ހދ. ހަނިމާދޫ ސަރަޙައްދީ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އިންޑިއާގެ ކުންފުންޏަކާ އެކު ދިވެހި ސަރުކާރުން އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. އިންޑިއާގެ ބޮޑު ކުންފުންޏެއް ކަމުގައިވާ ޖީއެމްއާރު އާއެކު ދިވެހި ސަރުކާރުން އެމްއޯޔޫއެއްގައި އިއްޔެ ސޮއިކޮށްފައިވާއިރު، އެ ކުންފުންޏަށް 6000 ޓޫރިސްޓް އެނދު ތަރައްގީ ކުރުމުގެ ފުރުސަތު ދޭންވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
މިއެއްބަސްވުމުގެ ދަށުން ކުރިޔަށް އޮތް ތިންމަހާ ހަމަހާ ދޭތެރޭ ކުރަން ޖެހޭ ދިރާސާތައްކޮށް އެގްރިމެންޓަކާއި ހަމައަށް ދެވޭނެކަމަށްވެއެވެ.
ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލްކޮށް އެކަން ކުރާފަރާތަށް އެއީ ފައިދާހުރި ކަމަކަށް ހެދުމަށްޓަކައި އެއާޕޯޓަކީ އަހަރަކު ދޮޅު މިލިއަނެއްހައި ފަސިންޖަރުން އައިސް ގޮސްވާތަނަކަށް ހަދަންޖެހޭ ކަމަށް، އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެހެން އެކަންކުރުމަށްޓަކައި އުތުރުގައި ގިނަ އަދަދަކަށް ޓޫރިސްޓް އެނދު ތަރައްގީ ކުރައްވާނެކަމުގެ އިޝާރާތެއް ރައީސް ނަޝީދު ދެއްވާފައިވެއެވެ.
ޖީއެމްއާރު ކުންފުންޏަކީ މީގެ 31 އަހަރު ކުރިން އުފައްދާފައިވާ ކުންފުންޏެކެވެ. އެއާޕޯޓް ތަރައްގީ ކުރުމުގެ ތަޖުރިބާ ވަރަށް ބޮޑަށް ލިބިފައިވާ މިކުންފުންޏަކީ އިންޑިއާގެ ގިނަ އެއާޕޯޓުތަކެއްގައި ހިއްސާ އޮންނަ ކުންފުންޏެކެވެ.

މަ ވިދާޅުވީ
ތާރީޚް:07/11/2009
ދެން މަށަށް ކިޔެއް؟
ސިރްހާން ވިދާޅުވީ
ތާރީޚް:07/11/2009
ކަލޯގެއާ ވޯރާ ވިޔަފާރިވެރިންގެ ދެވަނަ ފިޔަވަހި ފެށުނީ
ކަންނެއްސޮރު ވިދާޅުވީ
ތާރީޚް:07/11/2009
6000 އެނދު އެއްފަހަރާ ބޭރުބަޔަކަށް ދޫކޮށްލަނީތަ. ރާއްޖޭގެ ރަންބިސްއަޅާ ކުކުޅު ކަތިލަންބާ މިއުޅެނީ.
ފަރޭ ވިދާޅުވީ
ތާރީޚް:07/11/2009
ރައީސް ތިކުރަންވާ ހިތްވަރަސް ހަމަ ސާބަހެވެ. އެކަމަކު ތިއީ ވަރަށްވެސް ބިރުބޮޑުކަމެއް މުޅި އަތޮޅަށްވެސ އަދި ކީއްތޯ މުޅިގައުމަސްވެސް. ތި ގޮތަށް ފަހަރަކު ބަޔަކަން ގައުމުން ބައިކުޅަބައި ދެމުންގޮސް ގައުމު ވިއްކާނުލެއްވިއްޔާ ރަގަޅުވާނެ! ކީއްތޯ ވާނީ 100% އަމިއްލަ އެއްރޕޯރޓެއް ހެދިއްޔާ. ތިކަމުގެ ސަބަބުން އތަނުގައި ވަޒީފާއަދާކުރާ ކުދިންގެ މުސާރަކޮޅު ކުޑަވެގެންދާނީ! މިހާރުވެސް މިފެންނަނީ މުސާރަ ބޮޑުކޮށްފައި ކުޑަކުރަމުންދާތައް.. ދެން އެހެނ ބަޔަކަނ އެއަރޕޯރޓް ތަރައްގީކުރަން ދިނުމުން ވާނީ ކޮއްޗަކަނ!!! އެއވެސް ބިޑް ކުރުމެއނެތި ތިގޮތއް އެމްއާރު މީހުންނާއި ހަވާލުކުރުމުން ސުވާލު އުފެދޭ! އަދި 200 އެދުުގެ މަގުން އެމީހުންނަށް 30 ރިސޯޓް ތަރައްގީކުރުމަށް ދިނުމުނ ވާނީ ކިހިނެއް؟؟ ތިކަމުގެ މައުލޫމާތު ދިނިމަށް ހަނިމާދޫ އަށްވެސް އެމީހުން އައިސް ދިޔައި ރަތްއިތުން ނާއި ބައްދަލުވެސް ނުލޮށް!! ރަންބިސް އަޅާކުކުޅުން މިއޮތީ ވާނެ ހަތަރެތި ވެނިމިފަ!!! އަދި ސޮއިވެސް ކަޮށްފައިވަނީ 6 މަސް ދުވަހުގެ ތެރޭގައި އެކުރަން ޖެހޭ ދިރާސާތައ ކުރުމަށެވެ.
No one is above the law BUT Some one is above the nation ވިދާޅުވީ
ތާރީޚް:08/11/2009
ކިހާވަރުގަދަކަމެއް ތިޔައީ. ކަލޭމެންނައް ނެތޭނުން ހެވެއްގޮތެއް.
ސަރުކާރުއް އެކައް އެކުރަނީ ސަރުކާރައް އެކަންކުރެވެން އޮތްގޮތަކަނޫންބާ؟ މިކަމުގައި ހަނިމާދޫ ރައްޔިތުންނާއި މަސްވަރާކުރާކައްނުޖެހޭ، އެއާރ ޕޯރޓް ހަނިމާދޫގައި އޮތުމުގެ މާނަޔަކީ އެއީ ހަނިމާދޫގެ ހަރުމުދަލެކޭނޫން. މަސްވަރާކުރަން ޖެހޭނަމަ ކުރާނީ މިއަތޮޅު ނުވަތަ ޕުރޮވިންސް ލެވެލްގައި.
ނަޝީދާއި ނަޝީދުގެ ޓީމައް އައްސަރިބަހާއި ސާބަސް
ބަލަ މިވީތައްދުވަހު މިރާއްޖެ މިއޮތީ އެހެނިހެން ގައުމުތަކުގެ އެހީއާއި ނުލައިތަ؟
ސާމާނުބެ ވިދާޅުވީ
ތާރީޚް:08/11/2009
އަހަންނުދެނަހުށިން ނޯވަން އިޒް އެބޯވް ދަލޯއަށް ހަމަ ސާބަސް އަދި ޤައުމު މައުމޫނުގެ ބަލާވެރިކަމުން ސަލާމަތް ކޮށްދިނުމުގައި އެންމެބޮޑު ހިއްސާއެއްވާ ރައީސް ނަޝީދުއަށްވެސް ސާބަސް
ޢަބުދުﷲ ވިދާޅުވީ
ތާރީޚް:08/11/2009
ހެޔޮ ނެތް ހަމަ އެއްގޮތްވެސް ދޯ!!!! ހެހެހެހެހހެ