ކުޅުދުއްފުށީގައި ހުރި ސަރުކާރު ސްކޫލްތަކުގެ މުވައްޒަފުންގެ މެދުގައި ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް އަންނަ އަންގާރަ ދުވަހު ފަށާނެއެވެ. ލީގު އުސޫލުން ބާއްވާ މި މުބާރާތުގައި ބައިވެރި ވެފައިވަނީ ކުޅުދުއްފުށީގައި ހުންނަ ސަރުކާރު ތިން ސްކޫލް ކަމުގައިވާ ޖަލާލުއްދީން ސްކޫލް، އަފީފުއްދީން ސްކޫލް އަދި ހދ އަތޮޅު ތައުލީމީ މަރުކަޒެވެ. އޮކްޓޯބަރ މަހުގެ 20 ން ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހާ ހަމައަށް ދިގުދެމިގެންދާ މި މުބާރާތުގައި ވާދަކުރާނީ އެތިން ސްކޫލުގެ މުވައްޒަފުންގެ ތެރެއިން ހޮވާލެވިފައިވާ ހަތަރު ޓީމެކެވެ.
ޖަލާލުއްދީން ސްކޫލުގެ “ކުޅޭ ބިމުގައި” ބާއްވާ މި މުބާރާތުގެ މަޤްޞަދަކީ ސްކޫލް ތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް، މިފަދަ ކުޅިވަރުގެ ހަރަކާތް ތަކުގައި ބައިވެރި ވުމުގެ ފުރުޞަތު ދިނުމާއި ޞިއްޙީ ގޮތުން ދުލަހެޔޮ އަދި ހަށިހެޔޮ ބަޔަކަށް މުވައްޒަފުން ހެދުމަށް ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.
މި މުބާރާތުގައި އަންނަ އަންގާރަ ދުވަހުގެރޭ ބައްދަލު ކުރާނީ ޑެއާރ ޑެވިލްސް އާއި ވެލޯސިޓީ އެވެ. ފުރަތަމަ ބުރުގެ މެޗުތައް މިމަހުގެ 20 ން 25 ށް ބޭއްވުމަށް ފަހު ސެމީ ފައިނަލް ގެ މެޗްތައް ކުޅޭނީ 27 28 30 މިތިން ދުވަހު އެވެ. ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ނަޞްރުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުންދާ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ.
މިއީ ކުޅުދުއްފުށީގައި ބޭއްވޭ ދެވަނަ ފުޓްސަލް މުބާރާތެވެ. މީގެ ކުރިން “ކޮރަލް” ދަނޑުގައި ކުޅޭ ކުޅުންތެރިން އިންތިޒާމް ކޮށްގެން ވަނީ ފުޓްސަލް މުބާރާތެއް ބާއްވާފައެވެ.

ހަސަން އަލީ ވިދާޅުވީ
ތާރީޚް:18/10/2009
ހަތަރު ޓީމޭ! އެންމެ؟
No one is above the law BUT Someone is above the nation ވިދާޅުވީ
ތާރީޚް:18/10/2009
ވަރައްރަގަޅުކަމެއްމީ!
ޖާދޫ ވިދާޅުވީ
ތާރީޚް:18/10/2009
މިއީ ވަރަށް ސަޅި ކަމެއް. ސިކްސް އަ ސައިޑް ކުޅޭނެކަމެއްނެތް. ފުޓުސެލް ކުޅެންވީ. ލޯގޯ ވަރަށް ސަޅި.
Dog ވިދާޅުވީ
ތާރީޚް:18/10/2009
ލޯގޯ ވަރަށް ރީތި، ކޮންކުއްޖެ ފަރުމާކުރި އެއްޗެއްތަ؟ އެހެން އޮފީސްތަކަށް ފުރުޞަތު ނުދިނީ ކިއްވެބާ؟
ފައްތާހު ވިދާޅުވީ
ތާރީޚް:19/10/2009
ލޯގޯ ކުރެހީ ކާކުކަން އެނގޭ ކުއްޖަކު ހަމަ ނެތްތަ. ހަމަ ސަޅިކަމުން ބަލާލަން ބޭނުންވަނީ.