކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެ ނޫސްބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.

  41. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:18/10/2009

    މީސްމީހުންގެ ޚިޔާލު ބަލައިގަންނަން ދަތިވެގެން މިއުޅެނޭ ހުރިހާ އެންމެންނަކީ ވެސް ވަރަށް ތަންދޮރު ނުދަންނަ، ޖާހިލު، މޮޔަ، ހަނިބުއްދީގެ ބައެއް. އެންމެ ފުރަތަމަ ބަލާލަންވީ، ރައީސް ނަޝީދު ވިދާޅުވީ ކީކޭތޯ؟ އެމަނިކުފާނު ވިދާޅުވީ މަރުގެ އަދަބާއި އަތްކެނޑުން ބާއްވާކަށް ފެނިވަޑައެއް ނުގަންނަވައޭ. އެއީ އެމަނިކުފާނުގެ ޚިޔާލު. އަޅުގަނޑު ދެންނެވީ އަޅުގަނޑުގެ ޚިޔާލު. ރައީސް ނަޝީދަކީ މިކަމުގައި ފަހު ބަސް ބުނާ ފަރާތެއް ނޫން، މިކަން ނިންމާނީ މަޖިލީހުން ޤާނޫނުލް އުޤޫބާތު ހަދާއިރު. އޭގައި މަޖްލިސް މެމްބަރުން ނިންމަވަންވީ އަތްކަނޑަން، މަރަށް މަރު ހިފަން، ޒިނޭ ކުރާ މުޙުސަނުން ރަޖަމުކުރަން. މަޖިލީހުގައި އޮތީ ޑީއާރުޕީގެ މެޖޯރިޓީކަމަށް ބުނާއިރު، ދެން އެޕާޓީއަކީ އެހާ އިސްލާމީ ޕާޓީއެއް ވިއްޔާ ހަމަ ނިންމަންވީ އިނގޭތޯ އެގޮތަށް. އޭރުން އެކަން އެ ނިމުނީ. އަޅުގަނޑަށް ހަމަ ޔަޤީން ޑީއާރުޕީގެ އެއްވެސް މެމްބަރަކު އެގޮތަށް ނުނިންމަވާނެކަން. އެބޭފުޅުން ވެސް ބޭނުންފުޅެއް ނުވޭ އެކަމެއް. ޚުދު މިސުރު ބޮޑު އެދުރު މައުމޫނުލް ޙާޖީ ވެސް އެހެންނެއް ނުނިންމަވާނެ. ދެން ޑޯގުމެން ބުނަންވީނުންތޯ އެއީ ވެސް ޔަހޫދީންނޭ. ބަލަ މައުމޫނު އިރަކު ވެސް އިސްލާމީ ޝަރީޢަތެއް ޤާއިމެއް ނުކުރޭ. އެކަން އޮޅުވާ ނުލާ. މައުމޫން ވެސް އެހެންވީމާ އެހުންނެވީ އޭރު ޔަހޫދީންގެ މުށުގައިތާ! ދެން މީގައި ރައީސް ނަޝީދާ މައުމޫނުގެ ތަފާތަކީ ނަޝީދަށް ކެރިވަޑައިގަންނަވާ ފާޅުގައި ވިދާޅުވާން ކަން އޮތް ގޮތް. އެމަނިކުފާނު އެވިދާޅުވަނީ ތިމަންނާއަކަށް ނުފެނޭ. މައުމޫނު ވިދާލުވާނެ އިސްލާމްދީނޭ، އޭއްޗެކޭ މީއްޗެކޭ. އެކަމަކު ޝަރީޢަތް ޤާއިމެއް ނުކުރައްވާ. އަދި އިޒްރޭލާ ވެސް ބަރާބަރަށް ގުޅުއްވި މައުމޫން. އެކަމަކު އެކަމެއް ހާމަކުރަންވަން ކެރިވަޑައިނުގަންނަވަނީ.މިއީ ތަފާތަކީ.

    ޑޯގު މެން ދެން ސައޫދީ ޢަރަބިއްޔާގައި ގެފުޅު ހުރިއޭ ކިޔާފައި އަޅުގަނޑުމެން ނުޖެހޭ ސަޢޫދީ ޕްރިންސުންގެ ތުންފުހިންނަށް ވާކަށް، ތިޔަ ވިދާޅުވާ ޕްރިންސުން އުޅޭ ސަން އައިލެންޑްގައި ސްވިޓްޒަލޭންޑްގެ 200 އަންހެން ކުދިން ގޮވައިގެން އައިސް މަޖާނަގަން. އެވަރު ބައެއް އެއީ. ދުނިޔޭގައި ވެސް މަދުވާނެ ސަޢޫދީހާ ޙަޔާތްކުޑަ ބައެއް. ކޮބާތޯ ފަލަަސްތީނު ރައްޔިތުންގެ ޙައްޤުގައި އެމީހުން ކުރާ ކަމަކީ ދޭ އެހީއަކީ. ނުދޭނެ. މިރާއްޖެއަށް ދޭ ތޯ އެހީއެއް؟ ނުދޭ. އެކަމަކު ބަރާބަރަށް މިރާއްޖެ މީހުން އަތުން ނަގަން ޖެހޭނެ 80000 ރުފިޔާ ޙައްޖަށް. ކީއްތޯ ވާނީ އެމީހުން އެއިން ބައެއް ކަނޑާލަ ދިނިއްޔާ. ނުކުރާނެ. އެއީ، އެހާ ނުބައި މަކަރުވެރި ޖަނަވާރު ބައެއް. އެނގެއެއް ނޫންތޯ ރަސޫލުން ފޮނުއްވަނީ ދުނިޔޭގައި އެއިރަކު އޮންނަ އެންމެ ޖާހިލު، ނުބައި މީހުން ގާތަށްކަން. އެހެންވީމާ، ދުނިޔޭގައި އެހާ ނުބައި ތަންތަން ވެސް ހުއްޓާ ސީދާ ޢަރަބި ކަރައަށް ރަސޫލުން ފޮނުއްވީ އެމީހުން އެހާ ނުބައިވީމާ. އަމިއްލަ އަންހެންދަރިން ދިރިތިއްބާ ވަޅުލާ ގޮތްކުޑަ އިންސާނިއްޔަތުކަމެއް ނެތް ބައެއް ސަޢޫދީ މީހުންނަކީ. ހެޔޮ ނުވާނެ އެއިން މީހަކާ އަނގައިން ބުނަންވެސް. މިވަރު ބަޔަކު ދެން ކޮން އިސްލާމީ ޝަރީޢަތެއް ކުރާކަށްތޯ. އަޅުގަނޑުމެން ނޭދެމޭ އެމީހުން ޖަހާހާ ބެރަކަށް ނަށާކަށް. ޑޯގުމެން ތިބެބަލަ އެމީހުން ހެދިފަ ބޮޑު ޖުއްބާލާފަ. އަޅުގަނޑުމެންނަކީ އެމީހުންނަށް ވުރެ މާ ރީތި، މާ ފަޚުރުވެރި މާޒީއެއް އޮްތް ބައެކޭ. އަޅުގަނޑުމެން ކަންތައް ކުރާނީ އަޅުގަނޑުމެން ބޭނުންވާ ގޮތަށް. ސަޢޫދީ މީހުންނަކީ އިސްލާމްދީނުގެ މޫނުމައްޗެއް ނޫން. އެވިސްނުން ގެންގުޅޭނެކަމެއް ނެތް ޑޯގެއް.

  42. DOg‮ ‬ވިދާޅުވީ


    ތާރީޚް:19/10/2009

    ހާޝިމްގެ ބަސްމަގު ތަފާތުކޮށްލާފައިވާކަން ފާހަގަކުރަން، އެހެން ނުވާނެ ކަމެއްވެސް ނެތް، މިމައުލޫއަތް ސީދާ ދެކޮޅު ހެދީ ހާޝިން އާއި ފިސްފިސް އެކަނި، ތިމާމެން ކުރި ނޭރުމުން ރާގު ބަދަލުވީކަން ނޭނގެ، އެހެންވާނީވެސް މާތްﷲ އެކަލާނގެ ކަލާންފުޅުގައި ބަޔާންކުރައްވާފައިވާ ގޮތުން އިސްލާމްދީން އެކަލާންގެ މަތިވެރިކުރައްވާ ރައްކާކުރައްވާނެ، އެކަން މިއިން އެނގެނީ. ދެން ބުނަންތަ އަޅުގަނޑުމެންނަކީ މައުމޫން ގެ އަޅުންނެތް ނޫން، މައުމޫން އިސްލާމީ ޝަރީއަތް މިތަނުގައި ގާއިމް ކުރެއްވިނަމަ މިދުވަސް އަޅުގަނޑުމެން ދެކެން ނުޖެހުނީސް ކަމުގައި ދެކެން، މައުމޫންގެ ރަގަޅު ތަންކޮޅަކީ އޭނާ ބިރުގަނޭ މާތް ﷲ ދެކެ، އެހެންވެ އެފަދަ ވާހަކައެއް މީހުންނާ ޖަދަލުކުރާ އުސޫލުން ބުނެލަންނުކެރެނީ، ތިމާ އެކަން ނުކުރުމަކީވެސް ފާފައެއް، އަދި އެކަން އެހެން މީހުން ކުރި ނުދިނުމަކީ އެއަށްވުރެ ބޮޑު ފާފައަކަށް ނޫނީ ނުވާނެ، އަންނި ސީދާ އެކަން ވިޔަ ނުދިނުމަށް އިސްލާމް ދީނާ ޚިލާފް ވާހަކަތައް މީހުންނާއި ދިމާލަށް ބުނެލަމުން އެގެންދަނީ ތިމާ މީ އެންމެ ބޮޑުމީހާ ބާރު ހުރި މީހާ އޭ، ތިމަންނާ އަކާއި ނުކުޅެވޭ، ހަދާނީ ހަދާނެ އެއްޗެކޭ، ރައްޔިތުން ނުރުހުނަސް ރުހުނަސް ތެޅިތެޅި ތިބޭށޭ ޖެހޭނީ މިފަދައި ބުނެލާ އުސޫލުން. މިއީ އަންނި އާއި މައުމޫނުގެ ތަފާތު، އަޅުގަނޑު ނުކިޔާނަށް މިއީ ކެރޭކަމޭ ފޮރުވުމެއް ނެތްކަމޭ ސާފްތާހިރު ކަމެކޭ، އެހެނީ މާތްﷲ އަށް އޭނާ އީމާން ނުވާނަމަ އެފަދަ މީހުން ދީނާ ބެހޭ ގޮތުން ދައްކާ ވާހަކަތައް އަހުރެމެން އިޖާބައެއް ނުދޭނަށް، އެކަން މުޅި މިގައުމުން މިދަނީ ފެންނަމުން، ދީނީ ގޮތުން ކިޔަވައިގެން ތިބިކަމަށް ބުނާ އެއްވެސް މީހަކު އަންނިގެ މިބަހާއި އެއްބަހެއް ނުވޭ، ތިމާ މިއީ އެހާ ކެރޭ މީހެއް ނަމަ ކިޔެއްވެތޯ؟ ރައްޔިތުން ކިބައިން މާފަށް އެދެން ނުކެރެނީ، ހަމަ އެކަނި ފުލުހުންނާއި ދިމާކުރުމުން ތިމާގެ ޕާޓީ މީހުންނަށް އަނިޔާވެގެން އެކަމާއި މާފަށް އެދެވިއްޖެ، އެކަމަކު އެއްއަށް ވުރެ ބޮޑުކަމެއް ނޫންތޯ މިފަހަރު ތިމާ އަށް މިކުރެވުނީ، ނަމަވެސް ބޮޑުކަމަކަށް ވާނީ އިސްލާމެއް ނަމަ، ދެން ބުނެލަން ހާޝިމަށް އަޅުގަނޑުމެން ނުބަލަން ސައުދީ ޕްރިންސް އުޅުއްވާ ގޮތެއް، ގެފުޅު އެތަނެއްގައި ލައްވާފައި އެވަނީ އެފަސްގަނޑެއް މާތް ކުރެއްވުމުގެ ގޮތުންކަމުގައި ނޫނީ ނުވާނެ، މަސްޖިދިލް އަގްޟާ ހުރުމުން ފަލަސްތީންގެ ފަސްގަނޑު މާތް ވަނީ އެއީ އިސްލާމުންގެ ގިބުލައެއްކަމުގައި ބަލާފައިވާ ހަރަންފުޅުކަމަށް ވާތީ، މިހާރު އިސްލާމުން ގިބުލައެއްކަމުގައި މިބަލަނީ ސައުދީގައި ހުރި ގެފުޅު. އެކަން ހާޝިމް މެންފަދަ އިސްލާމްދީނާ ދެކޮޅު މީހުންނަށް ނޭނގިދާނެ، ދެން ހާޝިމް ބުނެފައިވަނީ އިސްލާމް ދީނުގެ ހުކުމްތައް ތަންފީޒް ކުރަމުންގެންދާ މީހުންނަކީ މޮޔައިންކަމަށާއި ގަމާރުންކަމަށާއި ހަރުކަށި ޖައްބާރުންކަމަށް، މިހެން އެއްވެސް މުސްލިމަކު ބުނެގެން ވާނެކަމަށް ކަށް އަޅުގަނޑު ގަބޫލެއް ނުކުރަން، އެހެނީ އިސްލާމްދީނުގެ ހުކުމްތައް ކީރިތި ގްރުއާނުން އެގެން އެބައޮތް، އެއީ މަތް ﷲގެ ކަލާންފުޅު، އެގްރުއާން އަކީ ވަކިއިރަކަށް އަމަލުކުރުމަށް އޮތް ފޮތެއް ނޫން، އެގްރުއާން ގިޔާމަތަށް ދާންދެން ރައްކާތެރިކުރައްވާނެކަމުގައި މާތްﷲގެ ވަހީ ބަސްފުޅުން އެނގެން އެބައޮތް، އެހެންކަމުން އެގްރުއާންގައި ބަޔާންކުރައްވާފައިވާ ހުކުމްތަކަށް އިސްލާމުން، މުސްލިމުން އަމަލުކުރުމަކީ ވާޖިބެއް، ފަރުޟެއް، ގުރުއާންގައި ބަޔާންވެގެންވާ ހުކުމަކާއި މެދު ތިމަންނާއަށް ފެންނަގޮތަކީ މިހުކުމް މިގޮތަށް ބަދަލުކުރުމަށޭ މިއޭ ފައްސޭހަ ގޮތަކީ މިހެން އެއްވެސް މުސްލިމަކަށް ނުބުނެވޭ، އަންނި އަކީ އިސްލާމެއް ކަމާއި މެދު އަޅުގަނޑު ޝައްކުކުރަން، އެހެނީ އިސްލާމްދީނުގެ ހުކުމެއް ބަދަލުކުރުމަށް އަމިއްލަށް އަންނި މަސައްކަތްކުރެއްވިކަން ހާޝިމްގެ ކޮމެންޓުންނާއި އަންނިގެ ރޭޑިއޯ ޚިތާބުން އެނގިއްޖެ.

  43. DOg‮ ‬ވިދާޅުވީ


    ތާރީޚް:19/10/2009

    ރައީސް ނަޝީދު ބޭނުންވެގެން އުޅުއްވާ ކަންތައްތައް މިދަނީ ނުހަނު ސާފްކޮށް އެނގެމުން، އަންނި ގަސްތުކޮށްގެން ކުރަމުން މިގެންދާ ކަންތައްކުން އެގޭ ގޮތުން މިގައުމުގައި އެހެން ދީންތަކައް ފުރުޞަތު ދިނުމަށްފަހު ފައިސާ ހުރި ހުރިހާ ދިމާލަކުން އެފައިސާތައް އެއްކުރުމަށްފަހު، އެތަކެއްޗާއި އެކު މިގައުމު ހަލާކުކޮށްލާ އަންނި ފިލައިގެން ދިއުން. އެހެން މިބުނީ ސަބަބުތަކެއް ނެތިއެއް ނޫން، ދިރާގަކީ ދިވެހިދައުލަތުގެ ހިއްސާބޮޑު ކުންފުންޏެއް ފައިސާގެ ދަހިވެތިކަމުގައި 07 ޕަސަންޓް ހިއްސާ އިނގިރޭސި ވިލާތުގެ ކުންފުންޏަކަށް ވިއްކާލިކަމަށް ބުނެ ހަބަރުގައި އެވަނީ ގޮވާފައި، ރައްޔިތުންގެ ކިބައިސް އެއްޗެއްވެސް އަހާނުލާ، ސަރުކާރު މުވައްޒަފުންގެ ޕްރޮވިޑެންސް ފަންޑުގެ ލާރިގަނޑު ކާލަން އެވަނީ ނިންމާފައި، ދިގު މުއްދަތަށް އެކި މީސްމީހުންނަށް އެކިކަންތައްތައް އެދަނީ ކުއްޔަށް ދެމުން ބޭނުމަކީ ކޮބައިތޯ އެއްފަހަރާ ގިނަފައިސާތަކެއް ކާލުން، މިބީދައިން ސްކޫލްތަކާއި ހޮސްޕިޓާތަކާއި އެއާރޕޯރޓާއި ތަންތައް ކުއްޔަށް ދިނުމަށް އެވަނީ ނިންމާފައި، މިގައުމުގެ ވެރިކަމުން އަންނި ފޭބުމަށްފަހު ދެން އަންނަ ވެރިއަކަށް މިގައުމުގެ ރައްޔިތުންނަށް އެއްވެސް ކަމެއް ނުކޮށްދެވޭނެ، އެހެނީ ދިގު މުއްދަތަށް ކުއްޔަށް ދޭތަންތަނުން ގަނޑުކޮށް ފައިސާ ނަގައިގެން އަންނި ފިލީމާ ދެންކިހިނެއް އެފައިސާ ހޯދާނީ، އެފަދަ ތަންތަން ނަގާފައިތިބޭ މީހުން އަތުން ލާރި ފޮއްޗެއް ލިބޭނީ 30 ނުވަތަ 50 އަހަރު ފަހުން. ދެން ވިސްނާލާ ގައުމަށް ވާނެގޮތް، އަންނި އަކީ އިގިރޭސި ޕާސްޕޯޜޓް ހިފައިގެން އުޅޭ ރެފިއުޖީއެއް އޭނާ ފިލައިގެން އިނގިރޭސި ވިލާތަށް ދިއުމުން ދެނެއް ނުގެނެވޭ، އެކަން އެގޮތަށް ވާނެނަމަ ނާސިރުވެސް ޑޮލަރުތައް ހިފައިގެން ދިއުމުން މިގައުމަށް ގެނެވުނީސް، ދިވެހިންނަށް ގޮވާލަނީ އަވަހަށް ހޭލާށޭ، އެއްހަރަކުން ދެފަހަރު ކަށިޖެހުނަ ނުދޭށޭ.

  44. ޢަބުދުﷲ‮ ‬ވިދާޅުވީ


    ތާރީޚް:19/10/2009

    މިފަދަ މަޢުލޫއު ތަކަށް މިސައިޓުގައި ނުލިޔުއްވުން އެދެމެވެ. ނޫނީ ކޮމެންޓް ކުރުމުގެ ފުރުޞަތު ނުދެއްވުން އެދެމެވެ. އެހެނީ ކޮމެންޓް ލިޔެ ނިމޭ އިރު އެލިޔުނު މީހާ ދީނުން ބޭރުވެގެންދާފަދަ ބައިވަރު ކޮމެންޓް ތައް ލިޔެފައި އެބަހުއްޓެވެ. ދީނީ މަޢުލޫމާތެއް ލިބިފައި ނެތަސް ޓައިޕްކޮށް ލިޔަން އެނގޭތީ ލިޔަނީއެވެ. ނަޢޫޛު ބިﷲ . އޭ އަޚުންނޭވެ. ތިބާ ތިލިޔާ ހުރިހާ ތަކެއްޗާއި ޤިޔާމަތް ދުވަހުން ޒިންމާ ވާންޖެހޭނެކަން އެނގިތިބެ ލިޔާށެވެ.

  45. އަރުޝަދު‮ ‬ވިދާޅުވީ


    ތާރީޚް:19/10/2009

    ހާޝިމްގެ ސަމާލުކަމަށް !

    ސައޫދީގައި އުޅޭ ވަރަށް ނުބައި މީހުން. ޔަހޫދީންނާއި ބެހުނީމަ، ތިމާ އެބަވޭ ޖާހިލަކަށް. ރޭސިސްޓަކަށް. ސައުދީ އާއި ބެހުނީމަ އޯކޭ. މިއީކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން. ސައޫދީ މީހުނަކީވެސް އިންސާނުން. އެމީހުނާއި ދެކޮޅަށް އެއްޗެކޭ ބުނަމަކީ ނަސްލީ ތަޢައްސުބު ގެންގުޅުން.

    ޤުރުޢާނުގައި އޮވޭ، ޔަހޫދީންނާއި ނަސޯރާއިން އަހަރެމެން މުސްލިމުންނާއި ނުރުހޭނެކަމަށް، އެމީހުންގެ މިއްލަތަށް ތަބާ ނުވަނީހުން. މި އާޔަތަކީ ކަނާއަތު ފިޔައަށް ބުރަވާ އާޔަތެއް ކަމަށްވެސް ކާފަރުން ބުނޭ.
    ނަމަވެސް މިއަދު ދުނިޔޭގެ މީޑިއާ ތަކަށް ބަލައިލީމާ ހާމަވޭ މި އާޔަތުގެ ތެދުކަން، އެމެރިކާގެ ރިޕަބްލިކަން ޕާޓީ އާއި ކްރިސްޓިއަން ކަންޒަވޭޓިވުން ގަބޫލުކުރޭ، ޖެރުޒަލެމް ނުވަތަ އޫރުސަލީމް(އަލް ޤުދުސް)ގައި ޔަހޫދީ ކިންގްޑަމް އެއް ގާއިމް ކުރެވިގެން ނުނީ ޢީސާ އަލައިހިއްސަލާމް އަށް އެނބުރި ވަޑައިނުގަނެވޭނެކަމަށް.
    އިޒްރޭލަކީ މީގެ 90 ވަރަކަށް އަހަރު ކުރިން އުފެދުނު ގައުމެއް. ޖިއޮގްރަފިކަލް ކޮށް ބަލާނަމަ އެއީ ފަލަސްތީނު. ނަމަވެސް ސުލައިމާން ޢަލައިހިއްސަލާމް، ދާޢޫދު އަލަޢިހިއްސަލާމް އާއި އީސާ އަލައިހިއްސަލާމް ފަދަ ޔަހޫދީ ނަސްލުގެ ނަބިއްޔުން، (މިހާރުގެ އިޒްރޭލަށް) ރަސޫލު ކަމައިގެން ފޮނުއްވީމާ ޔަހޫދީން އޫރުސަލީމަކީ އެމީހުންގެ ތަނެއް ކަމަށް އެދަޢުވާ ކުރަނީ.

    ނަމަވެސް ޤުރުއާނުގައި އިސްރާއު ސޫރަތުގެ ފުރަތަމަ އާޔަތުގައި ވަނީ “މަސްޖިލް ޙަރާމް (މައްކާ) އިން މަސްޖިދުލް އަޤްސާ އަށް (އޫރުސަލީމް އަށް) އެކަލާންގެ އަޅާ ރޭގަނޑުން ބައެއްގައި ގެންދެވި ކަލާންގެ ހުސްތާހިރުވަންތަކަމާއެވެ.”

    އުސާމާ ބިން ލާދިން ބުނެފައިވޭ، މިއަދު މިއޮތީ މުސްލިމުންނާއި ކާފަރުންގެ ހަނގުރާމައެކޭ. ވަރަށް ބޮޑު ހަޤީޤަތެއް އެއީ. ޖޯޖް ބުޝް، ބިލް ކްލިންޓަން، އޮބާމާ އާއި ޓޯނީ ބްލެއަރ ބުނޭ އެމީހުން އިސްލާމް ދީނަކާއި ދެކޮޅަށް ހަނގުރާމަ ނުކުރާނަމޭ، އިސްލާމް ދީނަކީ އަމަން އަމާން ކަމުގެ ދީނެކޭ. ނަމަވެސް އޮބާމާ ނޫނިއްޔާ މި އެންމެން ގަބޫލު ކުރޭ އަޅުގަނޑު މިދެންނެވި ޢީސާ ޢަލައިހިއްސަލާމްގެ “އަޤީދާ”. އެހެންކަމުން ޢަމަލީ ގޮތުން ބަލާނަމަ، މިއީ މުސްލިމުންނަށް ކުރިމަތިވެފައިވާ ހަނގުރާމައެއް. މުސްލިމުންނަށް މިހުރިހާ ދުއްތުރާތަކެއް މި އަންނަނީ ޔަހޫދީ ނަސްލުގެ ޒަޔަނިސްޓުންގެ ސަބަބުން. އެމީހުން މިއަދު ދުނިޔޭގެ މީޑިއާ ކޮންޓްރޯލް ކުރަނީ. މިހެން މިކަން ވާންވެސް އެބަ ޖެހެޔޭ. ރަސޫލާގެ ހަދީޘް ދޮގެއް ނުވާނެ. އެހެންނުންތޯ؟

    http://www.youtube.com/watch?v=UPWIibPNAAI