Qauntum

Share

ސަރުކާރުން ހިންގާ އެކިތަންތަން ޕްރަވެޓައިޒް ކުރުމަކީ ކޮންކަހަލަ ކަމެއް؟

ސަރުކާރުން ހިންގާ އެކިތަންތަން ޕްރަވެޓައިޒް ކުރުމަކީ ކޮންކަހަލަ ކަމެއް؟
ލިޔުނީ: އެމް.އެމް.އޭ

އާއްމު ރައްޔިތުންނަށް ޚިދުމަތްދެމުންގެންދާ ތަންތަން ޕްރަވެޓައިޒް ކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟ މިމައުލޫއަށް އަޅުގަނޑު ބަލާލަން ގަސްތުކުރީ މިހާރުގެ ސަރުކާރުން ރާއްޖޭގެ ސްކޫލް، ހޮސްޕިޓަލް، އެއާރޕޯރޓް އަދި ކަރަންޓާއި ފެނުގެ ޚިދުމަތް ފަދަ މުހިންމު އަސާސީ ޚިދުމަތްތައް ދެމުންގެންދާ ތަންތަން ޕްރަވެޓައިޒް ކުރުމުގެ މަސައްކަތް ތަކެއް ކުރަމުންގެންދާތީ، އެކަމާއި މެދު ރައްޔިތުންގެ ތެރެއިން ބަޔަކު ހިތްހަމަ ޖެހޭ އިރު އަނެއް ބަޔަކު ނުރުހުން ފާޅުކޮށް ހަދަމުންގެންދާތީ، މިކަމުގެ ސަބަބުން ލިބޭނެ ފައިދާ އާއި ގެއްލުމަކީ ކޮބައިތޯ ބަލާލުމަށް ގަސްތުކޮށް އެއްޗެއް ބުނެލުމެވެ.

އެގޮތުން ބަލާއިރު ސަރުކާރު ޚަރަދުގައި ހިންގަމުންގެންދާ ރައްޔިތުންނަށް ސީދާ ޚިދުމަތްތަކެއް ދެމުންގެންދާ މިފަދަ ތަންތަން ޕްރަވެޓައިޒްކުރުމުން ފައިދާ ވެގެންދާނެކަމަށް އަޅުގަނޑު ގަބޫލުކުރަމެވެ. އެއީ އެއްބަޔަކު އެފަދަ ގިނަ ތަންތަން ހިންގުމަށްވުރެ ކޮންމެ ތަނެއް ވަކި ބަޔަކު ހިންގާނަމަ އެތަނަކަށް އެބަޔަކަށް ވެވުނު އެންމެ ބޮޑަކަށް އިންވެސްޓްކުރެވޭނެއެވެ. އެއްވެސް ކަމެއް ޚަރަދަކާއި ނުލާ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދެވޭނެކަމުގައި އަޅުގަނޑު ނުދެކެމެވެ. އަދި އެއްބަޔަކު އެތަކެއް ތަން އެއްފަހަރާ ތަރައްޤީ ކުރަން މަސައްކަތްކޮށްގެންވެސް އެކަމުގެ އެންމެ ފުރިހަމަ ނަތީޖާ ނެރުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. އެގޮތުން ބަލާއިރު ބަޔަކަށް ޚިދުމަތެއް ދޭނަމަ އެކަން އެންމެ ފުރިހަމަ ކުރުމަށް ހޭދަތަކެއްކޮށް އެތަކެއް ބުރަމަސައްކަތް ކުރަންޖެހެއެވެ.

ޕްރައިވެޓައިޒް ކުރުމަކީ ރަގަޅު ކަމެއް ކަމުގައި އަޅުގަނޑު ގަބޫލުކުރި ނަމަވެސް އެކަން ރަގަޅުވެގެންދާނީ އެދެވޭ ރަގަޅު ގޮތެއްގައި އެކަން ކުރެވިގެންނެވެ. އެހެން ނޫނީ ޕްރަވެޓައިޒް ކުރުމުން ލިބޭނީ ގެއްލުމެވެ. ޕްރައިވެޓައިޒް ކުރާނަމަ އެކަންކުރަން ކަމަށް އެކަށޭނަ ގާބިލް ބަޔަކު ހޯދުން ވަރަށް މުޙިއްމެވެ. ޕްރަވެޓައިޒް ކުރާ ކޮންމެ ތަނަކީވެސް އެތަނަކުން ނުހަނު ބޭނުންތެރި ޚިދުމަތްތަކެއް ރައްޔިތުން ލިބިގަންނަ ތަނަކަށްވާ އިރު އެތަން ހިންގޭނެ ޤާބިލް ބަޔަކު އައްޔަންކުރުން ވަރަށް މުހިއްމެވެ. އެހެން ނޫނީ އެބަޔަކަށް އެކަންނުވެގެންދާއިރު އިތުރު ބަޔަކަށް އެކަމާއި ހަވާލުވާންވެސް އޮންނާނީ އުދަގޫވެފައެވެ. ޚިދުމަތް ލިބިގަންނަމުން އައި މީހުން ތިބޭނީ އެ ޚިދުމަތުން މަޙްރޫމްވެފައެވެ.

ރައްޔިތުންނާއި ސީދާ ގުޅުންހުރި ރައްޔިތުންގެ ޙިއްސާ އޮތް އެއްވެސް ތަނެއް، ޤާނޫނާއި ޤަވާއިދު ތަކާއި ޚިލާފަށް ޕްރައިވެޓައިޒް ކުރުމަކީ އެއްވެސް ހާލެއްގައި ކޮށްގެން ވާނެކަމެއް ނޫނެވެ. އަދި ރައްޔިތުންގެ ބަހެއް ނުހޯދާވެސް އެފަދަތަންތަން ޕްރައިވެޓައިޒް ކުރުމުގެ ނަމުގައި ވިއްކާލުމަކީ އެއްވެސް ހާލެއްގައި ކޮށްގެންވާނެކަމެއް ނޫނެވެ. އަދި ޕްރައިވެޓައިޒް ކުރުމަކީ ކޮންކަހަލަ ކަމެއްކަމާއި އެކަމުން ލިބޭނެ ފައިދާތަކާއި އެކަންކުރުމަށް ގަސްތުކޮށްފައިވަނީ ކީއްވެކަންވެސް ޚިދުމަތް ލިބިގަންނަން ތިބިފަރާތްތަކަށް އެންގުމަށްފަހުގައި ނޫނީ އެފަދަކަމެއް ކުރުމުން، އޭގެ ރަގަޅު ނަތީއްޖާއަށް ވުރެ ނުބައި ނަތީއްޖާ ބޮޑުވެގެންދާނެއެވެ. އެފަދަ ގޮތެއް މިއަދު މިރާއްޖެއަށްވެސް މިވަނީ ކުރިމަތިވެފައެވެ. ޕްރައިވެޓައިޒް ކުރުމުގެ ނަމުގައި ތަފާތު ނަންނަމުގައި ކުންފުނި ހަދާ އެތަންތަނަށް މިފަދަ ޚިދުމަތްތައް މިދަނީ ބަދަލުކުރަމުންނެވެ. ޕްރައިވެޓައިޒް ކުރުމުގައި ބަލަންޖެހޭ މިންގަޑުތަކަށާއި އުޞޫލުތަކަށް ބަލާލުމެއް ނެތިއެވެ. ޚިދުމަތް ލިބިގަންނަށް ތިބި ސަރުކާރުގެ މުދަލުގެ ޙައްޤުވެރިފަރާތްކަމުގައިވާ ރައްޔިތުންގެ ބަހެއް ހޯދުމެއް، އެބައި މީހުންނަށް އެކަމުގެ މައުލޫމާތު ދިނުމެއް ނެތިއެވެ. ޚިދުމަތް ދެމުންގެންދާ ތަންތަން ހަވާކުރެވެނީ އެކަންކުރުމުގެ ޤާބިލްކަމާއި ހުނަރު ލިބިގެން ތިބި ބައެއްތޯވެސް ބަލައިނުލައެވެ.

މިފަދަ ގޮތަކަށް ކަންތައްތައް ކުރުމުގެ ސަބަބުން އޭގެ ފައިދާ އެންމެންނަށް ލިބެންވީ ކަމުގައި ވީނަމަވެސް ފައިދާ ލިބެނީ މަދުބަޔަކަށެވެ. ގިނަމީހުންނަށް ވަނީ ގެއްލުމެވެ. އުފަލުން އެއްބަޔަކު ނަށާއިރު ކަންބޮޑުވުމާއި ހާސްކަމުގެ ތެރޭގައި ހިތާމައިގެ ސާލުލައިގެން އެއްބަޔަކު ރޮވިފައި ތިބެންޖެހެނީއެވެ. މީގެ މިސާލެއްގެ ގޮތުން އަޅުގަނޑު ބަލާލަނީ ދާދިފަހަކުން މިސަރުކާރުން ޕްރައިވެޓައިޒް ކުރުމަށް ނިއްމާފައިވާ ޤިޔާޒުއްދީން ސްކޫލަށާއި ރަށްރަށުގައި ކަރަންޓް ދިނުމަށް ހެދިފައިވާ އިންޖީނުގެ ތަކަށެވެ. އެގޮތުން ޤިޔާޒުއްދީން ސްކޫލަށް ބަލާލުމުން އެތަން ޕްރައިވެޓައިޒްކުރުމަށް ކިތަމެ ކުރިން ނިންމާފައި ވީނަމަވެސް އެކަންކުރާނެ ގޮތުގެ ޞައްޙަ މައުލޫމާތު ޚިދުމަތް ލިބިގަންނަން ތިބި ރައްޔިތުންނަށް ވަނީ ނުދެވިއެވެ. އެކަމާއި ބެހޭ މިނިސްޓްރީން ވަކިއެއްޗެއް ކިޔަމުންގެންދާއިރު ސްކޫލާއި ހަވާލުވާ ބޭރުގެ ކުންފުނިން ކިޔަނީ ތަފާތު އެއްޗެކެވެ. އަދި މިކަންކުރުމުގެ ވިސްނުން އެންމެ ފުރަތަމަ ގެންގުޅުނުކަމަށް ދައުވާކުރާ ވެރި މީހާ ބުނަނީ އެހެން އެއްޗެކެވެ. މިހެން ބުނެލަން މިޖެހުނީ މިނިސްޓަރީން ފީއެއްގެ ގޮތުގައި 200 ޑޮލަރު ނުވަތަ އެއަށް ވުރެ ކުޑަކުރާނެކަމަށާއި އެސްކޫލް ބަޔަކާއި ހަވާލުކުރުމުގެ ކަންތައްތައް ނިމުމަކަށް އައިސްފައިވާކަމަށާއި ނަމަވެސް އަދި އެއްވެސް ބަޔަކާއި ހަވާލުނުކުރާކަމަށާއި މިހާރު ސްކޫލްގައި ކިޔަވަމުންގެންދާ ކުދިންގެ ފީ ސަރުކާރުން އެއްކޮށް ދައްކާނެކަމަށް ބުނެފައިވަނިކޮށް، ސްކޫލާއި ހަވާލުވެއްޖެކަމަށް ބުނެ ބަޔަކު މީހުން އެމީހުން ކަންތައްތައް ކުރާނެ ގޮތް ކަނޑައެޅިއިރު ސްކޫލް ފީ އަށް 50 ޑޮލަރު ބޮޑުވެގެން ގޮސްފައިވާކަމީ ޚިދުމަތް ލިބިގަންނަން ތިބި މީހުންނަށް އޮޅުން އަރާ ޚިދުމަތް ދިނުމުގެ ޞައްޙަކަމާއި މެދު ޝައްކު އުފެނުކަމެކެވެ. މިހެން މިކަންވެފައިވަނިކޮށް އެންމެ އިސްފަރާތުން މިކަންކުރާނެ ގޮތުގެ މައުލޫމާތުކަމަށް ބުނެ ދިން މައުލޫމާތުން އެނގިގެންދިޔަ އެއްކަމަކީ މިހާރު އެސްކޫލްގައި ކިޔަވަމުންގެންދާ ދަރިވަރުންގެ ފީ އެއްކޮށް ސަރުކާރުން ނުދައްކާނެކަމެވެ. ސަރުކާރުން ދައްކާނެކަމަށް ބުނެފައިވަނީ ފީގެ ދެބައިކުޅަ އެއްބައެވެ. ވީއިރު މިއިން އެއްވެސް އެއްޗެއް އަދި މިވަނީ އޮޅުން ނުފިލައެވެ. އެކަމަކު އެކަން އެގޮތަށް ކުރާނެކަމަށް މިވަނީ ބުނެފައެވެ.

ދެން އަނެއްކަމަކީ ސަރުކާރާއި އަމިއްލަ މީހުންގެ އިންޖީނުގެތައް ކުންފުންޏަކާއި ހަވާލުކޮށް އެކުންފުންޏަކީ “ޔުޓިލިޓީ” ކަމުގައި ހަމަޖައްސާ އެތަން ހިންގުން ބަޔަކާއި ހަވާލުކޮށްފައިވާކަމެވެ. މިކަން ހަވާލުކޮށްފައިވަނީ މިކަމަށް އެންމެ އެކަށޭނަ މީހުންނަށްތޯ ބަލާލިއިރު މިކަންކޮށްފައިވަނީ ބިޑް އުޞޫލުން ހުޅުވާލައިގެންނެއް ނޫނެވެ. އެހެން ވީމާ، ކަމަށް އެންމެ އެކަށޭނަ މީހުން ނުހޯދޭނެއެވެ. އެކަމުގެ ހެކި މިވީ މަދު ދުވަސްކޮޅުތެރޭގައި ފެނިގެން ދިއުމުގެ ހަޤީޤަތް މިއަދު މިވަނީ ފެންނަން ފަށާފައެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވެގެންދިޔަ ނަމަވެސް ކަރަންޓްގެ އަގު ބޮޑުކުރަންޖެހިފައިވާކަމުގައި “ޔުޓިލިޓީ” ކުންފުނިތަކުން ވަނީ އިއުލާންކޮށްފައެވެ. މިއީ ޚިދުމަތް ލިބިގަންނަން ތިބި މީހުން މާޔޫސްކުރާނެކަމެއްކަން ޔަގީނެވެ.

ދިވެހިރާއްޖެ އަކީ ތަރައްޤީ ވަމުންދާ ޤައުމެއްކަމުގައި ދުނިޔެއަށް ދައްކަމުންގެންދާއިރު މިފަދަ ކަންތައްތަކުގެ ސަބަބުން ދުވަހެއް ދުވަހަކަށް ޤައުމު ދަނީ ފަހަތަށެވެ. ކޮރަޕްޝަން ބޮޑުވެ، ދައުލަތަށް ކަނޑައެޅި ބަޖެޓް މިވަނީ އަހަރު ދެބައި ނުވަނީސް ހުސްވެފައެވެ. މިކަންތައްތައް ފޫބެއްދެން ނެތުމުން ހިންގުމުގެ މައްސަލައެއްކަމުގައި ބުނުމުގެ ބަދަލުގައި އިގްތިޞާދު ދަށަށް ދަނީކަމަށް ބުނެ އަދިވެސް އިތުރަށް އޮޅުވާލުމަށް ބަޔަކު މީހުން މަސައްކަތްކުރަމުން ގެންދާއިރު އެބައިމީހުން ކުރާކަންތައްތަކުންނާއި ބުނާބަހުންނާއި ފެންނަ މަންޒަރުތަކުން މިދަނީ އިތުރަށް ފާޅުވެ ހާމަވަމުންނެވެ. ވީއިރު ޕްރައިވެޓައިޒް ކުރުމުގެ ނަމުގައި ވަކިބަޔަކަށް ވިޔަފާރި ކޮށްނުދިނުން އެދެމެވެ. ސަރުކާރު މުދަލަކީ ރައްޔިތުންގެ މުދަލެވެ. އެމުދާ ވަކި މީހަކާއި ޙަވާލުކޮށްފައިވަނީ ހިތުހުރިގޮތެއް ހެދުމަކަށް ނޫނެވެ. އަދި ވަކި ބަޔަކަށް ބަހާ ހުސްކުރުމަކަށްވެސް ނުމެ ނޫންމެއެވެ. އިންސާފްވެރިކަމާއި އަމާނާތްތެރިކަމާއި އެކު ހުރިހާ ރައްޔިތުންނަށް ހަމައަށް ޚިދުމަތުގެ ގޮތުގައި ކަންތައްތަކެއް ކުރުމަށެވެ.

‮ ‬17‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. Dog‮ ‬ވިދާޅުވީ


    ތާރީޚް:24/10/2009

    މިރަށު އަތިރި މަތީގައި ހުރި ހޮޅުއައްޓެއްގައި އަންނި ކެމްޕޭން ކުރި ދުވަސްވަރު ކުރާނެކަމަށް ބުނެ ޔާޤީންކަން ދިން 05 ކަމެއް ގޮވަމުން އެބަދެއެވެ. ކަރަންޓްގެ އަގުހެޔޮކުރާނެކަމަށާއި، ޑޮލަރުގެ އަގު ނުއުފުލޭނެކަމަށާއި ވަޒީފާ އަދާކުރާމީހުންނަށް ލިބޭ ފައިސާ މައުމޫން ދިންވަރަށް ވުރެ އިތުރުކޮށްދޭނެކަމަށާއި ތަކެތީގެ އަގު ހެޔޮކޮށްދޭނެކަމަށެވެ. އޭރު އަންނި ކަރުން ނާރުނަގާފައި ގޮވި ގޮވެލި އޭނާގެ އަޑުން މިހާރު އިވުމުން ދިވެހިންނަށް އޭނާ މަލާމާތްކުރަނީ ނޫންބާއޭ އަޅުގަނޑު ހިތަށް އެރިއެވެ. އެހެން ނުވާނީ ކީއްތޯއެވެ. މިބުނި ހުރިހާކަމެއް މިއަދު ދިމާއިދިކޮޅަށް ގޮސްފައި ވާކަން ދިވެހި ކޮންމެ ރައްޔިތަކަށްވެސް އެނގޭނެއެވެ.

  2. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:24/10/2009

    މިހާރުގެ ސަރުކާރުން ޕުރެވަޓައިޒް ކުރުމުގެ ސިޔާސަތަކީ ރައްޔިތުން އެކަންގަބޫލުވެފައިވައި ސިޔާސަތެއް.އެހެނީ އެމްޑީޕީ އިއްތިހާދުގެ މެނިފެސްޓޯގަބޫލުކޮށް ރައްޔިތުންވަނީ މިވެރިކަންގަބޫލުކޮށްފަ.މިލިއުން ލިއުނު ލިޔުންތރިޔާއަށް އެކަންނޭގުނަސް ހެޔޮ. މިސަރުކާރުއައީ ޑީއާރުޕީ ބޭނުންވާގޮތަށް ވެރިކަންކުރާކަށްނޫން.

  3. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:24/10/2009

    އެންގުމަށްފަހުގައި ނޫނީ އެފަދަކަމެއް ކުރުމުން، އޭގެ ރަގަޅު ނަތީއްޖާއަށް ވުރެ ނުބައި ނަތީއްޖާ ބޮޑުވެގެންދާނެއެވެ. އެފަދަ ގޮތެއް މިއަދު މިރާއްޖެއަށްވެސް މިވަނީ ކުރިމަތިވެފައެވެ. ޕްރައިވެޓައިޒް ކުރުމުގެ ނަމުގައި ތަފާތު ނަންނަމުގައި ކުންފުނި ހަދާ އެތަންތަނަށް މިފަދަ ޚިދުމަތްތައް މިދަނީ ބަދަލުކުރަމުންނެވެ. ޕްރައިވެޓައިޒް ކުރުމުގައި ބަލަންޖެހޭ މިންގަޑުތަކަށާއި އުޞޫލުތަކަށް ބަލާލުމެއް ނެތިއެވެ. ޚިދުމަތް ލިބިގަންނަށް ތިބި ސަރުކާރުގެ މުދަލުގެ ޙައްޤުވެރިފަރާތްކަމުގައިވާ ރައްޔިތުންގެ ބަހެއް ހޯދުމެއް، އެބައި މީހުންނަށް އެކަމުގެ މައުލޫމާތު ދިނުމެއް ނެތިއެވެ. ޚިދުމަތް ދެމުންގެންދާ ތަންތަން ހަވާކުރެވެނީ އެކަންކުރުމުގެ ޤާބިލްކަމާއި ހުނަރު ލިބިގެން ތިބި ބައެއްތޯވެސް ބަލައިނުލައެވެ. #ލިއުންތެރިޔާ މިބުނަނީ ކީކޭހެއްޔެވެ.ކިއަންމިއުޅެނީ ކޮންއަވަގުރާނައެއްހެއްޔެވެ. މީގެ ދެކޮޅުނިކަން ކަލޭމެން ސީދާކޮށްބަލާށެވެ.އެހެންވިއްޔާ ޕުރަވަޓައިޒް ކުރީމާ ލިބުނީ ފަހެ ކޮންގެއްލުމެއްޔެވެ. އޯހ އައިސީ ޑީއާރުޕީ ބޭނުންވާގޮތެއްނޫންދޯއެވެ.މިގައުމަށް ހެވެއް އެމީހުން ނޭދޭތީއޭ ވެރިކަން ބަދަލު ކުރީ .އެހެންވީމަ ދެންތިބޭ ފެލިލަފެލިލަ

  4. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:24/10/2009

    “ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވެގެންދިޔަ ނަމަވެސް ކަރަންޓްގެ އަގު ބޮޑުކުރަންޖެހިފައިވާކަމުގައި “ޔުޓިލިޓީ” ކުންފުނިތަކުން ވަނީ އިއުލާންކޮށްފައެވެ.” މިއީ ލިޔުންތެރިޔާ ރައްުޔިތުންނަށް އޮޅުވާލައްވާފައިވާ ވަރަށް ބޮޑު އޮޅުވާލުމެއް. އެއީ، މިއަދު ވެސް މިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައި. މިއަހަރު މައްޗަށް ނުދާހާ މައްޗަށް ގޮސްފައި. އެހެންވީމާ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވެގެން ދިޔަ ނަމަވެސް އޭ ވިދާޅުވެ ލިޔުންތެރިޔާ އެހެއްދެވި އިތުރުފުޅު ވަރަށް ހަރުކަށި އިބާރާތުން ކުށްވެެރިކޮށް، މިލިޔުން ވެސް ކުށްވެރިކުރަން. އަދި އެޑްމިން ވެސް މިފަދަ ލިޔުންތަކަށް ކޮންމެވެސް ވަރަކަށް ބައްލަވާލައްވާފައި އަޕްލޯޑްކުުރެއްވުން އެދެން.

    ދެން ހަމަ މިއާއެކު، ޕިސްޕިސްގެ ކޮމެންޓްތަކަށް ތަޢުރީފުކޮށް، ތިޔަ ގޮތުގައި ދެމިހުރުމަށް ހިތްވަރުދެން. ހާޝިމް މިހުރީ ޕިސްޕިސްއާ އެކީގައިކަން ވެސް ހާމަކޮށް، ތިޔަ ކުރާ ހިތްވަރަށް ސާބަސް ދެން. ދިވެހި ޤައުމު ދެކެ ލޯބިވާ، ދިވެހި ވަޠަން އެދި ގޮވާ ދަރިންނަކީ ތިއީ.

    ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވިކަން ބީބީސީގެ މިއަދުގެ ޚަބަރުން ވެސް އެނގޭނެ. އެޚަބަރުގެ ލިންކަކީ http://news.bbc.co.uk/2/hi/business/8322021.stm

  5. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:24/10/2009

    މައުމޫނު ވިދާޅުވެފައިވޭ 2008 ވަނަ އަހަރުގެ ޖެނުއަރީ 1 ގައި ދިވެހި ޤައުމީ ޔުނިވަރސިޓީ ހުޅުވޭނެއޭ. އީވަން ނަސީމް މަރައެއް ނުލައޭ. ބަޑިޖެހީ ޖައްވަށް ހަވައަށް ފަޒާއަށޭ، ސިފައިން ކަންތައްކުރީ ޤަވައިދުންނޭ، އިލިޔާސް އިބްރާހިމް 250 މިލިޔަން ޑޮލަރު ހިފައިގެން ފިލައިފިއޭ. މިޚިޔާނަތާއި ވަޒީރުކަމުގެ ހުވައާ ޚިލާފުވެފައިވާތީ 15 އަހަރާ 6 މަސް ދުވަހަށް ޖަލަށް ޙުކުމް ވެސް 1993 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ކޮށްފައިވޭ. ނަަމަވެސް، ފިލައިގެން ދިޔަ މީހާ އެނބުރި ޤައުމަށް އައުމުން ޙުކުމް އޮތްތާ އޮއްވާ ދެން ފެނުނީ ޓްރާންސްޕޯޓް މިނިސްޓަަރުކަން ދިން ތަން. ޖަލަށް އެންމެ ދުވަހަކަށް ވެސް ނުވަދޭ. މައުމޫނު ވިދާޅުވި ޢީސާގެފާނު ވަޑައެއް ނުގަންނަވާނެއޭ އެހެންވީމާ ދައްޖާލު ފޮތް މަނާކުރާށޭ އެކަމަކު އަނެއްކާ އެއަށް ހުއްދަ ވެސް ދިން. މައުމޫން ވިދާޅުވި ޤާސިމް އިބްރާހިމަކީ ޓެރަރިސްޓެކޭ 12، 13 އޮގަސްޓްގެ ޙާދިސާގައި. އެކަމަކު ދެން ފެނުނީ ފިނޭންސް މިނިސްޓަރުކަން ދިންތައް. މައުމޫން ވިދާޅުވި ފިސްތޯލަ ހިފައިގެންނޭ ހުވާ ކުރީ. ފަހުން ވިދާޅުވި އެއީ ވެސް ދޮގެކޭ. ދެން މައުމޫން ވިދާޅުވި ރިފޯމަކީ ތިމަންނާ ދުނިޔެއަށް ނާންނަނީސް ހިތު އަޅައިގެން އުޅުނު ކަމެކޭ. ޤާނޫނު އަސާސީ ހަދަން ޚިޔާލު ވެސް އައީ ތިމަންނައޭ. އެހެންވީމާ ދެން ކީކޭބާ އަޅުގަނޑުމެން ބުނާނީ ޑޯގޫ

  6. DOg‮ ‬ވިދާޅުވީ


    ތާރީޚް:25/10/2009

    މިލިޔުމުގައި މައުމޫނެކޭ ނުކިޔާހެން ހީވަނީ، މިސަރުކާރުން ރައްޔިތުންނަށް އޮޅުވާލާ އެމީހުންގެ އަތުން މުދާތަށް ފޭރިގަންނަމުން ދާކަމަށް މިލިޔުން ކިޔާލުމުން ދޭހަވަނީ، އަދި އެކަން މީހަކު ނުބުންޏަސް މިގައުމުގެ ކޮންމެ ދަރިއަކަށްވެސް އެނގޭނެ، ހުދު ހާޝިމަށްވެސް އެކަން އޮޅިފައެއް ނޯންނާނެ، އެކަމަކު ލިބޭ ބޮނޑިވަރު ގިނަކަމުން އަދިވެސް ތިބަނީ މަތިޖަހާ ފޮރުވުމަށް، މިއަދުގެ ހަބަރުންވެސް އެވަނީ އެގޮތަށް އަތުލި އިންޖީނުގެއެއްގެ މައްސަލަ ކޯޓުން ނިންމާފައި، މިއީ ދެން ޕްރަވެޓައިޒް ކުރުމުގެ ނަމުގައި ލާރިހޯދަން އުޅުނަސް ބޮޑުވަރެއް، ތަސްމީނޭ މައުމޫނޭ ލާރިކަނިއްޔޭ ބުނަމުންދާއިރު އަދިވެސް އެމީހުންނާއި މެދު ކޯޓުން އެފަދަ އެއްވެސް އެއްޗެއް ނީއްވާ، ދެން ކިހިނެއް ހާޝިމާއި މިސަރުކާރުން ތިދައްކާ ވާހަކަ ތެދެއްކަމުގައި ބަލާނީ، ތެލުގެ އަގު ބޮޑުވިކަމުގައި ބުނެފައެއް ނޫން ކަރަންޓް ބޮޑުކުރާކަމުގައި ބުނީކީ، ސަރުކާރަށް ފައިދާނުވަނީއޭ ތިމަންނާމެން ބޭނުންވާވަރަށް ލާރިނުލިބޭކަމަށް ބުނެ އެކަންކުރުމަށް އިއުލާނުކުރީ، ވީއިރު މިއަދު ތެލުގެ އަގު ބޮޑުވެގެން އިއުލާންކުރިއަސް ނުކުރިއަސް އެކަން އެވަނީ މާކުރިން އެގޮތަށް ނިންމާފައި، އަދި ތެލުގެ އަގަކީ ދެދުވަހެއްގައި އެއްގޮތަށް ހުންނަ އެއްޗެއްވެސް ނޫން، އެހެންކަމުން ތެލުގެ އަގަށް އަންނަ ކޮންމެ ބަދަލެއް ކަރަންޓް ޔުނިޓަކަށް އަންނަންވެއްޖެނަމަ މަހު ފީ ހަދާނެގޮތެއް ނުވެސް އެނގޭނެ، ޕްރަވެޓައިޒް ކުރުމަކީ ރައްޔިތުން ރުހުން ލިބިފައިވާކަމެއް ކަމުގައިބުނާއިރު ޑރ.މުސްތަފާ ގޭދޮށަށް ރައްޔިތުން އެއްވެގެން އެގޮވަނީ ކީކޭބާ> މުސްތަފާ ނިންދަވަން ނާނާ ކިޔައިދެނީބާ، ކަންފަތަށް އަޑުއިވޭ ސިކުނޑިއަށް ވިސްނޭ މީހުންނަށް ކަންކަމުގެ ދެކޮޅު އެނގޭނީ، 24 ގަޑިއިރު ހަމައިގާ ނުހެރެ އެހެން މީހުން ކުރާކަމެއް ނޭނގޭނޭ ބުނުން އެއީ ދޮގަކަށް ނުވާނެ، DrP ވެރިކަންކުރި ގޮތަށް ވެރިކަމެއް ނުކުރާނެކަމަށް ބުނާ އިރު ރާއްޖޭގައި އަދިއެއް ތިބުނާ ޕާރޓީގެ ވެރިކަމެއް އޮއްވާ އަލުގަނޑު ނުދެކެން، މަލްޓި ޕާރޓީ އުޞޫލުން މިގައުމުގައި ބޭއްވީ އެންމެ އިންތިހާބެއް، އެއީ މިނިމިދިޔަ އިންތިހާބު، ވީމާ ތަންދޮރު ނުދަނެ އެއްޗެކޭ ބުނުމަށްވުރެ ނުބުނުންވެސް މާރަގަޅުވާނެ،

  7. DOg‮ ‬ވިދާޅުވީ


    ތާރީޚް:25/10/2009

    މިރަށުގައި މިރޭ DRP ޖަލްސާވެސް ބާއްވައިފި، މީހުންވެސް އެތަނަށް ނުހަނު ގިނައިން ދިޔަ، އަދި ހަޔާތެއް ނެތް، ތަނެއް ދޮރެއް ނުދަންނަ ރަށާއި ގައުމުދެކެ އެއްވެސް ލޯތްބެއް ނެތް ބަޔަކު މިރަށުގައިވެސް އުޅޭކަން ނުހަނު ރަގަޅަށް ފެނިގެންވެސް ގޮސްފައިވޭ، އެހެން މިބުނީ މައިންނާއި ބަފައިންނާއި ދަރިން އެޕާރޓީ އަޑުއެހުމަށް ގޮސްތިއްބާ، ވިސާމް ލަތީފް ބުނެގެން MDP އަށް ތާއީދުކުރާ ބަޔަކު ގޮސް ހަޑިހުތުރު އެއްޗެތި ގޮވާ މިރަށުގެ އަގު ވައްޓާލުމަށް މަސައްކަތްކޮށްފި، މިއިންވެސް އެނގެނީ ވިޝާމް ލަތީފާއި މިސަރުކާރުން މިރަށް ދެކެ އެއްވެސް ލޯތްބެއް ނެތްކަން، މިމީހުންނަކީ ވާހަކަދެއްކުމުގެ އެއްވެސް ހަމައެއް ލަމައެއް މީހުން ދައްކާ ވާހަކަ އަޑުއެހުމުގެ އުރަތްޕެއް ނެތް ބައެއްކަން، ޗީޗީޗީ، ތިފަދަ މީހުން ތިބި ޕާރޓީއަކަށް ވެރިކަން ލިބުނުނީމާވެސް ތިއުޅެނީ ނުފުރިގެން، ދައުލަތުގެ ލާރިތައް ޚަރަދުކޮށްގެން ޕާޓޭން އެއްކޮށް ބަޔަކު ކަމެއް ކުރިޔަ ނުދިނުމަށް ފޮނުވާކަމީ ތިމާމެންގެ އެއްވެސް ޤާބިލް ކަމެއް ނެތްކަމުގެ ނަމޫނާ މިސާލެއް.

  8. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:25/10/2009

    ޑޯގޫ މިޒަމާނުގަ އެކަހަލަ ތާކުންތާކުނުޖެހޭ ބަޔަކު ރަށަށް އަރައިފިނަމަ ހަޅޭލަވާ ސޮރުމެންވެސް އުޅޭނެ.އެކަމަކުދެން ޑޯގު ތިޔަބުނާ ގާބިލު މީހުން ނުޖެހޭނެ އެކަމާ ބިރަކުންދުވާކަށް. ތިޔަބުނާ ތަސްމީނެއްގެ 4 ފަރާތުން ހުރެގެން އަތުލެފި ކޮށްގެން ޖެހުނީ ކާރުންބަލަންވެސް އަދި ހޯލުތެރއަށް ވަންދަންވެސް،މިހާވަރު މީހުން މިއުޅެނީ ވެރިކަން ހޯދަން.2 ގަނޑިއިރުގެ ޖަލްސާ އެއްކަމަށް އެޖެންޑާ ހަދާފަ އޮތީ، އެކަމަކ 1 ގަޑި އިރުވެސްނުވޭ ނިންމާލިއިރު.ހެހެހެ.މީހަކު 5 މިނިޓު ވާހަދައްކާފަ.ޕަޓާސް،ދެންދޭ އަވަހަށް އެމީހުނާ އެއްކޮށް ވެރިކަންބަދަލު ކުރަން.

  9. އިސްބެ‮ ‬ވިދާޅުވީ


    ތާރީޚް:25/10/2009

    ރަށުގަ ހުރި ކުއްޖަކު ތިޔަބުނާ ޖަލްސާ ހިގާދިޔަގޮތް ކިޔައިދީބަލަ! ރަށުގަ ނެތީމަ ނޭގޭ ތިކަން ހިގާދިޔަ ގޮތެއް؟

  10. Dog‮ ‬ވިދާޅުވީ


    ތާރީޚް:25/10/2009

    ބަލަގާ އެމީހުންނަށް މިރަށް އޮޅިފަކާ ނޯންނާނެ، އަޙްމަދު އަބްދުﷲ އަށް ދިމާވިގޮތް ހަނދާނެއް ނުނެތޭނެ، ވީމާ ބިރުވެސް ގަންނާނެ، އަދި އެތަނަށް އެއްވި ގިނަ މީހުން ތިބީ ހަމައގާ ނޫންކަމުގައި ފުލުހުންވެސް ބުނެފައިވޭ، ވީމާ އެމީހުންނަށް ވިޝާމް ލަތީފް ހަކުރު ދީފައި ފޮނުވުން އެއީ ވަރަށް ތަހްޒީބީކަމެއްދޯ، MDP ގައި މިތިބެނީ ރަށުގެ ގޭގައިން ވައްކަންކޮށް މާރާމާރީ ހިންގމާއި ފަތްބޮއި ހަދާމީހުން، އެހެން މިބުނީ ރޭގައި އެތަނުން ފެނުނު މީހުންނަކީ އެފަދަ ގިނަބައެއްކަމުގައި ހިމެނޭ މީހުންކަމުން، މިރަށުގައި އެމް.ޑީ.ޕީގެ އެއްވެސް ބާރެއް ނެތް. އެކަން ދެންދައްކާނީ ވިޝާމް ލަތީފަށް، ބަލަން ތިބޭތީ،. މިސަރުކާރުން އަވަސްކޮށް ކަންތައްތަކެއް ކުރާ ވާހަކަ ބުނުމުން ހައިރާންވެއްޖެ، އަދި މިވީ ދުވަސްތަކުގައި ރައްޔިތުންގެ މުދާ ފޭރުން ފިޔަވާ ދެވަނަކަމެއް ނުކުރޭ، އެމް.ޑީ.ޕީގެ އައުވާނުންނަށް ވިޔަފާރިކޮށްދިނުން ނޫންކަމެއް ނުކުރޭ، ހާޝިމް ތއީ އެއްކޮޅަށް ހުސްވެ ދެލޮލުގައި މިރުސް އެޅިފައި ހުރި ގަމާރެއްތަ؟

  11. ހާޝިމ‮ ‬ވިދާޅުވީ


    ތާރީޚް:25/10/2009

    ކުޅުދުއްފުށީގައި ޑީއާރުޕީން ބޭއްވި ޖަލްސާއާ މެދު އަޅުގަނޑު އެއްވެސް އެއްޗެއް ނުދެންނެވީ އެކަން ހިނގި ގޮތެއް ނޭނގޭތީ. މިހާތަނަށް ވެސް އެކަމާ އެއްޗެއް ނުދަންނަވާ އަޅުގަނޑު މިހުރީ. އެކަމަކު ޑޯގު އަޅުގަނޑުގެ ލޮލަށް މިރުސް އަޅާފައި ގަމާރަކަށް ހެދީތީ ވަރަށް ޙައިރާން ވެއްޖެ. ދެން އެކުން މިހެން ދެންނެވިއަސް އަޅުގަނޑު ވެސް ޤަބޫލުކުރަން ވެރިކަމާ ހެދި މަރުދަން ޖެހޭ ބަޔަކަށް ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ހިސާބަށް ޣާފިލުވެދާނެކަން. ނޫނީ ވެރިކަމުގެ ފަރާތުން ކުރިން ލިބެމުން އައި ބައިވަރުތައް ނުލިބުމުން ދެން އެހެން މީހުންނާ ދިމާއަށް އެއްޗެހި ކިޔާނެކަން. މުސްކުޅިން ބުނޭ ފުޅަށް ބުޑުުން ދަންޏާ ހަސަނަށް ހީވާނެއޭ ކެޔޮގަނޑު ކަނޑާލަނީއޭ. އެއީ ޑޯގަށް ވާގޮތް. ޑޯގުގެ ހަތަރު އުދަރެހަކީ ވެސް ޑީއާރުޕީއާއި މައުމޫން. ޑޯގަށް ހުވަފެނުން ވެސް ފެންނާނީ މައުމޫނާއި މައުމޫނު ބަހާ ލާރިގަނޑު. އެފިކުރުގައި ހުންނަވައިގެން ހިތުގައި ހަސަދައިގެ އަލިފާން ރޯކޮށްގެން އުޅެންޏާ މިފަދަ ކަންތައްތައް ވެސް ވާނެ. އެކަމާ އަޅުގަނޑު މާބޮޑަށް ކަންބޮޑެއް ނުވޭ. ކަންބޮޑުވަނީ މިކަމުގައި ޑޯގު ދުނިޔޭން މޮޔަވެދާނެތީ. މިކިޔާ ޑިމެންޝިއާއާއި ނިއުރޯ ސިފިލިސް ނޫނީ ޝިޒޮފްރެނިޔާ ފަދަ ބައްޔެއް ޖެހިދާނެތީ. އަޅުގަނޑު ޑޯގަށް ދަންނަވާލާނީ، ތިޔަހާ އީމާންތެރިކަން ބަލިކަށި ނުކުރާށޭ. ކަމަކު ނުދާނެއޭ. ދުނިޔޭގައި ތިމާ ނޫން ވެސް މީހުން އުޅޭކަން ދަންނާށޭ. އަދި ދެން އަނެއްކާ ވެސް އަޅުގަނޑު ކިޔާ ބައިތު ތަކުރާރުކޮށްލާނަން ޑޯގަށް. އެއީ ތިޔަހެން ސަފުން ބާކީވެގެން މުޅި ގުލްޝަނުން ހިތް ދޫވެގެން، ތިޔަހެން އުޅޭ ދިރިއުޅުމަކުން ދުވަހަކު މަލެއް ނުފޮޅޭނެއޭ… ޑޯގޫ

  12. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:26/10/2009

    ބަލަޑޯގާ ފުލުހުންބުންނޭ ކިޔައިގެން ފުލުހުންނާ އާންމުރައްޔިތުންގެ ބޮލުގައި ހެއްދެވިހާ ބުހުތާނު ރޯދޮގުއިލްޒާމު އަޅުވާނެކަމެއްނެތް. ދޯގުތިޔަބުނާ ގޮތުން އެތާތިބި ފުލުހުންވެސް ތިބީ ހަމަޔަކުނޫންތާ.އެހެންވެތާ ހަކުރުގެންގުޅޭ ބަޔަކު ހައްޔަރުނުކުރީ.ތިޔަބުނަނީ ވިޝާމްލަތީފު ހަކުރުދީފަ ފޮނުވިއްޔޭ.ޑޯގަށް ތިޔަކަން އެނގޭއިރު ކީއްވެ ފުލުހުންމެދުވެރިކޮށް ތިޔަކަންތައް ނުބަލަ ތިޔަހުރީ.ތިޔަ ހުންނަނީ ދޫކޮށްލައިގެން ވާވަރުކަންތައްތަކެއްނޫން. އެހެންނެއްނޫން ވަނީ މިރަށަށް ގިނައިން ތިޔަބުނާ ހަކުރަކާ ފުށެއް އެތެރެކޮށް ވިއްކަނީ ޑީއާރުޕީ އާއި ޕީއޭ އަށް ނިސްބަތްވާމެންބަރުން މީތެދެއްކަން އެނގޭނެ ޕޮލިސް ކުށުގެ ރެކޯޑުތަށްބަލާބަލަ.ޕީއޭ ހަދަން މީހުންހޯދިއިރު 100 ރުފިޔާއަށް ނުވަތަ ޕާޓޭންބަހުންނަމަ ޕީސްއެއްދީފަ ޕާޓޭން އަތުން ސޮއެ ހޯދީ.އެކަމުގަ އިސްކޮށް އުޅުނީ ބެރުއާދަނު.

  13. Dog‮ ‬ވިދާޅުވީ


    ތާރީޚް:26/10/2009

    ތިއީ ދެން އާއްމުކަމެއްދޯ ކަންތައްތައް ކުރުމަށް ފައިސާ ދިނުން، އެގޮތުން ގަޕޯ ފައިސާ ދީގެން ވޯޓްވެސް ހޯދީ، ވަހީދު މާލަމުގައި ތިބި ގިނަބަޔަކު އެތަނުގައި ހަޅޭލަވަމުން ދިޔައިރު އެއީ އެމީހުންގެ އާއްމުކަމެއް، އެކަމަކު ފަތްބޮމުން ދުވަނިކޮށް ފުލުހުން ހައްޔަރުކުރި އެކަކުވެސް DRP މީހުންގެ ތެރެއިން ރޭގައި ނުފެނޭ، އެކަމަކު އެތަނަށް ހަޅޭލަވަން ދިޔަ މީހުންގެ ތެރޭގައި ފިރާސް، ފިއްރޭ ހުއްޓާ ކަލޯމެން ނުދެކެންތަ؟ އެއީ ކާކުކަން ނޭނގޭ މީހަކު މިރަށުގައި އެބަހުރިތަ؟ އެސޮރު ގާތު މަވެސް އެހިން ކީކުރަންހޭ ދެން މިތަނުގައި ތިހަޅޭ ލަވަނީ، އޭނާ ބުނީ މިތަނަށް އައީމާ ވިސާމް ބުންޏޭ 500 ރުފިޔާ ދޭނަމޭ، ދެން ބުނޭ އެމައްސަލަ ފުލުހުން މެދުވެރިކޮށް ބަލާށޭ، ހަލޭލަވާ އެމީހެއްގެ ހިޔާލު ފާލުކުރުމަކީ މިނިވަންކަމެއްވީމާ އެމައްސަލައެއް ނުބެލާނެ ފުލުހުންނެއް، ދެން ހަމަޔަކު ނޫންތޯ ހަމައިގާ ހުރިތޯ ބަލާ އެމައްސަލަ ފުލުހުންނަށް ހުށަހެޅުމުން ކިހިނެއްބަލާނީ، ރައީސް އަންނި ބުނީ 24 ގަޑިއިރު ހަމައިގާ ތިބޭކަށް ނުޖެހެޔޭ، އެހެންވީމާ ރޭގެ އެވަގުތަކީ އެތަނަށް ނުރުހުން ފާލުކުރުމަށް ނުކުތް މީހުން ހަމައިގާ ތިބެންނުޖެހޭ ވަގުތުކަމުގައިވެސް ބެލެވިދާނެ، ދެން އެއީ މައްސަލަ އަކަށް ވެގެންނެއްނުވާނެ، އެކަން މިސަރުކާރުން ބަލައެއް ނުގަންނާނެ، އެކަމަކު އެގޮތަށް ކަންތައްކުރުމުން، ކޮންމެ ބައެއް ނަމަވެސް އެގެއްލެނީ ރަށުގެ އިޖްތިމާއީ ފޭރާން، ރަށަށް އެރީ ރަށު ބައެއް ނޫން އިސްލާމީ ރީތި އުޞޫލުން ބަލާނަމަ އެމީހުންނަށް ރަށުމީހުން މަރުހަބާ ކިޔާ މެހްމާންދާރީ އަދާކުރަންޖެހޭނެ، މިހެން މިކަން ވުމުން ބަދަލު ހިފުމުގެ ގޮތުން އެހެން ބަޔަކު އަޔަސް މިގޮތަށް ކަންތައްވުން އެކަށީގެންވޭ އެހެން ވުމުން ރަށަށް ލިބޭ ފައިދާ އަށް ވުރެ ގެއްލުން ބޮޑުވާނެ.މިގޮތަށް ކަންތައްކުރުމަށް DRP ވިޔަސް MDP ވިޔަސް އުޅުން އެއީ އަޅުގަނޑު ރުހޭ ގޮތެއްނޫން، އަދި ރަށްދެކެ ލޯބިވާ އެކަކުވެސް އެގޮތާއި ނުރުހޭނެކަމުގައި އަޅުގަނޑު ދެކެން، އެހެންވެ މިބުނީ ވިޝާމް ލަތީފަކީ މިރަށަށް ހެޔޮ އެދޭނެ މީހެއް ނޫނޭ.

  14. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:26/10/2009

    މިޙރު މިއެގުނީ ޑޯގުތިޔަހުރީ އެތަނުގައި ހަކުރުހިފައިގެން އުޅުނު މީހުންނަށް ވާގިވެރިވެގެންކަން. އެހެންނޫންނަމަ ގާނޫނީ ގޮތުން އެކަން ހުއްޓުވެން އޮތްގޮތަކަށް އެކަންހުއްޓުވީސް. މަށަށް އެގިފައިވާގޮތުން ޑޯގުތިޔަބުނި ދެމީހުން ފިރާސް، ފިއްރޭ އަކީ ޕީއޭގެ ދެމީހުން އެމީހުން.މަތިޔަބުނާ މީހުންދެކުނިން ތަސްމީނު މިރަށަށް ފޭބި ފާލަންމަތިން އޭރުއެމީހުންއެތަނަށް ގޮސްތިބީ އިގުބާލުމޮހޮންމަދު ބުނެގެން ތަސްމީނު ހިމާޔަތަށޯ، ނޭގެ ކިހާވަރެއްކަމެއްދިނީ.އެހެންވިއްޔާ ދެކޮޅުންކާލީތާ ތިޔަދޯ. ދެންމަށެއްނުދެކެން ތިޔަބުނާ ބަޔަކު ޑީޢާރުޕީ މީހަކާ ދިމާލަށް ހަޅޭލަނިކޮށެއް.

  15. Dog‮ ‬ވިދާޅުވީ


    ތާރީޚް:26/10/2009

    ޕިސްޕިސް ކަލެއަށް ހަމަ ސާބަސް އެކައްޗެއްވެސް ނޭނގޭދޯ، އަހަރެން މިދެއްކީ އެކަކުގެ ވާހަކަ ފިރާސް (ފިއްރޭ) އެއީ މިރަށު މީހަކަށް ނޯޅޭނެ މީހެއް، އެކަމަކުވާދޯ، އެތަނުގައި ވަރަށް ގިނަ މިކަހަލަ މީހުން ތިބި އެކަމަކު މިއިން އެއްވެސް މީހަކު ފާލަންކައިރިއަކަށް ނުމެދޭމެ، އެމީހުން ތިބީ ވަހީދު މާލަމުގައި، އެއީ ވިޝާމް ބުނެފައިވާ ގޮތްކަމަށްވެސް ފިރާސް ބުނި، އެތަނުގައި އިގްބާލް މުޙައްމަދު ބަޔަކު ފޮނުވާކަށް ނުޖެހޭ އެއީ drp އެތައް މީހުންނެއް އެތަނަށް ގޮސް ތިބި،ހަމަ ނުޖެހުމަކަށް ދިޔަ ނަމަވެސް އެތަނުގައި ގަދަވީހީ drp އެކަމަކު އެފަކަމަކަށް އިސްވެ އަރައިގަންނަށް އެމީހުން ފަސްޖެހޭނެ، އެއީ އެތަނަށް އެއްވެ ތިބި drp ގިނަ މީހުންނަކީ ކާންބޯން މަސައްކަތްކުރާ އާއިލާއެއްގެ ޒިންމާދާރު ބައެއް، mdp މީހުންފަދައިން އަމަޔަކާއި އަމަޔެއް ބަފަޔަކާއި ބަފަޔެއް ކިޔާފަ ހަޅޭލަވަން ގޮސް ތިބޭ ބައެއް ނޫން. ދެން ބުނަންތަ އެތަނުގައި ހަކުރު ހިފައިގެން ބަޔަކު ގޮސްތިބިކަމުގައި ނުވަތަ ބޮއިގެން ބަޔަކު ތިބިކަމަށް އަޅގަނޑު ނުބުނާކަމެއް ނޭނގޭދޯ، ކަމާ ބެހޭ މީހުން ގާތުގައި އެވާހަކަ ބުނިން، ބުނީމާ އެމީހުން ބުނީ މިތަނުގައި އެމީހުން ހިފަހައްޓަން އުޅުމުން މަސްލަހަތު ގޯސްވާނޭ، އެމީހުން އެތިބީ ހަމައިގާ ނޫންކަން ތިމަންނާ މެންނަށް އެނގެޔޭ، ދެން ބުނެބަލަ ކުރާނެކަމެއް، ރައްޔިތުން ނުކުމެ އެފަދަ މީހުންގެ ކަންތައް ހައްލުކުރަންވެސް މިރަށުގައި ނޫޅެނީކީނޫން، އެކަމަކު މިސަރުކާރުން އެކަން ކުރުވާނަމަ އެކަމެއް ނުހުއްޓޭ، ވަކި މިސަރުކާރެއް ނޫން ކުރިންވެސް މިހާރުވެސް އެކަންތައްތައް ހުއްޓުވުމަށް އެއްވެސް ކަމެއް ނުކުރޭ، ވެރިކަމަށް އަންނަންވެގެން ބުނި ވެރިކަމާއި ހަވާލުވާތާ 06 މަސްދުވަސް ތެރޭގައި މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރާނަމޭ، އެކަން ވެއްޖބާ ނުވޭ.

  16. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:26/10/2009

    މާލެއިން އަތުލައިގަތް 2 މީހުންނާއި ފޯއްމުލަކާއި އައްޑުއިން އަތުލައިގެން 2 މީހުންނާއެކު ރައީސް ވިދާޅުވި ބޮޑު 6 މީހުންގެ ތެރެއިން 4 މީހުން އެއޮތީ ސަރުކާރުން ހައްޔަރުކޮށްފައި، މިއެންމެންނަކީ ވެސް ޑީއާރުޕީ/ޕީއޭ ގެ ނަންހުރި މީހުންކަން ޑޯގަށް ނޭނގުނުކަމީ އަޅުގަނޑު ހައިރާންވެ ދެފަޅިއަށް ފަޅިވި ކަމެއް. އަދިވެސް ޑޯގު ވިދާޅުވާނެ އެމްޑީޕީއިންނޭ ހަކުރާ ފުށާ ވިއްކަނީ. އެހެންނެއް ނޫން. ކާކަށްތޯ ޔާމީން މިކަމުގައި އުޅޭނެކަން ނޭނގި އޮތީ މިރާއްޖޭގެ. އެހެންވީމާ ޑޯގު ހަމަ ތިޔަހެން ވައްވައް ޖެހިޔަސް ރައްޔިތުން ތިޔަ އަޑެއް ނާހާނެ ޑޯގޫ. އެއަށް ވުރެ ރައްޔިތުންގެ ލޯމިވަނީ މާބޮޑަށް ހުޅުވިފާ. އެކަމާ ނޫންތޯ ޑޯގު ތިޔަ އިރިއިރިލަައްވަނީ. އެކަމަކު ވެސް ދަންނަވަން ވާހަކައެއް. މިޤައުމުގައި މިއަހަރު ތެރޭ ހަކުރާ ތެލާ އަތުލައިގެންހައި ގިނައިން މިވީ 30 އަހަރު ވެސް އަތުލައެއް ނުގަނެވޭ. އެކަން އެހެން އެވީ ޔާމީން މެން އާދަމް ޒާހިރު މެން ދުރުކޮށް އެތަނަށް ތެދުވެރި ދިވެހި ދަރިން ލީމާ. މިދެންނެވީ މިނިސްޓަރ ޙަސަން ލަޠީފު އަދި ކޮމިޝަނަރު އަހުމަދު ފަސީހުގެ ވާހަކަ. މިޙަޤީޤަތް ޑޯގު އުޑުގައި ޖެހިފައި ހަނދަށް އެރުއްވިޔަސް އޮޅުވައެއް ނުލެއްވޭނެ. އެހެންތޯ މައުމޫނު ޒަމާނުގައި، ޑުރަގުން ކަޅިވެފައި ހުރި ޗިކަ ހައްޔަރުކުރީ ވެސް ރައްޔިތުން ނުކުމެ އޭނާ ކޮށާާލާ ހިސާބަށް ދިޔާމަ. އެވެސް ޑްރަގުގެ މައްސަލައަކަށް ނުހަދާ ހެދީ ގަވައިދާ ޚިލާފަށް ތޫނު އެއްޗެހި ގެންގުޅުނު ކަމަށް. އެކަމަކު މައުމޫނު ލާފައި ތިބި ޤާޟީން މިދައުރުގައި އެގޮތަށް ފުލުހުން ޕީޖީ އޮފީސް މެދުވެރިކޮށް ހުށަހެޅި މައްސަލަ ވެސް ބޭރުކޮށްލީ ޤާނޫނަކުން މަނައެއް ނުކުރޭ ކަނޑިއާއި ޚަންޖަރު ގެންގުޅުމެއް ކިޔާފަ. މިފަދަ ދެއުޅިއެއް ނުވާ ބައެކޭ މައުމޫނު ގެންގުޅުނީ. ދެން ޑޯގު ކޮންއެއްޗެއް ވިދާޅުވާކަށް؟

  17. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:26/10/2009

    ޑޯގު ކަލޭތިޔަބުނީ ވަރަށް ތާހިރު ވާހަކައެއް.ނަޝީދުވެރިކަމަށް އައިސް ހަކުރާފުށާ ވިއްކާވާހަކަ މައުމޫނުވެރިކަމުގައި އެއްވެސް އެކަހަލަ އެއްޗެއްމިރާއްޖެއަކު ނުގެންގުޅެޔޭ. ގަދަކަލޭ ތިހެންބުނީމަ.ތިޔަހަރީ ވިސްނޭ ދިވެހިދަރިން. ދެންތިޔަބުނީ ތިޔަބުނީ ފުލުހުންކަރީބުނީމޭ ކަޑައެޅިގެން ދޮގެއް މަށަކީ އެތަނުގައި ތިބި ފުލުހުނާ ވަރަށް ރައްޓެހިމީހެއް.މައެހިން އެމީހުންކައިރީގަ.އެތާ ތިބި ފުލުހުންނަކީ އަޅިވިލާގެ ،އަޅ.ދެން ފޮރިންވިލާ ހުސޭނު އަދި ބައްޑޭ.އެއީ ގޯތިތެރޭގަ ތިބި މީހުން. މިމީހުން ޑޯގުގެ ވާހަކަ ދޮގުކުރޭ.އަދި ކުރިންމަބުނި މީހުން ފާލަންކައިރިއަށް ދިޔަމެ.