މިސުރުޙީގެ ދަށުން އެއްޗެއް ލިޔެލަން ގަސްތުކުރީ، އަޅުގަނޑުގެ ބައެއް ރައްޓެހިން އެކަމާއި މެދު ތަފާތު ސުވާލު ކުރަމުންގެންދާތީ، މިސައިޓްގެ ކިޔުންތެރިން ދެކޭ ގޮތެއް ބަލާލުމަށެވެ. އަދި މިސުރުޙީގެ ދަށުން އަޅުގަނޑު ފާހަގަކޮށްފައިމިވަނީ އަޅުގަނޑަށް މިކަމާއި މެދު ވިސްނޭ ގޮތާއި އަޅުގަނޑުގެ ރައްޓެހިން ދެކެމުންދާގޮތެވެ.
ރައްޔިތުންގެ މަޖިލީހަކީ ރިޔާސީ ވެރިކަމެއްގައި ނުވަތަ ޖުމްހޫރިއްޔާއެއްގައި އޮންނަ ތިން ބާރު ތެރެއިން ރައްޔިތުންގެ ބާރުކަމުގައި ބުނެވޭ ތަނަށް ކިޔާނަމެކެވެ. އެތަނުގައި ތަމްސީލްކުރަމުންގެންދަނީ ރައްޔިތުން ހޮވާފައިތިބޭ ބައެކެވެ. ރީތިކޮށްލަން އެބައިމީހުންނަށް ‘މެމްބަރުން” މިހެން ކިޔަނީއެވެ. މިމަޖިލީހުގެ ބޭނުމަކީ އެޤައުމެއްގައި ކަންތައްތައް ކުރަންވީ ގޮތުގެ ޤާނޫނުތައް ހެދުމާއި ސަރުކާރު ހިންގާ ފަރާތްކުރާ ކަންތައްތަކާއި މެދު ފާރަލުމާއި އެކު ހަމަމަގުން ރައްޔިތުންނަށް ވެރިކަންކުރުމަށް އެފަރާތަށް އަންގައިދީ ގިނަގުނަ ފައިދާތަކެއް ރައްޔިތުންނަށް ލިބޭނޭގޮތަށް ވެރިކަންކުރުމަށް މަގުފަހިކޮށްދިނުން ކަމުގައި އަޅުގަނޑު ދެކެމުއެވެ.
ރާއްޖޭގައި މިމަޖިލިސް ތަމްސީލް ކުރަމުންގެންދާ ގިނަ މީހުންނަކީ ވިޔަފާރީގެ ގޮތުން އިސް ސަފުގައި ތިބި މީހުންނާއި ކިޔަވައިގެން އެބައިމީހުންގެ އިލްމީ ހަޒާނާ މުއްސަނދިކޮށްގެން ތިބި މީހުންނާއި ސިޔާސީ ގޮތުން ހަރަކާތްތަކެއްގައި ބައިވެރިވެ ތަޖްރިބާ ލިބިފައި ތިބި މީހުންކަން ފާހަގަކުރެވެއެވެ. މިއީ ރަގަޅު މަޖިލިސް އެއްކަމުގައި މިގޮތުން ބަލާއިރު އަޅުގަނޑަށް ވިސްނެއެވެ. މިހުރިހާ ސިފައެއް އެއްކޮށްގެން ޤައުމަށް ރަގަޅުގޮތެއް ހޯދުމަށް މި މެމްބަރުންތައް އެކުގައި މަސައްކަތްކޮށްފިނަމަ ނުހަނު އަވަސް ކަމާއިއެކު މިބަދަލު ރައްޔިތުންނަށް ފެނިގެންދާނެއެވެ. އެހެންކަމުން މިމެމްބަރުންނަށް މިކަންތައްތައް މިގޮތަށް ކުރުމަށްޓަކައި ނުހަނު ބޮޑު މުސާރަ އާއިއެކު އިނާޔަތްތައްވެސް ރައްޔިތުންވަނީ ދީފައެވެ.
ނަމަވެސް މިއަދުގެ ރައްޔިތުންގެ މަޖިލިސްގައި ތިބި މެމްބަރުން މިސިފައިގާ މަސައްކަތްކުރާތަން ފެންނަނީ ވަރަށް މަދުފަހަރެއްގައެވެ. ގިނަފަހަރަށް އޮންނަނީ ބޭކާރުކަންތައްތަކާއި މެދު މަޖިލީހުގެ ވަގުތު ދުއްވާލުންކަމުގައި ބުނުމަކީ ގޯހަކަށް ނުވާނެއެވެ. އެއީ ވަކި ޕާރޓީއަކުން ކުރާކަމެއް ކަމުގައި އަޅުގަނޑު ބުނާކަށް ބޭނުމެއް ނޫނެއެވެ. އެހެނީ މަޖިލިސްގެ އަގުލަބިއްޔަތު އޮތީ ޑީ.އާރ.ޕީ އަށް ކަމުގައި ވީނަމަވެސް އެޕާރޓީގެ މެމްބަރުންނަށްވެސް އަގުލަބިއްޔަތުން ކުރެވޭ ކަމެއް ނުފެންނާތީއެވެ. މިފަދަ ކަމަކާއި ދެބަސް ވާންވެއްޖެނަމަ ހުރިހާ މެމްބަރުންވެސް ނުހަނު ފޯރީގައި ހިތުހުރި އެއްޗެއް ގޮވަމުންދާތަން މިއަދު އަޅުގަނޑުމެންނަށް ދަނީ ފެންނަމުންނެވެ.
އެގޮތުން ބަލާލާކަންތައްތަކުގެ ތެރޭގައި ސަރުކާރުން ވަކިކަމެއް ކުރުމުން މިސާލަކަށް އަތޮޅު އޮފީސް ބަދަލުކުރުމުން ކުއްލި މައްސަލައެއް ނަގައިގެން ދުވަހެއްގެ ހަތަރުދަން ދުއްވާލުމުގައި މެމްބަރުން އަވަދިނެތި އުޅޭ އިރު އެފަދަ ވާހަކަ ދެއްކި ކަމުގައި ވިޔަސް އެކަމުން ރައްޔިތުންނަށް ލިބޭ އެއްވެސް ފައިދާއެއް އޮވޭބާއޭ އަޅުގަނޑު ހިތަށް އަރައެވެ. އެފަދަ ވާހަކަދެއްކިދާނެއެވެ. ނަމަވެސް އެކަން އެގޮތަށް ކުރުން މަޖިލީހުން މަނާކުރެވޭނެ ގޮތެއް އޮތީ ބިލެއް ހުށަހަޅައި އެބިލް ފާސްވެ ގާނޫނަކަށް ވެގެންނެވެ. އެހެން ވީއިރު އެކަން ނުކޮށް ބޭކާރު ވާހަކަ ދެއްކުމުގެ ބޭނުމެއް އެބައޮތްތޯއެވެ؟ ދެން އޮތީ މުވައްޒަފުން މަދުކުރުމާއި މުސާރަ އުނިކުރުމެވެ. މިކަންތައްތަކާއި މެދު ވެސް މަޖިލީހުގައި ވަނީ ވާހަކަތަކެއް ދައްކާފައެވެ. ނަމަވެސް އެކަންތައްތައް ދަނީ ހަމަކުރިއަށެވެ. ނަމަވެސް މަޖިލީހުގެ މެމްބަރުން އަތުން އެންމެ ލާރިއެއްވެސް އުނިކޮށްފައެއް ނުވެއެވެ. ވީއިރު މިގޮތަށް އެއްބައެއްގެ އަތުން މުސާރަ މަދުކޮށްގެން ގައުމަށްޓަކައި ވަކިބަޔަކު ގުރުބާން ވެގެންދިއުމަކީ ހަމަ އެންމެ ރަގަޅުގޮތްތޯއެވެ؟
ސަރުކާރަށް ފާރަވެރިވާނެކަމަށާއި ހެޔޮމަގުގައި ސަރުކާރު ހިންގަމުންގެންދިއުމަށް މެމްބަރުން މަސައްކަތްކުރާނެކަމުގައި މިމަޖިލީހަށް ހޮވިފައިތިބި ކޮންމެ މެމްބަރަކުވެސް ކެމްޕޭނު ތެރޭގައި ބުނަމުންގޮސްފައިވެއެވެ. މިސަރުކާރު މިދަނީ ހެޔޮމަގުންތޯއެވެ؟ މަޖިލީހުގެ ތެރޭގައި ދެކެވޭ ވާހަކަތަކުންނާއި ގާނޫނު އަސާސީން އެނގެން އޮތް ގޮތުގައި ރަށުކައުންސިލަރުންނާއި އަތޮޅު ކައުންސިލަރުންނަކީ ރައްޔިތުން ހޮވަންޖެހޭ އިންތިހާބުކުރެވޭ ބަޔަކަށް ވާންޖެހެއެވެ. ނަމަވެސް މިފަދަ އިންތިހާބެއް ބޭއްވިތަނެއް ނުފެނުނު ނަމަވެސް ކޮންމެ ރަށެއްގައި ހެން ރަށުއޮފީސް ހިންގަވަމުންގެންދަނީ ކައުންސިލަރުންގެ ގޮތުގައި ސަރުކާރުން ހަމަޖައްސާފައިވާ މީހެކެވެ. ވީއިރު މިއީ ގާނޫނު އަސާސީ ހުއްދަކުރާކަމެއް ނޫންކަމުގައިވަނީ ނަމަ އެކަން މަޖިލީހުން ހުއްޓުވެންޖެހޭނެ ނޫންތޯއެވެ. އަދި އެފަދަ ކައުންސިލަރުން ހޮވުމަށްޓަކައި ޤާނޫނެއް ހެދިފައި ނެތްއިރު އެކަންކުރަން އަވަސް ވެގަންނަން ނުޖެހޭތޯއެވެ.
މިއީ ރައްޔިތުންގެ ވެރިކަމެއްކަމުގައި ބުނެ ރައްޔިތުންގެ ބާރަކީ މިމަޖިލިސް ކަމުގައި ވާނަމަ ރައްޔިތުން ހޮވަންޖެހޭ ބަޔަކަށް ކައުންސިލަރުން ވާންޖެހޭ ހިނދު މިގޮތަށް ބަޔަކު އައްޔަންކޮށް ގަދަބާރުން ރައްޔިތުންގެ މައްޗަށް އަމުރު ހިންގުމަކީ ޖުމްހޫރީ ވެރިކަމެއްގެ ސިފައެއްތޯއެވެ. މިފަދައިން ކަންތައްތައް ވަމުންދަނީ ނަމަ މިމަޖިލިސް އޮތުމަށްވުރެ ނެތަސް ރަގަޅެވެ. އެއީ އޭރުން މަޖިލިސް ކުރަންޖެހޭ ކަންތައްތައް ކުރުމަށް ރައްޔިތުން އެކުގައި ނިކުތުމަށް ފަސޭހަވެގެންދިއުމާއި އެތަކެއް ފައިސާ ދައުލަތުން ސަލާމަތްވެގެންދާނެއެވެ.
މި ހާމަކޮށްލީ މީގެ ބައެއް ކަންތައްތަކެވެ. އަދިވެސް މިފަދަ ކިތަންމެ ކަމެއް ހިނގަމުންދާނެކަމަށް ފެނެއެވެ. އަދި ވޭތުވެދިޔަ ތަނުގައި ފެނިފައިވެސް އެބަހުއްޓެވެ. އެއީ ނިމިދިޔަ މަޖިލީހުގައިވެސް ދޭތެރެ ދޭތެރެ އިން ކުއްލި މައްސަލައެއް ނަގާނެއެވެ. އެއީ ކޮންމެވެސް މީހަކު މަރާލައިގެން ނޫނީ މާރާމާރީ ހިންގައިގެން އެކަމުގެ ކަންބޮޑުވުން ފާހަގަކުރުމަށްޓަކާކަމަށް ބުނެއެވެ. މިމަޖިލިސް ތެރޭގައި އެކަން ނުނެގިނަމަވެސް މީޑިއާއިން ރައްޔިތުންނަށް އެހަބަރު ފަތުރާފައިވާކަން މަޖިލިސް މެމްބަރުންނަށް ނޭނގެނީ ބާވައޭވެސް ހިތަށް އަރައެވެ. ސަބަބަކީ މިމެބްބަރުންގެވެސް ކަމަކީ އެކަމާއި ބެހޭ ގޮތުން ކޮންމެވެސް ވާހަކަތަކެއް ދައްކާ އެކަން ސިޔާސީކޮށް ބަޔެއްގެ ބޮލުގައި އެކަން އެޅުވުމެވެ.
ނަމަވެސް މިކަން މިހެންކުރާ އިރު މިފަދަކަންތައް ވަމުންދަނީ މިމެމްބަރުންގެ ޒިންމާގެ ދަށުން ކުރަންޖެހޭ ކަންތައް ނުކުރުމުން ކަމެއް މިމީހުންނަކަށް ނުވިސްނެއެވެ. އެފަދަ ކުށްތައްކުރާ މީހުންގެ މައްސަލަ ޝަރީއަތަށް ފޮވުމުން މިވެނި އެވެނި ގާނޫނެއް ނެތޭ ބުނެ އެމީހުން ދޫކޮށްލަމުން އެދަނީ މިފަދަ ޤާނޫނު ތަކާއި އެފަދަ ކަންތައްތަކަށް މަގުފަހިވާ އެތަކެއް ދޮރު ބަންދުކުރެވެން މަޖިލިސް މެމްބަރުންނަށް އޮތް އިރު އެކަންނުކުރުމުން ކަން ނުވިސްނެނީތޯއެވެ؟ ވާހަކައެއް ދެއްކުމަކުން ކޮންމެ ކަމެއްގެ ހައްލެއް ނުފެންނާނެއެވެ. ވާހަކަޔާއި އެކު އަމަލުވެސް އިތުރުކުރަން ޖެހެއެވެ. އަޅުގަނޑުމެންގެ ރައްޔިތުން މަޖިލިސްގައި ތިބި މެމްބަރުންނަކީ އެ މީހުން، އިންތިހާބްގައި ވެފައިވާ ވަޢުދުތަކުގެ މަތިން ހަނދުމަކޮށް މާތްﷲ އަށް ބިރުވެތިވާ ބައެއްކަމުގައި ވުމަށް އެދި ދުޢާކުރަމެވެ. އާމީން.

ސާމާނުބެ ވިދާޅުވީ
ތާރީޚް:23/11/2009
އާ ގާނުނު އަސާސީން ލާޒިމުކުރާ ރައްޔިތުންގެ މަޖްލީހުގެ އިންތިހާބުގެ ނަތީޖާ އިއުލާނު ކުރި ހިސާބުން ޑީ.އާރު.ޕީ އާއި ޔާމީނުގެ ޕާޓީއިން ހީކުރިވަރަށްވުރެ ގިނައިން ގޮނޑިކޮޅެއް ލިބުނީމާ ހިތް އާސްމާނަށް އަރައިގެން ދިމާކުރީ ދިވެހި ދައުލަތާއި، ވެރިކަމުގެ އެންމެހާ ބާރުތަކުގެ މައްޗަށް ސަވާރުވާށެވެ. ތިމަންނާމެނަށް މެޖޯރިޓީ ލިބިއްޖެޔޭ ބޭނުން ކަމެއްކުރާނަމޭ، އަނެއްކާވެސް ވެރިކަމަށް މައުމޫނު އަރުވާނަމޭ ހިތާ ލޯރި ބުރު ޖަހާ، ޖޫސް ޕެޓީ ބޮއި ނުޖަހާކަ ސަކަރާތެއްނެތެވެ.
ރައްޔިތުންގެ މަޖްލީހުގެ މެޖޯރިޓީ އޮތީ ޑީ.އާރު.ޕީ އޭ ކިޔައިގެން ރައްޔިތުންނަށް ބިރުދައްކަމުންދާތާ މިހާރު ލައްކަ ގިނަ ދުވަސް ވެއްޖެއެވެ. މިބައިގަނޑަށްހީވީ ރައްޔިތުންގެ މަޖްލީހުގެ ތެރެއިން ބޭނުންހާ އެއްޗެއް ހެދިދާނެ ކަމަށްދޯއެވެ. އަދި ދައުލަތުގެ އެންމެހާ ބާރުތަކުގެ މައްޗަށް ސަވާރު ވެވިދާނެކަމަށްދޯއެވެ. ދޮންޖޭމު އުމަރު ނަސީރަކީ މި ބިރު ހީވެގެން އަވަހަށް ކޮޅު އަނބުރާލި އެންމެ ފުރަތަމަ މީހާއެވެ. ޑީ.އާރު.ޕީ ގެ އަތުގައި މަޖްލީހުގެ މެޖޯރިޓީ އޮތީމާ ބޭނުންކަމެއް ކޮށްލެވިދާނެކަމަށް، ހީހޫ ތަނުން ކާލަން ރާވައިގެން، ދޮންޖޭމު އުމަރު ތެޅި ބާލަނީއެވެ.
ރައްޔިތުންގެ މަޖްލީހުގެ ފުރަތަމަ ދައުރު އެއްވެސް ކަމެއް ނުކުރެވި، މެޖޯރިޓީ ބޭނުންކޮށްގެންވެސް އެއްވެސް ކަމެއްނުވީމާ ދެން ދައްކަން ފެށީ ތިމަންނަމެން ނޮވެމްބަރު މަހު 3 ވަނަ ދުވަހު ސަރުކާރު ވައްޓާލާނަމޭ ކިޔައިގެން ރައްޔިތުން ލޮލުގައި އަނެއްކާވެސް އަނދުން އެޅުވޭތޯއެވެ. ރައްޔިތުންގެ މަޖްލީހުގައި ތިޔަބުނާ މެޖޯރިޓީ އެއް އޮތް ބަޔަކަށް އެއްވެސް ކަމެއް ނުކުރެވުނެވެ.
ދެވަނަ ދައުރު ފެށިގެން މެޖޯރިޓީ އެނބުރެން ފަށައިފިއެވެ. ޑީ.އާރު.ޕީ ގެ މެޖޯރިޓީ މަޖްލީހުން ގެއްލިގެން ގޮއްސިއެވެ. އެމް.ޑީ . ޕީ ކޮޅަށް ބުރަވާން ފަށައިފިއެވެ. މައުމޫނަށް އިނާޔަތްތަށް ދޭން ޑީ.އާރު.ޕީން ލާއިގެން ފާސްކުރި ބިލުގެ ކަންތައްތަކުން މިކަން ރައްޔިތުންނަށް ފަޅާއަރައިފިއެވެ. ދެން މާލަހެއްނުވެ މުޅި މަޖްލީހުގެ ފުލް މެޖޯރިޓީ އެމް.ޑީ.ޕީ އިން ކަށަވަރު ކުރާނަމެވެ. އަދި އަބްދުﷲ ސާހިދު އާއި ޖަންގިޔާ ނާޒިމު މަގާމުން ވަކިކުރާނަމެވެ. ހަމަ އެއާ އެކު، ޑީ.އާރު.ޕީ ން މަޖްލީހުގެ ކޮމެޓީތަކަށް ލާފައިތިބި ރައްޔިތުންނަށް ހަރާމްކޯރު ވަމުންދާ މީހުން ބޭރުކުރާނަމެވެ.
ކާމިޔާބުގައި ހިތްތިރިކުރަން ނޭންގި، ބޮޑާވެ ކިބުރުވެރިކަން ދައްކާ، ރައްޔިތުންނަށް ބިރުދައްކާ ހެދީމާ ލިބޭނެ ލަނޑު ތިޔަ ލިބުނީއެވެ. ދެން މެޖޯރިޓީ ގެ މަތިން ހަނދާންނައްތާލާށެވެ. ދެން ރައްޔިތުންގެ މަޖްލީހުގައި އެއްވެސް އެއްޗެއް ނުހޭވޭނެއެވެ. މެޖޯރިޓީ މިހާރު މިނެގީ އެމް.ޑީ.ޕީ އިންނެވެ. ދެން މިގައުމުގެ ކަންކަން ނިންމާނީ އަހަރުމެން ރައްޔިތުން ބޭނުންވާ ގޮތަށެވެ. ހައްތަހާވެސް ލަނޑެވެ. ހުރިހާ ކޮޅަކުންވެސް މައުމޫނާއި، ޔާމީނަށް ލަނޑެވެ. ދެން ރޮއިލާފައި ގޭގަ ތިބުން ބުއްދިވެރިއެވެ.
DOg ވިދާޅުވީ
ތާރީޚް:23/11/2009
ވަރަށް ރަގަޅު ވާހަކައެކެވެ. ހާއްތާވެސް ލަޑެވެ، ނިކަމެތިކަމެވެ. އެކަމަކު މައުމޫނަށާއި ޔާމީނަކަށް ނޫނެވެ. ދިވެހި ރައްޔިތުންނަށެވެ. މިސަރުކާރުގެ ހެޔޮކަމުންނެވެ. ދިވެހި ދަރިންނަށް ލިބޭ ފައިސާގެ މިންވަރު ދުވަހެއް ދުވަހަކަށް މަދުކޮށް، ރައްޔިތުން ބޭނުންވެގެން އުޅޭ ރާފުޅިތައް އަތްފޯރާފަށަށް ލިބެން ފަށަނީއެވެ. ރައްޔިތުން ބޭނުންވާ ދީނަކަށް އުޅުމުގެ މިނިވަންކަންވެސް ލިބެން ފަށަނީއެވެ. ނުރައްކާތެރިބަލިތައް ޤައުމުގައި ފެތުރެމުންދާއިރު ސަރުކާރުން އަޅައެއް ނުލައެވެ. ފަރުވާ ލިބޭނެ ގޮތެއް ނެތެވެ. އެކަމަކު އަންނި އާއި އޭނާގެ ފޭނުންނާއި މައުމޫނާއި މައުމޫނުގެ ފޭނުންނަށް ބޭރު ޤައުމުތަކަށް ގޮސް ބޭސްކުރެވެއެވެ. ދެން ލަނޑު މިލިބެނީ ކޮންބަޔަކަށްތޯއެވެ. މިއީ ރައްޔިތުން ބޭނުންވާ ގޮތަކީ ތޯއެވެ. މަޖިލިސްގައި ތިބީވެސް މުދަލާއި ފައިސާ ބޭނުންވާ މީހުންކަން މިހާރު އެންމެންނަށްވެސް އެނގެއެވެ. މިހެން ބުންޏެއްކަމަކު މަދު ބައެއް ތެދުވެރިކަމާއި އެކު ޒިންމާ އަދާނުކުރެއެކޭ ނުބުނަމެވެ. ފައިސާ ހުރީ އަންނިގެ އަތުގައެވެ. ވީމާ މަޖިލިސް ގަނެ ލުމަކީ ސަރުކާރަށް އުނދަގޫ ކަމެއް ނޫންކަން އެންމެ ފަހުން އޮތް އިތުބާރު ނެތްކަމުގެ ވޯޓާއި އެކު އެނގިގެން ހިގައްޖެއެވެ.
ވަންދި އަހަންމަދު ވިދާޅުވީ
ތާރީޚް:24/11/2009
އާނ ތިޔާވާތެދެއް އަންނި އަތުގަވެސް ލާރިހުންނާނެ އެކަމަކު 30 އަހަރުވާންދެން ޤައުމުގެ މާލިއްޔާއިން ވައްކަންކުރި ބާގަނޑާގާތް ކުރާވަރަށްވެސް އަންނި އަތަކު ލާރިއެއްނުހުންނާނެ. ދެން އަލްހާނު ވޯޓުނުލީމަ އެވީ އެސޮރަށް އަންނި ލާރިދިނީކަމަށް! ބަލަ މީހަކުނޫޅޭ މައުމޫނު ޖަހާހާބެރަކަށް ނަށާކަށް ކާނެއެއްޗެއްނުލިބިގެން ބަނޑައްމަރުވާންޖެހުނަސް.ވާގޮތަކީ ހަސަނަށް ހީވާނެ ފުޅައްބުޑުންދަންޏާ ކެޔޮގަނޑު ކަނޑާހެން. 30 އަހަރުވާންދެން މީހުންނަށް ލާރިދީގެން ނުފޫޒުން ވެރިކަންކޮއްފަ ދެންތިމާމެންނަށް ހީވާނެ ދެން އެހެންމީހުންވެސް ވެރިކަންކުރާނީ ހަމަ ވަގު މައުމޫނު ކުރިގޮތަށޭ.އެބޭ ކިތަންމެ ވަރެއްދެއްކިއަސް ދެނެއްލާހިކެއްނޫން މިރާއްޖޭގެ ވެރިކަންކޮއްލާކަށް.
މީހަކު ކަރު ކެހިގަނެފައި ވިދާޅުވީ
ތާރީޚް:24/11/2009
ކެހެ ކެހެ ކެހެ ކެހެ ކެހޭ… އޭ ކަލޯމެނޭ ކޮބާތަ އެހާޝިމް އެސޮރު ހަބަރެއްނުވޭ މަށައްހީވަނީ މިއުޅޭ ސާމާނުބެއަކީ ހާޝިމް ގެންގުޅޭ ޖާރިއާއެއްހެން. އެހެންޔާ އެސޮރު ހަބަރެއްވެސް ނުވޭ ވިއްޔާ. ކަލޯދެންނިކުމޭ..
ސާމިސޯޅި ވިދާޅުވީ
ތާރީޚް:25/11/2009
ޑޯގަށް ތިއުޅެނީ އޮޅިގެން. އަތްފޯރާފަށަށް ރާގެނައީ 1995 ވަނަ އަހަރުހެދި ގަވައިދެއްގެ ދަށުން. މިހާރުވެސް 800 އަށްވުރެ ގިނަ ގޭގޭގައި ހުއްދައާއިއެކު ރާބޮމުންދޭ. ގޭގޭގެ އައިސްއަލަމާރީގައިވެސް ކާމޭޒުމަތީގައިވެސް ރާ. މިފަދަ ހާލެއްގައި އަހަރެމެންވަނިކޮށް އެކަންކަން ހުއްޓުވަން އުޅޭތީ ޑޯގަށް ކަމުނުދަނީ. ކަމުނުދާނެކަންވެސް އެނގޭ. އެއީ ރަލެކޭ އެއްގޮތަށް ޑޯގަކީވެސް އަހަރެމެންނަށް ހަރާމް އެއްޗެއް. އަވަހަށް ފެއްސޭ މިތަނުން.
ސާމާނުބެ ވިދާޅުވީ
ތާރީޚް:25/11/2009
މާލޭގެ ބައެއް މަގުތަކުގައި އީދު ހަދިޔާ ފޮށިތަކެއް ބަހައްޓައިގެން އެކަމާ ހަސަނު ނިދިނައިސްގެން އުޅޭތާ ދެތިންރޭ ވެއްޖެއެވެ. ފާޑުފާޑުގެ ނޫސްބަޔާންތަށް ނެރި، އެންމެ ފަހުން އެކަން ހަޖަމުނުކުރެވިގެން ގުންޑާއިންނަށް ލާރި ދީގެން ކަޅުތެޔޮވެސް ޖެހުވީއެވެ.
މިއީ ހައިރާންވާންވީ ކަމެއްނޫނެވެ. ދިވެހިންނަށް ނޭންގުނަސް ހަސަން ސައީދަކީ މަރާމާރީ އާއި ހަމަނުޖެހުމަށް ނުލާހިކު ލޯބިކުރާ މީހެކެވެ. ޕާކިސްތާނުގެ ޖާމިޔާ ސަލަފިއްޔާގަ ކިޔަވަން އުޅުނުއިރު ޕާކިސްތާނުގައި މަރާމާރީ ހިންގާ މީހުންނަށް ހިތްވަރުދީ، ފަތްދަނޑު ހައްދަން އުޅުނު މީހެކެވެ.
ބޮނޑިބަތް ޖަމީލު އަތުގަ ލާރި ހުރީމަ ނިކަމެތި ޒުވާންކުދިންނަށް ލާރި ދީގެން ގައުމުގައި ހަމަނުޖެހުން ނަގާލިޔަސް، މާދަންވެސް ތިމަންނަ ވެރިކަން ކުރަން ބޭނުންވާއިރު، މިފަދަ ކަމެއް މެދުވެރިވީމަ ބުނާނީ ކީކޭބާއެވެ. ތިމާ ފޭހުނު އިލޮށި ހަމަ ހެރޭނީ ތިމާގެ ލޮލަށެވެ. ދިވެހިން އަންހެނުން ކަމުނުގޮސްގެން، މެލޭޝިޔާއިން މީހަކާ އިނދެގެން ފޮނިކެނޑިޔަސް ހަގީގަތަކީ ދިވެހި އަންހެނުން ތިކަހަލަ ރަނޑު ބުރާންތިންނާ ވައިވެސް ނޭޅޭނެކަމެވެ.
ރަނޑު ހަސަނަށް ބުނަން އޮތީ ކިތަންމެ ކަޅުތެލެއްޖެހިޔަސް ކަލެއަށް ވެރިކަމަކަށް ނާދެވޭނެއެވެ. މިރާއްޖޭގެ މީހުންގެ ހަލާކު ކުރިމަތިވާނީ ކަލޭވެރިކަން ލިބޭ ދުވަހުއެވެ. އެއީ ރަނޑު ހަސަންސައީދަކީ ނިކަން ފޮނިބޮޑު، ވަތަނީ ގޮތުން މީހުން ބައިބައިކުރާހިތްވާ މީހެކެވެ. މިހާރުވެސް މީނަ ކެމްޕޭނުކުރަނީ މިގޮތަށެވެ.
DOg ވިދާޅުވީ
ތާރީޚް:26/11/2009
ކޮންމެ ބަޔަކު ކުރިކަމެއް ނަމަވެސް އެއްވެސް ބަޔަކަށް ގެއްލުންދިނުމަކީ އަޅުގަނޑު ނަފުރަތުކުރާކަމެއް، އެކަމަކު ތިބުނާ ފޮށިތަކަކީ އަޅުގަނޑުމެންނަށް ސިއްހީ ޚިދުމަތާއި އެނޫންވެސް ކަންކަންކުރުމަށް ހުރި ފައިސާ، މިހާރުވެސް ބައްޔެއްގެ ޓެސްޓް ނުހެދިގެން އުޅޭ އިރު އީދު ފޮށިހަދާ އޭގައި ފައްޅިމާ ޖެހުން އެއީ ވަކި ރަގަޅު ކަމެއްތޯއެވެ؟ ހަސަނު ބުންޏަސް އެބުނީ ހަމަ ތެދެއް، މިފަހަރު ހަސަނަށް ތާއީދު، ގުންޑާ ކަންދައްކާ އަލިފާން ބޯޅަ އުކީ ހަސަނެއްނޫން، ހަސަނުވެސް އެގޮތަށް އުޅުނުނަމަ މިއަދު ހުރީވެރިކަމުގައި.
DOg ވިދާޅުވީ
ތާރީޚް:26/11/2009
1995 ގައި ވެރިއަކަށް ހުރި މީހާ ކަންތައްތައް ކުރާ ގޮތް ކަމުނުދާތީ، ރާބޯން ބޭނުންނުވާތީ ވެރިކަމަށް އެރުވި މަކުނެއް ނޫންތަ މިއަދު މިހިރީ ވެރިއަކަށް، އޭރުވާ ތިއޮތީ ކާމޭޒް މަތީގައި ރާފުޅި ބަހައްޓަން ހުއްދަދީފައި، މިމަކުނު މިއުޅެނީ މަކުނުންތައް އުޅޭ ރާފުޅިއާއި އެކީގައި މަގުމަތީގައި ނަށަންވެގެންނޫންބާވައެވެ. މިރާއްޖެއަށް ރާގެންނަން ހުއްދަދިނީ މަރުހޫމް ނާޞިރުކަން އަޅުގަނޑަށް އެނގޭ، ނާޞިރު ނިޔާވުމުން އަލުން އެފަދަ ވިސްނުމެއް ގެނައުމަށް ތެދުވެދޭ އަންނި ބުންޏެއްކަމަކު މަރުވެފައި ތިބި މީހުން ދެން ތެދުވާނީ މަހުސަރު ބިމުގައިކަން އަންނި އަށް ނޭނގެނީތޯއެވެ؟
ހާޝިމް ވިދާޅުވީ
ތާރީޚް:26/11/2009
އެންމެ ފުރަތަމަ ވެސް އެންމެ ބޭފުޅުންނަށް ބަރަކާތްތެރި ޢީދުގެ ތަހުނިޔާ ދަންނަވަން.
އެއަށްފަހުގައި އަތޮޅު ކައުންސިލާއި ރަށު ކައުންސިލުތަކާ މެދު މިލިޔުމުގައި އެމް.އެމް.އޭ ޖަޒުބާތުގެ ތަށި ބަންޑުންކޮށްލައްވާ، ރައްޔިތުންނަށް ޙަޤީޤަތާއި ޚިލާފު ވާހަކަތަކެއް ޤަބޫލުކުރުވުމަށް މަސައްކަތްކުރައްވާފައިވާތީ އެކަން ކުށްވެރިކުރަން. އެހެންވީމާ، އެންމެ ބޭފުޅުން ރަނގަޅަށް އަޑުއައްސަވާ. މިހާރު މިކިޔާ ދެނީ އެންމެ އާދައިގެ މީހާއަށް ވެސް އެނގޭ ގޮތަށް. ތެދެއް ޤާނޫނު އަސާސީގައި އެބައޮވޭ ކޮންމެ ރަށެއްގައި ވެސް އަދި ކޮންމެ އަތޮޅެއްގައި ވެސް އޮންނަންވާނީ ކައުންސިލު ކަމުގައި. އެއީ ޤާނޫނު އަސާސީގެ 8 ވަނަ ބާބުގައި. ކައުންސިލަކީ، އެންމެ މީހެއް ނޫން. އެއީ ގިނަ މީހުންތަކެއް. އިންތިޚާބު ކުރާ ބައެއް. ކޮންމެ ރަށަކުން ވެސް ކަނޑައެޅޭ ޢަދަދަކަށް އިންތިޚާބު ކުރާ ބައެއް. އެގޮތުން އިންތިޚާބުވާ މީހުންގެ ތެރެއިން މީހަކު މިހަދަނީ ކައުންސިލަރަށް. އެހެންވީމާ، މިސާލަކަށް ކުޅުދުއްފުށިން ރަށު ކައުންސިލަށް ހޮވަނީ 10 މެމްބަރުންނޯ. ހޮވީމާ، އެ 10 މީހުންގެ ތެރެއިން އެކަކު މިހަދަނީ ކައުންސިލަރަށް. އާޤާނޫނު އަސާސީ އައި އިރަކު ނެތް ކަތީބުންނާއި އަތޮޅު ވެރިންގެ ވާހަކައެއް. އެހެންވީމާ، އާޤާނޫނު އަސާސީއަށް ފަހު އެއީ ބާޠިލު މަޤާމުތަކެއް. އެހެންވީމާ، މިސަރުކާރުން މިކުރި ކަމަކީ، އިންތިޚާބު ކުރެވެންދެންް “ކައުންސިލަރު” މިނަމަށް މީހުން އާދަކުރުވަން، އަދި ޤާނޫނު އަސާސީގެ ރޫޙަށް ތަބާވާން ކައުންސިލަރު ގެ ނަމުގައި ބަޔަކު އައްޔަންކުރީ ކަތީބުގެ ޒިންމާ ދީފައި. އެކަމަކު ހަނދާން ބަހައްޓަންޖެހޭ ކަމަކީ، މިސަރުކާރުން 10 މީހުންގެ ކައުންސިލެއް ނުނަގާކަން. ނެގީ އެންމެ މީހެއްކަން. އެހެންވީމާ، ކޮބާތޯ މިސަރުކާރުން ޤާނޫނު އަސާސީއާ ޚިލާފަށް ކައުންސިލަރުން ލާފައި. ދެން ހަމަ އެހެން، މިސަރުކާރުން “ކަތީބުން” ލި ނަމަ، އެވާނެތޯ ޤާނޫނާ ޚިލާފު ކަމަކަށް؟ އަޅުގަނޑު ދަންނަވާނީ ވާނެއޭ. އެއީ ޤާނޫނު އަސާސީގައި ރަށުގެ ވެރިޔަކަށް ހުންނަން ޖެހޭނެ ކަމަށް ބުނަނީ ކައުންސިލަރޭ. އެހެންވީމާ، އެކަމާ ބެހޭ ޤާނޫނެއް ހެދެންދެން މިކައުންސިލަރުގެ ނަން ބޭނުން ކުރުމުން ބަޔަކު އެކަމާ މޭބޮޑު ކުރާކަށް ނުޖެހޭ. މިއީ ޙަޤީޤަތަކީ. މިޙަޤީޤަތް އޮޅުވާ ނުލައްވާ އެމްއެމްއޭ.
ދެން މިއީ ޤާނޫނާ ޚިލާފަށް ހިނގަމުންދާ ކަމެއް ނަމަ، ކީއްވެގެންތޯ އުއްތަމަ ފަނޑިޔާރު ހެވި ދިލިފައި އެހުންނަވަނީ. ކީއްވެތޯ ބޮޑު ކޯޓުލައިގެން ގޮނޑިއަށް ބެޓިފައި އެމަނިކުފާނު އެއިންނަވަނީ. މިކަން ހުއްޓުވަންވީ ނޫންތޯ. ކީއްވެތޯ ޑީއާރުޕީއޭ ގެ މެޖޯރިޓީ ބޭނުންކޮށްގެން އެކަން ނުހުއްޓުވަނީ. މިއީ މުޅިން އެހެން ކަމެކޭ އެމްއެމްއޭ. މިއީ ހަމަ ގޭސް. ކޮޅެއް މެދެއް ނުޖައްސާ މިކަންކަން ބޭއްވީމާ، މިވާހަކަ ދައްކާނެއެއްނޫންތޯ މީހުން. ދެން ހަމަ އޮޅުވަ އޮޅުވާފައި، އިތުރުކޮށްކޮށްފައި ސަރުކާރަށް އެއްޗެހި ގޮވާނެ އެއް ނޫންތޯ. މިއީ އިދިކޮޅު ޕާޓީއެއް ހިންގޭ ވަރުގެ އިލްމެއް، ހުނަރެއް، ޤާބިލްކަމެއް، ސިކުނޑިއެއް ތިބި ބަޔަކު ހިންގާ ޕާޓީތަކެއް ނޫނޭ ޑީއާރުޕީއޭ އަކީ.
ހާޝިމް ވިދާޅުވީ
ތާރީޚް:26/11/2009
ޑޯގާ ދޫންޏާ ދަންނަވަންތޯ ވާހަކައެއް؟ ތިޔަހާ ބޮޑަށް ރަލުގެ ވާހަކަ ތިޔަ ދައްކަވަނީ މިހާރު ރާ ލިބޭލެއް މަދުވީމާތޯ؟ ނާ، މިހަފްތާ ތެރޭވެސް އައްޑު އަތޮޅުން އަތުލައިފި ދެ ގުރޫޕް ރާހަދާ ތަކެއްޗާއެކު. އަނެއްކޮޅުން މާލޭ ބާޒާރުގައި މިހާރު ރާހުރިކަމަށް ވަނީ 2500 ރުފިޔާއަށް ވުރެ މަތީގައި ފުޅިއަކަށް. އެއީ ކުރިން 300 ރުފިޔާއަށް ލިބޭ ފުޅި. އަނެއްކޮޅުން ޑްރަގު ވެސް ހަބޭހަށް އަގުބޮޑުވެއްޖެ. ދެން މީގެ ސަބަބު ވިސްނާލާއިރު، މިސަރުކާރުގެ އެއް އަހަރު ދުވަހަށް ނަޒަރު އެއްލާއިރު، ވޭތުވެ ދިޔަ 800 އަހަރު ތެރޭގައި ސަރުކާރަށް ނެގުނު ރަލުގެ އަދަދާ މިއަހަރާ ނުބައްދަލު. އެއީ ސަރުކާރާއި ފުލުހުންގެ އިޚްލާޞްތެރިކަމުން. ކުރީގައި ތުއްތޮންބެއާ ދިމާއަށް ތުން ހަދާލާއިރަށް ދޫކޮށްލާ ބީދައިން މިހާރު ކަންކަން ނުކުރެވޭތީ. ޚުދު ކަމިޝަނަރު ވިދާޅުވަނީ ހެއްކާ ބެހޭ ޤާނޫނު ނިމުނީމާ، ރަލުގެ އައްޑާތަކާއި ހަކުރު އައްޑާތައް ގޮއްވާާލާނަމޭ. އޭގެ މޫތައް ލުހެ ހޫރާލާނަމޭ. އެހެންވެ ބިރުން ހެއްކާ ބެހޭ ޤާނޫނު ބާއްވާފައި، ފައްޅިއާއި ބިންބިއާއި ދޮނަޅައާ އަސާރަ އާ ބެހޭ ޤާނޫނޭ އެކިޔަނީ. މިހާރު ޕީއޭގެ ރަލުގެ ދޯރުތަކުގެ ފޫ ފެންނަން ފަށައިފިކަމަށް ވެސް ޚަބަރު ވަނީ ލިބިފައި. ވަކިން ޚާއްޞަކޮށް، ރެޑްވޭވްގެ ގުދަންތެރެއިން އަަތުލައިގަތް ރާ ލޮރީގެ ސަބަބުން ރެޑްވޭވެ ސަލީމުގެ ދުވަސްދާނެތީ، މިހާރު މަޖިލީހުގައި ވެސް އިންނަނީ ވަޅޯވެފައި އިން ގިތޮޔޮ މިރުހެއްހެން. އަދި އިންނަނީ ވެސް ތަސްބީހަ ކިޔާލަ ކިޔާލާ. އަދި ކެމެރާއަށް ވެސް ބަލަނީ ވަރަށް ފާޑަކަށް. މިލޮރީ އަތުލި މައްސަލައިގައި ޔާމީނު ވަނީ ސަލީމަށް ވަރުގަދައަށް ހަޓުކާ ދީފައި. ލަފާކުރެވޭ ގޮތުން، މިހާރު މާލޭގެ ރަލުގެ އަގުގެ ގޮތުން ބެލިޔަސް މިލޮރީގައި ހުރި ރާ މިލިޔަނަކަށް ވުރެ ގިނަ ރުފިޔާ ޖެހޭނެ. އެހެންވެ ސަލީމު އިންނަނީ ޒައީމު މައުމޫނު ވެރިކަމަށް ގެނެސް މިކަމުން ބޯދަމައިގަންނާނެ ގޮތެއް ފެނޭތޯ.
ހާޝިމް ވިދާޅުވީ
ތާރީޚް:26/11/2009
މީހަކު ހޭކުޑައިވެގެން ފޮށި ހެދީ ކޮން ލާރިއަކުންކަން ނޭނގިގެން އުޅޭކަށް ނުޖެހޭ. ފޮށި ހެދީ މާލޭ މުނިސިޕަލް ރެސިޑެންޓްސް އެސޯސިއޭޝަންގެ ކޮމިޓީން ފާސްކޮށްގެން. މިއީ އެންޖީއޯއެއް. އެމީހުން ރީނދޫކުލައާއި މާބޭނުންކުރީ އެމީހުން އެގޮތް ބޭނުންވާތީ. މުޅިގައުމާ ވެރިކަން ތިމާގެ އަންބޮނޑީގައި އޮތްއިރު މިކަހަލަ ފޮއްޓެއް ވެސް ހަދާލައި ރައްޔިތުންނަށް ޢީދު މުބާރަކު ކިޔާލަން ނޭނގުނު ޕާޓީއަކަށް ދެންވާނީ ކޮން ކަމެއްބާ؟ އެހެރީ މަޖީދީމަގު އެއްކޮޅުން އަނެއްކޮޅަށް ރީނދޫ ފޮށިތަކުން ދިއްލާލާފައި. އަސަރެއް ކުރޭބާ؟ މިކަހަލަ ފޮށި ހެދުނު ނަމައޭ ހިތަށް އަރާބާ؟ ނުވާނެ. ނުވެސް ހުންނާނެ މިކަހަލަ ކްރިއޭޓިވް ކަމެއް. ޑީއާރުޕީއަކީ ޕާޓީއެއްތަ؟ މިކަމުން ވެސް ދެން ޑޯގުމެންނަށް ހާދަހާ ވާ އަސަރެއް ކޮށްފިއޭ. ދެން ދާންވީނު، ކަޅުތެޔޮފޮދެއް ގަނެގެން އެއަށް ޖަހާލަން. ހާދަހާ ވާ ޑެސްޕަރޭޓޭދޯ. ކޮންމެ އެއްޗެއް ޖެހިޔަސް، މިރޭ އެހެރީ އެ ދިއްލާފައި. ދެން އަޅުގަނޑު ދަންނަވާނީ، އަޅުގަނޑު އެހާ ގިނައިން ކިޔަން ބޭނުންވާ އެެއްޗެއް ނޫން އެހެންނަމަވެސް މިނަށް ވުރެ މީހުން ކަޗަޑާ ވީމާ އަޅުގަނޑު ވެސް ދެން އެންމެ ބޭފުޅުންގެ އިޒުނައާ އެކު، ކަޅުތެޔޮ ޖެހި މީހުންނާއި، އެކަމާ ބައިވެރިވެ އެއްބައިވި މީހުންނަށް ދަންނަވާލާނީ ހަމަ ދެން ލަ ލަ ލާ އޭ.
ހާޝިމް ވިދާޅުވީ
ތާރީޚް:27/11/2009
ޑޯގު ދެން މީހުންނާ ދިމާއަށް މަކުނަށް، ޖަނަވާރަށް ގޮވީމާ އެއީ މާމަތީ ކަމެކޭ ހީވަނީތޯ؟ އެއިން އެނގެނީ ތިމާގެ ފެންވަރު ދަށްކަން. އަޚުލާޤު ދަށްކަމާއި ލަދު ޙަޔާތް ނެތްކަން. އަދަބެއް ސަދަބެއް ނެތްކަން. އަޅުގަނޑުމެން ދުވަހަކު ވެސް ނޯންނާނެ ވޭތުވެ ސަރުކާރުގެ އެއްވެސް ބޭފުޅަކަށް ޖަނަވާރަށް، ގޮވާފައެއް. އެޒާތުން އެންމެ ބޮޑަށް އެއްޗެއް ބުނީ ވެސް މަވޯޓާ ޝަރީފް. އޭނާ ބުނީ މައުމޫނުގެ ސިކުނޑީގެ ނިއުރޯން މަދޭ. އެކަމަކު މިއަދު އޭނާ ވެސް ނަސީބަކުން އެހެރީ މިޕާޓީ ދޫކޮށް މައުމޫނު ޕާޓީގައި.
ދެން އެޑްމިންއަށް ދަންނަވަން ބޭނުންވަނީ މިސައިޓް ބަލަހައްޓަވާށޭ. މިޑޯގުމެން ފަދަ ބޭފުޅުން މިހާރު ދެން އެދަނީ ގޮވަން ކައިރިވަމުންނޭ. އެހެންވީމާ، ކޮންމެ ފަދަ އެއްޗެއް ވެސް ލިޔެފާނެއޭ. އަދި މިސައިޓް ހެކް ވެސް ކޮށްފާނޭ. އެހެންވީމާ، މިކޮމެންޓްތައް މޮޑަރޭޓް ކުރައްވާށޭ. އަޅުގަނޑަށް ތަންކޮޅެއް ކުރިން ދީނީ ފިލާވަޅުތަކަކާއި ފަތުވާތަކެއް މިސައިޓްގައި ދިން ބޭފުޅެއް ޑޯގަކީ، އެކަމަކު މިހާރު އެގޮވަނީ އިންސާނުންނާ ދިމާއަށް މަކުނަށް، އޫރަށް، ބޮނޑަށް. ވެރިކަމާ ހެދި ބޫތުކަވައިގަނެފައިތިބޭ އިރު ނުކުންނަ ނުބައިވަސް ދުވާ ވައި ބޭރުކުރާ ދޮރަކަށް މިސައިޓް ހެއްދެވިޔަ ނުދެއްވާ އެޑްމިން.