2007 ވަނަ އަހަރު އެމެރިކާގައި ފެށުން މާލީ ތަދުމަޑުކަމުގެ އަސަރު ދުނިޔޭގެ އެކި ކަންކޮޅު ތަކަށް ފެތުރި، މި ނުރައްކާތެރި ވަބާ ދުނިޔޭގެ ހަތަރު ބިތަށް ވަނީ ފެތުރިގެން ގޮއްސައެވެ. ތަފާތު ގައުމުތައް އިގްތިޞާދީ ވަޅުގަނޑުތަކަށް ވެއްޓި ރައްޔިތުން ހާލުގައި ޖެހޭ ހިސާބަށް ދާންފެށިއެވެ. ފުން ވަޅުގަނޑުތަކުން އަރައިގަތުމަށް ކޮންމެ ގައުމަކަށް ވެސް ފެނުނު އެންމެ މޮޅުގޮތަކީ ޚަރަދު ކުޑަކުރުން ކަމުގައި ވެ، ކޮންމެ ގައުމަކުންވެސް ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ކަނޑައަޅާ، ގައުމުގެ ކޮންމެ ރައްޔިތެއްވެސް ޚަރަދު ކުޑަ ކުރުމަށް ގޮވާލާފައި ވެއެވެ.
އިގްތިޞާދީ ހީނަރު ކަމުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރި އެއް އިންޑަސްޓްރީ ކަމުގައި ޓޫރިޒަމް އިންޑަސްޓްރީ ވާނެއެވެ. ދިމާވެފައިވާ ދަތިތަކުން ސަލާމަތް ވުމަށް ހަރަދު ކުޑަކުރުމަށް އިސްކަން ދިނުމުގެ ސަބަބުން، ކޮންމެ މީހަކުވެސް އެންމެ ފުރަތަމަ ޚަރަދު ތަކުން އުނިކޮށްލާ ކަމަކަށް ދަތުރު ފަތުރު ކުރުން ވެ، ދުނިޔޭގެ ޓޫރިޒަމް އިންޑަސްޓްރީ ވެސް މަޑުޖެހިގެން ދިޔައީ ބަލަބަލާތިއްބައެވެ. މީގެ އިތުރުން ސްވައިން ފްލޫގެ ނުރައްކާތެރިކަންވެސް ޓޫރިޒަމް ދަށްވުމަށް މަގުފަހި ކުރުވިއެވެ.
ދިވެހިރާއްޖެ އަކީވެސް ޓޫރިޒަމުން ލިބޭ އާމްދަނީއަށް ވަރަށް ބޮޑަށް ބަރޯސާ ވެފައިވާ ގައުމަކަށް ވުމުން، ޓޫރިޒަމް އިންޑަސްޓްރީއަށް އަރާ ކޮންމެ ލޮޅުމެއް ދިވެހިރާއްޖެއަށްވެސް އަރާނެކަމީ ދެބަސްވެވޭނެ ކަމެއް ނޫނެވެ. އެގޮތުން ކޮންމެ މަހަކު އިއުލާން ކުރާ ޓޫރިޒަމް އިންޑަސްޓްރީގެ ތަފާސްހިސާބުން ދައްކާގޮތުން، މިއަހަރުގެ ކޮންމެ މަހަކުހެން ރާއްޖެއަށް ޓޫރިސްޓުން ޒިޔާރަތްކުރާ ޢަދަދު ފައިބެ އަހަރުގެ އަދަދުތަކަށް ވުރެ ދަށްވެފައިވާކަން ފާހަގަ ކުރެވެއެވެ. އިންޑަސްޓްރީގެ “ލޯ ސީޒަން” ނިމި “ޕީކް ސީޒަން” އާއި ކުރިމަތި ލާއިރު، ޓޫރިސްޓުން އަންނަ އަދަދު ރަނގަޅުވާނެކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިޔަކަމުގައި ވިޔަސް، ދާއިރާގެ ގިނަ ތަޖުރިބާކާރުން ދެކިލަށްވާ ގޮތުން މާބޮޑު ކުރިއެރުމެއް މިއަހަރު ލިބޭނެ ކަމަށް ލަފާނުކުރެވެއެވެ.
މާލީ ތަދުމަޑު ކަމުން އަރައިގަތުމަށް ދިވެހި ސަރުކާރުންވެސް މިހާރު ތަފާތު އުކުޅުތައް ވަނީ ރާވަން ފަށާފައެވެ. އެގޮތުން ސަރުކާރުގެ ޚަރަދު ބަރަދު ކުޑަކުރުމަށް ވަރަށް ތަފާތު ކަންތައްތައް ސަރުކާރުން ވަނީ ކުރަން ފަށާފައެވެ. އެގޮތުން މުސާރަޔަށް ބަދަލުތައް ގެނައުމާއި، ސަރުކާރުގެ މުއައްސަސާތައް ޕްރައިވެޓައިޒް ކުރުން ނުވަތަ ސަރުކާރުގެ ހަރުމުދާ ވިއްކުމާއި، ތަފާތު ޓެކްސްތައް ތަޢާރަފް ކުރުން ހިމެނެވެ. އޭގެތެރޭގައި ދިވެހިރާއްޖޭގެ ރިސޯޓް ތަކުން ނަގާ ބެޑް ޓެކްސް ބަދަލުކުރުމާއި، ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސްއެއް ނެގުމަށް ނިންމުމާއި، އެއާޕޯޓް ސާވިސް ޗާޖް އިތުރު ކުރުން ފާހަގަ ކުރެވެއެވެ.
އެއާޕޯޓް ސާވިސްޗާޖް އިތުރު ކުރުމަށްޓަކައި ނިމިދިޔަ ސެޕްޓެމްބަރު މަހު ސަރުކާރުން ވަނީ އެއާޕޯޓް ސާވިސް ޗާޖް ނެގުމާއި ބެހޭ ގާނޫނަށް (ގާނޫނު ނަންބަރު 78/71 އަށް) އިސްލާހު ގެނައުމަށް މަޖިލީހަށް ބިލެއް ހުށަހަޅާފައެވެ. މިބިލުގައި ހުށަހަޅާފައި ވަނީ ރާއްޖޭގެ އެއާޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި 18.50 ޑޮލަރު ނެގުމަށެވެ. އަދި 65 އަހަރުން ދަށުގެ ކޮންމެ ދިވެއްސެއްގެ އަތުން 18.50 ޑޮލަރާއި 65 އަހަރުން މަތީގެ ކޮންމެ ދިވެއްސެއްގެ އަތުން 14.50 ޑޮލަރު ނެގުމަށްވެސް މިބިލުގައި ހުށަހަޅާފައި ވެއެވެ. މިހާރު އެއާޕޯޓުން ދަތުރު ކުރާ ކޮންމެ މީހެއްގެ އަތުންވެސް ނަގާ ޗާޖަކީ 10 ޑޮލަރެވެ. ސާވިސް ޗާޖް ނުވަތަ އެއާޕޯޓް ޓެކްސްއަކީ ފަސިންޖަރުންގެ ޓިކެޓުގައި ހިމަނައިގެން ނަގާ އެއްޗެކެވެ.
ސިވިލް އޭވިއޭޝަން މިނިސްޓަރ މަހްމޫދު ރާޒީ ވިދާޅުވެފައި ވާގޮތުން ސާވިސް ޗާޖް އިތުރު ކޮށްގެން ލިބޭ ފައިސާ ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ އެއާޕޯޓުގެ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމަށާއި ރައްކާތެރި ފިޔަވަޅުތައް އެޅުމަށެވެ.
ސާވިސް ޗާޖް އިން ލިބޭ އިތުރު ފައިސާ ބޭނުން ކުރާނެ ކަމަށް “އެވިދާޅުވާ” ކަންތައްތައް ވަރަށް ވެސް މުހިއްމެވެ. އެއާޕޯޓުގެ ސަލާމަތީ ކަންތައްތަކަކީ އެތައްބައެއްގެ ފުރާނައާއި ގުޅިފައިވާ ކަމެކެވެ. ޓެރަރިސްޓް ގުރޫޕުތަކުގެ ނުރައްކަލުން ސަލާމަތް ވެތިބުމަށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަކީ މިހާރުން މިހާރަށްވެސް ލަސްނުކޮށް ކުރަން ޖެހޭނެ ކަމެކެވެ. ނަމަވެސް އެއާޕޯޓުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފައިސާ ހޯދުމަށް މިދަނޑިވަޅުގައި ސާވިސް ޗާޖް ބޮޑުކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ބާއެވެ؟ ޓޫރިސްޓުން އައުން މަދުވެފައިވާ ވަގުތެއްގައި، އެމީހުން ކުރާ ޚަރަދުގެ ތެރެއަށް އިތުރު ޚަރަދެއް ވައްދާލުމަކީ ކޮނެވިފައިވާ ވަޅުގަނޑު އިތުރަށް ފުންކޮށްލުން ކަހަލަ ކަމެއް ނޫންބާވައެވެ؟
ދުނިޔޭގެ ޓޫރިޒަމް ޖަމިއްޔާއިން ވަނީ ޓޫރިޒަމް އިންޑަސްޓްރީއަށް އައިސްފައިވާ ހީނަރު ކަމުން ސަލާމަތް ވުމަށް، ޓޫރިޒަމް ދާއިރާގެ ޓެކްސްތައް ދަށްކުރުމަށް ގައުމުތަކަށް ގޮވާލައިފިއެވެ. އެޖަމިއްޔާގެ ބަސްއަހައި ބައެއް ގައުމުތަކުން ޓެކްސްތައް ކުޑަކުރުމުގެ ސަބަބުން އޭގެ ހެޔޮ އަސަރު މިހާރު ވަނީ ފެންނަން ފަށާފައެވެ. އެގޮތުން ތައިލެންޑްގެ ޓޫރިޒަމް ރަނގަޅު ވަމުންދާކަމަށް އެގައުމުން ވަނީ ބުނެފައެވެ. މީގެ އިތުރުން އެފްރިކާއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދުވެސް ރަނގަޅުވާން ފަށާފައިވާ ކަމަށް އެގައުމުތަކުން ހާމަކޮށްފައި ވެއެވެ.
އެއާޕޯޓުގެ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުން ވެސް މުހިއްމެވެ. ނަމަވެސް އެކަމަށް ބޭނުންވާ ފައިސާ ކޮންމެވެސް އެހެން ގޮތަކުން ހޯދުން ރަނގަޅެއް ނުވާނެތޯއެވެ؟ މަޖިލީހަށް ހުށަހަޅާ އިގްތިޞާދީ ކޮމިޓީއަށް ފޮނުވާފައިވާ ބިލް ތަސްދީގުކުރުމަށް ފަހު 3 މަސް ދުވަހުގެ ތެރޭ އަމަލުކުރަން ފަށަންޖެހެއެވެ. މިމުއްދަތު އިތުރުކޮށްލުން މިދަނޑިވަޅަށް ރަނގަޅު ކަމުގައި ފެނެއެވެ. އެއީ މިދުވަސްވަރަކީ ޓޫރިޒަމް އިންޑަސްޓްރީގެ ހާލަތު ހުރިގޮތުން މި ގާނޫނަށް އިސްލާހު ގެނެސް އަމަލުކުރަން ފަށަން އެންމެ މުނާސަބު ވަގުތު ކަމުގައި ނުވާތީއެވެ.

DOg ވިދާޅުވީ
ތާރީޚް:19/10/2009
ބުންޒީލަގެ ހިޔާލު ތިހުރީ ކަމުގެ މާހިރުން ދިރާސާކޮށް މިކަމާއި މެދު ދެކޭ ގޮތަށް ވިސްނާފައިކަމުގައި ވެދާނެއެވެ. ނަމަވެސް މިގައުމު ހިންގުމާ ހަވާލުފައިތިބި މީހުންނަކީ ކަންކަމުގެ ދެކޮޅު ބެލުމަށްވުރެ އަވަސް އަރުވާލައިގެން ފައިސާ ފޮއްޗެއް ލިބޭތޯ ބަލާނެބައެއްކަން އެބައި މީހުން ކުރަމުންގެންދާ ކަންތައްތަކުން ސާފްކޮށް ފެންނަމުން އެބަދެއެވެ. އެހެނީ ވިޔަފާރީގެ ކުޑަވެސް ތަޖްރިބާއެއް ހުރި މީހެއް ނަމަ ވިޔަފާރިން ފައިދާވާނީ ތަކެތި އަވަސް ގޮތަކަށް ބަދަލުކުރެވިގެންކަން ދަންނާނެއެވެ. މިހެން މިބުނީ ވިޔަފާރި އުސޫލަކަށް ޓޫރިޒަމް ހިންގުންވެސް ވެގެންދާތީއެވެ. ވިޔަފާރި އުޞޫލުން ބަލާނަމަ ގަނެ ވިއްކުމުގައި މުދާ ގަންނަ އަގަށް ކުޑަ ފައިދާއެއް ލައި އެތަކެތި އަވަހަށް ވިއްކާލުމަށްފަހު އަނެއް އެތި ގެވެންޏާ އަވަހަށް ތަކެތި ވިކި ފައިދާ ބޮޑުވާނެއެވެ. އޭގެ ބަދަލުގައި އަގުގެ ޑަބަލް ޖައްސާލުމުން އެތަކެތި ނުވި ގިނަދުވަހު ހުރުމުގެ ސަބަބުން ސީދާ ފައިދާ އޭގެން ވުމަށްވުރެ ނުވުން ގާތެއެވެ. އެކަހަލަ ގޮތަކަށް ރާއްޖޭގެ ޓޫރިޒަމްވެސް މިބިލްގައި މިވާ އުންސުރު ފުރިހަމަ ވެއްޖެނަމަ ނުވެ ނުދާނެއެވެ. އެހެން މިބުނީ ކައިރީގައި މިވާ ލަންކާ އަކީ ރާއްޖެއަށް ވުރެ ވަސީލަތްތައް ގިނަ ޑޮލަރުގެ އަގު ބޮޑު ތަނަކަށްވެފައި އެގައުމުގައި ޒަމާނުންސުރެ ހިނގަމުން އައި ދާހިލީ ހަގުރާމަ ނިމިފައިވުމުގެ ސަބަބުން ޓޫރިސްޓުންގެ ކަޅި މިގައުމަށްވުރެ އަގައުމަށް ބޮޑުވެގެންދާނެކަމަށް ފެނެއެވެ. އެހެން ވެއްޖެނަމަ މިގައުމުގެ ޓޫރިޒަމް މިހާރަށް ވުރެ އަގު ދަށްކޮށް ގިނަ ބަޔަކު ގެނެވިގެން ނޫނީ ފައިދާއެއް ނުކުރާނެއެވެ.
DOg ވިދާޅުވީ
ތާރީޚް:19/10/2009
ދެން އަނެއްކަމެއް ބުނެލަން ބޭނުމެވެ. މިގައުމުގެ ވެރިކަމުގައި މިހާރު ތިބި މީހުންނަކީ މިގައުމުން ޓޫރިޒަމް ނައްތާލުމަށް ބޭރުގެ އެކި ޖަމާއަތްތަކާއި އެކު މަސައްކަތްކޮށްފައިވާ ބައެކެވެ. މިބިލް ހުށަހެޅުމުގެ މައިގަޑު ސަބަބެއްކަމުގައި މިކަންވެސް ވެދާނެއެވެ. ނޫނީ އަވަހަށް ފައިސާތަކެއް ހޯދައިގެން ކުރި މަގު ބަނަކޮށް ތިމާމެންގެ ހިތްފުރާލުންކަމުގައިވެދާނެއެވެ. މިހާރުގެ ސަރުކާރުން އަބަދުވެސް ބަލަމުންގެންދަނީ މިގައުމަށް ފައިސާއެއް ލިބޭނެ ގޮތަކަށް ވުރެ، އަވަހަށް ފައިސާ ހޯދެން އޮތް ގޮތްތަކަކަށެވެ. މިއީ އެއްވެސް ހާލެއްގައި ގައުމު ހިންގާ ގައުމަށް ކުރިއެރުމުގެ މަގު ސަދެއްގައި ކަމަކަށް ނުބެލެވެއެވެ. މިކަންކުރުމުގެ މައިގަނޑު ސަބަބެއްކަމުގައި ބެލެވެނީ ފައިސާތަކެއް އަވަސް ގޮތަކަށް ރައްކާކުރުމެވެ. ބަޔަކަށް ދަރައިގެން އެދަރި ނުފުއްދިގެން އުޅޭ ކަހަލައެވެ. ކޮންމެ ގޮތަކުންނަމަވެސް ފައިސާ ހޯދަމުން ގެންދާކަމީ ހަގީގަތެކެވެ. ގައުމުގެ ރައުސްމާލާއި އެހެނިހެން ތަކެތި ވިއްކައިގެން ނަމަވެސް ވަރި ހަމައެވެ. ގައުމު ކުރިއެރުވުމަށާއި ގައުމުގައި ތިބި ރައްޔިތުންނަށް އެހީތެރިވެދޭން ތިބި މީހުންގެ މުސާރަ އާއި އެހެނިހެން ތަކެތި ގުރުބާކޮށްފައިކަމުގައި ވީނަމަވެސް ވަށިހަމައެވެ. މިގައުމަށް މިއަހަރު ބަޖެޓެއް ދީފައިވީ ނަމަވެސް އެބަޖެޓްގައިވާ ފައިސާވެސް މިހާރު މިވަނީ ހުސްވެފައެވެ. ބަޖެޓުން ކަނޑައަޅާ ވަކިކަމެއް ކުރުމަށްދީފައިވާ ފައިސާވެސް އެކަންކަމަށް ޚަރަދުކޮށްފައި ނުވާކަން ފާހަގަކޮށްލަމެވެ. މިހެން މިބުނީ އޮފީސްތަކާއި އެހެނިހެންތަކަށް އެކިތަންތަނުން ދައްކަންޖެހޭ ފައިސާ ހުރިކަމަށް ބުނަމުން ގެންދާ އެތަކެއް ބަޔަކު ތިބީމައެވެ. ރައްޔިތުންގެ ތެރެއިން އެތަކެއް ބަޔަކު ވަޒީފާއިން ވަކިކުރުމަށްފަހު އެބައި މީހުންނަށް އަހަރު ދުވަހަށް ކަނޑައަޅާ ދީފައިވާ ފައިސާ ވީތަނެއް ނޭނގި މިވަނީ ގެއްލިފައެވެ. ބަޖެޓްގައި ކަނޑައަޅާފައި ނުވާ މޫދު އަޑީގައި ބައްދަލުވުން ބޭއްވުންފަދަ ބޭކާރު ޚަރަދު އިންތިހާއަށް އަރަމުންދާއިރު، ވެރިކަމަށް އައުމަށް ވަމުންގެންދިޔަ ވައުދުތައް މިވަނީ ހަދުމަނެތިފައެވެ.
އިސްބެ ވިދާޅުވީ
ތާރީޚް:19/10/2009
ކައިރީގައި މިވާ ލަންކާ އަކީ ރާއްޖޭގައި މިވާފަދަ ރީތި މޫދާއި ދޮންވެލި ގޮޑުދޮށެއް އޮތްތަނެއްނޫން.ވީމާ ރާއްޖެ އަންނަން ބޭނުން ވާމީހާ ހަމަ އަންނާނި ރާއްޖެ،
ލަންކާ ކިތަންމެ އަމާންވެފަ ރީތިވިއަސް އެކަމުން ރާއްޖޭގެ ޓުއަރިޒަމްއަށް ކުރާނެ ގެއްލުމެއްނެތް، ވިއަސް ވާނި ފައިދާ!!
އަދި މައުމޫނު ސަރުކާރަށް ވުރެ މިހާރުގެ ސަރުކާރުގެ އިޤްތިސޯދީ ފްލޭން ރަގަޅު.
މިސަރުކާރުން ނޫޅޭ އަވަސް އަރުވާލައިގެން ލާރިގަޑެއް ހޯދާކަށް، މައުމޫނު ސަރުކާރުން އަވަސް އަރުވާލައިގެން ލާރި ގަޑެއް ހޯދަން ވެގެން އެތަކެއް ރިސޯޓް ތަކަކުން އެޑްވާސްއަށް ބައިވަރު ލާރި ނެގީމަ އެހުރީ އަދިވެސް ރިސޯޓްތަށް ނެހެދި.
މައުމޫން ސަރުކާރަށް ވުރެ މިސަރުކާރުގެ އިސްރާފުވެސް ކުޑަ، ސަރުކާރުވެސް ކުޑަ، މިނިސްޓްރީ އާއި މިނިސްޓަރުން ނާއި ނައިބުންވެސް މަދު..
މައުމޫން ރާއްޖޭގެ ރަށަކަށް ދިޔަކަމުގައި ވިޔަސް އެހަރަ ކުރާ ބޭކާރު ހަރަދު ތަކެކޯ..މަނަވަރާ، 3 ކޯސްޓްގާޑް، 1 ގަލްފް ކުރާފްޓް، 1 ކޮޅުވެއްޓި، 1 ނޫނީ 2 ކާރު ގެން ގުޅެނެ..
މޫދު އަޑީގެ ބައްދަލުވުމަށް ދިވެހި ސަރުކާރުގެ ބަޖެޓުން ހަރަދު ނުކުރޭ ހަމަ އެންމެ ރުފިޔާއެއްވެސް، ތެދު މައުލޫމާތު ހޯދާފަ ކޮންމެ ބޭފުޅަކުވެސް ކޮންމެންޓް ކުރައްވާނެ ކަމުގަ ހީކުރަން..
މަންގަނޑުމަތި ވިދާޅުވީ
ތާރީޚް:19/10/2009
ނޫނޭ އެކަމަކު ސާވިސްޗާޖް ވެސް ބޮޑު މިކޮށްލަނީ މަދަ ވަރަކަށް ނޫން ވިއްޔަ. މިއަންނަ އަހަރު ކުރަން ޖެހޭ ކަމެއް މީ ޓޫރިޒަމް ރަނގަޅު ވީމަ. ދެން ދިވެހިންގެ އަތުންވެސް ހަމަ ގެސްޓުންނާއި އެއްވަރަށް ބޮޑުކޮށްލާކަށް ނުފެނޭ. ދިވެހިންނަށް ވާންނުން ކޮންމެވެސް ހެޔޮގޮތެއް އޮންނަން. އަހަރެމެންގެ އެއާޕޯޓު ވިއްޔާ މި.
ދިރާސާ ވިދާޅުވީ
ތާރީޚް:19/10/2009
ޗާޖް ބޮޑު ކޮށްލާއިރު ޓޫރިޒަމް ވަރުގަދަ ކުރަން ޕްރޮމޯޝަން ތަކެއް ވެސް ވަރަށް މުހިއްމު ވާނެ. ކިހާވަރަކަށް މިކަމާ ވިސްނާފަ އޮތް ކަމެއް ބާމީ؟ ނޫނީ މީހަކަ ސަރުކާރު ދަރާ ހިސާބަށް ދިޔައިމަ އެއްގޮތުން ނުވިއްޔާ އަނެއްގޮތުން ލާރި ކޮޅެއް ހޯދާލަނީ ބާ؟ ވަކި ހަމަ މައުމޫނަކަށް ދުލެއް ނުކުރިއެއްނު.
އަތަރު ބިލިގާ ވިދާޅުވީ
ތާރީޚް:19/10/2009
ތިޔަ ޗާޖެއް ބޮޑުކުރާއިރު ތިޔޮއް ހުޅުލޭ އެއާ ޕޯޓަށް ސަލާންބުނި. އެތަން އެންމެ ވައްތަރީ ކުޅުދުއްފުށީ ލޯކަލް މާރުކޭޓާ!
ޕިސްޕިސް ވިދާޅުވީ
ތާރީޚް:19/10/2009
ޤާނޫނު ނަންބަރު 78/71 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖް ނެގުމާބެހޭ ޤާނޫނު) އަށް އިޞްލާޙުގެނައުމަކީ އަޅުގަނޑުވެސް ތާއީދުކުރާކަމެކެވެ. އެހެނީ ގާނޫނަކީ އެތަނަކާ ހާލަތާ އެބަޔަކާ ގުޅުވައިގެން ހަދަންޖެހޭ އެއްޗަކަށް ވީއިރު މިއަދުރާއްޖޭގެ އެއާރޕޯޓުތަކަކީ މިރާއްޖޭގެ ޓުއަރިޒަމް އަށް އެންމެ ބޭނުންތެރި އެއްތަނަށް ވީއިރު މިތަންފެންވަރު ރަނގަޅުކޮށް ޓުއރިސްޓުން ހިތްހަމޖެހޭނެ ފަދަ ހިދުމަތެއްދެވޭނެ މާހައުލަކަށް ހަދަންޖެހިފައިވާ ތަނެއްކަމަށް އަޅުގަނޑު ގަބޫލުކުރަމެވެ. މީއަޅުގަނޑުގެ ހިޔާލެވެ. މިކަންހަޖަމުނުކުރެވޭ މީހަކުވެސް ހުރެދާނެއެވެ. އެހެންނަމަވެސް އެވީ އަނެކާ އާދިމާލަށް ކާފަރެކޭ ގޮވާކަށްނޫނެވެ.
ހާޝިމް ވިދާޅުވީ
ތާރީޚް:20/10/2009
އަޅުގަނޑުމެންގެ އެބައޮތްތޯ އެއަރޕޯޓޭ ކިޔާވަރުގެ ތަނެއް އެންމެ ފުރަތަމަ. ނެތްކަން ޔަޤީން. އަޅުގަނޑަށް މާލޭ އިންޓަނޭޝަނަލް އެއަރޕޯޓް އެންމެ ވައްތަރީ ކުރިން ރަށްރަށުން މީހުން ދިރޭ ކުކުޅު ގެންނައިރު ފަނުންވިޔެފައި ކުކުޅުލާން ހަދާ ކުކުޅުމުޅިއަކާ. އެއަރޕޯޓަކީ މަރުޙޫމް އިބްރާހިމް ނާޞިރުގެ މަސައްކަތްޕުޅު. އެއަށްފަހު އެތަނަށް ތަރައްޤީއެއް އައިސްފައެއް ނުވޭ. ދެން އޮތީ އެއަރޕޯޓް ޓެކްސް. އަޅުގަނޑުމެން ވިސްނާލަންޖެހޭނެ ތައިލެންޑާއި އެހެނިހެން ޤައުމުތަކުގެ ވާހަކަ ދައްކާއިރު، ދުނިޔޭގެ ކޮންމެ ޤައުމެއްގެ ކޮންމެ މީހަކަށް ވެސް ވިސާނުނަގައި، ވިސާނުގަނެ އާދެވޭކަން މިޤައުމަށް. އެހެންތޯ ތައިލެންޑްގައި. އެހެންތޯ ޔޫރަޕްގައި. ދުނިޔޭގެ ބައެއް ޤައުމުތަކަށް ވަންނަން ވެސް ޓިކެޓް ކަނޑާ އުސޫލުން ވިސާ ގަންނަން ޖެހޭ. މިސާލަކަށް ތައިލެންޑުން ޖެހޭނެ ދިވެހިންނަށް 1000 ބާތުގެ ވިސާ ފީއެއް ދައްކަން. މޮރިޝަސް އިން ވެސް ޖެހޭ ދައްކަން. އަނެއްކޮޅުން ދުނިޔޭގެ ގިނަ ޤައުމުތަކުގެ މީހުން މެލޭޝިޔާ، ސިންގަޕޫރު ފަދަ ޤައުމުތަކަށް އެންމެ ދުވަހަކަށް އެތެރެވާން ބޭނުން ވިޔަސް ޖެހޭ މިދެންނެވި ވިސާ ގަންނަން. ދެން އަނެއް ކޮޅުން، އެއަރޕޯޓްތަކުން އަހަރަކު އެތައް މިލިޔަން ބަޔަކު ދަތުުރުކުރާއިރު ކުޑަކުޑަ އެއްޗެއް ނަގައިގެން ފަރުޖެއްސޭނެ. އެކަމެއް ނުވާނެ އަޅުގަނޑުމެންނަކަށް. އެވަރުގެ މާކެޓެއް އެބައޮތްތޯ އަޅުގަނޑުމެންގެ އެއަރޕޯޓަށް. އެހެންވީމާ، މިކަންކަމަށް ބަލާފައި އެއަރޕޯޓް ޓެކްސް ބޮޑުކުރުމަކީ ވަރަށް މުނާސިބު ކަމެއް. ދެން އޮތީ ފަތުރުވެރިންގެ ކަންތައް. އެމީހުންކަށް އެއްވެސް އެއްޗެއް ނޫނޭ އިނގޭތޯ 10 ޑޮލަރަކީ. އަޅުގަނޑުމެންގެ އެއަރޕޯޓްތައް ބޭނުންކުރަނީ ދުނިޔޭގެ ރެފިއުޖީންނެއް ނޫނޭ. އެންމެ މުއްސަނދި މީހުން. އަޅުގަނޑުމެންގެ ގައުމުގައި އެންމެ ރެއެއް ހޭދަކޮށްލަން ވެސް ނާދެވޭނެ އިނގޭތޯ އާދައިގެ މީހަކަށް. އެހެންވީމާ އަޅުގަނޑެއް ނުދެކެން 10 ވަރަކަށް ޑޮލަރުގެ އެއަރޕޯޓް ޓެކްސަކުން ޓޫރިޒަމަށް އަސަރު ކުރާނެ ކަމަކަށް. އެކަން ފޫބެއްދެން އެބަހުރި އަޅުގަނޑުމެން އެއްވެސް ގައުމެއްގެ އެއްވެސް މީހެއްގެ އަތުން ޓޫރިސްޓް ވިސާއަށް ޗާޖު ނުނަގާތީ. ބުންޒީލަގެ ޚިޔާލާއި އަޅުގަނޑަށް އެއްބަސްވެވޭކަށް ނެތް. ދެން ތިހުންނެވީ ޑޯގު. ދެން އޭނާއަކީ، އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެން ވާހަކަ ދައްކަން ހެޔޮވާ ވަރަށް ވުރެ މާ ޖާހިލު، ބޯހަރު، ހޮޅިއަނގައެއްގެ ވެރި ޙަވާދުތަޅާ ވަނެއް.
Dog ވިދާޅުވީ
ތާރީޚް:20/10/2009
އަޅުގަނޑަށް އެނގޭ ހާޝިމް މެންފަދަ ޔަހޫދީ ހިޔާލާއި ލާދީނީ އަމަލުތައް މިގައުމަށް ގެންނަށް އުޅޭ މީހުންނަށް އަޅުގަނޑުމެންފަދަ މީހުން ކަމުނުދާނެކަން، ހަމަ އެއާއި އެކު އެތަކެއް ފައިސާ ދައުލަތުން ހޭދަކުރަމުން އެދަނީ ދައުލަތުގެ މޮޑޯ މިފަދަތަންތަނުގައި ވިއްކުމަށްކަން، އެކަމަކު މިއީ ހާޝިމްގެވެސް ފިސްފިސްގެވެސް ގައުމުކަންނޭނގެ، މިގައުމަށް ލިބޭ ކޮންމެ ގެއްލުމަކީ އަޅުގަނޑާއި ތިއިންކޮންމެ މީހަކަށްވެސް ލިބޭނެ ގެއްލުމެއް، ވީއިރު މިއަދު ލިބޭ މަދު ފައިސާކޮޅަކަށް މިގައުމު ހަލާކުކޮށްލަން އެއްވެސް މީހަކު ނޫޅުމަށް އެދެން، ދެން ހުރިހާ މީހުންވެސް ތެދު ބުނުމަށް ގޮވާލަން، މިހެން މިބުނީ ހާޝިމްގެ ވާހަކައިން ވިސާ ހޯދާކަށް ނުޖެހޭ، ޓެކްސް އަށް ނަގަން ހަމަޖެހޭކަމަށް ބުނެފައިވަނީ 10 ޑޮލަރ، އެކަމަކު ސަރުކާރުން ޓެކްސް ބިލްގައި ހިމަނާފައިވަނީ 18 ޑޮލަރު ކަމުގައި އަޅުގަނަޑަށް އެނގިފައިވޭ، އަނެއްކަމަކީ ޓޫރިސްޓުންވެސް ޓޫރިސްޓް ވިސާ ހޯދަންޖެހޭ، އެކަމަކު އެކަން ކޮށްދެނީ ރިސޯޓާއި އެޖެންޓް ގުޅިގެން ކަމުގައި އަޅުގަނޑަށް މައުލޫމާތު ލިބިފައިވޭ، ވީމާ ދޮގު ހަދައިގެން އޮޅުވާލުމަށް ނޫޅޭ، ދެން ލަންކާ ގައިވެސް މޫދު އޮވޭ އެކަމަކު މިގައުމުގެ މޫދާ ތަފާތު، އޭގެ ބަދަލުގައި މިގައުމުގައި ނެތް އެތަކެއް ކަންތައްތައް ލަންކާއިން ލިބެންވެސް އެބަހުރި، މިސަރުކާރުން ނޫޅޭކަން ތިބުނަނީ އަވަސް އަރުވާލައިގެން ލާރިތަކެއް ހޯދުމަށް، ދެން ކީއްވެތޯ ސަރުކާރުގެ މުދާތައް ވިއްކަމުން އެދަނީ، އެއްގޮތަން ނުވިއްޔާ އަނެއް ގޮތަކުން އެބަލަނީ ގައުމުގެ ތަރައްގީއަށް އެޅިފައިވާ ތަންތަން ބޭރު މީހުންނަށް ވިއްކާ ގަނޑުކޮށް އެއްފަހަރާ ފައިސާތަކެއް ހޯދުން، ބޭނުންވެގެން އުޅޭ ކަހލައީ 05 އަހަރު ދުވަސްތެރޭ މުޅި ރާއްޖެ ވިއްކާލުން، ދެން އިސްރާފް ނުކުރާކަމަށް ތިބުނާއިރު މުވައްޒަފުން މަދުކޮށް މުސާރަ ކުޑަކުރަމުން ދިއުމުގެ ސަބަބަކީ އިސްރާފު ބޮޑުވެގެންކަން ޔަގީނެވެ. ނާސިރު އެއާރ ޕޯރޓެއް އަޅައިދިނެއްކަމަކު އެތަނަށް ދިރުމެއް އައީ ނާޝިރުގެ މަސައްކަތުންތޯއެވެ. ނޫނީ އަންނިގެ މަސައްކަތުންތޯއެވެ؟ ނުރުހޭ މީހަކު ކޮށްދިން އެއްކަމެއްވެސް ނޯންނާނެއެވެ. އެކަމަކު މުޅި ރާއްޖެއިންވެސް މިއަދު ފެންނަނީ އެންމެ މީހެއްގެ ހީވގި ހުނަރުވެރި މަސައްކަތުގެ ސާފު މިސާލުތަކެވެ. މިގައުމުގެ ޓޫރިޒަމް ވައްޓާލުމަށް އަންނި މަސައްކަތްކޮށްފައި ނުވޭތޯއެވެ؟ ވީއިރު އޭނާގެ ހިތުގައި އޮންނާނެ އެއްޗެއް އެންމެ ކުޑަކުއްޖާއަށްވެސް އެނގޭނެއެވެ.
ހާޝިމް ވިދާޅުވީ
ތާރީޚް:20/10/2009
ތިމާގެ ހަށިގަނޑުން ބަޔަކަށް ކެންސަރު ޖެހިއްޖެއްޔާ އެބައެއް ބުރިކޮށްލައިގެން ވެސް ފުރާނަ ސަލާމަތްކުރެވޭތޯ ބަލާ. މިގޮތުން އަތާއި ފައި ބުރިކޮށްގެން ވެސް މީހުން ސަލާމަތްކޮށްފައިވޭ. ތިމާ ޙާލުގައި ޖެހުނީމާ، އަނބިދަރިންގެ ކަރުގައި ހުންނަ ގަހަނާ ވެސް ވިއްކަން ޖެހޭ. މިފަދަ ޙާލަތަކަށް ޤައުމު އައިސް މިއޮތީ. ދެން ވެސް ތަންތަނުން ލޯނު ނަގައިގެން އިތުރަށް ދަރަނިވެރިވާންވީތޯ؟ މައުމޫނު މިގައުމުގެ ވެރިކަމުން ބޭލިއިރު ބައިތުލްމާލުގައި ހުރީ 250 މިލިޔަން ޑޮލަރު. އެއީ ވެސް ބޭންކުތަކުގެ ޑިޕޮޒިޓާއެކު. އަސްލު ރާއްޖޭގެ މިލްކިއްޔާތަކީ 100 ވަރަކަށް މިލިޔަން ޑޮލަރު. މިއީތޯ 30 އަހަރު ވެރިކަން ކޮށްފައި ދިޔަ މީހަކު ރިޒާވްގައި ބަހައްޓަން ޖެހޭ ވަރަކީ؟ މިއީ ލާރި ނުލިބޭ ފަޤީރު ޤައުމެއްތޯ؟ ކޮބައިބާ ތަސްމީނަށް ބޭންކުން ދިން 1 ބިލިޔަން ޑޮލަރު؟ ކޮބާތޯ ފިނޭންސުން ހިބައިން ދޫކުރި ލޯނުތައް؟ އެއިން އެއްޗެއް ދެއްކިތޯ މީހަކު؟ މިޤައުމު ބަނޑަށް ޖެހުނީމާ ދެން ޖެހޭނީ ތަންތަން ވެސް ވިއްކަން. އެހެންނޫނީ، ޔާމީނާއި، މައުމޫނާއި، ތަސްމީނާ ދެން ވެސް ކުރީ ސަރުކާރުގެ ޚާއިނުންތައް ކޭހައި ލާރިތައް ދޭންވީނޫންތޯ ސަރުކާރަށް. ދެން 10 ޑޮލަރު ބޮޑުވީއޭ ބުނީމާ ޑޯގު އަނެއްކާ ވެސް ތިޔަ މަސައްކަތް ކުރައްވަނީ އޮޅުވާލަން. ޙަޤީޤަތުގައި އެއަރޕޯޓް ޓެކްސް އަކީ މިހާރު އަށެއްކަ ޑޮލަރު. ބޮޑުކުރީ 10 ޑޮލަރު. ވީމާ ޖުމްލައަކީ 18 ޑޮލަރު. މިކަމެއް ނޯޅެއޭ ދިވެހިންނަކަށް. ޑޯގަށް ހީފުޅުވަނީތޯ ތިޔަހެން ސަފުން ބާކީ ވެެގެން ރައްޔިތުންނަށް އޮޅުވާލެވިދާނެކަމަށް. ނުވާނެ އެކަމެއް. ދެން ދަންނަވަން. އިލިޔާސް އިބްރާހިމް ޚިޔާނާތްތެރިވި 250 މިލިޔަން ޑޮލަރާއި، ތަސްމީނަށް ބޭންކުން ދިން 1 ބިލިޔަން ޑޮލަރާއި، އާދަމް ޒާހިރު ދެމި ލާރިތަކާއި، މައުމޫނާއި ޔާމީން މިތަނުން ގެންދިޔަ ލާރިތައް އަނބުރާ ސަރުކާރަށް ދައްކަވައިފިއްޔާ މިހާރު ވެސް މިޤައުމު ސަލާމަތްވާނެ. ނޫނީ ޑޯގު ވަޑައިގެން އެހޯއްދަވައިގެން ގެނެސްދެއްވާ. އޭރުން ނުޖެހޭނެ ދިވެހިރާއްޖޭގެ ކަރުގައި އަޅާފައިވާ ގަހަނާތައް ވިއްކާކަށް. އެހެންނޫނީ އިތުރަށް ދަރަނިވެރި ނުވެ މިޤައުމު ސަލާމަތްކުރެވޭނީ މިފަދަ ގޮތްގޮތުން. ތިޔަހާ ހަނިބުއްދިއަކުން ތަންތަން ބަލާ ފަރާތްތަކަށް ދުވަހަކު ވެސް ކަޅާއި ހުދު ނޫން ކުލައެއް ނުފެންނާނެ. ބަލަ ޑޯގޫ ކަޅާއި ހުދާއި ދެމެދުގައި އަދި އެބަހުއްޓޭ އެތައް ހާސް ކުލައެއް. ނިކަން ބުއްދި ތަނަވަސްކޮށްގެން އުދަރެހާއި ދިމާއަށް ބަލާލައްވަ ބަލަ.
ހާޝިމް ވިދާޅުވީ
ތާރީޚް:20/10/2009
ތަސްމީނަށް 1 ބިލިޔަން ޑޮލަރު ބޭންކް އޮފް މޯލްޑިވްސް އިން ދިނީ 1 ބިލިޔަން ޑޮލަރުކަމަށް ލިޔެފައިއެވަނީ އޮޅުމަކުން. ރަނގަޅު ގޮތަކީ 1 ބިލިޔަން ރުފިޔާ. މިކުށަށް މަޢާފަށް އެދެން.
Dog ވިދާޅުވީ
ތާރީޚް:20/10/2009
ދެން ބުނަންތަ ވާހަކައެއް ހާޝިމް އަށް، ކިތަމެ ވަރަކަށް އޮޅުވާލަން އުޅުނަސް މިގައުމު މިއޮތް ހާލަތު ދިވެހިންނަކަށް ނޯޅޭނެ، މައުމޫން ލާރިވެސް ނުކައެކޭ ނޫން، އަދި ކެއެކޭ ވެސް ނޫން، އެކަމަކު މިގައުމުގެ އިގްތިސާދު މިއުޅެނީ ދަށަށް ގޮސްގެނެސްވެސް ނޫން، އަންނި ބޭނުންވަނީ އެގޮތަށް ބަޔެއްގެ ބޮލުގައި ބަދުނާމެއް އަޅުވާ އޭނާ ކުޅޭ ކުޅިގަނޑު ކުޅެން، ގައުމު އޮރީޔާންކުރަމުން ދަނީ ގައުމުގައި ލާރިނެތިގެނެއް ނޫން، އެހެންނަމަހީ އަންނި އަށް ތާއީދުކުރާ އޭނާގެ އައުވާނުންނަށް ބޮޑު މުސާރަ ދެމުން ގާނޫނުގައި ނެތް އެތަކެއް ވަޒީފާ ދެމުން ނުގެންދާނެ، މިއިން އެނގޭކަމަކީ ގައުމުގެ އިގްތިސާދު ނެތޭ ކިޔައިގެން ގައުމުގައި ހުރި ލާރިތަށް އަންނި އަށާއި ހާޝިމް އަށާއި އެހެންވެސް ރީދޫ ހުންޖެހިފއިތިބި މީހުންނަށް ދެމުން ގެންދަނީކަން، މިހެން ނުވާނެކަމެއްވެސް ނެތް މިގައުމުގައި މިހާރު މިއޮތް ވެރިކަމަކީ ވަކި ބަޔަކަށް ކޮށްދޭ ވެރިކަމެއް، އެންމެންނަށް ހިންގާ ވެރިކަމެއް ނޫން، އެހެން މިބުނީ ރީދޫ މީހުން ހިފާ ހައްޔަރުކުރުމުން ފުލުހުންނަށްވެސް ޖެހުނީ މާފަށް އެދެން. މިއީ މީގެކުރިން މިގައުމުގައި ބަޔަކު ވެރިކަން ކުރި ގޮތެއް ނޫން، އަންނި ފައިސާ ގަނޑު ދިރުވާލަންވެގެން ޔާމީނޭ ، ތަސްމީނޭ، މައުމޫނޭ ކީމާ ބަޔަކު އެކަން ގަބޫލުކުރާނެކަމަށް ހީކުރިއަސް އެކަން ގަބޫލުކުރާނީ ރީދޫ މީހުން އެކަނި، އެހެނީ އަންނި މިގައުމު ވިއްކަމުން ތިގެންދަނީ ކޮންގޮތަކަށް ކޮންކަމެއް ކުރަންކަން އެންމެންނަށްވެސް އެނގޭ،
Dog ވިދާޅުވީ
ތާރީޚް:20/10/2009
ޚަރަދު ކުޑަކުރަނީ އޭ ބުނެ ނިކަމެތި ރައްޔިތުން ބިކަ ހާލުގައި ޖެއްސުމަށ ވަޒީފާތަކުން ކަނޑަމުން، ތަކެތީގެ އަގު ބޮޑުކުރަމުން، ސްކޫލުތަކާއި ހޮސްޕިޓާތަކާއި ވިއްކަމުން އެގެންދަނީ، ތިމާ އެދޭ ބަޔަކަށް އޭގެ ފައިދާ ވާގޮތަށް، ތިމާ ބޭނުންވާ މީހުންނަށް ބޮޑު މުސާރަ އާއި ގާނޫނެއްނެތް ކައުންސިލަރުންތަކަށް މީހުން ލައި އެމީހުންނަށް ބޮޑު މުސާރަ ދެމުން، ނުވިތާކަށް ކަނޑުއަޑީގައި އެތަކެއް ސަކަރާތް ޖެހުމަށް ހަމައެކަނި އިންސިއުރެން ފީއަށް 8 ލައްކަ ރުފިޔާ އެވަނީ ޚަރަދުކޮށްލާފަ، މިއީ އިގްތިސާދު ދަށްވެފައިވާ ގައުމެއްގެ ބަޔަކު ކުރާނެ ކަންތަކެއް ނޫން، މިކަންތައްތައް މިގޮތަށް ކޮށް ރައްޔިތުން ލޮލުގައި އަނދުން އެޅުވުމަށް މައުމޫން ލާރިގަނޑު ކާލީކަމަށް ބުނީމާ އެކަން ގަބޫލުކުރެވޭނީ ކިހިނެއް، ބުއްދިސަލާމަތުން ހުރި އެކަކުވެސް ގަބޫލެއް ނުކުރާނެ، އަންނި އަކީ އަބަދުވެސް ދޮގު ހެދުމުގެ އަރާހުރި މީހެއް، އެގޮތުން ވެރިކަމަށް އައިސްފައިވަނީ އެތަކެއް ދޮގު ހަދައިގެން ، އަނެއްކާ ވެރިކަމުގައި ހުރުމަށް އެދަނީ އެތަކެއް ދޮގު ހަދަމުން، މިގައުމުގައި އެންމެ ރިސޯޓެއް ހުރިއަސް ގައުމު ހިންގާނެކަމަށާއި ވަޒީފާގެ އިތުރު 07 ހާސް ފުރުޝަތު ހޯދައިދޭނެކަމަށް ބުނެ ، ވެރިކަން ލިބުނުތާ އަހަރެއް ނުވަނީސް މީހުންތައް ވަޒީފާ އިން ވަކިކޮށް، މުސާރަ ކުޑަކޮށްފައި، ނުވިތާކަށް އަންނި ބުނަމުން ދިޔަ ކަންމަތީފިހާރައިގެ ދަރަނި މިދަނީ އިތުރަށް ބޮޑުވަމުން، ދެންވެސް ހާޝީމް ދެފައިދޭ ތެރެއޭ ކިޔޭތޯ ބަލާތި. މިއީ ފެންނަން ހުރި ހަގީގަތް، މީގެ ކުރިން ތެލަސީމިޔާ ޓެސްޓަކީވެސް ހިލޭ ހެދޭ އެއްޗެއް މިހާރު އެވެސް ހެދެނީ ލާރިދީގެން، ތެލަސީމިއާ ކުދިންނަށް ސަރުކާރުން އެހީތެރިކަން ވެދެމުން ދަނިކޮށް އެކަންވެސް އަންނި އެވަނީ ހުއްޓާލާފަ، މިއީ އިންސާނިއްޔަތާއިވެސް ހިލާފް ކަންތައްތައް، މިވަރުގެ ވެރިއެއް މިގައުމުގައި ބެހެއްޓުމަށް ހެޔޮވެސް ނުވާނެ.
Dog ވިދާޅުވީ
ތާރީޚް:20/10/2009
މައުމޫނެއް ނޫން ލާރިތައް ކާން އުޅެނީކީ، 05 އަހަރު ދުވަސް ތެރޭގައި މިގައުމު ވިއްކާލަން އުޅެނީ އަންނި، މައުމޫނު ފައިސާ ކޭނަމަކާ މިގައުމަށް އައިސްފާ މިވާ ކުރިއެރުމެއް މިއަދަކު ނުފެނުނީސް، މިގައުމަށް ގެނައި އެތަކެއް ދިރުން މިއަދު މަރާލަމުން އެދަނީ އަންނި، އަންނި އަކީ އިނގިރޭސި ޕާސްޕޯރޓް ހިފައިގެން އުޅޭ ޔަހޫދީ އެއް، ވީމާ، 05 އަހަރު ދުވަސް ތެރޭ ގައުމު ވިއްކާލާ އޭނާ އިނގިރޭސި ވިލާތަށް ދާނެކަމީ ޔަގީންކަމެއް، އެކަމަކު އެކަން އޭނާ އަށް ކުރެވޭނީ ދިވެހިން މަޑުން ތިބިއްޔާ.
Dog ވިދާޅުވީ
ތާރީޚް:20/10/2009
މިނިވަން ނޫހަކީ މިސަރުކާރުން ވެރިކަމަށް އައުމަށް ވަރަށް ބޮޑު މަސައްކަތްތަކެއް ކުރި ނޫހެކެވެ. ހަމަ އެއާއި އެކު އެނޫހުގެ އިސްމާހަކު އިނިރޭސި ސަފީރެއްކަމުގައި ހަމަޖެއްސުމަށް ވަރަށް ފަހަކުން މަޖިލީހަށް ފޮނުވާ ރުހުން ނުލިބުމުން އެކަންވަނީ ނުވެފައެވެ. މިހާރު އެނޫހުގައި ސާޢިއުކޮށްފައިވާ އެންޖިންސުން ގުޅުން ހިންގުމާއި ބެހޭ އާޓިކަލެއްގެ މައްސަލަ މިވަނީ ފެންމަތިވެފައެވެ. އެކަމަކު އެކަމަށް ފުލުހުން އަދި އެހެންވެސް ބަޔަކު ފިޔަވަޅު އަޅާތަނެއް ނުފެނެއެވެ. މިއިން އެނގޭ އެއްޗަކީ އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުންވެސް މިގައުމު ހލާކުގެ މަގަށް ގެންދިއުމަށް މިސަރުކާރުން ވަރަށް ބޮޑަށް މަސައްކަތްކުރާކަމެވެ. އެއްޖިންސުން ގުޅުން ހިންގުމަކީ އިސްލާމްދީންގައި ހަރާމްކުރައްވާފައިވާ ބޮޑު ފާފައެކެވެ. ވީއރު މިގައުމުގައި އެފަދަ އަމަލު ހިންގުމަށް ފުރުޝަތު ދިނުމަށް އެދި މިނިވަން ނިއުސް އިން ކޮށްފައިވާ މަސައްކަތަށް ފުލުހުން ފިޔަވަޅު އަޅަން ޖެހޭނެއެވެ. އެލިޔުން ލިޔުނު ފަރާތެއް ހޯދާ އަދަބުދޭން ޖެހޭނެއެވެ. މިފަދަ ކަންތައްތަކަށް މިގައުމުގެ ދަރިން ގޮވާލާ ގައުމުގެ ވެރިން އަޅާނުލާތިބުމަކީ ބިރު ހުރި ކަމެކެވެ. އެހެންނީ ލޫތުގެ ފާނު ގައުމަށް މެދުވެރިވި ގޮތާއިމެދު ވިސްނާލަމާތޯއެވެ. އެފަދަ ކޯފާއެއް ފޮނުވުމަށް މިއަދުވެސް އެކަލާންގެ ކުޅަދުންވަންތައެވެ. ބަޔަކު މީހުން ކުރާ މިފަދަ ނޭދެވޭ އަމަލެއްގެ ސަބަބުން އެންމެންނަށް އާއްމުވެގެންވާ ކޯފައެއް އައިސްދާނެކަމާއި މެދު މިއަދު ބިރުވެތިވެ، އެކަންކުރި ބަޔަކާއި މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލަމާތޯއެވެ.
ޕިސްޕިސް ވިދާޅުވީ
ތާރީޚް:20/10/2009
ޕިސްޕިސް މިތަނަށް ފާޑެއްގެ ކުއްތާ ގަނޑެއް ވަދެގެން ވައްވައް ޖަހާ ވަރުން ބޮލާނުފޮރުއްޕާނޭ. ކަލޯހަޝިމާ އޭތި އެހާވަރަށް ފެލެންޏާ ދަތްވެސް އަޅާފާނެ.ބިރެއްނުގަނޭތަ؟ މަވާސަލާމް.އެކަމަކު މަބަލާނަން ގެރިމަސް ބުރިއެއްފެނޭތޯ އޭރުން ތިޔަކަން މައިތިރިވެދާނެ. ދެންބުނެވޭނީ ހަމަ ޕިސްޕިސް
އިސްބެ ވިދާޅުވީ
ތާރީޚް:20/10/2009
ޑޯގުގެ ވާހަކަ އެންމެ ވައްތަރީ ރަޖަބު މަދު ވަލުތެރޭ ބޮބި ތަޅަންއިންނަ 60 އަހަރުގެ އަންހެނެއްގެ ވާހަކަޔާ..
ނޮޅިވަރަމް ވިދާޅުވީ
ތާރީޚް:20/10/2009
ތިބުނާ މައުމޫނު، އަހަރެމެން ނަށް ކޮށްދިން ކަމެށް ވިޔާ ކޮށްދީފަ ހުރީ ހަމަ އަމިއްލަ ފައިދާއަށް، 30 އަހަރު ވެރިކަން ނުކުރާނެ ޖައްބާރު ޑިކުޓޭރަކު ނޫނި.. މީދުނިޔޭގެ އާދަ. އެމިހުންގެ ހުރިހާ ކަމެއްވެސް ބިނާކުރާނީ ވެރިކަމުގަ ގިނަދުވަހު ދެމިހުރުމަށް..
DOG ވެސް ސާހިބު މީހާ ކައިރީ ބުނެބަލަ ކަރުގަ އަޅުވާފަ ތިއޮންނަ ޗޭނު ނަގައި ދޭށޭ. އޭރުން ބޭރު ތެރެއަށް ނިކުމެ، ދުނިޔޭގެ ރީތިއުސޫލާ މީހުން އުޅޭ ނޫނޭގޮތް ފެންނާނެ..
ހާޝިމް ވިދާޅުވީ
ތާރީޚް:20/10/2009
ޒާތީ ތަޢައްސަބުން ސިކުނޑި ކިފުޅިވެފައި ހުރި މީހެއްގެ މިސާލު އޮވޭ ޤުރުއާނުގައި. އެއީ އަބޫ ލަހަބު. އަދި ދެން އޭނާގެ އަންހެނުން އުންމު ޖަމީލު ވެސް. މިމީހުންނެކޭ ޑޯގެކޭ އެއްފަދައޭ ބުނަނީކީ ނޫން. އެކަމަކު ޑޯގު ވެސް ދައްކަނީ ހަމަ އެފަދަ ވާހަކަތަކެއް. ހަމަބުއްދިއެއް ހުންނަހެންނެއް ހިއެއް ނުވޭ ޑޯގުގެ. އެހެންނޫންތޯ ވާނީ؟ ޑޯގަށް މައުމޫނު ދެމުން ގެންދިޔަ ބައިވަރުތައް މިހާރަކު ނުލިބޭނެ. ދީފަ އޮތް އެއްޗެއް ވެސް އަތުލާނަން. އެއީ ހުރިހާ ވެސް މައްސަލައަކީ. އަޅުގަނޑު ދަންނަވާނީ މީހުންނަށް ޔަހޫދީންނޭ ނަސާރާއިންނޭ ގޮވާ ހެދުމަކީ އިސްލާމުން ކުރަންވާނެ ކަމެއް ބާވައޭ. ޑޯގަކީ މާއިސްލާމްދީނުގެ ބަތަލަކަށް ހެދިގެން އުޅޭ މީހެއް. އެހެންވީމާ، އިސްލާމުންނާ ދިމާއަށް ޔަހޫދީންނޭ ނަސާރާއިންނޭ ގޮވުމަކީ ކޮންކަހަލަ ކަމެއްކަން އެނގޭނެތާ. ދެން އިސްބެއާއި، ޕިސް ޕިސް ގާތު ބުނެލަން ބޭނުންވަނީ ޑޯގާ މައްލަވަ ނުކުރައްވާށޭ. އެހެން ވައްވައް ޖަހަޖަހާ އޮންނާނެ. އެއްކަމެއް ވެސް ނުވާނެ. މިސަރުކާރު 5 އަހަރު ވަންދެން ދެމި އޮންނާނެ. އެކަމާ ކުރެވޭނެ ކަމެއް ނޯންނާނެ. އަންނިއަށް ވެރިކަން ދެއްވީ މާތް ﷲ. އެކަމެއް ޑޯގަކަށް ބަދަލެއް ނުކުރެވޭނެ. މައުމޫނަށް މާތް ﷲ މަދަދުވެރިވެ ވޮޑިގެންނަމަ ހޮވުނީސްތާ. އެކަމަކު ތިމާގެ ޙަރާމްކޯރުކަމާއި، ޚިޔާނާތުގެ ސަބަބުން މާތް ﷲ މައުމޫނަށް އެކަން ދެއްކެވީ. މިއީ ޙަޤީޤަތަކީ. ދެން އިނގިރޭސި ހަރު ބަހެއްގައި އޮވޭ “އަ ބާކިންގ ޑޯގް ނެވަރ ބައިޓްސް” ނުވަތަ ވައްވައްޖަހާ ކުއްތާއެއް ދަތެއް ނާޅާނެއޭ. އެހެންވީމާ، އެއްވެސް ބޭފުޅަކު މިޑޯގު ދަތް އަޅާނެ ކަމަކަށް ބިރުފުޅު ގަންނާނެކަމެއް ނެތް. އެހެން އޮވެއޮވެ އަޖަލު ހަމަވެގެން މަރުވެގެން ހިނގައިދާނެ.
Dog ވިދާޅުވީ
ތާރީޚް:21/10/2009
ފިސްފިސް އާއ އިސްބެ އާއި ނޮޅިވަރަމް އަދި ހާޝިމް ބުނެލަން އޮތީ ތިއީވެސް ދިވެހިދަރިންތޯއޭ؟ އެހެންވެއްޖެނަމަ ދިވެހިރާއްޖެއަށް މިސަރުކާރުން ކުރަމުންގެންދާ ކަންތައްތައް ހަމަލޮލުން ދެކި ބަލާށޭ، މައުމޫން ވެސް އެދުމެއް އޮވެ ވެދުމެއްވެސް ކޮށްފިތާއޭ؟ އެކަމަކު އަންނި އެވަރުވެސް ނުކުރެވޭތާ ގައުމު ހަލާކުކޮށް ވިއްކާލާ މީހުން ބައިބައިކުރުމަށް ނުހަނު ބުރަ މަސައްކަތް ކުރަމުން އެބަގެންދޭ، އެކަން ވިސްނާލެވޭނީ ހަސަދަވެރިކަމެއް ނެތި އެކޮޅު މިކޮޅު ބަލައިގެން ތިމާއަށް ލިބޭ ވަގުތީ ފައިދާއިން އެއްކިބާވެގެން، ކުރިންވެސް ހާޝިމް ގާތު އަޅުގަނޑު ބުނިން މައުމޫންގެ ހެޔޮފުޅުކަމުން އަޅުގަނޑަށް އެންމެ ލޯލާރިއެއްވެސް ނުދެއޭ، އެކަމަކު އަޅުގަނޑަކީ މިގައުމުދެކެ ލޯބިވާ އިސްލާމްދީނަށް ލޯބިކުރާ މުސްލިމަކީމެވެ. ވީއިރު ކޮންމެ ބަޔަކު ނަމަވެސް މިގައުމަށް އިހާނެތި ގޮތް ހަދަމުންގެންދާނަމަ ނުވަތަ އެކަން އެގޮތަށް ކުރަން މަސައްކަތްކުރާނަމަ މަޑަކުން ނޯވެވޭނެ، ކުރެވުނު ކޮންމެކަމެއް ކުރާނަން، ދެން އިސްލާމްދީނުގެ އަސްލުތަކާއި ހިލާފަށް މިގައުމުގައި އެއްވެސް ބަޔަކަށް ވާހަކަދެއްކޭނެ ޖާގައެއް އޮވެގެން ނުވާނެ ހިދު އެފަދަކަމެއް ކުރާނަމަ އެކަން ހުއްޓުވުމަށް ކުރެވުނު ކޮންމެ ކަމެއް ކުރާނަން، އަޅުގަނޑު މިކަން ކުރަނީ އެއްޗެއް ލިބޭތީއެއްނޫން، އަދި ލިބޭނެކަމަކަށްވެސް ނޫން، އަޅުގަނޑު މިއީ ކާކުކަމެއް މައުމޫނަކަށް އަދި އަންނި އަކަށްވެސް ނޭނގޭނެ. އެނގޭކަށް ބޭނުމެއްވެސް ނޫން، ތިޔައީވެސް ދިވެހިދަރިން ނަމަ މިސަރުކާރުން ކުރަމުންގެންދާ ނޭދެވޭ ކަންތައްތަކަށް ނުރުން ފާލުކޮށް އެކަން އިސްލާޙްކުރެވޭތޯ ކުރެވެން ހުރި ކަންތައް ކުރުން އެއީ އެންމެ ރަގަޅުގޮތްކަމުގައި ބުނެލަން ބޭނުންވޭ، ދެން ތިބުނީ އަންނި އަށް ވެރިކަން ދެއްވީ މާތްﷲ ގެ އިރާދަފުޅުންކަމުގައި ތިއީ އެއްވެސް އިސްލާމަކަށް އޮޅިފައިވާނެކަމެއް ނޫން، ހަމަ އެފަދައިން އަންނިގެ ނުވަތަ އެހެން މީހުންގެ ނިމުން އަންނާނީވެސް އެވަގުތެއް ޖެހުމުން އެކަލާނގެ އިރާދަފުޅުން، އެކަމަށް ހުރަސް އެޅޭނެ އެކަކުވެސް ނޫޅޭނެ، މިގައުމު ހަލާކުވުމަށް އެކަލާނގެ އިރާދަފުޅުގައި ވާން އޮތްނަމަ އެކަންވެސް އެގޮތަށް ވާނެ، އެކަމަކު އިސްލާމުން ކަމުގައިވާނަމަ އިސްލާމުދީނާއި ގައުމަށްޓަކައި ޖިހާދުކުރުން އޮވޭ، އެދީން ދިފާއުކުރުމަށް ކުރެވެން ހުރި ހުރިހާކަންތައް ކުރުން އެއީ ވާޖިބެއް، ނަސްރުދެއްވުން އެއީ މާތް ﷲ ގެ ހަޞުރަތުން އޮތްކަމެއް،
Dog ވިދާޅުވީ
ތާރީޚް:21/10/2009
ރާއްޖެއަށް އެންމެ ފައިދާވާ ކުންފުނީގެ ހިއްސާ ވިއްކާލާފައި އެވަނީ ގާނޫނާ ހިލާފަށްކަމަށް، މަޖިލީހުން އެދަނީ ބުނަމުން، ސްކޫލު ތަކާއި އެނޫންވެސް ތަންތަން ޕްރަވެޓައިޒް ކުރަމުން އެދަނީ އެފަދަ ގާނޫނެއް އެކުލަވާނުލަނީސް ހިތުހުރި ގޮތަކަށް، ތަކެތީގެ އަގު މިދިޔަމަހު އުފުލިފައިވާކަމަށް ރިޕޯރޓްތަކުން އެވަނީ ދައްކާފައި، މުވައްޒަފުން މަދުކުރުމާއި މުސާރަ ކުޑަކުރުން މިދަނީ އިއުލާނުކޮށް އެގޮތަށް އަމަލުކުރަމުން، މިކަންތައްތައް މިކުރަނީ ގައުމުގެ ރައްޔިތުން ރޮއިރޮއި ތިއްބާ، މިހެން ބުނިނަމަވެސް ރީނދޫކުލައިގެ މަދު ބަޔަކު ހެއްވާފައި، މިހެން ވުމުން މިކަމާއި މެދު ނުވިސްނާ ތިބެވޭނީ ކިހިނެއްތޯ؟ ވިސްނާ އަނގަތެޅިއަސް ކަމެއް ނުކުރެވޭނެކަން އެނގޭ، އެހެން ނަމަހީ ގާނޫނާ ޚިލާފަށް އަންނިކުރަމުންގެންދާ މިފަދަ ކަންތައްތައް މަޖިލީހުން ހުއްޓުވެންޖެހޭނެ، އެތަނުން އެކަން ނުވަންޏާ އަޅުގަނޑު އެކަނި ކީއްތޯ ކުރާނީ، މިގޮތަށް މިކަން ވިސްނާދީ ހެދުމަކީވެސް މިކަންކަން ރަގަޅުކުރުމަށް އަޅުގަނޑަށް ކުރެވޭ ރަގަޅު ކަމެއް ކަމުގައި ދެކޭތީ މިކަންކުރަމުން މިދަނީ، އިންސާނިއްޔަތަށްޓަކައި ދީނަށްޓަކައި ގައުމަށްޓަކައި އެނގޭ ދުވަހަކުން މިކަންތައްތަކަށް އަޅުގަނޑު ޖަވާބުދާރީ ވުމަށްޓަކައި، މިގައުމަށް ހެޔޮގޮތް މެދުވެރި ވުން އެދި މާތް ﷲ އަށް ދުވާކުރަމުން،
އިސްބެ ވިދާޅުވީ
ތާރީޚް:21/10/2009
ރަނގަޅު، މިސަރުކާރުންވެސް ގޯސްކަމެށް ކޮއްފިޔާމުން ހަމަ ވާނީ ގޯސްކަމަކަށް، އަދި އެކަން ފާހަގަވެސް ކުރާނަން، އެވާހަކަ ދައްކަންވެސް ދައްކާނަށް.
30 އަހަރު ދުވަހު ވެރިކަން ކުރިއިރު މިރާއްޖޭގެ ރައްޔިތުންނަށް ނުވި ހެވެއް މިހާރު ވަކި ވާނެތަ. ޑޯގު އަށް އިގޭތަ ރާއްޖޭގަ ވެރިކަން މިކުރަނީ ކޮންގޮތަކަށް ކޮންކަހަލަ ނިޒާމަކުންކަން! ގަނޫނު ހަދާފަރާތާ ވެރިކަން ކުރާ ފަރާތާއި ހުރި ތަފާތު. ޔާމީނުމެން ހަމަ މަޖިލީހުގަ އަޑަށް ބާރުލާފަ ލޮބުވެތި ރައްޔިތުންނޭ ކިޔާފަ ފެލިގަތީ އަހަރެމެންނަށް ހީވާނެތަ ލައްކައޭ! މިރާއްޖޭގެ ބައިތުލްމާލު ކާލައިގެންތިބެ ޔާމީނުމެން ތަސްމީނުމެން ތިބެ “ޤާނުނަކު ނެތޭ! ޤާނުއާއި ހިލާފަށޭ އަންނި އަބިފިރިކަން ކުރާނީ” މިމީހުން މަޖިލީހުގަ ތިބެގެން ކީމައަހަރެމެންނަން ހީނުވާނެ ކަހަރުވަކެކޭވެސް!
އިސްބެ ވިދާޅުވީ
ތާރީޚް:21/10/2009
ކޮންމެ ކަމަކަށް އަދި ގާނޫނެށް ހެދިފަކާނެށް، ރާއްޖޭގެ ޤާނޫނު އަސާސީ، އާސާސްއަކަށް ބަލައިގެން، ޤާނޫނު އަސާސީއާއި ހިލާފު ނުވާނެހެން ވެރިކަން ކުރުމުގެ ބާރު ވެރިކަން ކުރާފަރާތަށް ލިބިގެންވޭ!
އިސްބެ ވިދާޅުވީ
ތާރީޚް:21/10/2009
މިތަނުގަ ކޮންމެޓް ކުރާ ހުރިހާ މީހުން ނަކީވެސް ހަމަ ދިވެހިން.ރަށުކުދިންހެން ހީވަނީ ނޫނީ މިއަތޮޅު ކުދިން
ވީމަ ހުރިހާ ފާރާތަކަށްވެސް ބުނެލަން ބޭނުން އެކިކަންކަމުގަ އެކިމީހުންގެ ހިޔާލު ތަފާތުވާނެއޭ، ކޮމެންޓް ތަކަށް މިހުން ފާޑުވެސް ކިޔާނެއޭ! މިކަން ޕާސަނަލީ ނުނަގާތިވޭ!!