Share

ދެކުނު ދާއިރާގެ މެމްބަރު ނަޝީދު ޑީއާރުޕީން އިސްތިއުފާ ދެއްވައިފި

ދެކުނު ދާއިރާގެ މެމްބަރު ނަޝީދު ޑީއާރުޕީން އިސްތިއުފާ ދެއްވައިފި

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަލްއުސްތާޛު މުޙައްމަދު ނަޝީދު އިސްތިއުފާ ދެއްވައިފި ކަން ނަޝީދު އަދި ޑީއާރުޕީއިން ކަށަވަރުކޮށްދެއްވައިފިއެވެ. އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ފެތުރެންފެށި އަޑުތަކަކީ ހަގީގަތެއް އޮތް ވާހަކަ ތަކެއްކަން އެފަރާތްތަކުން ކަށަވަރުކޮށްދެއްވާ ފައިވަނީ ރޭގެވަގުތެއްގައެވެ.

ޕާޓީގެ ޒައީމަށް އެޑްރެސްކޮށް އިލެކްޝަންސް ކޮމިޝަނަށް ކޮޕީ ފޮނުވާފައިވާ ސިޓީގައި ޑީއާރުޕީގެ މެމްބަރު ކަމުންނާއި ކައުންސިލުން އިސްތިއުފާ ދެއްވާފައިވާކަމަށް ނަޝީދު ލިޔުއްވާފައިވެއެވެ. ނަޝީދުގެ ބްލޮގްގައި މިއަދު ލިޔުއްވާފައިވާ ގޮތުން އެއީ ވަރަށް ކުރުސިޓީއެކެވެ. ސިޓީގައި އިސްތިއުފާ ދެއްވި ސަބަބެއް ހާމަކޮށްފައި ނުވާނެކަމަށް ވިދާޅުވެފައި ވެއެވެ.

“އަޅުގަނޑު ޑީއާރުޕީ އާއި ގުޅުނީ 2005 ވަނަ އަހަރުގެ ޖުލައި މަހު. ނަމަވެސް ރާއްޖޭގެ ނޫސްތައް ބައްލަވާ ކޮންމެ ބޭފުޅަކަށްވެސް އެނގިލައްވާނެ މިއަހަރުގެ ފެބްރުއަރީ އާއި ހިސާބުން ޑީއާރުޕީ އާމެދު އަޅުގަނޑު ހިތްހަމަ ނުޖެހިފައިވާކަން. އަދި އަޅުގަނޑު ވާނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކޮށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއްވެސް ކާމިޔާބުކޮށްފައި.” ނަޝީދުގެ ބްލޮގްގައި ލިޔުއްވާފައިވެއެވެ. “ފެބްރުއަރީ ގެ ފަހުން ވޭތުވެދިޔަ ދުވަސްތަކުގައި ޕާޓީގެ އެއްވެސް ސިޔާސީ ހަރަކާތެއްގައި އަޅުގަނޑު ބައިވެރިވެފައެއް ނޯންނާނެ. އެހެންކަމުން މިއީ ކުއްލި ސިހުމެއް ގެނުވާނެ ކަމެއްކަމުގައި އަޅުގަނޑު ނުދެކެން.”

‮ ‬15‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:04/11/2009

    މުޙައްމަދު ނަޝީދު ޑީއާރުޕީން އިސްތިޢުފާ ދެއްވުމަކީ މިވަގުތު އޭނާއަށް އެންމެ ރަނގަޅު ގޮތް ކަމަށް ދަންނަވަން. އަދި އޭނާގެ މި މޫވްއަކީ އަކީ އަޅުގަނޑުގެ ނަޒަރުގައި ޑީއާރުޕީއަކީ އެއްވެސް ބައެއް ނޫންކަން އިތުރަށް ސާބިތުވެގެން ދިޔަ ކަމެއް. ދުވަހަކަށް ވުރެ ދުވަހެއް ޑީއާރުޕީ ހީނަރުވަމުންދާކަން އެއީ އަޅުގަނޑުމެންގެ ލޮލުކުރިމަތީގައި ފެންނަމުންދާ ކަމެއް. ދުވަސްކޮޅަކުން ޕާޓީގައި ތިބޭނީ މުސްކުޅިބެއާއި އެބޭގެ ޢާއިލާ އެކަނި. މިހާރު ޚަބަރު ލިބެމުންދާ ގޮތުގައި ކުރިއަތް އޮތް ތާނގައި ޑީއާރުޕީގެ ޒުވާން މެމްބަރުން ކޮޅެއް ވެސް އެޕާޓީން ވަކިވުމަކީ ވަރަށް ފުރުސަތު ބޮޑު ކަމެއް. ނަޝީދުގެ މިނިންމެވުމަށް ވަރަށް ހޫނު މުބާރަކު ބާދީ އެއް އަރިސް ކުރަން.

  2. Dog‮ ‬ވިދާޅުވީ


    ތާރީޚް:04/11/2009

    ނަޝީދުގެ ތިޔަ ނިންމުމަކީ ޤައުމަށާއި ނަޝީދަށް އަދި ނަޝީދު ތަމްސީލް ކުރާ ކުޅުދުއްފުއްޓަށް އެންމެ ފައިދާ ބޮޑުގޮތް ކަމުގައިވަނީ ނަމަ އަޅުގަނޑު ވަރަށް ބޮޑަށް މަރުހަބާ ކިޔަން. ނަޝީދަކީ އަލުގަނޑު ވަރަށް ތާޢީދު ކުރާ މީހެއް، އެހެން ކަމުން ތިޔަ ނިންމުމަކީވެސް ރަގަޅު ނިންމުމެއްކަމުގައި ނޫނީ ނުވާނެކަމުގައި އަޅުގަނޑު ދެކެން. އެކަމަކު MDP އާއި ނުގުޅުމަކީ އަޅޫގަނޑުގެ ވަރަށް ބޮޑު އެދުމެއް، އެއީ އެމީހުންނަކީ މިޤައުމުގެ ހާއިނުންނާއި ގުޅިގެން ގައުމު ހަލާކުރުމުގެ މަޤްސަދުގައި އިސްލާމްދީނާއި މިގައުމު ހަލކުގެ ތެރެއަށް ވައްޓާލަން މަސައްކަތްކުރާ ބެއް، އެމީހުންނަށް ތާޢީދުކުރާ މީހުންނަކީ މިގައުމުގައި ތިބި އެންމެ ވިޔާނުދާ މީހުން. އެހެން މިބުނީ ބުއްދި ސަލާމަތުން ތިބި އެންމެންނަށްވެސް އެމީހުންކުރާ ކަންތައްތަކުން އެމީހުންގެ ފެންވަރު އެނގޭނެތީ.

  3. Dog‮ ‬ވިދާޅުވީ


    ތާރީޚް:04/11/2009

    DRP އަކީ ޒުވާން ބަޔަކު ތިބި ޕާރޓީއެއް އެހެންކަމުން ނަޝީދު ވަކިވިޔަސް ތިޕާރޓީއަށް ކުރިއަށް ނުދެވެންވީ އެއްވެސް ސަބަބެއް ނެތް، އެކަމަކު ނަޝީދު ނެތްތަން ތިޕާރޓީން ފެންނާނެ، ވީމާ ކުރިއަށް ވުރެ ބޮޑަށް މަސައްކަތްކުރުން އެއީ ތިޕާރޓީގެ ކުރިމަގު އުޖާލާވާނެކަމެއް ކަމުގައި ދެކެން. ޕާރޓީ ތެރޭގައި ޖެހޭ މައްސަލަތައް އެނގޭނީ ޕާރޓީ މީހުންނަށް އެހެންވީމާ މީހުން އައިސް ގޮސްވުމަކީ އެއީ އާދައެކެވެ.

  4. އަރުޝަދު‮ ‬ވިދާޅުވީ


    ތާރީޚް:04/11/2009

    ނަޝީދު ވަރެއް ނެތް. މިއީ ވަރަށް ރަނގަޅު ނިންމެވުމަށް.

  5. No one is above the law BUT Someone is above the nation‮ ‬ވިދާޅުވީ


    ތާރީޚް:04/11/2009

    ނަޝީދުގެ ތިނިންމެވުމަކީ އަޅުގަޑު ވަރަށް ގިނަދުވަސްތަކެއްގެ އިންތިޒާރީއެއްގެ ނިމުން. ހަގީގަތުގައިވެސް ވަރައްއުފާވެއްޖެ. ދެންސުވާލަކީ މިރަށުން ނަޝީދުގެ ކެންޕެއިންގައި އުޅުނުމީހުންނާއި ދެމެދުގައިވާ ގުޅުމާއި، ނަޝީދައް ލަފާދިނުމަށް އެކުލަވާލެވިފައިވާ ކޮމެޓީއަށް ވާނެގޮތަކާމެދު. ޑޯގުމެއްނަށް ހީވަނީ އައްނަ އޮޑިވެސް ދާހެން. ބަލަ ރާއްޖެއަށާއި މުޅިދުނިޔޭގެ ކަންކަމާއި ވިސްނާ ތިއައްވުރެއް ހުޅުވިފައިވާ ވިސްނުމަކަށް ވިސްނޭތޯބަލާބަލަ. އަދި ޑޯގް ނުދެކޭހެންހީވާތި ކުރީދުވަހު މިސަރުކާރުގެ ގޯސްކަންތައް ކަމައްބުނެ ފާހަގަކުރިކަންތަކުގެ ޖަވާބު ތިރީގައިއެވަނީ.
    ޑޯގަށް: އަޅުގަޑު ދައްކަންތޯ މިސަރުކާރުންކުރި ރަގަޅުކަންތައް (މީހުން ވަޒީފާއިން ކެޑުން) ބޭކާރުމީހުންތަކަކަށް އަހުރަމެންގެ ލާރިން މުސާރަދީފައި ބައިތިއްބުމުގެބޭނުމަކީކޮބާ؟ (ދީނުގެ ހުކުމް ތަކާއިއެއްކޮޅައް ވާހަކަދެއްކުން) ސުވާލެއްވެސްނެއް ރަގަޅުނޫންތޯ؟ (މުސާރަކުޑަކުރުން) ރައްޔިތުންނާއި ސަރުކާރު ދަރަނިވެރިކުރުމަށްވުރެއް މުސާރަކުޑަކުރުއް ރަގަޅުނޫންބާ؟ (އަސާސީ ހިދުމަތްދޭ ތަންތަ އަމިލަކުރުން) އަސާސީ ހިދުމަތް ނުދެވުމަށްވުރެއް ރަގަޅުވާނީ އަމިއްލަފަރާތަކަށްދީގެންވިއަސް އެހިދުމަތް ފޯރުކޮށްދިނުންބާ؟ (ތެލަސީމިޔާކުދިންނައް ދެމުންއައި އެހީކަޑާލުން) މިހާރު ރާއްޖޭގައި ދިރިއުޅޭ ތެލަސީމިޔާކުދިންގެތެރެއި 95% ކުދިންގެމައިން ބަފައިންނައް އެމީހުންކައިވެނި ކުރުމުގެ ކުރިން އެމީހުންނަކީ ކެރިއަރުންކަން ވަނިއެގިފައި، ވީމާ އެކުދިންގެ ހަރަދުތަކުގައި ޒިއްމާ ސަރުކާރުއްނަގައްވީ ސަބަބެއްނެތޭނުން. ސަރުކާރުއްނަގަންޖެހޭނަމަ އެކުދިންގެ ނަމުގެފަހަތައް އައީހީ ސަރުކާރު ނުވަތަ ނަޝީދުނޫން ތޯ؟ (ރާއްޖެ އަޑިއަށްދާވާހަކަ ދެއްކުން) މަޢުމޫން 30 އަހަރު އެވާހަކަދެއްކީމަ އަޅާލާނެމީހަކުނުވި ނަސީދު 9 މަހުން މުޅިދުނިޔޭގެ ސަމާލުކަން ހޯއްދަވައިފި ނޫތޯ؟ (ނަސީދު ކަޑުއަޑިއަށް ދިއުން) މަޢުމޫނަކަށް ފީނާކަށެއް ނޭގޭ، އެހެއްނޫންތޯ؟ ރަގަޅުނޫން ތޯ؟

  6. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:04/11/2009

    ނޯވަން އިޒް އަބަވްދަ ލޯ ދައްކަވާފައިވާ ވާހަކަ އަޅުގަނޑަކަށް ފަހުމެއް ނުވޭ. އެހެން މިޚަބަރުގެ ކޮމެންޓް މެހެފިލަކީ، ތިޔަ ހާސަރުތަކަށް އޮތް މެހެފިލެއް ކަމުގައި އަޅުގަނޑެއް ނުދެކެން. ޑޯގު ދައްކަވާފައިވާ ވާހަކަތަކުގައި އެބަހުރި ރަނގަޅު ވާހަކަތައް ވެސް. އެވާހަކަތަކަށް ރައްދު ދެއްވަންޏާ ދެއްވަންވާނީ، ހެއްކާއި ޤަރީނާއާއެކު ތެދު މަޢުލޫމާތުން. ދެން ތެދެއް މައުމޫނަށް ވުރެ ރައީސް ނަޝީދު އެތައް ގިނަ ގޮތްގޮތަކުން ކާމިޔާބު ވަނީ ހޯއްދަވާފައި. އެހެންނަމަވެސް އެއީ މައުމޫނުގެ ޚިދުމަތްތަކުގެ އަގު ވަޒަން ނުކުރަން އޮތް ހުއްޖަތެއް ނޫން. އެހާ ގިނަ ޒަމާންތަކަކު ވެރިކަމުގައި ހުންނެވީމާ ކުރެއްވުނު ރަނގަޅު ކަންތައްތައް ވެސް ގިނަވާނެ. އަދި ގޯސް ކަންތައްތައް ވެސް ގިނަވާނެ. އެހެންނަމަވެސް އެވާހަކަތައް ދައްކަވަން ޖެހޭ މުނާސަބު ތަންތަނާއި މެހެފިލްތައް ހުންނާނެ. އެތަންތާނގައި އެވާހަކަ ދެއްކެވުން ރަނގަޅުވާނެ. އަޅުގަނޑުމެން ކޮމެންޓް ކުރުމުގައި ވެސް ހަމަތަކަކާއި އުސޫލުތަކެއް ގެންގުޅެން ޖެހޭނެ. އެހެންނޫނީ މިސައިޓްގެ ކޮމެންޓްތަކުގެ އަގެއް، ފެންވަރެއް ނުހުންނާނެ. އެއީ ހަމަގައިމު ވެސް އަޅުގަނޑު ވަރަށް ކަންބޮޑުވާ ކަމެއް.

  7. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:04/11/2009

    ސައިޓްގެ އެޑްމިންއަށް.
    މިޚަބަރު ވެސް މިއޮތީ ހަމަ ޑަން ލާފައި ނިމިފައި. ޚަބަރު ލިޔުމުގައި ވެސް އަދަބިއްޔާތާއި އުސޫލާއި ހަމަތައް އޮވޭ. މިހެން ލިޔުއްވާ ޚަބަރުތައް ވެސް އެއީ، ބަހުގެ ހަމަތަކާއި ޚަބަރުގެ ހަމަތަކަށް ފެތޭ އެއްޗަކަށް ވުމަކީ މުހިންމު ކަމެއް. އެއީ މިސައިޓްގެ ފެންވަރު ރަނގަޅުކޮށް ދެމެހެއްޓުމަށްޓަކައި. މިޚަބަރު އެޑިޓްކުރައްވާފައި އަލުން ޖެއްސެވުމަކީ ވަރަށް ރަނގަޅު ކަމެއް ކަމުގައި ދެކެން.

  8. ކަމަކުނުދޭ‮ ‬ވިދާޅުވީ


    ތާރީޚް:04/11/2009

    ކޮން މެހެފިލެއްތަ؟ ތިދެން ހާދަ ހެއްވާކަމެކޭ ދޯ، ހާޝިމްއަކަށް ނޭގޭތަ މެހެފިލަކީ “ޙާފްލާ”ކަމެއް، އެއިން ނެގުނު ބަހެއް، މެޙެފިލް، އަދިވެސް ދެއިރު ދެދަޅަޔަށް ކޮމެންޓް ކުރާތީ އެއްޗެއްނޭގުނަސ

  9. ސަންގުބެ‮ ‬ވިދާޅުވީ


    ތާރީޚް:04/11/2009

    ނަޝީދު ތިނިންމެވީ ވަރަށް ރަގަޅު ނިންމެވުމެއް ތިނިންމެވުމަށް އަޅުގަނޑު ތާއީދުކުރަން

  10. ސަންގުބެ‮ ‬ވިދާޅުވީ


    ތާރީޚް:04/11/2009

    ނަޝީދު ދެން MDP އާއި ގުޅިދާނެބާ؟ މިއީ މިހާރު ގިނަބައެއްގެ ހިތުގައިއުފެދޭނެ ސުވާލެއް ކަންހަމަޔަގީން

  11. ސާމާނުބެ‮ ‬ވިދާޅުވީ


    ތާރީޚް:04/11/2009

    މިއަށްވުރެން މޮޅުކަމެއް ހަމަގައިމުވެސް ކުއްޓި ނަޝީދުއެށް އަދި އެއް ނުކުރޭ. މަރުހަބާ މަނިކުފާނު ގައުމާއިގެން ކުރިއަށް މައުމޫނާއިގެން ހަމަ އެއްގޮތަކަށްވެސް އުޅޭނެ ކަމެއްނެށް..

  12. ރުޅި އައިސްފައި‮ ‬ވިދާޅުވީ


    ތާރީޚް:05/11/2009

    އަދި މޮޔަ ހީވާނެ..

  13. No one is above the law BUT Some one is above the nation‮ ‬ވިދާޅުވީ


    ތާރީޚް:05/11/2009

    ނަޝީދަކަށް ނަޝީދެއް މިއައްނަދައުރުގައި އެމް،ޑީ،ޕީއިން ކުރިމަތިލާ ރައީސްއަކައް ތިނަޝީދު ކުރިމަތިލުމަކީ ވަރައްދެކޭހިތްވާދުވަހެއް. ކުޑަކޮންލަސްވިކަމުގައި ވިއަސް ތިނިންމުމައް މަރްހަބާކިޔަން

  14. ސާމާނުބެ‮ ‬ވިދާޅުވީ


    ތާރީޚް:05/11/2009

    އެކަމަކު ބުނަން ކުއްޓި އެއުޅެނީ ހަމަ 2013 ވަނަ އަހަރުގެ އިންތިހާބުގް ވާދަކުރަން އޭނައަށްވެސް އެނގޭ ޑީއާރުޕީގަ ހުރެގެން އަދި އަމުދުން ޑީއާރުޕީ ނަމުގަ ނުހޮވޭނެކަން..

  15. No one is above the law BUT Some one is above the nation‮ ‬ވިދާޅުވީ


    ތާރީޚް:05/11/2009

    ޑީ އާރ ޕީ އަކަށް މަޢުމޫން ނޫމީހަކު ހަޖަމެއްނުކުރެވޭނެ. ބަލައްތިބޭތި އޭޕްރިލުގައި އެޕާޓީގެ އިންތިހާބުގައި އެހެންމީހަކު ހަމަހޮވޭއިރައް އެޕާޓިރޫޅިގެންދާނެ. ސަބަބަކީ އެޕާޓީގެ އެއުޅޭހުރިހާމިހުއްނަކީވެސް ވެރިކަންކުރާހިތުއްއުޅޭބައެއް. ކާފަ ކަލޯ އެއްކައިރިއައް ހަމަޖެހިލާއިރައް އަރައިގައްނާނެ. ފިސާރިމަ ޖާވާނެ.