Share

ސޮސައިޓީ ފޯރ ކުޅުދުއްފުށީ ޔޫތުގެ ހިންގާ ކޮމެޓީ އިންތިހާބު ކޮށްފި

ސޮސައިޓީ ފޯރ ކުޅުދުއްފުށީ ޔޫތުގެ ހިންގާ ކޮމެޓީ އިންތިހާބު ކޮށްފި

ސޮސައިޓީ ފޯރ ކުޅުދުއްފުށީ ޔޫތުގެ ހިންގާ ކޮމެޓީ އެކުލަވާލުމަށް ބޭއްވި އިންތިހާބު ރޭ ކުޅުދުއްފުށީ ރިސޯސް ސެންޓަރުގައި ބާއްވައިފިއެވެ. ހޯމަ ދުވަހުގެ ރޭ ބޭއްވި އިންތިހާބުގައި އެޖަމިއްޔާގެ ގިނަ އަދަދެއްގެ މެމްބަރުން ވަނީ ބައިވެރިވެފައެވެ.

ހިންގާ ކޮމިޓީގެ އިންތިހާބުގައި އެ ޖަމިއްޔާގެ ރައީސަކަށް ހޮވިފައިވަނީ ހދ ކުޅުދުއްފުށި ހިމާލިޔާ އަބްރުއްރަޝީދު ސައީދެވެ. ޖަމިއްޔާގެ ނައިބު ރައީސަކަށް އަޙްމަދު މުހައްމަދު ސަލަފް ހޮވުނު އިރު ޖެނެރަލް ސެކެޓްރީ އަކަށް ހޮވިފައިވަނީ ހުދަންބަރުގޭ މުޙައްމަދު ދާޢޫދެވެ. ސެކެޓްރީގެ ނައިބަކީ ރޯޝަންހާރު އިބްރާހިމް ހަސަނެވެ. ސޮސައިޓީ ފޯރ ކުޅުދުއްފުށީ ޔޫތްގެ ހަޒާންދާރަކަށް ރަތުރަންގެ ޢަލީ އިސްމާއީލް އިންތިހާބު ވިއިރު ހިންގާ ކޮމިޓީ އަށް އިތުރު ފަސް މެމްބަރަކުވަނީ ހޮވާފައެވެ.

ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ހޯމް މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވުނު މި ޖަމިއްޔާގެ މުއައްސިސުންނަކީ އަބްދުއްރަޙްމާނު ހަސަން މޫސުމް ހދ ކުޅުދުއްފުށި، މުޙައްމަދު އިބްރާހިމް އުއްދަނޑިމާގެ ހދ ކުޅުދުއްފުށި، ހުސެން ޢަލީ ނެދުންގެ ހދ ކުޅުދުއްފުށި އަދި ޢަބްދުއްސަލާމް އިބްރާހީމް ޖަވާހިރުވާދީގެ ހދ ކުޅުދުއްފުށި އެވެ.

މަގާމްތަކަށް އިންތިހާބު ކުރެވުނު ފަރާތްތައް:

ރައީސް: އަބްދުއް ރަޝީދު ސަޢީދު ހިމާލިޔާގެ

ނާއިބް ރައީސް: އަޚްމަދު މުޙައްމަދު ސަލަފް

ސެކެޓްރީ: މުޙައްމަދު ދާޢޫދު ހުދަންބަރުގެ

ނާއިބް ސެކެޓްރީ: އިބްރާހީމް ހަސަން ރޯޝަންހާރު

ހަޒާންދާރު: ޢަލީ އިސްމާޢީލް ރަތުރަންގެ

އިތުރު 5 މެންބަރުން:

މުޙައްމަދު ހަސަން ނިއުޕޯޓް
އާދަމް އިލްހާމް އިސްމާޢީލް ރަތުރަންގެ
ބަދީޢު ޒަކަރިއްޔާ ހިތިގަސްދޮށުގެ
މުސްތޮފާ ޢަލީ ކަރިސްމާ
ސީމާ އަޚްމަދު ބްލޫސީ

,

‮ ‬9‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ހަސަން އަލީ‮ ‬ވިދާޅުވީ


    ތާރީޚް:28/10/2009

    މި ޖަމިއްޔާގެ މަގްސަދު މިލިޔުމުގައި ކުރުގޮތަކަށް ނަމަވެސް ހިމަނާލިނަމަ ވަރަށް ފައްކާވީސް. ރާއްޖޭގައި (sky) ކުރުކޮށް ކިޔޭ އެހެން ޖަމިއްޔާއެއްވެސް އެބޮތް ކޮލަމާފުށީގައި. ސޮސައިޓީ ފޯ ކޮލަމާފުށީ ޔޫތު. މީ އަނެއްކާ އެޖަމިއްޔާގެ ކޮޕީއެއްބާ! ދެން ކޮންމެ އެއްޗަކަށްވިޔަސް ޖަމިއްޔާގެ ހިންގާކޮމިޓީ އަށް ހޮވުނު ހުރިހާ ކުދިންނަށް މަރުހަބާ! މަވެސް އެބަވިސްނަން ތިކަމާ އުޅެން.

  2. އަރުޝަދު‮ ‬ވިދާޅުވީ


    ތާރީޚް:28/10/2009

    ދުނިޔެއާއި އާޚިރަތަށް ކުރާނެ ކަންތައް ހުސްވެގެން އުޅޭ ބައެއް މިއީ.

  3. Dog‮ ‬ވިދާޅުވީ


    ތާރީޚް:28/10/2009

    ތިކުދިންނަކީ މިރަށުގެ ނޫކަށި ފުރައިގެ ވަރަށް ވިސްނުންތޫނު ޤާބިލު ކުދިން ކޮޅެއް، އަދި ރައީސް އަކަށްހޮވިފައި ތިވަނީ ކުދިން ގޮވައިގެން އުޅެން އެނގޭނެ ހިންގުންތެރި ބަސްމަގު ރީތި އަދަބީ ރިވެތި އާދަކާދަ ދަންނަ މީހެއްކަން ފާހަގަކޮށް އެބޭފުޅާއަށް މަރުހަބާ ކިޔަމުން، އެކުގައި މަސައްކަތް ކުރުމަށް ތިހޮވުނު ކުދިންނަކީ ހިންގުތެރި ރަށާއި ގައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެވިދާނެ ޚިޔާލު ތަނަވަސް ކުދިން ކޮޅެއްކަމުން އެކުދިންނަށްވެސް މަރުހަބާ ކިޔަން، އަދި މިރަށަށް ތިޖަމިއްޔާ އިން ހެޔޮބަދަލެއް ގެނެސްދެއްވާ މުޖުތަމައުގައި ހަރަކާތްތެރިވެ ކަންކަން އިސްލާޙްކުރުމުގައި ޖަމިއްޔާ ތަކުގެ ރޯލް ބޮޑުކަންދައްކުވައިދީ އެހެން ޖަމިއްޔާ ތަކަށް މިސާލެއް ދައްކުވައިދިނުމަށް އެދެން، އަދިވެސް އެއްފަހަރު މަރުހަބާ.

  4. No one is above the law BUT Someone is above the nation‮ ‬ވިދާޅުވީ


    ތާރީޚް:29/10/2009

    ވަރައްހިތްހަމަޖެހޭ އުއްމީދީ ހިތްގާކޮމެޓީއެއް. ހުރިހާކުދިންނައްވެސް މަރުހަބާ. ގުޅިގެން މަސަކަތްކުރަން ކެރިއްޖެނަމަ މިޖަމިއްޔާއަކީ ކާމިޔާބު ޖަމިއްޔާއަކަށްވާނެ ކަމާމެދަކު ސައްކެއްނުކުރަން. މިފުރުސަތުގައި ހިތްގާ ކޮމެޓީއަށް ބުނެލަންބޭނުންވާ ދެވާހަކައެއް އެބައޮތް، އެއީ ޖަމިއްޔާހިތްގުމުގާ ސިޔާސީ އެއްވެސް ކުލައެއް، ނުފޫޒެއް ނުވައްދާ ރަށުގެ ތަރައްގީގެ މަސަކަތުގައި ސާބިތުވެތިބުމަށް. ދެވަނަ ވާކަޔަކީ ހިތްގާކޮމެޓީގައި ތިތިބަކުދިންނަކީ ގާބިލް،ތަޢްލީމީ،ވިސްނުންތޫނު ކުދިންކަމުގައި ވާތީ އެބޭފުޅަކު އަނެއްބޭފުޅެއްގެ ހިޔާލާއި ނިއްމުންތަކަށް އިޙްތިރާކުމަށާއި އެހެނިހެން މެންބަރުންގެ ހިޔާލުހޯދުމަށް.

  5. ޖާދޫ‮ ‬ވިދާޅުވީ


    ތާރީޚް:29/10/2009

    މިސައިޓުގައި ލިޔުންތައް ގެނެސްދިނުން ލަސްވާތީ އެކަން އިސްލާހުކޮށްލުން އެދެން. އަދި ހަބަރުތަކާއި މައުލޫމާތުތައް ފަހަކަށް އައިސް މަދުކަން ފާހަގަކުރަން. ސުކައި ޖަމިއްޔާގެ އެންމެހާ މެންބަރުނަށް މަރުހަބާ. ދެން އަރުޝަދު ފާޅުކޮށްފައިވާ ހިޔާލުގެންގުޅޭނަމަ ދުވަހަކުވެސް ތަނެއް ކުރިއަށް ނުދާނެ.

  6. އެންޓި ހާޝް‮ ‬ވިދާޅުވީ


    ތާރީޚް:29/10/2009

    ކޮބާ ހާޝިމް، ބެހިލަންވީނު މިރަށު ޖަމިއްޔާއާ
    އެކަމަކު ތިރީގައިވާ ނުޤުތާތަކަށް ރިޔާޔަތްކުރާތި
    މައުމޫނު
    ނަސްރީނާ
    30 އަހަރު
    ދަރިން

  7. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:29/10/2009

    ޖަމިއްޔާއަށް ކުރިއެރުމާއި ކާމިޔާބަށް އެދެން. އަދި އެންޓި ހާޝްއަށް ދަންނަވާލަން ބޭނުންވަނީ ތިއީ އިންސާނެއް ނޫނޭ. އިންޓަނެޓްގައި އުޅޭ ވައިރަހެކޭ. ސައިޓްތަކުގައި މިހާރު ހުރޭ އެކަން ޑިޓެކްޓްކުރާ ކޯޑެއް އެންބެޑްކޮށްފައި. މިސައިޓްގައި އަދި އެކަހަލަ ކޯޑެއް ލާފައި ނެތީމާ ތިޔަ ކަހަލަ ފާޑުފާޑުގެ ވައިރަހާއި ސްކްރިޕްޓްތައް އަމިއްލަ ޒާތުން އެއްޗެހިލިޔެ، ކޮޕީކޮށް، ކީވޭޑްސްތަކުން ތަން ފްލަޑް އަރުވާލާކަމަށް އަޅުގަނޑުގެ އެކުވެރި އައިޓީ ޓެކްނީޝަނަކު އަޅުގަނޑު ގާތުގައި ވިދާޅުވި. ވަކިން ޚާއްޞަކޮށް ސައިޓްތަކުގައި އެންމެ ގިނައިން ހުންނަ ލަފްޒުތައް އެކަހަލަ ވައިރަސްތައް ބޭނުން ކުރާނެ. އެހެންވީމާ ވައިރަހަކާ ދިމާއަށް ދެން އެއްޗެއް ބުނުމުގެ ބޭނުމެއް އޮތްކަމަކަށް އަޅުގަނޑެއް ނުދެކެން.

  8. އެންޓި ވައިރަސް‮ ‬ވިދާޅުވީ


    ތާރީޚް:29/10/2009

    ސްކައި ޖަމިއްޔާ އަށް ފާގަތި ކުރިމަގަކަށް އެދެން،

  9. އަތަރު ބިލިގާ‮ ‬ވިދާޅުވީ


    ތާރީޚް:30/10/2009

    ޑޯގުގެ ކޮމެންޓް ކިޔާފައި އަންނަނީ ނުލަފާ ޒާތެއްގެ ހިންޏެއް