Share

ނޫސްބަޔާން

ނޫސްބަޔާން

މިއޮކްޓޯބަރ މަހުގެ 25 ވަނަ ދުވަހު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އިންޑިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިޔާގެ ޓީވީ ސްޓޭޝަނެއްކަމަށްވާ ސީ.އެން.އެން. އައި.ބީ.އެންއަށް ދެއްވި ބަސްދީގަތުމެއްގައި، ތާލިބާނުންނާއި ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅުގައި ޕާކިސްތާނަށް ކިޔަވަންދާ ދިވެހި ހުރިހާ ކިޔަވާކުދިންނަކީ ތާލިބާނަށް ތާޢީދުކުރާ އަދި ވާގިވެރިވާ ބައެއްކަމުގައި ވިދާޅުވެފައިވެއެވެ. މި ނޫސް ބަޔާނަކީ، ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވި މިބަސްފުޅުގެ ނޭދެވޭ އަސަރުކުރާ ބަޔަކީ ދިވެހިރާއްޖެ އާއި ޕާކިސްތާނުގެ ޤާނޫނާއި ޤަވާޢިދާއި އެއްގޮތަށް ދެ ސަރުކަރުންވެސް ޤަބޫލުކުރާ މުއައްސަސާތަކުގައި (ސަރުކާރު ސްކޮލަރޝިޕްގަ އާއި އަމިއްލަ ޚަރަދުގައި) ޕާކިސްތާނުގައި މިވަގުތު ތަޢުލީމު ޙާޞިލުކުރަމުންދާ ދިވެހި ކިޔަވާކުދިންނަށް ވީހިނދު، ދިވެހި ކިޔަވާކުދިންގެ މައިންބަފައިންނަށާއި ހެޔޮއެދިގެން ޚަރަދުކޮށްދޭ ފަރާތްތަކަށް ކަމުގެ ޙަޤީޤަތް އޮޅުންފިލުވައިދިނުމުގެ ގޮތުން ޕާކިސްތާނުގައި ކިޔަވަމުންދާ ދިވެހި ކިޔަވާކުދީންގެ ފަރާތުން ފޮނުވާފައިވާ ނޫސްބަޔާނެކެވެ.

ނޫސްބަޔާން

ޕާކިސްތާނަކީ މިސަރަޙައްދުގެ ބާރުގަދަ މުސްލިމް އެއް ޤައުމެވެ. އެހެންކަމުން ދިވެހިރާއްޖެ އިން ނުލިބޭ އެތައް ޚިދުމަތްތަކެއް މި ޤައުމުން ލިބެއެވެ. އޭގެ ތެރެއިން އެންމެ ގިނަ ދިވެހިން މިޤައުމަށް އަންނަނީ މަތީ ތަޢުލީމު ޙާޞިލުކުރުމަށެވެ. އެގޮތުން ޕާކިސްތާނަކީ މިސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން އަގު ހޮޔެކޮށް އިސްލާމީ ވެއްޓެއްގައި ތަޢްލީމު ހާސިލްކުރުމުގެ ފުރުސަތު އޮތް ޤައުމެކެވެ.

ޕާކިސްތާނަކީ، މީގެ ކުރިންވެސް ދިވެހިންނަށް، ދިވެހިންނަށް ވީތީވެ އެއްވެސް އުނދަގުލެއް ނެތި އުޅުމުގެ ފުރުސަތު އޮތް ޤައުމެކެވެ. 2001 ވަނަ އަހަރުގައި އެމެރިކާއިން ޓެރެރިޒަމާއި ދެކޮޅަށްފެށި ހަނގުރާމައިގެ ސަބަބުންވެސް ދިވެހިންނަށް ޕާކިސްތާނުގައި އުޅުމަކަށް ދަތިވެފައެއް ނުވެއެވެ.

އެހެންނަމަވެސް އެގިވަޑައިގަންނަވާނޭ ފަދައިން ޕާކިސްތާން ސަރުކާރުންދަނީ ތާލިބާނުންނާއި ދެކޮޅަށް އެޤައުމުގެ އުތުރުން އަފްޢާނިސްތާން ބޯޑަރ ސަރަހައްދުގައި އޮންނަ ވަޒީރިސްތާނުގައި ހަގުރާމަކުރަމުންނެވެ. އަދި ތަލިބާނުން ދަނީ ޕާކިސްތާނުގެ އެކި ސަރަހައްދުގައި ހަމަލާތައް ދީ ޕާކިސްތާން ސަރުކާރު އިނދަޖައްސާލަން މަސައްކަތްކުރަމުންނެވެ. އޭގެ ސަބަބުން ދާދި ފަހުން ޕާކިސްތާން ސަރުކަރުންވަނީ ތާލިބާނުންނާ ދެކޮޅަށް ހަގުރާމަ އިއުލާންކޮށް ތަލިބާން ހަގުރާމަވެރީންނާއި ދެކޮޅަށް ވަރުގަދަޔަށް ހަމަލާތައް ދޭންފަށާފައެވެ.

މިިހަނގުރާމައާއި ގުޅިގެން ޕާކިސްތާން ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުމުގެ ގޮތުން ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގައި ތާލިބާނުން ދެމުން އައި ހަމަލާތައް އިތުރުވެ، ޔުނިވަރސިޓީތަކާއި ތަޢުލީމީ މުޢައްސަސާތަކަށް ހަމަލާތައްދީ، އަދި ވަޒީރިސްތާނުގައި ޕާކިސްތާނުގެ ސިފައިންނާ ދެކޮޅަށް ހަގުރާމަކުރަމުންދާ މީހުންގެ ތެރޭގައި ބޭރު ޤައުމުތަކުގެ މީހުން ހިމެނޭކަމަށް ތަކުރާރުކޮށް ޕާކިސްތާން ސަރުކާރުން ބުނަމުންދާ ދަންޑިވަޅެއްގައި، ދިވެހިރާއްޖޭގެ ސަލާމަތީ ހުރިހާ ސިއްރުތަކެއް އެނގިލައްވާ ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ މުޙައްމަދު ނަޝީދު، ޕާކިސްތާނުގައި ކިޔަވަމުންދާ ދިވެހި ކިޔަވާކުދިން ތަލިބާނުންނަށް ތާޢީދުކުރާ ކަމަށާއި އެމިހުންނަށް ވާގިވެރިވާކަމަށް ވިދާޅުވި ވިދާޅުވުމަކީ ޒިންމާދާރުކަންކުޑަކޮށް އަދި އަޅުގަނޑުމެން ކިޔަވާކުދީންގެ ސަލާމަތަށާއި އަޅުގަނޑުމެންނަށް ދިމާވެދާނެ ދަތިތަކަށް ނުބައްލަވާ ރާއީސް ވިދާޅުވި ބަސްފުޅެކެވެ. އަދި ރާއީސްގެ ބަސްފުޅުގެ ސަބަބުން ޕާކިސްތާނުގައި ތިބި ދިވެހި ކިޔަވާކުދިންނަށް އިތުރު ދަތިތަކާއި ކުރިމަތިލާންޖެހި މިހާރު ދިވެހީންނަށް އޮންނަ ފަސޭހަތަކަށް ބުރުއަރައިގެންދާނެކަމަށް އަޅުގަނޑުމެން ޤަބޫލްކުރާތީ ރައީސް ނަޝީދުގެ ވާހަކަފުޅު އަޅުގަނޑުމެން ޕާކިސްތާނުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުން ވަރަށް ބޮޑަށް ކުއްވެރިކުރަމެވެ. މީގެ އިތުރުން، ޕާކިސްތާނުގެ އެކި ޝަހަރުތަކުގައި ސަރުކާރުގެ ޚަރަދުގައި ކިޔަވަމުން އަންނަ ކުދިންވެސް ތިބިކަން ރައީސުލްޖުމްހޫރިއްޔާއަށް އެނގިލައްވާއިރު، ދިވެހި ދަރިވަރުން ތާލިބާނުންނަށް ތާޢީދުކޮށް ވާގިވެރިވާކަމަށް ބައިނަލްއަޤްވާމީ މީޑިއާއެއްގައި ރައީސް ވިދާޅުވި ވިދާޅުވުން އަޅުގަނޑުމެން ދެކެނީ ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ތާލިބާނުންނަށް އެހީތެރިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިޢްތިރާފުވެވަޑައިގަތީކަމަށެވެ.

އެހެންކަމުން އަޅުގަނޑުމެން (ޕާކިސްތާނުގައި ކިޔަވަމުންދާ ދިވެހި ކިޔަވާކުދިން) ދިވެހިރައްޔިތުންގެ ޙައިޞިއްޔަތުންނާއި ކިޔަވާކުދިންގެ ޙައިޞިއްޔަތުން ހަރުކަށި ޢިބާރާތުން ރައީސްގެ ވާހަކަފުޅު ކުށްވެރިކޮށް ޕާކިސްތާނުގައި ކިޔަވަން ތިބޭ ކުދިންނަކީ ތާލިބާން އާއި އަލްޤަޢިދާ އަދި އެނޫންވެސް ޓެރަރިސްޓް ޖަމާޢަތްތަކަށް ތާޢީދުކުރާ، ވާގިވެރިވެ އަދި އެހީތެރިވާ ދަރިވަރުންތަކެއް ނޫންކަން އަޅުގަނޑުމެންގެ މައިންބަފައިނަށާއި ހެޔޮއެދޭ ހުރިހާ ފަރާތްތަކަށާއި ދިވެހިރައްޔިތުންނަށް މި ފުރުޞަތުގައި ޔަޤީންކޮށް އަރުވަމެވެ! އަޅުގަނޑުމެންގެ އުއްމީދަކީ މިހޯދާ ތަޢުލީމުން ދިވެހިރާއްޖެއަށް ޚިދުމަތްކޮށްދިނުމެވެ.

ޝުކުރިއްޔާ!
29 އޮކްޓޯބަރ 2009

‮ ‬16‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. Dog‮ ‬ވިދާޅުވީ


    ތާރީޚް:30/10/2009

    ދިވެހިރާއްޖޭގައި މިހާރު ހުރި ރައީސް ނަސީދަކީ އެއްވެސް އިރެއްގައި މިރާއްޖޭގެ ރައްޔިތުން ދެކެ ލޯބިވާ ބޭފުޅެއް ނޫނެވެ. ވީ ހިނދު ތިޔަ ކިޔަވާކުދިން ދެކެ ލޯބިވާނެތޯއެވެ. ރައީސް ނަޝިދު ދިވެހި ރައްޔިތުން ދެކެ ލޯބިވާނަމަ މިރާއްޖޭގެ އިގްތިޞާދު ވައްޓާލުމަށް މަސައްކަތްކުރައްވާނެތޯއެވެ. މިދެންނެވީ ވެރިކަމަށް އައުމުގެ ކުރިން އެކިގައުމުތަކުގެ މީޑިއާގައި ދައްކަވަމުން ގެންދިޔަ ވާހަކަތަކަކީ މިރާއްޖެއަށް ޓުވަރިސްޓުން ނައުމަށް ގޮވާލުމެވެ. ކީއްވެގެންތޯއެވެ؟ ވެރިކަމުގެ ދަހިވެތިކަމުގައެވެ. ފައިސާ އާއި މުދަލުގެ ދަހިވެތިކަމުގައެވެ. މިހާރު ރާއްޖޭ ބަޔެއްގެ ބޮލަށް އޭނާ އަށް ވަދެވިގެން އެތަކެއް ބަޔަކު އައު ރައީސެއް ބޭނުންވެގެން އުޅުމުގެ ސަބަބުން އޭނާ އަށް އެވަނީ އެކަން ހާޞިލް ވެފައެވެ. އެކަން އޭނާ އަށް ވުމުން ދެންވާނެގޮތް މިދަނީ ފެންނަމުންނެވެ. އޭގެ ހިތި ބޭސް ތިކުދިން އެހެން ޤައުމެއްގައި ތިބިނަމަވެސް ތިދަނީ ކުރަމުންނެވެ. މިރާއްޖެ ބަނޑަށް ޖެހޭކަށް މާލަހެއް ނުވާނެއެވެ. މިއަހަރުގެ ބަޖެޓް ހުސްކޮށްލާފައިވަނީ އަހަރު ނިމެން 04 މަސްކުރިއަށް އޮށްވައެވެ. ބަޖެޓުން ކުރެވުނު ކަމެއް ނެތެވެ. ޝިއްހީހިދުމަތް ދޭތަންތަނަށް އެއްވެސް ކަހަލަ ވަސީލަތެއް ނުލިބިގެން އެތަނުގެ މުވައްޒަފުން ތެޅިފޮޅެނީއެވެ. އަލަށް އެޅުނު އިމާރާތެއް ނެތްތަނުގައި އެޅިފައި ހުރި އިމާރާތްތަކުން ހިދުމަތް ދޭނެ ވަސީލަތްނެތް އިރު އެކަންކުރުމުގެ ބަދަލުގައި އެކުވެރިންނަށް ވިޔަފާރި އުޞޫލުން ތަންތަން ދެމުންގެންދަނީއެވެ. މުވައްޒަފުންގެ މުސާރަތަށް ކުޑަކުރަނީއެވެ. ތަކެތީގެ އަގު ބޮޑުވަމުންދަނީއެވެ. ބޭރު ގައުމު ތަކަށް ހަންފެތުރުމާއި ރިސްވަތުގެ ގޮތައި އެތަކެއް ފައިސާ ޖަމާކުރުމަށް ރައީސް ނަޝީދު ދަތުރުތައް ކުރަމުން ގެންދަނީއެވެ. އިސްލާމް ދީނާ ޚިލާފް ވާހަކަތައް ރައީސްގެ މިނިވަން ނިއުސް ވެބް ސައިޓުންނާއި ރޭޑިއޯ ހިތާބުން ދެމުންގެންދަނީއެވެ. ފެންނާނެ މީހަކު ނެތެވެ. އަޑު އިވޭނެ ކަންފަތެއް ނެތެވެ. ކަމެއް ކުރެވޭނެ މީހަކު ނެތެވެ. އެންމެ ފަހުން މިގައުމުގައި އުޅޭ އިސްލާމްދީނަށް ލޯބިކުރާ އެތަކެއް ބަޔަކީ ތާލިބާނުންނަށް ވާގިވެރިވާ ބައެއްކަމުގައި ބުނެ ދުނިޔެއަށް މިގައުމު މިއީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި އެވަނީ ދައްކުވައިދީފައެވެ. ކޮންމެ އެއްޗެއް ބުނެފަ ކަމެއް ނުވެގެން އުޅެނީ ރައީސް ދިރާޝާކުރައްވާތީ ކަމުގައި ބުނީމައި ނިމުނީއެވެ.

  2. އެންޓި ވައިރަސް‮ ‬ވިދާޅުވީ


    ތާރީޚް:31/10/2009

    ބައެއް މީހުން ބުނާ ގޮތުން އަންނި އެދެއްކީ ހަމަ ހަގީގަތާއި އެއްގޮތް ވާހަކައެއް. ތެދު ވާހަކައެއް. އެހެންވީމަ އެއީކީ މައްސަލައެއް ނޫން. އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ގައުމެއްގެ ރައީސަކާއި އެގައުމެއްގައި އުޅޭ އާދައިގެ ރއްޔިތަކާއި ތަފާތުވާނެ ވާހަކަ. އަންނި މެން ނަށް އަދި ނޭގެނީ ހަމަ. މިގައުމުގައި ޓެރެރިސްޓުން އުޅުނު ކަމުގައި ވިޔަސް އިންޓަނޭޝަނަލް މީޑިޔާގައި އެވާހަކަ ދައްކާކަށް ނުޖެހޭ. ތެދު ހަގީގީ ވާހަކަވެސް ދައްކަން ނުވާ މީހުންގެ ކައިރީ ދައްކާކަށް ނުޖެހޭ. އެކަމަކު ސަބަބުން ހުޅަނގުން މުސްލިމުންނާއި ޓެރަރިސްޓުން ގުޅުވުމުގެ މަސައްކަތައް އިތުރު ހިތްވަރެއް އެލިބުނީ. ރައީސަކަށް ހުންނަ ދުވަސްވަރު ގައުމުތަކަށް ދަތުރުކުރަން ފަސޭހަ ވާނެ. އެކަމަކު އަންނި ތިދެއްކި ވާހަކައެއްގެ ސަބަބުން ދިވެހިންނަށް ބޭރުގައުމުތަކަށް ދާން ވަރަށް އުނދަގޫ ވާނެ. ގައުމުގެ ރައީސް މުޅި ދުނިޔޭގެ ކަންފަތް ކައިރީގައި މި ބުނަނީ ރާއްޖޭގައި ވަރަށް ގިނަ ޓެރަރިސްޓުން އުޅޭ ވާހަކަ. ބައެއް މީހުން ބުއްޅަބެ އޭ ކިޔަނީ މިކަހަލަ ވާހަކަ ދައްކާތީ ދޯ.

  3. އެންޓި ވައިރަސް‮ ‬ވިދާޅުވީ


    ތާރީޚް:31/10/2009

    އަދި އަންނި މި ރޭޑިޔޯ ހިޠާބު ދެމުން ބުނަނީ ޕާކިސްތާނާ އަފްޣާނިސްތާނު ފުށުއަރާ ހިސާބުގައި ދިވެހިން އުޅޭ ވާހަކަ. އަންނި ވެރިކަމަށް އެރިތާ 100 ދުވަސް ވެގެން ބޭއްވި ބައްދަލުވުމުގައި އަމިއްލަ އަށް ބުނަނީ ތިމަންނާމެން އާ ދިވެހި ބަހެއް އުފެއްދި ވާހަކަ . ވާހަކަ ދައްކާނެ އާ ބަހުރުވައެއް ހެދި ވާހަކަ. މިއީ އެބުނާ ބަހުރުވައަކީ. ދެގައުމު ބައްދަލުވާ ހިސާބަށް ވެސް މިކިޔަނީ “ފުށުއަރާ” ހިސާބޭ. މީބޮޑު މޮޔައެއް.

  4. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:31/10/2009

    އެޑްމިނަށް.
    ހެޔޮ ދުއާ ސަލާމަށްފަހު ދަންނަވަން.
    ޕާކިސްތާނުގެ ހޭޅިފަށުގައި މުއްލާ ހެދެން ތިބޭ މީހުންގެ ދުން ބޭރުކުރާ ދުން ހޮޅިއަކަށް މިސައިޓް ހައްދަވައިގެން ނުވާނެ ހަމަ އެއްގޮގަތަކަށް ވެސް. މިއީ ކުޅުދުއްފުށީގެ ސައިޓެއް. ޕިޝާވަރާއި ލާހޯރާއި ކަރާޗީން ދޫކުރާ ދުންތަކުން މިސައިޓްގައި ގެދަބުޅި ޖައްސުވަން ދޫކުރައްވައިގެން ނުވާނެ. ތިހެން ހަދަންޏާ ދެން ސެކްރެޓޭރިއެޓް އޮފް ދަ ފޯމާ ޕްރެޒިޑެންޓް އޮފް ދަ މޯލްޑިވްސް އޮފް ދަ އޭޝިޔާ އޮފް ދަ އިންޑިއަން އޯޝަން ގެ ނޫސް ބަޔާންތައް ވެސް މިސައިޓްގައި ޖަހަންވީ.
    އަދި އެއްވާހަކަ. މިއީ ޕާކިސްތާނުގައި ތިބޭ ކުދިންގެ ނޫސް ބަޔާނެއް ކަން އެނގެނީ ކިހިނެއްބާ؟ އެމީހުންގެ ރަސްމީ އަޑެއް އޮންނަ ކަމެއް ނުދެނަހުރިން. އެހެންވީމާ، އަޅުގަނޑު ވެސް މިސައިޓަށް ފޮނުވަފާނަން އިނގޭތޯ ނޫސް ބަޔާނެއް. މާފަންނު ރައްޔިތުންގެ ނަމުގައި. ތިހެން ނުހައްދަވާ.
    އިޙްތިރާމް ޤަބޫލު ކުރެއްވުން އެދެން.

  5. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:31/10/2009

    އަހަނ ޑޯގޫ
    ފެންނާނެ މީހުން ނެތޭ ތިޔަ ވިދާޅުވީ ކޮބާތޯ ޑީއާރުޕީ އިއްތިޙާދު. ޑީއާރުޕީއާ ޕީއޭގެ މެޖޯރިޓީ އޮތް ޕާލަމެންޓް ކޮބާބާ؟ ޑީއާރުޕީ އިއްތިޙާދުގައި ތިބި ފަޤީރުކަން ނައްތާ ޕާޓީއާއި، ޕީޕަލްސް ޕާޓީއާ، ޖިންނި ޕާޓީ ކޮބާާބާ؟

  6. އެންޓި ވައިރަސް‮ ‬ވިދާޅުވީ


    ތާރީޚް:31/10/2009

    އަޅުގަނޑު ދެންމެ ޗެޓް ކުރަމުން ދަނިކޮށް ދިމާވި ކުއްޖަކު އެހީ ކޮން ގައުމެއްހޭ؟ އަޅުގަނޑު މޯލްޑިވްސް އޭ ބުނުމުން އޭނަ ބުނީ ތިތާ އުޅެނީ ހުސް ޓެރަރިސްޓުން ހެއްޔެވެ؟ ދެން އޭނަ އާއި ވާހަކަ ދައްކަނީ ކީއްވެ ހޭ އެހި؟ އޭނަ ވަރަށް ބިރުން ހުރީ އަޅުގަނޑަކީ މޯލްޑިވްސް މީހެކޭ ބުނީތީވެސް. މީ ހަމަ ހަގީގަތް. އެއްވެސް ދޮގެއް ނުހަދާ ހަމަ ހަގީގަތް. އެކުއްޖަކީ ކެނެޑާ ކުއްޖެއް.

  7. ބޮޑު ސިއްކަ‮ ‬ވިދާޅުވީ


    ތާރީޚް:31/10/2009

    އަންނި އަކީ ރޯނު އެދުރެއް. ރައްޔިތުންގެ ތެރެއިން ބަޔަކު އޭނަ ކައިރީ ކަމެއް ނުކުރާށޭ ބުނެފިނަމަ އޭނަ އެކަމެއް ކުރިން ކުރި ވަރަށް ވުރެ ގަދައަށް ކުރާނެ. ކުރެވޭ ކަން އަންގަން ވެގެން. އެއްފަހަރު ރާއްޖޭގައި ޓެރަރިސްޓުން އުޅޭ ވާހަކަ ދެއްކީމާ ދިވެހިން ކިޔަންފެށީ ތިހެން ނުކިޔާށޭ. ހަގީގަތެއްވިޔަސް ދޮގެއް ވިޔަސް އަމިއްލަ އަށް އޮރިޔާން ނުވާށޭ. އެހެން ބުނީމާ އަނެއްކާވެސް ރޭޑިޔޯ ތަގްރީރުގައި އަމިއްލަ އަށް އޮރިޔާން ވަނީ. ގައުމު އިތުރަށް ފަޟީހަތް ކުރަނީ. އަންނި އިސްތިއުފާ

  8. Dog‮ ‬ވިދާޅުވީ


    ތާރީޚް:01/11/2009

    އަހަނ ހާޝިމް،
    ތިޔަ އެންމެންވެސް އުޅޭތަނެއްގައި އެބައުޅޭ، ނުފެނޭތަ އުޅޭތަނެއް، ހާޝިމް ތިއުޅެނީ އެމީހުންގެ ގޭ ހުޅަނގަށް ހުރި ގެއަކު ނޫންތަ؟ ބަޔަކު ތިއްބަކަސް ކަމެއް ކުރާނީ ކިހިނެއް؟ ދިވެހިންނަށް މިއުޅެނީ މޮޔަޔެއް އަތަށް ކަނޑިއެއް ދެވިގެން، މުޅިދުނޔޭގައި މޮޔަވެގެން ކަނޑިހޫރަމުން ދުވާއިރުވެސް ހާޝިމަށް ތިއުޅެނީ އެމޮޔަމީހާ ކައިރިން ދުރަށް ނުދެވިގެންވިއްޔާ. ގައުމުގެ އެންމެ ކަތިލެވިގެން މިފަހަރު ނުގޮހެއް ނުހުންނާނެ، އަވަސް ގޮތަކުން އެމޮޔަ ހުއްޓުވާ ކަނޑި އަތުލެވޭތޯ ބަލަންވީ، ނޫނީ އަހުރެމެންނެތް ނުތިބޭނެ.

  9. Dog‮ ‬ވިދާޅުވީ


    ތާރީޚް:01/11/2009

    މިސައިޓަކީ ވަކި މީހެއްގެ ވާހަކަ ލިޔާ ސައިޓެއްކަމެއް އަޅުގަނޑަކަށް އެނގިފައެއް ނެތް، މިރަށުގެ ދަރިންވެސް ތިބުނާ ޕާކިސްތާނުގައި ކިޔަވަމުންދަންޏާ މިސައިޓަށް ފޮނުވައިގެންވެސް އެކުދިންގެ ހިޔާލާއި ސުޢޫރު ފާޅުކުރާނެ.ހާޝިމަށް މައްސަލަ އަކަށް ތިވީ ރާއްޖޭން ބޭރުގައި ކިޔަވަންތިބި މިގައުމުގެ ދަރިން (އަންނިގެ ބަހުންނަމަ ޓެރަރިސްޓުން) ގެ ސުޢޫރެއް ފަޅުކުރީމާ އެކަން، މިގައުމު ހަލާކުކޮށް ތިމާ ހަމަހޭން ނެއްޓިގެން މުޅިދުނިޔެ ކުޑަކުރާ މީހާ ކުރާކަމެއް ކިޔާ އެއްޗެއް އެއީ ކޮންމެ ފަދަ އެއްޗަކަށް ވިޔަސް ކަމަކަށް ނުވޭ، މިގައުމުން ހާޝިމަށް ތިލިބޭ ހަލާލު ނޫންފައިސާތައްވެސް ލިބޭނީ މިގައުމަށް އެއްޗެއް ލިބިގެން، އެހެން ވީމާ އަވަހަށް ހާޝިމްގެ ބޮޑު މޮޔަ ހުއްޓުވާ ހަމަ ހޭވެރިކަން ގެނެސްދީބަލަ. ހާޝިމް ބުނާނެ މަށަށް ބައިވަރު ތަކެއް ލިބޭއްޗޭ މިގޮތަށް މިވާހަކަ ދައްކަނީ މިފެންނަނީ ބޮޑުމޮޔަ ކަންތައްކުރާ ގޮތުން ގައުމަށާއި މިގައުމުގެ ރައްޔިތުންނަށް ލިބޭ އުނދަގުލާ ދުއްތުރާ، އަދިވެސް ލޯފުހެލާ ހަތަރެސް ފަރާތް ބަލާލަބަލަ. ގައުމަށް ރަގަޅު ކަމެއް ނުކުރެވޭ ތަނުގައި މިގައުމު މޮއޮތްވަރަށް ބާއްވައިދީބަލަ، ނޫނީ މަށަކަށް މިކަމެއް ނުވާނޭ ބުނެފަ، ނާޞިރު ހެދިހެން މިހާރު ހުރިއެއްޗެއް ހިފައިގެން ގޮސްބަލަ. އޭރުންވެސް ކޮންމެވެސް މީހަކު ވެރިކަމަށް އަރުވައިގެން މިގައުމު ހަމަޔަކަށް އެޅުވޭތޯ އަޅުގަނޑުމެން ބަލާނަން، އަންނި އަތުގައި އިގިރޭސި ޕާސްޕޯރޓް އޮތެއް ކަމަކު އަޅުގަނޑުމެން އަތުގައި މިގައުމުގެ ޕާސްޕޯރޓް ނޫން އެއްޗެއް ނެތް، އަޅުގނޑުމެން ދާނެއެހެން ތަނެއްވެސް ނެތް.

  10. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:01/11/2009

    ޑޯގަށް އެނގޭތޯ ޝީޒޮފްރެނިޔާ ކިޔާ ބައްޔެއް. އެއީ ނަފްސާނީ ބައްޔެއް އަޅުގަނޑުމެން މިކިޔާ ޖިންނި އަވަލުން. އޭރުން ވާގޮތަކީ ހަމައިން ނައްޓައިގެން ކުރެވޭ ނުކުރެވޭ ކަމެއް ނޭނގި، މޮޔަގޮވާ، މިކަހަލަ ސަކަރާތެއް ގަންނަނީ. އަޅުގަނޑު އަނެއްހެން ޑޯގަށް އެބަލި ޖެހިފައި ހުރީއޭ ދަންނަވަނީކީ ނޫން. އެކަމަކު ވެސް ދެން ތިޔަ އުޅުއްވާ ގޮތަކުން އެބަލީގެ އަލާމާތްތައް އެބަ ފާޅުވޭ. އެހެންވެ ކުޑައިކޮށް ސަމާލުވެލެއްވުމަށް އެދި ދަންނަވާލަން މިކޮމެންޓް މިލިޔެލީ.

  11. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:01/11/2009

    އަންނިއާ ދިމާއަށް އެއްޗެއް ވިދާޅުނުވެ އެންމެ ދުވަހެއް ވެސް ހޭދަކޮށްލުމަކީ ޑޯގަށް ފަސޭހަ ކަމެއް ނޫންކަން އެނގޭ. އެހެންތާ ދެއްތޯ ވާނީ ވެސް. ކުރިން ވެސް އަޅުގަނޑު ދަންނަވަމުން އައި، ޑޯގަށް ލިބެމުންދިޔަ ބައިވަރުތައް މިހާރު އެވަނީ ހުއްޓިފައި. އޭގެ ރޯޅި ބާލާ ދުންހޮޅިއަކަށް މިހަދަނީ މިސައިޓް.

  12. މަފާޒް‮ ‬ވިދާޅުވީ


    ތާރީޚް:01/11/2009

    އަހަން ނަކީވެސް ޕާކިސްތާނުގަ ކިޔާވާ ދަރިވަރެށް، މި ނޫސްބަޔާނަކީ އަހަރެމެން އެކީ އުޅޭ އެވެސް މީހަކަށް އިގިގެން ނެރެފަވާ ނޫސްބަޔާނެށް ނޫން.. މީދެން ވަރަށް ހެއްވާ ކަމެށް..

  13. Dog‮ ‬ވިދާޅުވީ


    ތާރީޚް:01/11/2009

    އަޅުގަނޑަކީ މިގައުމުގެ ރައްޔިތެއް. މިގައުމުގެ ވެރިއަކަށް ހުރެގެން އަޅުގަނޑުމެންނަށް އަނިޔާ ކުރަންޏާ އެވާހަކަ ނުދައްކާ ހުންނާކަށް ނުޖެހޭ، ކޮންމެ ބައްޔެއް ޖެހުނުކަމުގައި ބުންޏަސް އެބަލި ޖެއްސި މީހަކީ އަންނި، ވެރިކަން ކުރަން ނޭނގޭ އިރުވެސް ރައްޔިތުންގެ ބޮލަށް ވަދެގެން ވެރިކަންކޮށްދޭނަމޭ، އެއޮނި މިއޮނިކަމެއް އޭރުން ވާނެކަމަށް ބުނެ، ވެރިކަން ހަވާލުކުރިތާ އަހަރު ނުވަނީސް ރައްޔިތުންނަށް އަނިޔާކޮށް ދުއްތުރާ ކުރަން ފެށުމުން، ކޮންމެ މީހަކުވެސް ކަންބޮޑުވާނެ، މިހާރު އެވަނީ ތަކެތީގެ އަގާއި އިމާރާތުގެ އަގު އިންތިހާ އަށް ބޮޑުވެފައި، މާލޭގެ ކަރަންޓް ފީ ބޮޑުކުރުމުން ވާނީވެސް އެހެން، އެކަމަކު އެވާހަކަ ދެއްކުމުން އެކަން ހާޝިމަށް ތިބޮޑުވީ، ތިޔައީ އަންނި ފަދައިން ފައިސާ އާއި މުދަލަށް ދަހިވެތިވެފައިވާ މީހެއް، ރައްޔިތުންގެ އިހްސާސްތަކެއް ތިފަދަ މީހުންނަކަށް ނޭނގޭ، އެކަމަކު މައުމޫނު ގޯސް ވާހަކަ ކިޔާނެ، އޭނަގެ ވެރިކަމުގައި މިގައުމުގެ ރައްޔިތުންނަށް މިހެންނެތް ނަހަދާ، ތަކެތީގެ އަގު އޭރުގައި ބޮޑުވަނީ މުސާރަ ބޮޑުކުރުމަށްފަހު، މިހާރު އެއާއި އިދިކޮޅު ނިކަމެތި ރައްޔިތުންގެ މުސާރަ ކުޑަކޮށް ތަކެތީގެ އަގު ބޮޑުކޮށް، ރީދޫ މީހުން ހާޝިމް ފަދަ މީހުންނަށް ލިބޭ ތަކެތި އިތުރުވެ، އެހެން ރައްޔިތުންނަކީ ޓެރަރިސްޓުންނަށް މިވަނީ ވެފައި،

  14. Dog‮ ‬ވިދާޅުވީ


    ތާރީޚް:01/11/2009

    މަފާޒް، އެއްވެސް މީހަކަށް އެނގިގެން ލިޔެފައިވާ އެއްޗެއް ނޫނޭ ބުނަން ކިހިނެތްތޯ މަފާޒަށް އެނގެނީ، ހުރިހާ މީހުން ގާތު އަހާ ސުވާލުކޮށްފައި ލިޔުނު ކޮމެންޓެއްތޯ މިއީ، މިސައިޓްގެ އެޑްމިން ގާތުގައި ސުވާލުކޮށްބަލަ ކިހިނެއް އައި ނޫސް ބަޔާނެއްތޯ؟ ދެން ކޮންމެ ގޮތަކަށް އައި ނަމަވެސް މިބަޔާނުގައި އެވަނީ ތެދެއްކަމަށް ގަބޫލު ނުކުރައްވަމުތޯއެވެ؟ އެއީ ރައީސަކު ރައްޔިތުން ދެކެ ލޯބިވާނަމަ އެކަންކުރާނެ ގޮތް ތޯއެވެ.؟ މައްސަލަ އަކީ މިސައޓްގައި އެކަންތައްތަކާއި މެދު ކަންބޮޑުވުން ފާޅުކުރުންތޯއެވެ؟ އެވާހަކަ ދެއްކުން އެއީ މައްސަލައެއް ނޫންތޯއެވެ؟ އެވާހަކަ ދެއްކުމުން މިގައުމަށް ލިބޭނީ ފައިދާތޯއެވެ؟

  15. މަފާޒް‮ ‬ވިދާޅުވީ


    ތާރީޚް:01/11/2009

    މަފާޒް ގެ ނަމުގަ މި ކޮމެންޓް ކުރަނީ ހާދަ ފިޑި މީހެކޭ ދޯ..އަމިއްލަ ނަމުގަ ކޮމެންޓް ކުރަން ނުކެރެންޔާ ކޮމެންޓް ނުކުރޭ !!
    ތި މަފާޒް ކޯއްޗއް ކިޔަވަނީ ޕާކިސްތާނުގަ؟
    ތި މަފާޒް ޕާކިސްތާން ގަ އުޅެނީ ކޮންތާކުބާ؟ އަހަންނަށް އެގިފަ އެއް ނެތް އަހަރެން ފިޔަވާ އެހެން މަފާޒެ މި ޕާކިސްތާނުގަ އުޅޭ ކަމެއް…

  16. ސުޒީ‮ ‬ވިދާޅުވީ


    ތާރީޚް:01/11/2009

    އަންނި ދިފާޢު ކުރިއަސް ބޮޑުވަރޭ ހިތަށް އަރާ. ކުރިއަށް!