Share

ޢީދު މުބާރިކް

ޢީދު މުބާރިކް

“ހިތް އުފާވާނޭ، ފޯރި ގަދަވާމި ޢީދު ކުޅިވަރު މަޖާ، މާލި ނަށަނީ އެ، ކޯޑި ނަގަނީއެ، ފެންކުޅިން ފޯވެލާ” އާދެ، ޢީދު އަންނަނީ ހިތްތައް އުފާކުރަމުންނެވެ. ޙައްޖުގެ މާތް އަޅުކަމަށް ފަހު މުސްލިމުން އަޞުޙިއްޔާ ކަތިލާ އުފާ ފާޅުކުރުމަށްޓަކައި އަޞުޙާ ޢީދު ވަނީ ހަމަޖއްސަވާފައެވެ. ޢީދު ދުވަހުގެ ހެނދުނު އޮންނަ ޢީދު ނަމާދަށް ފަހު ޢީދު ސަލާމުން އެކަކު އަނެކަކާއި ސަލާމް ކޮށް ދުވަހުގެ ތަހްނިޔާ ފޮނުވަން ފަށައެވެ. އެއަށް ފަހު ތަފާތު ކުޅިވަރުތައް ފެށިގެން މިދާ ޢީދު ދުވަހުގެ ތަހްނިޔާ އާއި މުބާރިކްބާދީ ކުޅުދުއްފުށީގެ ލޮބުވެތި ރައްޔިތުންނަށާއި އެންމެހާ މުސްލިމުންނަށް އަރިސްކުރަމެވެ.



‮ ‬5‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. އާތިފް‮ ‬ވިދާޅުވީ


    ތާރީޚް:27/11/2009

    ކަސްޓަމްސް ގެ ހުރިހާ މުވައްޒަފުންނާއި ކުޅުދުއްފުށީގެ އެންމެހާ ރައްޔިތުންނަށް އީދު މުބާރިކް.

  2. ސާމާނުބެ‮ ‬ވިދާޅުވީ


    ތާރީޚް:27/11/2009

    ޙާޝީމްއަކީ އަޅުގަނޑު މިސައިޓް ދުުރުދުރުން ހާވަމުންދިޔަ ޒަމާނުގައިވެސް އަޅުގަނޑު ނުހަނު އިޙްތިރާމްކުރާ އަދި ކުރަމުންއަންނަ ވަރަށް ޤާބިލް ލިޔުންތެރިއެކެވެ. އެންމެ ފުރަތަމަވެސް އަޅުގަނޑު މަނިކުފާނަށް ވަރަށް އިޙްލާސްތެރިކަމާއިއެކު ޢީދުގެ ހެޔޮއެދުންތަކާއި ތަހުނިޔާ ހިތުގެ އެންމެ ފުންމިނުން އަރިސްކުރަމެވެ. އެއަށްފަހު ސައިޓުގެ ހީވާގި

  3. ސާމާނުބެ‮ ‬ވިދާޅުވީ


    ތާރީޚް:27/11/2009

    ހިންގުންތެރިންނަށައި އަޅުގަނަނޑު އެރަށަކަށް އުފަން އަދި ނުހަނުލޯބިވާ ކުޅުދުއްފުށީގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށާއި އަދި އެންމެހާ ދިވެހިންނަށާއި އެންމެހާ މުސްލިމް އަޚުންނާއި އުޚްތުންނަށް ވަރަށް އިހުލާސްތެރިކަމާއިއެކު މި ބަރަކާތްތެރި ޢީދުގެ ތަޙްނިއާ އާއި ހެޔޮއެދުންތަށް އަރިސްކުރަމެވެ.

  4. ސާމާނުބެ‮ ‬ވިދާޅުވީ


    ތާރީޚް:28/11/2009

    الله اكبر الله الله اكبر الله الله اكبر الله لا إله الآ والله

    أكبر الله أكبر ولله الحمد

  5. ކޮއްކޮ‮ ‬ވިދާޅުވީ


    ތާރީޚް:28/11/2009

    ކުޅުދުއްފުށީގެ ލޮބުވެތި ރައްޔިތުންނަށާއި މި ވެބްސައިޓަށް ޒިޔާރަތްކުރާ އެންމެހާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާއަށް އަލްހާ ޢީދުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަމެވެ.