ފާއިތުވި ހަފްތާގެ ރައްޔިތުންގެ މަޖިލީހުގެ ހަބަރުތަކަށް ނަޒަރު ހިންގާލާއިރު އެންމެ ފާހަގަ ވެގެން ދިޔަ އެއްކަމަކީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުޞޫލުތަކަކަށް އަމަލު ކުރުމުގެ ބިލް ފާސްވެގެން ދިޔުމާއި އެއާޕޯޓް ސާރވިސް ޗާޖް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމެވެ.
ދިވެހިރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއާރޕޯޓް ސާރވިސް ޗާޖް ނެގުމާބެހޭ ގާނޫނު
17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 59 ވަނަ ޖަލްސާގައި އޮތީ ގާނޫނު ނަންބަރު 71/78 ދިވެހިރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއާރޕޯޓް ސާރވިސް ޗާޖް ނެގުމާބެހޭ ގާނޫނަށް 6 ވަނަ އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތެވެ. މިބިލަށް މަޖިލީހުގެ ގަވައިދުގެ 56 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށައެޅި 2 އިސްލާހު ވަނީ ފާސްވެފައެވެ. ފާސްވި އިސްލާހުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އެއާރޕޯޓަކުން ރާއްޖޭން ބޭރަށް ދިއުމަށް ފުރާ ކޮންމެ ބިދޭސީ ފަސިންޖަރެއްގެ އަތުން 18.50 އެމެރިކާ ޑޮލަރުގެ އަގު އެއާރޕޯޓް ސާރވިސް ޗާޖްގެ ނަމުގައި ނެގުމާއި، އުމުރުން 2 އަހަރު ފުރިހަމަ ވެފައިވާ ކޮންމެ ދިވެއްސެއްގެ އަތުން 12.00 އެމެރިކާ ޑޮލަރު ނެގުމަށާއި އަދި އެމާއްދާގެ ހ ގައި އެހެން އޮތް ކަމުގައި ވިޔަސް ދިވެހި ރުފިޔާއިން ނުވަތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ގަބޫލު ކުރާ ބޭރު ފައިސާއަކުން މިއަދަދަށްވާ ފައިސާ ދެއްކުމަށް މިމާއްދާ ހުރަހެއް ނާޅާކަމުގައި ހުށައެޅި އިސްލާހު ހިމެނެއެވެ.
މިބިލް މަޖިލީހުން ފާސްކޮށްފައިވަނީ މަޖިލީހަށް ހާޟިރުވި 70 މެމްބަރުންގެ އިއްތިފާޤުންނެވެ.
ރައީސުލް ޖުމުހޫރިއްޔާ އާއި ރައީސުލްޖުމުހޫރިއްޔާގެ ނައިބުގެ މުސާރަ
ރައީސުލް ޖުމުހޫރިއްޔާ އާއި ރައީސުލްޖުމުހޫރިއްޔާގެ ނައިބުގެ މުސާރަ އާއި އެހެނިހެން އިނާޔަތް ތަކާބެހޭ ބިލުގެ ދެވަނަ ކިޔުމުގެ ރިޕޯޓް ކުރުމުގެ މަރުހަލާ އާއި ތިންވަނަ ކިޔުން ކުރިޔަށް ގެންގޮސްފައި ވަނީ ވޭތުވެދިޔަ ހަފްތާގައެވެ. މިބިލަށް އިސްލާހު ހުށައެޅިފައި ނެތަތީވެ އެބިލް ކޮމިޓީން ނިންމި ގޮތަށް ވޯޓަށް އެހުމުން ވަނީ ފާސްވެފައެވެ. މި ބިލަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެމްބަރުންގެ ތެރެއިން 55 މެމްބަރުން ބިލް ފާސްކުރުމަށް ވޯޓު ދެއްވާފައިވެއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއި މެދު ހާއްސަ އުސޫލަކުން އަމަލުކުރުމުގެ ބިލް
ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު މަޖިލީހަށް ހުށައެޅުއްވި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއި މެދު ހާއްސަ އުސޫލަކުން އަމަލުކުރުމުގެ ބިލުގެ ދެވަނަ ކިޔުމުގެ ރިޕޯޓް ކުރުމުގެ މަރުހަލާ އާއި ތިންވަނަ ކިޔުން ކުރިއަށް ގެންދިޔައީ ނިމިދިޔަ ހަފްތާގެ ތެރޭގައެވެ. މިބިލަށް އިސްލާހު ހުށައެޅުމަށް ފުރުޞަތު ހުޅުވާލުމުން ގިނަ އިސްލާހު ތަކެއް މެމްބަރުން ވަނީ ހުށައަޅާފައެވެ. އެގޮތުން މަޖިލީހުގެ ގަވާއިދުގެ 56 (ހ) ގެ ދަށުން 38 އިސްލާހެއް އަދި ގަވާއިދުގެ 56 (ނ) ގެ ދަށުން 2 އިސްލާހު ހުށައަޅާއި ތާއީދު ލިބިފައިވެއެވެ.
ހާޟިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެމްބަރުންގެ ތެރެއިން 58 މެމްބަރުންގެ އަޢުލަބިއްޔަތުން ފާސްކުރި މިބިލަށް ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވަނީ މިބިލުގައި ކަނޑައެޅިފައިވާ އަދަބުތައް ބޮޑުކަމަށް ވިދާޅުވެފައެވެ. މިބިލުގައިވާ ގޮތުން މިބިލުގައި ކުށެއްކަމަށް ކަނޑައަޅާފައިވާ ކުށެއް ކޮށްފި މީހެއްގެ މައުލޫމާތު ވީހާވެސް ފުޅާދާއިރާއެއްގައި އާއްމު ކުރުމަށް ބާރުއަޅާފައިވެއެވެ.
ހެއްކާބެހޭ ބިލް
ހެއްކާބެހޭ ބިލުގެ ދެވަނަ ކިޔުމުގެ ބަހުސް މަރުހަލާގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުންވެސް މި ބިލު އަވަހަށް ގާނޫނަކަށް ހެދުމުގެ މުހިއްމު ކަމުގެ މައްޗަށް ވާހަކަ ދެއްކެވިއެވެ. އަދި މިބިލުގެ ސަބަބުން މައްސަލަ ބައްލަވާ ޤާޟީންނަށް ފަސޭހަ ވެގެންދާނެ ކަމަށާއި ފުރިހަމަ ހެއްކާބެހޭ ގާނޫނެއް ނެތުމުގެ ސަބަބުން ހެކި ބަސް ދޭން ބައެއް މީހުން ފަސްޖެހޭކަމަށް ވިދާޅުވިއެވެ. ވާހަކަ ދެއްކެވި ހުރިހާ މެމްބަރުންހެން މިބިލަށް ތާއީދުކޮށް އަދި އަވަހަށް މިބިލުގެ މަސައްކަތް ނިންމުމަށް ވާހަކަ ދެއްކެވިއެވެ.

ދޮން އިބްރާހީމް ހަސަނު ވިދާޅުވީ
ތާރީޚް:08/11/2009
މިނޫން އެއްޗެއް ލިޔަން ނޭނގެނީތަ؟ ރަށާއި ބެހޭ ގޮތުން ލިޔެބަލަ!
ބަހާދަރުން މުދާބާލާ މީހެއް ވިދާޅުވީ
ތާރީޚް:08/11/2009
ދޮން އިބްރާހިމް ހަސަނާ. މިސައިޓުން ނޫނީ ނުފެންނާނެ ކުޅުދުއްފުއްޓާއި ބެހޭ މައުލޫމާތު ޖަމައަ ކޮށްފަ ހުއްޓައެއް. އެހެންވީމާ ތިހެން ނުބުނޭ. މަށަށް އެނގިފަ އޮންނަ ގޮތުން މިވީ 3 އަހަރު ތެރޭ ރަށާ ބެހޭ މައުލޫމާތު އެއްކުރި އިތުރު ބަޔަކު ނެތް މިސައިޓުގެ ކުދިން ފިޔަވާ. އަދި އެތިން ކުދިން ވެސް ތިބީ ރަށުން ބޭރުގަ.
ޕިސްޕިސް ވިދާޅުވީ
ތާރީޚް:08/11/2009
ކޮބައިތަ މިހާރު ސުވާލުމުބާރާތުގެ ނަތީޖާ.އެކަން އޮއްބާލީތަ؟
އަރުޝަދު ވިދާޅުވީ
ތާރީޚް:09/11/2009
ކުއްޓި ނަޝީދު ޑިމޮކްރެޓިކް، ޒިންމާދާރު އިދިކޮޅުޕާޓީއެއް އުފައްދަން އުޅޭކަމަށް ޚަބަރު ލިބޭ. ޑީއާރުޕީ ވަޅުލަންވީ. ޑީއާރުޕީއަށް ތާއީދުކުރާނީ ތަންދޮރު ނުދަންނަ ޖާހިލުން.
ދޮން އިބްރާހީމް ހަސަނު ވިދާޅުވީ
ތާރީޚް:09/11/2009
ކޮބައިތަ؟ ސުވާލު މުބާރާތުގެ ނަތީޖާ؟
ބަހާދަރުން މުދާބާލާ މީހަޔަށް.
މީގައި ކުޅުދުއްފުއްޓާއި ބެހޭގޮތުން އެ ރަށުގެ މައްސަލަތަކަށް ލިޔެފައިހުރި ލިޔުންތައް ބެލިއިރު ތިޔާ ބުނާ ތިން މީހަކު ލިޔެފައިވަނީ ވަރަށް މަދު ލިޔުމެއް. ހުރިހާ ލިޔުމެއް ކަހަލަ ގޮތަކަށް ލިޔެފައިހުރީ އެހެން ބަޔެއް. ތިޔަ ބުނާ 3 މީހުންގެ ތެރެއިން މުހަންމަދު އިސްމާލު ކިޔާ މީހަކު އެބަ އޮތް ދެތިން ލިޔުން ލިޔެފައި.
މި ސައިޓްގައި، އަބަދުވެސް ކުޅުދުއްފުށީގެ މައްސަލަތަކަށް ލިޔަންޖެހޭނެ ކަމަށް އަހަރެން ދެކެން.
ބަހާދަރުން މުދާބާލާ މީހެއް ވިދާޅުވީ
ތާރީޚް:09/11/2009
ކޮއްކޯ ކޮއްކޮ ވަނިންތަ މީގެ ތިން އަހަރު ކުރިން މިސައިޓަށް. މުހައްމަދު އަމީން ލިޔުއްވާފައިވާ ދިވެހިރާއްޖޭގެ ޖޯގްރަފީ ފޮތުން ނޫނީ ކުޅުދުއްފުށީގެ ވާހަކައެއް ނުފެނޭ. ދެން މިފަހުގެ ތާރީހެއްގައި ކުޅުދުއްފުށީގެ ހާލަތު އެނގޭނެ ލިޔުންތަކެއް ލިޔުނު ފަރާތަކީ މުހައްމަދު އިސްމާލު. މުހައްމަދު އަމީން ނަގާފަ އެދަރަޖަ ދޭނީ އޭނަޔަށް
ސަންގުބެ ވިދާޅުވީ
ތާރީޚް:09/11/2009
މިސައިޓުގައި ކުޅުދުއްފުށި ވާހަކަ ލިޔާލެއް މަދުކަން ފާހަގަ ކުރުވޭ މަދުން ނަމަވެސް ލިޔާތީ ސުކުރުކުރަން އަދި ހިމަ އެފަދައިން ފަހުގެ ފޮޓޯ އެއްވެސް ނެއްކަން ވަރަށް ފާހަގަކުރަން. މުހައްމަދު އިސްމާލް ހަފްތާއަކު އެއްފަހަރު ކުޅުދުއްފުއްޓަށް ދާއިރުވެސް ހަބަރެއް އަދި ފޮޓޯއެއް ވެސް ނުލިބެނީ ބާ؟ ނޫނީ ހޯދަން މަސައްކަތް ނުކުރަނީ ބާ؟ މިއައްވުރެން ރަންގަޅު ވާނެކަމަށް އުންމީދުކުރަން.
އަތަރު ބިލިގާ ވިދާޅުވީ
ތާރީޚް:09/11/2009
ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކިޔަސް، ދޮން އިބްރާހިމް ހަސަނާއި ސަންގުބެ ބުނެފައި އެޔޮތީ ޙައްޤު ތެދު. މިއީ، އަޕްޑޭޓްވުން ލަސް، ވަރަށް ކަންނެތް އަދި ވަޢުދު ނުފުއްދާ ބަޔަކު ހިންގާ ސައިޓެއް. މިހެން މި ބުނީ މިދިޔަ ރޯދަމަހު ހުޅުވާލި ސުވާލު މުބާރާތަށް ވީގޮތެއް އަދިވެސް ސާފުކޮށްދެވިފައެއް ނެތް. ފަށާނަމޭ ބުނި އެއްވެސް ސިލްސިލާ ލިޔުމެއް، ފެށިފަ ނެތް ތާނގާއި، ސިލްސިލާކޮށް ފެށި މަޒުމޫނެއް، ވާހަކައެއް ކުރިއަށް ގެންދެވިފައެއް ނެތް.
ޖޭމްސް ވިދާޅުވީ
ތާރީޚް:09/11/2009
އަތަރު ބިލިގާ އަށް އެނގެނީ ކޯއްޗެއް. ދީނީ ސުވާލު މުބާރަތުގެ ނަތީޖާ ކުޅުދުއްފުށީގައި ވަރަށް ގުލަކަދަ ރަސްމިއްޔާތަކަށް ފަހު ބާއްވާ ގޮތަށް ނިންމައިފި ކަމަށް ހަބަރު ލިބޭ. ދެން ސިލްސިލާ ލިޔުން ތަކުގެ ވާޙަކަ ބުނާއިރު ކޮން ސިލްސިލާ އެއް ނުނިއްމަނީ. ވާހަކަ ތައްވެސް މަށަށް ފެނޭ މިސައިޓުން. ދެން އަނެއްކޮޅުން ކުށްޅަވައްފަލު ރަނިންވެސް މިހާރު ނިމިއްޖެ. ނުނިމެނީ ކޯއްޗެއް. ވައިކަރަދޫ ލައިވް އެއް ނޫނޭ މީކީ.
ޅެންވެރިއެއްގެ ރޫހު ވިދާޅުވީ
ތާރީޚް:10/11/2009
އަތަރު ބިލިގާ އަށް ސަލާން ، އަދި ދޮން އިބްރާހިމަށް ވެސް ސަލާމް ، ކަލޭމެން ދެމީހުން ލިޔަން ދަސްކުރަންދޭ ، މީގަ ލިޔާނީ މިހަދާ ސޮރުމެން ލިޔާނެ އެއްޗެއް ކަމުނުދަންނާޏާ ނުވަދޭ މިއަށް ، ކަލޭމެން ދެމީހުން ނަކީ މިކަހަލަ ސައިޓުތަކާއި ބެހެވޭ ވަރުބައެއް ނޫން ، އަމިއްލަ ސައިޓެއް ހަދާ ، ދިރާގުން ވެބްސްޕޭސް ދޭނެ .
ޅެންވެރިއެއްގެ ރޫހު ވިދާޅުވީ
ތާރީޚް:10/11/2009
ކޮބާތަ މިސައިޓަށް ލިޔުނު ބައޯ ހުސޭނު ، އޭނަ ފިލީތަ ، އެވެސް ކޯންޗެއް ލިޔާ ބެއެއް، ބޯކަޅުކޮށްފަ ކުރުތާލައިގެން ރަށުއޮފީހަށް ދޭ ، ދެންލަލަލަލާ
ޑަގަނާ ފުޅެލި ވިދާޅުވީ
ތާރީޚް:10/11/2009
ކަލޭ މެން ހާދަ ސިޔާސަ ވެއްޖޭ ދޯ ، އެއްބަޔަކު އަނެއްބަޔަކާ ނުބެހި ލިޔެބަލަ ކަލޯމެންތި އެއްރަށެއްގެ ބައެކޭ
ސާމާނުބެ ވިދާޅުވީ
ތާރީޚް:10/11/2009
ޑީ.އާރު.ޕީ ކޮށިއަރައިގެން ރޫޅި ޑރ. ސަހީދު ނުވަތަ އަލީ ބާބާ މޮޅުވެއްޖެ
ތިއީ އަބަދުވެސް މަދައްކާ ވާހަކައެވެ. ރައްޔިތުންނަށް ގޮންޖަހާފާ ތިމާމެން އަމިއްލައަށް ކަންކަން ކުރަންއުޅުމުން ލިބޭނީ ތިކަހަލަ ލަނޑެވެ. ޑީ.އާރު.ޕީން ދޮންޖޭމު އުމަރު ނަސީރު ހިތްހަމަ ޖައްސައިދޭން، އަދި މުންދުއާއި، އަބްދުﷲ ސާޙިދު ހިތްހަމަ ޖައްސަދޭން ޑރ. ސަހީދުއަށް ދޭން އުޅުނު ލަނޑު ނުދެވުނީދޯއެވެ. އަލީ ވަހީދުމެންގެ މޫނު މައްޗަށް، އެއްކަލަ ނިހާނުމެންގެ މޫނު މައްޗަށް ހީވަނީ ކުނި ބިހެއް ތަޅާލިހެންނެވެ. ދެން ޕަކަޕަކާސްއެވެ. ޕައްޓު ޕައްޓުއެވެ. އަނެއްކާވެސް ތިޔަ ބަލިވީއެވެ. ދިވެހިރައްޔިތުންގެ ކުރިމަތީގައި ދެން ތިޔަށްވުރެ ބޮޑަކަށް ފަލީޙަތެއްނުވާނެއެވެ. ތިމާމެންއަތުގައި މެޖޯރިޓީ އެބައޮތޭ ކިޔާ ދެބައި އުމުރު އަންހެންވެރިން ކައިރި ފޮނިކަނޑާފައި ތިހެދީ ކިހިނެއް؟
އަލީ ވަހީދުއެވެ! ކަލޭ އަދި ޅަވާނެއެވެ. ތަންދޮރު ނޭންގޭނެއެވެ. ވާދަވެރި ސިޔާސީ ނިޒާމު އެއީ ކޯޗެއްކަމެއް ނޭންގި، ހިތުހިރި ގޮތަކަށް ގަމާރުކަންމަތީ ތިބެ، 10 އަހަރު ރިސޯޓެއްގެ ވެއިޓަރަކަށް އުޅުނު ނިހާނުމެންގެ ބަހަށް ހެއްލުނީމާ ވާނީ ތިހެންނެވެ. ކެހެނި އަރައިފިދޯއެވެ. އަލީ ވަހީދުއެވެ. މެޖޯރިޓީއަކީ އަދި ރައްޔިތުންގެ ތާއިދަކީ މީހާ ކިތަންމެ ޖާނުން ބޮޑަސް ލިބޭނެ އެއްޗެއްނޫނެވެ. އެކަން މިއަދު ފެނިއްޖެދޯއެވެ. ދެން ގަދަ ދައްކާފައި ފޭދޫ ދާއިރާގެ މެންބަރު އަލްޙާން ފަޙްމީ ބޭޒާރުކުރަން ދުވާށެވެ. ނޫނީ އަނެއްކާވެސް ކޮންމެވެސް ގަދަ ބަހެއްބުނެގެން އަނގަ ފުޅާކުރާށެވެ.
ޔާމީނުމެން ތަސްމީނުމެންގެ ފެންވަރު މިއަދު އިނގިއްޖެދޯއެވެ. ރައްޔިތުންގެ ކުރިމަތީގައި ދެން އެމީހުން ބަލައިނުގަންނާނެކަން ކަށަވަރުވެއްޖެދޯއެވެ. ބަގަޅު އައިނު އެއްކޮށްގެން ޖަލްސާތަށް ބާއްވާ، ބާރަށް ކަރުބުޑުން ވާހަކަދައްކާއިރު ހީވަނީ މިވަރު ބަޔަކު ނެތްކަމަށްދޯއެވެ. ކޮބާ ކެހެނި އަރައިފިދޯއެވެ. ޔާމީނުއެވެ. ދެން އަތަފަނި ބޯށެވެ. ބިސްކޯދާއެކުއެވެ.
ދެން ކުރާނެކަމެއްނެތެވެ. ޑރ. ސަހީދުއެހުންނެވީ ހަމަ ފޮރިން މިނިސްޓަރު ކަމުގައެވެ. ދެން ހަދަންވީ ގޮތަކީ މިއަދުގެ ސަރުކާރުން ޑރ. ސަހީދުއަށް ފޮރިން މިނިސްޓަރުގެ އިތުރުން އެއީ ސެކެޓްރީ އޮފް ސްޓޭޓްގެ މަގާމުވެސް ހަވާލުކޮށް، ޑަބަލް މުސާރަވެސް ދޭންވީއެވެ. އަދި އެމަނިކުފާނު ދަތުރުކުރުމަށް ޔޮޓާއި، މަތިންދާ ބޯޓުވެސް ގަނެދެންވީއެވެ. އޭރުން ޑީ.އާރު.ޕީގެ ތަންދޮރު ނޭންގޭ ގަމާރު މެންބަރުން ދޫ ބޯލަ ބޯލަ ތިބެދާނެތާއެވެ.
ގުދުބެރި ވިދާޅުވީ
ތާރީޚް:10/11/2009
ޑިމޮކްރަސީ ފެއަރގެ ކަންތަކާ ހުރިހާ ކުދިން ވަރަށް ބިޒީކޮށް އުޅޭވާހަކަ އަޑުއެހިން. އެހެންވީމަ މިހަފްތާ ސައިޓުން ޗުއްޓީ ނަގާފަ ގައުމުގެ ޝަރަފަށްޓަކައި މަސައްކަތް ކުރަނީ ކަމަށްވާނީ. އަންނި ދޮންބެއަށް އަހަރެއް ވީނުން. އެކަން ފާހަގަ ކޮށްލަނީތާ ދޯމިއޮތް. މަވާ ހަމަ ސާބަސްދެން މި ސަރުކާރަކަށް.