Share

“ޑިމޮކްރެޓިކް” ސަރުކާރަށް އަހަރު ފުރުނު އިރު…

“ޑިމޮކްރެޓިކް” ސަރުކާރަށް އަހަރު ފުރުނު އިރު…
އިބުނު ޝިހާމް

މިއަދަކީ އެމްޑީޕީގެ ސަރުކާރަށް އެއް އަހަރު ފުރޭ ދުވަހެވެ. އަދި ދިވެހިރާއްޖޭގެ ޖުމްހޫރީއްޔަތަށް 41 އަހަރު ފުރޭ ދުވަހެހެވެ. އެހެންކަމުން މިދުވަހުގެ ތަޙްނިޔާ އަޅުގަނޑު ތިޔަ އެންމެ ކިޔުންތެރިންނަށް އަރިސްކުރަމެވެ.

އެމްޑީޕީގެ ސަރުކާރު ވެރިކަމާއި ހަވާލުވުމަށް ފަހު މިވީ މުއްދަތުގެ ތެރޭގައި ތަފާތު ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފިއެވެ. ކޮންމެ ސަރުކާރެއްގެވެސް ބޭނުމަކީ ރައްޔިތުންނަށް ފައިދާހުރި ގޮތްތައް ރޭވުމެވެ. އަދި އެކަންތައް ހާޞިލް ކޮށް ރައްޔިތުން ހިތްހަމަޖައްސައިދިނުމެވެ. އެހެންކަމުން ކޮންމެ ބަޔަކުވެސް މަސައްކަތްކުރާނީ އަނެއްބަޔަކަށްވުރެ ފުރިހަމަ ޕްލޭނަކާއިގެން ރައްޔިތުން ކުރިމައްޗަށް ނުކުތުމަށެވެ. އެގޮތުން އެމްޑީޕީއިން ރައްޔިތުންނަށް ފަސްދާއިރާއަކުން ބޮޑު ވަޢްދުތަކެއްވަނީވެފައެވެ. އަދި ހަމައެހެންމެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައިވެސް ވަނީ ތަފާތު ކުދި އެހެނަސް ރައްޔިތުންނަށް މުހިންމު ވަޢުދުތަކެއް ވެފައެވެ.

ކާމިޔާބު ސަރުކާރަކީ ރައްޔިތުން ހިނިތުންކުރުވޭނެ ސަރުކާރެވެ. އެއީ ފައިސާ ހުރެގެން އެތައްކަމެއް ކޮށްދީގެން ނަމަވެސް ނުވަތަ ފައިސާނެތިގެން ރައްޔިތުން ބިކަހާލުގައި ޖެހިގެން ވިޔަސް މެއެވެ. ރައްޔިތުންނަށް ބޭނުންވާ މަޢްލޫމާތާއި ކަމުގެ ޙަޤީޤަތް އެއީ މިކަމަށް މަގުފަހި ކުރުވާނެ ކަންތައްތަކެވެ.

އެމްޑީޕީއިން ގެންގުޅޭ ސިޔާސަތަކީ ވަކި ހަމައެއްގައި ބިނާވެފައިވާ ސިޔާސަތަކަށް ނުވެއެވެ. ބިދޭސީންގެ މައްސަލާގައި ސަރުކާރުން ގެންގުޅޭ އުސޫލުތަކުން މިކަން ދޭހަވެއެވެ. އަނެއްކަމަކީ ރައްޔިތުންނަށް ދެވޭ އިންޒާރުތަކެވެ. ކަރަންޓްގެ އަގު ބޮޑުވެ، މުސާރަ ކުޑަވެ، ހޮޓާތަކުގައި ވިއްކާ ހެދިކާގެ އަގުވެސް ބޮޑު ވެއްޖެއެވެ. ހަމަރަގަޅު ޢަދަދަކުން ހިސާބު ޖެހުމުން ދައްކަނީ ގެއްލުމެވެ. އެކަމަކު އެމްޑީޕީގެ ސަރުކާރުން ހަމަ އަޑު އުފުލަނީ ގެއްލުމެއް ނެތްކަމަށެވެ. ފައުޒީ ބުނަނީ ފައުޒީ އަށް ލިބެނީ މަހަކު 10000 ރުފިޔާ ކަމަށްވެފައި މިހާރު މުސާރަ ކުޑަވީމާ ފައުޒީއަށް ޖެހެނީ މަހަކު 8500 ރުފިޔާ ކަމަށެވެ. ކަރަންޓް ބިލަށް ކުރީގައި 1000 އަރާއިރު މިހާރު ފައުޒީގޭގެ ބިލަށް އަރަނީ 2000 ރުފިޔާއެވެ. އެއީ ސްޓެލްކޯއިން އަގު ބޮޑު ކުރީމާ ޖެހޭނެ ޢަދަދެވެ. ސަރުކާރުން ބުނަނީ ފައުޒީއަށް ކަރަންޓް ބިލް ދައްކަން 500 ރުފިޔާ ދޭނެކަމަށެވެ. އެހެންވީމާ ފައުޒީއަތުން ކަރަންޓް ބިލަށް މިހާރު 1500 ރުފިޔާ ދާނެއެވެ. ކުރީގެ ބިލަށް ދައްކަން ޖެހެނީ 1000 ރުފިޔާއެވެ. އެދައްކަނީ ފައުޒީ އަމިއްލައަށެވެ. އެކަމަކު މިހާރު ސަރުކާރުން 25 އިންސައްތައި ގައި ހިފީމާވެސް ފައުޒީއަށް އިތުރަށް 500 ދައްކަން ޖެހިއްޖެއެވެ. އެހެންވީމާ މުސާރަ ކުޑަކުރިއިރު މަދުވީ 1500 ރުފިޔާއެވެ. ކަރަންޓް ބިލަށް އިތުރަށް ދައްކަން ޖެހުނީ 500 ރުފިޔާއެވެ. އެހެންވީމާ މުސާރަ ކުޑަކުރުމާއި ކަރަންޓް އަގު ބޮޑުވުމުގެ ސަބަބުން ފައުޒީއަތުން 2000 ރުފިޔާ ގެއްލެއެވެ. މިއީ ކުރިއެރުމެއްތޯ ނުވަތަ ގެއްލުމެއްތޯއެވެ. ރައީސް ނަޝީދު ވިދާޅުވި ކަރަންޓް އަގު ބޮޑު ނުކުރާނެކަމަށެވެ. އެކަމަކު މިހާރު ބުނާނީ އެއީ ކުންފުންޏެއްކަމަށާއި ފައިދާއަށް ބަލާނެކަމަށެވެ. ސުވާލަކީ ބޮޑު ނުކުރާނެވާހަކަ ވިދާޅުވިއިރު އެއީ ކުންފުންޏެއް ނޫންތޯއެވެ. ކަން މިހެން ހުރިއިރުވެސް ކަރަންޓްގެ އަގު ހެޔޮ ކުރުމަށް އޯލްޓަނޭޓިވް މެތަޑަކުން ސަރުކާރުން މަސައްކަތްކުރާކަން ފާހަގަކުރަމެވެ. އެއީ ވިންޑްމިލްތައް ބެހެއްޓުމެވެ. މިކަމުގެ ސަބަބުން ކަރަންޓްގެ އަގު ހެޔޮވުމަށް މަގުފަހި ވެދާނެކަމަށް ޤަބޫލުކުރެވެއެވެ.

ދަޢްލަތުގެ އެއްބާރު އަނެއްބާރުގެ މައްޗަށް ބާރުފޯރުވަން ކުރާ މަސައްކަތަކީވެސް ސަރުކާރުގެ ގޮތް ދޫނުކުރުމުގެ ސިޔާސަތުގެ ސަބަބުން ދިމާވާ ކަމެކެވެ. ކަންމިހެން ހުރިއިރު ދަންނަވަން ބޭނުންވަނީ ޢަދުލު އިންސާފަކީ އަނެއް ދެބާރަށް ވުރެ މާ އިސްކަން ދޭން ޖެހޭ ބާރެއްކަމެވެ. އެއީ ފަށުއި އިބާރާތުން ބުނާނަމަ “މަޢްސޫމް” ކަމާއި “ކުށްވެރިވުން” ކަނޑައަޅާ މައިދާނެވެ. އެކަމާއި ހިތްހަމަ ނުޖެހޭނަމަ މަތީމަރުހަލާތަކަށް ދިއުމަކީ ހަމަ އެކަނި އޮތް ގޮތެވެ. އެހެންނަމަވެސް ސަރުކާރުން ޖިނާއީ ކޯޓްގެ އިސްޤާޟީގެ އަގު ވައްޓާލުމަށް ކުރި މަސައްކަތަކީ “ނަމޫނާ” ޑިމޮކްރަސީގެ ހަމައިން ބޭރުން ކުރި ކަމެކެވެ. ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމަކީ “ޑިމޮކްރެސީ” އެއްނޫނެވެ. އެއީ ދިވެހި ބަހުން ބުނާނަމަ “ކާމިލިއްޔަތު”އެވެ. މިއީ އަޅުގަނޑު އަމިއްލައަށް ކުރާ ތަފްޞީރެކެވެ. ކާމިލަކީ އެއްޗެއްގެ ޖުމްލަ އެއްކޮށެވެ. (ދިވެހި ބަހުން މިމާނަ އެކުލެވޭގޮތަށް ބަހެއް ނުފެނުނީމާ ބަހެއް ހަދަން ޖެހުނީއެވެ.) އެހެންވީމާ ބާރުތައް ހޯދުމަށް، ނުވަތަ ހުރިހާ ބާރެއް އެކެއްގެ އަތަށް ކިތާބީ ގޮތަކަށް ނުދިޔަސް މާނަވީ ގޮތެއްގައި ހޯދުމަށް އުޅޭނަމަ އެއީ ކާމިލައްޔަތުގެ އަޘަރުތަކެވެ. އެހެން ކަމުން މިހާރުގެ ޤާނޫނު އަސާސީގައި ބުނާ ސިފަތަކާއި އޭގެ ރޫހަށް ޢަމަލުކުރުމަކީ ދަޢްލަތާއި ސަރުކާރުގެ މައްޗަށް ވާޖިބެކެވެ. ސަރުކާރުން ކާމިލީ އަޘަރުތައް ފިލުވައިލާންވީއެވެ.

ސަރުކާރުން ޤައުމު ހިންގާ ސްޓައިލަކީ ޕްރައިވެޓް ކުންފުންޏެއްގެ ސްޓައިލްއެވެ. ތެދެކެވެ. ޚަރަދުކުރަންވާނީވެސް ލިބޭ ފައިސާއިންނެވެ. އެކަމު އެކަން ސަރުކާރަށް ވިސްނި ވަޑައިގަތީ އިހައްދުވަހުއެވެ. ކުރިން މުސާރަ ބޮޑުކުރިއިރު ހަމަ ރަގަޅެވެ. މުސާރަ ބޮޑުކޮށްފައި ދެން އެވަރުގެ ކަމެއްނެތް ކަމަށް އަޑުއުފުލާފައި މިއަދު އެއްކަލަ އަނގަތައް ބަންދުވެއްޖެއެވެ. މިހާރު ބުނަނީ މައުމޫނު ދައުރަށްވުރެ ބޮޑުވާނެ ވާހަކައެވެ. އަޅުގަނޑުދަންނަވާނީ މައުމޫނުގެ ދައުރު މިހާރުވަނީ ނިމިފައެވެ. އަދި މިހާރުގެ ބަދަލަކީ އެގޮތް ކަމުނުދާތީވެ ގެނައި ބަދަލެއްކަމަށެވެ.

ދެން އޮތީ “ޑިމޮކްރެޓިކް” ސަރުކާރެއްގެ ވާހަކައެވެ. ޑިމޮކްރެޓިކް ސަރުކާރަކީ ރައްޔިތުންގެ މެޖޯރިޓީއިން ކުރާވެރިކަމެވެ. ނޫނީ އެއީ “ޖަމާޢަތުގެ” އެންމެންގެ ވިސްނުމެވެ. އެހެންވީމާ ސުވާލަކީ ޑިމޮކްރެޓިކް ސަރުކާރު ޑިމޮކްރެޓިކް ސަރުކާރަކަށް ނުވާނީ ކީއްކުރީމާހެއްޔެވެ. ކޮންމެއެއްޗެއްވެސް އެއެއްޗެއް ފެށޭ ސަބަބެއް އަދި ނިމޭ ސަބަބެއް އޮންނަން ޖެހޭނެއެވެ. އެހެންކަމުން އަޅުގަނޑުގެ ތަފްޞީރަކީ ރައްޔިތުންގެ މެޖޯރިޓީ ވަކިގޮތަކަށް އެދޭއިރު ސަރުކާރު ބޭނުންވާ އެހެން ގޮތަކަށް ކަމެއް ކޮށްފިއްޔާ އެއޮތީ ޑިމޮކްރަސީ “ފިލާ”ފައެވެ. ރައްޔިތުންނަށް ދެއްކި ދަޅައަކީ ތީމުގެ ޔުނިވާސިޓީއަކަށް ހަދަންކަމަށް ވެއްޖިއްޔާ، އަދި ރައީސް ކެމްޕެއިންގައި އެވާހަކަ ބުނެފައިވާ ހިނދު ރައްޔިތުން ވޯޓުލައިގެން ހޮވުނީމާ ދެން އަޅުގަނޑު ދަންނަވާނީ ތީމުގެ ޔުނިވާސޓީއަކަށް ނެހެދީމާ މިސަރުކާރުގެ “ޑިމޮކްރެޓީކް” ވުމަށް ބާރު ނާޅާކަމެވެ. ކޮންމެއަކަށް ކުރީގެ ސަރުކާރަކީވެސް “ދީމުޤުރާތީ” ސަރުކާރެއްކަމަށް އޭރު ބުނެވުނެވެ. އަދި މިހާރުގެ ސަރުކާރަކީ ބާޣީކަމަށްވެސް ބުންޏެވެ. އަދި މިހާރުގެ ސަރުކާރަކީ ދިމުޤުރާތު ސަރުކާރެއްކަމަށް ބުނެވޭއިރު އިދިކޮޅުމީހުންނަކީ ބާޣީންކަމަށް ބުނެވެއެވެ. އެހެންކަމުން އެއްބައިވަންތަކަށް ގެއްލޭ ހިސާބަށް މިއޮތީ ކަންތައްތައް ގޮސްފައެވެ. ޤައުމީ އެއްބައިވަތަކަށް ގޮވާލާ ހިސާބުގައި މިކަން މިވަނީ ފެންމަތިވެފައެވެ. އެހެންކަމުން “ޑިމޮކްރެޓިކް” ތޯ ނޫންތޯ ނިންމާނީ ރައްޔިތުންނެވެ.

ދެން އޮތީ ވަޢްދުތަކުގެ ވާހަކަ ދެއްކުމެވެ. ވަޢްދުތައް ކިތައްމެހާވެސް ފޮނިވެފައި ސާދާއެވެ. ބުނެލަން ފަސޭހައެވެ. ވެފައިވާ ވަޢްދުތަކަކީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ފައިދާތަކެއްކުރާނެ މުހިންމު ބޮޑެތި ވަޢްދުތަކެކެވެ. ބޯހިޔާވަހިކަމަށް މަގެއް ކޮށުމަށް ފްލެޓް އެޅުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ސަރުކާރު ދަނީ ތައްޔާރުވަމުންނެވެ. ދަތުރުފަތުރުކުރުމުގެ ނިޒާމްގެ ފަސޭހަ ފެންނަން ފަށައިފިއެވެ. އެކަމަކު “އަތްފޯރާފަށަށް” އަދިވެސް އަންނަނީ “ކަންމަތީ ފިހާރައިގެ ލައިޓަރުގެ ވާގަނޑު” އެކަންޏެވެ. ދަތުރު ފަތުރުކުރުމުގެ ނިޒާމުގައިވެސް “ކުޅުދުއްފުއްޓަށް ބޯޅަ ބަލަން ހަނިމާދޫ މީހުން” ނަކަށް ނާދެވެއެވެ. ވައިކަރުދޫމީހުން ބުނަނީ “ކޮފީއެއް ބޯލަން ކުޅުދުއްފުއްޓަށް ގޮސް އެބުރި” ރަށަށް އާދެވެނީ ދެތިން ދުވަސް ފަހުން ކަމަށެވެ. ދެން ދަތުރު ފަތުރުމުގެ ނިޒާމަކީވެސް އަސްލު ރާއްޖެ ކަހަލަ ތަނަކަށް ފައިދާވާނެ ގޮތެއްކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ކުދިކުދި ރައްރަށުގައި ބޯހިޔާވަހިކަން ޤާއިމް ނުކޮށް ކޮންމެ އަތޮޅެއްގައި ރަށެއް ނޫނީ ދެރަށެއް ޤާއިމްކޮށް އެތަނަށް މީހުން ބަދަލުކުރުމަކީ ޙަޤީޤީ ތަރައްޤީއެވެ.އެކަން ދިގުރާސްތާގެ ކާމިޔާބީއަކަށްވާނެއެވެ. ކުރީގެ ރައީސް މައުމޫނު ވިދާޅުވާ ދެމެހެއްޓެނިވި ތަރައްޤީއަކީއެއީއެވެ. މިވާހަކަ ބުނީމާ މިހާރު އަޑުއިވެނީ ދިވެހި ރައްޔިތުން “މެނިފެސްޓޯ” އަކަށް ވޯޓްލީ ވާހަކައެވެ. އެއްފަސް ކުރެވޭކަށް ނެތޭ! އެހެންވެއްޖިޔާ ތީމުގެ ޔުނިވަރްސިޓީ އަކަށް ހަދަންވެސް ބުނީ ހަމަ އެއްކަލަ މެނިފެސްޓޯތެރެއިންނެވެ. އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވަނީ ސިޔާސީ ބޭފުޅުން ސިޔާސީ ވާހަކަ ދައްކަވާނެކަމަށެވެ. މިޖެހުނީ ކޮންތާކުތޯއެވެ.

މިއަދު ޖުމްޙޫރީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން އިނާމް ދެއްވުމުގައި ގެންގުޅުއްވި އުސޫލަކީ އެއީ ވަރަށް ފުރިހަމަ އުސޫލެއްކަމަށް ޤަބޫލުކުރަންޖެހެއެވެ. އަޅުގަނޑުމެންގެ މައްސަލައަކީ ހަޖަމް ނުކުރެވުމެވެ. ޑީއާރުޕީ ވެރިކަމުގައ އޮތްއިރު ރައްޔިތުންނަށް ފައިދާއަށް ކަމެއްކުރިޔަދޭކަށް އެމްޑީޕީ ބޭނުމެއްނުވެއެވެ. މިހާރު ޑީއާރުޕީވެސް އެކަހަލަ ވިސްނުމެއްގެންގުޅޭހެން ހީވެއެވެ. އެހެންވީމާ މިކަމުން އެއްކިބާވެ އަޅުގަނޑުމެން ޤައުމީވަންތަވާން ވެއްޖެއެވެ.

އެމްޑީޕީގެ ފާއިތުވި އެއްއަހަރަކީ ކާމިޔާބު އަހަރެކޭ އަޅުގަނޑަށް ދަންނަވާކަށް ނުކުރޭނެއެވެ. ބަދަލުތަކެއް ފެނިއްޖެއެވެ. އެކަމަކު ބޮޑު ބަދަލެއްނެތެވެ. ތަރައްޤީގެ ބިންގާތައް އެޅޭތަން ފެނެއެވެ. އެކަމަކު ހަޤީޤަތަށްވުރެ ބޮޑީ އަދިވެސް އުންމީދެއެވެ. ތަރައްޤީއަށްކުރެވޭ ކަންކަމުގެ ތެރެއިން ޤާނޫނުގެ ބާރު ގެއްލެން ފަށައިފިއެވެ. ސަރުކާރުގެ މާސްޓަރ ޕްލޭން އެއްނެތެވެ. ބަޖެޓް އެއީ އެހާ ފަރިތަ އެއްޗަކަށް ނުވެއެވެ. ބައެއްފަހަރު މިލިޔަނެއްގައި އޮންނާނީ ހަ ސުމެއްތޯ، އޭގައި ހަތް އަކުރު އިންނާނެކަންވެސް ޔަޤީން ނުވާ ފަހަރު އަންނަ ކަހަލައެވެ. ސަރުކާރަށް އެޅޭ ޅައެއްޗިއްސަކީ ރައްޔިތުންގެ އުންމީދުގެއްލޭ އަދި ސަރުކާރުގެ އިތުބާރު ގެއްލޭ ކަންކަމެވެ. އަދިއަނެއްކަމަކީ 30 އަހަރުގެ ފަހަތުން ދުވުމެވެ. އެއީ ގޯހެކެވެ. މިރާއްޖޭގައި ހަމައެކަނި އެއްފަރުދަކަށް ތާޢީދު އޮތީކީ އެމްޑީޕީގެ ބޭފުޅަކަށްނޫނެވެ. އެހެންވީމާ ވިސްނާލަން ޖެހެއެވެ. ހިކްމަތް އިސްކުރަންޖެހެއެވެ. ކުޑަކުދިންގެ އުސޫލު ދޫކޮށްލަން ޖެހެއެވެ. މިރާއްޖޭގެ ސިޔާސަތަށް ފުރިހަމަކަން ގެނުވީ ޤާނޫނު އަސާސީއެވެ. އެއިންވެސް ރައީސް ކުރައްވާ ތަރުޖަމާއިން 115 ވަނަ މާއްދާއިން ހުރިހާ ބާރެއް ރައީސަށް ލިބިދެއެވެ. ކުރީގެ ރައީސް މައުމޫނުގެ ދައުރުގައި “އަމުރު” ކުރުމުގެ ބާރު ލިބިދީފައި ޤާނޫނުލް އުޤޫބާތުގެ 88 (ހ) އިން ސައިޒަށް ކަނޑާލާ އުސޫލުންނެވެ. އަޅުގަނޑުމެންގެ އެންމެންގެ އުންމީދަކީވެސް ފާގަތިކަމެވެ. ތަރައްޤީއެވެ. އެހެންމެންވެސް އެއްބަސްވާ ކަމަކީއެއީއެވެ. ކޮންމެމީހަކު ވެރިކަމުގައި ހުއްޓަސްމެއެވެ.

‮ ‬20‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. އެސްފީނާ ޖެހިފައިވާ މީހާ‮ ‬ވިދާޅުވީ


    ތާރީޚް:11/11/2009

    ވަރަށް ފުރިހަމަ ލިޔުމެއް. ނިކަންވިސްނަވާ މިހާރު ޑިމޮކްރަސީ ފެއަރ އަށޭ ކިޔައިގެން އެކުރާ ޚަރަދުތައް. ހއ. އަތޮޅު އެކައުންޓުން 1 ލައްކަ ރުފިޔާ، ހދ. އަތޮޅު އެކައުންޓުން 1 ލައްކަ 10 ހާސް ރުފިޔާ، ށ. އަތޮޅު އެކައުންޓުން 80 ހާސް ރުފިޔާ، މުޅި ޖުމްލަ 3 އަތޮޅު އެކައުންޓުން 2 ލައްކަ 90 ހާސް ރުފިޔާ. މީގެ އިތުރުން ވިޔަފާރިވެރިންގެ އެހީއާއި ސަރުކާރުގެ ބަޖެޓުން ހިނގާ ޚަރަދުތަކާއިއެކު 3.5 ނުވަތަ 4 ލައްކަ ވަރު ހޭދަކުރާނެކަމަށް ބެލެވޭ. މިވަގުތު ރައްޔިޔުންގެ މާލިއްޔާއިން ޚަރަދުކޮށްގެން މިއަށްވުރެ އިސްކަންދޭން ޖެހޭކަމެއް މަސްތުވާތަކެތީގެ ވަބާ ހުއްޓުވުން. ކީއްތަވާނީ މިފައިސާތައް ޚަރަދުކޮށްގެން ކޮންމެ ރަށަކަށް ދީނީ ނަޝޭޙަތްދިނުމުގެ ޕްރޮގްރާމެއް ހިންގިއްޔާ. މިރަށަށްވެސް އަދިއެއް ސަރުކާރުގެ ޚަރަދުގައި ދީނީ ދަރުސެއްދޭކަށް މީހަކު ގެނައިކަމެއް މަށެއް ނުދެނެހުށިން. އެކަމަށްވެސް ދީނަށް ލޯބިކުރާ ކުދިންކޮޅެއް އިސްނަގައިގެން ޗަންދާ ނަގައިގެން މިރަށަށް ދަރުސްދޭނެ މީހުންގެންނަނީ. މިހާރު އެސޮރުމެން ވަނީ ނޫރު ޖަމިއްޔާގެ ނަމުގައި ޖަމިއްޔާއެއް ރަޖިސްޓްރީ ކޮށްފައި. ހދ. އަތޮޅުކޮމެޓީ މީހުން ބުނާތީ އިވޭ އަތޮޅު އެކައުންޓުގައި ހުރީވެސް 3 ލައްކައެއް ހާ ރުފިޔާއޭ، އޭގެ ތެރެއިން 1 ލައްކަ 10 ހާސް މިދިނީ މި ފެއަރ އަށޭ.

  2. އެސްފީނާ ޖެހިފައިވާ މީހާ‮ ‬ވިދާޅުވީ


    ތާރީޚް:11/11/2009

    އަވަސް ޚަބަރު!!!!! (އަދަދުތައް މުޅިން ކަށަވަރުނުވޭ)
    އަންނަ އަހަރު ސުކޫލްތަކުން ޓީޗަރުން މަދުކުރަން ނިންމައިފިޔޯ…. ތުންތުންމަތިން އިވޭ ގޮތުގައި ތައުލީމީ މަރުކަޒުން އެކަނިވެސް 22 ނުވަތަ 44 މުވައްޒަފުން ކަނޑާލަޔޯ… މީގެތެރޭގައި ދިވެހިންނާއި ބިދޭސީން ހިމެނޭ.
    އުންމީދުކުރަން މިކަމުގެ ހަޤީގީ މަޢުލޫމާތު ކޮންމެވެސް ބޭފުޅަކު މިސައިޓް މެދުވެރިކޮށް ދެއްވާނެ ކަމަށް.

  3. ސާމާނުބެ‮ ‬ވިދާޅުވީ


    ތާރީޚް:11/11/2009

    އެއްވެސް ސިޔާސީ ކުއްވެރިއަކުނެތި އެއް އަހަރު ވެރިކަން ކޮށް ނިންމާލީއެވެ. އަދިވެސް ޑރ. ބޮނޑިބަތް ޖަމީލު ތަންމިނަށް އަނގަފުޅާކޮށްފައި ޑިމޮކްރެސީއޭ، ވަތުއޮޑިއޭ، ވަތު ބަތާނަޔޭ ކިޔައިގެން އަނގަ ތަޅުވާނެއެވެ. ބޮޑިބަތް ޖަމީލުއެވެ! ޑިމޮކްރެސީއަކީ ކަލެއާއި ހަސަން ސައީދު ރައްޔިތުންނަށް އަނިޔާދީދީ ތިއްބާ ރައްޔިތުންގެ ބުރަ މަސައްކަތުން ގެނެސްފައިވާ އެއްޗެކެވެ. ކަލޭ ހުރީ ޖަސްޓިސްގެއެވެ. ހަސަނު ހުރީ ދައުވާކުރާށެވެ. ކަލޭ ބަލާބަލާށެވެ. ސިޔާސީ ކިތަށް ކުއްވެރިން ކަލެއާއި ހަސަން ސައީދުވަނީ ނުހައްގުން އަދަބުދީފަ ހެއްޔެވެ؟ މިއަދު ހަސަން ސައީދުއަށް ވެރިކަން ނުލިބި، ކަލޭ ސަރުކާރުން ބޭރުކޮށްލާ ރާޑިކޮށްލީމާ ދެން އަނގަ ހަލުވަން ނުހަދާށެވެ. އަނެއްކާވެސް ރައްޔިތުން ނިކުމެ ކުޅި ދައްކާލަފާނަމެވެ.

    ބޮނޑިބަތް ޖަމީލުއެވެ. ކަލެއަކީ ތަނެއްދޮރެއް، ދޮރު އައްޓެއް ނޭންގޭ މީހެކެވެ. ކަލެއާއި ހަސަން ސައީދުއަކީ ބޮޑު ދެ ރޯނުއަދުރުންނެވެ. ނޭންގޭ ކަމެއް މި އުޑުދަށުގައި ނެތެވެ. ކަލޭމެން ދެމީހުންވަރުގެ މާލީ ކަންކަން އިނގޭބަޔަކުވެސް ނެތެވެ. ޑިމޮކްރެސީ އިނގޭ ބަޔަކުވެސް ނެތެވެ. މާބަނޑު އަންހެނުން ވިއްސަން އިނގޭބަޔަކުވެސް ނެތެވެ. މިއީ ދެން ކިހާ ބޮޑު ބަލާވެރިކަމެއް ހެއްޔެވެ. މިގައުމަށް މިގެނެސްފައިވާ ފުރިހަމަ ނިޒާމު ފުނޑު ފުނޑު ކޮށްލަން ކަލޭމެން ދެމީހުން ތިރާވާ ހީލަތްތެރި ރޭވުމަށް މިގައުމުގައި ދެން ފުރުސަތެއް ނުދޭނަމެވެ. ރައްޔިތުންގެ ފުރިހަމަ ބާރު ދައްކާލާ، ކަލޭމެން ދެމީހުން ސައިޒަށް ތިރި އަރުވާލާނަމެވެ. ރޯނު އެދުރު ނުހެދޭށެވެ. ތިމާމެންގެ އަމިއްލަ ޕާޓީގެ ހައިބަތު ބަލާބަލާށެވެ. ތިމާމެންނަށް ރައްޔިތުންގެ މަޖްލީހުން ލިބުނު ގޮނޑީގެ އަދަދު ބަލާށެވެ. އެޔަށްފަހު އަނގަ ތޮރުފާށެވެ.

    ބޮނޑިބަތް ޖަމީލުއެވެ! ތިޔަ ބޮޑާކަމާއި، ކިބުރުވެރިކަން ކަލޭގެ މައިންބަފައިން ކައިރި ދައްކާށެވެ. އެހެންނޫނީ އިނދެގެން އުޅޭ އަނބިމީހާ ކައިރި ދައްކާށެވެ. ކަލޭ ޓީވީ އަކަށް އަރާ އިންޓަވިއުއެއް ދިނަސް ހުންނަނީ ރަތްވެފައެވެ. ތުރު ތުރު އަޅައަޅާއެވެ. ތިއީ ދެން ވެރިކަން ނުލިބުނަސް ބޮޑުވަރެކެވެ. ބޮނޑިބަތް ޖަމީލުއެވެ! އަންނި ގެ ގަދަކަމަކީ އެހެރީ ބުނެލާފަ ވެރިކަމަށް އަރައެވެ. އަޅެ ކަލޭ ކެރެންޏާއި، ތިމަންނައާއި ހަސަނާއި ދެން މިގައުމުގައި ވެރިކަން ކުރާނަމޭ ބުނެބަލާށެވެ. ބޮނޑިބަތާއެވެ! މިގައުމުގެ ވެރިކަން ކަލެމެން ކަހަލަ ޖައްބާރުންނަށް ސޮރީއެވެ.

  4. ސާމާނުބެ‮ ‬ވިދާޅުވީ


    ތާރީޚް:11/11/2009

    ޑރ. ޖަމީލުއާއި ޑރ. ހަސަން ސައީދު ދަލުބޭރުން ނުޖެހޭށެވެ. ދިވެހި ސަރުކާރު ޒިންމާދާރުކުމުގެ ޒިންމާ ގައުމީ ޕާޓީއަކާ ދިވެހި ރައްޔިތުން ހަވާލެއްނުކުރެއެވެ. ނުވެސް ކުރާނެއެވެ. ރައްޔިތުންގެ މަޖްލީހުގެ އިންތިހާބުގައި ހުސް ޑިގްރީ މީހުނޭ ކިޔައިގެން 25 މީހުން ގައުމީ ޕާޓީނަމުގައި ކުރިމަތިލީމާވެސް ހަގީގަތުގައި އެކަކުވެސް ނުހޮވުނެވެ. ރިޔާޒަކީ ކުރީގެވެސް ތ. އަތޮޅުގެ މެންބަރެވެ. ދެން އައްޑު އަތޮޅުން އާދިލް ހޮވީ އެއީ ސަރުކާރު ބަދަލުކުރުމުގައި އުޅުނު އެމް.ޑީ.ޕީ ދަންނަ ހީވާގި ޒުވާނަކަށްވާތީއެވެ. ކޮންމެހެން ޑރ. ހަސަން ސައީދުއާއި ޑރ. ޖަމީލުއަށް ރައްޔިތުން ކުރާ ތާއިދަކުންނޫނެވެ.

    ޑރ. ޖަމީލުއެވެ! ލޯ ބޮޑުކޮށްފައި ޓީވީ ތަކަށްއަރާ އިންޓަވިއުދީ ޑިމޮކްރެސީގެ ވާހަކަ ދުވާލަކު 1000 ފަހަރު ކިޔަސް ތިޔައީ ޑިމޮކްރެސީއާއި ވަރަށް ބީރައްޓެހި ތާކުންތާކު ނުޖެހޭ މީހެއްކަން ދިވެހިރައްޔިތުން ދަނެއެވެ. މާ ބޮޑަށް ހަށިފުޅާކޮށްފައި ސަރުކާރަށް ފާޑުކިޔެން ނެތްކަންކަމާ ފާޑުނުކިޔާ މަޑުމަޑުން ލޯ ފާމް ހިންގަންތިބުން ބުއްދިވެރިއެވެ. ސަރުކާރުން ގައުމުގެ ތަރައްގީއަށް ކުރާ މަސައްކަތްތަކަށް ހުރަސްއަޅާ، އެންޓި ކޮރަޕްސަން ކޮމިސަނަށް މައްސަލަ ލުމުގެ ބަދަލުގައި ތިމާމެންގެ އަމިއްލަ ޕާޓީ ހަރުދަނާ ކުރުން ބުއްދިވެރެއެވެ. ޕާޓީތެރޭގެ އިންތިޙާބު ބާއްވާ، ޕާޓީއަކީ ޑިމޮކްރެސީއާއި ރައްޓެހި ޕާޓީ އަކަށް ހެދުން ބުއްދިވެރިއެވެ. ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާއިން ހިފާފައިވާ އޮފީހުގައި އަމިއްލަ ލޯ ފާމު ހިންގުން އެއީ ޙިޔާނާތުގެ މައްސަލައެއްގެ ގޮތުގައި އަމިއްލަ އަށް އެންޓިކޮރަޕްސަން އަށް ދިޔުން ބުއްދިވެރިއެވެ.

    ޑރ. ޖަމީލުއެވެ! އަދި ތިއުޅެނީ ފެންވަރު އޮޅިގެންނެވެ. ޑރ.ގެ ލަގަބު ކުރިއަށް ލިޔަސް، ސިޔާސީ ކަންކަމަކީ ނިކަން ހިކުމަތު އަމަލީ ބޭނުންކޮށްގެން ކުރެވޭ ކަމެކެވެ. ސިޔާސީ ގޮތުން މީހާ ތަސައްރަފު ފުދުން ވަރަށް ބުއްދިވެރިއެވެ. އެހެންނޫނީ ރައްޔިތުން ފަހަން ފަށާނެއެވެ. ޑރ. ޖަމީލުއެވެ! ތިޔަ ބޮޑާކަމާއި، ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންނާއި އެއް ހަމައަކަށް ތިރިވާށެވެ. އިއްޒަތުއް ނަފުސަކީ ޕާޓީގައި ގެންގުޅޭ އަމީން ދޭ އެއްޗެއްކަމަށް ނުބަލާ ނިކަން ސައިޒަށް ތިރިވެބަލާށެވެ. ރަށުތެރޭގައި ޖަމީލުއާއި ބެހޭގޮތުން ދައްކާ ވާހަކަތަކަށް ޖަވާބުދާރީވެބަލާށެވެ. މަދަނީ ކޯޓުގެ އިސްގާޒީ ކަމުގައި ހުރެ، ތްރީއޭ ކުންފުނިބެހުމުގައި ވީކަންތައްތަކަށް ޖަވާބުދޭށެވެ. ޖަމީލުއެވެ. ދިވެހިރާއްޖޭގެ ވެރިކަން ހުވަފެނުގައި ފެނުނަސް ތިޔައީ ދެން ވާނެކަމެއްނޫނެވެ. އުމުރު ދުވަހު އުޅުނަސް މިގައުމުގައި ކަލޭމެން ފަހަތުން ދުވާނެ ހަމަ އެއްވެސް މީހެއްނުވާނެއެވެ. ދެން ވެރިކަން ސޮރީއެވެ. ވަރަށް ބޮޑަށް ސޮރީއެވެ.

    އެންމެ ފަހުން ޕާޓީގައި ތިބި 2 މެންބަރުންވެސް ގެއްލުނީއެވެ. ޕާޓީވެސް ރޫޅުނީއެވެ. މިހާރު ގުނާލިޔަސް 30 މީހުންވެސް ތިޔަޕާޓީގައި ހަމަ ނުވާނެއެވެ. ބޮޑާކަމާއި، އަމިއްލަ އެދުން އިސްކުރުމުން ތިޔަތިބީ ރައްޔިތުންކުރިމަތީގައި ފަލީޙަތްވެފައެވެ. ދެން އަވަހަށް ގޭގެ މަޑުކޮށްލާށެވެ. ދެން އުނބަށްޖަހާފަ ގޮސް ޑީ.އާރު.ޕީ އަށް ވަންނާށެވެ. ޕަކަޕަކާސް

  5. ސާމާނުބެ‮ ‬ވިދާޅުވީ


    ތާރީޚް:11/11/2009

    ޑީއާރުޕީގެ ޒައީމް މައުމޫނުގެ ހުދުމުހުތާރު އަނިޔާވެރި 30 އަހަރުގެ ވެރިކަމުގެ ފަހު އަހަރުތަކުގަ އުފެދުނު އެމްޑީޕީގެ އެންމެ ފުރަތަމަ މަސައްކަތަކަށްވީ އެނުލަފާވެރިކަން މިގައުމުން ފުހެލާ އެކަމަށް ނިމުމެއްގެންނާށެވެ. އެވަރުގަދަ ޖިހާދުފެށިދުވަސްވަރަކީ މައުމޫނުގެ ނުލަފާކަން ދިވެހިންނަށް ފެނިގެން އެކަމާ އެއްވެސްމީހަކު ޗުއްޕުވެސް ބުނަންނުކެރި ތިބި ޒަމާނެކެވެ. ވާނީވެސް އެހެންތާއެވެ. އެވެރިކަމާ ނުރުހުމުގެ ގޮތުން ތުންއަނބުރާލި މީހަކުވެސް މާފުށީ ޖަލާހަމައިން ގެއްލުނީއެވެ. ދެންފެންނަނީ ހޯދަންބޭނުންވެގެން އެމީހެއްގެ ފޮޓޯއެވެ. އެ ފޮޓޯތަކުގަފެނުނުމީހުންގެ ކަށިތައްމިވަނީ ވަރަށްފަހުން ހަމަ އެޖަލުން ފެނިފައެވެ. އެހެންނަމަވެސް މިކަމަކަށް ފަހެއްނުޖެހި އެމްޑީޕީގެ ފަހުލަވާނުން ދިޔައީ އެއްއަޒުމެއްގަ މަސައްކަތްކުރަމުންނެވެ. ދިވެހިންގެ ހިތްވަރުގަދަކަމުގެ ނަމޫނާ ގ.ކެނެރީގޭ މުހައްމަދު ނަޝީދާއެކު އެމަޑީޕީގެ ފަހުލަވާނުން ދިޔައީ މަގުމައްޗައް ނިކުންނަން ޖެހިއްޖެ ފަހަރަކު އެކަންވެސްކުރެއެވެ. ހަމަނިކުންނައިރަށް ދަމާކޫއްތާފަ ކުޑަގޮޅިއަށްލައެވެ. އެތަނުގަވެސް އިސްތިއުފާއަށްގޮވަމުންދިޔައެވެ. މިހާލުގަ ގޮޅިގަހުރެ ރައްޔިތުންގެ ޚާއްސަމަޖިލީހުގެ މާލޭގެ ގޮޑި ކާމިޔާބުކުރި ފަހުލަވާނަކީ ކުރީގެ އެމްޑީޕީގެ ރައީސް އިބްރާއެވެ. ގާނޫނުއަސާސީ އިސްލާހުކުރުމުގެ މަރުހަލާގައި ޚާއްސަމަޖިލީހުގަ އެމްޑީޕީއަށް ނިސްބަތްވާ މަދު ހިތްވަރުގަދަ މެންބަރުން ކަށިންހިތްވަރުނެރެގެން ކުރިމަސައްކަތުގެ ނަތީޖާއަކީ އޭރުގެ ވެރިކަންކުރި އަދި މަޖިލީހުގެ މެޖޯރިޓީ ޑީއާރުޕީ މީހުން ބޭނުންވިހާ ގޮތްގޮތަށް ގާނޫނުތައް ފާސްނުވެ، ދިވެހި ރައްޔިތުން އެދިއެދި ތިބި، މިނިވަންކަމާ، އެންމެންގެ ހައްގުތައް ރައްކާތެރިވާ އަދި ހުރިހާ އެންމެން ހަމަހަމަ ވާގޮތަށް ހެދިފަވާ އާގާނޫނު އަސާސީއަކަށް އަމަލުކުރަންފެށުމުގެ އުފާވެރިކަން ދިވެހި އެންމެހާ ރައްޔިތުންނަށް ލިބިގެންދިއުމެވެ. މިކަމުގެ ޝުކުރު ރީކޯ މޫސައަށް، އިބްރާއަށް، ސަމީރަށް، އަދި އޭރުގެ ސަރުކާރާ އިދިކޮޅު ހިޔާލުގެންގުޅުނު ހުރިހާ މެމްބަރުންނަށް ދަންނަވަމެވެ. އެއީ ގައުމީ ބަތަލުންނެވެ. މައުމޫނަށް އެއްޗިހިގޮވިއަޑުއިވިގެން ދުނިޔެދޫކުރިމީހުން ޝަހީދުންނަށްވީގޮތަކަށްނޫނެވެ.

    އާގާނޫނު އަސާސީގެ ދަށުން ނެގުނު ފުރަތަމަ މަލްޓި ޕާރޓީ އިލެކަޝަންގަ އެމްޑީޕީ އިއްތިހާދުން މައުމޫނުގެ މައްޗައްހޯދި ކާމީޔާބަކީ ޑީއާރުޕީއޭގެ ފުރަތަމަ ބައްޔެވެ. މިބައްޔަށްފަހު އަނގަތައް ފަހައިގެން ހަރުހަރުގަ ފިލާތިބިމީހުން އަނެއްކާވެސް ނިކުންނަން ހިތްވަރެއްލިބުނީ، މިސަރުކާރަކީ އިދިކޮޅު ހިޔާލުގެ މީހުންނަށް ޖާގަދޭ އަދި އެއްޗެކޭ ބުނާއިރަށް ދަމާކޫއްތާފަ ކުޑަގޮޅިއަށް ނުލާނެ ސަރުކާރެއްކަން ރއީސް ނަޝީދު ހާމަކުރުމުންނެވެ. އެހިސާބުން ބެލީ ބަފާ ވީ ބަލީގެ ބަދަލުހިފުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ދަރި ގައްސާނު ގެންނާށެވެ. އެކަމަކު އެކަންވީ ޑީއާރުޕީއޭގެ ދެވަނަ ބައްޔަށެވެ. އެކަންވެސް ވީ ނާކާމިޔާބެވެ.

    މިހިސާބުން ޔާމީނު ފޮރުވާފަހުރި ލާރިތައް ޚަރަދުކޮށްގެން އަލީވަހީދު، އަލްހާނު އަދި ނިހާނުމެން ގާނާ ލިއެވެ. ބޭނުމަކީ މައުމޫނު މުސްކުޅިވީ ދުވަހު ވަންނާނެ ގެއެއްނެތިގެން ވަންނަންޖެހުނީ ވެރިކަމާހެދި ފަންޑިތަހެދި އިއްލަބެގެއަށެވެ. މިކަމާގަންނަ ލަދަކުން ނަސްރީނާގެ ތައްޕާހުގަ އުޅެންޖެހޭތީ ދައުލަތުން ހުންނާނެ ތަނަކާ ލާނެއެއްޗަކާ ބޯނެއެއްޗެއްދޭންޖެހޭގޮތައް ބިލެއް ޑްރާފްޓްކޮށްފަ ނިހާނު ބޯއީ ލައްވާ ހުށަހެޅީ މަޖިލީހުގެ މެޖޯރިޓީ އަތީމަ އެކަން ކޮށްލާނެކަމަށް ހިތައެވެ. އެކަމަކު އެކަންވެގެން ދިޔައީ މި ޑީއާރުޕީއޭގެ ތިންވަނަ ބައްޔަށެވެ. މިހިސާބުން ކަންތައްތައް ވަރަށް ގޯސްވެގެން ޒައީމުގެ ބަލިހާލުބޮޑުވުމުން ދެންރޭވީ ހަޅުތާލު އުމަރަށް ލޯނެއްދީގެން ސަރުކާރު ވައްޓާލެވޭތޯ އުޅޭށެވެ. މިގޮތުގެ މަތިން ބައިއަތު ހިފައިގެން ނޮވެމްބަރު 3 ވަނަ ދުވަހު ނިކުމެގެން ކަންތައްވީ ދިމާ އިދިކޮޅަށެވެ. ސަރުކާރު ވެއްޓުމުގެ ބަދަލުގަ އެކަންވީ ޑީއާރުޕީއޭގެ ހަތަރުވަނަ ބައްޔަށެވެ. އޭރު ޑރ. ޝަހީދު ވަނީ ޑީއާރުޕީ ކަރަންޓީނުކުރަން އަންގާފައެވެ. މިހިސާބުން މިކަމާ ތުންފިތިގެން އެފަކީރު މިނިސްޓަރުކަމުން ދުރުކުރަން މަސައްކަތްކުރަންނިންމިއެވެ. އެހިސާބުން ރާއްޖޭން ބޭރުން މިސަރުކާރަށް ލިބޭ އެހީތައްވެސް އޭރުން ނުލިބޭނެކަމަށް ހިތައެވެ. އެނަމެފަހުން މިއަދު އެކަންތަކުގެ ނަތީޖާވެސް ލިބުނީ ދިމާ އިދިކޮޅަށެވެ. މިކަންވެގެން ދިޔައީ ޑީއާރުޕީއޭގެ ފަސްވަނަ ބައްޔަށެވެ. ފަސްފަހެތިން………

    މިކަންތައް މިހެންވެގެންދިޔައިރު އިތުރު ކަންތައްތަކެއްވެސް ޑީއާރުޕީއޭއަށް ތަހައްމަލުކުރަންޖެހުނެވެ. މުސްތަގުބަލުގެ ރައީސްކަމަށް އެމީހުން ނެރޭނަމޭ ކިޔައިގެން އުޅުނު އަލްހާނު ފަހުމީ އަށް ހަމަވިސްނުންވިސްނި ރިފޯމް ނަޝީދު އެޕާރޓީ ދޫކޮށްލީއެވެ. ހުރިހިތާމައެއްގެ ބޮޑުކަމާ…..މައުމޫނު ނެތުމުން މިލިބުނު ހިތާމައެއްގެ ބޮޑުކަމާ….އެސޮރު ރާއްޖޭގަ ހުރިނަމަ މިއަދަކީ ހިތްހުއްޓޭނެކަމަށް ލަފާކުރެވޭދުވަހެވެ. އަނެއްކޮޅުން އުމަރު އެހުރީ ނޮވެމްބަރު 11 ގަ ރައީސްކަމުގެ ހުވާކުރަން ތައްޔާރުވެގެންނެވެ. އަދި ހަމަ އެހެންމެ ދީނުގައި ހަރާމް ކުރައްވާފައިވާކަމަށް ބުނާ އާކަމެއް އަފްރާޝީމު ބުނެދިނީވެސް މިއަދުއެވެ. އިސްރާއީލާ ގުޅުން ގާއިމް ކުރުމަކީ ދީނުގަ ހަރާމްކަމެއްކަމަށް ވަރަށް ހަރުއަޑުން ބުނެ އިއްވިއެވެ. ޖެހިޖެހިގެން މިކަހަލަ ބޮޑެތި ބަލިވުންތަކާ ކުރިމަތިލާންޖެހުން މީ އެމީހުންގެ ހަލާކެވެ. ދެންވެސް އިދިކޮޅު ޕާޓީއޭ ބޮޑު ޕާޓީއޭ ނުކިޔާ ސައިޒުގަ ތިބޭށެވެ. އެހެންނޫނީ މައުމޫނަށް ރަޖީވަގާނދީ ދޭންއުޅުނު މަލިކަށް ގޮސް އެތަނުގެ ވެރިކަން ލިބޭތޯ ބަލަންފަށާށެވެ. ދީމިގްރާތީ ފެތުރޭނެ އެހެންގޮތެއް އޮތްހެނެއް ހިއެއްނުވެއެވެ. އަންނިއަށް ނޮބެލް ޕްރައިސް ނުލިބެނީސް މިގައުމުވެސް ދޫކުރަން އަޅުގަނޑު މައުމޫނަށް އިލްތިމާސްކުރަމެވެ. އަލީ ވަހީދު ދެން ލަލަލާ….އަނެއްކާވެސް ފިލައިގެން އުޅެންފަށާށެވެ.

  6. މަންގަނޑުމަތި‮ ‬ވިދާޅުވީ


    ތާރީޚް:12/11/2009

    މިޔަކަށް ނުކިޔާނެ ޑިމޮކްރަސީ އެކޭ. ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަން އޮވެޔޯ. އެކަމަކު ދައްކާ އެއްވެސް ވާހަކައެއް ހަޖަމު ކުރެވޭ ކަމަކަށް ނުވޭ. ސަރުކާރާ ދެކޮޅު ވާހަކަ ދައްކާމީހުން އުލުބައިދާ ވަޒީފާއިން އެބަ ވަކިކުރޭ. މިއެއް ނޫން ޑިމޮކްރަސީ އަކީ.

    ދެން ވަޒީފާއިން ވަކިކޮށްފަ ދޭން އެބުނާ ޕެކޭޖް. އެއްވެސް މީހަކަށް އެބުނާ ދޮޅުލައްކަ ދިންތަ. ހަމަ ހުސް ވައިއަނގަ. ސިވިލް ސާވިސް ގާނޫނުގަ އޮވޭ ލާރިތަކެއް ދޭން ވަޒީފާއިން ކަނޑާނަމަ. ނަމަވެސް އެފޯމިއުލާ ޖަހައިގެން ހެދީމަ ނާދޭ ދޮޅުލައްކައެއް. ވިއްސަކަށް ހާސް ނުލިބެޔެކޭނޫން. އެކަމަކު ލައްކަ އެއްވަރު ކިރިޔާ ކައިރިވަނީވެސް ސަރުކާރަށް 25 އަހަރަށް ވުރެ ގިނަދުވަހު ޚިދުމަތްކޮށް ރަނގަޅު ވަޒީފާއެއްގައި ހުއްޓާ ކަނޑާލާނަމަ. އެހެންމީހުންނަށް ލިބޭނީ ކުޑަ ލާރިކޮޅެއް. ދެން އެލާރިކޮޅުވެސް ދޭން ޖެހިދާނެތިން އެތެރެއެތެރެއިން ހާދަ ކުޅިގަނޑު ގަނޑު އެބަކުޅެޔޭ ކުންފުނިތަކާ އެއްޗެހި ހަދައިގެން. ބާކީ ހަތަރު އަހަރެއް ތި ދޮގުތައް ހަދަން ތިބޭކަށް ބޭނުމެއް ނޫން. އިސްތިއުފާ ދެއްވާ ފަ ވިލާތައް ކަނޑާލާ.

  7. މަންގަނޑުމަތި‮ ‬ވިދާޅުވީ


    ތާރީޚް:12/11/2009

    ސާމާނުބެ ސާމާނުބޮނޑި ތޮއްވަރިޔަށްލައިގެން އިނދެބަލަ. ކޮންމެހެން މިތަނަށް ސާމާނުބޮނޑި ބަންޑުން ނުޖަހަ. އަޖައިބެއް ތޯޗެ.

  8. DOg‮ ‬ވިދާޅުވީ


    ތާރީޚް:12/11/2009

    މިއާޓިކަލު އެއްކޮޅުން އަނެއްކޮޅަށް 10 ވަރަކަށް ފަހަރު ކިޔައިފިން، ވަރަށް ފުރިހަމަ، އެކަމަކު ކޮމެންޓްތައް ކިޔާ ލުމުން އިތުރަށް އާޓިކަލް ކިޔަންޖެހިގެން 03 ފަހަރު ކިޔައިފިން، އާރޓިކަލުގެ އެއްވެސް ތަނެއްގައި ޑރ. ހަސަނާއި ޖަމީލުގެ ވާހަކައެއް ލިޔެފައިވަނިކޮށް ނުފެނުމުން، އަނެއްކާ މިވާގޮތެއް ނޭނގުނު، އެނގޭ ކުއްޖަކު ސާފްކޮށްލަދިނުން އެދެން.

  9. ސާމާނުބެ‮ ‬ވިދާޅުވީ


    ތާރީޚް:12/11/2009

    އިޒްރޭލާއެކުގުޅުން ނުބާއްވަންޏާ، އެމެރިކާއާއި ޔޫރަޕާއެކު ދިވެހިރާއްޖޭން ބާއްވާގުޅުން އަވަހަށް ކަނޑާންލަންވީއެވެ. މުސްލިމުންނަށް އަނިޔާކޮށް، ޤާނޫނަށް ބޯނުލަނބާ ބަޔަކާ ގުޅުން ކަނޑަންޏާ، މައުމޫނާއި ޑީއާރްޕީއާއެކު ދިވެހިން ބާއްވާ ގުޅުން އަވަހަށް ކަނޑާލަންވީއެވެ.

  10. DOg‮ ‬ވިދާޅުވީ


    ތާރީޚް:13/11/2009

    މައުމޫނު އަބްދުލްޤައްޔޫމް މިއީ މުސްލިމް ނަމެކެވެ. އިޒްރޭލް މިއީ އެއްވެސް ދައުލަތެއްކަމުގައި ނުހިމެނޭ ވަކިބަޔަކަށް ކިޔާ ނަމެކެވެ. މިމީހުންނަކީ މުސްލިމުންނެއް ނޫނެވެ. މިމީހުންނަކީ މާތް ނަބިއްޔާ މުޙައްމަދުގެ ފާނަށް އީމާންވާ ބައެއް ނޫނެވެ. ދެން އެމެރިކާ މިއީ މުސްލިމުންވެސް އެގައުމެއްގައި ތިބި ދައުލަތަކަށް ކިޔާ ނަމެކެވެ. ވީ ހިދު އިޒްރޭލާ ހަމަހަމަ ވާނީ ކިހިނެއްތޯއެވެ. އިސްލާމެއް ގޮތުގައި ހުރެ އިޒްރޭލް ގަބޫލް ކުރަނީނަމަ ގްރުއާން ތަރުޖަމާ އެއްކޮޅުން އަނެއްކޮޅަށް ކިޔާލާ އެއީ ހަމަ އެންމެ ރަގަޅު ކަމެއްކަމަށް ގަބޫލުކޮއްފިނަމަ މައްސަލައެއް ނެތެވެ.

  11. ސާމާނުބެ‮ ‬ވިދާޅުވީ


    ތާރީޚް:13/11/2009

    ބަލަ ޑޯގް ކަލޭތިބުނާ މައުމޫނޭ ބުނީ ޤްރުއާނުގެ ތަރުޖަމާއަކީ ހުއްޖަތެއްނޫނޭ.

  12. ސާމާނުބެ‮ ‬ވިދާޅުވީ


    ތާރީޚް:13/11/2009

    ޔަހޫދީންއުޅޭ އެޤައުމަކީ ވަރަށްގިނަ ޤައުމުތައްފަދައިން އ.ދ.ގެ މެމްބަރު ޤައުމެކެވެ. ނުވަތަ ދަވްލަތެކެވެ. އެދަވްލަތަކީ ދިވެހިރާއްޖޭގެ މިޤާނޫނުއަސާސީ ވުޖޫދަށްއައިއިރުވެސް އުފަންވެފައިވާ ދަވްލަތެކެވެ. އެދަވްލަތުގެ ސިޔާސަތާއި ޙާލަތު ދުނިޔޭގެ އެންމެންނަށްވެސް އެނގި ހާމަވެފައިވާ ދަވްލަތެއް މެއެވެ. އަދި މީގެކުރީން ދިވެހިރާއްޖޭން ޑިޕްލޮމެޓިކް ނުވަތަ ސިޔާސީގުޅުން އުފައްދާފައިވެސްވާ ދަވްލަތެކެވެ. އޭގެފަހުން ބޭރުފުށުން އެގުޅުމުގެ އަސަރުތައް ރަސްމީ ސިފައެއްގައި ފެންނަން ނެތްނަމަވެސް ޙަޤީގަތަކީ އެއީއެވެ. ވުމާއެކު އިސްރާއީލުގެ ސިޔާސަތާއި ޙަގީގަތް މުޅިދުނިޔެއަށާއި ދިވެހިރާއްޖެއަށް އެނގި ހާމަވެފައިވާއިރުވެސް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި އެއްވެސް އިސްތިސްނާއެއް ނުވަތަ ގައިދެއްނެތި ހުރިހާ ޤައުމުތަކަކާވެސް ގުޅުން ޤާއިމުކުރުމުގެ ޤާނޫނީ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުއަސާސީން އެވަނީ ދީފައެވެ. ވީމާ އެއާ ދޭތެރޭގައި އެނަޒަރުން ދެކޮޅު ހެދޭނޭ ތަނެއް ޤާނޫނީގޮތަކުން ނޯންނާނެއެވެ.

    މިމަސްއަލާގައި ދީނީ ނަޒަރަކުން ބަލައިގެން ބަޙުސްކުރާއިރު އެނަޒަރުން އެބެލެނީ ކީއްވެތޯ ބަލަމާ ހިންގަވާށެވެ! އެއީ ޔަހޫދީ ދީނަށް ނިސްބަތްވާ ޤައުމެއް ކަމަށްވެފައި ދިވެހިރާއްޖެއަކީ އިސްލާމީ ޤައުމަކަށްވާތީ ކަމަށް ވެދާނެއެވެ. ނަމަވެސް އިސްރާއީލުގައި އުޅެނީ ހުސްއެކަނި ޔަހޫދީންނެއް ނޫނެވެ. އެތާނގެ ރައްޔިތުންގެގޮތުގައި މުސްލިމުންނާއި ނަޞާރާއިންވެސް އުޅެއެވެ. ނަސްލުގެގޮތުން ބަލާއިރު ޢަރަބީންވެސް ހިމެނެއެވެ. މިޙަޤީގަތް މިހެން އޮތުމާއެކު ދިވެހިރާއްޖޭން ގުޅެނީ އެހުރިހައި ދީނެއްގެ މައްޗަށް އެކުލެވޭ ދަވްލަތަކާ ކަމަށްވިޔަސް އެގުޅެވެނީ ޔަހޫދީންނަށް އެތާނގައި އަޣުލަބިއްޔަތު އޮވެފައި، ދަވްލަތަކީ ޔަހޫދީ ސިފަ ޖެހިފައިވާ ދަވްލަތެއް ކަމަށްވާތީ ޔަހޫދީންނާ ކަމަށްބެލެވޭނަމަ ޔަހޫދީންނާއި މުސްލިމުން ނުވަތަ އިސްލާމީ ދަވްލަތެއް ބޭރުފުށުގެ އިންސާނީ މުޢާމަލާތާއި ބައިނަލްއަޤްވާމީ މައިދާނުގެ ގޮތުން ގުޅުން މަނާ ކުރަނީ ކޮންއެއްޗެއްތޯއެވެ؟ ދީނީ ކޮން އަސާސެއްގެ މައްޗަށްތޯއެވެ.

    ޔަހޫދީންނަކީ ނަޞާރާއިން (ކްރިސްޓިއަނުން) ފަދައިން އަހުލުކިތާބީންނެވެ. އިސްލާމްދީނުގެ އެންމެ މުހިންމު އަޞްލު އަސާސްތަކަކީ، ކީރިތި ޤުރުއާނާއި، މާތްރަސޫލާގެ ސުންނަތާއި އުންމަތުގެ ނުވަތަ ޢިލްމުވެރިންގެ ޢިޖްމާޢު ކަމަށްވާއިރު، މިމަޞްދަރުތަކުގެ އިތުރަށް އިސްލާމީ ތާރީޚަށް ބެލިޔަސް މުސްލިމުންނާއި އަހުލުކިތާބީންގެ ގުޅުން ވެއެވެ. އަދި އެއީ ރަސޫލު ޒަމާނުއްސުރެން ހިނގަމުން އަންނަ ގުޅުމެކެވެ. ވީމާ އެގުޅުން ހުއްދަ ނޫންކަމަށް ބުނާނީ ކޮން ދީނީ ނަޒަރަކުން ތޯއެވެ؟ ނުވަތަ ދީނީ ކޮން ބިންގަލެއްގެ މައްޗަށްތޯއެވެ؟ އަލްމާއިދާ ސޫރަތުގެ 5 ވަނަ އާޔަތުގެ މަޢުނާގައިވެއެވެ. “މިއަދު ތިޔަބައިމީހުންނަށް ރަނގަޅުތަކެތި ޙަލާލު ކުރައްވައިފިއެވެ. އަދި ފޮތް ލިބުނު މީހުންގެ (އެބަހީ: ޔަހޫދީންނާއި ނަޞާރާއިންގެ) ކާނާވެސް (ކަނޑައެޅިގެން ޙަރާމްކަމަށް އަނގަވާފައިވާ ތަކެތި ފިޔަވައި) ތިޔަބައިމީހުންނަށް ޙަލާލުވެގެން ވެއެވެ. އަދި ތިޔަބައިމީހުންގެ ކާނާ އެއުރެންނަށް ޙަލާލުވެގެން ވެއެވެ. އަދި ޢިއްފަތްތެރި މުއުމިނު އަންހެނުންނާއި ތިޔަބައިމީހުންގެ ކުރީން ފޮތް ލިބުނު (ޔަހޫދީންނާއި ނަޞާރާއިންގެ) މީހުންގެތެރެއިން މިނިވަން އަންހެނުން ތިޔަބައިމީހުނަށް ޙަލާލުވެގެން ވެއެވެ. އެކަނބަލުންގެ ރަން ތިޔަބައިމީހުން އެކަނބަލުންނަށް ދީފިނަމައެވެ.” މިގޮތަށް މިކަންތައްތައް ޙަލާލުކަމަށް އަންގަވައި މިގޮތުގެމަތީން އެއްހާސް އެތައް ސަތޭކަ އަހަރެއް ވާންދެން މިއަދާ ޖެހެންދެންވެސް ކަން ހިނގަމުން ދިޔުމާއެކު، އަދި އެންމެ ވަރުގަދަ ގުޅުމަކީ ކާވެނީގެ ގުޅުމާއި އޭގެ ސަބަބުން އުފެދޭ ދަރިފަސްކޮޅާއި ތިމާގެކަމުގެ ގުޅުން ކަމަށް ވީހިނދު، މިއަށްވުރެން ވަކީން ބޮޑު ގުޅުމެއް އޮންނާނެ ބާވައެވެ. މިފަދަ ގުޅުމަކީ ފަހުން ކިތަންމެ ވަރަކަށް ދެކޮޅުވެރިވެ ޢަދާވާތްތެރި ވިޔަސް ކަނޑާލެވޭނޭ ގުޅުމެއް ނޫނެވެ. ނަމަވެސް ޑިޕްލޮމެޓިކް ގުޅުން، ސިޔާސީ ގުޅުން އަދި އެނޫންވެސް އެހެނިހެން ގުޅުން ތަކަކީ ޙާލަތު ނިޔާކޮށްފިހިނދެއްގައި ކަނޑާލެވޭނޭ ގުޅުން ތަކެކެވެ.

    ބައިނަލްއަޤްވާމީ ގުޅުންތަކާބެހޭ އިސްލާމީ ޢިލްވެރީން ވިދާޅުވާ ގޮތުގައިވެސް، އިންސާނީ ޙަޔާތުގެ ދެމެހެއްޓެނިވި އަދި އެއަށް ބާރުދޭ އަސާސަކީ ތަޢާވުނުވުމެވެ. ފަރުދީ ފެންވަރުގަޔާއި ޖަމާޢީ ފެންވަރުގަޔާއި ބައިނަލްއަޤްވާމީ ފެންވަރުގައިވެސް މެއެވެ. ޅެންވެރިއަކު ކިޔުއްވާފައިވެއެވެ. النّاس للنَاس من بدوِ و حاضرة بعضٌ لبعضِ وإن لم يشعرواخدم މާނަޢީ: ރަށްވެހީންނާއި ބަދުވީންގެ މީހުންނީ އެބައިމީހުންނަށް ނޭގިތިބެވެސް އެއްބަޔަކު އަނެއްބަޔަކަށްވާ ޚާދިމުންނެވެ.

    ފަހެ ހަމަކަށަވަރުން ރަސޫލު صلى الله عليه وسلم ބައިނަލްލަޤްވާމީ ގުޅުންތަކުގައި ތަޢާވުނުވެ އެއްބާރުލުމުގެ މަބުދައު ތަޠުބީޤު ކުރެއްވިއެވެ. މިގޮތުން އަލްމަދީނަތުލް މުނައްވަރާގައި އިސްލާމީ ދަވްލަތެއް ތައުސީސް ކުރެވުނުހިނދު ކުރީއްސުރެ މަދީނާގެ ވަށައިގެން ދިރިއުޅެމުންދިޔަ ޔަހޫދީންގެ ޤަބީލާތައްކަމުގައިވާ ބަނޫ ޤުރައިޡާއާއި ބަނޫ ޤައިނުޤާޢުއާއި ބަނުއް ނަޟީރުއާއެކު އެކަލޭގެފާނު މުއާހަދާއެއް (ޢަހްދުނާމާއެއް ނުވަތަ ކަންވެންޝަނެއް) ކުރެއްވިއެވެ. އެއީ ތަޢާވުނުވުމާއި އަވައްޓެރިކަމުގެ ރިވެތި ގުޅުމާބެހޭ މުޢާހަދާއެކެވެ. އެއީ ޞަޙީފަތުލް މަދީނާގެ ނަމުން މަޝްހޫރުވެފައިވާ އަދި ޔަހޫދީންނާއި އިސްލާމީ ދައުލަތާ ދެމެދުގައި ލިޔެވުނު މުޢާހަދާއެކެވެ. އޭގައި އެއްބަސްވެވިފައިވާ ކަންތައްތަކުގެ ތެރޭގައި، މަދީނާ ހިމާޔަތް ކުރުމާއި، އެމުޢާހަދާގައި ހިމެނޭ މުހާޖިރުންނާއި އަންޞާރުންނާއި ޔަހޫދީންގެ ޙުރުމަތްތެރިކަން ރައްކާތެރިކުރުން ހިމެނެއެވެ. އަދި މުއުމިނުންނާ ބައިވެރިވެ ޔަހޫދީން ހަނގުރާމަ ކުޅައުމާއި އަދި މުއުމިނުންނާއެކު ހަނގުރާމައިގައި ޔަހޫދީން ހޭދަކުރުންވެސް ހިމެނިގެންވެއެވެ. އިސްލާމީ މުއައްރިޚުން ވިދާޅުވާގޮތުގައި ޔަހޫދީން އެއަހްދުނާމާ އުވާނުލާނަމަ ކީރިތި ރަސޫލާ صلى الله عليه وسلم އެމީހުންނާ ހަނގުރާމައެއް ނުކުރެއްވީހެވެ.

    މިޞްރުގެ ދާރުލް އިފްތާއިން އެތާގެ މުފްތީ ފަޟީލަތުއްޝައިޚް ޑރ. މުޙައްމަދު ސައްޔިދު ޠަންޠާވީ، އަދި މިހާރުގެ ޝައިޚުލް އަޒްހަރު ނެރުއްވާފައިވާ ފަތުވާ ފޮތެއްގައި ވާގޮތުންވެސް، އިސްލާމީ ޝަރީއަތުގައިވަނީ މުޅި އިންސާނީ މުޖުތަމަޢުގެ އަފްރާދުންގެމެދުގައި ގުޅުން ގާއިމުކުރުމުގެ މަގު ދައްކަވާފައެވެ. ތަޢާރުފްވުމާއި ތަޢާވުނުވެ އެއްބާރުލުމާއި ޢަދްލުވެރިވުމާއި ރަޙުމްކުރުމާއި ﷲ ތަޢާލާ ހުއްދަ ކުރައްވާފައިވާ މަންފަޢާތައް އެއްބަޔަކު އަނެއްބަޔަކަށް ލިބިދިނުމާއި، އިންސާނިއްޔަތަށް ކުރިއެރުމާއި ބާއްޖަވެރިކަން ލިބެނިވި ރިވެތި ގުޅުންތައް ބަދަހިކުރުމާއި މިފަދަ ރޮނގު ރޮނގުންނެވެ. އަދި ހަމަ އެފޮތުގައި ލިޔުއްވާފައިވާފަދައިން ސަމާވީ ހުރިހާ ޝަރީޢަތް ތަކެއްވެސް ނުވަތަ ދީންތަކެއްވެސް އިއްތިފާޤުވާގޮތުގައި އަދި އެންމެހާ އިންސާނީ ސަލާމަތް ބުއްދިތަކަށްވެސް ޤަބޫލުކުރެވޭގޮތުގައި. މީސްތަކުންގެ މެދުގައި އޮންނަންޖެހޭ ގުޅުމުގައި ނުވަތަ މުޢާމަލާތް ކުރުމުގައި އަޞްލަކީ ސަލާމެވެ. ސަލާމަތްތެރިކަމެވެ. އަމްނު އަމާންކަމެވެ. ހަނގުރާމައަކީ ވަޠަނަށާއި މުދަލާއި ޢިރްޟާއި ނަފްސާއި ދީނުގެ މައްޗަށް އަންނަ ޢުދުވާނީ ހަމަލާތަކާއި އަނިޔާވެރިކަން ދަފްޢުކުރުމަށްޓަކައި (ހަމައެކަނި މިސަބަބަށްޓަކައި، އެހެންގޮތެއް ނެތިއްޖެހިނދެއްގައި) ބޭނުންކުރެވޭ ވަސީލަތެއް ކަމުގައި މެނުވީ ނުވެއެވެ

  13. ސާމާނުބެ‮ ‬ވިދާޅުވީ


    ތާރީޚް:13/11/2009

    ޔަހޫދީ ދީނަށް ނިސްބަތްވެގެންވާ ޤައުމަކާ، ބައިނަލްއަޤްވާމީ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން އެހެނިހެންވެސް ޤައުމުތަކާ ގުޅުން އޮންނަފަދައިން ޑިޕްލޮމެޓިކް ގުޅުމުން ނުވަތަ ތަޢާރުފްގެ ނުވަތަ ތަޢާވުނުވެ އެއްބާރުލުމުގެ ނުވަތަ އިންސާނީ އެހެނިހެންވެސް ގުޅުމުން ގުޅުމަކީ ދީނީ ނަޒަރަކުން ބަލައިގެން އެއީ ހުއްދަވެގެންނުވާ ކަމެއް ކަމަށްބުނެވިއްޖެނަމަ އެއާމެދު ބުނެވެންއޮތީ އެނަޒަރުން ބަލައިފިނަމަ ހުއްދަވެގެން ނުވާނީ އެހެން ބުނެވޭ ބުނުމެވެ. އަދި އެފަދަ ޤައުމަކާ އެގޮތަށް ގުޅުމަކީ ސިޔާސީ ކަމެއްކަމަށްވާނަމަ އެއީ ސިޔާސީ ވެރިންނަށް ދޫކޮށްލަން ޖެހޭކަމެކެވެ. އެހެނީ އެކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ވަރަށް ސާފު ޞަރީޙަކޮށް އެނގެން އެބައޮތެވެ. އޭގައިވާގޮތުން ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ކަނޑައަޅައި ހިންގައި އެސިޔާސަތު ހިނގާ ނުހިނގާގޮތް ބަލައި، ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ގުޅުން ޤާއިމުކޮށް ދެމެހެއްޓުން އެއީ ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުއަސާސީން ހަވާލުކޮށް އެކަމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ޤަނޫނުއަސާސީން ދީފައިވާ ކަމެކެވެ.

  14. ބޮނޑިވަރު މަނިކު‮ ‬ވިދާޅުވީ


    ތާރީޚް:13/11/2009

    ސާމާނުބެއަށް:
    މީހަކު ނަޖިހުން އިންސާނެއްގެ ސޫރަ ހަދާފައި ކަލޭ ގޯތި މެދުގޯތީގައި ބަހައްޓާފައި މިއީ މެހެމާނެކޭ މެހެމާންދާރީ އަދާކުރާށޭ ބުންޏަކަސް ނުޖެހޭ އެއީ މީހެއް ކަމަކަށް ގަބޫލުކުރާކަށް. އެކަމަކު އެ ހެދި މީހާ އެއީ މީހެއް.
    ދެން ހަދަން ޖެހޭނެ ގޮތަކީ ނަޖިސްގަނޑު ނަގާ އެއްލާލަންވީ. ނޫނީ ވަޅުލަންވީ. އެކަމަކު އޭތި ހެދި މީހާއާ މުޢާމަލާތުކުރެވިދާނެ ބޭނުމިއްޔާ. އެއީ މީހަކަށް ވާތީ. ބޭނުން ނޫނިއްޔާ ގުޅުން ކަނޑައިވެސް ލެވިދާނެ. ދެގޮތުން ކުރެ ކޮންމެ ގޮތެއް ހެދިޔަސް އެ ދޭތި އެއީ އެއްފަދަ ދޭއްޗެއް ނޫން. އެކައްޗަކީ ނަޖިހެއް. އަނެއް އެއްޗަކީ މީހެއް.
    މި ބުނާ ނަޖިސްގަނޑުން މީހެއްގެ ސޫރަ ހެދި މީހާގެ މިސާލަކީ އިނގިރޭސި ވިލާތް.. ނަޖިސްގަނޑުގެ މިސާލު އެއީ އިޒްރޭލު.
    ދެން ސާމާނުބެ މައުމޫނު ދެކެ ރުޅިއައުން އެއީ އެހެން މައްސަލައެއް. އަދި މައުމޫނު ތިރީސް އަހަރު ވެފައިވާ އަނިޔާ އެއީ ވެސް އެހެން މައްސަލައެއް. އެހެނޭ ކިޔާފައި އަންނި ކުރާ ގޯސް ކަންތަކަށް ފަސްއެޅުމުގެ ގޮތުން މައުމޫނުގެ ތިރީސް އަހަރުގެ ވާހަކަ ނަގާކަށް ނުޖެހޭ. އަދި މިހާރު އެއް އަހަރު މި ފުރުނީ އަންނީގެ ވެރިކަމަށް. އެހެންވީމާ އަންނި ސީދާ މަގުން ކައްސާލިޔަ ނުދިނުން އަހަރެމެންނަށް އެންމެ ފައިދާ ހުރި ގޮތަކީ. ސާމާނުބެމެން ކަހަލަ މީހުންގެ ސަބަބުން މައުމޫނު ވެސް ފިރުއައުނަކަށްވީ. ރުޅި ނާންނާތި އިނގޭ. މި ހަމަ ހިޔާލު ތަފާތުވާތީ ވަރަށް މަޑުމަޑުން މަ ކީ އެއްޗެއް.

  15. ނަލަ މޮހޮންމަދު‮ ‬ވިދާޅުވީ


    ތާރީޚް:13/11/2009

    ދޮންމަނިކާ ތިޔާގަ ވާނެގޮތަކީ ބޭބެ ބުނެފާނަން ވާހަކައެއް. މިހާރު ދެން ރާއްޖޭގަ މި އޮންނަނީތާ މާރާމާރީ ކަންތައްގަނޑު ދޯ؟ ދެން މިސާލަކަށް މަ.. މި ބުނީ ނަލަ މޮހޮންމަދު.. މަ އެއްރޭ އިސާ ނަމާދުން އަންނަނިކޮން އައި ސޮރަކު މަ ގަޔަށް ވަޅިއެއް ހަރާލާފަ މަ މަރާލައިފި. ދެން މަގޯތި ފާތުމަ އެބަހަރި މީހަކާ އިންނަވަރު އަންހެން ދަރިއެއް. މަ މަރާލި ކަލޭގެ ޖަލަށް ގޮސް، ޖަލުން މިނިވަންވެ އިސްލާހުވެ ތައުބާ ވީމަ ފަހަރިދައިތަ އެސޮރަށް މާފުކޮށްފި. މަގޯތި ފާތުމަ ވަސް އެސޮރަށް މާފުކޮށްފި. އެކަމަކު ފާތުމަ ދަރި މި ބުނީ މަށަށް ކާފޮ ކިޔާ މަންޖެ އެއްކަލަ ސޮރާ ހިތާވިޔޭ ކިޔާފަ ފާތުމަ ގަބޫލުވާނެތަ އެސޮރާ އެމަންޖެ އިންނަން. އެމަންޖެ ބުނެފާނޭ ދިވެހި ރާއްޖޭގެ ގާނޫނުގަ މަނަލެއް ނޫނޭ ތިމަންނަޔާ އެސޮރާ އިންނާކަށް. އެކަމަކު ފާތުމަ ހަމަ ހިލާ ގަބޫލުވާނެތަ؟ އަންހެން ކުއްޖަކު ބޮޑުވެގެން އިންނަން ބޭނުންވި މީހަކާ ވަލީ ލިބުނީމަ އިންނަން މަނާކުރާ ގާނޫނެއް ނޯންނާނެ. އެމަންޖެ ބައްޕަ އެމަންޖެއަށް ވަލީ ދީފިއްޔާ މި ބުނީ.. ފަހެ މަނާވާނެތަ؟ ނުވާނެ! އެކަމަކު އެމަންޖެ ވާނެތާ އެމަންޖެ މަންމަ ވާނެ ދެރަޔަށް ވަސް ބަލާލަން. މަރުވެފަ އޮތް ކާފޮޔަށް ވަސް ކޮންމެސް އިހުތިރާމެއް ކުރަން.
    އިޒުރޭލާ ގުޅުން ބަދަހި ކުރުން މަނާވާނެ ގާނޫނެއް ނެތޭ ކިޔާފަ ނުޖެހޭ އެމިހުންނާ ގުޅުން ބަދަހިކުރާކަށެއް. ކޮސް ނުގޮވާ.

  16. ސާމާނުބެ‮ ‬ވިދާޅުވީ


    ތާރީޚް:13/11/2009

    ނަލަ މޮހޮންމަދު އަދި އެއްފަހަރު އަޅުގަނޑުގެ ކޮމެންޓް ކިޔާލަން ފެނޭ ސަބަބަކީ އޭގައި އެހުރީ ދުނިޔެދުއް އެންމެ މާތްއިންސާނާ(ކީރިތި ރަސޫލާ صلى الله عليه وسلم) ގެ ހަޔާފުޅުން ދަލީލުނަގާފަ ނަލަ މޮހޮންމަދުގެ އަންހެން ދަރިއެއްގެ ހަޔާަކުންނޫން މިދައްކަނީ ދިވެހި ދީނުގެ ވާހަކައެއްވެސްނޫން މިދައްކަނީ ﷲ ބާވާލެއްވި އިސްލާމް ދީނުގައި މިކަން އޮއެއްގޮތުގެ ވާހަކަ.

  17. ސާމާނުބެ‮ ‬ވިދާޅުވީ


    ތާރީޚް:13/11/2009

    އިސްލާމް ދީނުގައި ﷲ ހުއްދަ ކުރައްވާފައިވާ ކަމެއް ޙަރާމް ކުރުމެއްވެސް އަދި ނަހީ ކުރެއްވި ކަމެއް ހުއްދަކޮއްގަތުމެއްވެސް ނުވެއެވެ.

  18. ދޮންބޭބެ‮ ‬ވިދާޅުވީ


    ތާރީޚް:13/11/2009

    ސާމާނުބެއަށް:
    އިސްރާއީލާ ގުޅުން ބަދަހި ނުކުރުމަށް، މުސްލިމުން ދެކޮޅު ހަދަނީ އެއީ ޔަހޫދީންނަށް ވެގެންނެއް ނޫން. ސަބަބަކީ އެއީ މުސްލިމުންގެ ބިންތަކެއް ފޭރިގަނެގެން އުޅޭ ހަރުބީ ކާފަރުންނަށް ވާތީ. އެމީހުން ފޭރިގަނެގެން އުޅެނީ ހަމައެކަނި ފަލަސްތީނު ބިންތަކެއް ނޫން. އޭގެ އިތުރުން ލުބުނާނާއި ސޫރިޔާގެ ބިންތަކެއް ވެސް ފޭރިގަނެގެން އުޅެނީ. ސޫރިޔާގެ ދަނޑުވެރިކަމަށް މޮޅު ގޯލާންގެ އުސްބިންތައް ވެސް ފޭރިގަނެ ބައިނަލް އަގުވާމީ ގާނޫނުތަކާ ޚިލާފަށް އެތަނުން އުފައްދާ މޭވާއިން ފާޑުފާޑުގެ ޖޫސްޕެކެޓާ ދަޅުކާނާގެ ބާވަތްތައް އުފައްދައިގެން އިޒްރޭލުން ވިޔަފާރިވެސް ކުރަމުން ދަނީ. ހަރުބީ ކާފަރުންނޭ ބުނެވޭ ބަހުގެ މަޢުނައީ މުސްލިމުންނާ ހަނގުރާމަ ކުރާ މީހުން. އިޒްރޭލަކީ ޔަހޫދީންގެ ތެރެއިން ޞަހްޔޫނީންނޭ ކިޔޭ ބަޔަކު ހަދައިގެން އުޅޭ ތަނެއް. ހުރިހާ ޔަހޫދީންނަކީ ޞަހްޔޫނީންނެއް ނޫން. ޞަހްޔޫނީ ފިކުރާ ދެކޮޅު، އަދި އިޒްރޭލު ދައުލަތެއް އޮތުމާ ދެކޮޅަށް ވަކާލާތު ކުރާ ވަރަށް ގިނަ ޔަހޫދީން ވެސް މި ދުނިޔޭގައި އެބަ އުޅޭ. ދެން މިހާރު ޔަހޫދީން ފަށައިގެން އުޅޭ ކަމަކީ އިޒްރޭލާ މުސްލިމް ގައުމުތަކާ ދެމެދު ސިޔާސީ ގޮތުންނާ ސަގާފީ ގުޅުންތައް ތަޠްބީޢު ކުރުން. އެއަށް ދިވެހި ބަހުން އެކިޔަނީ ނޯމަލައިޒްކުރުމޭ. މި ނޯމަލައިޒްކުރުމާ އިދިކޮޅު އެބަ ހަދާ އިސްލާމީ އުއްމަތުގެ ހުރިހާ ޢިލްމުވެރިން ވެސް. ތިޔަ ވިދާޅުވާ ޝެއިޚުލް އަޒްހަރު ވެސް އެކަމާ އިދިކޮޅު. ސަބަބަކީ ކުރިން ވެސް ބުނިހެން އެއީ މުސްލިމުންގެ ބިންތަކެއް ފޭރިގަނެގެން އުޅޭ ބައިގަނޑަކަށް ވާކަން. ބައިނަލް އަޤްވާމީ ޤާނޫނުތަކާ ޚިލާފަށް. އަދި އިންސާނިއްޔަތާ ވެސް ޚިލާފަށް. އެމީހުން އެންމެ ފަހުން ބައިނަލް އަޤްވާމީ ދުނިޔެއަށް ގޮންޖަހާލާފައި ކުރަންފެށިކަމަކީ ފަލަސްޠީނު ރައްޔިތުން ނިކަމެތިކޮށްލުމުގެ ގޮތުން ކޮންކްރީޓް ފާރެއް ހަދަންފެށީ. މި ފާރު ހެދުން މަނާކުރުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ވަނީ ހުކުމް ވެސް ކޮށްފައި. އެކަމަކު މި ހުރިހާ ކަމަކަށް ވެސް ގޮން ޖަހާލާފައި އިޒްރޭލު ސަރުކާރުން އެތަން ހެދީ
    އަޑުއައްސަވަމުތޯ كبير المفاوضين الفلسطينيين (ފަލަސްތީނު މީހުންގެ ފަރާތުން ނެގޯޝިއޭޓުކުރައްވާ އެންމެ އިސްފަރާތް؟ ނަމަކީ ޞާޢިބް ޢުރައިޤާތު. އޭނާ މިދިޔަ ނޮވެމްބަރު 11 ވަނަ ދުވަހު ވިދާޅުވެފައި އެބަ އޮތް ނެގޯޝިއޭޓްކޮށްގެން ސުލްހަވެރި ދެ ދައުލަތެއް ގާއިމް ކުރުމަށް ތިމަންނަމެން އަށާރަ އަހަރުވަންދެން ކުރި މަސައްކަތް ކާމިޔާބު ނުވި ކަމުގެ ހަގީގަތް މިހާރު ފަލަސްތީނު ރައްޔިތުންނަށް ހާމަކޮށްދޭންވެއްޖެ ވަގުތު އައިސްފި ކަމަށް. އަދި ވެސް ޢުރައިޤާތު ވިދާޅުވި، ބިންޔަމިން ނަތަންޔާހޫ ގެ ވެރިކަމުގައި ފަލަސްތީނު ގެ ދައުލަތެއް ގާއިމްކުރެވުމަކީ މުސްތަހީލުކަމެއް ކަމުގައި ރައީސް މަހްމޫދު އައްބާހަށް މިހާރު ޔަގީންކުރެވިއްޖެކަމަށް. ނަލަ މޮހޮންމަދު އެޔޮތީ ވަރަށް ތިލަކޮށް މިސާލެއް ޖަހައިދީފައި. ރައީސުލްޖުމުހޫރިއްޔާ ކަމެއް ކުރައްވާ އިރު ބައްލަވަން ޖެހެނީ ހަމަ އެކަނި ގާނޫނަކަށް ނޫން. ރައްޔިތުންގެ ޝުޢޫރުތަކަށް ވެސް ބައްލަވަން ޖެހޭނެ. ގާނޫނުގައި ހުއްދަހާ ކަމެއް ރައީސެއް ކަމަކު ކުރައްވައިގެން ނުވާނެ. އެއީ އިންސާނީ އެއްވެސް ބުއްދިއެއް ޢުރުފެއް ގަބޫލުކުރާ މީހަކު ދެބަސްވާނެ މައްސަލައެއް ނޫން. އަދިވެސް އެއްފަހަރު ބުނެލަން. އިޒްރޭލު ގެ މައްސަލައަކީ އެމީހުން ޔަހޫދީންނަށް ވުމެއް ނޫން. މައްސަލައަކީ މުސްލިމުންގެ ބިންތަކެއް ފޭރިގަނެ، އަދި އެތައް ހާސް މުސްލިމުންނެއް ގެދޮރުން ބޭރުކޮށް ރެފިޔުޖީންނަށް ހަދައި، ޔޫއެން ގެ ގަރާރުތަކުން އެމީހުންނަށް އެނބުރި ވަޠަނަށް ދިޔުމުގެ ޙައްޤުން ވެސް މަޙްރޫމްކޮށްގެން އުޅޭ އިޖްރާމީ ހަރްބީ ދައުލަތެއް ކަމުގައި އިޒްރޭލު ވުން. ޤުރުއާނުގެ މަތިވެރި އާޔަތްތަކާއި ޙަދީސްތަކުން މިމައްސަލައިގައި ދަލީލުދައްކަވަން މަސައްކަތްކުރައްވާ އިރު އެބަ ޖެހޭ އިސްލާމީ ފިޤްހުގައި ކާފަރުން ދެބަޔަކަށް ބަހާފައި އޮންނަކަން ދަންނަން. އެއީ ޒިންމީ އާއި ޙަރްބީ. އިޒްރޭލު ޔަހޫދީން ފެތެނީ ޙަރްބީ ގޮޅިއަށް.

  19. ދޮންބޭބެ‮ ‬ވިދާޅުވީ


    ތާރީޚް:13/11/2009

    މާފުކުރައްވާ! އިސްރާއީލާ ގުޅުން ބަދަހި ނުކުރުމަށް މުސްލިމުން ދެކޮޅު ހަދަނީއޭ ލިޔެވިފަ އެޔޮތީ އޮޅިގެން. ރަނގަޅުގޮތަކީ “ގުޅުން ބަދަހި ކުރުމާ މުސްލިމުން ދެކޮޅުހަދަނީ…” މި ގޮތަށް

  20. ރޯނު ބޮނޑި‮ ‬ވިދާޅުވީ


    ތާރީޚް:15/11/2009

    ސާމަނުބެ އަކީ އެއުޅޭ ހާޝިމްހެން ހާދަ ހީވެޔޭ..