ހިލޭސާބަހަށް މަސައްކަތް ކުރުމަށް ޖަރުމަނުން އައި 3 ޑޮކްޓަރުންގެ ތެރެއިން އެއް ޑޮކްޓަރެއް މަސައްކަތް ކުރައްވާނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކަމަށް ހެލްތް މިނިސްޓްރީން ހާމަކޮށްފިއެވެ. މިކަން ހާމަކުރައްވާ ހެލްތް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ވާގޮތުން ޖަރުމަނުގެ މިތިން ޑޮކްޓަރުންނަކީވެސް އެތެރެހަށީގެ ހާއްސަ ޑޮކްޓަރުން ކަމަށާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިތުރުން ޖަރުމަނުގެ އަނެއް ދެ ޑޮކްޓަރުން ފޮނުވަން ހަމަޖެހިފައިވަނީ ހއ ދިއްދޫ އަތޮޅު ހޮސްޕިޓަލަށާއި ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށެވެ.
މިފަހަރު އައި 3 ޑޮކްޓަރުންގެ އިތުރުން އިތުރު ދާއިރާތަކުގައި މަސައްކަތް ކުރުމަށް ބޭރުގެ ހިލޭސާބަހަށް މަސައްކަތް ކުރާ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރަމުން އަންނަކަމަށް ހެލްތް މިނިސްޓްރީގެ ނޫސްބަޔާނުގައި ވެއެވެ.

ހާޝިމް ވިދާޅުވީ
ތާރީޚް:25/10/2009
މިސަރުކާރުން ކުޅުދުއްފުށްޓަށް އަދަބު ދެނީއޭ ކިޔައިގެން ވާހަކަތައް ފެތުރި ފަރާތްތަކަށް މިއީ ވަރަށް ހިތްދަތި ޚަބަރަކަށް ވާނެ. ސަބަބަކީ، އެމީހުން ދައްކަމުން ގެންދިޔަ ވާހަކަތަކުގެ ދެއުޅިއެއް ނުވިކަން މިއިން ސާބިތުވާތީ. އަޅުގަނޑު ދަންނަވާނީ، ދިވެހި ސަރުކާރަކީ އޯގާތެރި ސަރުކާރެކޭ. މިފެންނަނީ އޭގެ ހެކިތަކޭ. މައުމޫނު ސަރުކާރުގެ 30 އަހަރުގައި ވެސް އަޅުގަނޑުމެންނަށް ޑޮކްޓަރުންގެ ގޮތުގައި ފެނިފައިވަނީ އިންޑިޔާގެ ކެނައިން. އަދި އޭގެ ތެރެއިން ގިނަ މީހުންނަކީ ޑޮކްޓަރުކަމަށް އެކަށީގެންވާ ބައެއް ވެސް ނޫން. އަޅުގަނޑު އައިޖީއެމްއެޗްގައި މަސައްކަތް ކުރި ދުވަސްވަރު، އެއިން އެއް ޑޮކްޓަރަކީ ޙަޤީޤަތުގައި ޑޮކްޓަރެއް ނޫންކަން ވެސް ފަޅާއެރި. ފަހުން އެނގުނު ގޮތުގައި އެއީ މައުމޫނު ސަރުކާރުގެ އާދައެއް. މިއުސޫލުން ޓީޗަރުން ވެސް ގެނެސްފައިވޭ. ޓްރިވެންޑްރަމްގެ އާނުގަނޑުމަތިން ދާއަޅައިގެން ގެންނަ މިޒާތުގެ މީހުން ދިވެހިރާއްޖޭގެ ތަޢުލީމުވަނީ ހަލާކުކޮށް، އެތައް އަހަރެއް ފަހަތަށް ޖައްސާލުމުގެ ބުރަ މަސައްކަތް ވަރަށް ފުރިހަަމައަށް ކޮށްދީފައި. އެއީ މައުމޫނު ބޭނުންވި ގޮތް. ދެން ޑޯގު ފަދަ ކުރީ ސަރުކާރުގެ އައުވާނުން ވިދާޅުވާނެ މިއީ ވެސް ދޮގެކޭ.
DOg ވިދާޅުވީ
ތާރީޚް:25/10/2009
ހާޝިމް އަދި ތެޅިގަންނާކަށް ނުވެޔޭ، ތިބުނަނީ ހިލޭ ޝާބަހަށް ގެނައި މީހެއްކަމުގައި، ކިހިނެތް އެނގެނީ މިއީވެސް ޑޮކްޓަރެއްކަމެއް، އަދި އެމީހާގެ ފަރުވާތަކަށް ބަލާފާ، މިކޮށްދިނީ ހެޔޮކަމެއްކަމުގައި ބުނެވޭނީ، މިހެން މިބުނީ މިކަހަލަ ކިތައް ސްޓަންޓް މިސަރުކާރުން ހައްދަވަމުން އެބަގެންދަވާތޯ، ހިލޭ ޝާބަހަށް މަސައްކަތްކުރާ VSO ތައާރަފްކުރީވެސް ކުރީގެ ސަރުކާރުން އެތަނުގައި މަސައްކަތްކުރަނީކީ އިންޑިއާގެ ކެނައިންނެއްވެސް ނޫން، ޔޫރަޕް މީހުންނާއި ޖަޕާން މީހުން، ދެން އިންޑިޔާގެ ކެނައިކަމުގައި ހާޝިމް ބުނުމުން އަޅުގަނޑު ވަރަށް ދެރަވެއްޖެ، އެކަމަކު ތިމީހުންނަކީ އަނެއްކާއަށް އިހްތިރާމް ކުރަން ދަންނަ ބައެއް ނޫންކަންވެސް އެނގޭ، އިންޑިއާ މީހުންނަށް ކެނައިކަމުގައި ބުނުމުގެ އެއްވެސް ހައްޤެއް އެއްވެސް މީހަކަށް ލިބިގެންވާކަމުގައި އަޅުގަނޑު ނުދެކެން، ހާއްޝަކޮށް ދިވެހިން އެފަދައިން ބުނުމަކީ ލަދުގަންނަންޖެހޭނެކަމެއް، މި އަންނަ ނޮވެމްބަރ މަހުގެ 03 ވަނަދުވަހަކީވެސް މިސަރުކާރުގެ އިސްބައެއްގެ ސަބަބުން މިރާއްޖެ ދުށް ބިރުވެރި ނާންމާ ދުވަހެއްގެ ނިމުން އިންޑިއާ ސަރުކާރުގެ ދީލަތި އެހީގެ ސަބަބުން ލިބުނު ދުވަހެއް، މިގައުމަށް އެތަކެއް އެހީ ވެއްދެއްވަމުންގެންދާ އިންޑިއާއަށް ތިފަދަ ކުޑައިމީސް ބަހެއް މިސަރުކާރުގެ މީހަކު ބުނުމުގެ ކުރިން ކަލެމެންގެ ރައީސް މިހާރުން މިހާރަށް މިގައުމަށް ގެނައުމަށް ގޮވާލަން، އޭނާ މިހާރުވެސް އެހުރީ ހާޝިމްގެ ބަހުރުވައިންނަމަ ކެނައިންގެ ގާތަށް ގޮސް، ކީއްކުރަންތޯ ސަލާންޖެހުމަށާއި ގައުމުގެ ނުވި އޮތް ބައި ވިއްކާލެވޭތޯ، ދެން ކެނައިންނަކީ ކޮބައިކަން ވިސްނާލާ، ދެން އިންޑިއާ މީހުންގެ ފެންވަރު ނެތްކަމުގައި ބުނާއިރު ދުނިޔޭގެ އެއްވަނަ އެކި އިމްތިހާނު ތަކުން ހޯދަމުން އެގެންދާ ދަރިވަރުންނަކީ ޔޫރަޕް މީހުން ގާތުން ކިޔަވާ ކުދިންތޯ، ނޫން ހަމަ އިންޑިއާ ލަންކާ ޓީޗަރުން، އިންޑިއާގެ ޓީޗަރުންނާއި ޑޮކްޓަރުންނާއި ޕްރޮފެސަރުންނަކީ ދުނިޔޭގެ އެކިތަންތަނުގައި މަސައްކަތްކުރަމުންގެންދާ ބައެއް، އެމީހުންގެ ތެރެއިން ގިނަބަޔަކު ޔޫރަޕްގެ ގައުމު ތަކާއި އެމެރިކާގައިވެސް މަސައްކަތްކުރާކަން ހާޝިމް އަށް ނޭނގެނީތޯ، ދުނިޔޭގެ ކަންތައްތަކަށް ފާޑުކިއުމުގެ ކުރިން ދުނިޔެއަށް ބަލާލާ، ތިޔަހެން އަބަދު ރީދޫ ލިބާސް ލައިގެން MDP ހަރުގޭގައި އޮތަކަށް ތަނެއް ދޮރެއް ނޭނގޭ، މިހާރުވެސް ތިއޮތީ ތެދާއި ދޮގު ވަކިނުވާވަރުވެފައި. ޖަރުމަނު ވިލާތުން މިއައި ޑޮކްޓަރަކީ ރަގަޅަށް ވިއްޔާ ކްރިސްޓިއަން ދިންފެތުރުމަށް ގެނައި މީހަކަށްވާނީވެސް،.
DOg ވިދާޅުވީ
ތާރީޚް:25/10/2009
އެކަމަކު ބުނެލަންތަ، މިއީ ރަގަޅު ޑޮކްޓެއްކަމުގައި ވަނީ ނަމަ ސަރުކާރުން ތިކޮއްދެއްވި ކަންތަކަށް ޝުކުރު ދަންނަވަން، އެކަމަކު ގޯސް މީހެއްކަމުގައި ވަނީނަމަ އިސްތިއުފާއަށް ގޮވާލަން.
ހާޝިމް ވިދާޅުވީ
ތާރީޚް:25/10/2009
މައުމޫނު ސަރުކާރުން ތަނެއްގައި ހުރި މަރުމޯލެއް ގެނަޔަސް އެވަރެއް ނޯންނާނެ ޑޯގު މެންނަކަށް. އެކަމަކު މިސަރުކާރުން ގެނައިމާ އެވީ ކްރިސްޓިއަން ދީން ފަތުރާ މީހަކަށް. ބަލަ ކާކުތަ ތީމުގޭ ތެރޭގައި ދީން ފެތުރީ. ކާކުތަ އޭއެމްޑީސީ ތެރޭގައި ދީން ފެތުރީ. ފަހަރުގައި ޑޯގަށް އެނގިފައި ނެތަސް އެއީ ހުދުއަސުރުމާގޭ އާދަމް ނަޢީމް. ދެން ބުނެފާނެ އެއީ ކާކުހޭ؟ އެއީ ތީމުގޭ އެގްޒެކެޓިވް ޑައިރެކްޓަރެއް ނޫންބާ؟ އެވަރު ދިވެހިންނަށް ނޭނގެނީބާ؟ ރައީސް އޮފީހުގެ ޑިރެކްޓަރެއް ނޫންބާ އަމިއްލަ ދަރިފުޅާއެކު ބަދު އަޚުލާޤީ ގުޅުން ހިންގައިގެން ޝަރީޢަތަށް ގެންދިޔައީ. އަދި އޭނާގެ އަންހެނުން ވެސް އެކަަމަށް ހެކިބަސްދިނީ. ޑޯގުމެންގެ ބައިސިކުނޑިން މިވަރެއް ނުވިސްނޭނެ. އަޅުގަނޑު ދެންނެވީ އިންޑިޔާ އެންމެންނަކީ ކެނައިންނޭތަ؟ އެހެނެއް ނޫން. އިންޑިޔާއިން ޑޮކްޓަރުންނޭ ކިޔައިގެން ގެނެސްފައިތިބީ ކެނައިން ކަމުގައި އަޅުގަނޑު ދެންނެވީ. އެއީ ޙަޤީޤަތެއް. ޑޯގަށް ހީވަނީ ކޮންމެ ރަށެއްގައި ކޮޓަރިއެއް ހަދާފަ ދެގުޅަ ޕެނެޑޯލާ ބޭސް މަލަން ކޮޅެއް ފޮނުވާފަ ހުރީމާ އެއީ ލައްކައެކޭތަ؟ އެއީ ޒަމާނީ ހޮސްޕިޓަލެއްބާ؟ އެހެންވީމާ އަނެއްކާ ވެސް ބުނެލަން ބޭނުންވަނީ ތިޔަހެން ސަފުން ބާކީވެގެން މުޅި ޤުލްޝަނުން ހިތްދޫވެގެން ތިޔަހެން އުޅޭ ދިރިއުޅުމަކުން ދުވަހަކު މަލެއް ނުފޮޅެނެއޭ ޑޯގޫ.
ދޮން އިބްރާހީމް ހަސަނު ވިދާޅުވީ
ތާރީޚް:25/10/2009
ޑޯގޭ ޑޯގޭ ލައްވާނެ ކަމެއްނެތް! ކުޅުދުއްފުށީގައި މަސައްކަތްކުރާ ދެ ވޮލަންޓިރު ޓީޗަރުންނަކީ ހަގީގަތުގައި ޓީޗަރުންނެއް ނޫން. އެމީހުންގެ އަނގައިނ ބުނީ އެމީހުން ޓީޗަރުކަމުގެ ތަމްރީނު ނުހޯދާވާހަކަ.
ޕިސްޕިސް ވިދާޅުވީ
ތާރީޚް:25/10/2009
ފަރަޓަ އިލެކްޓޯނިކު މަސައްކައް ދަސްކުރީ ކޮންކޯހެއް ކޮންތާކުން ތަމްރީނު ހޯދައިގެން.އެކަމަކު އެފެންވަރުގެ މީހަކު ނުކެރޭނެ މިރާއްޖެއިންވެސް ހޯދަން. އެހެންވީމަ ޓީޗަރުންވެސް އެފެންވަރު ހުރިއްޔާ އެނިމުނީ.
ބައޯ ވިދާޅުވީ
ތާރީޚް:25/10/2009
މިހާރު މިއޮންނަނީ އަބަދު ސިޔާސީ ވާދަ މިތާ….. ކުޅުދުއްފުށީގެ ސައިޓެކޭ ބުނީމަ ލަދުވަސް ގަނޭ….
ދެންމިހެން ލިޔުނީމަ މި ޕަބްލިސް އެއް ނުކުރާނެ.
Dog ވިދާޅުވީ
ތާރީޚް:25/10/2009
މިރާއްޖެއަށް އިންޑިޔާ އިންގެނެސްފައިތިބި ޓީޗަރުންނަކީ ކެނައިންކަމަށް ހާޝިމް ބުނި ބުނުން ދެވަނަފަހަރަށްވެސް އަޅުގަނޑު ކުށްވެރިކުރަން، އެއީ މިރާއްޖެއިން ކިޔަވައިގެން މަތީތައުލީމް ހޯދާފައިވަ ގިނަ ކިޔަވާކުދިންނަކީ އިންޑިޔާ ލަންކާ ޓީޗަރުން ކިޔަވައިދީފައިވާ ކުދިން، އަދި އަޅުގަނޑު ނުބުނަން އެއީ ކްރިސްޓިއަން ދީން ފަތުރަން ގެނައި މީހެކޭވެސް، ރަގަޅަށް ވިއްޔާ ވާނީ އެކަމުގައި ގެނައި މީހެއްކަމަށް އަޅުގަނޑުބުނީ، ދިވެހިބަސް އެނގޭނީ ކޮންމެވެސް ވަރެއްގެ ތެތްކަމެއް ސިކުނޑީގައިވެސް ހުރުމުން ހަމަ ދިވެއްސެކޭ ބުންޏެއްކަމަކު އެންމެން ދައްކާ ދިވެހިބަސް ނޭނގޭ، އަސްލު އެހެން ބުނަން ޖެހެނީ ޑޮކްޓަރުންނަކީ ނުހަނު ބޮޑު މުސާރަ ލިބޭ ބަޔަކަށް ވާހިނދު ހިލޭސާބަހަށް އައުމުން އެއީ ކޮންމެވެސް ސިއްރެއް އޭގައި އެކުލެވިގެންވާކަމެއް ކަމުގައި އަޅުގަނދު ދެކޭތީއެވެ. އަޅުގަނޑު ހިތުން މިސަރުކާރުގެ އެއްވެސް ވަޒީފާއެއްގައި ހާއްޝަކޮށް އިސްމަގާމެއްގައި ކުޑަވެސް ގޯސްކަމެއް ކުރި މީހެއް އަދި ކުރާ މީހެއްވެސް ނެތް، އެކަމަކު ރާބުއިމާ ފިރިހެންކުޅިކުޅުމާއި މިއީ އެބައިމީހުން ނުކުރާކަމަކަށް ހަދަން އުޅުނަކަސް އެކަން ކިހިނެއްތޯވާނީ، އެހެން މިބުނީ ރައީސް އޮފީހުގައި އުޅޭނެ ބޯދިގުކޮށްގެން އަންނިގެ އަންހެނުން، މިދެމީހުންގެ ވާހަކަ މިބުނީ. އެކަމަކު ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެދޯ، ދެން ބުނެފިޔޭނުން ފަރަޓަ ކިޔަވައިގެން ނެތްނޫނޭ، އޭނަވެސް ކޮންމެވެސް މީހެއް ގާތުން އެއްޗެއް އޮޅުން ނުފިލުވާ އެއްޗެއް ދަހެއް ނުވާނެ، އަދި އެކަހަލަ މަސައްކަތާއި ޓީޗިން އާއި އެއީ ވަރަށް ތަފާތު ދެކަމެއް.
އިސްބެ ވިދާޅުވީ
ތާރީޚް:25/10/2009
ބަލަންވީކީ މީހާގެ ކުލައަކަށްނޫން، މީހާގެ ޤާބިލް ކަމަށް، އިންޑިޔާ އަކީވެސް މެޑިސިންގެ ރޮގުން ދުނިޔޭގެ ވަރަށް ކުރީގަ އުޅޭ ގައުމެށް. އަދި ހަމަ އެހެންމެ ޖަރުމަނަކީވެސް ދުނިޔޭގެ މޮޅެތިމީހުން އުޅޭ ޤައުމެއް. މިފަދަ ޑޮކުޓަރުން ރާއްޖެއިންވެސް އުފެއްދޭތޯބަލަންވީ..
ރޭބަން ވިދާޅުވީ
ތާރީޚް:25/10/2009
ބައޯ އަށް ނޭގެނީތަ. މިގައުމުގައި ހިނގާ ސިޔާސީ ކަންތައްތަކަކީ އެކަމަކާ ރާއްޖޭގެ މުޅި ރައްޔިތުން ވިސްނާ ފިކުރު ކުރަންޖެހޭ ކަންތައްތައް. ބައޯ ތި ކޮމެންޓް ކުރީވެސް ސިޔާސީ ހަބަރަކަށް ނޫން. ރައްޔިތުންގެ މަޖިލީހުގައި ހިނގާ ކަންކަމަކީ ވެސް ސިޔާސީ ކަންކަން، އެކަމަކު އެއީ ކުޅުދުއްފުށްޓާއި ގުޅުންހުރި ކަންކަން. ހަމަ ކޮންމެ ރައްޔިތަކާއިވެސް ގުޅުން ހުރި ކަންކަން، މަށަށް މިހާރު ވަރަށް ރަނގަޅު މިސައިޓު. ތަންތަނުން ކޮޕީ ކުރުމުގައި ބަދަލުގައި މުޅިންވެސް ފެންނަނީ އަމިއްލަ އުފެއްދުން. ޖަރުމަނު ޑޮކްޓަރު ހަބަރު މަ ނުދެކެން މިސައިޓުން ނޫނިއްޔާ…
DOg ވިދާޅުވީ
ތާރީޚް:25/10/2009
ހާޝިމް މިލިޔުމަށް ކުރި ފުރަތަމަ ކޮމެންޓް ކިޔާލިކޮންމެ މީހަކަށްވެސް އެނގޭނެ އިންޑިޔާއިން މިގައުމަށް ގެނެސްތިބި ޑޮކްޓަރުންނާއި ނަރުހުންނަކީ ކެނައިންކަމަށް ބުނެފައިވާކަން، އަދި ހާޝިމް ބުނެފައިވާ ގޮތުން ޓީޗަރުންނަކީ އިންޑިޔާގެ ތޮށިމަތިން ދާއަޅައިގެން ގެނެސްފައިވާ ބައެއް، މިއީ ހާޝިމް މެންގެ ފެންވަރު ، ތިމާމެންގެ ދަރިންނަށް ކިޔަވައިދޭން އައިސް ތިބި މީހުންނާއި އާއިލާއަށާއި ތިމާއަށް ބޭސްފަރުވާކޮށް ދޭންވެގެން އައިސް ތިބި މީހުންނަކީ އެއްވެސް ބައެއް ނޫންކަމުގައި ހާޝިމް ތިބުނަނީ އެމީހުންގެ އަގުވަޒަންނުކުރާތާ، އެމީހުން އިންސާނިއްޔަތަށް ކޮށްދޭ މަސައްކަތުގެ އަގުވެސް ވަޒަންނުކޮށް، ދެން ތިބުނަނީ ޙާޝިމް ބުނީ ހަމައެކަނި ޑޮކްޓަރުންގެ ވާހަކަކަމުގައި އަލުން ކޮމެންޓް ކިޔާލާ އޭރުން ބުނި އެއްޗެއް އެނގޭ، ވީއިރު އެފަދަ ގައުމަކަށް ތިމާގެ ރައީސް އަންނި ފޮނުވައިގެން ކީއްތަ ތިކުރަނީ، އަޅުގަނޑަށް އެނގޭ ހާޝިމް މެންނަކީ އެއްވެސް ބަޔަކަށް އިހްތިރާމް ކުރާނެ ބައެއް ނޫންކަން އަދި އިހްތިރާމް ކުރަންދަންނަވެސް ބައެއް ނޫންކަން، ވީހިދު އެހެން މީހުން ދައްކާ ވާހަކަ އޮޅުވާލަން މަސައްކަތްކުރުމުން ތިމާމެން ޖެހެނީ ލަދުގަންނަން، މިރާއްޖޭގައި ގިނައަދަދެއްގެ އިންޑިޔާ ޑޮކްޓަރުންނާއި ޓީޗަރުން މިހާރުވެސް ކުރިންވެސް އެބައުޅޭ އޭގެތެރެއިން ބައެއް މީހުންނަކީ ވަރަށް މޮޅެތި މީހުން އަނެއް ބަޔަކީ އެހާ މޮޅުބައެއް ނޫން. އެއްޗެއް ކިޔެވިއެއްކަމަކު އެންމެނަން ލިބިފައިވާ ވިސްނުމާއި ހުނަރަކީ އެއްވަރަކަށް ލިބިފައިވާ އެއްޗެއް ނޫން، އެހެން ވީމާ ހާޝިމްމެންފަދަ ތަނެއް ދޮރެއް ނުދަންނަ މީހުންވެސް މިރާއްޖެއިން މިފެންނަނީ. ދެން އެހެނޭ ކިޔާފަ ހާޝިމް ގެންގޮސް ކޮންގައުމަކަށް ލާނީ، ތިއީވެސް ދިވެހިދަރިއެއް ކިތަމަ ތަނެއްދޮރެއް ނޭނގުންނަމަވެސް، އަޅުގަނޑުމެން ބޭނުންވަނީ ތިފަދަ މީހުންވެސް ގޮވައިގެން ގައުމާއިގެން ކުރިއަށްދާން. މިސަރުކާރުން ކަންތައްތައް ކުރާ ފަދައިން ވަކިބައެއް މުއްސަނދިކޮށް ވަކިބަޔަކަށް ފައިސާ ބަހާ އަނެއް ބައި މީހުން ނިކަމެތިކުރުމެއްނޫން، އެފަދައިން އެއްވެސް ބަޔަކު ކަންތައްތައް ކުރާނަމަ އަޅުގަނޑު އެބަޔަކާއި ދެކޮޅަށް އަޑުއުފުލާނަން، ދެން މިހެން ބުނާއިރަށް ބުނާނެ މައުމޫނޭ، މައުމޫން ވެސް ބަޔަކު މުއްދަނދިކޮށްފައިވާނަމަ އެކަންކުށްވެރިކުރަން، އެކަމަކު މައުމޫންގެ ދުވަސްވަރު ރައްޔިތުންނަށް ނިކަމެތިކަމެއް އެއްވެސް ވަރަކަށް އައިސްފައިވަނިކޮށް ފެނިފައެއް ނެތް، މިބުނީ ވަޒީފާ މަދުކުރުމާއި މީހުންނަށް މުސާރަ ނުދިނުމާއި ތަންތަނުން ދެމުންގެންދާ ހިދުމަތުގެ އަގުތައް އުފުލުމާއި މުސާރަ އުނިކުރުމާއި ސަރުކާރު ތަންތަނަށް ގެއްލުންދިނުންފަދަ ކަންތައްތައް ކޮށްފައެއްނުވޭ.
ހާޝިމ ވިދާޅުވީ
ތާރީޚް:25/10/2009
ޑޯގު އަންނިގެ އަރިހުގައި އުޅޭ ހުރިހާ އެންމެންނަކީ ރާބޯމީހުންނާއި ފިރިހެންކުޅިންނަށް ހެދީމާ ހަމަ ރަނގަޅަށް ވެސް އެބައެނގޭ ޑޯގުގެ ފެންވަރު. ބޯދިގުކޮށްފައި އެހުންނަނީ ސަލްޖަމްގޭ ޒިޔާދު. އޭނާއަކީ މިޤައުމަށް އިސްލާޙު ގެނައުމަށްޓަކައި ޖިސްމުން ގުރުބާންވި އަގުހުރި، ކެރޭ ހިތްވަރު ގަދަ ދިވެހި ދަރިއެއް. ދެން މިސައިޓްގެ ކޮލަމްގެ ބައިގައި ފިރިހެންކުޅި ވާހަކަ ދެއްކުން އެއީ ވަރަށް ހުތުރުކަމެއް ޑޯގޫ. ތިޔަހާ އަވަހަށް ހަމައިން ނެއްޓި، އެހިސާބަށް ދާކަށް ނުޖެހޭ. ތިޔަކަހަލަ ސާބިތު ނުހިފޭ އިލްޒާމްތައް މީހުންގެ ބޮލުގައި އެޅުވުމަކީ ދީނީ ގޮތުން ވެސް އަދި ޤާނޫނީ ގޮތުން ވެސް ރަނގަޅުކަމެއް ނޫން. އަޅުގަނޑުމެން މިހެން ކިތަންމެ ވަރަކަށް ޚިޔާލު ފާޅުކުރާއިރު ވެސް ދުވަހަކު ވެސް ބުނަފައެއް ނޯންނާނެ އެވެނި މީހަކީ ރާބޯ މީހެކޭ ނޫނީ ޒިނޭކުރާ މީހެކޭ. މިވަރުގެ ތަހުޒީބު ވެސް ޑޯގުގެ ކިބައިގައި ނެތުނީތީ އަޅުގަނޑު ހިތާމަ ކުރަން. އަސްލުގައި އަޅުގަނޑުމެން ކޮމެންޓްކޮށް މިހެން އުޅޭއިރު މީސްމީހުންގެ ޒާތީ ކަންތައްތަކާ ބެހިގެން ނުވާނެ. އަދިި އަބުރަށް ތިޔަ ގޮތަށް އަރައިގަނެގެން ނުވާނެ. މިސައިޓްގައި އަޅުގަނޑެއް ބޭނުމެއް ނޫން މީހުންގެ ދަރިން ތިބޭ ތަންތާނގައި ކިޔަން ނުކެރޭ ކަހަލަ ވާހަކަތައް ހުންނާކަށް ވެސް. މިސައިޓްގެ ހުރިހާ ބޭފުޅުން ވެސް ހެކިވާނެ ތިޔަ ނޫނީ އެއްވެސް ބޭފުޅަކު ކިތަންމެ ބޮޑަށް ޚިޔާލު ތަފާތުވިޔަސް ހުތުރު ބަސް ބޭނުން ނުކުރާކަން. އަޅުގަނޑަށް މިސައިޓުން ތިޔަ ޑޯގަށް ވުރެ މާކުރިން ވެސް ދިމާވެފައިވާ އަޅުގަނޑާ ޚިޔާލު ތަފާތު އެތައް ބޭފުޅުންނަކާ. އެކަމަކު ދުވަހަކު ވެސް ތިޔަހެން ވާހަކަ ދައްކައެއް ނޫޅެން.
ޕިސްޕިސް ވިދާޅުވީ
ތާރީޚް:26/10/2009
ޑޯގުމެންދެން ކޮންހަޅެޔެއްލަވާ ކަށް. މިއޮށް ހުރިހާދުވަހު ނުވިކަމެއްމިހާރު ވަކި ޑީއާރުޕީއަށްވާނެތަ. ކަމެއްވިޔަސްދެންވަނީ ކޮންމެވެސް އެހެންބަޔަކަށް އެމްޑީޕީއަށް ނުވިޔަސް މަށަށްހެޔޮ.ކޮންމެވެސް ބަޔަކު ކުރަނިކޮށް އެނިމުނީ.އެކަމަކު ޑީއާރުޕީ އަކަށް ނުވާނެ ހަދާންނައްތާލާ.ޑޯގުކަލެ ޢާއި މަހިޔާލުތަފާތުވަނީ މިހެންވެ ހަމަ މީހަކު އެއްޗެކޭ ބުނާއިރަށް ތިޔަ ފެލިގަންނަނީ.ހުރިހާމީހުންނަކީ ތިޔަކަލަ ކޮސްހިޔާލު ހުންނަބއެއްނޫން .އެކިމީހުންގެ ހިޔާލު ތަފާތުވާނެ. އެކަންގަބޫލުކުރޭ.އެހެންނޭ ކިޔާފަ މޮޔައެކޭ ވިސްނުންކޮށްޓޭ ގަމާރެކޭ ގޮވާނެކަމެއްނެތް.މަށަށް ޑޯގުގެ ހިޔާލުތަށް ހަމަ އެއްވެސް ތާކުންތާކުނުޖެހޭ.އެކަމަކު އެހެންމީހަކަށް ކަމުގޮސް ދާނެކަންނޭގެ. އެކަހަލަ ކަމެއްމީ.ދެންރަނގަޅު ކަމެއް ކޮށްދީފިއްޔާ އމްޑީޕީއަކަސް އެކުރީ ރަނގަޅުކަމެއް.ހާޝިމު އެބުނަނީ ހަމަ ހައްގު ތެދެއް.
ދޮން އާދަނު ވިދާޅުވީ
ތާރީޚް:26/10/2009
އެޑްމިން އަށް.
ވަޢުދާ ހުވާ ކުރާނެޔޭ، އެހަނދާން ނެތޭނެޔޭ…….ދެން ލަލަލަ
Dog ވިދާޅުވީ
ތާރީޚް:26/10/2009
ޕިސްޕިސް ބުނެދީބަލަ މިސަރުކާރުން ކޮށްދިން ރަގަޅުކަމެއް، މަށަކަށް އަދި ނުފެނޭ، ފަހަރެއްގައި މީހުން ވަޒީފާއިން ކެނޑުމާއި ދީނުގެ ހުކުމްތަކާއި އެކޮޅަށް ވާހަކަދެއްކުމާއި މުސާރަ ކުޑަކުރުމާއި އަސާސީ ހިދުމަތްދޭތަންތަން އަމިއްލަ ފައިދާ އަށް ވިޔަފާރި އުޟޫލުން ވަކިބަޔަކަށް ދިނުމާއި ބޭރުގައުމުތަކަށް ގޮސް ރާއްޖެ އަޑިއަށް ދަނީކަމަށް ބުނެ ބިރުގެންނެވުމާއި ބަޖެޓެއް ނެތޭ އިގްތިޟާދު ދަށްވެފައިވެޔޭ ކިޔައި ބޮޑު ހަރަދުކޮށް ކަނޑުއަޑިއަށް ދިއުމާއި ތަނެއް ދޮރެއް ނުދަތަސް ތިމާއަށް ފައިދާވާތީ ބޮޑެތި މަގާމްތައް ހަމަޖެއްސުމަށްފަހު ބޮޑުމުސާރަދިނުމާއި ވަކިބަޔަކު މުއްސަނދިކުރުމަށް މަސައްކަތްކުރުމާއި އާއްމު ދިވެހިރައްޔިތުން ނިކަމެތިކުރުން މިއީ ސަރުކާރުންކުރާ ރަގަޅު ކަންތައްތައް ނަމަ ދެން ނުބައި ކަމެއް ބަޔަކަށް ނުކުރެވޭ، މީގެ އިތުރުން ތެލަސީމިއާ ކުދިންނަށް ދެމިން އައި އެހީ ކަނޑާލުމާއި ތެލަސީމިޔާ ޓެސްޓަށް އަގުނެގުން، މިއީ ތިބުނާ 30 އަހަރު ނުކުރާ މިހާރު ކުރަމުންގެންދާ ކަންތައްތަކެއްކަން ނޭނގޭތޯއެވެ. މީގެ އިތުރުންވެސް ހޮސްޕިޓާތަކުގައި ޚިދުމަތްދިނުމަށް ބޭނުންވާ ވަސީލަތްތައް ނެތުމާއި ސަރުކާރު އޮފީސްތަކުގެ ބިލްތައް ނެދެއްކުމާއި މިއީ މީގެ ކުރިން މިގައުމުގައި ވަމުންދިޔަ ގޮތެއް ނޫނެވެ. ބަލަގާ އަޅުގަނޑުވެސް ނުބުނަން މިރާއްޖޭގެ ވަރިކަންކުރަންވާނީ DRP މީހުންނެކޭ، އެކަމަކު އެމިހުން ނުކުރިނަމަވެސް މިހާރު މިވެރކަން ކުރާ މީހުންނަކަށް މިކަމެއް ނުވާކަން ގަބޫލުކުރަންވެއްޖެނޫންތޯ؟
Dog ވިދާޅުވީ
ތާރީޚް:26/10/2009
ކާކުތޯ މާވަހަރެއް ފެނުމުން ދޫކޮށްލާނީ، އެކަމަކު މާވަހަރު ހޯދަން އެކުގައި މަސައްކަތްކުރި މީހުން ހަސަނާއި ހުސޭނު ހެދިހެން އެކަކު މަރާލާ މާވަހަރު އަމިއްލަ ކުރަން އުޅުމުން މާވަހަރު މިވީ ގުއިބުރިއަކަށް، އެހެން ވެފައި މިއޮތީ މިގައުމަށްވެސް،
ސަންގުބެ ވިދާޅުވީ
ތާރީޚް:26/10/2009
ހިލޭސާބަހަށް މަސައްކަތް ކުރާ ޑޮކްޓަރުން ނޫނީ ނުފޮނުވެނީތަ؟ޑޮކްޓަރަކު ފޮނުވީތީވެސް ސުކުރުކުރުން ހައްގު. ކީވެބާ އަބަދުވެސް ނުތިބެނީ ހާއްސަޑޮކްޓަރުން؟
No one is above the law BUT Someone is above the nation ވިދާޅުވީ
ތާރީޚް:26/10/2009
ޑޯގަށް: އަޅުގަޑު ދައްކަންތޯ މިސަރުކާރުންކުރި ރަގަޅުކަންތައް (މީހުން ވަޒީފާއިން ކެޑުން) ބޭކާރުމީހުންތަކަކަށް އަހުރަމެންގެ ލާރިން މުސާރަދީފައި ބައިތިއްބުމުގެބޭނުމަކީކޮބާ؟ (ދީނުގެ ހުކުމް ތަކާއިއެއްކޮޅައް ވާހަކަދެއްކުން) ސުވާލެއްވެސްނެއް ރަގަޅުނޫންތޯ؟ (މުސާރަކުޑަކުރުން) ރައްޔިތުންނާއި ސަރުކާރު ދަރަނިވެރިކުރުމަށްވުރެއް މުސާރަކުޑަކުރުއް ރަގަޅުނޫންބާ؟ (އަސާސީ ހިދުމަތްދޭ ތަންތަ އަމިލަކުރުން) އަސާސީ ހިދުމަތް ނުދެވުމަށްވުރެއް ރަގަޅުވާނީ އަމިއްލަފަރާތަކަށްދީގެންވިއަސް އެހިދުމަތް ފޯރުކޮށްދިނުންބާ؟ (ރާއްޖެ އަޑިއަށްދާވާހަކަ ދެއްކުން) މަޢުމޫން 30 އަހަރު އެވާހަކަދެއްކީމަ އަޅާލާނެމީހަކުނުވި ނަސީދު 9 މަހުން މުޅިދުނިޔޭގެ ސަމާލުކަން ހޯއްދަވައިފި ނޫތޯ؟ (ނަސީދު ކަޑުއަޑިއަށް ދިއުން) މަޢުމޫނަކަށް ފީނާކަށެއް ނޭގޭ، އެހެއްނޫންތޯ؟ ރަގަޅުނޫން ތޯ؟