Qauntum

Share

ޤައުމުގެ މިސްރާބަކީ ކޮބައިތޯއެވެ؟

ޤައުމުގެ މިސްރާބަކީ ކޮބައިތޯއެވެ؟
އިބްނު ޝިހާމް

ޤައުމުގެ ހިންގުން ހަރުދަނާކޮށް ރައްޔިތުންނަށް ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ހަތަރު އަހަރުދުވަހުން ޤާނޫނު އަސާސީއެއް އެކަށައަޅައި ތަންފީޒުކުރަން ފެށިއްޖެއެވެ. އެޤާނޫނު އަސާސީގެ ދަށުން އައު ރައީސެއް ރައްޔިތުން އިންތިޚާބުކޮށްފިއެވެ. އަދި ރައްޔިތުންގެ މަޖިލީހެއް އިންތިޚާބުކޮށް ޤާނޫނުތައް އުފެއްދައި ޤައުމުގެ ޤާނޫނީ ނިޒާމުގެ ތެރެއިން ސިޔާސީ، އިޤްޞާދީ، ދީނީ އަދި އިޖްތިމާޢީ ފޭރާން ފުރިހަމަ ކުރުމުގެ މަސައްކަތް އެބަކުރެއެވެ.

ކޮންމެއަކަށް ޤައުމު ބަދަލުވެއްޖެއެވެ. އަޚްލާޤީ ގޮތުން އަޅުގަނޑުމެން ޤަބޫލުކުރި ހަމަތައް މާޒީއަށް ހިނގައްޖެއެވެ. ފަރުދީ ޙައްޤުތައް ކުރިއަށް ނެރެ މުޖުތަމަޢު އެއްކިބާކުރެވެން ފަށައިފިއެވެ. އަނެއްދިވެހިރާއްޖޭގެ އުފާވެރިކަން ދައްކައިދޭނެކަމަށް އުންމީދުކުރި ފޮނި ހުވަފެން ބިލާހަކަށް ވާން ފަށައިފިއެވެ. ޤައުމު މިސްރާބުން ނައްޓައިފިއެވެ.

އަޅުގަނޑުމެން އެންމެން ޤަބޫލުކުރާގޮތުގައި ސަރުކާރުން އަބަދުވެސް މަސައްކަތްކުރަންޖެހޭނީ ރައްޔިތުންގެ ހެވާއިލާބައަށެވެ. އަޅުގަނޑު ދެތިންކަމެއް ފާހަގަ ކޮށްލަން ބޭނުމެވެ. ފުރަތަމަކަމަކީ ދިރާގުގެ ޙިއްސާގެ މައްސަލައެވެ. ސަރުކާރުން ޕްރައިވަޓައިޒް ކުރުމުގައި ގެންގުޅޭ ސިޔާސަތުގެ ދަށުން ދިރާގުގެ ޝެއަރގެ މެޖޯރިޓީ ކޭބަލް އެންޑް ވަޔަލަސްއަށް ވިއްކާލީއެވެ. ބަދަލުގައިލިބޭ ފައިސާކޮޅުގެ ވަގުތީ ހަމަޖެހުމަށްޓަކައި ކަމަށްވެދާނެއެވެ. ޝެއަރ ވިއްކާލުމުން ސަރުކާރަށް ކުރާނީ ފައިދާތޯ ގެއްލުންތޯ އެއީ ބަހުޡްކުރަންޖެހޭ މަޢްލޫއެއްނޫނެވެ. ސަރުކާރަށް އެންމެގިނަ ފައިސާ ވައްދާ ކުންފުންޏަކީ ދިރާގެވެ. ދިރާގުން ދޭހިދުމަތަކީ ކޮންހެންވެސް ބޭނުން ޚިދްމަތެކެވެ. އެހެންކަމުން ދިރާގުގެ މުސްތަޤްބަލް އަދިވެސް އުޖާލާކޮށް ފެނެއެވެ. ހަމަގައިމުވެސް ޝެއަރ ވިއްކާލައިގެން ލިބޭ ފައިސާއަށްވުރެ ގިނަ ފައިސާ ޝެއަރ ނުވިއްކިނަމަ ދިރާގުން ސަރުކާރަށް ދައްކާނެއެވެ. ޕްރައިވެޓައިޒްކުރުމުގެ ވިސްނުން ގެންގުޅެނީ ފަރަށްދާ އުސޫލުންތޯއެވެ.

ދެވަނަކަމަކީ ސްކޫލްތައް ޕްރައިވަޓައިޒްކުރުމެވެ. މިއީވެސް ރަގަޅުކަމެކެވެ. އެކަމަކު “ހިތި ބޭސް” ގަދަކަމުން ރައްޔިތުންނަށް ބޯންދޭން ކުރާ މަސައްކަތުގެ އަސަރު ރައްޔިތުންގެ ދިރިއުޅުމުގެ ހުރިހާ ހިސާބަކުންވެސް ފެނިގެންދާނެއެވެ. ފައުޒީގެ ދަރިފުޅު ޣިޔާސުއްދީން ސްކޫލްގެ ގްރޭޑް 7 ގައި އުޅޭއިރު އަންނަ އަހަރު ޣިޔާސުއްދީނަށް ވަންނަންވެފައި ފައުޒީގެ ކުއްޖަކު އެބަހުއްޓެވެ. ޕްރައިމަރީ ސްކޫލްތަކަށް ކުދިންވައްދަނީ ސަރަހައްދުތަކަށް ބަހައިގެންނެވެ. މިހާރު ސަރުކާރުން ނިންމާފައިވަނީ މިހާރު ތިބިކުދިންގެ ބެލެނިވެރިން ފީދައްކަން ނުޖެހޭނެކަމަށެވެ. އެހެންނަމަވެސް އަލަށް ވަންނަ ކުދިން ފީދައްކަން ޖެހޭނެކަމަށެވެ. އެހެންވީމާ ފައުޒީއަށް އެކަމާއި އެއްބަސްވެވޭކަށްނެތެވެ. ފައުޒީއަކީ ރާއްޖެތެރޭގެ 500 އަށް ވުރެ ކުޑައާބާދީއަކަށް ނިސްބަތްވާ މީހެކެވެ. މިހާރު ދަފްތަރުގައި ޖެހިގެން އުޅެނީ ފްލެޓެއް ލިބޭނެކަމަށެވެ. ފައުޒީ އުޅެނީ ސަރުކާރުގެ ވަޒީފާއެއްގައެވެ. އޯލެވެލް ފެންފަރަށް ކިޔަވައިގެން އޮފީހަކަށްވަދެގެން މީހަކާއި އިނދެގެން މާލޭގައި އުޅެނީ ފައުޒީގެ ކުދިންނަށް ކިޔަވައިދީގެން ރަގަޅު މުސްތަޤްބަލެއް ހޯދައިދިނުމުގެ އުންމީދުގައެވެ. ރަށުގައި ކިޔަވައިދިނުމުގެ ފެންވަރެއްނެތީމައެވެ. ސަރުކާރު މުވައްޒަފުންގެ މުސާރަކުޑަކުރާވާހަކައާއި މުވައްޒަފުން މަދުކުރާވާހަކައާއި އިސްކޫލަށް ދެހާހަށްވުރެ ގިނަ ރުފިޔާ ދައްކަންޖެހޭނެކަމަށް ބުނާތީ ފައުޒީ ހުރީ ކަންބޮޑުވެފައެވެ. ހިތިބޭހުގެ އަސަރު މުޅި އުމުރަށް އަރުގައި ހުންނާނެކަން ޤަބޫލުކުރާތީއެވެ. އަލި ސާފުމަގެއް ސަރުކާރަށް ނުދެއްކޭތީއެވެ.

އަނެއްކަމަކީ ދީނުގެ ޙައްދުތަކާއި މެދު ރައީސުލް ޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅެވެ. ވެރިކަމަށް ކުރިމަތިލާންވެސް ޖެހޭނީ ދީނުގައި އެފަދަ ޙުކުމްތައް އެބަހުރިހަކަމާއި ރައީސުލް ޖުމްހޫރިއްޔާ ނުވަތަ ވަލިއްޔުލްއަމްރު އެޙުކުމްތަކަށް ޝަރީޢަތްކުރުމަށް އަންގަންޖެހޭނެކަން އެގިހުރެއެވެ. ޙުކުމްތަކަށް ޝަރީޢަތްކުރަންޖެހޭނެޔޭ ބުނި ބަހުގެ މުރާދަކީ ޤާނޫނީ ގޮތުން އެކަން ކުރުމަށް ކުރެވެން ހުރިހާ މަސައްކަތްތަކެއް ކުރުމެވެ. ފުރަތަމަ ކަމަކަށް ޤާނޫނުލް ޢުޤޫބާތުގައި އެޙުކުމްތައް ހިމެނުމަށް ރައްޔިތުންގެ މަޖިލީހަށް ގޮވާލުމެވެ. ރައްޔިތުންގެ މަޖިލީހުން އެގޮތަށް ފާސްނުކޮށްފިނަމަ އެޙުކުމްތައް ހިމެނުމަށް ތަސްދީޤުނުކޮށް އަލުން އަނބުރާ ޤާނޫނު އަސާސީގައިވާ ގޮތުގެ މަތިން ފޮނުވާލުމެވެ. ދެވަނަ ފަހަރަށް ރައްޔިތުންގެ މަޖިލީހުން އެޙުކުމްތަކާއި ނުލައި ނުވަތަ އެޙުކުމްތައް ބަދަލުކޮށްގެން ފާސްކޮށްފިނަމަ އެޓާނީ ޖެނެރަލް މެދުވެރިކޮށް އެއީ ޤާނޫނު އަސާސީގައި އިސްލާމީ ޝަރީޢަތަށް ދީފައިވާ މަޤާމާއި ޚިލާފްކަމެއްކަމަށާއި އަދި ޤާނޫނު އަސާސީގެ މައްޗަށް އިސްލާމީ ޝަރީޢާ އިސްވާނެކަމަށް ބުނެ ހައިކޯޓްގައި ދަޢްވާއުފުލުމެވެ. ހައިކޯޓުން މިމައްސަލާގައި އިސްލާމީ ޝަރީޢަތާއި އެއްގޮތަށް ހުކުމްނުކޮށްފިނަމަ ސްޕްރީމް ކޯޓުވެސް އެބަހުއްޓެވެ. އެހިސާބުން ރައީސްވެ ވާޖިބު ޤާނޫނީގޮތުން ފުރިހަމަ ކުރެވުނީކަމަށް ބެލެވިދާނެއެވެ. އެހެންނަމަވެސް މިމައްސަލާގައި ކަންތައްވާގޮތަކުން އިތުރަށް ޚާއްސަކޮށް މިމަޢްލޫއަށް އިތުރު ލިޔުމެއް ލިޔަން ޤަޞްދުކުރަމެވެ. އެއްވެސް އިންސާނަކަށް ޤުރްއާންގައިވާ ޙުކުމެއް މަންސޫޙެއްނުކުރެވޭނެއެވެ. އަދި ކިއެއްތަ އެއީ ޢަމަލުކުރުން ލާޒިމް، ޢަމަލުނުކޮށްފިނަމަ އެކަމުގެ ސަބަބުން އިންސާނީ މުޖުތަމަޢު ހަލާކުވެދާނެ ފަދަ ކަމެކެވެ.

މިއީ ޤައުމު ދަތުރުކުރަމުން ދާމަގެވެ. މިއީ ރައްޔިތުން މިސްރާބެއް ނޫންކަން ހަމަ އެންމެނަށްވެސް އެގޭނެއެވެ. ސިޔާސީ ހަމައިންބެލިޔަސް މިއަދު ސަރުކާރު ރޮނގުން ކައްސާލައިފިކަން އެގެއެވެ. ޤައުމުގެ ރައީސް ވަޑައިގަންނަވަނީ އިގިރޭސިވިލާތުގެ އިދިކޮޅު ޕާޓީގެ ޖަލްސާއަކަށެވެ. ޤައުމު ހިންގުމުގެ މަސްޢޫލިއްޔަތު ދޫކޮށްލާފައެވެ. ކޮންޒަވޭޓިވް ޕާޓީއާއި ގުޅުން ބަދަހިކުރުމުގެ ބޭނުމަކީ އެމީހުން ވެރިކަމަށް އަންނާނެތީހެއްޔެވެ؟ ސަރުކާރުން އަދި ވެރިކަން ކުރާ ޕާޓީއިން އެއްވެސް ޤައުމެއްގެ ދާޚީލީކަމެއްގެ ތެރެއަށް ވަނުމަކީ ރަގަޅުކަމެއްނޫނެވެ. ސަރުކާރުން އަބަދުވެސް ގެންގުޅެން ޖެހޭނެ ސިޔާސަތަކީ ޤައުމު ތަކުގެ ސަރުކާރާއި ގުޅުން ބަދަހިކުރުމެވެ. ރައްޔިތުންގެ ފަރާތުން ތަމްސީލްކުރާނީ ސަރުކާރެވެ. ވެރިކަން ކުރާ ލޭބަރ ޕާޓީއާއި ކޮންސަވޭޓިވް ޕާޓީއާއި މެދު އޮންނަ ގުޅުން ދިވެހިން ބަލާކަށް ބޭނުމެއްނުވެ. ވާހަކަ ދައްކަން ޖެހޭނީ ސީދާ ސަރުކާރާއެވެ. އެމްޑީޕީގެ ކެމްޕޭނު ޖަލްސާއެއްގައި ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް ފާޑުކިޔައި އެއީ ހުދުމުހުތާރު ވެރިކަމެއްކުރާ ބައެއްކަމަށް ބުނި އިރު މިހާރު ސަރުކާރުން ވާހަކަ ދައްކަމުން ދަނީ ޗައިނާގެ ސަރުކާރާއެވެ. ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީއާއެވެ. މިއީ ޑިޕްލޮމަސީގެ އުސޫލުން ބަލާއިރު ކަންތައް ކުރަންޖެހޭގޮތެވެ. އެހެންނަމަވެސް އެމްޑީޕީގެ ބިންގާ އެޅުނީ އެހަމައަކުންނެއްނޫނެވެ. ފުރަތަމަ އެޕާޓީއަށް އެއްޗެހި ކިޔާފައި މިހާރު އެޖެހުނީ ކޮންތާކުތޯއެވެ؟

ސަރުކާރުގެ މިސްރާބު ބަދަލުކުރަން ޖެހެއެވެ. ރައްޔިތުންބޭނުންވާ މަގަށް ވެރިކަން ކުރުމަށެވެ. އެހެންނޫނީ މިވެރިކަމަކީވެސް އެކާވީސްވަނަ ޤަރުނުގައި އެކަށައެޅި ފުރިހަމަ ޤާނޫނު އަސާސީއެއްގެ ދަށުން ހިންގާ “ހުދުމުހުތާރު” ވެރިކަމަށް ވެދާނެއެވެ.

‮ ‬44‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ސަންގުބެ‮ ‬ވިދާޅުވީ


    ތާރީޚް:22/10/2009

    މިސަރުކާރެއް ދެން ރަންގަޅެއް ނުވާނެކަން އެންމެންވެސް ގަބޫލު ކުރާނެ. ހިގާދެން އެންމެން ވެގެން އިސްތިއުފާއަށް ގޮވާލަން 3ނޮވެންބަރުގައި އޮންނަ އެއްވުމުގައި ބައިވެރިވަމާ.

  2. އަތަރު ބިލިގާ‮ ‬ވިދާޅުވީ


    ތާރީޚް:22/10/2009

    މި ވެބްސައިޓަކީ، ވަޢުދު ނުފުއްދުމުގެ ލާމަސީލް ނަމޫނާއެއް. ސައިޓްގެ އެއް މުއައްސިސް އަދި ލިޔުންތެރިއެއް ބައެއް މައުލޫތަކަށް ލިޔާނެ ކަމަށް ކިޔުންތެރިން ގާތު ބުނުމަށް ފަހު ބަޚަބަރު!

    ސްވާލު މުބާރާތެއް ބާއްވާފައި އެކަން މިހާރު ހުދުކާފޫރަށްވެ އަވަދިވީ!

    ދެން އޮތީ ގައުމުގެ މިސްރާބުގެ ވާހަކަ. މިސްރާބު ހުރިގޮތް ލިޔުމުގައިވާ ފޮޓޯގަނޑުން އެހުރީ ފެންނަން. ޓައީ އަޅާފައި ރައްޓެހި މުއްސަނދިންނާއެކު މީރުހާ ކެއުންކައިފައި، ރައްޔިތުން ހައި ބަނޑަށް ބެހެއްޓޭތޯ ބެލުން، އެއީ ހިފާފައިވާ މިސްރާބަކީ.

  3. Dog‮ ‬ވިދާޅުވީ


    ތާރީޚް:22/10/2009

    މިގައުމުގެ މިސްރާބު ވަރަށްވެސް ގޯސް އެހެންވާނީވެސް ދިވެހިން ތެޅިގަނެފައި ބަދަލެއް ހޯދަންވެއްޖެ ވިއްޔާ؟ ވޯޓްކަރުދާސް ކޮޅުފެނުމާއި އެކު އަންނި ދެއްކި ހުވަފެނުގައި ޖެހި މައުމޫން ކަމުނުގޮސްގެން ނުވަތަ މައުމޫން މަތިން ފޫހިވެގެން އެހެން މީހެއްގެ ވެރިކަން ބަލާހިތްވެއްޖެ ވިއްޔާ، ދިވެހިންނަކީ ނުހަނު އަވަހަށް ފެޝަން ބަދަލުކުރަން ބޭނުންވާ ބައެއް އެކަން އެނގިގެން އާފެޝަނެއް ދިވެހިންނަށް އަންނި ދައްކާ މިގައުމުގައި އެފެޝަން ތައާރަފްކުރަމުން މިދަނީ، މިއީ މީހުން ގަބޫލުކުރާކަމެއް ވިއަސް ނުވިއާސް އެކަންކުރާނެކަމަށް ބުނަމުން، އެކަންކުރުމަށް ގާނޫނު އޮތަށް ނެތަސް އެކަންކުރާނެކަމަށް އަންނި އެދަނީ ބުނަމުން، އަންނި އަށް ޔަގީންވާކަމެއް އޮވޭ އެއީ ދިވެހިރާއްޖޭގައި ވެރިކަމެއް ވައްޓާނުލެވޭނެކަން މިހާރަކު އިރަކު ވިޔެއްކަމަކު، އެހެނީ ސިފައިން ވެރިއަކަށް ތާއީދު އޮތްކަމުގައި ވަނީނަމަ، އެކަންވާނެނަމަ އަންނި އަށް ނުވެނުދާނެކަން އަންނިގެ ޕާސަނަލީ ތަޖުރިބާއިން ވަނީ ހާޝިލުކޮށް އެގޮތަށް ގަބޫލުކޮށްފައި، އެކަން ތިއެންމެންނަށްވެސް އެނގޭ ގައުމުގެ ވެރިރަށުގައި އަލިފާން ބޯޅައުކާ ގޭގޭ މީހުންނަށް ނިދަން އުނދަގޫކޮށް ހަޅޭލަވާ ސިފައިންނާއި ފުލުހުންނަށް އަނިޔާކޮށް، ގައުމުގެ މުޖިރިމުންނާއި ގުޅިގެން ގައުމު ފަސާދަކޮށް މިހުރިހާކަމެއް ކޮށްގެންވެސް ވެރިކަން ވަނީ ވައްޓާނުލެވިފައި، އެހެންކަމުން ސިފައިންނަށް ކުރެވުނު އުނދަގޫ އެމީހުންގެ ހިތުން ފިލުވާލުމަށް އެމީހުންގެ ހުރިހާ މީހުންނަށް ރޭންކްތައް ދިނުން އެންމެ އިސްކަމެއް ގޮތުގައި އަންނިކޮށް އެމީހުންގެ ތާއީދު އެވަނީ ލިބިފައި، ދެން ރައްޔިތުން ކުރާނެ ހަމަ އެއްކަމެއްވެސް ނޯންނާނެ، އަންނި 05 އަހަރު ދުވަސް ވަންދެން ހަދާނެ އެއްޗެއް ހެދިގެން ޖެހޭނީ ތިބެން. އަންނި މިހާރު އެދަނީ އޭނާ ކެމްޕޭނަށް ޚަރަދުކުރި މީހުންނަށާއި އާއިލާ މީހުންނަށް ދޭނެ ފައިސާ ޖަމާކޮށް އެމީހުންނަށް ފައިސާ ދެމުން، އެކަންކުރުމަށް އެކަންކުރުމަށް ވަޒީފާ މަދުކުރަންޖެހުނަސް މުސާރަކުޑަކުރަން ޖެހުނަސް ގައުމުގެ ކޮންމެތަނެއް ވިއްކާލަންޖެހުނަށް އެކަންކުރާނެ، ދާދިފަހަކުން ކުރިކަމެއް ބަލާބަ 176 މިލިއަން ރުފިޔާ އަށް ދިރާގް މައިއޮފީސް އަޅާކަމުގައި ބުނެ ބަފައިބެއަށް އެވަނީ ލާރިގޯންޏެއް ދީފައި.

  4. Dog‮ ‬ވިދާޅުވީ


    ތާރީޚް:22/10/2009

    ގައުމުގައި ލާރިނެތޭ ކިޔާފަ ދިރާގް އިމާރާތް އަޅާނެ ފައިސާ ފެނުނީ ކޮންތަނަކުންބާ؟ އެކަން ނުވެގެންބާ ގައުމުގެ އިގްތިސާދު ދަށަށް މިދަނީ؟ ގައުމުގައި ފައިސާ ނެތޭ ބުނެ ށ.އަތޮޅު އޮފީސް ށ.ނިލަންދުއަށް ބަދަލުކުރުމަށް ފައިސާ ހޯދީކޮންތަނަކުންބާ؟ ބަޔަކު ނުކުމެ ހިތް ހަމަނުޖެހުން ފާޅުކުރީމާ އެމީހުނާއި މެދު ސަރުކާރުން އަމަލުކުރަންޖެހޭނީ އެހެންތޯ؟ އެމީހުން ސަކުވާކުރީ އެމިހުންގެ ހައްޤް ފައިސާ ސަރުކާރުން ނުދީ ހުރުމުން އެތަކެތި ހޯދުމަށް، އަންނި ކަންތައްކރަމުންގެންދާ ގޮތުން ދިވެހިރައްޔިތުންނަކީ އޭނާގެ އަޅުންހެން ހީވާފަހަރުވެސް އާދޭ، މިހެން ބުންޏެއްކަމަކު ރީދޫ ކުލައިގެ މީހުން ނުހިމަނާ މިބުނީ، އެމީހުންނަށް ކިތަމެ ކުޑަކަމެއް ވިޔަސް މާފަށްވެސް އެދޭނެ، ބަދަލުގައި ފައިސާއިން ހިތް ފުރާލަދޭނެމެ. މިއީ ރީދޫ މީހުންގެ ސަރުކާރަކީތޯ، ދެން އެހެން މީހުން ވެރިއަކަށް ބަލަންވީ ކާކުބާ؟

  5. ޕޮއް‮ ‬ވިދާޅުވީ


    ތާރީޚް:22/10/2009

    ޑޯގް އަދިވެސް މައުމޫނު ކޮޅަށް ޖަހަންދޯ ތިއުޅެނީ، ކަލެމެންގެ ކޮފީގަ އެކަނި ތިކަންވާނީ

  6. ޝަރުމާ‮ ‬ވިދާޅުވީ


    ތާރީޚް:22/10/2009

    dog އަށް
    ތިހާ ދިގުކޮށް ކޮމެންޓު ކުރާނަމަ ކިޔުންތެރިން ފޫހިވާނެ ކިޔަން….. އަދި ބޭކާރު ވާހަކަ ދެއްކުމަށް ވުރެން ރަނގަޅުވާނީ ކުރުކޮށް ފޮނިކޮށް ބުނެލާ ބަސްބަސް…. ދޯގް ގެ ކޮމެންޓްތައް ނުކިޔާކަމަށް ވަރށްގިނަ ކިޔުންތެރިން އަޅުގަނޑު ކައިރީގައި ހަމަގައިމުވެސް ބުނި……

  7. އަރުޝަދު‮ ‬ވިދާޅުވީ


    ތާރީޚް:23/10/2009

    އެއްބައި މީހުނަށް ހީވާކަހަލަ ހެވާއި ނުބައި، ތަހުޒީބާއި ނާތަހުޒީބަކީ އެމެރިކާއިން ދައްކާ ގޮތޭ.
    ޖަމައިކާގައި މީހުން މެރުން ގިނަކަމުން، މިދިޔަ އަހަރު ނޮވެމްބަރުގައި އެގައުމުގެ ޕާލަމެންޓުން ނިންމީ، ގާތިލުން ދަންޖައްސާ މެރުމަށް. މިހިރީ ދުނިޔޭގައި ކަން ހިނގާ ގޮތް.
    ވައްކަން ކުރުން، މީހުން މެރުން، ރޭޕް، އެބޯޝަން، މިހެން ގޮސް ހުރިހާ ނުބައި ކަމެއް އިސްލާމީ ދުނިޔެއަށް ވުރެން، ހުޅަނގުގެ ދުނިޔޭގައި ގިނަ.
    ނަމަވެސް އިސްލާމީ ދުނިޔެ އޮތީ މިއަދު ފަހަތަށް ޖެހިފައި. އިސްލާމީ ގައުމުތަކުގެ ތެރޭގައި ގިނައިން ހިމެނެނީ އަރަބި ގައުމުތައް. އެތަންތާ އޮތީ، ސެކިއުލާރިޒަމް އާއި ޑިކްޓޭޓާޝިޕް. އިސްލާމީ އުސޫލް ނުވަތަ ޑެމޮކްރެސީގެ އަސާސްތަކުގެ ތެރޭގައި ހިމެނޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް ނެތް މިތަންތާކު. ވެރިން ޝާހީ މީހުންގެ ގޮތުގައި ބައިތިއްބާ ދީނެއް ނޫން އިސްލާމް ދީނަކީ. އެންމެ ނިކަމެތި މީހާ އަށްވެސް ދެކޮޅު ހެދުމުގެ މިނިވަންކަން އޮތް.
    މެލޭޝިޔާ އަކީ އިސްލާމީ ގައުމެއް. އެގައުމު މިއަދު އެއޮތީ “ގޭޓްވޭ ޓު ދި އޭޝިއާ” އަށް ވެފައި. ފަހަތަށް ޖެހިފައެއް ނޫން އޮތީއެއް.
    ރާއްޖެއަށް މިހާރު މިއައިސްފައި އޮތީ ވަރަށް ހެޔޮ ބަދަލެއް. ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމާއި ދެކޮޅު ހެދުމުގެ މިނިވަންކަން އެއީ ގައުމުތަށް ކުރިއަރައިދާ އެއްސަބަބު.
    މިސަރުކާރާއި ހިތްހަމަ ނުޖެހުނަސް ޑީއާރުޕީ އާއި ހުރެން އުޅޭކަށް ނުޖެހޭ. އެމީހުން ނެތް މިގައުމަށް ހެޔޮ ބަދަލެއް ގެނެސްދީފައެއް. ސަރުކާރު ވައްޓާލަން ފައިވިއްދާފައި އެތިބެނީ. ޒަމާނީ ދުނިޔެ ނުދަންނަ ބޯބުރާންތިންތަކެއް އުޅޭ ޕާޓީއެއް އެއީ.

  8. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:23/10/2009

    މިލިޔުމުން ފާހަގަ ކުރެވޭ ތަންތަންކޮޅު
    1. “އަނެއްދިވެހިރާއްޖޭގެ އުފާވެރިކަން ދައްކައިދޭނެކަމަށް އުންމީދުކުރި ފޮނި ހުވަފެން ބިލާހަކަށް ވާން ފަށައިފިއެވެ. ޤައުމު މިސްރާބުން ނައްޓައިފިއެވެ.” މީގައި ވަރަށް ބޮޑު މަރުކާފަރު ޤަވާޢިދުގެ ކުށެއް އެބައޮތެވެ. އެއީ، ހުވަފެން ބިލާހަކަށް ވާން ފަށައިފިއޭ އޮވެފައި ޤައުމު މިސްރާބުން ނައްޓައިފިއޭ އޮތީމާ ދެބުރި ނުގުޅެއެވެ. އެހެންވީމާ ރަނގަޅު ގޮތަކީ “…ހުވަފެން ބިލާހަކަށް ވާން ފަށައިފިއެވެ. ޤައުމު މިސްރާބުން ނައްޓަން ފަށައިފިއެވެ” ނުވަތަ “ހުވަފެން ބިލާހަކަށް ވެއްޖެއެވެ. ޤައުމު މިސްރާބުން ނައްޓައިފިއެވެ.” ސަބަބަކީ ކަމެއް ވާންފަށައިފިނަމަ، އޭގެ ނަތީޖާ އަދި ފުރިހަމައެއް ނުވާނެއެވެ. ކަމެއް ވެއްޖެނަމަ، އޭގެ ނަތީޖާ ފުރިހަމަވާނެއެވެ.

    2. “ހަމަގައިމުވެސް ޝެއަރ ވިއްކާލައިގެން ލިބޭ ފައިސާއަށްވުރެ ގިނަ ފައިސާ ޝެއަރ ނުވިއްކިނަމަ ދިރާގުން ސަރުކާރަށް ދައްކާނެއެވެ. ޕްރައިވެޓައިޒްކުރުމުގެ ވިސްނުން ގެންގުޅެނީ ފަރަށްދާ އުސޫލުންތޯއެވެ.” ލިބޭ ފައިސާއަކީ ކާމިޔާބީގެ މިންގަނޑެއް ނޫނެވެ. ލިބޭ އާމްދަނީއަކީ ވެސް ކާމިޔާބުގެ ވަޒަނެއް ނޫނެވެ. މިޤައުމަށް ލައްކަ ގިނަ ފައިސާ ވަދެއްޖެއެވެ. އެކަމަކު އެތަނުން 1 ބިލިޔަން ރުފިޔާ ފެންފޮދަކާ ނުލާ ދިރުވާލީ ތަސްމީނެވެ. އެހެން 250 މިލިޔަން ޑޮލަރު (3 ބިލިޔަން ރުފިޔާ) ނޭވާއެއް ވެސް ނުލާ ދިރުވާލީ އެންދެރިމާގޭ އިލިޔާސްކަމަށް މައުމޫން ވިދާޅުވެ، ޝަރީޢަތްކޮށް އެކަން ކޯޓުގައި ސާބިތުވެސް ކޮށްފައިވެއެވެ. 8 މިލިޔަން ރުފިޔާއަށް ލޯން ސްޓާރ ގެ ނަމުން ނަންދީފައިވާ އާދަމް ޒާހިރުގެ ގަނޑުވަރު 10 ބުރިއަށް ހެދީއެވެ. އަދި އެތަނުން ކޮންމެ ބުރިއަށް 3 ލައްކަ ރުފިޔާއަށް ސަރުކާރުން ކުއްޔަށް ދިނީއެވެ. އިތުރު 3 ބިލިޔަނަށް ވުރެ ގިނަ ރުފިޔާގެ މައުމޫނުގެ އޮޅު ބުޅާތަކަށް އަނބުރާ ދައްކަން ނުޖެހޭ ލޯނުތަކެއްގެ ގޮތުގައި ދީ ހުސްކުރީއެވެ. ތިމާގެ ދަރިފުޅުގެ ބަފައިބެއަށް ވީތީ ގިރާވަރު ރައޫފަށް ވެސް މިލިޔަން މިލިޔަން ދިނީއެވެ. ހައްޖަ ހަސަނަށް ވެސް އެތައް މިލިޔަނެއް ދިނީއެވެ. އެހެންވީމާ، ދިރާގު ފަދަ ތަންތަނުން ގިނަ ލާރި ވަނުމުން އަޅުގަނޑުމެންނަށް ލިބުނީ ކޮން އެއްޗެއްބާވައެވެ؟ ބާރަށް ވައިރޯޅިއެއް ޖެހިލާއިރަށް ނެޓް ދަނީ ބުރިބުރިވަމުންނެވެ. ފޯނުގެ ރޭންޖު ހުދުކާފޫރަށް ވެގެންނެވެ. އޭރު ސަރުކާރުގެ ޝެއަރ ބޮޑުވީމާ، ސަރުކާރުން އެތަން ކޮރަޕްޓް ކުރުވަނީއެވެ. އޭގެ ބަދަލުގައި މިހާރު ކޭބަލް އެންޑް ވަޔަރ ލެސްގެ ޝެއަރ ބޮޑު ކުރީމާ، އެމީހުން ހިންގުމުގެ ނިންމުންތައް (މެނެޖީރިއަލް ޑިޒިޝަންސް) ނިންމާނެއެވެ. ކޯޕަރޭޓް ކުންފުންޏެއް ދުނިޔޭގައި ހިންގާ އުސޫލުންނެވެ. ސަރުކާރުގެ އަލާއުއްދީނު ވޮށްގަނޑުހެންނެއް ނޫނެވެ.

    3. “އޯލެވެލް ފެންފަރަށް ކިޔަވައިގެން އޮފީހަކަށްވަދެގެން މީހަކާއި އިނދެގެން މާލޭގައި އުޅެނީ ފައުޒީގެ ކުދިންނަށް ކިޔަވައިދީގެން ރަގަޅު މުސްތަޤްބަލެއް ހޯދައިދިނުމުގެ އުންމީދުގައެވެ. ރަށުގައި ކިޔަވައިދިނުމުގެ ފެންވަރެއްނެތީމައެވެ.” ރަށުގައި ކިޔަވައިދިނުމުގެ ފެންވަރު ނެތީ ކީއްވެގެން ބާވައެވެ؟ އެފެންވަރު ހުންނަނީ ހަމައެކަނި މާލޭގައި ހެއްޔެވެ؟ އެހެންވިއްޔާ އެއީ ކާކު އުފުލަން ޖެހޭ ޒިންމާއެއް ބާވައެވެ. ގައިމު މުދައްރިސުންގެ ތައުލީމީ މަރުކަޒު ހިންގާތާ އަޅުގަނޑުގެ ޢުމުރުން ވީ ދުވަހެއް ވެއްޖެއެވެ. އެތަން އެހެރީ އަޅުގަނޑުމެންގެ ގެއާ ޖެހިގެން އޮންނަ ބްލޮކްގައެވެ. އެހެންވީމާ، އެތަނުން ތަމްރީނުކުރި ޓީޗަރުންތައް ކޮބައިބާވައެވެ. އެމީހުން ތަމްރީނުކުރީއޭ ކިޔައިގެން ހެދީ ދޮގުބާވައެެވެ. ފައުޒީ ފަކީރަށް އެޙާލު ޖައްސާ، އޭނާގެ ރަށުގައި ކިޔަވައިދިނުމުގެ ފެންވަރު ދަށްކޮށްލާ، އޭނާ ރެފިއުޖިއެއްހެން މާލޭގަައި އުޅެން މަޖުބޫރުވީ ކާކުގެ ހިންގުންތެރިކަން ނެތިގެން ބާވައެވެ. ހަމަގައިމު ވެސް އެއީ މައުމޫނެވެ. އެހެންވީމާ، ފައުޒީ ރުޅި އަންނަންވީ މައުމޫނު ދެކެއެވެ. ފައުޒީމެން ރަށުގައި ނަރުދަމާ ނެތިގެން، ކަރަންޓް ނެތިގެން، ސިއްހީ ފަރުވާ ނެތިގެން، ތައުލީމީ ފެންވަރު ނެތިގެން ފައުޒީ ރުޅިއަންނަންވީ މައުމޫނު ދެކެއެވެ. އޭނާ އުޅުނު ތީމުގެއަށް ކުރި ޚަރަދުން ގައިމު ފައުޒީމެންގެ ރަށުގެ ސައިޒުގެ ކިތައް ރަށް މާލެއާ އެއް ފެންވަރަށް ތަރައްޤީ ކުރެވޭނެކަން އެބަ ފައުޒީއަށް އެނގޭ ހެއްޔެވެ؟ އެހެންވީއިރު، ފައުޒީ މައުމޫނު ތީމުގޭގައި އުޅެން ރުހެފައި، ފައުޒީ ރެފިއުޖީއެއްހެން އުޅެފައި، އަދި މައުމޫނަށް ސަޕޯޓްކުރަންޏާ ދެން ފައުޒީއަކީ ސިކުނޑި ހަމައަށް ހުރި އާދަމުގެ ދަރިއެއް ބާވައެވެ؟

    4. “ސަރުކާރުން އަދި ވެރިކަން ކުރާ ޕާޓީއިން އެއްވެސް ޤައުމެއްގެ ދާޚީލީކަމެއްގެ ތެރެއަށް ވަނުމަކީ ރަގަޅުކަމެއްނޫނެވެ. ސަރުކާރުން އަބަދުވެސް ގެންގުޅެން ޖެހޭނެ ސިޔާސަތަކީ ޤައުމު ތަކުގެ ސަރުކާރާއި ގުޅުން ބަދަހިކުރުމެވެ. ރައްޔިތުންގެ ފަރާތުން ތަމްސީލްކުރާނީ ސަރުކާރެވެ. ވެރިކަން ކުރާ ލޭބަރ ޕާޓީއާއި ކޮންސަވޭޓިވް ޕާޓީއާއި މެދު އޮންނަ ގުޅުން ދިވެހިން ބަލާކަށް ބޭނުމެއްނުވެއެވެ.” ރައީސް ނަޝީދު ކޮންޒަވޭޓިވް ޕާޓީގެ ޖަލްސާގައި ބައިވެރިވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ހައިސިއްޔަތުންނެއް ނޫނެވެ. އެމްޑީޕީގެ ފަރާތުންނެވެ. އެހެންވީމާ، އެއީ ދިވެހި ހުރިހާ ރައްޔިތުން، ދިވެހި ސަރުކާރު ތަމްސީލުކުރެވުނީ ކަމަށް ބެލޭނެތޯއެވެ؟ ވެރިކަން ކުރާ ލޭބާ ޕާޓީގެ ގުޅުން ވެސް ބަަލަން ޖެހެއެވެ. ފަތަހަ އާއި ހަމާސް ގެ ގުޅުން ވެސް އަޅުގަނޑުމެން ބަލާ ބީދައިންނެވެ. އަޅުގަނޑުމެން ޑިމޮކްރަސީ ދަސްކުރަނީ އަނެކުންގެ ތަޖުރިބާއިންނެވެ. އެއްބަޔަކު ކޮށްގެން ފެއިލްވި ކަމެއް ދެން އަޅުގަނޑުމެން ތަކުރާރު ނުކުރެވޭނީ އެކަންކަން ބެލީމައެވެ. އެކި ގައުމުތަކުގެ އެކި ޕާޓީތައް މަސައްކަތްކުރާ ގޮްތް ބަލައިގެންނެވެ.

    ދެން ވެސް މިލިޔުމުގައި އެތައް ބައިވަރު ދެއުޅިއެއް ނުވާ ތަންތަންކޮޅު އެބަ ހުއްޓެވެ. އެކަމަކު މިހާރު ވެސް މިކޮމެންޓް މާ ދިގުވީތީ ކުރުކޮށްލަމެވެ. މިއާޓިކަލަކީ އަޅުގަނޑުގެ މުޅި ޢުމުރުގައި ވެސް ކީ، އެންމެ ތާކުންތާކު ނުޖެހޭ، އުރަތްޕެއް، އޮއްޓަރެއް އަދި ޗަސްބެއް ނެތް އެއް އާޓިކަލެވެ.

  9. Dog‮ ‬ވިދާޅުވީ


    ތާރީޚް:23/10/2009

    ހާޝިމް އަށް، އެއްވެސް އިރެއްގައި ރީދޫ މީހުންކުރާ ގޯސްކަމެއްގެ ލިޔުމެއް ހާޝިމަކަށް ކަމަކު ނުދާނެ އެލިޔުމެއްގައި އުރަތްޕެއްވެސް ނުހުންނާނެ، އެހެންވީމާ އެއީ ހަގީގަތަށް އޭނާ ބުނާ އެއްޗެއް ނޫން، ލިޔުންތެރިޔާ ލިޔުނުއެއްޗެއް އަނެއްކާއަށް ފަހުމުވީމާ އެނިމުނީ މިއީ މުބާރާތަކަށް ލިޔާއެއްޗެއް ނޫން، މިއީ އެހެން މީހުންގެ ސަމާލުކަމަށް ކަމެއް ގެނައުމަށް ލިޔެފައިވާ ލިޔުމެއް، ލިޔުންތެރިޔާގެ ލިޔުމުން ދޭން ބޭނުންވި މެސެޖް އަޅުގަނޑުމެންނަށް ލިބިއްޖެ ތިގޮތުގައި ކުރިއަށްދޭ، ކޮންމެ ކަމެއްވެސް ހަގީގަތް އެނގޭކަމުގައި ދައްކަންވެގެން ހާޝިމް ބުނަމުންގެންދާނެ އެއޮނި މިއޮނިތަނަކީ އަޅުގަނޑު ގޭ ފުޅަށްބުޑުގައި އޮތްތަނެކޭ އަޅުގަނޑު ގޮސް އުޅޭތަނެކޭ، އެކަމަކު އެއްކަމެއްވެސް ހާޝިމަކަށް ނޭނގޭ، އަބަދު MDP ހަރުގޭގައި އުޅެއުޅެ އެތަނުގައި އުޅޭ ބުޅާ ބަގައިގެ ވާހަކަ އިވިގެން މިތަނުގައި ހަޅޭލަވާނެ.

  10. Dog‮ ‬ވިދާޅުވީ


    ތާރީޚް:23/10/2009

    އަނެއް ދިވެހިރާއްޖެ އެއީ ކޮންތަނަކު އޮތްތަނެއްތަ؟ އިނގިރޭސި ވިލާތުގެ ސްޓޭޓެއްދޯ، އެކަމަކު އެތަން އުފެދެން އަންނަނީ ކޮންޒަވޭޓިވް ޕާޓީއަށް ވެރިކަން ލިބުމުންނޯ؟ އެމީހުންނަކީ އަންނި އަށް ފަންޑުކުރި ބަޔެކޭ އެހެންވެ އެކި ސިފަސިފާގައި އަންނި އެތަނަށް ގޮސް އުޅޭނެ، އަންނި އަކީ ހާދައަވަހަށް ސިފަ ބަދަލުކުރާ މީހެކޭދޯ، އެއްތަނަކަށް މާކަނާއެއްގެ ސިފާގައި އަނެއްތަނަކަށް އަނެއް އެއްޗެއްގެ ސިފައިގާ ދިޔަޔަސް ތަންތަން ޕްރަވެޓައިޒްކުރުމުގައި ހުންނަނީ ރާއްޖޭގެ ރައީސްގެ ސިފާގައި، މިވަރުގެ ވެރިއެއް ދުނިޔޭންވެސް ދެނެއް ނުފެންނާނެ،
    1. ދިރާގް ސެއާރ ވިއްކާލައިގެން ލިބުނު ފައިސާ އިން ރައްޔިތުންނަށް ކޮށްދިނީ ކޮންކަމެއްތޯ؟ މައުމޫން ލާރިކޭ ކަމަށް ބުނާއިރު ދިރާގް މައިއޮފީސް އެޅުމުގެ ނަމުގައި 176 މިލިއަން ރުފިޔާ “އެލިޔާ” އަންނިގެ ބަފައިބެއަށް އެދިނީ ކޮން އިންސާފަކުންބާ؟ އެއީ ދިވެހިރައްޔިތުންނަށް މިވަގުތު އެޅުން އެހާ މިހިއްމު ތަނެއްތޯ؟ ދިވެހިރައްޔިތުންނަށް ސަރުކާރު އޮފީސްތަކުން ދައްކަންޖެހޭ ބިލްތަކަށް އެފައިސާ ނުދިނީ ކީއްވެތޯއެވެ.
    2. މާލޭ ސްކޫލްތަށް ޕަރަވެޓައިޒްކޮށްގެން ކިޔަވައިދިނުމަށް އުޅެނީ މާލޭގައި ކިޔަވައިދެވޭ ފެންވަރު ދަށްވެގެންތޯއެވެ. ޤިޔާޒުއްދީން ސްކޫލް ޕްރަވެޓައިޒްކުރުމަށް ވުރެ ރާއްޖެތެރޭގެ ތައުލީމީ ފެންވަރު ދަށް ސްކޫލެއް ޕްރަވެޓައިޒް ނުކުރަނީ މާލެއަށް އަންނާނެ ގިނަވެދާނެތިންތޯ؟ އޭރުން ފައުޒީ އޭނާ ކުދިން ގޮވައިގެން ރަގަޅަށް ކިޔަވައިދޭން ރަށަށް ނާންނާނެތޯ؟ ވާގޮތަކީ އެއެއްނޫން ރާއްޖެތެރެ އަދިވެސް އޮތީ އެގޮތުގައި ލާރިލިބޭނީ ގިނަބަޔަކު ތިބިތަނަކުން އެހެންވީމާ ލާރި ހޯދަން މީހުންފެލަން ބޭނުންނަމަ ކަންތައްތައްކުރާ އުޞޫލުން ކަންތައްކުރަމުން އެގެންދަނީ، ރާއްޖެތޭގައި ތަންއޮތް ތަނެއްގައި ޕްރަވެޓައިޒް ސްކޫލެއް އަޅަން ނޫޅެނީ ރާއްޖެތެރެއަށް އެތައުލީމް ބޭނުން ނުވާތީތޯއެވެ.
    3.ކޮންޒަޓިވް ޕާރޓީއާއި ގުޅެން އަންނި ކޮންމެ ސިފައެއްގައި ދިޔަޔަސް ކިޔާމީހުން ކިޔާނީ އެއީ މިގައުމުގެ ރައީސްކަމުގައި، އިދިކޮޅު ޕާރޓީ އަކީ ވެރިކަންކުރާ ޕާރޓީ އާއި ހިތްހަމަ ޖެހޭނެ ބައެއް ނޫން އެހެން ވުމުން ވެރިކަންކުރާ ޕާރޓީ ދެކޭނީ އެއީ ހަމައެކަނި ވަކި ޕާރޓީއަކަށް ތާއީދުކުރާ ވަކިބައެއްގެ ގޮތުގައި، އެވަދެވެނީ ބައެއްގެ ދާޚިލީ ސިޔާސަތަށް، އެހެން މީހުންވެސް އެގޮތަށް ވަންނަށް ބޭނުންނުވާތީ މިހާރު DRP އާއި ގައުމުތަކުން ފާޅުގައި ގުޅުން ނުބާއްވަނީ، އެކަމަކު ވެރިކަންކުރި އިރު މައުމޫނަކީ އެގައުމުތަކުގެ ވެރިން އެންމެ ރުހޭ މީހާ، ވާގޮތަކީ އަންނި އަށް ފަންޑުކޮށް އެތައްކަމެއްކޮށްދީފައިވާ ބައެއް ދޫކޮށްލައިފިނަމަ އަންނި އަށް ދުނިޔޭގައި ނުހުރެވޭ ވަރުކުރާނެ، ދަރާފައިވާ ދަރަނި އަދާކުރަންޖެހޭ، އަދި އެޕާރޓީއަށް އިނގިރޭސި ވެރިކަން ހޯދައިދިނުމަށް އެތަކެއް މަސައްކަތްކުރަންޖެހޭ އަކަމަށް ފައިސާ ބޭނުންވޭ އެފައިސާ ހޯދުމަށް އެންމެ ފައްސޭހަ ގޮތަކީ އަންނި ބޭނުންކުރުންކަން ކޮންޒަވޭޓިވް ޕާރޓީއަށް ވިސްނޭ،އަދި އެމީހުންނަށް ވެރިކަން ލިބިއްޖެނަމަ ތަހްލީލް ހެދުމަކަށް ބުނެ ރަށެއްވެސް ދިނުމަށްވަނީ ނިންމާފައި، STO ވެސް ވިއްކާލަން ނިއްމާފައިވަނީ އެޕާރޓީގެ އިސްމީހަކަށް، އެއީވެސް ޕްރަވެޓައިޒްކުރުމުގެ ނަމުގައި.

  11. މެންދުރުގެ އިރުފަދަ ހަޤީޤަތް‮ ‬ވިދާޅުވީ


    ތާރީޚް:23/10/2009

    1) ސަރުކާރަށް ފާޑު ކިޔާ، ސަރުކާރަށް ޕްރެޝަރު ކުރުމަކީ ވަރަށް ބުއްދިވެރިކަމެއް.

    2) ޑީއާރުޕީ އަށް ސަޕޯޓް ކުރުމަކީ ޤަމާރުންގެ ތެރެއިންވެސް ޤަމާރަކު ނުކުރާ ވަރު ޤަމާރު ކަމެއް.

    3) ސަރުކާރާއި ދޭތެރޭ، މީހުންގެ އިތުބާރު ގެއްލޭ ގޮތަށް ވާހަކަ ނުދައްކާ، މީހުނަށް ކެތްތެރިވާން ދަސްކޮށްދީފައި ލިޔުން ލިޔުމަކީ އެދެވޭ ކަމެއް، ނަމަވެސް މައްސަލައެއް ނޫން.

  12. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:23/10/2009

    އޭ ޑޯގޫ ދެން ނިކަން އެހެންވިއްޔާ ބުނެބަލަ ތަސްމީނު 1 ބިލިޔަން ރުފިޔާ ދިރުވާލި ވާހަކައާއި، އިލިޔާސް 3 ބިލިޔަން ރުފިޔާ ދިރުވާލި ވާހަކައާއި، އާދަމް ޒާހިރާ، އަންބަރީއާއި، ޢަބްދު ﷲ ޙަމީދާއި، ޔާމީނާއި، މިމިސްމީހުން ލާރި ކޭވާހަކަ އެއީ ދޮގެކޭ. އެމީހުންނަކީ މައުޞޫމް ފުށްކޮޅެއްހާ ސާފު ޠާހިރު ބައެކޭ. ތިއެއް ނޫނޭ ވާގޮތަކީ، ހަމަ ދެން މިހާރު މައުމޫނު އަތުން ޑޯގަށް ބައިވަރުތައް ނުލިބޭތީ ޑޯގުގެ އަނގަކަހަނީ. ނިކަން ކުޅުކޮޅަކުން އަނގަ ތެންމާލަ ބަލަ. ޑޯގުންގެ އަގައިގައި ހުންނާނެ ބައިވަރު ސަލައިވަރީ ގްލޭންޑް ކުޅު އުފައްދަން.

  13. Dog‮ ‬ވިދާޅުވީ


    ތާރީޚް:23/10/2009

    ހާޝިމަށް، އެބައިމީހުން ލާރިކޭކަމެއް އަދި ނުކާކަމެއްވެސް އަޅުގަނޑަކަށް ނޭނގޭ، އެނގޭހާވެސް އެއްޗަކީ އެބައިމީހުން އެތަކެތި ނުހަމަގޮތުގައި ކޭކަމަށްވާނަމަ އެމީހުން ޝަރީއަތުގެ ކުރިމައްޗަށް ނުގެނެސްގެން މިއުޅެނީ މިބައިމީހުންވެސް ލރިކާންވެގެންތޯއެވެ؟ ސަރީއަތުން ކުށް ސާބިތު ނުވާ ކޮންމެ މީހަކީ ކުށްވެރިއެކޭ ބުނުމުގެ ހައްގެއް އަޅުގަނޑަކަށް ލިބިގެން ނުވޭ، ހާޝިމް ގާނޫނު މަތީގައި ރީދޫ ލިބާސް ލައިގެން ހުއްޓަކަށް އަޅުގަނޑަކަށް އެކުލައިގެ ލިބާހެއް އަދި އެހެން ކުލައެއްގެ ލިބާހެއްވެސް ލިބިފައެއް ނެތޭ. އެނގޭ އެއްޗަކީ މިސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގެ ބަދަލުގައި އަޅުގަނޑުމެން ނިކަމެތި ރައްޔިތުން ދުވަހެއްދުވަހަށް ނިކަމެތިކުރަމުން ގެންދާކަން، މިސަރުކާރުގެ އިސްމީހުންނާއި ތާއީދުކުރާ ހާޝިމް މެންފަދަ މީހުން ހީކުރާކަހަލަ ސަރުކާރުގެ ލާރިގަނޑު ހިފައިގެން ރައްޔިތުންނަށް އަނިޔާކޮށް ނިކަމެތިކުރުމަށް ތާއަބަދު ދުނިޔޭގައި ތިބޭނަމޭ، މާތް ﷲ ގެ ވަހީބަސްފަޅާއި އިލްމްވެރިންގެ ފަރާތުން އަޅުގަނޑަށް އެނގިފައިވާ ގޮތުން ދުނިޔޭގައި ވާކޮންމެ އެއްޗަކީވެސް ނެތިގެންދާނެ އެއްޗެއް، މުސްކުޅިން ބުނާ ހަރުބަހެއްގައިވާ ގޮތުން އަތުގައި ހޭކެންޏާ ދަތުގައިވެސް ހޭކޭނެ، ވީހިނދު ލާރިއަތުގައި ޖެހޭ އެކެއްވެސް އެތަކެތި ނުހަމަގޮތގައި ބޭނުންނުކޮށް ހުންނާނެކަމާއި މެދު ޝައްކު.

  14. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:23/10/2009

    މިޑީއާރުޕީ އާލާތުންގެ ބޯގަމާރުކަންމިހުންނަނީ މައުމޫނު އެގެންގުޅޭ އާއުސްމިންތަކަށް އަރާފަ. ނިކަންބަލާބަލަ ލިއެފަ މިއޮތްލިމެއް.އެއްވެސް ހެއްކެއްނެތް ތާކުންތާކުނުޖެހޭ ލިއުމެއް. !1 . ހަމަގައިމުވެސް ޝެއަރ ވިއްކާލައިގެން ލިބޭ ފައިސާއަށްވުރެ ގިނަ ފައިސާ ޝެއަރ ނުވިއްކިނަމަ ދިރާގުން ސަރުކާރަށް ދައްކާނެއެވެ. މއީ ކޮންތާކުން ލިއުންތެރިޔާ ހޯދި މައުލޫމާތެއްހެއްޔެވެ. މަށަށް އެނގިފައިވާގޮތުން ސަރުކާރަށް ދައްކަންޖެހޭ އެންމެލޯލާރިއެއްވެސް މިކަމަކުން މަދެއްނުވޭ. ރެޑިޔޯއިން ވާހަކަ ދައްކަމުން ދިރާގުގެ މާރކެޓިން މެނޭޖަރ މިވާހަކަ ވަރަށް ތަފްސީލުކޮށް ކިޔައިދިން. މިކަހަލަ ފޫނުބެދޭ ވާހަކަ މިލިއުމުގަ މުޅިންވެސްހުރީ.

  15. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:23/10/2009

    ޑޯގޫ ޑީއާރުޕީ އެއީ ސިޔާސީ ޕާޓީއެއްގެ ސިފަ ލިބިފައިވާ ޕާޓީއެއްކަމަކަށް ދުނިޔެ ބަލައެއްނުގަންނާނެ އަދި ބަލައިނުވެސްގަނޭ.މީއެމީހުނަށް އޮތްވަރަށްބޮޑުގޮންޖެހުމެއް.އެކަން އެނގޭނެ ދާދިފަހުން ލަންކާ އަށް ޑީއާރުޕީގެ ގުރޫޕެއް ކުރިދަތުރުންވެސް.ލަންކާއިން އެމީހުންފައްސާލީ.ރައްކާވާށޭ ކިއާފަ.މައުމޫނު ވެރކަމުން ވައްޓާލީމަވެސް އެއުޅެނީ ފިރުކެމުންނަމަވެސް ވެރިކަމަށް އަދިވެސް އެރޭތޯ،ދޯގުމެން ކަށިހިއްވަރުލާފައި ތިޔަކާ އުޅުނަކަސް ދެނެއްތިކަމެއްނުވާނެ.ކިހާވަރެއްކުރިން ޑޯގުމެން މައުމޫނު ވެރިކަމުންބޭލިއަނުދޭން އެކަމަކު އެއޮތީބާލާފަ.ދެންޖެހޭނީ ހަމަ ތިޔަގޮތަށް ވައްވައް ޖަހަޖަހަ އޮންނަން.

  16. އިލިޔާސް‮ ‬ވިދާޅުވީ


    ތާރީޚް:23/10/2009

    ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިޔޯ ޚީޠާބުގައި ޣިޔާޘުއްދީން ސްކޫލް ޕްރައިވަޓައިޒް ކުރެއްވުމުގެ މައްސަލައަށްވެސް ބައްލަވާލައްވައި އެކަމުގައި ސަރުކާރުގެ ސިޔާސަތު ހާމަކޮށްދެއްވިއެވެ. ޣިޔާޘުއްދީން ސްކޫލަކަށްވެސް އަދި ޣިޔާޘުއްދީން ސްކޫލްގެ ދަރިވަރުންނަކަށްވެސް ދެރަވާ ހަމަ އެއްވެސްކަމެއް ނުކުރައްވާނެ ކަމަށާއި، މަސައްކަތް ކުރައްވަމުން މިގެންދަވަނީ ރާއްޖޭގައިވެސް ރަނގަޅު ތަޢްލީމެއް ދޭ، ބައިނަލްއަޤްވާމީ ތަޢްލީމެއްދޭ މަދަރުސާތަކެއް ޤާއިމު ކުރެއްވުމަށް ކަމަށް ވިދާޅުވިއެވެ. ސަރުކާރުން ހިންގަވަމުން ގެންދަވާ މަޝްރޫޢަކީ، ޣިޔާޘުއްދީން ސްކޫލް، ބައިނަލްއަޤްވާމީ ސްކޫލަކަށް ބަދަލުކުރެއްވުމުގެ މަސައްކަތް ކަމަށާއި، އެކަމުގެ ތެރޭގައި އެ ސްކޫލަކީ ފީ ނަގާ ސްކޫލަކަށް ބަދަލުވެގެންދާނެ ކަމުގައި ވިދާޅުވިއެވެ. މިހާރު ޣިޔާޘުއްދީން ސްކޫލްގައި ތަޢްލީމް ހާސިލުކުރަމުން ގެންދާ ދަރިވަރުންނަށް ކުޑަވެސް ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވެ، ފީގެ ގޮތުގައި ދައްކަންޖެހޭ އަދަދުގެ ބައިކުޅަ ބައެއް ސަރުކާރުން ދައްކަވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. ކަންމިހެންހުރިއިރު މިގައުމުގެ މިސްރާބުމިހުރީ ހެޔޮވެރިކަމަކާ ދިމާލަށެވެ.ފާގަތި ހިތްފަސޭހަ ކަމަކަށެވެ.ލިއުންތެރިޔާގެ ވިސްނުން ކޮށިކަމާއެވެ.

  17. އިސްބެ‮ ‬ވިދާޅުވީ


    ތާރީޚް:23/10/2009

    ޑޯގޫ.. އަހަރެން ހަމަ އަޖައިބުވަން..

    ދިރާގު އިމާރާތް އަޅަނީ އަޅެފަހެ ދިވެހި ސަރުކާރު ބަޖެޓުންތަ، ދިރާގުގަ ހުރީ ދިވެހި ސަރުކާރު ފައިސާތަ! ތިވަރު ބޯގަޅިޔަކު ކުރާ މިސައިޓްއަށް ކޮންމެންޓް ކުރާތީ ލަދުގަނޭ!

    ދިރާގު އިމާރާތް އެޅަން އެލިޔާ އަށް ލިބުނީ ބިޑް ހުށައަޅައިގެން އެންމެ އަގުހެޔޮކުން އެކަން ކުރާނެ ފަރާތަށް ވީމަ. މައުމޫނު ވެރިކަމުގަ ރައީސް އޮފީސްވެސް އެޅީ އެލިޔާއިން، ހަމަ ބިޑް ކާމިޔާބު ކޮށްގެން..

  18. އިސްބެ‮ ‬ވިދާޅުވީ


    ތާރީޚް:23/10/2009

    ޑޯގު ދެން ތިކިޔަނީ މިސަރުކާރުގެ އިޤުތިސޯދީ ޕޭލޭން ވަނީ ފޭލްވެފައޭ، އަންނި އުޅެނީ ލާރި ކާންށޭ 5 އަހަރު ދުވަހުވެސް ކުރާނެ ކަމަކީ ހަމަ ލާރި ކެއުމޭ! ކާކު މިކަން ގަބޫލު ކުރަނީ! ނުކުރާނެ ކަލޯ!!
    އެހެންނަމަ، އައްޑޫ ސަރީފް އާއި އުމަރު ނަސީރު އެލަވާ ހަޅޭއަޑު އަހާނެ ބަޔަކުވާނެ!..

    މައުމޫނު ވެރިކަން ކުރިގޮތަށް ވެރިކަން ކުރާނެ އޭ ހަމަ ޑޯގުއަށް ތިހީވަނީ، ނުކުރާނެ އެގޮތަކަށް، ނުވެސް ކުރެވޭނެ..

  19. އިސްބެ‮ ‬ވިދާޅުވީ


    ތާރީޚް:23/10/2009

    5 އަހަރުން 1 އަހަރު އަދި މިވީ މި ވެރިކަމުގަ! މިހާރުވެސް މިރާއްޖެ މިދަނީ ހެޔޮބަލަކަށްކަން އެބައިގޭ، މިރާއްޖޭގަ ރަގަޅު ތައުލީމެށް ލިބިފަ ހުރިމީހަކު ނުބުނާނެ މީދޮގެކޭ!

    ޑޯގުމެން ކަހަލަ ތަންދޮރު ނުދަންނަ ގަމާރަކު ބުނެފާނެ!

    1 އަހަރު ދުވަހު ތެރޭ ރާއްޖެ ހޯދަމުން މިދާ ދުނިޔޭގެ ސަމާލުކަން، ރައީސް ނަސީދުގެ މަގުބޫލުކަން ފެނިފަ، ޑީއާރުޕީ މީހުން ހަމަ ތެޅެނީ! އީދު ކުކުޅެއް ކަރުކަޑާލީމަ ތެޅޭހެން..

  20. އަތަރު ބިލިގާ‮ ‬ވިދާޅުވީ


    ތާރީޚް:23/10/2009

    ސްވާލު މުބާރާތުގެ ނަތީޖާ ކޮބައިހޭ ސުވާލުކޮށްލާއިރަށް އެ ކޮމެންޓް އެބަ ނަގާ!! އެ އަނެއްކަ ކަލޭމެން ނުކުރާ ކަމަކީތަ؟

  21. Dog‮ ‬ވިދާޅުވީ


    ތާރީޚް:23/10/2009

    އަޅުގަނޑު ނުބުނަން މިގައުމު ހިންގަންޖެހޭނީ DRP މީހުންނެކޭ އަލުގަނޑަށް ހެޔޮކޮންމް ބަޔަކު މިގައުމުގެ ވެރިކަމުގައި ތިބި ނަމަވެސް، ރައްޔިތުންނަށް ހޮޔޮވަނިކޮށް ތަކެތީގެ އަގު ތިރިވަނިކޮށް ވަޒީފާގެ ގިނަފުރޞަތު ތަކެއް ލިބެނިކޮށް މިސަރައިގެ ކުރި އެރުން ލިބި ހިތްހަމަ ޖެހިލައިގެން މިގައުމުގެ ދަރިންނަށް މިތަނުގައި އުޅެވެނިކޮށް، ތައުލީމާ ސިއްހަތުގެ ފެންވަރު މުޅިރާއްޖޭގެ ހުރިހާތަނަކުން އެއްފެންވަރެއްގައި ލިބެނިކޮށް ކޮންމެ ރަށަކަށްވެސް ނުތެމި ފޭބޭ ފަދަ ބަނދަރަކާއި މުދާބޭލޭނެ ގޮތް ހެދެނިކޮށް ޙިދުމަތްތަކުގެ އަގު ހެޔޮވެ މީހުންގެ ޖީބަށް ބަރުވާގޮތް ވުމީ އަޅުގަނޑުވެސް އެދޭކަމަކީ މިއިން އެއްވެސް ކަމެއް އަންނި ކޮށްދެމުން އެބަދޭބާ، 01 އަހަރު ދުވަސް ވީއރު އެންމެ ރަށެއްގެ ބަނދަރވެސް ފުންކުރަން ފެށިއްޖެތޯ؟ އެންމެ ސްކޫލެއްވެސް އެޅިއްޖެތޯ ؟ ހެލްތު ސެންޓަރެއް ހޮސްޕިޓަލެއް އެޅިއްޖެތޯ، އެއްވެސް އެއްޗެއްގެ އަގު ހެޔޮވެއްޖެތޯ؟ ބޯހިޔާވެހިކަމުގެ ގޮތުން އެންމެ ފުލެޓެއްވެސް އެޅިއްޖެތޯ، ނުކުރެވޭ އެންމެ މިއިން އެއްވެސް ތަނެއްގެ ބިންގާވެސް އެޅުނީކީނޫން، ދުނިޔޭގެ ތަންތަނަށް ގޮސް ކުރިން މައުމޫން ހޯދައިފާ ކާމިޔާބީތަކުގެ ސަބަބުން އެތަންނުގެ ރިޔާސަތު އަންނި އަށް ދިނުމުންވެސް އެތަންތަނުގައި ރާއްޖެ އަގުވައްޓާލާފައި މިއަންނަނީ، ދިވެހިސަރުކާރުގައި ފައިސާއެއް ނެތްކަމަށް ބުނެ ދިރާގްގެ މައިއޮފީސް އެޅުމަށް ބަފައިވެއަށް ލާރިދިނީ ސަރުކާރުންކަން އިސްބެއަށް ނޭނގުނެއްކަމަކު އަޅުގަނޑަށް އެނގޭ ބިޑެއްވެސް ފުރިހަމަ ނުކޮށް އެކަންކޮށްފައިވަނީ، ނޭނގޭނަމަ އެނގޭ މީހުންގެ ކިބައިން ސާފްކުރޭ، ދެންބުނަންތަ ސަރުކާރުން ބޭނުންވާ ގޮތަކަށް ދިރާގްގެ މަސައްކަތްތައް ކުރެވެމުންދާނީ އެތަނުގެ ބޯޑްމެމްބަރުންނަކީ ސަރުކާރު ހިންގާ މީހުން އައްޔަންކުރާ ބައެއް ނޭނގެންޔާ ސާފްކުރުމުން އެނގޭނެ، އެއްއަހަރުގެ ވެރިކަމެއްގެ ވާހަކަ ދައްކާއިރު 30 އަހަރުދުވަހު ރައްޔިތުންނަށް ނުޖައްސާ ހާލު މިވީ 01 އަހަރުހު މިދަނީ ފެންނަމުން، ވަޒީފާއިން ކާނޑާލީ ކިއްތައް މީހުންތޯ، މުސާރަކުޑަކުރަތީ ކަންބޮޑުވެފައިތިބީ ކިތައް މީހުންތޯ، އެއިން އެއްވެސް މީހެއްގެ އިހްސާސެއް ތިއިން މީހެއްގެ ކަންފަތަށް އިވި ސިނކުނޑިން ވިސްނާލީންތޯ، ރައްޔިތުންގެ އަޑުއަހާނަމަ ރާއްޖޭގެ އިގްތިސާދު ދަށަށް ގޮސްފައިވާނަމަ ފުރަތަމައިން ނިކަމެތި ރައްޔިތުންގެ ބިކަހާލުގައި ނުޖައްސާ ސިޔާސީ ބޭނުމަށް ލައްވާފައިތިބި ބޭކާރު ކައުންސިލުން ވަކިކުރަންވީނުންތޯ، އެހެނެއްނޫން، އަންނި ކޮންމެކަމެއްވެސް އޭނާ ހިތަށް އެރިގޮތަށް ކުޜާނެކަމަށް ހަރު އަޑުން ބުނަމުންދަނީ އެއީ ގާނޫނު އޮތަށް ނެތަސް ވަށިހަމަކަމުގައި ބުނެ، ދެން ގައުމު ދާ މިސްރާބު މިލިޔުމުގައި ލިޔެފައިވާ ގޮތަށްވުރެވެސް ވަމުންދާނީ ގޯސްކޮން.

  22. Dog‮ ‬ވިދާޅުވީ


    ތާރީޚް:23/10/2009

    ދެން ކޮންމެ އެއްޗެއް ބުނާ އިރަށް މިސަރުކާރުގެ އަސާގަނޑު ނެރޭނެ، އެއީ ކުރީ ސަރުކާރުންގެ ހިޔާނާތޭ މީހުން ލާރިކައިފައޭ، މިހެން އަޅުގަނޑުމެން ގާތު ކިޔާނެކަމެއްނެތް ކައިފަ އޮތިއްޔާ ބަނޑުފަޅާ ނެރުމަކީ މިއަދުގެ ސަރުކާރުގެ ޒިންމާއެއް، އެހެން ކިޔަމުން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވާ ތިމާމެން ކަންޏާމުން މިއަދު އަޅުގަނޑުމެން އަގަނތަޅާނަން، އެހެން ކަންތައްވެސް ކުރާނަން ވެރިކަމުން ބޭލޭނަމަ އެކަންވެސް ކުރާނަން، އެކަމަކު ރިވެތި ގޮތުގައި ރައްޔިތުންނަށް ދިރިއުޅެވޭނެގޮތް ހަދައިދީ ރައްޔިތުންގެ ރުހުން ހޯދަން އުޅޭނަމަ އެކަމުގައި ސަރުކާރާ އަތާއި އަތްގުޅާލައިގެން ދިއުމަށްވެސް މިހުރީ ތައްޔާރަށް،

  23. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:23/10/2009

    އިސްބެއާއި ޕިސްޕިސް ގެ ކޮމެންޓްތަކަށް ހަމަ ލޮލުން ބޮލުން ތާއީދު، ދެން އިސްބެ ވިދާޅުވިހެން މިރާއްޖޭގައި ރަނގަޅު ތަޢުލީމެއް ލިބިފައި ހުރި އެކަކު ވެސް ނުބުނާނެ މިދަނީ ގޯސް މިސްރާބަކަށޭ. މަތީގައިވާ ލިޔުމާއި، ޑޯގުގެ ކޮމެންޓްތަކަކީ ވަރަށް ނާތަހުޒީބު، ޖާހިލު، ގޮތްކުޑަ ލިޔުންތަކަކާއި ކޮމެންްޓްތަކެއް. ޒާތީ ތަޢައްސަބުން ކަޅިވެފައިވާ މިފަދަ ފަރާތްތަކަށް ހެވެއް ނުވިސްނޭނެ. އެހެންނޫންނަމަ، އަބޫޖަހުލު ވެސް އިސްލާމް ވީސް. ފިރުޢައުނު ވެސް އިސްލާމް ވީސް. މިޑޯގުމެންނަށް އެނގޭނެހާ ވެސް ކަމަކީ، އުމަރު ނަސީރުމެން، މަވޯޓާމެން ފަދަ މީހުން ލަވާ ހަޅޭއްތައް ތަކުރާރުކުރުން. ދެން ހަމަ ދަންނަވާފާނަން އަނެއްކާ ވެސް ވާހަކައެއް. ޓީޗަރުން ތަމްރީނުކުރަން މައުމޫނު އެޅި ތަން އެހެރީ އަޅުގަނޑުމެންގެ ގޭ ދޮށުގައި. އެކަމަކީ ވެސް ޑޯގަށް ދޮގުކުރެވޭނެ ކަމެއް ނޫން. ނުކިޔަވާ ތިބި ޖާހިލުންނަކަށް ނޭނގޭނެ އިނގޭތޯ ޕްރައިވެޓައިޒްކުރުމާއި، ޑީސެންޓްރަލައިޒްުކުރުމުގައި ހުރި ފައިދާތަކެއް. ދެން ތެދެއް ޙަސަން ސައީދު ކިޔާނެ ސަަރުކާރަށް އެއްޗެހި. އެއީ، އޭނާވެސް ވާދަކުރި ގޮނޑިއެއްގައި މުޙައްމަދު ނަޝީދު އިންނެވީމާ. ޤާސިމް ވެސް އަދި އުމަރު ވެސް ކިޔާނެ އެއްޗެހި. އެކަމާ ކަންބޮޑުވާނެކަމެއް ނެތް. އަދި އެއީ ޙަޤީޤަތަކަށް ވެސް ވާކަށް ނުޖެހޭ. ޙަޤީޤަތަކީ، މިގައުމުގައި ސިޔާސަތާއި، ދިވެހިރާއްޖޭގެ ވެރިކަމުގެ ބައްޓަމާއި ވައްޓަފާޅި މުޙައްމަދު ނަޝީދަށް ވުރެ ބޮޑަށް ދެނެވަޑައިގަންނަވާ ބޭފުޅަކު މިވަގުތު ނެތްކަން. އެހެންނޫންނަމަ، ޑރ ވަޙީދުމެން، ޑރ ޙަސަން ސައީދުމެން، ޤާސިމް އިބްރާހިމްމެން މައުމޫނުމެންނަށް ވެރިކަން ލިބުނީސް. އޭގެ ތެރެއިން އެއްބަޔަކީ ނަޝީދަށް ވުރެ މޮޅަށް ކިޔަވައިގެން ތިބި މީހުން، އަނެއް މީހަކު އަތުގައި ނަޝީދަށް ވުރެ ފައިސާ ގިނަ. ޙަޤީޤަތަކީ، ދިވެހިން ބޭނުންވީ ބަދަލުކަން. އަދި އެބަދަލު ދިވެހިން ތަރުޖަމާކުރީ މުޙައްމަދު ނަޝީދުގެ ގޮތުގައިކަން، އަދި މިހާރު ވެސް ކެނޑިނޭޅި އޭނާއަށް ތާއީދު އިތުރުވަމުންދާކަން. މިކަމާ ޑޯގުމެން އިރިއިރިލައިގެން އުޅެންޏާ އުޅެންވީ. ވައްވައްޖަހަން ބޭނުންވަންޏާ ޖަހަންވީ، އެކަމަކު މިސަރުކާރަކާ ނުކުޅެވޭނެ. އެވަރުގެ ހިތްވަރެއް ވެސް، ތަޢުލީމެއް ވެސް، ތަޖުރިބާއެއް ވެސް ނުހުންނާނެ ޑޯގުގެ ކިބައިގައެއް. ތިޔަ ފަދަ ރޯނު އެދުރުންނަކީ މުޖުތަމަޢުގެ ކަތުރުފަނި. މުޖުތަމަޢު ކަމުން ވީދަމުން ނޮޅަމުންގެންދާ ކަތުރުފަނިތަކެއް.

  24. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:23/10/2009

    ޑޯގު ބުނެފި “އެއްއަހަރުގެ ވެރިކަމެއްގެ ވާހަކަ ދައްކާއިރު 30 އަހަރުދުވަހު ރައްޔިތުންނަށް ނުޖައްސާ ހާލު މިވީ 01 އަހަރުހު މިދަނީ ފެންނަމުން”. މިއީ ވަރަށް ތާކުންތާކު ނުޖެހޭ ކޮހެއް. މިވީ 1 އަހަރުގެ ތެރޭގައި ކާކުތޯ ޚިޔާލުފާޅުކޮށްގެން ޖަލަށްލީ؟ ކޮން މާބަނޑު އަންހެނެއްގެ ބަނޑުގައިތޯ ފުލުހުން މުގުރުބުރިން ޖެހީ؟ ކޮން އެކްޓިވިސްޓެއްގެ އަނގުނުތައްތޯ ބިންދާލީ؟ ކާކުތޯ ޖަލުގައި މަރާލީ؟ އަދި އެއްތަންކޮޅު. ޑޯގަށް ނޭނގުނަސް ދިވެހިރައްޔިތުން ދަނޭ މިހުސްވާ އަހަރަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ދުނިޔެ ދުށް އެންމެ ތަދު އަހަރުކަން. ކިތަންމެ ވަރަކަށް މަސައްކަތްކުރިއަސް، ނުލިބޭ ލާރިއަކުން، ނެތް ލާރިއަކުން ކިހިނެތްބާ ކަމެއް ކުރާނީ؟ އެކަމަކު ވެސް ނަޝީދު ތީމުގެއަށް ވަޑައިނުގަތުމުން ސަލާމަތްވި ފައިސާއާއި އެގޮތް މިގޮތުން ހޯދި އެހީއިން އެބަލިބޭ މުސްކުޅިންނަށް 2000 ރުފިޔާ. އެފައިސާ ދިނުން އެއީ މިވީ އެއް އަހަރުގައި ސަރުކާރުން ރައްޔިތުންނަށް ޖެއްސި ނިކަމެތި ޙާލެއްބާ؟ އަނެއް ކޮޅުން އަގުބޮޑުވެގެން، ދޯނި ނުހިފިގެން މީހުން ދަތުރު ނުކުރެވި ތިއްބާ ފެރީ ސިސްޓަމް ފަށައިގެން 10 ރުފިޔާއަށް އެއްރަށުން އަނެއް ރަށަށް ދަތުރުކުރެވޭ ފެރީ ނިޒާމް ޤާއިމުކުރުމަކީ ވެސް ރައްޔިތުންނަށް ސަރުކާރުން ޖެއްސި ނިކަމެތި ޙާލެއްބާ؟ ކުރީގެ ސަރުކާރުގެ ޚިޔާނާތްތެރިންގެ ތެރެއިން ގިރާވަރު ރައޫފު އަތުން އެތައް މިލިޔަން ރުފިޔާ ގެނެސް ސަރުކާރަށް ވެއްދުން އެއީ ވެސް ސަރުކާރުން ރައްޔިތުންނަށް ޖެއްސި ޙާލެއްބާ؟ މަސްތުވާތަކެތި ވިއްކާ ބޮޑު 6 މީހުން ކުރެ 4 މީހުން ހައްޔަރުކޮށް ޖަލަށްލުން ވެސް އެއީ ދިވެހި ސަރުކާރުން ރައްޔިތުންނަށް ޖެއްސި ޙާލެއްބާ؟ މިވީ 1 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ އިންޝުއަރެންސް ޤާއިމުކޮށް، އެއިން ރާއްޖެއިން ބޭރުން ވެސް ބޭސްކުރެވޭ ގޮތް ހަދައިދިނުމަކީ ސަރުކާރުން ރައްޔިތުންނަށް ޖެއްސި ޙާލެއްބާ؟ ރާއްޖޭގެ އަތޮޅުތައް ޕްރޮވިންސްތަކަށް ބަހައި، ކޮންމެ ޕްރޮވިންސަަކުން ލައިސަންްސާއި، އައިޑީ ކާޑާއި، ޕާސްޕޯޓް މާލެ ނައިސް ރައްޔިތުންނަށް ހެދޭނެ ގޮތް އިންތިޒާމުކުރުމަކީ ވެސް މިވި 1 އަހަރު ދުވަހުގެ ތެރޭގައި ދިވެހިންނަށް ނަޝީދުގެ ސަރުކާރުން ޖެއްސި ޙާލެއްބާ؟ މުއްސަނދިން މުއްސަނދިވުމާއި، ފަޤީރުން ފަޤީރުވުން ހުއްޓުވުމަށް ކަރަންޓާއި، ފެނާއި، ކާޑުގެ އަގުބޮޑުކޮށް، ފަޤީރުންނަށް ވަކިވަކިން ސަބްސިޑީދޭން ނިންމި ނިންމުމަކީ ވެސް ރައްޔިތުންނަށް ޖެހުނު ޙާލެއްބާ؟ ޑޯގުމެން ފަދަ ފުރިހަމަ ސިކުނޑިނެތް ޙައިވާނެއް އިންސާނުން ކުރާ ކަންތައްތަކަށް ފާޑުކިޔަން ފެށީމާ ވާނެގޮތަކީ މަކުނުގެ ނިގޫ ފިތުނުހެން ޑޯގުގެ ނިގޫ ވެސް ފިތޭނީ. ޑޯގުމެން ތިބެންވީ ޑޯގުމެންގެ ސައިޒުގައި. ސައިޒު އޮޅިގެން ތިޔަހެން ނޫޅޭ ޑޯގޫ.

  25. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:23/10/2009

    ޑޯގު އެބަ ބުނޭ ކުރީގެ ސަރުކާރުގެ މީހުން ލާރި ކައިފައިވަންޏާ ބަނޑުފަޅާ އެލާރި ނެރުމަކީ ސަރުކާރުގެ ވާޖިބެކޭ. ރަނގަޅު ވާހަކައެއް. އެކަމަކު މައުމޫނު ނާސިރަށް “ޙަރާމީ ތިޔަ ބަނޑު ހިނދޭނީ ފަނާވެ ނިމިގެންނޭ”، “އަބުރާ ޤަދަރު އޮތީ ނާސިރު މެރުމުން، ބަނޑުގައި އެހެރަ ހަރާން ޑޮލަރު ދަމާ ނެރުމުން.. ބައްޔެއް ނުޖެހޭބާ؟ .. ރަނގަޅަށް ބޮނޑިބުއީބާ؟” މިފަދަ ލަވަތަކުންނެއް ނޫން މިސަރުކާރުން އެފައިސާތައް ހޯދާނީކީއެއް އިނގޭތޯ. މިސަރުކާރުން އެފައިސާތައް ހޯދާނީ ޤާނޫނުތަކުގެ ތެރެއިން. އެކަމަށް މިސަރުކާރުން މަސައްކަތް ފެށީމާ، މައުމޫނު ހޭކީ ބޮޑާ. ޔާމީން ދިޔައީ ކޯޓަށް. ދެން ދެމީހުން ހުރީ ހަނު. ދެން މައްސަލަ ބަލަން ހެދި ރިޔާސީ ކޮމިޝަން ގެންދިޔައީ ކޯޓަށް. ދެން އުޅުނީ އެމީހުންނަށް ޝަރީޢަތް ނުކުރެވޭ ގޮތަށް ޤާނޫނެއް ފާސްކުރަން. އެހެންވީއިރު، ދެން ޑޯގު ތިކިޔަނީ ކީކޭ؟ އަނެއް ކޮޅުން ޖަނގިޔާ ނާޒިމުގެ ޚިޔާނާތުގެ ޗެކްތަކާއި އެއްޗެހި ޓީވީން ދެއްކީމާ ވެސް ހުރީ ހަނު. އޭނާގެ އަންހެނުންގެ އަތުލިޔުމުގެ ސާމްޕަލް ހޯދަން ފުލުހުން އަމުރުކުރީމާ އެކަމާ ވެސް ދިޔައީ ކޯޓަށް. ގޮސް އެކަން ވެސް ނުވާހެން އެއޮތީ ހަދާފައި. ދެން ޑޯގު ދާންވީނު އެއެންމެން ގާތަށް ގޮސް ބުނަންވީނު މާތްކަލާކޮށްޓަކާއޭ ތިޔަހާ ބޮޑާ ނުހާކާ ރައްޔިތުންނަށް ޙަރާމްކޯރުވެ ދިރުވާލި ލާރިތައް ދޭށޭ އެހެންނޫނީ ނަޝީދަށް ވަރަށް ދަތިވާނޭ. ދެން އަދި ބުނަންޗޭ މިސަރުކާރުން ތިއިން އެކަކަށް ވެސް ހުތުރު ލަވަ ހަދާ ހާބުރިމެން ހޮޅުދުއްލޯމެން ލައްވާ އެލަވަތަކެއް ނުކިޔާނޭ.

  26. Dog‮ ‬ވިދާޅުވީ


    ތާރީޚް:23/10/2009

    މިގައުމުގައި ކިޔަވައިގެން ތިބީ ހަމައެކަނި އަންނި އާއި ހާޝިމް، ދެން އެމީހުންނާއި އެކު ރީދޫ ޖުއްބާލައިގެން ތިބި އައުވާނުން، ދެންތިބި މީހުންނަކީ އެއްވެސް އެއްޗެއް ދަން ބައެއް ނޫން، އެންމެ ދެރަވެގެން ލިޔަންކިޔަންވެސް ނޭނގޭ، އެހެން ކަމުން މިގައުމު ހިންގުމުގައި މިހާރު އެތިބީ މުޅިންވެސް ޑިގްރީ ހޯލްޑަރުންނާއި ފްރޮފެސަރުންނާއި ޕީއެޗް،ޑި އިން، މިގައުމު ހިންގާ ޕާޜޓީއަށް ނިސްސަބަތްވާ މީހެއް މެނުނީ މިފަދަ ދަރަޖައަކަށް ކިޔެވުފައިނެތް، އެކަމަކު މިރާއްޖޭ ހިންގަން މިތިބި މީހުން ޕާއެޗް.ޑީ ހަދާފައިވަނީ ޖަލުގެ ގޮޅިތަކުގައި ތިބެގެންނެވެ. މިސަރުކާރު ވުޖޫދަށް އައުމުގެ އަސްލަކީވެސް މިރާއްޖޭގައި ކުށްވެރިން ގިނަވެ، ޖަލުތަކުގައި ތިބި ކުށްވެރިންނާއި މިބައިމީހުން ގުޅުމެވެ. ޖަލުން ކިޔަވައިގެން ތިބި މީހުން މިތިބީ މިއަދު ވެރިކަމުގައެވެ. އެފައިން ކިޔަވައިގެން ތިބި އެހެން ބައެއް ނެތްކަމުގައި ހާޝިމް ބުނީ ތީ ވަރަށް އުފާވެއްޖެއެވެ. އެއީ ތިކަމާއި ހާޝިމާދެބަހެއް ނުވަމެވެ. ތިއީ ޖާހުލުންގެ ސަރުދާރުން ކަމުގައި މިއަދުގެ ކުޑަކުއްޖާވެސް ގަބޫލުކުރެއެވެ.

  27. Dog‮ ‬ވިދާޅުވީ


    ތާރީޚް:23/10/2009

    ފުލުހުން އަނިޔާކުރާ ވާހަކަ ނުދައްކާ މިހާރުވެސް އެކަންތައްތައް ދަނީ ކުރަމުން، މައުމޫން ގޭދަށަށް އެއްވެތިބި މީހުންގެ ގައިގާ ނުތަޅާތޯ، އެމީހުންގެ ލޮލަށް ކަރުނަގޭސް ނާޅާތޯ، މަޖިލިސްދޮށަށް އެއްވި މީހުން ފުލުހުންގެ ގައިގާ ނުތަޅާތޯ، ކޮންޓީނާއެއްގައި ބަޔަކު ގެންގުޅޭ ވާހަކަ ހިއުމަންރައިޓްސް އިން އެބުނަނީ އެކަން ނުވާތީތޯ، އެއީ ކުށްވެރިން ގެންގުޅެން ޖެހޭ ގޮތްތޯ؟ ޖަލުތަށް ހަލާކޮށްލައިގެން މުޖުރިމުން އާއްމުންގެ ތެރެއަށް ނުކުންނަމުން އެދަނީ އެކަންތައްތައް މިސަރުކާރުން ބެލެހެއްޓޭތީތޯ، އެއީ އާއްމު ރައްޔިތުން ބޭނުންވާ ގޮތްވީމަތޯ؟ ފުލުހުން މުގުރު ބުރިން އަންހެނެއްގެ ގައިގާ ޖެހިކަމަށ ތިބުނަނީ އެއީ އެމް.ޑިޕީގެ އެއްވުމެއްގައި ހިނގިކަމެއް އެފަދަ މީހުން ބޭނުންކޮށްގެން އެއްވުންތައް ހިންގަނީ އެއީ އިންސާނިއްޔަތާއި ހިލާފްކަމެއް، ނަޝީދު ތީމްގެއަށް ނައިސް މުލިއާގެނ ހެދުމަށް ކުރި ހަރަދު މަދުތޯ، ކައުންސިލަރުންނަށް ދެމުންގެންދަނީ ހައްގުފައުސާ ތަކެއްތީ، މިރާއްޖޭގައި ފައިސާނެތްކަމަށް ބުނާއިރު ބޭކާރު ހަރަދުކުރަމުން ގެންދަނީ ކީއްވެތޯ؟ ފެރީދަތުރު ނިޝާމެކޭ ބުނެ ރީދޫ މީހުންނަށް ބިޒްނަސް ފަށައިދިނުމަކީ ރައްޔިތުންނަށް ވެދޭ ހެޔޮކަމެއްތޯއެވެ. ކަރަންޓާއި އހެނިހެންތަކެތީގެ އަގުބޮޑުކޮށް ރީދޫ މީހުން އެއީ ފަގީރުންކަމުގައި ބުނެ އެމީހުންނަށް ސަބްސިޓީޒް ދިނުމަކީ އެހެން ރައްޔިތުންނަށް ވެދެއްވާ ހެޔޮކަމެއްތޯއެވެ. ހުރިހާވެސް ކަމަކީ ރީދޫ މީހުންނަށް މިވެރިކަމުގައި ފައިދާބޮޑުކޮށް މުއްސަދިކޮށް އެހެން މީހުން ނިކަމެތިކުރުން.

  28. Dog‮ ‬ވިދާޅުވީ


    ތާރީޚް:23/10/2009

    މިރަސަރުކާރު ހިންގުމަށް ކިޔަވައިގެން ތިބި މީހުންނަށް ގާނޫނެއް ނޭނގޭނަމަ ގާނޫނުގެ ތެރެއިން ކަމެއް ކުރެވޭނީ ކިހިނެތްތޯ، އެހެން މީހުންނަށް ގާނޫނުން ބޭރުގައި އެއްޗެއް ހަދަން އުޅެންޏާ އެމީހުން ކޯޓަށްވެސް ދާނެ، އެއްވެސް މީހަކު ވަށްކަންކޮށްފައި އައިސް ބުނޭތަ އަހަރެން މިއައީ ވައްކަންކޮށްފައޭ، އެކަން ހޯދުމަކީ ސަރުކާރުގެ ޒިންމާއެއް، އެކަން ހޯދަން ތިބި މީހުން ވަގުކަލޭގެ އަށްވުރެ ސުމާރޓްނުވެ ކިހިނެއްތޯ ވަގުކަލޭގެ ވައްކަންކުރިކަން ހޯދާނީ، އެހެންވީމާ އެފަދަކަމެއް ކޮށްފައި އޮތްކަމެއްވެސް މިސަރުކާރަށް މިއޮތީ ނުހޯދިފައި، ހޯދަން ނުވެސް އެނގިފައި، ހަމަ އަންނި ބުނާހެން ގާނޫނު އޮތަސް ނެތަސް މިކަންތައްތައް މިހެންކުރާނީކިހިނެއްތޯ؟ މިއިންވެސް އެނގެނީ ކިޔަވައިގެންތިބީ ކޮންބައެއްކަމެވެ، ދެން ބުނެފިއޭނުން ޕްރޮވިންސް އޮފީސް ހަދައިގެން ނުހަނު ގިނަ ހިދުމަތްދޭކަމުގައި، ބަލަގާ ގެއެއް ކުރަހައިގެން އެގެ އެޅުމަށް ހުއްދައެއް ހޯދުމަށްވެސް ތިބުނާ ޕްރޮވިންސް އޮފީސްތަކަށް ލައިގެން އުޅޭތާ މިހާރު 07 މަސްދުވަސް ވެގެންގޮސްފި، ލައިސަންސް ފޮތާއި އައި.ޑިކާރޑާއި މިފަދަ ހިދުމަތްތައް މީގެ ކރިންވސް އަތޮޅުއޮފީސް ތަކުން ދެމުންގެންދޭ، އެކަމަކު މިހާރު އެކަންކުރެވެނީވެސް ފަސްމަސްދުވަސް ހޭދަކޮށްގެން، މިއީ ތިބުނާ ފައްސޭހަކަމަކީދޯ. ސާބަސް

  29. Dog‮ ‬ވިދާޅުވީ


    ތާރީޚް:23/10/2009

    ނާޝިރު ވެރިކަމުން ފޭބިދުވަސް އޮތްގޮތެއްނޫން މިއަދުމިއީ، އެފަދައިން އޮތްނަމަހީ މައުމޫނަށްވެސް ހަދާނީ އެފަދައިން ނޫނީ އެއަށްވުރެ ގޯސްކޕށް، މިއަދު އެފަދަކަމެއް ނުކުރެވޭނެކަން އެނގިހުރެވެސް މައުމޫނަށް ހަނގާކުރުމަށް ގާނޫނާއި ހިލާފަށް އުޅެގެން ކުރިއެއް ނުލިބުނު، ދެން ކުރާނީ ކީއްތޯ، މަޑުން ހުންނަންޖެހޭނީ، މައުމޫނަކާއި ނުކުޅެވޭނެ، ދެންވެސް ހަދާނެއެއްޗެއް ހެދޭނީ ދިވެހިރައްޔިތުންތެރެއިން ނިކަމެތިންނަށް، އެކަން މިދަނީ ނުހަނު ރަގަޅަށް ކުރަމުން، ދުވެހެއް ދުވަހަކަށް ގައުމުގައި ރީދޫ ލިބާސް ބާލަމުންގެންދާ މީހުންދަނީ އިތުރުވަމުން، އެހެން ނުވާނީ ކީއްވެތޯ ވެރިކަމަށް އައީ އެތަކެއް ލިބާސްތަކުގެ ކުލަ އެއްކޮށް ބަތާން ފޮތީގެ ކުލަމަޖާ ލިބާހެއް ލައިގެން މިއަދު މިވަނީ ހަމައެކަނި ރީދޫކުލައަށް ލިބާސްފަހާފަ، އޭގެ އަޑިއަށް ކިލާފުހޭ ބަޔަށް ފެހިކުލަ ލައިގެން. ދެން ވެސް ތިބުނަނީ ގައުމުގައި މިސަރުކާރަށް ތާއީދު ދަނީ ބޮޑުވަމުންނޭ، ބަލަގާ އިއްޔެރޭ ދިއްދޫގައި ބޭއްވި drp ޖަލްސާ އަށް ކިތައް މީހުންދިޔަތޯ މީހުން ގިނަވެގެން އެކަމާއި ކަނޮޑުވެގެން އެމް.ޑީ.ޕީ މީހުން ހުރަސް އަޅައި ހަދަން އުޅުނުކަން ނޭނގެނީތޯ، އެކަމަކު އެރަށަކީ މީގެކުރިން ރީދޫ މީހުން ގިނަރަށެއް ކިހިނެއްތޯ އެވީ، ވެރިކަން ގޯސްކަމުގައި ވަނީނަމަ އެކުގައި އުޅޭނެ މީހުންވެސް މަދުވެގެންދާނެ.

  30. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:23/10/2009

    ހެހެ ޑޯގޫ މައުމޫނަކާނުކުޅެވޭނޭ،ލަދެއްވެސްނުގަނޭދޯތިހެންބުނާކަށް،ނުކުޅެވޭތިދޯ ވެރިކަމުގައި އެއޮތްހުރިހާދުވަހު ބަގުޑި ބައްދައިގެން އޮތް އޮތުން ނިމުމަކަށް ގެނެސް ދަމާވަށްޓާލީ،އެހެންވީމަ މިހާރު ވެސްކުޅެންބޭނުން ނަމަ ކުޅެވޭނެ.އެއްގޮތަކަށްވެސް ޑީއާރުޕީ މީހުންހީނުކުރާތި ހިޔާނާތްތަށް ފޮރުވައިގެން ތިބެވޭނޭ. ހެހެ ދިއްދޫގަ DRP ޖަލްސާތަކަށް މީހުންދިޔައޭ މައުމޫނުވެރިކަމުގަވެސް އަދި ކަރުން ހިމަ ނާރުނަގާފައި މިވެރިކަމެއް ބަދަލެއްނުވާނޭ 40 އަހަރު ވެރިކަންކުރާނަމޭ ވެސް ގޮވިއޭ،އެކަމަކު ވީކަމެއް އެބައޮތްބާ ޑޯގޫ!އޭރު ކަންބޮޑުނުވާ ބަޔަކު މިހާރު ދެން ވާނެތަ. މިހާރުދެން ޑޯގުމެން މިއުޅެނީ ތަސްމީނުމެން ދިއްދޫ ޖަލްސާގަ ބުނިގޮތަށް ވެރިކަންބަދަލު ކުރަން 3 ނޮވެންބަރަށް މާލެދާށޯ. ހެހެ ތަސްމީނު ބުނަނީ މިއައީ ދިއްދޫން މާލެދާނެ މީހުންކޮޅެއްހޯދާށޭ. ހެހެ ވެރިކަމާ ހެދި އަވަދިވަނީ .

  31. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:23/10/2009

    ޑޯގު ދިއްދޫ ޖަލްސާގެ ވާހަކަ ދެއްކުން ރަނގަޅެއް ނޫން. މިހާޝިމް ހުރީމޭ ދިއްދޫގައި އެޖަލްސާ ބޭއްވިއިރު. މިހާޝިމާ އެއް ފްލައިޓަކުންނޭ ތިޔަ ޖަލްސާއަށް ދިޔަ މީހުން މާލެއިން ދިޔައީ ވެސް. މިއީ ދޮގެއްތޯ ނިކަން ނިހާން ކުރެ އަހާބަލަ. ތިޔަ ޖަލްސާ ބޭއްވުމުގެ އިންތިޒާމް ކުރިތަނުގައި ވެސް ހުރީމޭ މިހާޝިމް. މިހާޝިމަށް އެނގެއޭ ދިއްދޫ ޖަލްސާއަށް މީހުން ގެނައި ރަށް ރަށާއި، ގެނައި ދޯނިތަކުގެ ރަޖިސްޓްރީ ނަަމްބަރުތަކަށް ދާންދެން. ތިޔަ ޖަލްސާއަށް މީހުން ގެނައީ ފިއްލަދޫންނާ، އުތީމުންނާ ކެލައިން. މިކަން ނޭނގެނީ ކާކަށްބާ؟ އަތޮޅުގެ 14 ރަށުން މީހުން ގެނެސްގެން ވެސް ހަމަވީ 100 އެއްހާ މީހުން ތިޔަ ޖަލްސާއަށް. އެހެންވީމާ، ދިއްދޫގައި ޑީއާރުޕީގެ ސަޕޯޓް އެބައޮތްތޯ؟ އެހެން ނޫނަސް، ރޭގައި ތިޔަ ޖަލްސާއަށް ދިޔުމުގެ ބަދަލުގައި ދިއްދޫ ރައްޔިތުން ތިބީ ޖޭ ކެފޭ ކިޔާ ތަނެއްގައި، އެރަށުން ޙައްޖަށް ދާ މީހަކު ދިން ކެއުމެއްގައި. ދެން ޑޯގު ބުނާނެ ހާޝިމު ހެދެނީއޭ އެއްޗެހި އެނގޭކަމަށް. އެކަމަކު މީ ވެސް އިއްތިފާޤެއް. މިހާޝިމް ހެނދުނު 7.30 ގެ ފްލައިޓުން ދިއްދޫއަށް ދާން އެރީމަ އެނގުނީ ވެސް ޖަލްސާއެއް އޮންނަ ކަން ވެސް. އެހެންވެ، މިކަން ވެސް ޑޯގަށް އަންގާލަން ބޭނުންވީ.

  32. Dog‮ ‬ވިދާޅުވީ


    ތާރީޚް:23/10/2009

    ހާޝިމޫ ދޮގު ހެދުމުގައި ހާޝިމް އެކޭ އަންނި އެކޭ ތަފާތެއްނެތް، އެޖަލްސާ އަށް ސަތޭކަ މީހުން ދިޔަކަމަށް ތިބުނީ ހާޝިމަށް ހިސާބު އަކުރު ގުނަންވެސް ނޭނގޭތީކަމަށް އަލުގަނޑު ދެކެން، ރަގަޅު ވާހަކައެއް drp މީހުން ދިޔައީ 03 ނޮވެމްބަރުގައި އެމީހުން ބާއްވާ މުޒާހަރާއަށް ތާއީދު ހޯދުމަށް، އެކަމަކީ އަންނިވެސް ނުކުރާކަމެއް ނޫން 10 އޮކްޓޫބަރ ގައި ރާއްޖޭގެ އެކިތަންތަނުން މީހުން ގެންނަން ކުރިމަސައްކަތުން ކަމެއް ވީތޯ؟ އެހެން ވީމާ މިފަރުވެސް އެގޮތަށް ބަޔަކު ތެޅުނަކަސް ކަމެއް ވާނެ އެކޭ އަޅުގަނޑެއްވެސް ނުބުނާނަން، އަޅުގަނޑަކީ ހަޤީޤަތަށް ވާހަކަދެއްކުމަށް ލޯބިކުރާ މީހެއް ހާޝިމް ފަދަ ދޮގު ހަދާ މީހެއް ނޫން، އެޖަލްސާ ކީއްތަ ކޮންމެތަނެއްގައި ކޮންމެ ކަމެއްގެ ވާހަކަ ބުންޏަސް ހާޝިމް އެތަނުގައި ނެތްކަމަކަށް ނުހަދާނެ، ނޭނގޭ އެއްޗެއް ނުމެ އޮންނާނެ، ބައެއް ފަހަރަށް ހިތަށް އަރާ ހާޝިމް އަކީ އިބިލީސް ނޫންބާވައޭވެސް އެހެނީ އިބިލީސް އަކީ އެއްފަހަރާ ކިތަމެ ތަނެއްގައި ހުންނަ އެއްޗެއް، މީހުންނަށް ނުބައި ވަސްވާސްދީ ދޮގު ހެދުމުގައި އަރާހުރި މިސާލެއް، ދިއްދޫގައި ބޭއްވި ޖަލްސާ އަށް ދިޔަ މީހުން މަދުވެގެންތޯ ދިއްދޫގައި ތިބި ރީދޫ މީހުން ރުޅިއައިސްގެން އަންނިގެ އެދުމުގެ މަތިން drp މީހުން އެރަށަށް އަރަން އައުމުން އެރިޔަނުދިނީ ރަށް ފުރުނީކަމަށް ރީދޫ މީހުންނަށް ހީވީތޯ، ސަތޭކަ މީހުން އަރައިގެން ދިއްދޫ އެއް ނުފުރޭނެ، އެފަދަ ކަންތައްތައް އެގޮތަށް ނުކުރާނަމަ ކައިރީގައި އޮތް ޕޮލިސް ސްޓޭޝަނުގެ ފުލުހުން ތައްޔާރީ ހާލަތުގައި ފުރަން ތިބެންޖެހުނީސްތޯ، ދެން ބުނަންތަ މައުމޫނަކާ ނުކުޅެވޭނޭ ބުނީ އެކަންކުރަން ނޭނގޭ މީހުން ކުޅެން އުޅޭތީ، މައުމޫނާ ކުޅެންޏާ ގާނޫނު ބޭނުންވޭ އޭނާ އަކީ އާދައިގެ ނިކަމެތި ރައްޔިތެއް ނޫން، ރާއްޖޭގެ ރައްޔިތުންގެ ތާއީދު ލިބިގެން 30 އަހަރު ވެރިކަންކޮށްފައިވާ މިގައުމަށް އެތަކެއް ހިދުމަތްކޮށްދީފައިވާ އޯގާތެރި ވަފާތެރި ހިތްހެޔޮވެރިއެއް، ދުނިޔޭގެ ދެވަނައެއްނެތް ލާމަސީލް ވެރިއެއްކަމަށް ގިނަ ބަޔަކު މިއަދުވެސް ގަބޫލުކުރާ ކިޔަވައިގެން ހުރި މީހެއް، އެހެންކަމުން މައުމޫން ވެރިކަމުން ބޭލުނީވެސް ގާނޫނީ ގޮތުން ބޭއްވި އިންތިހާބެއްގައި ނާކާމިޔާބު ލިބިގެންކަމަށް ވީހިދު އޭނާ އެކަން ގަބޫލްކޮށް ބޮޑާ ނުހާކާ ވެރިކަން އަންނި އާއި ހަވާލުކުރީ، އެކަމަކު ގާނޫނުން ބޭރުގައި މައުމޫން އަނދަގޮނޑި ޖައްސަން އުޅޭނަމަ އޭނާ ބޮޑާވެސް ހާކާނެ އެހެން ކަންތައްވެސް ކުރާނެ، ކަންތައްތައް ކުރެވޭނީ ކުރަން އެނގިގެން އެކަމުގެ ގާބިލްކަމާއި ތައުލީމްވެސް ލިބުގެން ތިބި ބަޔަކަށް، ބަޔަކު ހައްދާލައިގެން ތަހުތައް އެރުނަކަށް ހުރިހާކަމެއް ހިތުހުރި ގޮތަކަށް ނުހެދޭނެ، ވެރިކަމަށް އަންނަންވެގެން އެއްމެ ރިސޯޓެކޭ ބޭނުމީ މިރާއްޖެ އެހެން ރާއްޖެއަކަށް ހަދާނަމޭ މިއަދު އަލުގަނޑު ހިތަށް އަރާ އެންމެ ރިސޯޓެއްވެސް މިގައުމުގައި ނެތީތޯއެވެ. އެހެންވެއްޖެނަމަ އެއްމެ ރިސޯޓެއް އެޅުމަށް ވެރިކަމުގައި މިވީދުވަސް މަދުތޮއެވެ. ތިއުޅެނީ އަދިވެސް ނާށިގަނޑު ހިފައިގެން ސަލާން ޖަހަންވެސް ނޭނގިގެން ނުއަގުގައި ލައިގެން ހުރި ޖަންގިޔާވެސް ވިއްކާލަންވެގެނޭ، ކަމެއް ކުރަން ނޭނގުނަސް ތިއީ ފުކެއް ބޮޑުވަރު، ކޮންމެ ހުކުރެއް މިވަނީ ރައްޔިތުން ބިރުގެންނެވުމާއި ނިކަމެތިކުރުމުގެ ދުވަހެއްކަމުގައި މިސަރުކާރުން ހަދާފައި، އެކަމަކު މުސްލިމުންނަށް އެއީ ހިތްހަމަ ޖެހުމުގެ ދުވަހެއްކަމުގައި އަޅުގަނޑު ދެކެން.

  33. Dog‮ ‬ވިދާޅުވީ


    ތާރީޚް:23/10/2009

    ހާޝިމްގެ ވާހަކައިން ދިއްދުއަށް މީހުންގެނައިކަމަށް ބުނެފައިވަނީ ފިއްލަދޫ، އުތީމް ،ކެލާ އެކަމަކު ފަހުން ލިޔެފައިވާ ގޮތުގައި އަތޮޅުގެ 14 ރަށުން ހަމަވީ 100 މީހުން، ހާޝިމު ދައްކާވާހަކެ ދެކޮޅުވެސް ނުޖެހޭ، އެކަމަކު ތިޔައީ ކިޔަވައިގެން ތިބި މީހުންނަކީދޯ، ހާޝިމް ދައްކާހާ ވާހަކައެއް ގަބޫލުކުރާނީ އަންނި އާއި އޭނާގެ އައުވާނުން، އަޅުގަނޑުމެން ނުކުރާނަން، އެހެނީ އެޖަލްސާގައި އަޅުގަނޑުގެ އާއިލާގެ އެތައް މީހުންނެއް ބައިވެރިވެފައިވޭ، އެމިހުންނަކީ ކުޅުދުއްފުށީ ބައެއް އެކަމަކު ހާޝިމަކަށް ނޭނގުނު މިރަށުން ބަޔަކު އެތަނަށް ދިޔަކަމެއްވެސް، ދެން ތިކަހަލަ މޮޔަ ގޮވަން އެހެން ކުޑަކުދިން ކޮޅެއް ހޯދައިގެން އެމީހުން ގާތު ދައްކާ.

  34. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:23/10/2009

    ޑޯގު ދެންދާނަންތަ 3 ނޮވެންބަރަށް ވެރިކަންބަދަލުކުރަން .ޢެމްޑީޕީ ބޭނުންވިގޮތަށް އެއޮތީ ވެރިކަންބަދަލުކޮށްފަ،އެކަމަކު ޑޯގު އެންމެލޯބިވާ އޯގާތެރި ވަފާތެރި ހިތްހެޔޮވެރިއެއް، ދުނިޔޭގެ ދެވަނައެއްނެތް ލާމަސީލް ވެރިއެއްކަމަށް ޑޯގު ތިޔަބުނާ މީހަވެސް ޅަބުޅާ ގަނޑެއްހޫރާލާހެން ހޫރާނުލެވޭނެ ކަމަށް ޑީއާރުޕީން ބުނެބުނެ ތިއްބާ އެހޫރާލީ. ހެޔޮވާނީ ކިހިނެއްދޯ އެހެންހަދަން.ދެންތިހާވަރަށް ތިޔަކަމާ މޮޔަގޮވާ ނުރޮއެ މަށަށް ފެންނަނީ ތިޔަބުނާ އޯގާތެރިވެރިމީހަ އަށް ވެރިކަންދޭން 3 ނޮވެންބަރުގަ ވެރިކަންބަދަލުކޮށްފަ އޭރުންދެން އެނިމުނީނުދޯ. މަހިތަށް އަރަނީ ރާއްޖޭގެ ރައްޔިތުންގެ ތާއީދު ލިބިގެން 30 އަހަރު ވެރިކަންކޮށްފައިވާ މިގައުމަށް އެތަކެއް ހިދުމަތްކޮށްދީފައިވާ އޯގާތެރި ވަފާތެރި ހިތްހެޔޮވެރިއެއް، ދުނިޔޭގެ ދެވަނައެއްނެތް ލާމަސީލް ވެރިއެއްކަމަށް ގިނަ ބަޔަކު މިއަދުވެސް ގަބޫލުކުރާ ކިޔަވައިގެން ހުރި މީހެއް، ޑޯގުތިޔަބުނާ ގޮތުންނަމަ ނުކިޔަވާ ތަނެއްދޮރެއްނުދަންނަ މީހަކަށް ވައްޓަލެވުނީ ކިއެއްވެބާވައޭ. ތިހާ މޮޅުމީހެއްނަމަ ހުންނަންވީނު އަދިވެސް. އެކަމަކު ﷲ އޯގާތެރިކަން މާބޮޑޭ ދޯގޫ . އަބަދު ހިޔާނާތްެރިންނަކަށް އެކަންފޮރުވައިގެން ރައްޔިތުންނަށް އނިޔާވެރިވެގެންނެއް މައުމޫނަކަށްވެސް ނުހުރެވުންކަން ގަބޫލުކުރޭ. ކިހާބޮޑު އިބުރަތެއް.

  35. DOg‮ ‬ވިދާޅުވީ


    ތާރީޚް:24/10/2009

    މައުމޫނުގެ ވެރިކަން ވެއްޓުނުގޮތަށް ހަނދާންނެތިގެން އުޅެނީ ޑޯގެއް ނޫން އަންނި އާއި އޭނާއަށް ތާއީދުކުރާ މީހުން، އަޅުގަނޑުވެސް މައުމޫނުގެ ވެރިކަން ދެމިހުރުމަށް ބޭނުމެއް ނުވޭ ސަބަބުތަކެއް ނެތިއެއް އަޑުއަހާ، މައުމޫނު ކިތަމެ ރަގަޅު ނަމަވެސް މާގިނަދުވަހު ވެރިކަންކުރަންވީމާ ތިމާ މީހާ ގާފިލުވެގެންދާފަދައިން މައުމޫން ގާފިލުކުރުމަށް ފައިސާގެ ދަހިވެތިކަމުގައި އެތަކެއް މީހުން އެބުރެމުންދިއުމުގެ ސަބަބުން މައުމޫނަށްވެސް އެތަކެއް ގޯސްތައް ހެދިފައިވޭ، އަނެއް ސަބަބަކީ މައުމޫން ވެރިކަމުގައި ދިގުމުއްދަތެއް ހޭދަވެފައިވީ ހިނދު އެހެން ވެރިއެއްގެ ވެރިކަން ދެކި ދެމީހުންގެ ތަފާތު ދެކިލަން ބޭނުންވުން، އަނެއްކަމަކީ ވެރިކަމުގައި ހުރުމުގެ ސަބަބުން އެތަކެއް މީހުން މައުމޫނު ދެކެ ރުޅިއައިސްގެން ގައުމު ފަސާދަކުރުމަށް މަގުތަކަށް ނިކުތް ނިކުތުމުގެ ސަބަބުން ފުލުހުންނާއި ސިފައިންގެ އަގުވެއްޓި މިޖުތަމައު ނުރައްކަލަކަށް ހުށަހެޅިގެން ދިއުން. އެކަންކުރީ މިހާރުގެ ސަރުކާރުން ވެރިކަމުގެ ދަހިވެތިކަމުގައި. މިސަރުކާރަށް ވެރިކަން ލިބުނީ އެތަކެއް ބަޔެއްގެ އާދޭހާ ރުއިމުގެ ސަބަބުން ރައްޔިތުން އެކަމަށް ދެރަވެ އެމީހުންގެ ކިބައިން ހެޔޮވެރިކަމެއް ދެކެން ބޭނުންވެގެން، ނަމަވެސް އާދޭސްކުރި ގިނަ މީހުން ފޫކޮޅުގައި އަންނި ފައިންޖަހާ އެވަނީ ބޭރުކޮށް ، އެކީގައި އުޅޭ އައުވާނުން ކައިރިކޮށްފައި، ނިކަން ދެކި ބަލަ ގާސިމް ފަކީރަށް ހަދާލިގޮތް، ކެތް ނުވެގެން އެތަކެއް ޚަރަދުކޮށްގެން އައި މަގާމްދޫކޮށްލާފައި މީހަކު ދާނީ ކިހާވަރެއް ވީމާ، ހަސަން ވެސް އެތަން ފެނިފައި އަވަހަށް ދުރަށް ދިޔައީ، ދެން ބުނަންތަ އަޅުގަނޑެއް ނުދާނަން 03 ނޮވެމްބަރގައި ވެރިކަން ބަދަލުކުރާކަށް އެއީ އެގޮތަށް އަދި ވާނެކަމެއް ނޫން މިގައުމެއްގައި، އެހެނީ މިގައުމުގެ ސިފައިން އެތިބީ ވެރިމީހާގެ އަތްދަށުލާފައި، އެހެން ނޫންނަމަ އެކަން ވެއްޖައީސް، އެގޮތަށް އެކަންކުރެވޭނެ ނަމަ ގަދަބާރުން ވެރިކަމަށް އައި ފުރަތަމަ މީހެއްގެ ގޮތުގައި މިފަހުގެ ތާރީހް ތަކުން ފެންނާނެ މީހާ މިހާރު ވެރިއަކަށް އެހުރީ، އިދިކޮޅު ޕާރޓީގެ ގޮތުން އެފަދަ ހަރަކާތް ނުހިންގާނެކަމެއްވެސް ނެތް ވެރިކަން ބަދަލުވުމާއި ނުވުން އެހެން ކަމެއް ، ރައްޔިތުންގެ ރުހުން ސަރުކާރާމެދު އޮތްވަރެއް އޭރުން ހާމަވެގެންދާނެކަމީ ޝައްކެއްވެސް އޮތްކަމެއްނޫން، މިހާރުވެސް އެކަން މިދަނީ ނުސީދާކޮށް އެނގެމުން، އެހެން މިބުނީ ދިޓީވީން ގެނެސްދޭ ހިޔާލު ހޯދުމަށް ކުރާ ކޯލްތަކުގައި އެއްމެ މީހަކު ސަރުކާރާ އެއްކޮޅަށް ވާހަކަ ދެއްކި ނަމަ 05 މީހުން ނުރުހުން ފާޅުކޮށް ވާހަކަދައްކަމުން ގެންދޭ، ވީމާ މިކަމުގެ ހަގީގަތް އެފަދަ ކަމެއް ކޮށްލުމުން މުޅީ ދުނިޔެއަށާއި ގައުމުގެ އެންމެންނަށް ފެނިގެންދާނެ، އެއްވެސް ވެރިއެއް އަންނި އެކުރާ ގޮތަށް ވެރިކަންކުރާނަމަ އިތުރު ދައުރަކަށް ނުހޮވޭނެ، މިގައުމު ނޫންނަމަ މަރާލުންވެސް އެކަށީގެންވޭ، އެހެން މިބުނީ އެއްވެސް ވަރަކަށް ރައްޔިތުންގެ އިހްސާސްތަކެއް އަންނި އަކަށް މިހާރަކު ނޭނގޭ، އެފަދަ ކަމެއް އޮޅުން ފިލުވާކަށް ބޭނުމެއްވެސް ނުވޭ، ހިތުހުރި ގޮތަކަށް ރައްޔިތުން ރޮއްވާފައި ކަންތައްތައް ކުރަމުން އެގެންދަނީ، އަންނި އެކޭ ކަނޑޫފަލު ރަނިންގ އެކޭ ތަފާތެއް ނެތް. އަދި މިތަނުގައި ކޮންމެވެސް މީހަކު ބުނި ވާހަކައަކަށް އެއްޗެއް ބުނެލާނަން ، އިންސިއުރެންސް ސްކީމެއްގެ ދަށުން ރާއްޖޭން ބޭރުންނާއި ރާއްޖެއިން ބޭސްފަރުވާކުރެވޭގޮތް ސަރުކާރުން ހަމަޖެއްސީ ހެޔޮފުޅުކަމުންކަމުގައި ބުނެވޭނެ އެއްވެސް ޖާގައެއް އަލުގަނޑަކަށް ނުފެނުނެވެ. އެހެނީ މިރާއްޖޭގައި ނޫނަސް އިންސިއުރެންސް ކުންފިނިތައް އެބަހުއްޓެވެސް ލާރިދިނުމުން އެފަދަ ކަންތައްތައް އެމީހުން ކޮށްދެއެވެ. އެއީ އެމީހުންކުރާ ވިޔަފާރިއެއްކަން ނުދަންނަނީ ކާކުތޯއެވެ. ވީއިރު އެފަދައިން ރައްޔިތުންނަށް ބޭސްފަރުވާ ކޮށްދެނީކަމުގައި ބުނުމަކީ ހެޔޮވެސް ވާވަރުކަމެއް ނޫނެވެ. އެއީ ސަރުކާރުން ހިނގާ ބިޒްނަސް އެކެވެ. މިސަރުކާރަކީ ލާރިއާއި ހެދި ބޫތުކައިފާ ތިބި ބަޔެއްގެ ސަރުކާރެކެވެ. އެކަން ނުބުންޏަސް އެނގޭނެއެވެ. ވިއްކާފަ ނުވިއްކާނެ ތަނެއް މިދަނީ ނޭނގިގެންނެވެ. ވިއްކާފައި ނުވިއްކާނެ އެއްޗެއް ނެތެވެ. ބަޔެއްގެ ލާރިކޮޅެއް ތަނެއްގައި ހުއްޓަސް ނަގަނީއެވެ. އެގޮތުން ސަރުކާރު މުވައްޒަފުންގެ ޕްރޮވިޑެންސް ފަންޑުވެސް އެވަނީ ކާލާފައެވެ. ޓްރެޒަރީ ބޮންޑޭ ކިޔައިގެން ދައުލަތުން ބައެއް އިންޑިއާ އަށް ވިއްކާލުމަށް މިހާރު އެވަނީ ދަތުރު ފަށާފައެވެ. ދެން މިހެން ކިޔާނެކަމެއް ނެތް،

  36. DOg‮ ‬ވިދާޅުވީ


    ތާރީޚް:24/10/2009

    މިރޭ ށ.ފުނަދޫގައި DRP ގެ ޖަލްސާއެއް ބާއްވައިފި، ހާޝިމަށް އެނގޭތޯ އެތަނަށް ދިޔަ މީހުންގެ އަދަދު، ސޮރީ، ހާޝިމް އެތަނުގައި ހުރިންދޯ، ހައިރާނެއް ނުވޭތޯ އެތަނުގައި ތިމީހުންގެ އަދަދު ފެނިފައި ، އަދިވެސް ބުނޭ އެތަނަށް ދިޔައީ 100 ވަރަކަސް މީހުންނޭ، މާދަމާ ރޭ އެބައޮތް މިރަށުގައި ޖަލްސާއެއް ކިތައް މީހުން އެތަނަށް ދޭތޯ ބަލާލަން އަންނާތި، ނިކަން ދެކިބަލަ ވެރިކަންކުރާ ކޯލިސަންގައި ވަކިނުވެ އޮތް އަދާލަތު ޕާރޓީގެ އިލްޔާސް ޙުސައިން މިރޭ މިރަށު ޖަލާލުއްދީން ސްކޫލްގައި ދެއްކި ވާހަކަ އާއި މެދު، މިރަށުގައި އެބައުޅެއޯ ބޭރު ޓީޗަރެއް އޭނާ އަކީ ދެކުނު ރަށެއްގައި ކިޔަވައިދޭން އުޅެމުން ކީރިތި ރަޝޫލާ އާއި މެދު ބަދު ބަސް ބުނެފައިވާ މީހެކޯ، އޭނާ ޑީޕޯރޓް ނުކޮށް މިރަށަށް ގެނެސްފައި ހުރީއޯ، ސަރުކާރުގައި ދަންނަވައިގެން އޭނާ ބޭރުކުރާށޯ، އެކަން އެހެން ނުވެއްޖެނަމަ ރައްޔިތުން ނިކުމެ އެކަންކުރުމަށް އޭނާ ގޮވާލަމޯ، މިއީ ވެރިކަމުގައި ބައިއަތު ހިފައިގެން ތިބި މީހުންނަށް ބަސްބުނެވޭ މިންވަރަކީ ދެން ވިސްނާލާ، މިމީހުން އާދޭސްކޮށް ރޮއި ހަދައިގެން އަންނި އަށް ވެރިކަން ދިނުމަށް ގޮވާހެދިއިރު، މިމީހުން ބުނަމުން ގެންދިޔަ އަންނި އަށް ވެރިކަން ލިބިއްޖެނަމަ މިރާއްޖޭގައި އިސްލާމްދީން އިތުރަށް ވަރުގަދަކޮށް އެހެން ދީންތަކަށް ފުރުޝަތެއް ނުދޭނެކަމުގައި، މިހާރު މިމީހުން މިދަނީ އަނެއްކާވެސް އިސްލާހްކުރުމަށް ރައްޔިތުން ނިކުތުމަށް ދައުވަތު ދެމުން، އެހެންވީމާ މިބުނަނީ މިގައުމުގައި މިހާރު ވެރިކަންކުރަނީ ހަމަ އެކަނި ރީދޫ މީހުންނަށޭ، އެހެން މީހުން ބޭނުމެއް ނުވެޔޭ.

  37. އިސްބެ‮ ‬ވިދާޅުވީ


    ތާރީޚް:24/10/2009

    ވޭތިވެ ތިޔަ 30 އަހަރު މައުމޫނު ވެރިކަން ކުރިގޮތް ހަމަ ފިސާރި ރަގަޅަށް ޑޯގުއަށް އެބަޖެހޭ ބޯންދޭން..

    މައުމޫނު އެއްވެސް މުޥައްޒަފަކު މުސާރަ ކަޑާލާކަށް ނުޖެހޭނެ، މަދުވާއިރަށް އިތުރު ނޫޓް ޕްރިންޓްކުރީ..
    އަންނި ބޭނުމެށް ނުވޭ މިހެން ހަދާކަށް.

    ޑޯގްއަށް ވުރެ ދިރާގު މީހުންނާއި ދިރާގު އިގޭމީހުން އެބައުޅޭ. މާބޮޑަށް އިގިގަނެގެން ނޫޅޭ..

    އަދި ބުނަން ޑޯގު. މިސަރުކާރަށް މިހާރު ތާއީދު ކުރާމީހުންވެސް ގިނަ، އަދި ދާނީވެސް އިތުރު ވަމުން..
    5 އަހަރު ވެރިކަންވެސް ކުރާނެ، ސަރުކާރު ވައްޓައެއްވެސް ނުލެވޭނެ..

  38. Dog‮ ‬ވިދާޅުވީ


    ތާރީޚް:24/10/2009

    އިސްބެ ގާތުގައި ބުނެލަން ބޭނުންވަނީ މިސަރުކާރަސް ތާއީދުކުރާ އެމީހުންގެ އައުވާނުން އަންނި އާއިއެކު އެއްޗެތި ބުއެއްކަމަކު އަޅުގަނޑުމެން ނުބޯނަމޭ، އަދި ވޭތުވެދިޔަ 30 އަހަރުދުވަހުވެސް ނުބޮމޭ، ނުވެސް ބޯނަމޭ، އަންނި އަށް ވެރިކަން ލިބިފައިވަނީ މާތްﷲ އިރާދަކުރެއްވުމުން އެކަލާނގެ އިރާދަކުރައްވައިފިނަމަ މިއަދުވެސް މިވަގުތުވެސް އަންނިގެ ސަރުކާރު ވެއްޓޭނެ، މައުމޫނު ނޫޓް ޗާޕް ނުކުރިނަމަ މިހާރު ތިގެންގުޅޭ އެއްވެސް ނޫޓެއް ނުހުރީސް އެތަކެތި ޗާޕްކޮށް ޑިޒައިންކޮށްފައިވަނީ މައުމޫން، އަދިވެސް ގިނަ ނޫޓްގައި ސޮއިކޮށްފައިވަނީވެސް މައުމޫން، ކިތަމެ ރުޅިއަޔަސް އިސްބެވެސް ތިގެންގުޅޭ ގިނަ ނޫޓްގައި ހުންނާނީ މައުމޫނުގެ ސޮއި، ދެން ބުނަންތަ، ނޫޓް ޗާޕްކުރިއަސް މައުމޫނު އެކަންކުރަނީ އެކަންކުރަން އޮންނަ ހަމަތަކުގެ މަތިން އެހެންވެ މައުމޫން 30 އަހަރުވަސް ވެރިކަންކުރި އިރުވެސް އިތުރު ވަޒީފާތަށް އުފެދި، މީހުންގެ އަތްމަތި ތިޔާގިވެ މުސާރަތަށް ކުޑަކުރުމުގެ ބަދަލުގައި ދުވެހެއް ދުވަހަށް ބޮޑުވެގެން ދިޔައީ، ހިލެ ގިނަކަންތައްތައްކޮށްދެމުން ގެންދިޔައީ އެގޮތުން ތެލަސީމިޔާ ޓެސްޓްވެސް ކުރިން ހިލޭ ހަދައިދީފައިވޭ، އެކުދިންނަށް ފައިސާގެ އެހީ އާއި އެހެނިހެން އެހީތައްވަމުން ގޮސްފައިވޭ، ރާއްޖޭގެ އިގްތިސާދު އަނދަވަޅަކަށް ވައްޓައެއް ނުލާ، އެކަމަކު ބުނަންތަ މިސަރުކާރުން ތަނެއް ދޮރެއް ނޭނގި ނުޓްވެސް ޗާޕްކޮށްފި، އެކަން އިސްބެއަށް ނޭނގުނެއްކަމަކު ރޭޑިއޯ އަދި ޓީވީ އާއި ނޫސްތަކުން އެނގެން އެބައޮތް، މިސަރުކާރުން މިކަމަށްވަނީ އެއްބަސްވެފައި، ނޫޓް ޗާޕްކރަންވީމާ ކޮންމެ ބަޔަކުވެސް އެކަންކުރާނެ، އެކަމަކު މިސަރުކާރަށް އެކަންވެސް ކުރާކަށް ނޭނގުނު، އެހެންވީމާ މިދަނީ މުސާރަތަށް ކުޑަކޮސް ވަޒީފާގެ ފުރުޞަތުތައް ނެތިގެން، އަނެއްކަމަކީ އައުވާނުންނަށް ބަންޑެލި ބަންޑެލިން ފައިސާ ދިނުން، އެއީ ވެރިކަން ދެމެހެއްޓުމަށް، އިދިކޮޅަށް ބަޔަކު ފޮޑިއެއް ޖެހިނަމަވެސް އެމީހުން އެއްކުރާނެ،ދިރާގް ކަންތައްވެސް ނުއެނގިއެއް ނޫން މިކިޔަނީކީ އެއްފަހަރާ ހުރިހާ ބިހެއް ނެގުމުން އެލިބެނީ ވަގުތީ ހައްލެއް، އެކަމަކު ކޮންމެ ދުވަހަކު ބިހެއް ލިބޭނަމަ އެބިހުގެ މައްޗަށް މުސްތަގްބަލް ބަންޓަންކުރަން އެނގޭނެ. އަންނި އަށް މިވީގޮތަކީ ރަންބިސް އަޅާ އަސްދޫނި ގެންގުޅު މީހާ ހެދިގޮތަށް ދިރާގު ކަތިލައިގެން ލާރިތައް ނެގީ.

  39. No one is above the law BUT Someone is above the nation‮ ‬ވިދާޅުވީ


    ތާރީޚް:24/10/2009

    ހާދަހާ ޒުވާބުގަދައޭ ދޯ؟ ހާސްނުވޭ! ދެންއަނަ ދައުދެއް އަންނާދެއް ތިބުނާ މައުމޫން ދުނިޔޭގައި ހުރުމަކީ ވަރައްދުރުކަމެއް. ސަބަކީ އެކަލޭގެ މިހާރު މުސްކުޅިވުމުގެ އިތުރުން ވަރައްބަލިވެސް ވެއްޖެ. އެހެއްނޫވާނީ އެހާދުވަހު ގަޑުވަރުގައި އަރާމުގައި އުޅެފައި މިހާރު އެއުޅެނީ ޅިޔަނުގެތައްޕާހުގަވިއްޔާ. އޭ މަޢުމޫންގެ ދިރިއުލުމާއި އެއްގޮތައް ވަރަށް އިބްރައްތެރި ވާހަކައެހެދިދާނެދޯ؟ މިސާލަކަށް ކުށްޅަވައްފަލުރަނިން ފަދަ.

  40. ބުހުތާނު‮ ‬ވިދާޅުވީ


    ތާރީޚް:24/10/2009

    ބުނަން ހާޝިމް ވާހަކައެއް. އަންނި ބުންޏެއްނު 2 އަހަރުވީމާ އިންތިޚާބު ބާއްވާނަމޭ، އިސްތިއުފާދޭނަމޭ، އެންމެ ނުބައި އަޑަކީ ހިމާރުގެ އަޑު، އެމްޑީޕީއަކީ ލާދީނީ ޕޓީއެއް،

  41. އެސްފީނާ ޖެހިފައިވާ މީހާ‮ ‬ވިދާޅުވީ


    ތާރީޚް:24/10/2009

    ހާޝިމާއި ޑޯގް އިސްތިއުފާ! ކަލޭމެނޭހެދި މިއަށް ދެން އެހެންމީހަކު ކޮމެންޓްވެސް ކުރާނެކަމެއްނެތް. އިސްބެއެއް ޕިސްޕިސްއެއް ކިޔާނެކަމެއްނެތް، ހުސް ރޯނުއެދުރުން.

  42. އިސްބެ‮ ‬ވިދާޅުވީ


    ތާރީޚް:24/10/2009

    ޤަލޯގަދަރުގެ ވާހަކަ މިތާނުދައްކާ! ކޮންމެ ކަމެއްވެސް ވާނީ އެކަމެއްކުރީމަ، މާތް ﷲ ގެ އިރާދަފުޅުން..

    ޑޯގު ތިދައްކަނީ ހާދަ ދެއުޅިޔެއްނުވާ ވާހަކަ އެކޭ! މައުމޫނު ދިވެހި ގިނަފައިސާގަ ސޮއިކޮތްފަ ހުރުމުންވެސް އިގެނީ އޭނަގެ ޖައްބާރުކަން..، އެއްވެސް ޤައުމަކު ވެރިޔަކު ކުރާކަމެއްނޫން ނޫޓްގަ ސޮއި ކުރުމަކީ، މާމޮޅު ކަމަކަށް އެކަން ވެގެން ތިއުޅެނީ ތިކަހަލަ ގަމާރުންނަށް..

    މައުމޫނުގެ ނުފޫޒު ހުރިހާކަމަކަށް ފޯރުވަންވެގެން އޭނަ ހުރިހާ ތަނެއްގެ އެންމެ އިސްމިހާ ގޮތުގަހުރީ، މައުމޫނު އަކީ ރައީސްވެސް، މައުމޫނު އަކި ފިނޭސް މިނިސްޓަރވެސް، މައުމޫނު އަކީ މަނިޓަރީގެ ގަވަރނަރުވެސް..މީގެންވެސް މައުމޫނުގެ ހުދުމުހްތާރުކަން ދޭހަވަނީ..

  43. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:24/10/2009

    ޑޯގަކީ ދުނިޔޭގެ އާޖުފާޖު ނުދަންނަ، ތަންދޮރު ނޭނގޭ، ޖާހިލު މަރުމޯލެއްކަން މިހާރު މިތަނުގައި ތިއްބަވާ ހުރިޙާ ބޭފުޅުން ޤަބޫލުކުރާނެ. ޑޯގު ހީވަނީ ޔާމީންމެން ފައިސާ ދީފައި މިސައިޓަށް ކޮމެންޓްކުރަން ބައިންދާފައި އިންނަ މައުމޫނުމެންގެ ބޯއީއެއް ހެން. އެކަމަކު ބުނަންތޯ ވާހަކައެއް. ޑޯގަށް ޖެހޭނީ ޝާޢިރު ވިދާޅުވާ ޙާލު. އެއީ “ތިޔަހެން ސަފުން ބާކީ ވެގެން މުޅި ގުލްޝަނުން ހިތް ދޫވެގެން، ތިޔަހެން އުޅޭ ދިރިއުޅުމަކުން ދުވަހަކު މަލެއް ނުފޮޅޭނެއޭ”

  44. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:24/10/2009

    އަދި އިސްބޭ މައުމޫނަކީ އިސްލާމީ ކަންތައްތަކާ ބެހޭ ބޮޑު އިމާމު، ސްކައުޓް ކުދިންގެ ވެރިޔާ، އޮޑިޓަރ ޖެނެރަލް، އެންޓި ކަރަޕްޝަން ކޮމިޝަނަރ، އިލެކްޝަންސް ކޮމިޝަނަށް، ސިވިސް ސަރވިސް ކޮމިޝަނަރ، އަދި ހުރިހާ އަންހެނުންގެ ވަލީވެރިޔާ، މިސުރުގެ ބޮޑު އިމާމު، ރާބިތާގެ ތައުސީސީ ކުކުޅުމުޅީގެ ވެރިޔާ، ކަސްޓަމްސްގެ ކަލެކްޓަރ، ޑިއުޓީ ފްރީގެ ވެރިޔާ، މިފްކޯގެ އޯނަރު، ސްޓެލްކޯގެ މެނޭޖަރު، ސިފައިންގެ ވެރިޔާ، ފުލުހުންގެ ވެރިޔާ، މާލޭގެ ސަރުދާރު، އަދި ވެސް އަދި ވެސް…