މުހައްމަދު އިސްމާއިލް
ތަނެއް ތަރައްޤީވެ ކުރިއަރާދާނީ އެތަނެއްގައި ދިރިއުޅޭ ފަރާތްތައް ތަރައްޤީވެ ތަހުޒީބު ވެގެންނެވެ. ރަށެއް ވިޔަސް ގައުމެއް ވިޔަސް މުޖުތަމައެއް ވިޔަސް ކަންއޮތް ގޮތަކީ މިއީ އެވެ. އިލްމީ ގޮތުން ތަރައްޤީވުމާއި އިޖުތިމާއީ ގޮތުން ތަރައްޤީ ވުމާއި އުމުރާނީ ގޮތުން ތަރައްޤީ ވުމާއި އަދި މިނޫނަސް އެހެނިހެން ރޮގުތަކުން ތަރައްޤީ ވުމާއި ގުޅިފައިވަނީ އެތަނެއްގައި ދިރިއުޅޭ ބައެއްގެ ވިސްނުމާއި އެބައެއްގެ ތަހުޒީބާ ފޯރުންތެރިކަމުގެ މައްޗަށެވެ.
ކުޅުދުއްފުއްޓަކީ ރާއްޖޭގެ އުތުރުގެ ރަށްތަކުގެ ނިސްބަތުން އެންމެ ތަރައްޤީވެފައިވާ އެއް ރަށެވެ. ކުޅުދުއްފުށީގެ ތަރައްޤީ އާއި ގުޅިފައިވާ އެންމެ ބޮޑު އެއް ކަމަކީ ކުޅުދުއްފުށީގެ އާބާދީ އާއި ސަރުކާރުން ކުޅުދުއްފުށްޓަށް ތަނަވަސްކޮށްދިން “މަދު” ފުރުޞަތުތަކެވެ. ތަރައްޤީވުން ހަމައެކަނި އުމުރާނީ ގޮތުން ތަރައްޤީއާއި ގުޅުވާލުމުގެ ދުވަސްތައް މާޒީވެ ހިގައްޖެއެވެ. މިއަދު ކުޅުދުއްފުށިވެސް މިވަނީ އިތުރު ދާއިރާތަކުން ތަރައްޤީ އަށް ބޭނުންވެފައެވެ. ތައުލީމީ ދާއިރާއިންނާއި ސިޔާސީ ދާއިރާއިން ތަރައްޤީ ބޭނުންވެފައެވެ. އިންސާނީ ހައްޤުތަކުގެ ދާއިރާއިންނާއި އިޖްތިމާއީ ތަރައްޤީގެ ދާއިރާއިންނެވެ. ޒަމާނީ ޓެކްނޮލޮޖީ އާއި ވިޔަފާރީގެ ދާއިރާގައެވެ. މިދެންނެވި ކަންކަން ކުރިން ކުރި ގޮތް ބަދަލުކޮށް އާ ފެށުމަކުން ފަށަން ޖެހިފައިވާ މިދުވަސްވަރު ތަރައްޤީގައި އަންހެނުންގެ ހިއްސާ އިތުރު ކުރުމަކީ މުހިއްމުކަމެވެ. ރާއްޖޭގެ އަންހެނުންގެ ދައުރަކީ، މާޖެހުމާއި، ކެއްކުމާއި، ޖަރީކުރުމާއި، ފެހުން އެކަނި ކަމަށް އަޅުގަނޑުމެން ދެކިގެން މިއަދު ފަރުޖެއްސޭކަށްނެތްކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ގައުމީ ފެންވަރުގައި ވެސް ގައުމުގެ ތަރައްޤީގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ތަފާތު މަސައްކަތްތަކެއް މީގެ ކުރިންވެސް ވަނީ ކުރެވިފައެވެ. 2003 ވަނަ އަހަރު ލީބިޔާގެ އިސްލާމިކް ކޯލް ސޮސައިޓީން ހަރަދުކޮށްގެން “ދިވެހި މުޖުތަމައުގައި އަންހެނުންގެ ދައުރު” ގެ ނަމުގައި މަހާސިންތާއެއް ވަނީ ބާއްވާފައެވެ. މިމަހާސިންތާގައި ދީނީ ނަޒަރަކުން ތަރައްޤީގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމުގެ ގޮތުން ހޭލުންތެރި ކުރުވުމަށް ނިންމުނެވެ. 2006 ވަނަ އަހަރު ނެގުނު ބޯހިމެނުމުގައި ގައުމީ އުފެއްދުންތެރި ކަމުގައި އަންހެނުންގެ ހިއްސާ 52 އިންސައްތަ ކުރިއެރުމެއް ވަނީ ހޯދާފައެވެ. ފަތުރުވެރިކަމުގެ ދާއިރާ އަށް ބަލާއިރު އަންހެނުންގެ ހިއްސާ 6 އިންސައްތަގައި އުޅޭއިރު ތައުލީމީ ދާއިރާގައި 9872 ފިރިހެނުން މަސައްކަތް ކުރާއިރު އަންހެނުންގެ އަދަދަކީ 7128 އެވެ. ރާއްޖޭގައި ވަޒީފާ އަދާކުރާ 110231 މީހުން އުޅޭއިރު 40530 މީހުންނަކީ އަންހެނުންނެވެ.
ކުޅުދުއްފުށީގެ ހާލަތައް ވިސްނާލާއިރު ކުޅުދުއްފުށީގެ ތަރައްޤީގައި އަންހެނުންގެ ދައުރު އިތުރު ކުރަން ޖެހެވެ. ކުޅުދުއްފުށީގައި އަންހެނުން އެންމެ ގިނައިން އުޅޭ އެއް ދާއިރާ އަކީ ތައުލީމީ ދާއިރާއެވެ. ވިޔަފާރީގެ ދާއިރާގައި އަންހެނުންގެ ހިއްސާ ކުޑައިރު މަތީ ފަންތީގެ ވަޒީފާތަކުގައި ވެސް އަންހެނުން ފެންނަނީ މަދުންނެވެ. ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރާ ޖަމިއްޔާ ތަކުގައި އުޅޭ އަންހެނުންގެ އަދަދު އަތުގެ އިނގިލިތަކުން ގުނާލެވެނެއެވެ. އިޖްތިމާއީ ތަރައްޤީގައި އަންހެނުންގެ ދައުރު ފުޅާކުރުމަށްޓަކައި ކުލަބް ޖަމިއްޔާތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރަންޖެހެއެވެ. އޯލެވެލް ނިންމުމަށްފަހު ކުޑަ މުސާރައަކަށް ދުވާލުދާ ހަތަރުދަމު ފިހާރައެއްގައި އިނުމަކީ އަންހެން ކުއްޖެއްގެ ވަޒީފާކަމަށް ދެކިގެން ތިބެވޭކަށްނެތެވެ. އިތުރަށް އިލްމު އުނގެނި ވަޒީފާ ދޭފަރާތުގެ ހައިސިއްޔަތުން އަންހެނުން ތިބެން ޖެހޭ ދުވަސް މިވަނީ އައިސްފައެވެ.
ރަށުގެ ތަރައްޤީގައި އަންހެނުންގެ ދައުރު އިތުރު ކުރުމަށްޓަކައި ސަރުކާރަށާއި އަމިއްލަ ޖަމިއްޔާތަކަށް މުހިއްމު ދައުރެއް އަދާކުރެވިދާނެއެވެ. މިއަދުގެ ސަރުކާރުން އަންހެނުންނަށް ހާއްސަކޮށްގެން ވިޔަފާރިއެއް ނުވަތަ އާމްދަނީ ހޯދުމަށް މަސައްކަތެއް ފެށުމަށްޓަކައި ލުއި ލޯނު ދިނުމުގެ ވިސްނުން ގެންގުޅުއްވާކަން ވަނީ ހާމަކޮށްފައެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އަލުން އިންތިހާބު ކޮށް ކަމަށް ގާބިލު ބަޔަކާ އެކަން ހަވާލު ކުރަންޖެހެއެވެ. ތަރައްގީ ގައި އަންހެނުންގެ ދައުރު އިތުރުކުރުމުގައި އެންމެ އިސްދައުރެއް އަދާކުރަން ޖެހޭނެ ބަޔަކީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީއެވެ. މިދެންނެވި ކޮމިޓީގެ އިތުރުން ކުޅުދުއްފުށީގައި އުފައްދާފައި ހުރި ތަފާތު ޖަމިއްޔާތަކުގައިވެސް އަންހެނުންގެ ހިއްސާ އިތުރުކޮށް ތަރައްޤީގެ މަގުގައި އަންހެނުންގެ ދައުރު ފުޅާކުރަންޖެހެއެވެ.


ބައޯ ހުސައިނު ވިދާޅުވީ
ތާރީޚް:14/11/2009
މަށަށް ރަގަޅި ރަށުއޮފީހަށްވެސް ގިނަ އަންހެން ކުދިން ވެއްދިއްޔާ ، އެއީ ތަރައްގީ ކުރަންވެފައި އޮތްތަނެއް، އެކަމާ ވިސްނަބަލަ ، ހާދަ ހިތްހަމަ ޖެހެއެވެ. އަންހެން ކުދިން ފެނުނީމަ
DOg ވިދާޅުވީ
ތާރީޚް:14/11/2009
މިރަށުގައި މިހާރަކު ނޫޅޭ އަންހެނުންނެތް، ހަމަ އެހެންމެ ފިރިހެނުންނެތްވެސް، ހުސް މޯލުން، ހުސް އަނގަތެޅުން ނޫންކަމެއް ނޯވޭ، މިރަށުގައި އުޅޭ ހުސް އަނގަ ތަޅާ ގުރޫޕް މިހާރުވެސް ތިބޭނެ ބަގުޑި ފިހާރަ ކައިރީގައި.
އަރުޝަދު ވިދާޅުވީ
ތާރީޚް:15/11/2009
އަންހެނުންގެ ދައުރު ދެން މިހާރަށް ވުރެ ފުޅާ ކުރާ އެއްޗެއް ނޫން. އަންހެން ކުދިންގެ ދައުރު ފުޅާ ކުރަންވީ. ރަށު އަންހެން ކުދިންގެ ހިޔާލާއި ފިކުރު ހުންނާނީ ދަރިން ހޯދުމާ ދަރިން ބެލުމާ، ކެއްކުމާއި މިކަހަލަ ކަންކަމުގައި. އެއިން މީހަކަށް ނޭގޭނެ ރަށުގައި ކަން ހިނގާ ނުހިނގާވެސް. މިހެން ބުންޏަސް ކައިރި ގޭތަކުގެ އުޅޭ މީހުންގެ ހުރިހާ މައްސަލަތަކެއް އަލިފުން ޔާ އަށް ދަންނާނެ. އަން ކިޔައިފިއްޔާ ކަން ހުންނަ ގޮތް ކަންނޭގެ އެއީ އަންނި ނޫނިއްޔާ.
މަވެސް ވިދާޅުވީ
ތާރީޚް:15/11/2009
މި ޑޯގް މީ ކާކު ތަ ؟ ހާދަ ފެން މައްޗަށް އަރައިގެން މި ފެލެނީ
DOg ވިދާޅުވީ
ތާރީޚް:15/11/2009
އަންނި އާއި އަންބަރީގެ ވެސް ހާލަކީ ހަމަ އެއީ، ނުދަންނަކަމެއް ކުރަން އެނގޭ ކަމެއް ނޯންނާނެ،
ސާމާނުބެ ވިދާޅުވީ
ތާރީޚް:15/11/2009
ކުރީގެ ރައީސް މައުމޫނަކީ އޭނާއާ ޚިޔާލު ތަފާތު މީހުންނަށް ލައްކަގިނަ އުދަގޫތަކާ ތުރާތައް ޖައްސާފައިވާ މީހެކެވެ. އަދި މިގޮތުން ބައެއްމީހުން ސިޔާސީ ކުށްވެރިންނަށް ހަދައި، އެމީހުން ޖަލުގައި ހައްޔަރުކޮށް އަނިޔާކޮށް ތަފާތު ލާއިންސާނީ އަދަބުތައް ދީފައިވާ މީހެކެވެ. ތަފާތުއެތައް އަހުވައެއް ދައްކާފައިވާ މީހެކެވެ. އަދި އެހެންމެ މައުމޫނު ވިދާޅުވާ ގޮތަށް ކަންނުކުރާ ކަތީބުންނަށާއި ކަމުވޮށިގެންވާ މީހުންނަށްވެސް ތަފާތު އެކި ސިފަސިފައިގައި މައުމޫނު އަނިޔާވެރިވެފައިވާކަން ދިވެހި ތާރީޚު ހެކިދެއެވެ.
މާތް ﷲ ގެ ހެޔޮރަޙުމަތްފުޅުން މައުމޫނުގެ މިއަނިޔާތަކުން ދިވެހިން މިވަނީ މިންޖުކުރައްވާފައެވެ. އޭނާގެ ވެރިކަން ބަދަލުކުރައްވާފައެވެ. އޭނާ ނިކަމެތި ކުރައްވާފައެެވެ. އެހެންނަމަވެސް މިއަދުވެސް މައުމޫނު މަސައްކަތްކުރަމުން ގެންދަނީ ރައްޔިތުންގެ މަޖިލީހުގައި އޭނާގެ ޕާޓީ ޑީ.އާރު.ޕީގެ މެންބަރުން ބޭނުންކުރައްވައިގެން އެޏާގެ އަނިޔާވެރި އުޞޫލުތައް ތަކުރާރު ކުރާށެެވެ.
އިލެކްޝަން ކޮމިޝަންގެ ރައީސްކަމުގައި ހުންނެވި މުޙައްމަދު އިބްރާހީމްގެ ނަންފުޅު ތަކުރާރުކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން ފާސްނުވީ މުޙައްމަދު އިބްރާހީމަކީ ކުޅަދާނަ، ހުޝިޔާރު ބޭފުޅަކަށް ނުވާތީއެއް ނޫނެއެވެ. އަދި ކިއެއްތަ؟ އެމަނިކުފާނުގެ ނާގާބިލުކަމަކުންވެސް ނޫނެވެ. އެހެންނަމަވެސް މިކަމުގައިވެސް ހާމަވެގެން ގޮސްފައިވަނީ ކަތީބުންނާމެދު މައުމޫނު އަމަލުކުރާގޮތެވެ. ބަސްނާހާ ކަތީބު ގޭގައި ބަހައްޓާފަދައިން މުޙައްމަދު އިބްރާހީމްވެސް އިލެކްޝަން ކޮމިޝަނުގައި ހުންނަވަނިކޮށް ގެއަށް ފޮނުވާލީއެވެ.
ރާއްޖޭގެ ޚާރިޖީ ވަޒީރު ޑޮކްޓަރ އަޙްމަދު ޝަހީދު ވޯޓުގައި ފޭދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަލްހާން ފަހުމީ ޚިޔާރު ކުރެއްވީ ރައްޔިތުންނަށާއި ދައުލަތަށް އެންމެ ފައިދާބޮޑު މަގެވެ. ޑީ.އާރު.ޕީ ކަރަންޓީނު ކުރުމަށް ޑޮކްޓަރ ޝަހީދު ގޮވާލެއްވުމަކީ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަންޖެހޭވަރުގެ ކަމެއް ނޫންކަން ޒުވާން އަލްހާނަށް އެގިވަޑައިގަންނަވައެވެ. އަލްހާން ގާނޫނުއަސާސީގެ 75 ވަނަ މާއްދާގެ މަފްހޫމް ވެވަޑައިގަންވައިގެންނެވެ. ވުމާއެކު މައުމޫނު ވިޔަސް، ތަސްމީނު އެންގެވިޔަސް ސިޔާސީ މަގުޞަދަކަށްޓަކައި ގައުމު އަދަވަޅަކަށް ވައްޓާލުމަކީ އަލްހާން އެދޭކަމެއްނޫނެވެ.
ނަތީޖާއަކީ ކޮބައިތޯއެވެ. އަލްހާން ފަހުމީގެ ޖާނާއި މާލުން ގުރުބާންވި ޕާޓީން އޭނާ ނަގާ އެއްލައިލީއެވެ. އެއީ މީދަލަކަށްވެސް ވެއްޖެއެވެ. ޕާޓީން ސަސްޕެންޑްވެސް ކޮށްފިއެވެ. ހަގީގަތުގައި މިކަމުގައިވެސް ފެނިގެން މިދަނީ މައުމޫނުގެ އަސްލުސިފައެވެ. ނުރެހޭ މީހާއަށް ފުރައްސާރަކޮށް، ދުއްތުރާތައް ކުރިމަތި ކުުރުމެވެ. ގެއަށް ފޮނުވާލުމެވެ. އަދިވެސް ޑީ.އާރު.ޕީ އެގެންދަނީ އިހުގެ އާދަތައް ތަކުރާރު ކުރަމުންނެވެ. އެމަންޒަރުތައް ކުޅެމުންނެވެ. ސިފަވަމުންނެވެ. ބަޅެއްގެ ނަގޫ ސަންފާ އޮނުގައި ފެނުއަޅާފައި ނެގިއަސް އޮންނާނީ ބަޅުކޮން ދޮއްތޯއެވެ.
މީހަކު ކަރު ކެހިގަނެފައި ވިދާޅުވީ
ތާރީޚް:15/11/2009
ބޮޑުވެއްޖެ ނުފޮރުއްޕާނެތްތާދޯ ބަލަ އެލިޔުން ކިޔާލީންތަ ހަމަ ކަމެއްވާިރަށް މައުމޫނޭ ކިޔާފަ ތިޔަ ވީދިގަންނަނީ ކަލޯ ފަހެ ހަމަތަ.އެހެންޔާ އޭގަ އެއޮތީ އަންހެނުންގެ ވާހަކަ ވިއްޔާ މީހަކު އަޅެ ކޮހެއްނުވާނެތަ. ކަލޯ ސާމާނުބެ ވިއްޔޭނޫން މައުމޫނާ އިންނަން.
ލެންވެރިއެއްގެ ރޫހު ފުޅިއެއްގެ ތެރެއިން ނުކުމެ ވިދާޅުވީ
ތާރީޚް:16/11/2009
ކުޅުދުއްފުށި އަންހެނުން ގެ ވާހަކަ ދެންނުދައްކާ ، އެއީ ދައުރެއް އަދާކުރަން ދޭވަރުބައެއް ނޫން، އެމީޙުން ގެ އުޅުން ހުރިގޮތުން ވަރަށް ފޫހިވޭ ، މިހެން ބުންޏަށް މަދުމަދުން އެބައުޅޭ ، އެކުދިން މިރައްދުވާ ރައްދުވުމުން އިސްތިސްނާ ކުރަން ، މިހާރު އަންހެންކުދިން ދެން ރީތި ބަހުން ބުނަންޏާ މާބޮޑަށް ކާޅީ އޭ ބުނެވޭނީ ، މީގެ ދުވަސްތަކެއް ކުރިން ގިނަ ކޮމެންޓްތަކެއްކުރި ކުޅުދުއްފުށިން ރަގަޅު ފިރިހެނުން ހުސްވި ލިޔުމަށް ފޮނުވާފައި ހުރި ކޮމެންޓުތަކުންވެސް ކުޅުދުއްފުށި އަންހެންކުދިން ނާދޭތެރޭ ފިރިހެނުން ދެކޭ ގޮތް އެގިފަ ވާނީ ، އަސްލުބުނންވީ ކުޅުދުއްފުށިން ރަގަޅު އަންހެނުން ހުސްވީކަމަށް ، އެކަމކު އެލުނު އަންހެންކުއްޖާގެ ރޮދިކޮށިފަ ހުރިވަރުން ލިޔެވުނީ ފިރިހެނުންގެ ވާހަކަ ، މިފުރޞަތުގައި އެއަންހެންކުއްޖާ އަށް ސަލާމް ފޮނުވަން ، މިސަލާމުގައި އެލިޔުމަށް ޕޮޒިޓިބް ކޮމެންޓްކޮށް މަރުހަބާކީ ލިޔުންތެރިން ސާމިލުކުރަން ،
އަރަބި ރޮށި ވިދާޅުވީ
ތާރީޚް:16/11/2009
ޑޯގު ކަލޭދެން މިއަށް ކޮމެންޓް ނުކުރޭ
ގެނދަބުޅި ވިދާޅުވީ
ތާރީޚް:16/11/2009
އަލްހާން ފަހުމީގެ ޖާނާ މާލުން ގުރުބާންވި ޕާޓީއޭ؟ ހެހެހެހެ.. ސިޔާސީ ޕާޓީއަކީ އެއްވެސް ބަޔަކު ގުރުބާންކުރާ އެއްޗެއް ނޫން. އެއީ ޖާނާ މާލު ބަނޑު އަޅަން އޮންނަ އާ ވަސީލަތެއް.