މިދުވަސްވަރަކީ އަޅުގަނޑުމެންނަށް “މިނިވަން” ކަމެއް ލިބިގެންއުޅޭ ދުވަސްވަރެކެވެ. ކޮންމެ މީހަކަށްވެސް ފެންނަ ޝުޢޫރުތައް ފާޅުކުރަމުން ދަނީއެވެ. އެއީ ކޮންމެ މަޢްޟޫއަކަށްވިޔަސް އަދި ކޮންމެ ކަމަށް ވިޔަސްމެއެވެ. މިސާލަކަށް އަޅުގަނޑުމެން އަބަދުވެސް ބުނެއުޅޭބަހެއް އޮވެއެވެ. އެއީ “ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް” ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް” މިފަދަ ބަސްތަކެވެ.އެހެންކަމުން އަޅުގަނޑުމެންނަށް ހުޅަނގުގެ ފިލޯސަފަރުން ނުވަތަ ފައިސަލޫފީން “ޤާނޫނާއި” މެދު ދެކޭ ނަޟަރުތައް ހާމަކޮށްލުމަށް އަޅުގަނޑު ޤަސްދުކުރަމެވެ.
އަޅުގަނޑުމެންނަކީ މުސްލިމުންކަމުގައި ވީހިނދު އަޅުގަނޑު އެންމެ ފުރަތަމަ ބަލާނީ އިސްލާމީ ޝަރީޢަތާއި ނުވަތަ އިސްލާމީ އަޚްލާޤިއްޔާތާއި ހުޅަނގުގެ އަޚްލާޤިއްޔާތުތަކުގެ ތަފާތު ފާހަގަކުރުމަށެވެ. އިސްލާމީ ޤާނޫނުގެ މައިގަނޑު ދެމަސްދަރަކީ ކީރިތި ޤްރުއާނާއި މާތް ރަސޫލާގެ ސުންނަތެވެ. މިއީ ކަނޑައެޅިގެން ބަޔާންވެގެންވާ އަދި ﷲ ގެ ހަޟުރަތުން އައިސްފައިވާ ޤާނޫނެވެ. މިމާނާގައި އިސްލާމީ ޝަރީޢަތަކީ ޝާމިލް އެއްޗެއްކަމާއި އެކަމުގައި ރޫޙާނީ ފައިދާއެކުލެވިގެންވާކަން އެގެއެވެ. އަދި އެއީ ޤިޔާމަތާއި ހަމައަށްދާންދެންވެސް އެއްވެސް ބަދަލުވުމެއް ނުވާ ޤާނޫނެކެވެ. އެއީ ހުރިހާ ޒަމާނަކަށް ފެތޭ ފުރިހަމަ ޤާނޫނެކެވެ. އެހެންކަމުން އިސްލާމީ އަޚްލާޤިއްޔަތުގެ މައިގަނޑު ދެއަސްލަކީ ކީރިތި ޤްރްއާނާއި ސުންނަތެވެ.
އަޚްލާޤިއްޔަތަކީ މީހަކު ކުރާކަމެއް ނުވަތަ އޭނާގެ ސުލޫކީ މިންގަނޑު ޤާނޫނާއި އެއްގޮތަށް ރަގަޅުގޮތަކަށް ހުރުމެވެ. އެހެންކަމުން ސުލޫކަކީ އޭގައި ރަގަޅާއި ނުބައި ހިމެނޭ އެއްޗެއްކަމަށް ބެލެވެއެވެ. އަދި ހަމައެހެންމެ އަޚްލާޤިއްޔަތަކީ ރަގަޅުގޮތްކަމަށް މާނަކުރެވެއެވެ.
އިސްލާމީ އަޚްލާޤިއްޔާތުތައް ތަންޒީމްކޮށްދޭ އަނެއް އަސާސަކީ އިސްނާނުން އުފައްދާ ވަޟަޢީ ޤާނޫނުތަކެވެ. އިސްލާމީ ޤާނޫނުގައި އިންސާނާކުރާ ހުރިހާ ޢަމަލެއް ޞަރީޙަކޮށް އޭގެ ޙުކުމް އައިސްފައި ނެތުމަކީ އެކަށީގެންވާކަމެކެވެ. އެހެންކަމުން އިޖްމާޢާއި ޤިޔާސްއަކީ އިސްލާމީ ޤާނޫނުގެ ތިންވަނަ އަދި ހަތަރުވަނަ މަސްދަރުކަމުގައި ފިޤްހް ޢިލްމްވެރިން ޤަބޫލުކުރައްވައެވެ. ވަޟައީ ޤާނޫނުތަކަކީ ޤްރުއާނާއި ސުންނަތާއި ޚިލާފްނުވާނޭގޮތުގެމަތިން އިންސާނުން އުފައްދާ އެއްޗެއްކަމުން އެއީ ފުރިހަމަ އެއްޗެއްކަމަށް ނުބެލެވޭނެއެވެ. އެއީ އިންސާނާގެ ވިސްނުންއެއީ ފުރިހަމަ އެއްޗަކަށް ނުވާތީއެވެ. ހުރިހާ ވަޞަޢީ ޤާނޫނުތަކެއްވެސް ދެމިއޮންނާނީ އެޤާނޫނެއް ޤްރްއާނާއި ސުންނަތާއި އަދި އެހެން އަސްލުތަކާއި ޚިލާފްނުވާނަމައެވެ.
ހުޅަނގުގެ އަޚްލާޤިއްޔަތު މިއާއި މުޅީން ތަފާތެވެ. އެމީހުންދެކޭގޮތުގައި އަޚްލާޤިއްޔަތަކީ މުޖުމަޢުގެ އުފެއްދުމެކެވެ. އެބައިމީހުންގެ މުޖުތަމަޢުތަކުގެ ނަތީޖާއެކެވެ. ހުރިހާ ކަމެއް ބިނާވެފައިވާނީ އެމީހުންގެ ވިސްނުމުގެ މައްޗަށެވެ. އެމީހުންނަށް ވިސްނޭނީ ރަގަޅަށެވެ. އެއީ ޤާނޫނެވެ. އެއަޚްލާޤިއްޔަކީ ޙުކޫމަތްތެރިކަމަށް ބިނާވެފައިވާ އެއްޗެއްނޫނެވެ. އެހެންކަމުން އެއީ އަބަދުވެސް ބަދަލުކުރަންޖެހިފައިވާ އެއްޗެކެވެ. އެކިޒަމާނާއި އެކިތަންތަނަށް އެއަޚްލާޤިއްޔާތުތައް ތަފާތެވެ. މިސާލަކަށް އެމެރިކާގެ މީހުންގެ އަޚްލާޤިއްޔަތުއެއީ އިންޑިމީހުންގެ އަޚްލާޤިއްޔަތުކަމުގައި ނުހިމެނިދާނެއެވެ.
އެންމެ އިހުގައި މީހުން ދުށީ ޤާނޫނާއި އަޚްލާޤިއްޔަތާއި އެއްވެސް ގުޅުމެއް ނުވާކަމަށެވެ. އެކަން އެހެންވެފައިވަނީ ޤާނޫނާއި އަޚްލާޤިއްޔަތު އެމީހުންގެ މައްޗަށް ހިންގަނީ އެއް އަސާސެއްގެ މަތީގައިކަމަށްވާތީއެވެ. އަސާސްކަމުގައި އެމީހުން ދެކެނީ ހަމައެކަނި ދީނާއި އެމީހުންގެ އާދަތަކެވެ. އާދައަކާއި ޚިލާފަށް ޢަމަލުކުރިޔަސް އަޚްލާޤިއްޔަތުގެ އިމުން ބޭރުވިޔަސް އަދަބުދެވެއެވެ. އޭގެތެރޭގައި އެބައިމީހުންގެ ދީނީ ފިކުރާތުތަކުގެ މައްޗަށް އެކަށައަޅާ އަދަބުތަކާއި ހަމައެހެންމެ އިޖްތިމާޢީ ގޮތުން އަޅާ ހުރަސްތައްވެސް ހިމެނެއެވެ.
މީހުންގެ އިޖްތިމާޢީ ހާލަތުބަދަލުވެ ދުނިޔެއަށް ލޯހުޅުވެން ފެށުމާއި އެކުގައި އިސްވެ ދެންނެވުނު ވިސްނުން ބަދަލުވާންފެށިއެވެ. އަދި ހަމައެހެންމެ ޤާނޫނު އެކަށައަޅާނެ ފަރާތަކަށް އެބައިމީހުން އެއްބަސްވިއެވެ. އެއީ ރަސްގެފާނުކަމަށްވިޔަސް ނުވަތަ ފުރިހަމަ މާނައިގައި ބާރުލިބިގެންވާފަރާތްކަމުގައިވިޔަސް މެއެވެ. އެދުވަސްވަރު ވާންފެށިގޮތަކީ އަޚްލާޤިއްޔަތުގެ މައްޗަށް ޤާނޫނުތައް އެކަށައަޅަން ފެށުމެވެ. ޤާނޫނު އުފެދުނީ އަޚްލާޤިއްޔަތު ތަންފީޒުކުރުމަށެވެ. އަދި އޭގެތެރިން ބައެއްކަންތައްތައް މުޖުތަޢުގެ އިޚްތިޔާރަށް ދޫކޮށްލެވުނެވެ. އެހެންކަމުން އަޚްލާޤިއްޔަތާއި ޤާނޫނު ކަނޑައެޅިބަޔާންވެގެންވާ ފަރާތަކުން އައިކަމުގައިވިޔަސް އެއީ އެކައްޗެއްގެ ގޮތުގައި ނުބެލެވުނެވެ. މިޡާލަކަށް ޢަމަލުކުރުން ލާޒިމް ކަންތައްތައްތަކަކީ އަނެކާގެ ޙައްޤަކަށް ނޭރުމެވެ. އަދި މީހަކަށް ކަމެއްގައި އެހީވުން އެއީ މުޖުތަޢުގެ އިޚްތިޔާރުގައި އޮތް ކަމެކެވެ.
ތަބީޢަތަކީ ޤާނޫނުގެ އަސްލުކަމަށް ދެކެވަޑައިގަންނަވާ ބޭފުޅުން ވިދާޅުވަނީ އިންސާނުން ހަދާޤާނޫނު ރަގަޅުވާނީ އޭގެ މަޞްދަރު ރަގަޅުވެގެންނެވެ. އިޖްތިމާޢީ ޒާވިއާއިން ދެކެވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން ރޮސްކޯ ޕޮންޑް(1964-1870) ވިދާޅުވަނީ ޤާނޫނުގައި އިޖްތިމާޢީ ބޭނުމެއްވެއެވެ. ޤާނޫނުގެ މަޤްޞަދަކީ ޖަމާޢަތެވެ. އެހެންކަމުން ޤާނޫނަކީ ރައްޔިތުންނަށް ކުރިއެރުން ގެނެސްދޭ އެއްޗަކަށް ވާންޖެހޭނެއެވެ. އަދި ޤާނޫނުގެ ބޭނުމަކީ ވީހާވެސް ބޮޑު ފައިދާއެއްނަގައި ޚިޔާލުތަފާތުވުން މަދުކުރުމެވެ. އެހެންކަމުން ހަޢްޤާއި މަޞްލަހަތު ކަނޑައެޅުމުގައި ތިންކަމަކަށް ބަލަންޖެހެއެވެ. އެއީ ފަރުދާއި، ޖަމާޢަތާއި ދައުލަތެވެ.
ޖޯން އޮސްޓިން ގެ ރައުޔުގައި ޤާނޫނާއި އަޚްލާޤިއްޔަތާއި ގުޅުމެއްނެތެވެ. އެދެމެދުގައިވާ ގުޅުން އޮސްޓިން ނަފީކުރެއެވެ. އޮސްޓިންގެ މަޝްހޫރު ނަޞަރިއްޔާތަކީ “އަމުރުގެ ނަޟަރިއްޔާ”އެވެ. ނުވަތަ ކޮމާންޑް ތިޔަރީއެވެ. އޭގައިވާގޮތުން ތިންކަމެއް ފުރިހަމަވާންޖެހެއެވެ. އެއީ އަމުރަކާއި، އަމުރުކުރާފަރާތަކާއި އަދި އަދަބެވެ. މިތިޔަރީގައިވާގޮތުން އަމުރުކުރާފަރާތުން އޭނާ ކުރާ އަމުރަށް ކިޔަމަންވުން ލާޒިމެއްނޫނެވެ. އަދި އަމުރުކުރާފަރާތަކީ ކޮންމެ ހާލަތެއްގައިވެސް ބާރުވެރި ކިޔަމަންކުރެވޭ ފަރާތަކަށްވާންޖެހެއެވެ. އަދި އަމުރަށް ކިޔަމަން ނުވެއްޖެ ނަމަ އަދަބުދެވޭނެއެވެ. އެހެންކަމުން މިނަޞަރިއްޔާތަކީ އެހާ ހަމަޖެހޭ އެއްޗެއްކަމަކަށް ނުބެލެވެއެވެ. މިޒަމާނުގެ ނަޞަރިއްޔާތުތައް ހުންނަނީ ޤާނޫނު ހަދާފަރާތުންވެސް އެމައްޗަށް ލާޒިމްކުރުވާފައެވެ. ޤާނޫނުގެ ވެރިކަން ހިންގޭގޮތަށެވެ.
ޖޯން އޮސްޓިން (1890-1790) ނަޟަރިއްޔާތާއި އެންމެ ގާތްކުރާ ނަޟަރިއްޔާތަކަކީ ޖެރަމީ ބެންތަމްގެ(1832-1748) ނަޟަރިއްޔާތެވެ. ބެންތަމްވެސް ޤާނޫނާއި އަޚްލާޤިއްޔަތާއިދެމެދު ގުޅުމެއްނުވާކަމަށް ވިދާޅުވެއެވެ. ޤާނޫނެއް ޤާނޫނަކަށްވާނީ އެޤާނޫނެއް އުފެދޭގޮތަށް ބަލައިގެންނެވެ. ޤާނޫނެއް އުފެދެންޖެހޭނީ އެކަމުގެ ޙައްޤު ބާރު ލިބިގެންވާ ފަރާތަކުންނެވެ. އަދި ޤާނޫނުގައި އަޚްލާޤީ އެއްވެސް އަސާސެއްވާކަށް ނުޖެހެއެވެ. ބޭނުމަކީ އިންސާނާގެ ޢަމަލުތަކާއި ގުޅުންތައް ހިންގާނެ މަގުދެއްކުމެވެ.
ހާޓް (1992-1907) ދެކެވަޑައިގަންނަވާގޮތުގައި ޤާނޫނެއް ޤާނޫނެއްގެ އަސްލުސިފަ ޖެހުމަށްފަހު ދެން އެއަށް އިންކާރު ކުރެވޭނެ ހަމަ އެއްވެސް ހަމައެއް ނޯންނާނެއެވެ. މާނައަކީ އެއަށް ޢަމަލުކުރަން ލާޒިމްވުމެވެ. ޤާނޫނެއް އަޚްލާޤިއްޔަތާއި ފުށުއަރާނަމަ އެފަދަ އެއްޗެއް ޖެހޭނީ ބަދަލުކުރާށެވެ. އަޚްލާޤީ ގޮތުން ޤާނޫނު ފުރިހަމަ ނުވިޔަސް އެއީ އެއަށް ޢަމަލުކުރުމުން އެއްކިބާވެވޭނެ ހަމައެއްނޫނެވެ. އަދި ހަމައެހެންމެ ޤާނޫނަކީ ކޮންމެތަނެއްގައިވެސް އެއަށް ޢަމަލުކުރަންޖެހޭނެ ޤާނޫނު ވުޖޫދުގައިވާނެ އެއްޗެކެވެ. ބޭނުމަކީ ގިނަބަޔަކަށް އުފާވެރިކަން ހޯދައިދިނުމެވެ.
މާކްސް (1883-1818) ޤަބޫލުކުރާގޮތުގައި ޤާނޫނަކީ މުޖުމަޢެއްގެ މަތީފަންތީގެ މީހުން ނުވަތަ ޣާލިބުން ފައިދާއެއް ނެގުމަށް ބޭނުންކުރާ މަޞްދަރެކެވެ. އަދި ފަޤީރު ފަންތީގެ މީހުންނަށް ނާޖާއިޒްގޮތުގައި މިކަން ބޭނުންކުރަމުން ދެއެވެ. އަދި އެކަމުގެ ނަތީޖާއަކީ ފަޤީރުން ޣާލިބުންގެ މައްޗަށް ބާރުހޯދައި ހުދުމުހުތާރު ވެރިކަމެއް ގެނައުމެވެ. އެހުދުމުހުތާރު ވެރިކަމުގެ ބޭނުމަކީ މުޖުތަމަޢުގެ އެންމެންގެ ހަމަހަމަކަން ޤާއިމްކޮށް އިޤްތިޞާދުގައި ތަފާތުނުކުރުމެވެ.

ޕިސްޕިސް ވިދާޅުވީ
ތާރީޚް:26/10/2009
އިސްލާމުން ހަދާ ގާނޫނާ އިސްލާމީ ޝާރީއާ މީދޭއްޗެއް.އިސްލާމުން ގާނޫނު ހަދަނީ އެންމެ މާތްދުސްތޫރު ކީރިތިޤުރުއާނާ ރަސޫލާގެ ސުންނަތް އެއީ މަސްދަރުކަމަށްބަލައިގެން. މިލިއުމަކީ ރަނގަޅު ލިއުމެއް.
ރޭބަން ވިދާޅުވީ
ތާރީޚް:26/10/2009
މިލިޔުމާއި މެދު އަޅުގަނޑުގެ ހިޔާލަކީ، މިއީ ވަރަށް ޢިލްމީ ލިޔުމެކޭ. މިއީ އެހެން އެއްވެސް ދިވެހި ސައިޓަކުން ނުފެންނާނެ ފަދަ އަގުހުރި ލިޔުމެކޭ. މަތީންގެ ލިޔުންތައް ދޭތެރެ ދޭތެރެއިން ފެނޭ. މުޅިންވެސް ގާނޫނީ މައުޟޫއަކަށް ލިޔާތަން މިފެންނަނީ. މަތީން ގެ އިލްމު ހުރި ވަރަކުން ލިޔެދީބަލަ އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތާއި ހުރި ތަފާތުތައް.
އިސްބެ ވިދާޅުވީ
ތާރީޚް:26/10/2009
ވަރަށް ރަނގަޅު، މައުލޫމާތު ގިނަ ލިޔުމެށް. ލިޔުން ކިޔާލުމުން ވަރަށް މައުލޫމާތު ލިބިއްޖެ..
Dog ވިދާޅުވީ
ތާރީޚް:27/10/2009
ވަރަށް ފުރިހަމަ ލިޔުމެއް. މިގައުމުގައި މިއޮތީ މީގައި މިވާ ދެވައްތަރު ގާނޫނު މަސްހުނިވެފައިދޯ؟ އެހެން މިބުނީ އަންނި ބުނެފި އިސްލާމީ ހުކުމްތައް މިރާއްޖޭގެ ގާނޫނު އުގޫބާތުން އުނިކުރުމަށް. ދެން އެއީ އިސްލާމީ ގާނޫނަކަށްވެސް ނުވޭތާ، އަދި ފައިލަސޫފީންގެ ގާނޫނަކަށްވެސް ނުމެވޭ، އަނެއްކާ ގާނޫނު އޮތަސް ނެތަސް ކުރަން ބޭނުންވެއްޖެ ކޮންމެ ކަމެއް ކުރާނެކަމަށްވެސް އަންނި ބުނެފި، ދެން ކީއްކުރާ ގާނޫނެއްތަ؟ އެމީހަކު ހިތަށް އެރިގޮތަކަށް އުޅެންވީނުން، ވެރިމީހާ ގާނޫނަށް ތަބާނުވަންޏާ ރައްޔިތުން ކީއްކުރަން ވެރިއަށާއި ގާނޫނަށް ތަބާވާންވީ،
އަރުޝަދު ވިދާޅުވީ
ތާރީޚް:27/10/2009
ވަރަށް ރަނގަޅު ލިޔުމެއް. މޯރާލިޓީ ނުވަތަ އަޚްލާޤިއްޔާތު އެއީ ކަލާންގެ ހަޟްރަތުން އަންނަ އެއްޗެއް. މަޝްހޫރު އޭތިއެސްޓް، ރިޗާޑް ޑޯކިން ބުނެފައިވޭ، މުޅި މި ކާއިނާތު އެކަށް ސައިންސަށް ބުނެދެވޭނެ ކަމަށް. ނަމަވެސް މީނާ ބުނެފައިވޭ، މޯރާލިޓީ އެއީ ސައިންޓިފިކް އެއްޗެއް ނޫން ކަމަށް. މިކަން ފޫބައްދަން މީނާ އިތުރަށް ބުނެފައިވޭ، ދީނަކީ މީހާ އިސްލާހުކޮށް، ހެޔޮމަގަށް އަޅުވާ އެއްޗަކަށް ވިއެއް ކަމަކު އެއީ ހައްޤު ކަމުގައި ވުން ލާޒިމެއް ނޫން ކަމަށް. މާއްދިއްޔަތަށް ހުސްވެފައިވާ މީހުން، ވައްކަންކޮށްގެން ލިބޭ ލާރި ބޭނުން ކޮށްގެން ދަރިންނަށް ޚަރަދު ކޮށް ކައިބޮއެ ހަދާކަށް ޖެހިލުމެއް ނުވާނެ. އެއީ “ބްލެސިންގްސް” އެއީ އެމީހުން ދަންނަ އެއްޗެއް ނޫން. އެމީހުން ބަލާނީ ގާނޫނަށް، ގާނޫނީ ގޮތުން މީހެއްގެ ހައްގަކަށް އަރައެއް ނުގަނެވޭނެ. ނަމަވެސް ގާނޫނަކީ ބަޔަކު ވިސްނާނެ އެއްޗެއް ނޫން. “ނުބެދި” ކޮންމެފަދަ ނުބައި ކަމެއްވެސް ކޮށްލެވެންޏާ މި މީހުން ކޮށް އުޅޭނެ.
ސަންގުބެ ވިދާޅުވީ
ތާރީޚް:27/10/2009
މަތީން މިއީ ވަރަށް ފުރިހަމަ ލިޔުމެއް މިކަހަލަ ލިޔުން ވަރަށް މަދުވާނެ. ވަރަށް ގިނަ މައުލޫމާތު ލިބިއްޖެ.
މަންގަނޑުމަތި ވިދާޅުވީ
ތާރީޚް:27/10/2009
މަތީން އަކީ މަގޭ ވަރަށް ގާތް ރައްޓެއްސެއް. އޭނާ އަކީ ކޮލެޖްގައި މިހާރު ގާނޫނީ ޑިގްރީގެ ފަހު އަހަރުގެ ކުއްޖެއް. ވަރަށް ފުރިހަމަ ލިޔުމެއް. މަތީންގެ ކެރިއަރ ބާއްޖަވެރި ކުރަށްވާށި. އާމީން
ހާޝިމް ވިދާޅުވީ
ތާރީޚް:27/10/2009
މިލިޔުމާމެދު އަޅުގަނޑު ދަންނަވާނީ މިއީ ވަރަށް ޢިލްމީ ލިޔުމެކޭ. މިފަދަ ލިޔުންތައް ތިލަބަހުން ލިޔުމުން ނޫނީ އާންމުންނަކަށް މިއިން ދޭން ބޭނުންވާ މެސެޖެއް ނުދެވޭނެއޭ. އެގޮތުން ބަލާއިރު، މިލިޔުން ކިތަންމެ ރަނގަޅު ކަމުގައި ވިޔަސް، އަޅުގަނޑު އަންނަނިވި ނުކުތާތައް ފާހަގަކޮށްލަން ގަސްދު ކުރަން.
1. އެންމެ ފުރަތަމަ މިލިޔުމުގައި ވަރަށް ބޭނުން ނޫން ގޮތްގޮތަށް ޢަރަބި ބަސްތައް ހިމަނާފައިވުމުން، އަޅުގަނޑަށް ވަރަށް ބޮޑަށް ބޮލަށް އުނދަގޫ. އެފަދަ ބައެއް ބަސްބަހާއި އެއަށް ކިޔޭނެ ރީތި ބަސްތައް ބަޔާންކޮށްލާނަން (އަޚުލާޤިއްޔަތު = އަޚުލާޤު، ޙުކޫމަތްތެރިކަން = ވެރިކަން، ޒާވިޔާއިން = ނަޒަރުން، ތަންޒީމު = އިންތިޒާމު، ޣާލިބުން = މުއްސަނދިން، ބާރުވެރިން)
2. ދެވަނައަށް މިލިޔުން ރޭއްވެވުމުގައި މައުޟޫއަކީ ހުޅަނގުގެ ފިލޯސަފަރުންގެ އަޚުލާޤާ މެދު ދެކެވަޑައިގަންނަވާ ގޮތް ކަމަށް ލިޔުއްވާފައި އޮވެމެ، އިސްލާމްދީނުގެ ނަޒަރުގައި އަޚުލާޤަކީ ކޮބައިކަމާއި، ކޮންއެއްޗެއް މުޅި ލިޔުމުގެ 4 ޕެރެގްރާފް ނުވަތަ ތިންބައިކުޅަ އެއްބައި އިސްރާފުކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ރަނގަޅު ކަމެއް ނޫން. އެކަމުގެ ސަބަބުން އަސްލު މައުޟޫއަށް އެޅުމަށްޓަކައި ވަރަށް ގިނަ ވަގުތު އެވަނީ ބޭކާރު ކުރެވިފައި.
3. މިލިޔުމުގެ ޕެރެގްރާފްތައް ވެސް މިފަދަ ޢިލްމީ މައުޟޫއެއް އާންމުންނަށް ދޫކޮށްލާއިރު ހުންނަން ޖެހޭ ވަރަށް ވުރެ ގިނަ ކަމުގައި ދެކެން. އޭގެ ސަބަބުން މިލިޔުން ކިޔާ ކިޔުންތެރިން ފޫހިވާ ގޮތް މެދުވެރިވެދާނެކަމުގައި ވެސް ދެކެން. އަނެއްކޮޅުން ޕެރެގްރާފްތައް އަތުރާފައިވާ ގޮތުން ވާނުވާ ހޯދައިގަތުމަށް ނުހަނު ދަތި.
4. މިލިޔުން ނިންމާލައްވާފައިވާ ގޮތަށް ބަލާއިރު، މުޅި މައުޟޫގައި ދެއްކި ވާހަކައިގެ ޚުލާސާއެއް ނެތްކަން ފާހަގަ ކުރަން. އޭގެ ބަދަލުގައި މީގައި އޮތީ މާކްސްގެ ނަޒަރިއްޔާތު ލިޔުއްވާފައި ނިންމަވާލައްވާފައި. މިހެން ހެއްދެވީމާ، މިލިޔުމުން ލިޔުންތެރިޔާ ދެއްވަން ބޭނުންފުޅުވާ މެސެޖް ނުވަތަ ކުރީގައި ލިޔުމުގައި ދެއްކި ވާހަކަތައް ކިޔުންތެރިން ހަނދާން ހުންނާނެހެން އަޅުގަނޑަކަށް ހިއެއް ނުވޭ. އަދި ފުރިހަމަ ނިންމުމެއް މީގައި ނެތުމުން އަދަބީ ފެންވަރު ވެސް ވަރަށް ދަށްކަމުގައި ފާހަގަކުރެވޭ.
5. މިލިޔުމުގައި އެކިއެކި ބޭފުޅުންގެ ވާހަކަ ވަކިން ޢިލްމީ ލިޔުމެއްހެން ބަޔާންކުރެއްވުމުގެ ބަދަލުގައި މިވެނި ގައުމެއްގެ މިވެނި ބޭފުޅަކު ވިދާޅުވަނީ މިހެންނޭ އަދި މިވެނި ގައުމެއްގެ މިވެނި ޢިލްމުވެރިޔަކު ވިދާޅުވަނީ މިހެންނޭ ލިޔުއްވިނަމަ އެބޭފުޅުންގެ ފަސްމަންޒަރު ތަސައްވަރުކުރަން ކިޔުންތެރިންނަށް ފަސޭހަވާނެ. އޭގެ ބަދަލުގައި މާކްސްއަކާއި ހާޓްއަކާއި ޖޯން އޮސްޓިން އޭ ލިޔުއްވީމާ، މިއީ ކޮން ފެންވަރެއްގެ ކޮން ގައުމެއްގެ ބޭފުޅެއްކަމެއް ވެސް ކިޔުންތެރިންނަކަށް ނޭނގޭ. އެހެންވެ، އެބޭފުޅުންގެ ނަޒަރިއްޔާތުތައް ކިޔުންތެރިންނަށް މުހިންމުވާނެހެން ހިއެއް ނުވޭ. އަދި ހަނދާނަކު ވެސް ހަރެއް ނުލާނެ.
އަޅުގަނޑު ދަންނަވާނީ، މަތީންގެ ލިޔުން ކިތަންމެހާ ވެސް ޢިލްމީ ކަމަށް ފެނުނަސް، އެއިން ދޭހަކޮށްދެން ބޭނުންވާ މެސެޖް އާންމުންނަށް ދޭހަކޮށް ރައްދުކޮށްދިނުމުގައި މިއަށް ވުރެ ތަންކޮޅެއް ޝައުޤުވެރިވާނެ ގޮތަކަށް ހައްދަވައި ދެއްވައިފިިނަމަ، އެއިން ކިޔުންތެރިންނަށް ވެސް ފައިދާ ކުރާނޭ. އަޅުގަނޑަށް ވެސް ލިޔެވިދާނެ ކިޑްނީ ބަދަލުކުރާ އޮޕަރޭޝަން ކުރާ ގޮތް ނެޓުން ބަލައިގެން އެސައިންމަންޓެއްހެން. އެކަމަކު އޭރުން ލިޔުމެއްގައި ހުންނަން ޖެހޭ އޮއްޓަރާއި، ޝައުޤުވެރިކަމާއި އަދަބީ ބައި މަދުވޭ. އޭރުން ލިޔުމެއް ވާނީ ހަމަ ހުސް ބަތަށް. ލައިގެން ކާ އެއްޗެއް ނެތި ކާން ޖެހޭ ކެއުމަކަށް. ބަނޑުފުރިދާނެ އެކަމަކު ކާއެއްޗަކުން ލިބެންޖެހޭ ލައްޒަތެއް ނުލިބޭނެ.
މަބުސްތާން ވިދާޅުވީ
ތާރީޚް:27/10/2009
ހާޝިމް ކަހަލަ ބޯގަމާރުންނަކަށް އިލްމީ އެއްޗެއް ނޭނގޭނެ، އެގޭނީ އަބަދުވެސް ތިއުޅޭ ގޮތަށް އެހެން މީހުންނަށް ފުރައްސާރަކޮށް ތިމާ ވަރުގެ މީހެއް ނެތްކަމުގައި ދައްކަން، އެހެންވެ ހާޝިމް އާއި ޑޯގު މިތަނުން ބޭރުކުރުމަށް އަޅުގަނޑު ގޮވާލަން، އެކަމަކު ޑޯގު ހާޝިމަށް ވުރެ ރަގަޅު، ހާޝިމް މިއީ ހާދަ ތަނެއް ދޮރެއް ނުދަންނަ މީހެކޭދޯ، ހާޝިމް އެންމެ ވައްތަރީ މަޖިލިސްގެ ތަ،އަތޮޅު ތިމަރަފުށީ ދާއިރާގެ މުސްތަފާ އާ، އަނެއްކާ އޭނަތަ ތިއީ، މުސްތަފާ އާއި ހާޝިމް އަކީ މީހަކު ރިހަޔަށް އަޅަން ގެންގުޅޭ ހިކަނދިފަތަށް ވުރެވެސް ދެރަ ދެމީހުން، އެކަމަކުވެސް ކަލެމެން ދެމީހުންގެ ބޭނުމެއް ނުހިފޭނެ، މުޅިންވެސް މީހުންނާއި ދިމާކޮށް ހަޅޭލެވުންކަމަކީ.
ހާޝިމް ވިދާޅުވީ
ތާރީޚް:27/10/2009
އަރުޝަދަށް.
އަޅުގަނޑު ވެސް ދަންނަން ރިޗަޑް ޑޯކިންސް. އަޅުގަނޑަށް ވެސް މާކަމުދާ މީހެއް ނޫން އެއީ އެކަމަކު އޭނާއަކީ އަޅުގަނޑު ވަރަށް ޤަދަރުކުރާ މޮޅު މީހެއް. އޮކްސްފަރޑް ޕްރޮފެސަރެއް. އޭނާގެ ނަމާ ގުޅުވައިގެން ވައްކަންކޮށްގެން ލިބޭ ލާރި ބޭނުންކޮށްގެން ދަރިންނަށް ކާން ދިނުން ގެނައިމާ އެކަން އަޅުގަނޑަށް ކަމަކު ނުދޭ. އަނެއްކޮޅުން އަރުޝަދު ވިދާޅުވެއްޖެ އެމީހުން ބަލާނީ ޤާނޫނަށޭ. ޤާނޫނީ ގޮތުން މީހެއްގެ ޙައްޤަށް އަރައިނުގަނެވޭނަމަ އެމީހުންނަށް ރަނގަޅުވާނޭ. އަޅުގަނޑުގެ ސުވާލަކީ ވައްކަންކުރުމަކީ މީހެއްގެ ޙައްޤަށް އަރައިގަތުން ނޫން ކަމަށް އޮތީ ދުނިޔޭގެ ކޮން ޤައުމެއްގެ ކޮން ޤާނޫނެއްގައިހޭ؟ ވައްކަން ކުރުމަކީ ހުރިހާ ޤައުމެއްގެ ޤާނޫނުތަކެއްގައި ވެސް މީހެއްގެ ޙައްޤަށް އަރައިގަތުން. ދެން މީހެއްގެ ޙައްޤަށް އަރައިނުގަނެ ވައްކަން ކުރެވޭނެ ގޮތެއް އަރުޝަދު ވިދާޅުވެ ބައްލަވާ. ތިޔަހެން އަދި ހުޅަނގުގެ މީހުންނާ މެދު ނަފްރަތު އުފައްދަވަން މަސައްކަތް ކުރެއްވުމަކީ ރަނގަޅު ކަމެއް ނޫން. އަޅުގަނޑުމެން ދިވެހިރާއްޖޭގައި ޤައުމީ ދިދައިންނާއި، ދައުލަތުގެ ޚަޒާނާއިން ވައްކަންކޮށް ދަރިންނަށް ކާންދެނީ އެއީ ދިވެހިންނަކީ ކާފަރުންނަށް ވާތީބާ؟ އެހެންވީއިރު، ތިހެން ހުޅަނގުގެ މީހުންނަށް ކޮންމެ ކަމެއް ފޫޅުކަނޑާލުމަކީ ވަރަށް ނާތަހުޒީބު، ބޭއިންސާފުކަމެއް އަރުޝަދު. ހުޅަނގަކީ، ދުނިޔެއަށް ފަހުގެ ހޭލުންތެރިކަމާއި އިލްމުވެރިކަން ފަތުރައިދިން ބައްރު. އެމީހުންނަށް ޙައްޤު ޝުކުރު އަދާ ނުކޮށް ޙަރާމްކޯރުވުމަކީ މުސްލިމުންގެ ހައިސިއްޔަތުން ވެސް ކުރުން ރަނގަޅުކަމެއް ކަމަކަށް އަޅުގަނޑެއް ނުދެކެން.
އަރުޝަދު ވިދާޅުވީ
ތާރީޚް:28/10/2009
މެޓީރިއަލް ވިސްނުމަކުން ވިސްނާނަމަ ވައްކަން ކުރުމުން ލިބޭ ލާރި ޚަރަދުކުރުމަކުން ގޯހެއް ނުފެންނާނެ. ރާއްޖޭގައި އުޅޭ އެންމެ ދައްޖާލު ބައެއް މީހުންވެސް ޖެހިލުންވޭ، މަސްތުވާތަކެތީގެ ލާރި ދިރިއުޅުމަށް ޚަރަދު ކުރަން. އެއީ އޭގައި ބަރަކާތެއް ނުހުންނާނެކަމާއި، އޭގެން ދިރިއުޅުން ބާއްޖަވެރި ނުވާނެ ކަން ގިނަބަޔަކު ގަބޫލު ކުރޭ. ޤާނޫނަކީ އޭތިއެސްޓުން މައިތިރި ކުރާ ހަމަ އެކަނި އެއްޗަކީ. ސަބަބަކީ އެމީހުން ކަންކަން ނިންމާނީ އެމީހުނަށް ސާފު ކޮށް ފެންނަ ކަންތަކުން، މިހެންކަމުން ޑޯކިން އަށް “ފާދާ އޮފް ރީޒަން” އޭވެސް ބުނެވޭ. ހުޅަނގުގެ ގިނަ ބަޔަކު ގަބޫލުކުރޭ، ކަލަކުވޮޑިގެންވާކަމާއި، ރޫހާނިއްޔަތާއި، އެހެނިހެން ކަންތައްތައް. އެމީހުންގެ ދީން ވެސް އެމީހުންގެ އަޚްލާގު ޖަނަވާރު ނުވެ ހިފަހައްޓަދޭ. ނަމަވެސް ޔޫރަޕްވެސް މިހާރު ސެކިއުލަރ ވަމުން އެދަނީ. ސެކިއުލަރ އޭ މިދެންނެވީ މާއްދީ ވަމުންދާ ކަމަށް. ގިނަބަޔަކު ދީނަކަށް އަމަލެއް ނުކުރޭ. އަޅުގަނޑު އެއްފަހަރުވެސް ހުޅަނގަށް ބަދުބަހެއް ނުބުނަން، ސަބަބަކީ އެތަނުގެ މޯރާލިޓީގައި ހިމެނޭ ކަމެއް ރާއްޖޭގައި މޯރަލް ނުވެ ހުރެދާނެ. އަޅުގަނޑު މިދެންނެވީ އޭތިއެސްޓުންގެ ވާހަކަ. އޭތިއެސްޓުންގެ ވާހަކަ ގެންނަން މިޖެހުނީ، މިލިޔުމުގައި ވަޟައީ ގާނޫނުތަކުގެ ވާހަކަ އޮތުމުން.
އަރުޝަދު ވިދާޅުވީ
ތާރީޚް:28/10/2009
މެޓީރިއަލް ވިސްނުމަކުން ވިސްނާނަމަ ވައްކަން ކުރުމުން ލިބޭ ލާރި ޚަރަދުކުރުމަކުން ގޯހެއް ނުފެންނާނެ. ރާއްޖޭގައި އުޅޭ އެންމެ ދައްޖާލު ބައެއް މީހުންވެސް ޖެހިލުންވޭ، މަސްތުވާތަކެތީގެ ލާރި ދިރިއުޅުމަށް ޚަރަދު ކުރަން. އެއީ އޭގައި ބަރަކާތެއް ނުހުންނާނެކަމާއި، އޭގެން ދިރިއުޅުން ބާއްޖަވެރި ނުވާނެ ކަން ގިނަބަޔަކު ގަބޫލު ކުރޭ. ޤާނޫނަކީ އޭތިއެސްޓުން މައިތިރި ކުރާ ހަމަ އެކަނި އެއްޗަކީ. ސަބަބަކީ އެމީހުން ކަންކަން ނިންމާނީ އެމީހުނަށް ސާފު ކޮށް ފެންނަ ކަންތަކުން، މިހެންކަމުން ޑޯކިން އަށް “ފާދާ އޮފް ރީޒަން” އޭވެސް ބުނެވޭ. ހުޅަނގުގެ ގިނަ ބަޔަކު ގަބޫލުކުރޭ، ކަލަކުވޮޑިގެންވާކަމާއި، ރޫހާނިއްޔަތާއި، އެހެނިހެން ކަންތައްތައް. އެމީހުންގެ ދީން ވެސް އެމީހުންގެ އަޚްލާގު ޖަނަވާރު ނުވެ ހިފަހައްޓަދޭ. ނަމަވެސް ޔޫރަޕްވެސް މިހާރު ސެކިއުލަރ ވަމުން އެދަނީ. ސެކިއުލަރ އޭ މިދެންނެވީ މާއްދީ ވަމުންދާ ކަމަށް. ގިނަބަޔަކު ދީނަކަށް އަމަލެއް ނުކުރޭ. އަޅުގަނޑު އެއްފަހަރުވެސް ހުޅަނގަށް ބަދުބަހެއް ނުބުނަން، ސަބަބަކީ އެތަނުގެ މޯރާލިޓީގައި ހިމެނޭ ކަމެއް ރާއްޖޭގައި މޯރަލް ނުވެ ހުރެދާނެ. އަޅުގަނޑު މިދެންނެވީ އޭތިއެސްޓުންގެ ވާހަކަ. އޭތިއެސްޓުންގެ ވާހަކަ ގެންނަން މިޖެހުނީ، މިލިޔުމުގައި ވަޟައީ ގާނޫނުތަކުގެ ވާހަކަ އޮތުމުން.
މަބުސްތާން ވިދާޅުވީ
ތާރީޚް:28/10/2009
އަޅުގަނޑުގެ ލިޔުން އަދިވެސް ޝާޢިޢު ނުކުރަނީ ގޯސް އެއްޗެއް ލިޔެވެންތޯ، ނޫނީ
އެންޓި ހާޝް ވިދާޅުވީ
ތާރީޚް:28/10/2009
ހާޟިމަށް ބުނެލަން ބޭނުންވަނީ އަޚްލާޤއްޔަތާއި އަޚްލާޤާއި އެއީ ދޭއްޗެކޭ، ތަންޒީމާއި އިންތިޒާމާއި އެއީ ދޭއްޗެއް، އެއީ އޭގެ އެހެންބަހެއް، ޢަރަބިހަށް ފާޑުކިޔަންވާނީ ސީދާ ޢަރަބިބަސް އެގިގެން، ފާޑުކިޔާގޮތުން ހީވަނީ ހުރިހާ އެއްޗެއް އެގެނީ ހާޝިމަށް ހެން، ތިބުނާގޮތަށްވިއްޔާ ހާޝިމަކީ ސީދާ ރޯނު އެދުރެއް،
ރޭބަން ވިދާޅުވީ
ތާރީޚް:28/10/2009
ކޮއްކޯ ހާޝިމް. މިލިޔުމާއި މެދު ދައްކާނެ މޮޅު ވާހަކައެއް ނެތީމަ ތި ދައްކަނީ މިހާރު އެއްވެސް ދެއުޅިއެއް ނުވާ ކަހަލަ ވާހަކަ ތަކެއް.
Dog ވިދާޅުވީ
ތާރީޚް:28/10/2009
ހެހެހެހެހެހެ ހާޝިމެއްވާ ނެތް! ލަދުވެސް ގަންނާނެދޯ، ދެންވެސް ކަލޯ ނޭނގޭ އެއްޗެތި ނުކިޔާނީ ކަލޯ ކިޔާއެއްޗެތި އަޑުއަހާނީ ރީދޫ މީހުން އެކަނި، ހެހެހެހެ އަދިވެސް ބުނޭ ނުބައިޒާތެއްގެ ހިންޏެއް އަންނަނީއޭ، ފެއްސިގެން ދާންވެސް ނޭނގޭ ސޮރެއްދޯ، ތިއީ ރީނދޫ މީހުންގެ ވައްތަރޭ، އަދިވެސް ބުނާތި، އޭރުމަތީ އެނދުތަންދަށުގަޔޭ މަގޭ ގޯތި ދޮށުގަޔޭ އެއޮނި މިއޮނި ތަނެއް އޮންނަނީ ކަލޯ ގޯއްޗަކީ ރީނދޫ ހަރުގެ. ހެހެހެހެހެ ފެއްސޭ ފެއްސޭ އަވަހަށް ފެއްސޭ.
ހާޝިމް ވިދާޅުވީ
ތާރީޚް:28/10/2009
ޑޯގުމެންގެ އަދިވެސް ތިޔަ ހުންނަނީ ހަމަ ޓިޕިކަލް މައުމޫނިޒަމްގެ އަސަރުތައް. މީހަކު ކިޔާ އެއްޗެއް އަޑެއް ނާހާނެ. އެއްޗެއް ކިޔާ މީހާގެ ދޫބުރިކޮށްލާނެ. ދެން ލާނީ ޖަލަށް. އެއަށް ފަހު ފެންނާނީ ކަނޑިންމައިން ބޭރުގައި މަރާލާފާ އޮއްވާ. ތިޔަހެން ކުރިއެރޭ ޒަމާނެއް ނޫނޭ މިއީ ޑޯގޫ. ބަލަ އަޅުގަނޑު ނުދަންނަވަމޭ މިއީ ދެރަ ލިޔުމެކޭ ޢިލްމީ ގޮތުން. އަޅުގަނޑު ދެންނެވީ މިލިޔުމުގެ ފެންވަރު އިތުރަށް ރަނގަޅުކޮށްލާނެ ގޮތްގޮތް އަޅުގަނޑަށް އެނގޭ މިންވަރުން. އަޅުގަނޑު ހަމަ ހުވާކޮށްފާނަމޭ، މިލިޔުން ކިޔާފައި މީހަކަށް މީގައި އޮތް އެއްޗެއް ބުނެދެވޭނެ ވަރުގެ ޤާބިލްކަމެއް ތިޔައިން ހަމަ އެއްވެސް ބޭފުޅެއްގެ ނުހުންނާނެކަމަށް. އެއީ މިއީ ޢިލްމީ ލިޔުމެއް ޢިލްމީ ގޮތަށް ލިޔެފައިވާތީ. ޑޯގަށް އެނގޭތޯ ޖޯން އޮސްޓިންއާ މާކްސް އަކީ ކާކުކަން؟ އެމީހުންގެ ބެކްގްރައުންޑަކީ ކޮބާކަން؟ މިލިޔުމުގައި ބުނެދެވިފައިވަނީ ކީކޭކަން؟ ހަމަ ހިލާ ނޭނގޭނެ. ހަމަގައިމު ވެސް އަޅުގަނޑު މިލިޔުން ކިޔާ ނިމުނު އިރު އިނީ ފޫހިން ހަލާކުވެފައި. އަނެއް ކޮޅުން މިލިޔުމުން ދޭން ބޭނުންވާ މެސެޖަކީ ކޮބައިކަން ވެސް ނޭނގޭ. މެސެޖް ވެސް ރަނގަޅަށް ދެވިފައެއް ނެތް އަޅުގަނޑުގެ ނަޒަރުގައި. ދެން ޑޯގަށް ހީވެދާނެ ޢަރަބިބަހާއި އުރުދޫ ބަހުން ވޭން ދިޔަވަރެއް ކެއްކީމާ އެއީ މޮޅު އެއްޗެކޭ. އެހެންނެއް ނޫން. އަރަބި ބަސް އެނގޭ އަބޫ ޖަހުލަށް ވެސް މިރާއްޖޭގެ އެއްވެސް މީހަކަށް ވުރެ މާމޮޅަށް. އެހެންވީމާ އެއީ މީހުންނާއި ލިޔުމުގެ ފެންވަރު ބަލާ އުޅޭގޮތެއް ނޫން.
ދެން ޑޯގަށް ދަންނަވާލަން ބޭނުންވަނީ، އަލުގަނޑު މިތަނުން ދާށޭ ވިދާޅުވެވޭހާ އުރަތްޕެއް ހުރި ބޭފުޅެއް ނޫނޭ ޑޯގަކީ. އަޅުގަނޑަށް ދުވަހަކު ވެސް ޑޯގުގެ ލިޔުމެއް ނުފެނޭ. މާނައަކީ ތިޔައީ ދިވެހި ތަހުޒީބީ މުޖުތަމަޢަށް ބޭނުންތެރި ގޮތުގައި ލިޔެއުޅެވޭ ވަރުގެ ބޭފުޅެއް ކަމަކަށް އެންމެންގެ ކުރިމަތީގައި ސާބިތެއް ނުކޮށްދެވެއޭ އަދިވެސް. އެހެނެއް ނޫން. މިތާ ކޮމެންޓްގައި އޭއްޗެކޭ މީއްޗެކޭ ކިޔައިގެން ވީދާކަށް ތިވަރެއް ނެތް. ދެން އެކި ނަންނަމުގައި ކޮމެންޓްކޮށް އަޅުގަނޑާ ޖައްސާލުމުން އެނގެނީ ޑޯގު ވަރަށް ބޮޑަށް ބަލިވެއްޖެކަމާއި ނިކަމެތިވެއްޖެކަން. ތިޔަ ދަނީ މާޔޫސްވުމާ ބޭޤަރާރުވުމާ ދިމާއަށް. ދެން އެކަމަކު ނަމަނަމަ ފަންކާއެއްގައި ވާގަނޑެއް ޖައްސަވައިގެން ދަން ޖެހިވަޑައިނުގަންނަވާތި އިނގޭތޯ. މުސްކުޅިން ބުނެއެއް ނޫންތޯ ދަގަނޑު ކެނޑޭނީ ދަގަނޑުންނޭ. އަޅުގަނޑު ދެކޭ ގޮތުގައި ޑޯގަކީ ބޮނބި ނަރެއް. ޑޯގަކަށް ދަގަނޑެއް ނުކެނޑޭނެ.
ހާޝިމް ވިދާޅުވީ
ތާރީޚް:28/10/2009
މަބުސްތާނަށް.
މަބުސްތާނުގެ ލިޔުން ޝާއިޢުކުރެވޭ ދުވަހެއްގެ އުންމީދުގައި އަޅުގަނޑު އެބަހުރިން. ހަމަގައިމު ވެސް އަޅުގަނޑާ ތިމަރަފުށީ މުސްތަފާއާ އެއްވަރުކުރައްވާފައި، ދެން މަބުސްތާނުގެ ލިޔުން ކިޔާލީމާ އެނގިދާނެތާ ތިއީ ކިހާ ފެންވަރެއްގެ ބޭފުޅެއްކަން. ދެން އެހެން ނޫނަސް، އަޅުގަނޑު އެހާ ކުރާ ހިތްވާ ކަމެއް ނޫން ތިޔަ ގޮތަށް ޒާތީގޮތުން އެންމެ ފުރަތަމަ ވެސް މީހުންނާ ދިމާކުރުމަކީ. އަޅުގަނޑުގެ ނަޒަރުގައި ތިޔަ ކުރެއްވީ ވަރަށް ދެއުޅިއެއްނުވާ ނާތަހުޒީބީ މުޑުދާރުކަމެއް. ލިޔުންތެރިކަމަށް ނުކުންނަ ބަޔަކު ލިޔާ މީހުންގެ ގާތުން މަޢުލޫމާތު ހޯދުމަކީ ކުރަންވާނެކަމެއް. އަދި ލިޔާ މީހުން އެހެން ލިޔުންތެރިންނަށް ކިޔައިދިނުމަކީ ވެސް ކުރަންވާނެކަމެއް. މަބުސްތާނު ފުރަތަމަ ވެސް ތިޔަ ބިންގާ އަޅުއްވަނީ ކައްޗަށް. އެހެންވީމާ، ދެން ވެސް ތިޔަ ބިންގާ ސީދާ ކުރައްވަން ނަސޭހަތްތެރިވަން. އެހެންނޫނިއްޔާ، ކެއްޗާ ހަމައަށް ނެގިޔަސް ތިޔަ ފާރު ހުންނާނީ ކައްޗަށް.
ދެން މަތީނަށް ދަންނަވާލަން ބޭނުންވަނީ ލިޔުންތެރިކަމާއިގެން ކުރިއަށް ވަޑައިގަންނަވާށޭ. އަޅުގަނޑު މިދޭ ނަސޭހަތް ޤަބޫލުކުރައްވައިފިނަމަ ދެރައެއް ނުވާނެއޭ. އަޅުގަނޑު ވަރަށް އުފާވެއްޖެއޭ ތިޔަހެން ޢިލްމީ ލިޔުންތައް ނެރެދެއްވާނެ ދިވެހި ދަރިން ތިއްބަވާތީ. އަޅުގަނޑުމެންނަށް އެނގޭ ހުރިޙާ އެއްޗެއް މަތީނަށް ކިޔައިދޭނަމޭ. އެއްގޮތަކަށް ވެސް ޑޯގުމެންގެ ޚުޝާމަދަށް ހެއްލިވަޑައިގެން ގެއްލެން ވަޑައިނުގަންނަވައްޗޭ. ޑޯގުމެންނަކީ އެއްޗެއް ލިޔެފައި ނެތް ތާނގައި، ލިޔަން ނުވެސް އެނގޭ މަރުމޯލުންނޭ. އެހެންވީމާ ޑޯގުމެންގެ ބަސް ނާއްސަވައްޗޭ.
Dog ވިދާޅުވީ
ތާރީޚް:29/10/2009
ހާޝިމަށް ނޭނގުނަސް އަޅުގަނޑުގެ ލިޔުން މިސައޓްގައި ފެންނާނެ ކޮމެންޓްކުރުމުގައި ޑޯގް ބޭނުންކުރިނަމަވެސް ލިޔުންތަކުގައި ހުންނާނީ އަޅުގަނޑުގެ ނަން ޖަހާފައި، ދެން ތިބުނާ މައުމޫނިޒަމްގެ ވާހަކަ ބުނަންތަ ރަގަޅު ވާހަކައެއް މައުމޫނިޒަމްގައި މީހުންގެ ދޫބުރިކޮށް ހެދިޔޭ ތިބުނަނީ ކޯޗެއް އެނގިގެން އެކައްޗެއްވެސް އެނގިގެނެއް ނޫން، ވެރިކަމާއި ކުޅެން އުޅެންޏާ އަދަބުވެސް ލިބޭނެ އެކަން ނުވިސްނިތިބެ ވެރިކަމާއި ކުޅޭނީ ކުޑަކުދިން އަލިފާނާ ކުޅޭބީދައިން، މިއަންނަ ނީ އެފަދަ ބަޔަކު ހިންގި އުދުވާނަކަށް އަހަރު 21 އަހަރު ފުރޭ ދުވަސް، ދެން ތިބުނަނީ އެފަދަ ކަންތައް ކުރުމުންވެސް އަދަބު ދީގެން ނުވާނެ، އެއީ ހައްގު ކަމުގައި، ނުވާނެ އެހެނެއް، ކެނެރީގެ މީހުން އެކަންޏެއް ނޫން މިގައުމުގައި އުޅެންޖެހެނީކީ، އެހެން ވީމާ އެހެން މީހުންގެވެސް ހައްގު އޮންނާނެ، އެކެއްގެ ހައްޤައްވުރެ އެންމެންގެ ހައްގު ކަމެއް ހައްލުކުރުމުގައި އިސްކުރުން އެއީ ބުއްދިވެރި ގޮތަކީ އަދި އެކަންކުރަން ޖެހޭ ނެގޮތަކީވެސް، ދެން ތިބުނަނީ ދަންޖެހިގެން މަރު ނުވާތިވޭ، ޒާތަކަށް ތިބުނަނީ މަރުވާންދާށޭ، އެކަމަކު ބުންނަތަ، ހާޝިމް އާއި އަންނި އާއި ކިތަމެ ވަރަކަށް ފައިސާތައް ކައިގެން އަޅުގަނޑުމެން ރައްޔިތުންނަށް ދަތިކުރިނަމަވެސް ކޮންމެ މީހަކުވެސް މަރުވާނީ އެމީހަކަށް ހައްޤުވާ މިންވަރަށް ކައިގެން، އަޅަމެންނަށް ރިޒުޤު ދެއްވަނީ މާތް ﷲ . އަހަރެމެންގެ މުސާރަ ކުޑަކޮށް ކަރަންޓާއި އެހެނިހެންތަކެތި އަގު ބޮޑުކުރަމުން ތިގެންދަނީ، ތިއީ ދެވޭ އަނިޔާއެއް ނޫންދޯ، މައުމޫން އެކަނި އަނިޔާ ކުރާނީ، ފުލުހުންނާއި ސިފައން މެދުވެރިކޮށް ކަމެއް ކުރުމުން އެކަނި އަނިޔާ އަކަށް ވަނީދޯ، އެކަމަކު މީހުންނަށް ދަތިއުނދަގޫ ޖައްސާ ޖެއްސުންކޮށް ނަފުޞާނީ ގޮތުން ދެވޭ އަނިޔާ ތަކަކީ ޖިސްމާނީ ގޮތުން ލިބޭ އަނިޔާއަށް ވުރެ އަސަރު މާބޮޑުކަމެއް، އެކަން ތިދަނީ ކުށެއް ނެތް ދިވެހި ރައްޔިތުންނަށް އަންނި އާއި ހާޝިމް ބައިވެރިވެގެން ދެމުން، ތިފަދަ މީހުން އަޅުގަނޑުމެން ގާތުގައި އަނގަ ހުޅުވުމުން ނުބައިވަސްދުވާނެ، ދެން މިލިޔުމަކީ ވާނުވާ ނޭނގޭ ލިޔުމެއްކަމަށް ގަމާރުންނަށް ވިޔެއްކަމަކު އަޅުގަނޑަށް މިލިޔުމުން ނޭނގޭ އެއްޗެއް ނެތް، ދެން ބުނަންތަ ޖޯން އޮސްޓިންގ އަކީ ގާނޫނީ ވަކީލެއް ގާނޫނާއި ބެހޭ އެތަކެއް ފޮތް ލިޔުއްވާފައިވާ ލޯފާމެއްވެސް ހިންގަވާ ބޭފުޅެއް،
Dog ވިދާޅުވީ
ތާރީޚް:29/10/2009
ހާޝިމަށް އެނގެނީ ހާޝިމް އާއި ދިމާލަށް އެހެން މީހަކު އެއްޗެއް ބުނުމުން އެއީ ހުޝާމަތުކުރަނީ ކަމުގައި، ހާޝިމް ކިތައް މީހުންނަށް މަލާމާތްކޮށް ހަދަމުތޯ، އަޅުގަނޑަށް އެނގޭ ހާޝިމަކީ އެއްވެސް މީހަކަށް މަލާމާތްކުރެވޭ ފެންވަރުގެ މީހެއް ނޫންކަން، އެކަމަކު ފެންނަ ކޮންމެ މީހަކާއި ބެހުނަސް ނުބެހުނަސް ހާޝިމް ދަނީ މަލާމާތްކުރަމުން، ދެން ހާޝިމްގެ ކޮމެންޓެއްގައި ލިޔެފައިވާ ޖުމްލައެއް ހިމަނާލާނަން “ދެން މަތީނަށް ދަންނަވާލަން ބޭނުންވަނީ ލިޔުންތެރިކަމާއިގެން ކުރިއަށް ވަޑައިގަންނަވާށޭ. އަޅުގަނޑު މިދޭ ނަސޭހަތް ޤަބޫލުކުރައްވައިފިނަމަ ދެރައެއް ނުވާނެއޭ. އަޅުގަނޑު ވަރަށް އުފާވެއްޖެއޭ ތިޔަހެން ޢިލްމީ ލިޔުންތައް ނެރެދެއްވާނެ ދިވެހި ދަރިން ތިއްބަވާތީ” މިއީވެސް މަލާމާތެއް ވަރަށް ރީތިކޮށް ކޮށްފައިވާ މަލާމާތެއް، މިހެން މިބުނީ ދައުލަތުން މިހާރު ފައިސާ ޚަރަދުކުރަނީ ކިޔަވައިގެން ތިބި އިލްމީ މީހުންނަކަށް ނޫން ނުކިޔަވާ ތަނެއް ދޮރެއް ނުދަންނަ ސިޔާސީ މީހުންނަށް ހާޝިމްމެން ފަދަ، މިހާރު ސަރުކާރުގައި ތިބި މީހުންނަށް ކިޔެވުމުން އެއްވެސް އެލަވަންސް އެއް ނުލިބޭކަމީ މިކަމުގެ ހެއްކެއް، ދެން މިކިޔަނީ ކީކޭ އިލްމީ ލިޔުންތަކޭ ތައުލީމޭ، އެހެން ވީމާ މިބުނީ މިއީ މަލާމާތެކޭ.
އަރުޝަދު ވިދާޅުވީ
ތާރީޚް:29/10/2009
އެއްވެސް މީހަކަށް އޭނަގެ ގޮތް އެއީ ހަމަ އެކަނި ގޮތްކަމުގައި ބުނެ، އެހެން ޚިޔާލުގެ މީހުން ދުރައްޖައްސަން އުޅުމަކީ ތަހުޒީބު ގޮތެއް ނޫން. އެމީހަކު ގަބޫލުކުރާ ގޮތް، އަނެއް މީހަ ލައްވާ ގަދަކަމުން ގަބޫލުކުރުވުމަކީވެސް ވާނޭ ކަމެއް ނޫން. މީހަކު ބުނާ އެއްޗެއްގެ ބަރުދަން ބިނާވެފައި އޮންނާނީ، އޭނަ ބުނާ ބަހުގައި ހެއްކާއި ދަލީލްތައް ހުރިވަރަކުން. ކިތަންމެ ގިނައިން ކިޔަސް އޭގެ ބަރުދަން ބަދަލެއް ނުވާނެ. މިސަރުކާރަށް ފާޑު ކިޔާ ހެދުން އެއީ ވަރަށް ބަލައިގަނެވޭނެ ކަމެއް. އެހެނަސް ރާއްޖޭގައި އެތައް ދުވަހަކު ވެރިކަން ކޮށް، ދިވެހިންގެ ދޫތައް ބަންދު ކޮށްގެން އުޅުނު ބޯދާ ވެރިކަމެއް ކުރި ބަޔަކަށް މިއަދު ތާއީދު ކުރާކަށް ނުޖެހޭ. ކޮންމެހެން އެމީހުންވެސް ޖަލަށް ލައި، ނޫނީ ދުނިޔޭގައި ބައެއް ތަންތަނުގައި ހަދާހެން، ބޮމެއް ގޮއްވާލާ މަރާލާކަށް ނުޖެހޭ. ކުރީގެ ރައިސުންނަށްވެސް އަމާން ކަމާއި އެކީ އުޅެވޭ، ރައްޔިތުންނާށް ޚިޔާލު ފާޅުކުރެވޭ، އެމީހެއްގެ ހައްޤުތައް އެމީހަކަށް ހޯދެވޭ ކަހަލަ ސަރުކާރެއް ނޫންތޯ ބޭނުމީ؟ ޑީއާރުޕީ އަށް ތާއީދުކޮށް އެމީހުން ފަހަތުން ހިނގައިގެން ވަކި ވާނެ ހެވެއް އޮތް ކަމަށް އަޅުގަނޑަށް ކުޑަކޮށްވެސް ގަބޫލު ނުކުރެވޭ. ކުރިން މިރާއްޖޭގައި ވެރިކަން ކުރި ބަޔަކު، ލާރިތަށް ދިރުވާލިހެން މިސަރުކާރަކަށް އެކަމެއް ނުވާނެ. އެމީހުން ވެރިކަން ކުރިހާ ގިނަ ޒަމާނަކު މިސަރުކާރަކަށް ވެރިކަމެއްވެސް ނުކުރެވޭނެ. ޖޯޖް ބުޝް މިފަހަރު އެމެރިކާގެ ރައިސް ކަމާއި ނޫޅުން އިރު، މައުމޫނު އެކަމާއި އުޅުން. އެގެ މާނައެއް ނޫން ބުޝް އަކީ މައުމޫނަށް ވުރެ ރަނގަޅު މީހެކޭ. އެމެރިކާ ކަހަލަ ގައުމުތަކުގައި ވެރިކަން ތާހިރުވީމަ، އެތަނުގެ ގާނޫނު އެގޮތަށް އެކަން ވުމަށް ތަން ނުދެނީ. ތާހިރު ވެރިކަމެއް މިރާއްޖެއަށް ބޭނުންވަނީ. ސަރުކާރާއި އިދިކޮޅުވިޔަސް ޑީއާރުޕީ މަތިން ހަދާން ނައްތާލަންވީ. އެމީހުންގެ އުނދަގުލާއި ހުރެ، މިސަރުކާރަށްވެސް ގައުމައިގެން ނޫޅެވިގެން އުޅެނީ. ދޮގެއް؟
އަރުޝަދު ވިދާޅުވީ
ތާރީޚް:29/10/2009
މައުމޫނު ރާއްޖޭގެ ވެރިކަމާއި އުޅުން ***
Dog ވިދާޅުވީ
ތާރީޚް:29/10/2009
އެމެރިކާގެ ޤާނޫނު ބުނާގޮތުން ރައީސްކަންކުރެވެނީ 02 ދައުރު އެގޮތުން ބުސްވެސް ދެއަރު ވެރިކަންކުރި، މިރާއްޖޭގައި މިހާތަނަށް އޮތީ އެގޮތަކަށް ނޫން، މީގެ ފަހުން އެގޮތަށް އޮންނާނީ އެހެންވީމާ މައުމޫނަށްވެސް ވެރިކަމަށް ކުރިމަތިލެވޭނެ، ދެން މިހާރުގެ ސަރުކާރަކީ ތާހިރު ސަރުކާރެކޭ ތިބުނަނީ ކޮން ބީދައަކުންތޯއެވެ. އެހެން މިބުނީ މސަރުކާރުން މީހުންގެ ދޫތައް ބަންދުކުރަން ނޫޅޭތޯއެވެ؟ މައުމޫން އެކަންކުރި ބީދައިން ކުރެވެން ނެތުމުން ސަރުކާރާއި އިދިކޮޅު ހެދުމުން އެބަޔަކަށް އެދަނީ ސަރުކާރުން ދުއްތުރާކުރަމުން، އޭގެ މިސަލޫ ށ. އަތޮޅާއި ކ. އަތޮޅުގެ ވެރިކަން ބަދަލުކުރުން، ކުރިން ޤާނޫނަކުން އެފަދަ މިނިވަންކަމެއް ލިބިފައިނެތް އިރު މައުމޫން ކަންތައްތައް ކުރި ގޮތަށްވުރެ މިހާޜު އެފަދަ މިނިވަންކަން އޮއްވާ އަންނި ކަންތައް ކުރަމުން އެދަނީކީ އެއްވެސް ގޮތަކަށް އެކަން ކުރެވެން އޮތީމަކާނޫން، އަންނި ބުނަމުންދަނީ ގާނޫނު އޮތަސް ނެތަސް ތިމަންނާ ކުރާކަމެއް ކުރާނަމޭ، ވީއރު ޤާނޫނަށް ވުރެ މަތީގައި ހުރީ މައުމޫނުތޯ ނުވަތަ އަންނިތޯ މިސުވާލު އަޅުގަނޑު ކުރާނީ ކިޔުންތެރިންނާ. ދެން އަނެއްކަމަކީ DRP މީހުންނާއި ހެދި މިގައުމު ނުހިންގޭ ވާހަކަ ވަރަށް ބޮޑު ތެދެއް އަންނި ބޭނުން ހުރިހާ ކަމެއްކުރަން ވަރަށް ދަތި، އެކަމަކު ގިނަކަންތައްތައް ކުރަމުން އެގެންދަނީ ބަޔަކު ތިއްބަކަށް އޭނާއެއް ނުބަލާނެ، ގާނޫނަށް ނުބަލާތާކު އެހެން ބަޔަކަށް ބަލާނެތަ؟ އެގޮތުން އިގްތިސާދު ދަށްވެފައިވާކަމަށް ބުނެ ގިނަފައިސާ ޚަރަދުކޮށް ބޭރުގައުމުތަކަށް ތމާގެ އަމިއްލަ އެދުމުގައި ސަފީރުން ގޮތުގައި މީހުން ފޮނުވަމުންދާއިރު ނިކަމެތި މުވައްޒަފުންގެ މުސާރަ ކުޑަކޮށް، ވަޒީފާއިން ވަކިކޮށް، ކަރަންޓާއި އެހެންތަކެތީގެ އަގުތައް އެދަނީ ބޮޑުކުރަމުން، މީއީ އަނދިރިކަމުގެ 05 އަހަރު
ހާޝިމް ވިދާޅުވީ
ތާރީޚް:29/10/2009
ޑޯގުގެ ވިސްނުމަކީ ހަމަ ކޮންމެ ލިޔުމެއް ސިޔާސީ ކޮށްލުން. ޑޯގަށް ހުވަފެނުން ވެސް ފެންނާނީ މައުމޫނު. އެހެންވީމާ، ޤާނޫނީ ލިޔުމެއް އެހެން ލިޔުމެއް ބަލާނެކަމެއް ނެތް ޑޯގުގެ ނަޒަރުގައި. އަވަހަށް އެވީ ޑޯގުގެ ސިޔާސީ ވާހަކަ ފަށަން. ޑޯގު ހީވަނީ އަޅުގަނޑާ އަޅައިގަނެގެން އުޅޭހެން. ހަމަ އަޅުގަނޑު އެއްޗެކޭ ބުނާއިރަށް ވައްވައްޖަހަން އެބަފަށާ. އެކުން އެވާ ގޮތަކީ މީހުންނަށް ތެދު ވިސްނިދާނެތީ ޑޯގަށް ކެތް ނުކުރެވެނީ. އެހެންނޫންތޯ ވާނީ. ލިބެމުން އައި ނުޙައްޤު ބައިވަރުތައް ހުއްޓުނީމާ ވާނެ ގޮތް އެއީ. ދެން އަންނިއޭ އަޅުގަނޑޭ ލާރިއޭ ތިޔަ ކިޔަނީ އެއީ ފުޅަށް ބުޑުން ދަންޏާ ހަސަނަށް ހައްތާ ވެސް ހީވާނީ ކެޔޮގަނޑު ކަނޑާލަނީއޭ. ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް، މައުމޫނު މިގައުމަށް ޖެއްސި ހާލަށްވުރެ ދެރަވަރު ޙާލަތެއް މިގައުމަށް އެއްވެސް މީހަކު ނުޖައްސާ. އަދި ނުވެސް ޖެއްސޭނެ.
ދެން ޑޯގު ވިދާޅުވި ޖޯން އޮސްޓިން އަކީ ލޯ ފާމެއް ހިންގަވާ ބޭފުޅެކޭ. އެކަމަކު މަތީން ލިޔުއްވަނީ ޖޯން އޮސްޓިން (1890-1790) އޭ. މާނައަކީ އޮސްޓިން 1890 ވަނަ އަހަރު އަވަހާރަވީ ވާހަކަ. އެހެންވީމާ ކޮންތާކުބާ ޖޯން އޮސްޓިން ލޯ ފާމެއް ހިންގަވަނީ. އަނެއްކާ އަލިވާގެ ތެރޭގައިބާ؟ އާޒިމާ ޝުކޫރާ، ޝާހީން ހަމީދާ، ޑޯގާ، ޖޯން އޮސްޓިން އާ ބާ އެލޯފާމް ހިންގަވަނީ. އަޅުގަނޑު ދެންނެވީމެއްނޫންތޯ މަތީން އަރިހުގައި އޮސްޓިންމެންގެ ބެކްގްރައުންޑް ކުޑަކޮށް ގެނެސްދެއްވިނަމަ ރަނގަޅުވީހޭ. އޭގެ ހެކި މިފެންނަނީ. އެއީ ޑޯގަށް ހީވަނީ ޖޯން އޮސްޓިން އަކީ ޝާހީން ހަމީދުހެން. އަދި މިހާރު ވެސް އޭނާ ލޯފާމެއް ހިންގަވަނީހެން.
ހާޝިމް ވިދާޅުވީ
ތާރީޚް:29/10/2009
ޑޯގު ވިދާޅުވެއްޖެ މިސަރުކާރުގައި ތިބީ ނުކިޔަވާ ތިބި މީހުންނޭ. އެއީ ކަނޑައެޅިގެން މަރުކާފަރު ބުހުތާނެއް. އެކަން ދަންނަވާލާނަން.
1. ޑރ. ޝަހީދު – މިބޭފުޅާއަކީ މިސަރުކާރުގެ ފޮރިން މިނިސްޓަރު، ކިޔަވާ ވިދާޅުވެ ޕީއެޗްޑީ ހެއްދެވީ އިންޓަނޭޝަނަލް ރިލޭޝަންސް އިން އިނގިރޭސިވިލަތުގައި. މައުމޫނު ސަރުކާރުގެ ފޮރިން މިނިސްޓަރަކީ ފަތުހު ﷲ. ކިޔެވީ އަޒުހަރު ކުނިގޮނޑުން. ކިޔެވި އެއްޗެއް އެނގޭ މީހަކު ނެތް.
2. ޑރ. އައިންތު ޖަމީލު – މިބޭފުޅާއަކީ މިސަރުކާރުގެ ހެލްތު މިނިސްޓަރު. ނާރސިންގ ރޮނގުން ޕީއެޗްޑީ ހެއްދެވީ އިނގިރޭސި ވިލާތުން. މައުމޫނު ސަރުކާރުގެ ހެލްތު މިނިސްޓަރަކަށް ހުރީ އަހުމަދު އަބްދު ﷲ އަދި އިލިޔާސް. މިދެމީހުން ކިޔެވީ މާލޭ މާފަންނު ބަކަރިކޮށިތަކުގެ ތެރެއިން. ކިޔެވީ ލާރިކެއުމާއި، ޚިޔާނާތްތެރިކަން
3. ޑރ. އަބްދުލް ބާރީ – މިއީ އިސްލާމިކް މިނިސްޓަރު. ޕީއެޗްޑީ ހެއްދެވީ ސައޫދީ އަރަބިއްޔާއިން ގުރުއާން ތަފްސީރުގެ ރޮނގުން. މައުމޫނު ސަރުކާރުގައި އިސްލާމިކް މިނިސްޓަރެއްގެ ގޮތުގައި އެފެންވަރުގައި ހުރީ މުހައްމަދު ރަޝީދު އިބްރާހިމް. ކިޔެވީ އަޒުހަރު ޖަންގަލިން. ކިޔެވީ ދެފުށްދެގޮތްކަމާއި ދެއަތަށް ފަތުވާދޭނެގޮތް .
4. ޑރ. އަޙުމަދު އަލީ ސަވާދު – މިއީ ޓޫރިޒަމް މިނިސްޓަރު. ކިޔަވާ ވިދާޅުވީ އޮސްޓްރޭލިއާއިން ހިއުމަން ރައިޓްސް އާއި ޓޫރިޒަމް. ޕީއެޗްޑީ ހައްދަވާފައި. މައުމޫނު ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރަކަށް 2 މަހު ހަމައަށް ހުރެވޭ ގޮތެއް ނުވޭ.
5. ޑރ. މަޙުމޫދު ރާޒީ – ސިވިލް އޭވއޭޝަންގެ ރޮނގުން މޮޅު ތަޖުރިބާކާރު ޢިލްމުވެރިއެއް. މައުމޫނު ސަރުކާރުގައި ހުރީ މިދްހަތު ހިލްމީ. އޮތީ ލަންކާ އޯލެވެލްއެއް. އެނިމުނީ.
6. މުހައްމަދު ޝިހާބު – އޮސްޓްރޭލިއާއިން ޑިގްރީ ހޯއްދަވައިގެން ހުންނެވި މިސަރުކާރުގެ ހޯމް މިނިސްޓަރު. މައުމޫނު ސަރުކާރުގެ ހޯމް މިނިސްޓަރަކީ އަބްދުﷲ ކަމާލުއްދީން. ކިޔެވީ މާލޭ ބަކަރި ކޮށި ތަކުގެ ތެރެއިން. އޯލެވެލް ހެދި ފުރަތަމަ ބެޗްގައި ހިމެނުނު. ލިބުނީ ހުރިހާ އެއްޗަކުން ޔޫ.
7. އޒ ހުސްނުއްސުޢޫދު – ބަންޑާރަ ނައިބު. އިނގިރޭސިވިލާތުގެ ލޯ ކިޔަވާވިދާޅުވެ ބެރިސްޓަރ ފާސް ހޯއްދެވި. މައުމޫނު ސަރުކާރުގައި އެންމެ ގިނަ ދުވަހު ހުރީ ސީނާ ޒާހިރު. ކިޔެވީ ލަންކާ ވަލުތެރެއިން. މަތީ ތަޢުލީމު ހޯދީ ރައްޔިތުންގެ ބޯކެއުމުން.
8. ޢަލީ ހާޝިމް – ފައިނޭންސް މިނިސްޓަރު. އޮސްޓްރޭލިޔާއާ އިނގިރޭސިވިލާތުން މަތީ ތަޢުލީމު ހޯއްދެވި. އުފަންވީ ވެސް ފައިސާގެ މައްޗަށް. ބައްޕައަކީ ދިއްދޫ އިބްރާހިމް ކަލޭފާނު. މައުމޫނު ަސަރުކާރުގައި ފައިނޭންސް މިނިސްޓަރަކަށް ހުރީ މައުމޫނު. ދެން ހުރީ ޤާސިމް. ދެމީހުން ވެސް ކިޔެވީ އެންދެރިމާގެ އިން، މަތީ ތައުލީމު ހޯދީ ނާޗަރަންގީ ކުޅުމުން.
9. އެޑީއުކޭޝަން މިނިސްޓަރު ޑރ މުސްތަފާ ލުތުފީ. ޕީއެޗްޑީ ހެއްދެވީ އެޑިއުކޭޝަން އެންޑް ކަރިކިއުލަމް ޑިވެލޮޕްމެންޓުން، މައުމޫނު ސަރުކާރުގައި ހުރީ އަބްދުﷲ ހަމީދާއި، ޑރ މުހައްމަދު ލަތީފު އަދި ޒާހިރު ހުސެން. އަބްދު ﷲ ހަމީދަކީ ނުކިޔަވާ ހުރި ޖާހިލެއް. ޑރ މުހައްމަދު ލަތީފް ޕީއެޗްޑީ އެއް ގަތީ ލޯކަލް މާރުކޭޓުން. ޒާހިރު ހުސައިން ހޭވި ހަޑިއެއް ހޭވީ މިސުރު އަޒުހަރު ޖަންގަލީގައި. ޢަލީ ރަފީޤު ލައްވާ ތީސީސް ލިޔެގެން އޮންލައިން ޕީއެޗްޑިއެއް ވަނީ ހޯދާފައި. އެކަމަކު އޭގެ ފަހުން ލަދުން މަގުމައްޗަށް ނުކުންނަން ނުކެރޭ.
ދެން އެހެންވިމަ މިވަރުން ވަޒަންކޮށްލެވޭނެ ކިޔަވައިގެން ތިބި މީހުންނާ ނުކިޔަވާ ތިބި މީހުން.
ކުށްތަކުގެ އިސްލާޙް ވިދާޅުވީ
ތާރީޚް:29/10/2009
ސަވާދު ކިޔަވާ ވިދާޅުވީ އިންޑިޔާއިން ފަސްޓް ޑިގްރީ، އަދި މާސްޓަސް އަދި ޕީއެޗްޑީ ނިއުޒީލޭންޑްގެ ޔުނިވަރިސިޓީ އޮފް އޮޓާގޯގައި ކިޔަވާވިދާޅުވީ އިންޓަނޭޝަނަލް ހިއުމަން ރައިޓްސް،
މުޙައްމަދު ރަޝީދު އިބްރާހިމް (ކުރީގެ އިޢްޒަތްތެރި އުއްތަމަ ފަނޑިޔާރު ކިޔަވާވިދާޅުވީ ސައުދީ އެރޭބިޔާގެ މަދީނާ ޔުނިވަސިޓީން،
ހުސްނުއްސުޢޫދު ޑިގްރީ ހެއްދެވީ މެލޭޝިޔާގެ އައިއައިޔޫ އިން، މާސްޓަސް އޮސްޓްރޭލިޔާގެ ކްއީންސްލަންޑް ޔުނިވާރސިޓީއިން، ޝަހީދު ކިޔަވާ ވިދާޅުވީ އޮސްޓްރޭލިޔާއިން، ވީމާ މަޢްލޫމާތަށްޓަކައި މިވާހަކަ ދެންނެވީމެވެ.
ހާޝިމް ވިދާޅުވީ
ތާރީޚް:29/10/2009
އަޅުގަނޑުގެ ބައެއް ކުށް މައުލޫމާތު ރަނގަޅުކޮށްދެއްވީތީ ޝުކުރު ދަންނަވަން. އެކަމަކު ތިޔަ މަޢުލޫމާތު އަޅުގަނޑަށް އެނގިފައިވާ މަޢުލޫމާތާ އަޅާ ޔަޤީންކޮށްފައި މެނުވީ އަޅުގަނޑަށް ޤަބޫލުކުރެވޭކަށް ނެތް. ހަމައެއާއެކު ދަންނަވާލަން ޖެހެނީ ތިޔައިން ވެސް ބާރުދެނީ އަޅުގަނޑުގެ ޕޮއިންޓަށޭ. އެއީ މިސަރުކާރުގައި ތިއްބެވީ ތަޢުލީމީ ދަރިންކަން. އެކަން އަނެއްކާ ވެސް އެންމެ ބޭފުޅުންގެ ހަނދާނަށްޓަކައި ތަކުރާރުކޮށްލަން
Dog ވިދާޅުވީ
ތާރީޚް:29/10/2009
އަޅުގަނޑު ބުނީ ޖޯން އޮސްޓިން އަކީ ގާނޫނީ ވަކީލެކޭ، ލޯފާމެއްވެސް ހިންގެވިކަމާއި ގާނޫނީ ފޮތްކެއް ލިޔުއްވާފައިވެޔޭ މާނަޔަކީ މިހާރު ނެތްނަމަވެސް އެކަންކުރެއްވިނަމަ އެކަންކުރެއްވިކަމަށްވާނީ، ދެން ބުނަންތަ މިސަރުކާރުގައި ތިބި މީހުން ޕީއެޗްޑީ ހެދިވާހަކަ ތިދައްކަނީ އެތަކެއްޗަކީ ބޭރުން ގަނެވޭވެސް ތަކެތި، މިބުނީ ބައެއް ގައުމުތަކުން، ކިޔެއްވެބާ ފުރަތަމައިނުން ރައީސް ކިޔެވިތަނެއް ނުބުނީ، އެއްވެސް އެއްޗެއް ނުކިޔަވާ ޖާހިލެއްދޯ، ދެން ތިބުނާ މިނިސްޓަރުން ތެރެއިން MDP އަށް ނިސްބަތްވާ ކިތައް PHD އެބަތިބިތޯ، އިހަށް ދުވަހު ޝަހީދު ތިޕާރޓީއަށް ވަނީވެސް ދެންތިނުގައި PHD އޮތް މީހެއް ވިއްޔާ ނިސްބަތްވަނީ އެހެން ޕާރޓީއަކަށް، ދެން ރާޒީ ވާހަކަ ބުނެފައި ތިބުނަނީ ތަޖްރިބާކާރު މޮޅު މީހެކޭ، ނަމުގެ ކުރިއަށް ޑރ. ނުލާތީ ތިސަރުކާރުގައި އެފަދަ މީހުން ތިވަނީ މޮޅުތަޖުރިބާކާރުންނަށް، އެކަމަކު މައުމޫން ސަރުކާރުގައި ޝަހީދު އުޅުއިރު އެއީ ބަކަށިކޮށިން ކިޔެވިމީހެއް، ކަލޯ ހާޝިމް، އަޒުހަރު ކުނިގޮނޑަކަށް ވެފައި، އިނގިރޭސި ވިލާތުގައި ލާދީނީ ކިޔަވައިދޭ ސެންޓަރުތައް ސުވަރުގެ ތަށްކަމުގައި ދެކެނީތޯއެވެ. ތިހެންވީމާ މިބުނަނީ ތިއީ އިސްލާމުން ކަމާއި މެދު ޝައްކުކުރެވެއޭ، ހިތުގައި އެފަދަ ކަންތައްތައްވެސް ނުފޮރުވިގެން ތިބޭރުކުރަނީ ތިމާގެ އެތެރެ ފުށް އެހެން މީހުންނަށް އޮޅުން ފިލަންވެގެން. އެއްޗެއް އެނގިގެން ހާޝިމް ވައްވަށް ޖަހާނަމަ ކުށުގެ އިސްލާހެއް އެގޮތަށް ބުނާކަށްވެސް ނުޖެހުނީސް، ތިމާއަށް ފައިސާދޭތީ މިސަރުކާރު ހިންގާ މީހުންނަކީ ދުނިޔެ ގަބޫލުކުރާ އެންމެމަތީ ޔުނިވަރ ސިޓީ ތަކުން ކިޔެވި މީހުންކަމުގައި ދެއްކުމަށް ބޭނުންވިޔަކަސް އެކަން އެނގޭ މީހުން ތެދު ހާމަކުރާނެ، ކުރީގެ ސަރުކާރުގައި ތިބި މީހުން ކިޔެވިތަނެއް އަޅުގަނޑަކަށް ނޭނގޭ، އެނގޭ އެއްޗަކީ އެމީހުން ކިޔަވައިގެން ތިބި އަސް ނުކިޔަވަ ތިބިއަސް އެމީހުންގެ ތެރެއިން ގިނަ މީހުންގެ ނަމުގެ ކުރިއަށް ޑރ. ނުވަތަ އުސްތާޛް ނުވަތަ އައްސޭޚް ކިޔާކަން މަދު މީހަކަށް ތަޖުރިބާކާރު އަލްފާޟިލް ކިޔަނީ، މިބުނަނީ 1978 ގައި ކެބިނެޓް ވާހަކައެއް ނޫން އަޅުގަނޑަށް ފެންނަން ފެށި ހިސާބުން. ދެން އެނގޭ އަނެއްކަމަކީ ރައްޔިތުންނަށް ފައިދާ ކުރަނިވި އެތަކެއް ކަމެއް ކޮށްދީ މިހާރުގެ ކެބިނެޓް މީހުންނަށް ކިޔެވުމުގެ ފުރުޟަތު ހޯދައިދީފައިވަނީވެސް މައުމޫނުގެ ނުކިޔަވާ ތިބި މީހުންގެ މަސައްކަތުންކަން، ދެން އެނގޭ ކަމަކީ މީހުންގެ މުސާރަ ދުވަހެއް ދުވަހަކަށް ބޮޑުވަމުން ދިޔަކަން، ރާއްޖެ ތަރައްޤީ ވަމުން އައިކަމާއި މީހުންގެ އަތްމަތި ދަތިކޮށްފައި އެއްވެސް ފަހަރެއްގައި ތަކެތީގެ އަގު ބޮޑުނުކުރާކަން، ވަކިބަޔަކަށް ތަފާތުކުރުމެއް ނެތި އަސާސީ ޚިދުމަތް ދީފައިވާކަން، މީހުން ކިޔެވުމުގެ ބޭނުމަކީ އެހެން މީހުންނަށް އޭގެން ފައިދާއެއް ކޮށްދިނުން، އެހެން ނޫނީ އެކިޔެވި ކިޔެވެލީގެ ބޭނުމެއް ކޮބާ؟ ލިބިފައިވާ ތަޖުރިބާގެ ބޭނުމެއް ކޮބާ؟ ދެން މައުމޫން 30 އަހަރު ލާރި ކޭނަމަ މިތަނުގައި ކީކުރަން ހުންނަންވީ، އެފައިސާތައް ހިފައިގެން ހިތްފައްސޭހަ ތަނަކަށް ދާންވީނުން، ސްޓެލްކޯ އިން މަހަކު 3 ލައްކަ ރުފިޔާ ގެއްލުން ވާކަމަށް އިއްޔެގައި ބުނެފި، ވީއިރު މައުމޫން ކަރަންޓް އަގު ބޮޑުނުކޮށް އެތަން ހިންގާފައިވަނީ، ދެން އޭރު އެގެއްލުން ފޫބެއްދީ ރައްޔިތުން ފެލައިގެންތަ؟ ގެއްލުންވަމުން ދިޔައިރުވެސް ކުންފުނި ދިޔައީ ދުވަހެއް ދުވަހަކަށް ތަރައްޤީވަމުން އިންޖީނުތައް ބޮޑުކުރަމުން، އާ އިންޖީނުގެ އަކާއި ބިލްޑިންގ އެއް އަޅައިފި، ދައުލަތަށް އޭރު ލިބޭ މިންވަރު މިހާރަށް ވުރެ މަދުވާނެކަން ޔަޤީން އެކަންތައްތައް ކުރަމުން މީހުންނަށް މުސާރަ ދެމުން އެހެންތަންތަން ތަރައްޤީކުރަމުން، ފަޅުކޮނެ ސްކޫލްތައް އަޅާ ހޮސްޕުޓާތައް އަޅަމުން ދިޔައީތީ މިއަދު އެތަންތައް އަޅުގަނޑުމެންނަށް އެހުރީ ފެންނަން، ދެން ކޮން ލާރިއެއް ކާން ހުންނާނީ، މިހާރު މިއުޅެނީ އެއްކަމެއް ނުކުރެވިގެން، އެހެންކަމުން މިދަނީ މުސާރަ ކުޑަކޮށް އޮފީސްތަކުގެ ބިލްތައް ނުދެއްކިގެން، އެވަރުން ނުވެގެން ތަކެތި އަގު ބޮޑުކުރަމުން، މިވަރުކުރާ އިރުވެސް އަންނި އަށް ކާލާނެ ލާރިއެއް ނުލިބޭ، ދެން ކިހިނެއްބާ މައުމޫން ކާނެ ލާރި ހޯދީ، މައުމޫނު ހާދަ މޮޅޭދޯ،
DOg ވިދާޅުވީ
ތާރީޚް:30/10/2009
އަދި ބުނެލަން ބޭނުންވާ ކަމެއް އެބައޮތް، އަންނިއަށް ހުކުރު ކުރަން އެނގޭތަ، ހާޝިމް ނިކަން ބުނެދީބަލަ. މިހެން މިބުނީ ހުކުރު ދުވަހު ރޭޑިއޯ ހިތާބު ދިނުން ފިޔަވާ ހުކުރު ނަމާދަށް ދަނިކޮށްވެސް ނުފެންނާތީ، އަދި ހުތުބާ ނުކިޔަސް ނަމާދަށް ދަންޏާވެސް ރަގަޅުތާ؟ މައުމޫނު ބަކަށިކޮށިން ކުނިގޮޑުން ކިޔަވައިގެންވެސް އަރަބި ބަހާއި އުރުދޫ ބަހާއި ސިންހަލަ ، މަލަޔާލަމް ، އިނިރޭސި، ދިވެހި މިބަސްތަކުން ފަށުވިކަމާއި އެކު މީހުންނަށް މުހާތަބުކުރަނީ ވއްޔާ އެވެ.
އަރުޝަދު ވިދާޅުވީ
ތާރީޚް:30/10/2009
އަޅުގަނޑު ތިކަމުގެ ތެރެއަށް ވަންނާކަށް ނެތިން. ޑޯގްގެ ކޮމެންޓެއްގައި އެބަ އޮތް، މިސަރުކާރުގެ ވެރިކަން ތާހިރު ނޫންވާހަކަ. ވަރަށް ބޮޑު ތެދެއް. އެހެންވެތާ، ރާއްޖެ މިއޮތީ ޑިމޮކްރެސީގެ ޅަފަތުގައޭ ކިޔާ އަޑު އިވެނީ. ރައީސް ނަޝީދު ވަރަށް ފަހުން ވިދާޅުވެއްޖެ، އެމަނިކުފާނު ވެވަޑައިގަންނަވާ ވަޢުދުތައް ފުއްދެވުމަށްވުރެވެސް އުނދަގޫފުޅީ ރާއްޖޭގެ ހަރުދަނާ ޑިމޮކްރެސީއެއް ޤާއިމުކުރައްވައި، އެޑިމޮކްރެޓިކް ވެށީގައި ދަރީންނާއި، ދަރީންގެ ދަރީންނަށް ރާއްޖޭގެ މުއްސަނދިކަމާއި ތަނަވަސްކަން ރައްދުކޮށްދެވޭނެ ވެރިކަމުގެ ނިޒާމެއް މިރާއްޖޭގައި އަށަގެންނެވުންކަމަށް. މާނަޔަކީ ރިޔާސީ ފަސް ވަޢުދަށްވުރެ، ވެރިކަން ތާހިރުކުރަން އުނދަގުލޭ. ރައީސް ނަޝީދު ނިއު ޔޯކުގައި ދެއްވި ރޭޑިއޯ ހިތާބުގައި، ނިއު ޔޯކުގެ ބައެއް ކަންތައްތަކުގެ ވާހަކަ ގެނެސްދިން. މިއިންވެސް އެނގެނީ ނަޝީދުގެ ހިތުގައި ރާއްޖެއާއި ދޭތެރޭ އުންމީދުތަކެއް އޮންނަކަން.
ވެރިކަން ތާހިރުވާނީ ރައްޔިތުންގެ އެއްބާރުލުން ލިބިގެން، އަދި ފާޑުވެސް ކީގެން. ޑީއާރުޕީހެން ވެރިކަމާއި ކުޅެން އުޅުމަކީ، ކައުންޓާ ޕްރޮޑަކްޓިވް ކަމެއް. އިދިކޮޅު ޕާޓީއަކީ ކޮބައިކަން ނުދަންނަ ބައެއް ޑީއާރުޕީގައި އުޅެނީ.
Dog ވިދާޅުވީ
ތާރީޚް:30/10/2009
ރައީސް ނަޝީދުގެ ހިތުގައި ރާއްޖެ އާއި މެދު އޮންނަ އުންމީދަކީ މީދަލަކާއި މެދު ބުނާ އޮންނަ ފަދަ އުންމީދެއް، ލިބެއްޖެނަމަ ހިތުހުރި ގޮތަށް ކާލުން، މިހެން މިބުނީ މިރާއްޖެ އަންނި ބޭނުންވަނީ އޭނާ އެދޭ ވަކިބަޔަކާއި އެކު މިރާއްޖެގައި ދިރިއުޅޭ އަންނިގެ ސިޔާސަތާއި ހިތްހމަ ނުޖެހޭ މީހުން މިގައުމުގައި އުޅުމަކަށް އަންނި އެއް ނޭދޭ، އެހެންކަމުން މީހުންނަށް އުނދަގޫކޮށް ހާލުގައި ޖެއްސުމުގެ އުންމީދު ވަރަށްވެސް ބޮޑުކަން މިދަނީ ފެންނަމުން، ތިމާ ބޭނުންވާ މީހުން ބޮޑު ޚަރަދުކޮށް ބޭރަށް ފޮނުވަނީ، އެހެން މީހުންގެ މުސާރަ ކުޑަކޮށް، ކަރަންޓާއި ތަކެތީގެ އަގު ބޮޑުކުރަނީ، މިކަން މިހެން ކުރަމުން ބުނަނީ ނެތް ލާރިއެއް ދޭނީ ކިހިނެއްހޭ، މިހެން ބުނުމުން ހީވަނ ލާރީތަކުގައި ލިޔެފައިވަނީ ވަކިބައެއްގެ ނަމާއި އެޑްރެސް ހެން. ރިޔާސީ ޅަފަތުގައި އޮތީމާ އެކަން ރަގަޅުކުރުމަށް އެއްވެސް ކަމެއް ކުރަނީކީ ނޫން، ދުލުން އެހެން ބުނެ އެހެން މީހުން ބިރުގަންނަވަނީ އޭރުން ވެރިކަން ފުރާވަރަށް އަރާނެތޯއެވެ. އިދިކޮޅު ޕާރޓީވެސް ބޭނުންވަނީ ވެރިކަން ތިޔައީ ރަގަޅު ވާހަކައެއް ތިކަން މަވެސް ގަބޫލުކުރަން، އަޅުގަނޑު އެމީހުންނާއި ބައިވެރިވަނީ ކީ ނޫން، އެކަމަކު އެމީހުން އެއްޗެތި ކިޔަނީ އެފަދަ ކަންތައްތައް ސަރުކާރުން ކުރާތީ، އެގޮތުންވެސް ރައްޔިތުންގެ ރުހުން ލިބޭތޯ، ހުރިހާ މީހުންވެސް ބޭނުމީ ވެރިކަން ރައްޔިތުންނެތް ބޭނުމެއް ނޫން، ފައިސާ ބޭނުމީ ޚިދުމަތެއް ދޭކަށް ނޫން، އެކަމަކު ކުރިޔަށް ވުރެންވެސް ފައިސާގެ ދަހިވެތިކަމާއި އަމިއްލަ އެދުން މިއަދު މިވަނީ އިންތިހާއަށް ގޮސްފައި.
ހާޝިމް ވިދާޅުވީ
ތާރީޚް:30/10/2009
ޑޯގު ވިދާޅުވެއްޖެ ރައީސް ނަޝީދަކީ ހުކުރު ކުރަން ނޭނގޭ ބޭފުޅެކޭ. އެހެންނެއް ނޫން. އޭނާގެ އަތްޕުޅުގައި އޮވޭ ހުކުރު ކުރުމުގެ ސަނަދާއި، ޖަމާޢަތްތެރިކަމުގެ ސަނަދާއި މުދިމް ކަމުގެ ސަނަދަށް ދާން ދެން. މިއީ ދޮގެއްތޯ ބަލަން ނިކަން ކެނެރީގެއަށް ވަދެ، އަންނި ކޮޓަރީގެ ފާރު ބަލާލަބަލަ ޑޯގު. ރައީސް ނަޝީދު ވަނީ 1980 ން ފެށިގެން ރާއްޖޭގައި ނެގެން ހުންނަ ހުރިހާ ފާހެއް ނަގާފައި. ކާތިބުކަމާއި، ސެކްރެޓަރީކަމާއި، ޕިޔޯނުކަމާއި، އިނިސްޕެކްޓަރުކަމާއި މިހެން ގޮސް ކިޔާނެކަމެއް ނެތް. ތަފާތަކީ އަންނި އެޒާތުން އެކަން މަޝްހޫރުކުރަން ނޫޅޭކަން. އެހެންތޯ މައުމޫނު. އޭނާގެ މޮޅުކަމުގެ ވާހަކަ ދެއްކުން ނޫން ކަމެއް ނުކުރޭ. ދެން ރޯދަ މަހު ގެންނާނެ އަޒުހަރު ޖަންގަލިން ކޮތަރުބައިގަނޑެއް ވައުޒު ވިދާޅުވުމުގެ ނަމުގައި. އެމީހުން ވެސް އިސްލާމީ މަރުކަޒުގައި ވަޢުޒު ވިދާޅުވާއިރު ދައްކާނީ މުޅިން ވެސް މައުމޫނުގެ މޮޅުވާހަކަ. އެއީ އެމީހުން ލައްވާ ކުރުވާހާ ވެސް ކަމަކީ. ދެން ޑޯގަށް ހީވަނީ މަލަޔާލަމް ބަހާއި، ސިންގަޅަ ބަހާއި، އަރަބި ބަސް އެނގުނީމާ އެވީ މޮޅު މީހަކަށޭތަ؟ މައުމޫނަށް ވުރެ ނޮވެމްބަރު 3 ގެ ލުތުފީ މާމޮޅަށް ދަނޭ ސިންގަޅަ ބަހާއި މަލަޔާލަމް ބަސް. ދެން އޭނާ އެވީ މޮޅު މީހަކަށްބާ؟ އަދި އަބޫޖަހުލާއި، އެރިޔަލް ޝެރޯން ވެސް ދަނޭ މައުމޫނަށް ވުރެ މާމޮޅަށް އަރަބި ބަސް. އެހެންވީމާ އެވީ މޮޅު މީހަކަށްބާ؟ ޑޯގުމެންގެ ވާހަކައިގައި ހަމަ ކުޑަކުޑަ ވެސް އުރަތްޕެއް ނުހުންނާތީ މިހާރު ނުވޭ ޑޯގުގެ ވާހަކައަށް ރައްދު ދޭ ހިތެއް ވެސް. އެއީ އެކަމުން އަޅުގަނޑު ޑޯގުގެ ދަށް ފެންވަރަށް ވެއްޓޭތީ. އެހެންނަމަވެސް، މިކަން ކުރަން ޖެހެނީ މިސައިޓްގައި ޑޯގު ތިޔަ އަނބުރާ ގޭސްތަކާއި އޮޅުވާލާ އޮޅުވާލުންތައް ހާމަކޮށް ބަޔާންކޮށް، ތެދު މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުގެ ނަޒަރުގައި ކިފާޔަތުގެ ފަރުޟަަކަށް ވެފައިވާތީ.
ދެން ޑޯގު ދެންނެވީ ޖޯން އޮސްޓިން އަކީ ކޮންމެވެސް ޒަމާނެއްގައި ލޯފާމެއް ހިންގި ބޭފުޅެކޭ ނޫން. ޑޯގުގެ އަސްލު ޢިބާރާތަކީ “ދެން ބުނަންތަ ޖޯން އޮސްޓިންގ އަކީ ގާނޫނީ ވަކީލެއް ގާނޫނާއި ބެހޭ އެތަކެއް ފޮތް ލިޔުއްވާފައިވާ ލޯފާމެއްވެސް ހިންގަވާ ބޭފުޅެއް” އަޅުގަނޑު ހިތުން “ހިންގަވާ” އާއި “ހިންގެވި” ގެ ތަފާތު ހުރޭ. ޑޯގު ވިދާޅުވީ ހިންގަވާއޭ. މާނައަކީ ވޭވޭހުރިކަމެއްގެ ވާހަކަ. މިހާރު ވެސް ކުރަމުންދާ ކަމެއްގެ ވާހަކަ. މިއީ ވެސް ހަމަ ޑޯގަށް އެއްޗެއް އެނގިވަޑައިނުގެން ހާއްވަވާފައިވާ ހަޑިއެއް. އަޅުގަނޑު އެހެންވެ މަތީނަށް ދެންނެވީ އެބޭފުޅުންގެ ކުރު ފަސްމަންޒަަރެއް ދެއްވުން ރަނގަޅުވާނޭ. އެއީ ޑޯގުމެން ފަދަ ރޯނު އެދުރުން އެހެން ހީކުރައްވާނެތީ. އަޅުގަނޑު މިލިޔުމަށް ފުރަތަމަ ކުރި ކޮމެންޓްގެ ބޭނުން މިހާރު މިދަނީ ފެންނަމުން. އަޅުގަނޑު ހީކުރަން މަތީން މިކަމާ ވިސްނާވަޑައިގަންނަވާނެކަމަށް. އަދި ދެން ދަންނަވާލަންތޯ އެއްވާހަކަ. މަތީނު ލިޔުއްވީމެއްނޫންތޯ މާކްސް ގެ ވާހަކަ. އަޅުގަނޑަށް ވަރަށް ހީވޭ ޑޯގު މިހާރު ހުންނަވާނީ މާކްސް އަކީ ގައިގައިލާ ސައިބޯންޏެކޭ ހީފުޅުކުރައްވައިގެން. ނޫނީ ޒާތެއްގެ ފަރަންޖީ ކާއެއްޗެކޭ ހީފުޅު ކުރައްވައިގެން.
ހާޝިމް ވިދާޅުވީ
ތާރީޚް:30/10/2009
އަދި އެއްވާހަކަ. ޒަމާނީ ތަހުޒީބީ މުޖުތަމަޢުގައި ރައީސަކަށް ހުންނަ މީހާ ހުކުރުކޮށް، މީހުން ހިނަވާ، މާބަނޑުމީހުން ވިއްސާ، ދީނީ ފަތުވާދީ، މަސްދޯނީގެ އިންޖީނުހަދާ، ސައިހޮޓަލުގައި ކައްކާ، ލަވަހަދާ، ޅެންހަދާ، އަރަތްލިޔެ، ފިލްމުކުޅެ، ކަބްސްކައުޓް ކޭމްޕިން ހަދާ، ހަނދުބަލާ، އެންއުކާ، އެއްޗެހި ދޮވެ، އިސްތިރިކޮށް، ބަނަސްފިހެ، މަސްއަވީލާ، ދުންހޮޅިން ގެދަބުޅި ކަހާ މިހުރިހާ ކަމެއް ކުރާކަށް ނުޖެހޭ ޑޯގޫ. މައުމޫނު ތިމާ ވަރު މީހެއް ނެތިގެން ހުރިހާ ކަމެއް ކުރަމުން ދުވިޔަސް، އެއީ ރިވެތި ނަމޫނާއެއް ނޫން. އެހެންވީމާ، ރައީސް ނަޝީދު ހުކުރު ނުކޮށްގެން ކަންބޮޑުވާނެކަމެއް ނެތް އެއްގޮތަކަށް ވެސް. އެކަން އޭނާ އެވަނީ އެރޮނގުން އޭނާއަށް ވުރެ މާޤާބިލް، މާމޮޅު ބޭފުޅުންނާ ހަވާލުކުރައްވާފައި. އެނިމުނީނުންތޯ. ތިޔަކަހަލަ ކަނޑުކޮސް ވާހަކައޭ މުޅިން ވެސް ޑޯގު ދައްކަވަނީ.
އަރުޝަދު ވިދާޅުވީ
ތާރީޚް:30/10/2009
ޖޯޖް ބުޝް އަކީ ކިތަންމެ ގަމާރު، އަދި ފޮރިން ޕޮލިސީ ނުދަން މޮޔަ ނުބައި މީހަކަށްވިޔަސް، އޭނަ އޭނަގެ ގައުމަށް ހެޔޮ އެދޭ. އޮބާމާ ހޮވުނީމަ، އޭނަ ބުނެފައިވޭ، މިވަގުތު އޮބާމާ އަށް ފާޑު ކިޔާ ހެދުމަށްވުރެ ދޫ ދިނުން ރަނގަޅު ކަމަށް. މިއީ ގައުމަށް ހެޔޮ އެދޭ ފާޑު ވެރިން ކަން ކުރާ ވައްތަރަކީ. ރައްޔިތުންގެ ނުވަދިހަ އެތައް ހާސް މީހުންގެ ވޯޓަކުން، މެޖޯރިޓީ ލިބިގެން ނަޝީދު އެހުރީ އެމަގާމުގައި. މި މެޖޯރިޓީގައި އޮތީ ކޮން ނުބައެއް؟ ކުރީގެ ރައީސަށް ކުރާނެ ކަމެއް ނޭގިގެން މަޖިލީހުގައިވެސް މިހާރު އުޅެނީ. ރައްޔިތުން ހޮވާފައިހުރި ވެރިއެއްގެ މައްޗަށް ވެރިކަން ބޭނުންވެގެން ދުވާނީ ގައުމަށް ހެޔޮ ނޭދޭތި. އެފަދަ ބައެއް ރަނގަޅުވާނީ ގައުމުން ބާކީ ކޮށްލެވުނީމާ. ނަޝީދަށް އިތުބާރު ކުރަންވީ، އެހެނަސް ހިތު ހުރިހާ ގޮތަކަށް ކަންތައް ކުރިޔަ ނުދީޕްރެޝަރުވެސް ކުރަންވީ، އެކަމަކު ޑީއާރުޕީގެ އެހުންނަ ނާތަހުޒީބު ގޮތްގަޑު ދޫކޮށްލުމުން ނޫނީ އެމީހުނަށް އެއްބާރުލުން ދޭކަށް ނުވާނެ. ދޮގެއް؟
ހާޝިމް ވިދާޅުވީ
ތާރީޚް:30/10/2009
ޑީއާރުޕީން އަދިވެސް ކުޅެނީ ސިހުރުގެ ކުޅިގަނޑު. ރައީސް ނަޝީދުގެ ކެބިނެޓާއެކު މޫދުއަޑީގައި ޖަލްސާ ބޭއްވި ދުވަހު މޫދަށް ގެނބިގެން މަރުވޭތޯ ސިހުރު ހެދިކަމަށް އަދާލަތު ޕާޓީގެ ވެބްސައިޓްގައި ވެސް އެބައޮތް. އަދި އޭގެ ވީޑިޔޯ ވެސް އެބައޮތް ޔޫޓިއުބުގައި. ސިހުރު ހެއްދުވީ ނުތާހިރާ ހުރި މީހަކު ބަހާއުއްދީން މިސްކިތަށް ފޮނުވާ، ގިބްލައަށް ފުރަގަސްދީ ދެ ރަކުއަތް ނަމާދެއް ކުރުވައިގެން. މިއީ މައުމޫނު ކުރާ މުޑުދާރު ކަންތައް. އަދިވެސް މައުމޫނުގެ ސިކުނޑިއުޅެނީ 17 ވަނަ ޤަރުނުގައި. މީހެއްގެ މަރު ހިފަން ވެސް މިޑީއާރުޕީގެ މީހުން ފަހެއް ނުޖެހޭނެ. އެހެންޏާ ފަހެ، އެދުވަހު ކެބިނެޓް އެންމެން މަރާލިނަމަ، އޭގައި މަރުވާނީ އެމްޑީޕީ އެކަންޏެއް ނޫން. އަދާލަތު ޕާޓީއާއި، ލިބަރަލް ޕާޓީއާއި، ޖުމްހޫރީ ޕާޓީގެ މެމްބަރުން ވެސް. މިސިހުރު ކުޅިގަނޑުގެ ވީޑިޔޯ ބައްލަވާލެއްވުމަށް ތިރީގައިވާ ލިންކަށް ކްލިކް ކޮށްލައްވާ. މިކަހަލަ ވިޔާނުދާ ފާޙިޝް ޢަަމަލުތައް ޑީއާރުޕީން ކުރާތީ ލަދުން ބޯފަޅައިގެންދާ ވަރުވޭ. އެކަމަކު ވެސް ޑޯގަކަށް ނުފެންނާނެ މިއިން އައިބެއް. ޑޯގު ދެކޭ ގޮތުގައި މިއީ ޣައިރު ދީނީ ސަރުކާރެއް. އެހެންވީމާ އެންމެން މަރާލަންވީ. އަދި އަނެއްކާ ވެސް މައުމޫނު ގެންނަންވީ.
http://www.youtube.com/watch?v=RVticMJb-ZY
Dog ވިދާޅުވީ
ތާރީޚް:30/10/2009
ހާޝިމަށް، ބުނަންތަ ވާހަކައެއް ހަސަންނަށް ހީވާނެ ފުޅައްބުޑުން ދަންޏާ ކެޔޮގަނޑު ކަނޑާލާނޭ، އެހެން އެވަނީ ތިމާމެން ކަންތައް ކުރާ ގޮތުން އެހެން މީހުންވެސް އެގޮތަށް ކަންތައް ކުރާނެކަމަށް ހީވަނީ، އަންނި ވެރިކަމާއި ހެދިގެން އޭނާގެ އެކުވެރިންނާއި އެކު އެތަކެއް ފަނޑިތަ ހެދުމުގެ ސަބުބުން ނަސްރީނާ އެވަނީ ބަލިއެނދުގައި، އަދިވެސް އެހެން މީހުން ފަނޑިތަ ހަދާވާހަކަ ކިޔައިގެން އެފަދަ ކަންތައްތައް މަތިޖެހުމަށް ތިއުޅެނީދޯ، ނުބުނަން ހުއްޓަސް ބުނެވޭނެ، ތިޔަ ވީޑިއޯ އަކީވެސް އެފަދައިން MDP މީހުން ވެރިކަމަށް އައުމަށް ހެދި ފަނޑިތައިގެ ތެރެއިން ކަމެއް، އެކަން މައުމޫނަށް ލައްވާ ނުލާ ނަސްރީނާ އަށް ޖެހުނީ، ފަނޑިތަ އަކީ މުސްލިމުން ކޮށްއުޅޭކަމެއް ނޫން، އެގޮތުން މިސަރުކާރަކީ އިސްލާމްދީން ދެކެ ލޯބިވާ ސަރުކާރަކާއި މެދު ޝައްކު، އެހެން ވުމުން އެފަދަ ކަންތައްތައް ކުރުމަކަށް ފަހެއް ނުޖެހޭނެ، އެކަމަކު ތާލިބާނުންވެސް މީހުން މަރާފަ އެކަމުގެ ޒިންމާ ނަގާ، އަންނި ފަނޑިތަ ހަދާފަ ތިއުޅެނީ އެހެން މީހުން އެކަންކުރާކަމަށް ކިޔައިގެން މަތިއަޅަން، ފުރަތަމަ އެފަދަކަންތައްތަކުގެ ވާހަކަ ތިދެއްކީ މިސަރުކާރުން އޭގެ މާނަ އަކީ އެކަން ކުރާމީހުން އެކަންތައްތަކާއި މެދު އެންމެ ބޮޑަށް ވިސްނާނީ.
Dog ވިދާޅުވީ
ތާރީޚް:30/10/2009
ހާޝިމް މެންނަށް ބަޔަކު ނުވަތަ މީހަކު ހުކުރު ނުކުރުމުން ކަންބޮޑެއް ނުވާނެ، އެގޮތުން ތިބިނީ މިގައުމުގައި ތިބޭނޭ ހުކުރު ކުރާނެ މީހުން ކޮންމެހެން އަންނި ނުޖެހެޔޭ ހުކުރު ނަމާދަށް ދާކަށެއްދޯ، ރަގަޅު މުސްލިމެއް ނޫނިއްޔާ ކޮންމެހެން މިސްކިތަށް އަރާނެކަމެއް ނެތް، ވަރަށް ބޮޑަށް ޝުކުރިއްޔާ ހާޝިމް އެކަން އޮޅުން ފިލުވައިދިނީތީ، އެހެންކަމުން އަންނި އަކީ ގާނޫނީ ގޮތުން މިގައުމުގެ ވެރިއަކަށް ގަބޫލެއް ނުކުރެވޭނެތާއެވެ.
Dog ވިދާޅުވީ
ތާރީޚް:30/10/2009
ދެން ބުނަންތަ ޖޯން އޮސްޓިންގެ ވާހަކަ ލިޔުނު އިރު ލިޔެވިފައިވަނީ ތިގޮތަށް ކަމަށް ވިޔަސް ބުއްދި ސަލާމަތުން ހުރި މީހެއް ނަމަ އެއީ ލިޔުމުގެ މިސްޓޭކެއް ކަމަށް ބަލާނެ، އެއީ ޖޯން އޮސްޓިން ދުނިޔޭގައި އުޅުނު ތާރީޙް އާޓިކަލުގައި ފާހަގަ ކޮށްފައިވާތީ، ބޭނުންވަނީ ހާޝިމަށް އެއީ ކާކުކަން އެނގޭކަމާއި މިއާޓިކަލުން ބުނާ އެއްޗެއް އަޅުގަނޑުމެންނަށް ފަހުމުވާކަން ބުނެދިނުން، ކިތަމެ ވަރަކަށް ކިޔައިދިނަސް ނޭނގޭ ބުރާންޗަކަށް ހަމަ ނޭނގޭނެ އެހެން މިފަހަރު ހާޝިމަށް ތިވީ.
Dog ވިދާޅުވީ
ތާރީޚް:30/10/2009
އަންނި އަކަށް ނޫން އެއްވެސް މީހަކަށް ނޭނގޭ ކަމެއް ނުކުރެވޭނެ، ކުރަން ބޭނުމަސް އެކަން އޮންނާނީ ނުކުރެވިފައި، ބޭނުންނެތް ފާސްތަކެއް ނަގައިގެން އޭގެން އެހެން މީހުންނަށް އެއްވެސް ފައިދާއެއް ނުކުރާނަމަ އެފަދަ އެއްޗެއް އޮތުމުގެ ބޭނުމެއް އެބައޮތްތޯ، ދީނީދަންނަ ބޭކަލުން ބުނާ ގޮތުން މަހުޞަރުދުވަހުން އެމީހަކާއި ސުވާލުކުރެވޭ ކަންތައްތަކުގެ ތެރެގައި ތިމާއަށް ލިބިފައިވާ އިލްމަކުން ބޭނުން ހިފިގޮތާއި މެދު ސުވާލުކުރެވޭނެ، ނޭނގޭ ކަމެއް ނެތް އެއްޗެއް އޮތޭ ބުނުމަކީ ފައްސޭހަކަމެއް އެކަމަކު އެކަން އެހެން އޮތްކަން އެނގެނީ އެފަދަ ކަމެއް އެމީހެއްގެ ކިބައި ނުފެނުމަކީ. އެގޮތުން ހާޝިމް ތިބުނާ އެއްވެސް އެއްޗެއް އަންނި އަތުގައި އޮތްކަމުގެ އެއްވެސް ޝާބިތު ހެއްކެއް ގައުމުގެ ދަރިންނަކަށް ނުފެނޭ، ދެން ބުނަންތަ؟ ކެނެރީގެއަކަށް އަޅުގަނޑު ނުދާނަން އެއީ އަޅުގަނޑުމެންގެ ހަޔާތުގައިވެސް މިގައުމަށް އައި އެންމެ ނުރައްކާތެރި އުދުވާނު ހަމަލާ ރޭވި ގެއަކީ. 21 އަހަރު ވިޔަސް އަދިވެސް އެކަން ތަޒާކޮށް ހަނދާން އެބަހުރި. ބަޔަކު އެކަން ހަނދާންނެތިގެން އަންނި އަށް ތާއީދުކުރިޔަކަސް އަޅުގަނޑަކަށް އެކަމެއް ހަނދާނެއް ނުނެތޭނެ.
Dog ވިދާޅުވީ
ތާރީޚް:30/10/2009
މީހުން ވާހަކަދައްކާ ބަހެއް ދަސްވުމަކީ އޭގެ ބޭނުން ހެޔޮގޮތުގައި ކޮއްފިނަމަ ތިމާއަށް ނުހަނު ފައިދާ ކުރާނެކަމެއް، އަދި އިސްލާމެއް ނަމަ އަރަބި ބަސް ދަސްކުރުމަކީ ކޮންމެހެންވެސް ކުރެވެންޏާ ކުރުން އެންމެ އައުލާކަން ބޮޑު ކަމެއް، ވީމާ ، އަރަބި ބަހުން ކިޔަވައިދޭ އަޒުހަރު ފަދަތަންތަން އެތަނުގެ ރިވެތިގޮތުގައި ބޭނުން ކުރަން ނޭނގޭ މީހުން މުސްލިމުންނޭ ކިޔުމުގެ ކުރިން ތިމާ އަށް މިބުނެވޭ އެއްޗަކާއި މެދު ވިސްނާލުން ރަގަޅު، މައުމޫނަށް އެތަކެއް ބަސް އެނގުމުން އެކަމުގެ ފައިދާ މިގައުމަށް ކޮށްފައިވޭ، މިގައުމަށް އަރަބި ބަސް ދަންނަ މީހަކު އައުމުން އޭނާ އާއި އަރަބި ބަހުން މިހާތބުކުރުމުން އެމީހާ އާއި ވަރަށް ގާތްގުޅުމެއް އުފެދޭނެ، އެކަމަކު އެކަން ކުރެވޭނީވެސް އެކަމަށް ގާބިލްވެގެންދޯ، ހަމަ އެކަނި އެގޮތް މިގޮތުން ލާރިކާން އެނގުނަކަސް މިހުންނަކީ ކޮންމެ މީހަކަށް ކުރެވޭނެކަމެއް ނޫން، ދެން މަސައްކަތްކުރާ ވާހަކަ އެމީހަކަށް މަސައްކަތެއް އެނގޭނަމަ އެކަމެއް ކޮއްގެން ލާރި ހޯދުން ބުއްދިވެރި، އެކަމަކު އަންނިގެ އަތުން ފައިން ކަމެއް ކުރަން ނޭނގޭތީ ވެރިކަމާއި ހިތާވެފައި ތިބި ގުރޫޕެއް އެތަކެއް އަހަރު ރާއްޖޭން ބޭރުގައި ތިބެގެން މީހުންގެ ބޯކައިގެން މިވަނީ ވެރިކަން ހޯދާފައި، ދެން ބުނެވޭނެތޯ އެމީހުންނަކީ މަސައްކަތް ދަންނަ ބައެކޭ.
Dog ވިދާޅުވީ
ތާރީޚް:30/10/2009
ނުވަދި އެތަކެއް ހާސް މީހުންގެ ވޯޓް އަންނި އަށް ލިބުނީ އެވޯޓް ހޯދުމަށް އޭނާ އެކަނި ނިކުމެ ސަލާން ޖަހައިގެންތޯއެވެ. ވޯޓް ހޯދުމަށް އަންނި ކިޔަމުން ދިޔަ ރައިވަރު ފަރެއްސަށް ނުވޭތޯއެވެ. އެކުގައި ރައިވަރު ކިޔަން އުޅުނު މީހުން އަތުގައި ހިފާ ބޭރަށް ނެރެ އެއްލާލުމަށްފަހު ތިމާ ހިތު ހުރި ގޮތެއް ސަރުކާރަށާއި ރައްޔިތުންނަށް ހަދަމުން ދަނީ އެއީ ޤައުމަށް ހެޔޮ އެދޭތީތޯއެވެ. މިނިވަން ކަމުގެ ހައްޤޭ ބުނެ ވެރިކަމަށް އައިސް ވެރިކަންކުރާ ގޮތާއި މެދު ބަޔަކު ފާޑުކިޔުމުން އެކަން ކެތް ނުކުރެވިގެން އެބަޔަކަށް ޖެއްސުންކޮށް ގޯނާ ކުރުން އެއީ ޑިމޮކުރަސީގެ ރިވެތި އާދަކަމުގައި ބުސް ދެކެނީތޮއެވެ. ނުވަތަ އަންނި ދެކެނީ ތޯއެވެ. ޤާނޫނުން ބޭރުގައި ވަކިކަމެއް ހަޝިލްކުރުމަށް ރައީސް މައުމޫން ހައްޔަރުކުރުމަށް މަސައްކަތް ކުރުމަކީ ޑިމޮކްރސީގެ ރިވެތި ނަމޫނާތޯއެވެ. ދިވެހިން އެދޭ ގޮތްތޯއެވެ. މައުމޫނު ވަކި ޕާރޓީއެއްގައި ހުރުމުން އިސްތިއުފާ ދިނުމަށް އަންނި އަށް ގޮވުމުގެ ހައްޤު އެބައޮތްތޯއެވެ. މިހިރަ މަދުކަންތައްތަކަށް ވިސްނާލާއިރުވެސް މިވެރިކަމާއި މެދު ސީދާ މައުމޫނު އެއްޗެއް ބުނެފައިވަނީ ވަރަށް މަދު ފަހަރެއްގައެވެ. ޕާޓީ މީހުން މީހުން ވެސް ވެރިކަންކުރ ގޮތަށް ފާޑުކިޔަން ފެށީ ވައުދުތަކާއި ހިލާފަށް ގާނޫނާއި ހިލާފަށް ވަކި މޮޓޯއެއްގައި ވެރިކަން ހިންގަން އުޅޭތީއެވެ. ރައްޔިތުންނަށް ފައިދާ ހުރި ގޮތުގައި ވެރިކަން ކުރަން ނޭނގެންޏާ ދުވަހެއް ދުވަހެއް ޕްރެޝަރދާނީ ބޮޑުވަމުންނެވެ. މިއަދު DRP އޮތަސް މާދަމާ ދިވެހި ރައްޔިތުން ނިކުމެ ވެރިކަން ބަދަލުކުރަން ޖެހުމަކީވެސް ދުރުކަމެއް ނޫނެވެ.